Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ލޯބިވާވަރު އަންގަދޭހިތްވޭ 7

Annna Level 510 Stories100 Comments100 Login
November 18, 2020 5 Mins Read
3 Comments

ހަތްވަނަބައި

“ލައު ވާހަކަ އެއް ބުނަންތަ..؟” ސާހިލް ލައުރާގެ ދޮން މޫނަށް ފުންނަޒަރަކުން ބަލާލަމުން އަހާލިއެވެ. ލައުރާ މަޑުމަޑުން ބޯޖަހާލީ ކިރިޔާ ސާހިލް އަށް އެނގޭ ވަރަށެވެ. “އަހަރެން ލައު ފެނުނު ފުރަތަމަ ވަގުތުގައިވެސް ލައު ވަރަށް ކަމުދިޔަ.. ނޭނގެ އެއީ ކީއްވެގެން ކަމެއް.. އެކަމް.. އަހަރެންނަށް އެއްކަމެއް ޔަގީންވި.. އެއީ އަހަރެން މިހާރު ލައުއާއި ގަޔާވާކަން.. ލައު އައި ލަވް ޔޫ..” ސާހިލް އޭނާގެ ހިތުގެ އަޑު ލައުރާގެ ކުރިމަތީގައި ބަންޑުން ކޮށްލިއެވެ.

***

ސާހިލް ލައުރާގެ ކަނާއަތުގައި ހިފާލިއެވެ. ސާހިލްގެ މަގްސަދު އެނގުމުން ކުއްލިއަކަށް ހަމަ ހުރެފައި ޖަވާބެއް ދޭން ލައުރާ އަށް ވެސް އުނދަގޫވިއެވެ. އެކަހަލަ ކަމެއް ކުރެވޭނީ ހާސްފަހަރު ވިސްނައިފަކަން ލައުރާގެ ޒުވާން ސިކުނޑިއަށް ދެނެގަނެވުނެވެ.

“އަހަރެން.. އަހަރެން.. ވިސްނާލާފަ ޖަވާބެއް ދޭނަން..” ލައުރާ ހަމަ އެއިން ގޮތައް އަތުގެ އިނގިލި ތަކާއި ކުޅެލަމުން ބުނެލިއެވެ. “އޯކޭ.. އިފް ޔޫ ލަވް މީ.. މާދަންރޭ އަށެއް ޖަހާއިރު އާދެ އާޓިފިޝަލް ބީޗައް.. އަހަރެން އެތާގައި މަޑު ކުރާނަން އަށްގަޑި ފަނަރަ ވަންދެން.. ލައު އެތަނަށް އަށްގަޑި ފަނަރަ ވާއިރު ނައިސިއްޔާމުން އަހަރެން ގަބޫލު ކުރާނީ ލައުގެ ޖަވާބަކީ ނޯ ކަމަށް.. އެނގޭ..” ސާހިލް ލައުރާގެ އަތަށް ކުޑަކޮށް ފިތާލިއެވެ.

އަދި އެއަތުން ދޫކޮށްލައިފައި އެހެން ދިމާލަކަށް މިސްރާބު ޖެހިއެވެ. ލައުރާ އަށް ހުރެވުނީ އަތެއް ފައެއް ހަލުވާލަންވެސް ނުކެރިފައެވެ. އޭނާ އަށް ހީވަނީ ހުވަފެނެކެ ތެރޭގައި އުޅެވޭހެންނެވެ. އަތުގައި ވިކާވެސް ލެވުނެވެ. “ޔެސް..!!” ދެވަނަ ސިކުންތު ލައުރާ މޫނު ހީވަނީ އުޖާލާވެ ދިއްލިފައިވާ ތަރިއެއް ހެންނެވެ. ލައުރާ އަށް އުފަލުގެ ކޮޅެއްވެސް ނެތެވެ.

***

އެރޭގެ ޕާރޓީ ނިމުނު އިރު ވަރަށް ދަންވެއްޖެ އެވެ. މެހެމާނުންތައް ގޮސް ހުސްވުމުން އާއިލީ ފޮޓޯ ނަގަންވެސް އިރުވިއެވެ. އަދި އޭގެފަހުން ވިޝާލް އާއި ޒިލާގެ ފޮޓޯވެސް ނެގިއެވެ.

އާއިލީ ފޮޓޯ ނެގިއިރު ފިރާ ގެންގުޅުނު ގައި ގޯޅިކަން ވިޝާލް އަށް އެއްގޮތަކަށްވެސް ވިޝާލް އަކަށް ކަމަކު ނުދިޔައެވެ. ވިޝާލް އާއި މާ ގާތް ވާން އުޅުނުކަން ފަރީހާ އަށް ރޭކާލީ ތޯއްޗެކެވެ. ފިރާ، ޒިލާ އާއި ވީފަރާތައް ލުމަށްފަހު ފަރީހާ މަޑުކުރީ ވިޝާލް އާއި ވީފަޅީގައެވެ.

މިކަމުން ފިރާގެ މޫނުމަތި ބަނަވިއެވެ. ނަމަވެސް ފޮޓޯ އަށް ހަޑި ނުވާންވެގެން ޕްލާސްޓިކް ހިނިތުންވުމެއް މޫނުމައްޗައް ވެރިކުރުވިއެވެ. ފޮޓޯ ނަގައި ނިންމާފައި އެންމެންވެސް ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަން ފެށިއެވެ. ވިޝާލް އާއި ޒިލާގެ މޫނުމަތިން ހިނިތުންވުން ނުފިލައެވެ.

ކައި ނިމުމުން ލިއުޝާ އެދެމަފިރިން ކޮޓަރިއަށް ފޮނުވާލިއެވެ. މަންމަ އަށް އެހީވެދެން ބަދިގޭގައި އުޅުމަށްފަހު ލައުރާވެސް ކޮޓަރިއަށް މިސްރާބުޖެހީ ވަރަށް ދަންވިފަހުންނެވެ. ފެންވަރައި ތާޒާވެލައިގެން ލައުރާ ނިކުމެ އެނދުގައި ޖައްސާލީ ވަރުބަލިވެފައި ހުރިވަރުން ނިދާލަން ކަމަށެވެ.

އައި ނައި ތަނެއް ނޭނގި އެރޭގައި ސާހިލް ދެއްކި ވާހަކަ ބޮލުގައި އެނބުރެންފެށިއެވެ. އޭނާ ނޭނގި ލައުރާ އަށް ހިނިތުންވެލެވުނެވެ. އޭނާވެސް މިހާރު ގަބޫލުކުރާ ކަހަލަ އެވެ. ސާހިލް ދެކެ ހަގީގަތުގައިވެސް އޭނާ މިހާރު ވަނީ ލޯތްބޭ މިކިޔާ އެއްޗެކެވެ. ސާހިލް ކައިރީގައި އޭނާ ސާހިލް ދެކެ ލޯބިވާވަރު އަންގަދޭހިތުން މިހާރު ހުރެވެނީ އެއްނޫނެވެ.

ސާހިލް އެހެން ބުނިފަހުން ލައުރާ ހުންނަނީ ވަގުތު ގުނާލަ ގުނާލައެވެ. އެރޭގައި ލައުރާގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ.

***

އެރޭގައި ނުނިދިފައި އޮތީ ހަމައެކަނި ލައުރާ އެއް ނޫނެވެ. ސާހިލްވެސް އޮތީ ލޮލުފިޔަ ޖަހާނުލައެވެ. ލައުރާ ކައިރީގައި އޭނާ ލައުރާ ދެކެ ލޯބިވާވަރު އަންގާދެވުމުން އޮތީ ނިކަން ހިތްހަމަ ޖެހިފައެވެ. ސާހިލްވެސް ލައުރާ އެކޭ އެއްފަދައިން އެރޭގައި އެންމެ ވަގުތު ކޮޅަކަށްވެސް ނުނިދައެވެ. އެރޭގައި ސާހިލްގެ ހިތުގައި އުފެދޭ އެންމެ ބޮޑޫ ސުވާލަކީ ލައުރާ އަންނާނެ ބާވައެވެ؟ އޭނާ ދެކެ ލޯބިވަންޏާ އަންނާނެ ތާއޭ ސާހިލްގެ ހިތައް އެރިއެވެ. ނަމަވެސް ނައިސިއްޔާ ވާނީ ކިހިނެތް ހެއްޔެވެ؟

ހަމަގައިމުވެސް އެކަމުން ސާހިލް އުޅުމަށް ނިކަން ބިޑެތި ބަދަލު ތަކެއް އަންނާނެއެވެ. ހަމަ ޔަގީނުންވެސް ސާހިލްގެ ހިތް ހަލާކުވާނެއެވެ.

***

ސިކުންތަކަށްފަހު ސިކުންތެއް ގޮސް މިނިޓު ގަޑިއިރަށް ބަދަލުވަމުންގޮސް އެރޭގެ ރޭގަނޑު ވެއްޖެއެވެ. ލޯގަނޑު ކުރިމަތީގައި ލައުރާ ހުއްޓިލައިގެން ހުރީ ތައްޔާރުވޭށެވެ. އޭރުވެސް ލައުރާގެ ނާޒުކު ހިތް ހީވަނީ ރޭސްޖަހާހެންނެވެ. ފެތުންތެރިއަކު ފަންސާސް މީޓަރަށް ފަތާފައި އައިސް ހުންނަ ވަރަށްވުރެ ދެގުނައަށް ލައުރާގެ ހިތުގެ ހިނގުން ހުއްޓެވެ.

ލާފައިވާ ކަޅު ކުލައިގެ ގަޔަށް ދޫ ދިގު ހެދުމާއި ނޫކުލައިގެ ބުރުގަލުގެ ތެރެއިން ފެންނަންއިން ލައުރާގެ މައުސޫމުކަމުން ފުރިފައިވާ މޫނު ފެންނަނީ ސާދަ ފަނަރަ ވިލޭރޭގައި އަނދިރި އުޑު އަލިކޮށްލާ ރަނިކަން ކުރަމުންދާ ޝާއްބަ ހަނދުހެންނެވެ.

ތައްޔާރުވެގެން ލައުރާ އިހަށް އިޝާ ނަމާދު ކޮށްލިއެވެ. ފައިވާން ހަރުގަނޑުން ތިރި ބޫޓެއް ނަގައި ފަޔައް ހެޔޮވަރު ކޮށްލިއެވެ. އަދި ލިއުޝާ ކައިރިން ހުއްދަ ހޯދުމަށްފަހު ގެއިން ނިކުމެ ހިނގައިގަތީ ގެއާއި ރަސްފަންނާއި ދެމެދު އެހާއި ދިގު ރާސްތާއެއް ކަޑައްތު ކުރަން ނެތުމުންނެވެ. އެރާސްތާ ކުރު ނަމަވެސް ކުރިއަށް ލައުރާ އާއި ސާހިލްގެ ހަޔާތުގައި އަދި ދިގު އުނދަގޫ ރާސްތާއެއް ކަޑައްތު ކުރަން ނުޖެހޭނެ ބާވައެވެ؟

***

ކަޅުފޮއެ ރެއެކެވެ. ރޭގަނޑުގެ އަނދިރިކަން ނަގާލަދޭ ހަނދުވެސް މިރޭ އަދި ދައްކައެއް ނުލައެވެ. އުޑުގައި ގުނާ އަދަދު ނުކުރެވޭ ތަރިތައް އޭގެ އެންމެ ފުރިހަމައަށް ދިއްލަމުން ދިޔައެވެ. އެކި ތަރުތީބައް އެކި ސައިޒައް ތަރިތައް މިރޭ އެތުރިގެން ތިބީ ތަޚުތައް ރާނީ ނޭރުމުން އިތުރު ޒިންމާއެއް ބޮލުގައި އަޅުވައިގެން ހެން ހީވެއެވެ. އެއީ އުޑުގައި ވި ކަނުއަނދިރުކަން ނައްތާލެވޭތޯއެވެ.

ކުރިމައްޗައް ނަޒަރު ހުއްޓާލައިގެން ސާހިލް އިނީ ހަށަން ބަނދެލައިގެންނެވެ. ކުރު ފަން އިސްތަށިކޮޅު، ޖެހިލާ ފިނި ވައިރޯޅިތަކަށް ހެލިލަ ހެލިލާ ހުއްޓެވެ. ލޮލުގައިވި ނޭނގޭ ބާރަކުން ކައިރިންލާފައިދާ އަންހެން ކުދިންގެ ހިތް ދޫވާ ގޮތްވެއެވެ. އަތްކުރު ކަޅުކުލައިގެ ޓީޝާޓަކާއި ހަމަ އެކުލައިގެ ޖިންސެއްގައި ސާހިލް ހީވަނީ ބޭރު މޮޑެލް އެއް ހެންނެވެ. އެހާވެސް ސްމާޓް ވެފައި ހޭނޑްސަމް އެވެ. ހަށަން ބަނދެލައިގެން ހުރި ގޮތުން އެއަތުގެ ބާރުގަދަކަން ހާމަވާން ހުއްޓެވެ.

ސާހިލް އެހެން ހުރެފައި ގަޑި ބަލައިލިއެވެ. ގަޑިން އޭރު އަށްގަޑި ދިހައެއް ވެއްޖެ އެވެ. ފާއިތުވެގެންދާ ކޮންމެ ސިކުންތަކީ ސާހިލްގެ ހިތް ފޮތި ފޮތި ކޮށްލާ ޒަޚަމް ކޮށްލަމުންދާ ސިކުންތެކެވެ. އަށްގަޑި ސާދަވުމުން ސާހިލް މާޔޫސްވެގެން ކަރު އެލުވާލިއެވެ. ލައުރާ ނާންނާނެހެން ހީވި ވަގުތު ކޮޅަކަށްފަހު ސާހިލް ދާން އެނބުރިލިއެވެ.

އިސާހިތަކު ތުންފަތައް ފުޅާ ހިނިތުންވުމެއް ވެރިވީ ކުރިމަތިން އަންނަމުން ދިޔަ އެހިތުގެ ރާނީގެ ފަރި ހިނގުން ފެނިފައެވެ. ސާހިލް އަށް ހީވީ ދުނިޔެ ހިނގުންވެސް ކުޑަ ވަގުތު ކޮޅަކަށް ހުއްޓުނު ހެންނެވެ. ލައުރާ ހިނގާލާފައި އަންނަތަންވެސް ފެންނަނީ ސްލޯމޯޝަން ގައެވެ. ލައުރާގެ ތުންފަތުގައިވި ހިނިތުންވުން ފެނިފައި ސާހިލްގެ ހިތް ނަށާލިއެވެ.

ލައުރާ އައިސް ސާހިލްގެ ކުރިމަތީގައި މަޑުކޮށްލިއެވެ. ލައުރާގެ ފުރިހަމަ ހަނދެއް ފަދަ މޫނަކީ ސާހިލްގެ ހިތުގައި ރަނިކަން ކުރަމުންދާ ތަސްވީރެވެ. އެހިތް އެދެނީ ހަމައެކަނި ލައުރާ އަށެވެ. ލައުރާ އަކީ ސާހިލްގެ ހިތުގެ ހަމަ ޖެހުމެވެ. ލައުރާގެ ރީތިކަން ދުލަކުން ގަލަމަކުން ބަޔާން ނުކުރެވޭނެއޭ ސާހިލްގެ ހިތައް އެރިއެވެ.

“ސާހިލް.. ސާހިލް..” އާޝޯހުވެފައި ލައުރާ އަށް ބަލަން އިން ސާހިލް އަށް ހަމަ ބިމަށް ތިރި ވެވުނީ ލައުރާގެ ފޮނި ހިމަ އަޑު ކަންފަތުގައި ޖެހުމުންނެވެ. ސާހިލް އަށް އަދިވެސް ބެލެނީ ލައުރާގެ ދޮން މޫނަށެވެ. ބޯ ދިގު އެސްފިޔަތަކުގެ ނިވަލުގައިވީ މަޑު ނޫކުލައިގެ ކަޅި ފުންކަނޑެއް ފަދައެވެ. ފިނިފެންމާ ފިޔަތަކެއްފަދަ ތުނި ތުންފަތުގައިވި ހިނިތުންވުންވީ ސާހިލްގެ ހިތް އިތުރަށް ލައުރާއަށް ލެނބެން މެދުވެރިވި ސަބަބަކަށެވެ.

“އަހަރެން ވަރަށް އުފާވެއްޖެ ލައުރާ އައީމަ.. އަދި ލައުރާގެ ޖަވާބަކީ ކޮބައިކަންވެސް.. އެކަމްވެސް އަހަރެން ބޭނުންވަނީ ލައުރާގެ ތިރީތި އަޑުން ބުނާ އަޑު އަހާލަން.. އެންޑް ޖަޒާކަﷲ ޚައިރަން.. އަހަރެން ބޭނުންވި ކަހަލަ ޖަވާބެއް ދިނީތީވެ..” ސާހިލް ލޯބިވެތި ނަޒަރަކުން ލައުރާ އަށް ބަލާލަމުން ބުނެލިއެވެ.

“އައި ލަވް ޔޫ ސާހިލް..” ލައުރާ ސާހިލްގެ ދެލޮލަށް ނަޒަރު ހުއްޓާލަމުން ބުނަލިއެވެ. “އައި ލަވް ޔޫ ޓޫ ލައު.. އަހަރެން ލައު ދެކެ މިވަނީ އާދައިގެ ލޯތްބެއްނޫން.. އަހަރެންނަކަށް ނޭނގެ އަހަރެން މިވާލޯބި ލައުއަށް އަންގަދޭނެ ގޮތެއްވެސް.. އަހަރެންނަށް ހަމައެކަނި އިނގެނީ އަހަރެންނަށް ލައުދެކެ ފުން ލޯތްބެއް ވެވިއްޖެކަން..” ލައުރާގެ އަތައް ފިތާލަމުން ސާހިލް ބުނަލިއެވެ.

“އަހަރެންވެސް ސާހިލް.. ސާހިލް އެވަގުތު އަހަރެން ދެކެ ލޯބިވެއޭ ބުނިފަހުން އަހަރެންވެސް އިންތިޒާރު ކުރީ މިވަގުތައް.. އަހަރެންނަކަށްވެސް ނޭނގެ ސާހިލް ދެކެ އަހަރެން ލޯބިވާވަރު ބަޔާން ކުރާކަށް.. އައި ލަވް ޔޫ ސާހިލް.. އަހަރެން ދޫކޮށް ނުލައްޗޭ..” ލައުރާ އާދޭހާއެކު އެދުނެވެ. ސާހިލް ލައުރާގެ އަނެއްއަތުގައި ހިފާލަމުން ބުނެލިއެވެ. ލައުރާގެ މޫނުމައްޗައް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ލައުރާގެ މޫނުމަތިން އޭނާ ހިތްހަމަ ޖެހިފައިވާވަރު ހާމަ ވާން ހުއްޓެވެ. މިކަން ހެކިކޮށްދެނީ ލައުރާގެ ވިދުންގަދަ ދެލޮލުންނާއި ތުންފަތައް ވެރިވެފައިވި ފިރިހެނުންގެ ހިތްތައް ކަތިލާފަދަ މައުސޫމް ހިނިތުންވުމުންނެވެ.

ސާހިލް އާއި ލައުރާ އަށް ނޭނގުނު ކަމުގައި ވިއަސް އެދެމީހުންނަށް ފާރަލާން ތަންކޮޅެއް ދުރުގައި އަނދިރިގަނޑުގެ ތެރޭގައި މީހަކު ހުއްޓެވެ. ލާފައިވި ކަޅުކުލައިގެ ހޫޑީ އާއި ކަޅުކުލައިގެ ޖިންސުގެ ސަބަބުން އެއީ ފިރިހެނެއްކަން ހާމަވެއެވެ. މޫނު ނުފެންނަނީ އެހިސާބުގައިވި ކަނު އަނދިރި ކަމުންނެވެ. ފެންނަން އިނީވެސް އެމީހާގެ އުނަގަނޑުން ތިރިއެވެ. އަތުގައި އޮތް އެންމެ މިޒަމާނުގެ ގަޑިންނާއި އަރާފައިހުރި އަގު ބޮޑު ބޫޓުން އެއީ އާދައިގެ މީހެއް ނޫން ކަން ހާމަ ވެއެވެ. ނަމަވެސް އެއީ ކާކު ހެއްޔެވެ؟ ލައުރާ އާއި ސާހިލް އަށް ފާރަލަނީ ކީއްކުރަން ހެއްޔެވެ؟ އެމީހެއްގެ ބޭނުމަކީ ކޮބާ ބާވައެވެ؟

ލައުރާ އާއި ސާހިލް އެހާ ގިނައިރު އެހެން ތިބޭކަށް ނަހަދަ އެވެ. އެދެމީހުން ވަކިވީ ނިދުމުގެ ކުރިން ގުޅާނެކަމަށް ބުނަމުންނެވެ. އެރޭގައި އެދެމީހުން ވަކިވީ ލޯބިވެރިންގެ ލިސްޓުގައި އެދެމީހުންގެ ނަން ރަންއަކުރުން ފަވާލަމުންނެވެ.

މަޑު ހިނގުމެއްގައި ލައުރާ އޭނާގެ ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ. ގެއަށް ވަތް އިރު މާކިއަން އެކަނި މާއެކަނި ސޯފާ ގައި އިނެވެ. “ހެއި ތުއްތޫ..” މާކިއަން ކައިރީގައި އިށީންނަމުން ލައުރާ އަހާލިއެވެ.

ނަމަވެސް އެއަޑުއް މާކިއަން އަށް ނީވޭ ކަހަލަ އެވެ. އެއަށްވުރެ މާކިއަން އިނީ ފުން ވިސްނުމެއްގެ ތެރޭގައެވެ. އޭނާ ހަމަޖެހިފައި ހުރިހެނެއްވެސް ހިއެއް ނުވެއެވެ. “މާކް ތުއްތޫ..؟؟ ކިހިނެތްވީތަ..؟” ލައުރާ އަނެއްކާވެސް ގޮވާލިއެވެ.

“އޯހް.. ލައު ދޯ.. ކޮން އިރަކު އައީ..؟” މާކިއަން ހޭވެރިކަމެއްވީ ފަދައިން އަހާލިއެވެ. “ތުއްތު އަށް ނޭނގުނު އަހަރެން އައި އިރުވެސް..” ލައުރާ ތުން ދަމާލަމުން ބުނެލިއެވެ. “އޯހް މައި ސްވީޓް ސްވީޓް ލައުރީ..” މާކިއަން އާދައިގެ މަތިން އޭނަގެ ސަކަ މިޒާޖުން ލައުރާ އަށް ގޮވާލިއެވެ. “ދެންންނ.. މާކް ތުއްތޫ.. އެހެން ނުކިޔާށޭ..” ލައުރާ ތުން ދަމާލަމުން ބުނެލިއެވެ.

“ހެހެ.. ލައުރީ..” މާކިއަން އަނެއްކާވެސް ލައުރާ އަށް އޭނާ އެންމެ ނުރުހޭ ނަމުން ގޮވާލިއެވެ. “ދެންން.. ނުކިޔަބަލަ.. ތިއެއް ނޫނޭ.. ދެންމެ އިނީ ހާދަ ފުން ވިސްނުމެއްގައޭ.. އަނެއްކާ ކިހިނިނެތްވީ..؟” ލައުރާ މާކިއަން އަށް ނިއް އެއްލަމުން ބުނެލިއެވެ.

“ކޮން ކަމަކާ އަހަރެން ވިސްނާނީ..؟ ނުވިސްނަމޭ..” މާކިއަން ދެކޮޅު ހެދީ އެވާހަކަ އެއްވެސް މީހެއްގެ ކައިރީގައި ބުނަން ޖެހިލުން ވުމުންނެވެ. “އެބުނީނު ނުވިސްނަމޭ.. އިނގެއޭ ކުރިންވެސް ބުނާނީ ތިހެންކަން.. އެކަމު އަހަރެން ގޮވާ ގޮވާ ކަރު ހަންދާވަރު ވީ ފަހުން ތުއްތު އަށް އަޑު އިވުނީ..” ލައުރާ އެކަމަށް އެއްބަހެއް ނުވިއެވެ.

މާކިއަން އަށް ސިފަކުރެވުނީ ރޭގައި އޭނާ އަށް ދިމާވި ކަން ތަކެވެ. އެއީ އުމުރު ދުވަހުގައިވެސް އޭނާ އެންމެ ހާސްވެ ކަންބޮޑުވި ދުވަހެވެ. ރޭގައި ކަންތައްވިގޮތް ފިލްމެއްހެން މާކިއަންގެ ލޮލުގެ ކުރިމަތީގައި ނިއުޅެމުން ދިޔައެވެ.

***

ކަޅުފޮއެ ރެއެކެވެ. އުޑުގައި ފިޔަޖަހަމުން ދިޔަ ގުނާ އަދަދު ނުކުރެވޭ ތަރިތަކަށް ނަޒަރު ހުއްޓާލައިގެން އިން މާކިއަން ދިޔައީ ކަންފަތުގައި ޖަހާފައި ފޯނުން މީހަކާއި ވާހަކަ ދައްކަމުންނެވެ.

_ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

ލޯބިން ޢުމުރައް ވާނަން

Next

ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (އިއުލާން)

Next
November 18, 2020

ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (އިއުލާން)

Previews
November 18, 2020

ލޯބިން ޢުމުރައް ވާނަން

3 Comments!

  1. A aaR says:
    November 18, 2020 at 10:12 pm

    here is the 7 th part.. sorry for being late.. and enjoy.. aslu laptop halaaku vegen nuliyevunee.. hedhunu avahakah hama mi up kohly.. again sorry..

  2. ?Ril? says:
    November 18, 2020 at 10:33 pm

    Heii A aaR ♥️♥️♥️????
    Vrh miss vi mi stry mathin and A aaR mathin vss♥️♥️♥️♥️♥️♥️♥️♥️??
    And issoke really happy to see the stry after a long time . ♥️♥️♥️♥️♥️♥️♥️♥️??
    Wow lauraa as shaahil vess guluny dhw Sali vrh♥️♥️♥️♥️♥️♥️♥️♥️???
    And zilaa and Vishal ge wedding vess vrh Sali ♥️♥️?
    Maakin ah kihineh veebaa♥️♥️♥️???
    curious on next part♥️♥️♥️??
    Love uuu♥️♥️♥️???
    stay safe and take care♥️♥️♥️??

  3. Jum juma says:
    November 19, 2020 at 6:54 am

    Nice .. kaaku baa e faara leee….maakiann baa anehkkaa???.. plxx Vishal and xilaa ah dhera gotheh nuhadhaathi… Sahil and Laura ah ves dhera gotheh nuhadhaathi…..
    Next part kon irakun kiyaalann libeynyy

Comments are closed.

Next Episodeލޯބިވާވަރު އަންގަދޭހިތްވޭ 8←


All Right Reserved!