މަންޒިލް 15
ކަޅު ހުޑީއަކުން މޫނު ނިވައިކޮށްގެން ހުރި މީހާ ފެނުމުން މިންހާ ގަތީ އަމަށަކު ބިރެއް ނޫނެވެ. މުޅިތަނަށް އަނދިރިކަން ވެރިވެފައި އޮތުމާއެކު މިންހާއަށް އެމީހާ ފެނުނީ ވަރަށް ބިރުވެރިކޮށެވެ. ދަނޑި ގަނޑު ނިކަން ރަނގަޅަށް އަތަށް ހެޔޮވަރުކޮށްފައި ލެވުނުހާ ބާރެއް ލައިފައި އެ ދަނޑިން އެމީހާ ބޮލުގައި މިންހާ ޖެހިއެވެ. އެމީހާ ނުވިސްނާ ހުރުމުން މިންހާ ޖެހުމާއެކުހެން ވެއްޓުނެވެ.
“މިންހާ ކީއްތިކުރީ؟” އެ ވަގުތު ސިޑިން ފައިބައިގެން އައި އިޝަލް ބާރަށް ބުނެލިއެވެ. ދުވަމުން އައިސް އެރިކް އެ ޒުވާނާ ބޮލުގައި އަޅައިފައި އިން ހުޑް ބޭލިއެވެ.
އެރިކްގެ ނިއްކުރިން ތަންކޮޅެއް ފަޅައިގެން ގޮސް ލޭ އަންނަމުން ދިޔައެވެ. މިންހާ ޖެހިލެއް ބާރު ކަމުން އެރިކް އޮތީ ހޭނެތިފައެވެ. “އޯ މައި ގޯޑް” މިންހާގެ ދެލޯ ބޮޑުވެ އޭނާއަށް އަނގަމަތީ އަތް އަޅައިލެވުނެވެ. “އޭ ދެންވެސް ތިތާ ތިހެން ނީންދެ ރިކް ނަގަން މަށަށް އެހީވެބަ” މިންހާ ގަނޑުވެފައި ހުރުމުން އިޝަލް ތަންކޮޅެއް ބާރަށް ބުނެލިއެވެ. ދެލޯ ފުސްވެފައި ވުމާއެކު މިންހާއަށް ފެންނަމުން ދިޔައީ ނުސާފުކޮށެވެ. އެރިކް ނިއްކުރިން އަންނަމުން ދިޔަ ލޭ ފެނި ބޯ އަނބުރާ ގޮތްވެސް ވިއެވެ.
މިންހާ އާއި އިޝަލް ވެގެން އެރިކް ދަމައިފައި ގެންގޮސް ސޯފާގައި ބޭއްވިއެވެ. ސޯފާގައި މިންހާ ބައިންދާފައި އިޝަލް ބަދިގެއަށް ގޮސް ފެންތަށްެޓެއް އަޅައިފައި ގަނޑުފެން ޕެކެއް ނެގިއެވެ.
މިންހާ އެރިކްގެ ބޯ އޭނާގެ އުނގަށް ލައިގެން އިނެވެ. އޭނާގެ މަޑު އަތްތިލައިން އެރިކް މޫނުގައި ފިރުމައިލިއެވެ. “އައި އޭމް ސޯ ސޮރީ. ޕްލީޒް ވޭކް އަޕް” މިންހާ ލޮލުން ވެއްޓުނު ކަރުނަ ތިކި ގޮސް ޖެހުނީ އެރިކް ލޯ ކައިރީގައެވެ.
އުނދަގޫ ގޮތަކަށް އެރިކްއަށް ދެލޯ ހުޅުވައިލެވުނެވެ. އޭނާގެ ބޮލުގައި ގަދަ ރިހުމެެއް ވިއެވެ. ބޮލުގައި އަތުން ހިފަހައްޓައިގެން އެރިކް ތެދުވިއެވެ. “އެރިކް؟” އެރިކް އެެއްޗެކޭ ނުބުނެ ބޮލުގައި ދެއަތުން ހިފަހައްޓައިގެން އިންނަން ފެށުމުން މިންހާ ގޮވައިލިއެވެ. “މިންހާ؟” ހައިރާންވެފައި އެރިކްއަށް މިންހާގެ ނަން ކިޔައިލެވުުނެވެ.
“ރިކް” އެރިކް ތެދުވެއިން ތަން ފެނުމުން ތަންކޮޅެއް ބާރަށް ދުވެފައި އިޝަލް އައެވެ. “އޭ އޯކޭތަ؟ ބޮލަށް ތަދުވޭތަ؟” އިޝަލް ކަންބޮޑުވެފައި ހުރެ އަހައިލިއެވެ. “ކުޑަކޮށް އެބަ ތަދުވޭ” އެރިކް ކޮޅަށް ތެދުވަން އުޅުމާއެކު ބޮލަށް އެނބުރުން އެރިއެވެ. “ރިކް މަށަށް ހީވަނީ ހޮސްޕިޓަލަށް ދާންވީހެން. އަންނާނެން ތައްޔާރު ވެގެން ދޮންބެއަށް ގޮވާފަ. މިންހާ މިތާ މަޑު ކުރޭ” އިޝަލް އެހެން ބުނެފައި މައްޗަށް ދިޔައެވެ.
އެރިކްއަށް ދެލޯ ހުޅުވައިލަން މަޖުބޫރުވީ ފިނި އަތަކުން އޭނާ މޫނުގައި ބީހޭ ކަމުގެ އިޙްސާސް ކުރެވިގެންނެވެ. އޭނާ ލޯ ހުޅުވާލުމާއެކު ނުހަނު ގާތުން މިންހާގެ ސޫރަ ފެނިގެން ދިޔައެވެ. ވަރަށް ފަރުވާތެރި ކަމާއެކު އޭނާ މޫނުގައި ހިކިފައި ހުރިލޭތައް މިންހާ ސާފު ކުރަމުން ދިޔައެވެ. އެހާ ގާތުން މިންހާ ފެނުމުން އެރިކް ގައިގައި ކަރަންޓު ޝޮކެއް ޖެހުނުހެން ހީވިއެވެ. އޭނާގެ ހިތް ބާރު ބާރަށް ތެޅޭ ކަމުގެ އިޙްސާސް ކުރެވެންފެށިއެވެ. އެސްފިޔަ ޖަހައިފި ނަމަ މިންހާ ގެއްލިދާނެތީ އެސްފިޔަޖަހަން ވެސް އެރިކް ޖެހިލުންވިއެވެ.
ތެތްތުވާލިން ވަރަށް ބަލައިގެން މިންހާ އެރިކް މޫނުގަައި ހިކިފައި ހުރި ލޭތައް ސާފުކުރަމުން ދިޔައެވެ. އެރިކް ލޯ މަރައިގެން އޮތުމުން ސާފު ކުރަން މިންހާއަށް ފަސޭހަވިއެވެ. ލޭހިކިފައި ހުރުމުން ސާފު ކުރަން ކުޑަކޮށް އުނދަގޫ ވެސް ވިއެވެ. އެެރިކް ލޯހުޅުވައިގެން އޭނާއަށް ބަލަން ހުރިކަން މިންހާއަށް ރޭކައިލުމާއެކު މިންހާ ހުއްޓުން އެރިއެވެ. އެރިކްގެ ތޫނު ނަޒަރުން މިންހާ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ނަމަވެސް އެދެލޮލުން ނަޒަރު ވަކި ކުރާކަށް މިންހާ ހަނދާނެއް ނުވިއެވެ. އެރިކްގެ ފުން ދެލޯ ތެރެއަށް މިންހާ ބަލަހައްޓައިގެން އިނދެވުނެވެ. އޭނާގެ ހިތް ގޮވަމުން ދިޔައީ އެ ފުން ދެލޯ ތެރެއަށް ގެނބިގަތުމަށެވެ.
އެނދުގައި ދެފަރާތަށް ފުރޮޅި ފުރޮޅި ވެސް އަހާންގެ ލޮލަށް ނިންޖެއް ނައެވެ. ޒާޔާގެ ސަބަބުން އޭނާގެ ހިތަށް ވަނީ ފުން ޒަޚަމު ތަކެއް ލިބިފައެވެ. ދެ ލޯ މަރާލާ ކޮންމެ ފަހަރަކު ހަނދާން ކުރަން ބޭނުންނުވާ މާޒީ އޭނަގެ ލޯ ކުރިމަތީ އިޔާދަވެގެން ދެއެވެ. ނުނިދުނު ކަމަށް އަހާން އެންމެ ފަހުން އެނދުން ތެދުވިއެވެ. ގަޔަށް ޓީޝާޓެއް މަހައިގެން އަހާން ކޮޓަރިން ނިކުތެވެ. މެންދުރު ވެސް ނުކައި ހުރުމުން އޭނަ ހުރީ ބަނޑުވެސް ހައިވެފައެވެ.
ރުޅިގަދަވެފައި ހުރި ނަމަވެސް މިންހާ އާއި އެރިކް ތިބި ގޮތް ފެނި އަހާން ގާތަށް ހިނިއައެވެ. އެކަކު އަނެކަކަށް ގެއްލިފައި ތިބި އިރު އޭނަ އެތަނަށް އައިކަން ވެސް ދެމީހުން ކުރެ އެކަކަށް ވެސް ރޭކައިނުލައެވެ. އަހާންއަށް ހީވީ ބޮލީވުޑް ފިލްމެއްގެ މަންޒަރު ފެންނަހެންނެވެ. އެ މަންޒަރު ފޯނުގައި ރައްކާކުރަން ބަލައިލިއިރު އާދެވުނީ ފޯނު ނުލައެވެ. ނިކަން ހަލުވިކަން އޭނާ ކޮޓަރިއަށް ގޮސް ފޯނު ހިފައިގެން އައިއިރު ވެސް ދެމީހުން އެތިބި ގޮތަށް ތިއްބެވެ. އަހާން ހިތްހަމަ ޖެހުނީ މިންހާ އާއި އެރިކްގެ ދިހަ ވަރަކަށް ފޮޓޯ ނެގުމުންނެވެ. އޭނާގެ މޫނު މަތިން ފެންނަމުން ދިޔައީ ލާނެއް ހިނިތިންވުމެކެވެ.
އިޝަލް އޭނާ ލައިގެން އިން ނިދަންލާ ޓީޝާޓާ ސޯޓުގެ ބަދަލުގަައި ރަތްކުލައިގެ ހޫޑިއަކާ ހުދު ޖިންސެއް ލިއެވެ. އޭނާ ތައްޔާރު ވެގެން ގޮސް މަޑު މަޑުން ޔޫސުފް ކޮޓަރީ ދޮރުގައި ޓަކި ޖެހިއެވެ. ލައިޝާ ހޭލަފާނެތީ މާ ބާރަށް ތަޅާކަށް ނުކެރުނެވެ. ޔޫސުފް ނިދި މޫނާއެކު ދޮރު ހުޅުވީ ފަނަރަ ވަރަކަށް މިނެޓު ފަހުންނެވެ.
އަހާން ގޮސް ކަރު ދެތިން ފަހަރު ކަރު ކެހިލުމާއެކު މިންހާ އާއި އެރިކް ސިއްސައިގެން ދިޔައެވެ. އަހާން ފެނުމުން ދެ މީހުން ވަގުތުން ރަކިވިއެވެ. މިންހާ ނިކަން އަވަހަށް ސޯފާއިން ތެދުވިއެވެ. އެރިކް ރަކިވެގެން އޭނާގެ އިސްތަށިގަނޑު ތެރެއަށް އަތް މަހައިލިއެވެ. “މިއީ އަނޭ އެރިކް ބޯ ފެޅުނީ….އެހެންވެ މިއީ” އަޅަ އަޅައި ގަންނަމުން މިންހާ ހަމަ ނުޖެހޭ ޖުމްލައެއް ކިޔެވެ. އަހާން ހުނުން ހުއްޓައިލައިފައި ބޮލަށް ކިހިނެއްވީތޯ އެހިއެވެ.
އެެރިކް އާއި މިންހާ އެކަކު އަނެކަކަށް ބަލައިލިއެވެ. އެރިކް މިންހާއަށް ބަލައިލައިފައި ލާނެއް ގޮތަކަށް ހިނިތުންވެލިއެވެ. މިންހާ ރަކިވެފައި އިސް ދަށަށް ޖަހައިލިއެވެ.
އިޝަލް ޔޫސުފްއާއެކު އައިއިރު އަހާން ވެސް އިނެވެ. ޔޫސުފް އައި ގޮތަށް އައިސް އެރިކް ގާތު ރަނގަޅުތޯ އެހިއެވެ. އާއެކޭ ބުނުމުގެ ގޮތުން އެރިކް ބޯ ޖަހައިލިއެވެ. “މިންހާ ކީއްވެތަ އެރިކް ބޮލުގަ ޖެހީ؟” ޔޫސުފް ހިތްހަމަ ނުޖެހިފައި އެހިއެވެ. “މިންހާ ހީކުރީ މަށަކީ ވަގެއް ކަމަށް ދޯ” މިންހާ ޖަވާބު ދިނުމުގެ ކުރިން އެރިކް ޖަވާބު ދިނެވެ. “އެރިކް ހިނގާ ހޮސްޕިޓަލަށް ދާން. ބޭނުންތަ ކޮއްކޮއަށް ގޮވަން. މިއާއާ މީޓް ކުރަންދޯ އަސްލު އައީވެސް” ޔޫސުފް ދޯ ދިނުމުން އެރިކް ނިކަން އަވަހަށް ބޯ ޖަހައިލިއެވެ. ހަޤީޤަތަކީ މިއާއާ ބައްދަލު ކުރުމުގެ ބަހަނާގައި އެރިކް އެގެއަށް އައީ މިންހާ ފެނި ނުލާ ނުނިދިގެންނެވެ. މިންހާ ދުށުމަށް އައުމާއެކު މިންހާގެ ފަރާތުން އޭނާއަށް ލިބުނީ ރަނގަޅު ހަދިޔާއެކެވެ. “އުނހޫ މިއާއަށް ގޮވާނެ ކަމެއް ނެތް. އަނެއްކާ އަންނަ ގޮތަށް އައިސް މިގެއަށް މީހުން ވެސް އެއްކޮށްފާނެ. މަންމައަށް ގުޅައިގެން މަންމައަށް ވެސް އުނދަގޫ ކުރާނެ. ހޮސްޕިޓަލަށް ނުދިޔަސް ރަނގަޅުވާނެ. ހޮޓަލަށް ގޮސް ޓީމު ޑޮކްއަށް ދައްކާލާނީ. އޭރަށް އޯކޭވާނެ” ހޮސްޕިޓަލަށް ދާން އެރިކް ދެކޮޅު ހެދިއެވެ. ޔޫސުފް އަދި އިޝަލް ވެސް ކޮންމެހެން ގަދަކަމުން އެރިކް ގެންދާކަށް ނޫޅުނެވެ.
މާފަށް އެދިފައި މިންހާ އެރިކް ބޯ ބެންޑޭޖްކޮށްދިނެވެ. އެރިކްގެ ނަޒަރު އެންމެ ފަހަރަކު ވެސް މިންހާއިން ވަކި ނުވެއެވެ. އިޝަލް، އަހާން އަދި ޔޫސުފް އެތާ ތިބިކަން ވެސް އޭނާ ހަނދާނުގައި ނެއްފަދައެވެ.
ނިދިފައި އޮތް ޒާޔާއަށް ހޭލެވުނީ ބާލިސް ދަށުގައި އޮތް ފޯނު ވައިބްރޭޓް ވާ ވަރުންނެވެ. ކަންނެއް ގޮތަކަށް މޯޅިއަކަށް ދެމިލުމަށްފަހު ޒާޔާ ފޯނު ބަލައިލިއެވެ. ރިއަންގެ ބައިވަރު މެސެޖާއި މިސްްްޑް ކޯލު އައިސްފައި ހުއްޓެވެ. “ޒާޔާ ކީއްވެތަ ފޯނު ނުނަގަނީ؟ މަށަށް އިނގޭ މިއަދު މަށަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން. އެކަމު ޒާޔާ އަހަރުމެންގެ މި ގުޅުން އެކަކާ ވެސް ޙިއްސާ ކުރަން ދެކޮޅު ހެދީމަ މަަަށަށް ރުޅި އާދެވުނީ” ޒާޔާ ފޯނަށް ޖަވާބު ދިނުމާއެކު ރިއަން ފައްޗަކަށް އަމުނާލިއެވެ. “އަހަރެން ބުނީމެއްނު ވަގުތު ޖެހުނީމަ އަހަރެން އެންމެން ގާތު ވެސް ބުނާނަމޭ. ރިއަން ރުޅި އަންނަން ޖެހޭ ވަރުގެ ކަމެއް ނޫނެއްނު އެއީ. އިނގޭތަ އަހާން އަހަރެން ދެކެ ރުޅި އައިސްފަ ހުރި ވަރު؟ ދުވަހެއްގެ ކޮޅުން ވެސް އަހާންގެ މާފު އަހަންނަށް ލިބޭނެހެން ހިއެއް ނުވޭ. މުޅި އުމުރަށް އަހާންގެ އެކުވެރިކަން ގެއްލުނީ. އެއީ އެއްނު ރިއަން ބޭނުންވި ގޮތަކީ” ޒާޔާ ރުޅި އާއި އެއްވަރަށް ދެރަވެސްވިއެވެ. ރޮވެން ފެށުމާއެކު އިތުރަށް ރިއަންއަށް ވާހަކަ ދައްކާނެ ފުރުސަތު ނުދީ ޒާޔާ ފޯނު ކަނޑައިލިއެވެ. ފޯނު އަތުގެ ކޮޅަށް ނަގާ އެނދު މައްޗަށް ހޫރައިލައިފައި ، ބަންޑުން އެނދު މައްޗަށް ޒާޔާ ވެއްޓިގަތެވެ. މޫނުގައި ބާލިސް އަޅައިގެން އޮވެ އެތައް އިރަކު ރޮއެވެ. އަނެއްކާ ވެސް ޒާޔާއަަށް ނިދުނީ ރޮއެ ރޮއެ އޮއްވައެވެ.
އެރިކް ގޮވައިގެން އެނބުރި ހޮޓަލަަށް ދިޔައީ ޔޫސުފްއެވެ. އެރިކްއާ އެކު ޔޫސުފް ފެނުމުން ވަގުތުން ސޯޝަލް މީޑިއާއަށް އެ ޚަބަރު އެރިއެވެ. ފޭސްބުކް އާއި އިންސްޓަގްރާމްގައި އާސެނަލް އަދި ލިވަޕޫލް ސަޕޯޓަރުން އެތައް ބައިވަރު ޕޯސްޓްތައް ކުރަމުން ދިޔައެވެ. މެޗު ވަގުތުގައި ހަތުރުންނަށް ވީނަމަވެސް އަސްލު ދިރުއުޅުމުގައި ޔޫސުފް އާއި އެރިކްއަކީ އެކުވެރިންތޯ ސުވާލު އުފައްދާފައެވެ. މީގެ ކުރިން އެރިކް އަދި ޔޫސުފް އެގޮތަށް އެކީގައި ފެނިފައެއް ނުވެއެެވެ.
އެނބުރި ލަންޑަންއަށް ގޮއްސައި ވެސް އަހާން ޒާޔާއާ ވާހަކައެއް ނުދައްކައެވެ. ޒާޔާ ހުންނަތާކަށް ވެސް ނުގޮސްވޭތޯ އަހާން ބަލައެވެ. ކޮލެޖަށް ގޮއްސައި ވެސް މުޅިހެން އުޅުނީ މިއާއާއެކު އެވެ. މިއާ ވެސް ޒާޔާއާ އަނގައިން ބުނިޔަކަ އަހާން ނުދިނެވެ.
އިޝަލް އެނބުރި ޖަރުމަނަށް އައިއިރު އޭނާގެ އެކުވެރިޔާ ހުރީ އޭނާ އުޅެން އެޕާޓްމެންޓެއް ހޯދަދީފައެވެ. އެއް ކޮޓަރިއާއި ކުޑަ ސިޓިން ރޫމައި ކައްކާތަން ލައިފައި ހުންނަ އެ އެޕާޓްމެންޓް ކުޑަ ނަމަވެސް އޭނާ އެކަނި އުޅެން ވަރަށް ހިތްގައިމެވެ. އަދި ޓްރެއިނިން ދަނޑާ ކައިރުވުމާއެކު ހިނގަލާފައި ވެސް ދިހަވަރަކަށް މިނެޓު ތެރޭ ޓްރެއިނިންއަށް ދެވެއެވެ.
ފުރަތަމަ ދެތިން ދުވަހު ޓްރެއިނިންގައި މަސަައްކަތް ކުރަން އިޝަލްއަށް ވަރަށް ދަތިވިއެވެ. އެ ކުލަބުގައި ދެން ތިބި ގިނަ ކުޅުންތެރިންނަށް އިނގެރޭސި ބަސް ނޭންގޭތީއެވެ. ގޯލް ކީޕާރ ޓްރެއިނާއަށް ވެސް އިނގެރޭސިން ވާހަކަ ދައްކަން އެނގެނީ ވަރަށް ކުޑަކޮށެވެ. ޓްރެއިނިންގައި ކުޅުނު މެޗުގައި ޑިފެންޑަރުންނާއި ވާހަކަ ނުދެއްކުމުގެ ސަބަބުން އިޝަލް ކޮޅަށް ދެތިން ލަނޑު ވަނެވެ.
މިންހާ އާއި އެރިކް އިންސްޓަގްރާމިން އެކަކު އަނެކަކާ ވާހަކަ ދައްކަމުން ދިޔައެވެ. އެރިކްގެ ބޯ ރަނގަޅުތޯ އަހައިފައި އެންމެ ފުރަތަމަ މެސެޖު ކުރީ މިންހާއެވެ. މިންހާގެ މެސެޖު ލިބުމުން އެރިކްއަށް އުދުއްސައި ވެސް ނުގަނެވުނީ ކިރިޔާއެވެ. މާ ބޮޑު އަނިޔާއަށް ނުވާ ކަމާއި ޑޮކްޓަރު އޭނާ ރަނގަޅޭ ބުނިކަމަށް ލިޔެފައި އެރިކް ޖަވާބު ފޮނުވައިލިއެވެ. ދެން ވެސް އެކަހަކަ ހަދިޔާއެއް ނުދެއްޗޭ ޖަހައިފައި ދޫނެރިފައި އިންނަ އިމޯޖީ ފޮނުވާލިއެވެ. އެ ދުވަހުގެ ފަހުން ކޮންމެ ދުވަހަކު ވެސް ދެމީހުން އެކަކު އަނެކަކުގެ ހާލު ބަލަން މެސެޖު ކުރެއެވެ.
އެރިކްއަށް މެސެޖު ކުރިއެެއް ކަމަކު މިންހާ ޒާޔާގެ ހާލުވެސް ބަލާ އޮޅުން ފިލުވަމުން ދިޔައެވެ. ލަންޑަންއަށް އެނބުރި ދިޔަ ފަހުން ކޮންމެ ދުވަހަކު ޒާޔާ މިންހާއަށް ގުޅައިފައި ރޮޔެވެ. މިންހާ ދެރަވެގެން އަހާން ގާތު ޒާޔާއާ ވާހަކަ ދައްކަން ބުނި ނަމަވެސް އަހާން އެއްްބަހެއް ނުވިއެވެ. ޒާޔާ ރިއަންއާ ރަށްޓެހިވީ އޭނާގެ އެކުވެރިކަން ބޭނުން ނުވާތީ ކަމުގައި އަހާން ބުންޏެވެ.
އިޝަލް ވެސް ކޮންމެ ދުވަހަކުހެން މިންހާއަށް މެސެޖުކޮށް ހަދައެވެ. ފަހަކަށް އައިސް އިޝަލްގެ ހިތުގައި މިންހާއަށް ޓަކައި އުފެދެމުން ދިިޔަ އިޙްސާސްތައް ފުންވަމުން ދިޔައެވެ. މިންހާއަށް ގުޅައިގެން ވާހަކަ ނުދެއްކިއްޖެ ނަމަ އޭނާގެ ދުވަސް ވެސް ފުރިހަމަ ނުވެއެވެ. ކިތަންމެ ލަސް ވެފައި ހުރި ނަމަވެސް މިންހާއަށް ގުޅައި ނުލުއި ލޮލަށް ނިދި ނާދެއެވެ. އެންމެ ގާތް އެކުވެރިޔާ އާއި މިންހާ އެކަކު އަނެކަކާ މެދު އިޙްސާސް އުފެދިފައިވާކަން ނޭންގި އިޝަލްއަށް އޭނާގެ ހިތް މަޑުމަޑުން މިންހާއަށް ދެވެމުން ދިޔައެވެ.
ލިވަޕޫލްގައި ހޭދަވި ދުވަސްތަކުގައި އިޝަލްގެ ފަރާތުން ފެނުނު އެކުވެރިކަމާއި ގާތްކަން ހަނދާން ނައްތާލަން މިއާއަށް އުނދަގޫވިއެވެ. އިޝަލްގެ އަސްލު މިޒާޖު ފެނުމުން ހިތުން އިޝަލްއަަށް ޚާއްސަ މަޤާމެއް ދެވުނެވެ. އިޝަލް ޑޯރޓްމަންޑަށް ދިޔަ ފަހުން ވެސް މަދު މަދުން މެސެޖުކޮށްގެން ދެމީހުން ވާހަކަ ދައްކައެވެ. އިޝަލްގެ ވާހަކަ ދެެއްކުން ހުންނަ ގޮތާއި މިޒާޖު މިއާއަށް ވަރަށް ކަމުދެއެވެ.
ޒާޔާ އާއި އަހާންއާ ދެމެދު މައްސަލައެއް ޖެހިއްޖެކަން އަލައިކާއަށް އެނގުނެވެ. އަލައިކާ އަހާން ގާތު ވީ ކިހިނެއްތޯ އެހުމުން ޒާޔާއަށް ގާތު އެހުމަށް އަހާން ބުންޏެވެ. އަލައިކާ ޒާޔާ ގާތު އެހުމުން ފުރަތަމައިންނުން ވެސް ޒާޔާ ފެށީ ރޯށެވެ.
“ޒާޔާ ދެން ހުއްޓާލާ. ނުރޮއެ ދޮން ގާތު ބުނެބަ ކިހިނެއްވީ؟ ދޮންއަށް އެނގޭ ބޮޑު ކަމެއް ވެއްޖެކަން ބުނެބަ ކިހިނެއްވީ؟” ޒާޔާ އުނދަގުލުން ނަމަވެސް އޭނާ ރިއަންއާ ރަށްޓެވިކަން އަލައިކާ ގާތު ބުންޏެވެ. “ރިއަން. ޝާރިމް ކޮއްކޮ ރިއަން؟” ޒާޔާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމާއެކު އަލައިކާއަށް ޖެހުނީ ޝޮކެކެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.






Kiyara sis mi part vx hama habeys.. V reethi.. Waiting for nxt part
Thanks dear♥️
❤️?❤️Wow maasha allah v reethi mi part vx sis
Alhey Minha vx Dhw..? Erik boluga vihyaa E jehee.. Hehe.. Eshal Minnu dheke like vanee..? N Miaa Eshal dheke like vanee..? Minha Ekam like vanee Erik dheke.. Erik vx mihaaru Minha dheke like vey.. Zaaya ah Haadha dhera gothekey e vee Riyan aa rahttehi veema..? Ahaan vx Dhw keevetha Riyan dheke Ehaa rulhi annanee
Curiously waiting for nxt part sis
Stay safe n Tc
❤️❤️❤️Lyyysssmmm
Thanksss dear. Lets see what happens ♥️
Salam guys. Here is the 15th episode of Manzil. Hope u all enjoyed reading this episode. Don’t forget to leave a comment. Stay safe and take care♥️
Masha Allah ? Vara reeti mi part ves ? waiting for next part
Thanks dear ♥️
Mi part ves vrh Sali ❤️❤️❤️❤️
Masha Allah sis❤️❤️❤️
Keep it up ?????❤️❤️❤️
Heheheh Hama Minha ejehy Erik gaaga eyy dhw hheheh❤️❤️????????
Aley vrh dera vey zaayaa uleygothun?????????????
Ahaan vss dhen nuvaane dhw zaayaa ah ehen hadhaakah ❤️❤️❤️❤️??
Rian deke ahaan keeve baa maa ruli ananee so curious❤️❤️❤️
Btw waiting for the next part ❤️❤️❤️
Love u sis❤️❤️❤️
Stay safe and take care❤️❤️❤️
Thanks dear ♥️
Heiii sissssoooo??????vrh rythi ingey mi prt vx?????erik boluga dhw min e jehy????????nd ahaan rian dheke e rulhi annany eiee aira kurin rahtehi v shaarim aa v ma dhw hyvany ehn hn hehehhe???????i think couples vaany
Minha nd erick
Ishal nd mia
Ahaan nd zaya
Ehheheh????whn next sisso
Thanks dear ♥️
Ooooh… Shaarim akee airaa kirin rahtihivi kuhjaa dhw. And ahaan ge sis eii airaa so that is why ahaan hates shaarim ge kohko v ma dhw. I think..
And sis hama mi part vx varaaaaaaaaah reethi. Curiously waiting for the next part.
❤❤❤❤
Thanks dear ♥️
????Mi part ves varah reethi
Keep it up my dear ❤️❤️❤️❤️
Thanks dear ♥️
Sis mi part vx varah reethi Masha Allah
Waiting for the nxt part
Lysm
Thi kaaku
?Ohh that was me
Sis mi part vx varah reethi Masha Allah
Waiting for the nxt part
Lysm
Thanks dear ♥️
Wow Vrh salhi keep it up
Thi kaaku hama ekeh tha
Wow sis mi part ves varah reethi
Minha hama jehee Eric gaagaee dhw
Waiting for the next
Luv u sis ❤️❤️❤️
Thanks dear ♥️
WOW………?????minha Erik gaigaa dhw jehy……. I thought it before……………. Ahaan pic thah enegy kyhkuranbaa??? ¿¿¿¿Curiously waiting for the nxt episode ingey
Thanks dear ♥️