Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 31

darkangel Level 210 Stories
June 3, 2015 4 Mins Read
31 Comments

“މިންޖުކުރަމުން އަހަރެންގެ ހިތް، މިންޖުކުރަމުން ތިޔަ އިންތިޒާރުން،

     މިންޖުކުރަމުން ތިޔަހަނދާންތަކުން، މިންޖުކުރީ ތިޔަލޯބީގެ ނިޝާން، “

އެގަނޑުގައި ލިޔެފައި އޮތް ޅެންބައިތު ޒަޔާން ކިޔާލިއެވެ. ހަމަޔަގީނުންވެސް މިފޮތުން އެމީހަކީ ކާކުކަން އެނގޭނެއޭ މިހާރު ޒަޔާންއަށް ޔަގީންވެއްޖެއެވެ. ފޮތުގެ ގަނޑުތައް އުކަންފެށީ އެހެންވެސް އެއްޗެއް ފެނިދާނެކަމަށެވެ. އަތަށް ހުއްޓުމެއް ގެނެވުނީ ފަތްޖަހާލާފައިއޮތް ގަނޑެއް ފެނުމުންނެވެ. ނެގުމުން އެއީ ފޮޓޯގަނޑެއްކަން އެނގުނެވެ. މޭޒުމަތީގައި ފޮތްބޭއްވުމަށްފަހު ފަތްޖަހާފައި އޮތް ފޮޓޯގަނޑު ހުޅުވާލިއެވެ.

އެއީ ކާކުގެ ފޮތޯއެއްކަން އެނގުމުން ޒަޔާންގެ ހިތަށް އެތަށް ސުވާލެއްޖަމާވެގެން ހިނގައްޖެއެވެ. ނަމަވެސް އެހެން ވާންވީ ކީއްވެގެން ހެއްޔެވެ. ޒާޔާ ލޯބިވަނީ ރާއިން ދެކެ ހެއްޔެވެ؟ ނަމަވެސް ރާއިން އުޅެނީ ޔާނާއާއި ރައްޓެހިވެގެން ނޫންހެއްޔެވެ؟ ޒާޔާއާއި ރާއިން ރައްޓެހިވީ ކޮންއިރަކުހެއްޔެވެ؟ ޒާޔާގެ ކުރިމަތީގައި ރާއިން އެހެން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ އެއްފަހަރާ އެތައް އެއްޗެއް ވިސްނަން ހަދައިގެން އޭނަ ބޮލުގައި ރިއްސަންފެށިއެވެ. ފޮތް މޭޒުމަތީގައި ބޭއްވުމަށްފަހު އެނދުގައި އޮށުއޮވެލީ އިތުރަށް ނުވިސްނޭނެކަން އެނގޭތީއެވެ. ކިތަންމެ ވަރަކަށް ވިސްނިކަމުގައި ވިޔަސް އެއިން އެއްވެސް ސުވާލެއްގެ ޖަވާބު ނުލިބޭނެކަންވެސް އެނގޭތީއެވެ. އެސުވާލުތަކުގެ ޖަވާބު ދެވޭނީ ހަމައެކަނި ޒާޔާއަށާއި ރާއިންއަށެވެ.

“ޒަޔާން” ކޮޓަރީގައި ދެފަހަރަކު ޓަކިޖަހާލުމުންވެސް ދޮރުނުހުޅެވުމުން ސަނާ ޒަޔާންގެ ނަމުން ގޮވާލަމުން އެކޮޓަރިއަށް ވަނީ ޒަޔާން އެހެން އޮންނަތާ ބައިގަޑިއިރެއްހާއިރު ފަހުންނެވެ. ޒަޔާން އެއްވެސް އެއްޗެކޭ ނުބުނެ އެނދުގައި ބަންޑުން އޮށުއޮވެލައިގެން އޮތެވެ. ސަނާ ދެވަނަ ފަހަރަށް ގޮވާލުމުން ބޯހިއްލާ ބަލާލިއެވެ. އެދެލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުރުމުން ސަނާވެސް ހަމްދަރުދީވިއެވެ. ފުން ނޭވައެއްލުމަށްފަހު ޒަޔާން އެނދުން ތެދުވެ އިށިއިނދެލިއެވެ.

“އެއްވެސް އެއްޗެއް ފެނުނުތަ؟ އެފޮތް އޮތްތާކަށް ލާންވެސް ޖެހޭނެއްނު އަދި” ސަނާ ބުނެލިއެވެ.

“ރާއިން ގެއަށް އައިސްފިތަ؟” ޒަޔާން ކުރީ ސަނާ ދެއްކިވާހަކައާ ނުގުޅޭ ސުވާލެވެ. އެކަން ސަނާއަށްވެސް ފާހަގަ ވިއެވެ. ނަމަވެސް އިތުރު ސުވާލަކާ ނުލައި ޒަޔާންގެ ސުވާލަށް ޖަވާބުދިނެވެ.

“ދެންމެ އެއައީ ދޮންބެއާއި ދެމީހުން” ސަނާ ބުނެލިއެވެ.

“ދޮންބެދައްތަ ހީވެސް ނުކުރާ މީހަކަށް އެމީހަކު ވީ، އައި ސްޓިލް ކާންޓް ބިލީވް އިޓް” އަމިއްލަ ހިތުގައިވި އުދާސްތައް ފޮރުވަން މަސައްކަތް ކުރަމުން ޒަޔާން ވާހަކަ ދެއްކިއެވެ. ސަނާވެސް ހުރީ ޒަޔާންއަށް ވާހަކަ ދައްކަން ފުރުސަތު ދީގެނެވެ. އޭނައަށްވެސް ޒަޔާންގެ ހިތުގެ ހާލު އިހުސާސްވީކަންނޭނގެއެވެ.

“ދޮންބެދައްތަ އަށް އެނގޭތަ މިއީކާކުކަން؟” އެނދުން ތެދުވެގެންގޮސް މޭޒުމަތީގައި އޮތް ފޮޓޯގަނޑު ދައްކާލަމުން ޒަޔާން ސުވާލު ކުރިއެވެ.

އެފޮޓޯގަނޑު ފެނުމުން ސަނާއަށްވެސް ވީ ޒަޔާންއަށްވެސް ވީވަރެވެ. އަނގަ ހުޅުވިފައިހުރީ ބުނާނެ އެއްޗެއް ނޭނގިގެނެވެ. “މިއީ… އެކަމް” އެއްޗެކޭ ބުނަން އުޅުނުނަމަވެސް އެޖުމްލަފުރިހަމަވެސް ސަނާއަށް ނުކުރެވުނެވެ.

“އައި ނޯ ހައުކޭން އިޓްބީ ޕޮސިބަލް، ދުވަހަކު މީހަކަށް ޝައްކެއްވާވަރުވެސް އެދެމީހުން ނުކޮށްލާ، ދިސް ބުކް އިޒް އޯލް އެބަހުޓް ހިމް، އެމް ގެޓިންގ މޭޑް މިކަމާ ވިސްނާ ވިސްނާ” ފޮތްނަގާ ސަނާއަށް ދައްކާލަމުން ޒަޔާން ބުނެލިއެވެ.

“މިހާރު މިހުރިހާ ކަމެއް އެބަ ދެކޮޅު ޖެހޭކަންނޭނގެ، ޒާ ގްރޭޑް 10 ގަ އުޅުނީއްސުރެ އޭނަ ކުއްޖަކަށް ވެއިޓް ކުރާކަން އެނގޭ، އެކުއްޖަކާ ރައްޓެހިވެގެން އުޅޭވާހަކަ ވެސް ބުނީ ވަރަށް ފަހުން، ރާއިން އެފަހަރު ޗުއްޓީއަށް އައިސްފަ ދިޔަފަހުން 5 އަހަރުފަހުން އައީ ޒަކޫ ހިތާނަކޮށްގެން އުޅުނުއިރު، އެފަހަރު އައީ ޔާނާވެސް ގޮވައިގެން، އޭގެ ދުވަސްކޮޅަކުން ޒާޔާވެސް ބަލިވީ، އަބަދު ރުއިން އޭރު އޭނަގެ ކަމަކީ، އެންމެންނަށްވެސް އެނގުނު ޒާ އެކުއްޖަކާ ބްރޭކްއަޕްވީމަކަން އެހެން އުޅުނީ، އެންމެފަހުން ދައްތަ ވާހަކަ ދައްކައިގެން އޭނަ ހަމައަކަށް އެޅުނީ، އޭގެ އަހަރެއްހާ ދުވަސްފަހުން ކަންނޭނގެ ޒަޔާން ޒާއަށް ޕްރޮޕޯޒްކުރީ……

އެކަމް މިހުރިހާދުވަހު އެކަން ހިތުގައި ފޮރުވާލައިގެން އެހުންނަނީ އެއްވެސް މީހެއްގެ ގާތުގައި އެއްވެސް ޝަކުވާއެއްވެސް ނުކޮށްލާ…. ޒަޔާންއަށްވެސް ފާހަގަ ވެއެއްނު ރާއިންމިހާރު އެއުޅޭގޮތާ ކުރިން އުޅުނުގޮތާ ކިހާތަފާތުކަން….. އެކަމަކު ސުވާލަކީ ކީއްވެގެން ހެއްޔޭ ރާއިން އެހެން އެކަންތައްކުރަނީ، ޒަޔާންއާއި ޒާޔާ ގުޅުވަން ވެގެންވެސް އެންމެ ކުރީގައި ހުރީ އޭނަ..” ފޮތް ހިފައިގެން ސޯފާގައި އިށިއިނދެލައިގެން އިނދެ ސަނާވެސް ވާހަކަ ދައްކަމުން ދިޔައެވެ.

“އިތުރަކަށް އަހަންނަކަށް ނޭނގެ ވިސްނަންވީ އެއްވެސް އެއްޗެއް… ޒާއަށް މުޅި އުމުރުދުވަހުވެސް މިކަން ސިއްރުކޮށްލައިގެން ހުރެވިދާނެ، އެކަމް އަހަންނަކަށް ނުހުރެވޭނެ، އަހަރެން ބޭނުން މިސުވާލުތަކުގެ ޖަވާބު، އަހަންނަށް އެނގޭ ޒާއަށްވެސް މިސުވާލުތަކުގެ ޖަވާބު ނޭނގޭކަން” ޒަޔާން ސަނާއަތުން ފޮތް ނަގަމުން ބުނެލިއެވެ. އޭނަ ކޮޓަރިން ނުކުތީ ރާއިންގެ ކޮޓަރިއަށް ދިއުމަށެވެ.

ސަނާވެސް އިތުރަށް އެތާގައި މަޑުނުކޮށް ކޮޓަރިއަށް ދިޔައީ ޝާންހުންނާނީ އޭނަ ލަސްވެގެންކަން އެނގޭތީއެވެ. އަދި މިހިނގި ކަމަކުން އެކަންތައް އެހެންމީހަކާ ހިއްސާނުކޮށްލައެއް އޭނަގެ ސިނކުޑިއަކަށް ހަމަޖެހުމެއް ނުލިބޭނެކަން އެނގޭތީއެވެ.

ރާއިންގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލުމުން ރާއިން ދޮރުހުޅުވާލިއެވެ. ޒަޔާން ފެނިފައި އެތެރެއަށް ވަންނަން ތަންދެއްކިއެވެ. ޒަޔާން ހުރީ ފޮތް ފުރަގަހަށްލައި ފޮރުވައިގެނެވެ. ރާއިންގެ މޫނުފެނިފައިވެސް އޭނައަށް ހަނދާންވަނީ ޒާޔާގެ ލޮލުން އޮހޮރުނު ކަރުނައެވެ. އެގޮތަށް ކިތަށް ފަހަރު ޒާޔާ ރޮއޮފައި ހުންނާނެ ބާއޭ އޭނަ ހިތަށްއެރިއެވެ. ރާއިންއަކީ ހަމަ އެހާ ހިތްހިލަ މީހެއް ހެއްޔެވެ؟ މޫނުމަތީގައި ޖަހާފައި ސުވާލުކޮށްފާނަމޭވެސް އޭނަ ހިތަށް އަރަމުން ދިޔައެވެ. ދެދަތްޕިލާ ޖައްސާބާރުކޮށްގެން އަތް މުއްކަވާލައިގެން ޒަޔާން ހުރީ އައިސްފައިވާ ރުޅި މައިތިރި ކުރަންވެގެނެވެ.

“ޒެން” ޒަޔާން އެއްވެސް އެއްޗެކޭ ނުބުނެ ރާއިންއާއި ދިމާއަށް ބަލަހައްޓައިގެން ހުރުމުން ރާއިން އޭނައަށް ގޮވާލިއެވެ.

“ރާއިން ވަރަށް މޮޅު އެކްޓްކުރަން” ޒަޔާން އިރުކޮޅެއްފަހުން އިއްވާލިއެވެ. “ވަޓް” ޒަޔާން ބުނިއެއްޗެއް ފަހުމް ނުވެގެން ރާއިންއަށް ބުނެލެވުނެވެ.

“މިބުނީ ރާއިން ވަރަށް މޮޅޭ އެކްޓް ކުރަން، މީހުންގެ ލޮލުގައި އަނދުން އަޅުވަން، ކަންތައްތައް މީހުންނަށް އޮޅުވާލަން” ޒަޔާން އޭނަ ކުރިންވެސް ބުނި ޖުމްލަ ތަކުރާރުކޮށްލަމުން އިތުރަށް ބުނެލިއެވެ.

“ޒަޔާން ކީކޭތަ ތިކިޔަނީ؟ އަހަރެން ކާކަށް ކޮންކަމެއް އޮޅުވާލީތަ؟” ރާއިންވެސް ޒަޔާން ބުނިރާގުގައި ބުނެލިއެވެ.

“ޒަޔާން ތިވެގެން އުޅޭގޮތެއް ރީތިކޮށް ބުނީމަދޯ އެނގޭނީ އެއްޗެކޭ ބުނަންވެސް، ތަންކޮޅެއްހަމަޖެހިލަގެން ވާހަކަ ދައްކަންވީނުން” މިފަހަރު ރާއިން ވާހަކަ ދެއްކީ ތަންކޮޅެއް ހަމަޖެހެން މަސައްކަތް ކުރަމުންނެވެ. އަނެއްކާ ޒާޔާ ޒަޔާންގާތުގައި އެއްޗެކޭ ކިޔީބާއޭ އޭނަ ހިތަށް އެރުމުންނެވެ.

“އައްދެ ހާދަ އަވަހަކަށް ހާސްތިވީ، އަހަރެން މިއައީ ޒާޔާއަށް ގިފްޓެއް ގަނެގެން، އަހަންނަށް އެނގޭ ރާއިންއަށް ވަރަށް ރަނގަޅަށް އެނގޭނެކަން ޒާއަށް ކަމުދާނެ އެއްޗެއްސާ ކަމުނުދާނެ އެއްޗެހި، މިކެވެލިކޮޅު ރީތިތަ؟” ޒަޔާންއަތުގައި އޮތް ހިމަކެވެލިފައް ދައްކާލަމުން ރާއިންއާއި ސުވާލުކޮށްލިއެވެ.

ނަމަވެސް ރާއިންގެ ހާސްކަންވީ އިތުރެވެ. އެކެވެލިކޮޅު ޒަޔާންގެ އަތަށް އައީ ކިހިނެތްހެއްޔެވެ. އެއީ ޒާޔާއަތުގައި އޭނަ އަޅުވައިދިން ކެވެލިކޮޅެވެ. ޒާޔާ އެނެގިފަހުން ކިތަންމެ ދުވަހެއްވެއްޖެއެވެ. އޭނައަށް އެކެވެލިކޮޅު އެންމެފަހުން ފެނުނީ ޒާޔާގެ ޑައިރީ ތެރެއިންނެވެ. އަނެއްކާ ޒަޔާންއަށް އެޑައިރީ ފެނުނީބާއެވެ.

“ޒާޔާއަށް ކަމުދާނީ ވަރަށް ސިމްޕަލް އެއްޗެހި ރައިޓް، އަސްލުވެސް މިކެވެލިކޮޅު ވަރަށްރީތި؟” ރާއިން އެއްޗެކޭ ބުނަން އުޅެނިކޮށް ޒަޔާން ވާހަކަ ދައްކަން ފެށިއެވެ.

“ޒަޔާން…. ލިސަން ޓުމީ..”  “ރާއިންވީނުން އަހަރެން ކުރާ ސުވާލަށް ޖަވާބުދޭން، ޖަވާބެއްނޫން، މިކަމަށް ތަފްސީލެއްދޭން” ރާއިން ވާހަކަ ދައްކަން އުޅެނިކޮށް މިފަހަރުވެސް ޒަޔާން ރާއިންއަށް އެއްޗެކޭ ބުންޏަކަ ނުދިނެވެ. އަދި އޭނަ އަތުގައި އޮތް ފޮތް ރާއިންގެ އަތަށް ލައިދެމުން ސުވާލުކޮށްލިއެވެ.

“ރާއިން ތިފޮރުވަން އުޅޭ ބޮޑުސިއްރު ތިއޮތީ ފެންނަން، އަހަރެން ބޭނުމީ ތަފްސީލު، މިހުރިހާކަމެއް ސިއްރުކުރަންވީ ކީއްވެގެންހޭ؟” ޒަޔާން ސުވާލުކުރީ ހިތްހަމަނުޖެހިފައި ހުރެއެވެ.

“ތިދެމީހުންގެ ކައިވެނި ހަމަޖެހިފައޭ އޮތީ، ދެން ކޮބާތަ މިވާހަކަ ދެއްކުމުގެ ބޭނުމަކީ، ޒާވެސް އެއްޗެކޭ ބުނަންނެތީމަނުން މިވާހަކަ ނުދައްކާ އެހުރީ…”

“ވީއާރ ނޮޓް ގެޓިންގ މެރީޑް ބިކޯޒް ޝީ ސްޓިލް ލަވްޔޫ، ޝީއިޒް ސްޓިލް ވެއިޓިންގ ފޯރޔޫ އިޑިއަޓް، ޒާޔާގެ ލޮލުން އެންމެ ފަހަރަކުވެސް ރާއިންއަށް ޝަކުވާ ނުފެންނަނީތަ، މުޅިއުމުރުވެސް އޭނަ ވެއިޓްކުރުވަންތަ ބޭނުންވަނީ ރާއިން، އެން ރާއިންއަށް ކީއްވެގެންތަ ހީވަނީ ޒާމިވާހަކަ ދައްކަން ބޭނުން ނުވާކަން، ޒާ އެނގޭކަށް ބޭނުމެއްނުވާނެތަ ސަބަބެއްނެތި ކުއްލިއަކަށް އެހެންމީހަކު އޭނަ ކުރިމައްޗަށް ގޮވައިގެން އައީ ކީއްވެގެންކަމެއް، އޭނަ އެހުރިހާ ދުވަހު ވެއިޓްކުރީ ތިކަހަލަ މީހަކަށްތަ؟ އެކުއްޖާ މޮޔައެއްހެން ލޯބިވަނީ ހަމަތިރާއިންދެކެތަ؟” މަޑުން ވާހަކަ ދައްކަން އުޅުނުނަމަވެސް ޒަޔާންއަކަށް އެގޮތަށް ކަންތަކެއް ނުކުރެވުނެވެ.

“އަހަރެން ޒާ އާ ވާހަކަ ދައްކަންތަ، އަހަރެން ކޮންވިންސް ކޮށްފާނަމޭ އޭނަ ޒަޔާންއާއި މެރީކުރަން..” އެއްޗެކޭ ނުބުނެ އިރުކޮޅަކު ހުރުމަށްފަހު ރާއިން އިއްވާލިއެވެ. ނަމަވެސް އެކަންވެގެން ދިޔައީ ޒަޔާން އިތުރަށް ރުޅިގަދަވިކަމަކަށެވެ.

“އަހަރެން ނޫޅެމޭ ކޮންމެހެން ޒާޔާއާއި ކައިވެނި ނުކުރެވިގެނެއް، ރާއިންއަށް އެހެންތަ ހީވަނީ؟ އަހަރެން ޒާޔާއާއި މެރީކުރަން ބޭނުންނަމައީ އަހަރެން އެންމެ ފަހަރަކު ބުނަންޖެހޭނީ އަހަރެން އަދިވެސް ބޭނުމޭ މެރީ ކުރަން، ރާއިންވެސް ރާއިންގެ މަންމަވެސް ނުޖެހޭނެ އޭނައަށް ފޯޒްކުރާކަށް އެކަމަކަށް، އެކަމް އެގޮތް ބޭނުން ނުވާތީދޯ، ޒާޔާ އުފަލުގަ ބަހައްޓަން ބޭނުންވާތީދޯ އޭނަ ލޯބިވާ މީހާ ހީދައިގެން އޭނަކައިރިއަށް އައިސް މިސުވާލުކުރަނީ ކީއްވެގެންހޭ ތިހެން ތިކަންތައް ކުރަނީ، ކީއްވެގެންހޭ ޒާޔާއަށް ތިވަރަކަށް ތިހާރޓް ކުރަނީ ރާއިން، ތިއޮތީ ރާއިންއަށް އޭނަ އިންތިޒާރު ކުރިވަރުގެ ހެކި ފެންނަން، ރާއިންދެކެ ލޯބިވާވަރު ފެންނަން، ދެން ރާއިން ކީއްވެގެންތަ ތިގޮތަށް ތިކަންތައްކުރަނީ؟ އަހަރެންނާއި ޒާޔާގެ ކައިވެނި ކުރަން ފެމެލީ އެއްބަސްވާއިރު ކީއްވެގެންތަ ވަކީ ރާއިންއާއި ޒާޔާގެ ކައިވެނި ކުރަން ގަބޫލުނުވާންވީ، ސޯ ފެމެލީ ޕްރޮބްލެމްއެއްވެސް ނެތެއްނު، ދެން ކީއްވެގެންތަ ރާއިން؟” ޒަޔާން ރުޅިއައިސްގެން ސުވާލަކަށްފަހު ސުވާލެއް ކުރަމުން ދިޔައެވެ. ނަމަވެސް ރާއިން އެއިންއެއްވެސް ސުވާލަކަށް އެއްވެސް ޖަވާބެއްނުދީ ހުރިގޮތަށް ހުރީއެވެ.

“ފޯރ ގޯޑްސޭކް ރާއިން އެއްޗެކޭ ބުނެބަ، އެޓްލީސްޓް ޒާޔާއަށްޓަކައި ބުނެބަ ޕްލީޒް” ރާއިން އެއްޗެކޭ ނުބުނުމުން ޒަޔާން އަނެއްކައިވެސް ބުނެލިއެވެ.

“ރާއިންގެ އަނގައިން ތިސުވާލުތަކަކަށް ޖަވާބު ނުލިބޭނެ ޒާޔާ މަރުވިޔަސް ޒަޔާން” ފަހަތުން އިވުނުއަޑަށް ރާއިންއަށާއި ޒަޔާންއަށް ބަލާލެވުނީ އެކީގައެވެ. ރާއިންގެ މޫނުމަތީގައިވީ ހައިރާންކަމެވެ. ޒަޔާން އަށް ޖަވާބުނޭނގޭ ސުވާލުތަކެއް އިތުރުވެގެންދިޔައެވެ.

“ނުނިމޭ”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

darkangel

Level 210 Stories

Other Articles

Previous

ކަޅު ފިނިފެންމާ… 10 ވަނަ ބައި

Next

ހިތަކުން ނުފިލާނެ 17

Next
June 3, 2015

ހިތަކުން ނުފިލާނެ 17

Previews
June 3, 2015

ކަޅު ފިނިފެންމާ… 10 ވަނަ ބައި

31 Comments!

  1. aishyn says:
    June 3, 2015 at 9:22 pm

    V nice bt thankoleh kury nxt prt dhigu kohlahchey waiting for the nxt prt

  2. flower says:
    June 3, 2015 at 9:25 pm

    Kuru kamaa eve …. mihaa dhuvas kohfa genna iruvess thanfukeh.

  3. ssssssssssssss says:
    June 3, 2015 at 9:26 pm

    wow wow wow wow v nice story

  4. Axu says:
    June 3, 2015 at 9:30 pm

    Whoa…. !!! It’s really great … Alhe haardhr ryycchey…. Can’t wait 4 next part..

  5. RIU says:
    June 3, 2015 at 9:31 pm

    W W W W W W W W W V V V V V V NICE

  6. iba says:
    June 3, 2015 at 9:36 pm

    Esfiyaa gaa mihaaru ehnme hinhama jehigen kiyaalan libeny enme vaahaka eh..thats kalhu finifenmaa..hoody u re the best..mihaaru mi genesdhee vaahaka thakah nengye vaagotheh..by the way.intizaaru story is just awsome..keep it up

  7. swyty girl.. says:
    June 3, 2015 at 9:36 pm

    Mihaa dhuvas khfai vx vvvv kuda thankolheh libuny kiyaalan.. Dhn vvv nice when next part

  8. Oh says:
    June 3, 2015 at 9:40 pm

    Mee koahcheh mi v mi nugenes dheyn v nu? She folhuvatha bai liyefa…..

  9. Oh says:
    June 3, 2015 at 9:41 pm

    *dhe

  10. naj says:
    June 3, 2015 at 9:41 pm

    Thankolhe lahey up vaalen…,but it is very nice…maasha Allah..keep up the gud work

  11. aala says:
    June 3, 2015 at 9:50 pm

    haadhakurey . but varah reethi mi part ves . when next part is darkangle.

  12. neem says:
    June 3, 2015 at 10:05 pm

    V v v vnice.. malehga viyya vaheh hunnaaneybbuna gotah mi vaahaka reethi v ma tha eha thadhee kiyan libey lai.. alhe thankolheh avahahnup kh dheeba.. plxx.. hoody gothah, hoody namoona akah balaigen ulheba.. plxxx avahah up kh dhybala.. mi vaahaka kithanme kahun up kurius kiyà hiy vany vaahaka reethi kamun.. v v v habeys mi vaahaka..
    N get well soon..

  13. nihaa says:
    June 3, 2015 at 10:12 pm

    Haadakureyy…

  14. Raa e says:
    June 3, 2015 at 10:20 pm

    Wow wow story hama habeyss bt alhe thankolheh avahah up kohdheynama.neem ebuny thedhei esfiya sitege writers hoody ah balaaba namoonaa akah dhn iramge storyvs grt mibunny ehen story thah hadiekeynun mi story adhi safun reethi n v shaugu veri vaahakaeh bt inthixaaru kohkoh vaalhuvaafahun upvanny hithah araa nukiyaanamey dhn bt reethi kamun kiyaa levenny I luv this story n uhmmeedhu kuran avahah regularly up kohdheyne kamah n upkohdheyiru thankolheh dhigukoh genais dhinunvs edhen…Kiyaa hiy jama vanny anei baivs v nice mi partvs adhi hurihaa baehvs hyvanny ei yaanaa n raainge vaahaka aduivunu myhaahen nunny v cls may be raainge dad hen dhn avahah anei bai genais dheyn v nu v v kiyaalaahithun mihurry…BST OF LUCK DEAR…..!!!:-D:-D:-D:-D:-D:-):-):-):-):-)V gld kiyaa lan libunyma aslu bunymehnnu reyga genais dheynamey bt nugenaisdhey v belin up veythoavs..:-):-)

  15. darkangle says:
    June 3, 2015 at 10:33 pm

    sorry guys. i should change name of the story dhw. aslu semister break v ma i m in my island nw. ehenvei kudakoh lasvy up kuran n yesterday ga boat ga travel kuryma hury tired vefa hury ma aai ekkoh. baeh kudhin bunaane dhw story reehchey kiyaathy foni v ey. its not anything like that. next part will be uploaded friday. gud nyt guys. .

  16. swyty girl.. says:
    June 3, 2015 at 11:18 pm

    Okx darkangel ingey u vx tired vaane pan ekm vx kiyaahithupn hama nuhureveny ey.. Gud nyt guys…. Have a great n wonderful nyt to alloookie….

  17. santhi says:
    June 4, 2015 at 9:39 am

    Hoody is the best ehen liyuntheringe always some excuse e dhekkun onnaanee vaahaka up vaanee ehaa dhuvahun

  18. Aal says:
    June 4, 2015 at 10:51 am

    Mirey up kureveyne thr??.. Can’t wait for the next part.. . BTW story is awesome!!!.

  19. shifa says:
    June 4, 2015 at 10:52 am

    V v nyc..
    I always wait fr this story..ehn kahala ufaleh libeny mi story upvefa inthan fenunyma…thnk you fr this lovly story 🙂

  20. shau says:
    June 4, 2015 at 12:11 pm

    Haadha kurey..ekam v reethi
    next part dhigukohh genes dhehcehy

  21. nazi says:
    June 4, 2015 at 1:53 pm

    v v v v reethi

  22. Anonymous says:
    June 4, 2015 at 4:13 pm

    Vvvvv salhi

  23. july says:
    June 4, 2015 at 9:50 pm

    wowwwww…its an awsome story…..keep it up..waitig for next part

  24. nainaa says:
    June 4, 2015 at 10:03 pm

    Nice

  25. swyty girl.. says:
    June 5, 2015 at 6:02 pm

    Kba next ppart tnyt thr

  26. neeem says:
    June 5, 2015 at 7:05 pm

    ???Hlww, this is friday.. still not uploaded., when r u going to upload
    !!!!Im waitinggg eagerly to read it

  27. fathun says:
    June 5, 2015 at 7:06 pm

    friday e me knirakun upvany

  28. neem says:
    June 5, 2015 at 9:01 pm

    Adhi x up nuveyyyy
    ……Haadha laheyyyy
    Stilll waiting eyyy

  29. swyty girl.. says:
    June 5, 2015 at 9:29 pm

    Neem bunaahen adhivx up nuvey dhw… .. Vvvv sad…. Ava’s darkangel plxxxxx..

  30. Liu says:
    June 17, 2015 at 11:18 am

    Haadha lahey up vaaleh koh irakuh next part

  31. Me says:
    June 21, 2015 at 12:23 am

    Meege anehbai upload kuranee kon irakun
    baa??? Inthizaaru ga

Comments are closed.

Next Episodeއިންތިޒާރު 32←


All Right Reserved!