އެސޫރަ – 03
ވަރަށް އުނދަގުލުން އެމީހާ އޮތް ހިސާބަށް ދެވުމާއެކު އަހަރެންގެ ޙައިރާންކަން އެތައް ގުނައަކަށް އިތުރުވިއެވެ. މަރުވެފައިވާ އެ މީހާ އަކީ ރޭގެ ހުވަފެނުގައި އަހަރެންނަށް ފެނުނު މީހާއެވެ. އެމީހާގެ މޫނުމަތީގައިވާ ޒަޚަމުތަކުން އަހަރެންނަށް ފެނުނު ހުވަފެނުގެ މަންޒަރުތައް ލޯމައްޗަށް ތަކުރާރުކޮށް ސިފަވަމުން ދިޔައެވެ.
މިއީ އަޖައިބެއް ކަހަލަ ކަމެކެވެ. މިއީ އަހަރެންގެ ހުވަފެނާ ގުޅޭ ގޮތަށް އަހަންނަށް ފެނުނު ދެވަނަ މަރެވެ. ކޮންމެ މީހަކުވެސް މަރުވެފައިވަނީ ހުވަފެނުގައި ފެނުނު ފަދަ ބިރުވެރި ގޮތަކަށް އަނިޔާވެރިކޮށެވެ. ދެމީހުންނަކީ ވެސް އަހަރެންގެ އޮފީހުގެ ދެމުވައްޒަފުންނެވެ. އަހަރެން ތަކުރާރުކޮށް ވިސްނީމެވެ. އަހަރެންނަށް މިފަދަ ހުވަފެންތަކެއް ފެނުމާއި، އެ ހުވަފެންތަކުގައި އެ ފެންނަ ލޯގަނގަޑާއި، ލޯގަނޑުގައިވާ ސޫރަ ހުއްޓުމާއި، މި ފެންނަ ހަގީގީ މަރުތަކާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ ؟ އަހަރެންނަށް އެނގުނުހާވެސް ކަމަކީ މި ކަންތައްތަކެއް ފެށުމުގެ ކުރިން މި އޮފީހުގެ އަންހެން މުވައްޒަފެއް ގެއްލިފައިވާކަމެވެ.
ތަކުރާރުކޮށް ވިސްނުމަށްފަހު އަހަރެން ގެއައް ގޮސް ކޮޓަރިއަށްވަނީމެވެ. ކުޑަދޮރުތައް ލައްޕައި، ފޮތިގަނޑު ދެމުމަށްފަހު ބޮކިތައް ނިވާލައި ކޮޓަރި އަނދިރި ކޮއްލައިފީމެވެ. މަޑުމަޑުން ލޯގަނޑުގެ ކުރިމަތީގައި ހުއްޓުނީމެވެ. ކުއްލިއަކަށް ލޯގަނޑަށް ކުޑަލޮޅުމެއް އަރައިލައިފައި ދެން ފެންނަން ފެށި ކަންތައްތަކުން އަހަރެންނަށް ހައިރާންކަމާއި ބިރުވެރިކަމާއެކު ބަލަހައްޓައިގެން ހުރެވުނެވެ. މި ފަހަރު އަހަރެންގެ ސޫރަ ހުއްޓުނީއެއް ނޫނެވެ.
( ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

