މި ހިތުން މަޤާމޭ މި ދެނީ 4
“ކިހިނެއް އަހަރެން ހަދަން ވީ؟ ކިހިނެއް ހެދިއްޔާ ހަނދާން ނެތޭނީ؟ ކިހިނެއް ހެދިއްޔާ މިހާ ވަރަށް ލޯބި ނުވެވޭނީ؟ އަހަރެން ބޭނުމެއް ނޫން ލޯބި ވާކަށް، ހަނދާން ނައްތާލަން ބޭނުމީ. ތީ އަހަރެންގެ ކޮއްކޮގެ ހައްގެއް. ހުވަފެނުގަވެސް އައިދަންއަށް ދެރައެއް ދޭކަށް ބޭނުމެއް ނޫން… އައިދަންގެ ވައިފް ދެކެ ލޯބި ވާކަށް ބޭނުމެއް ނޫން… އެކަމަކު ހަނދާން ނައްތާލަން ހަދަން ވީ ގޮތެއް ނޭނގުނު… މުޅި އުމުރަށްވެސް އަހަރެން އުޅެން ޖެހޭނީ މިހެންތަ؟” ފަށަށް ބަލަން އިނދެ ޒިއާމް ވާހަކަ ދައްކަމުން ދިޔައެވެ.
އަދިވެސް އެ އަންހެން ކުއްޖާ ދެކެ ލޯބި ވޭހޭ ބުނެ އައިދަން ޒިއާމް އާ ސުވާލު ކުރި އަޑު ބަދިގެއިން ނިކުމެ ނިކުމެ ހުރި މައިރާއަށް އިވުނެވެ. އެ ހިސާބުގައި މައިރާ މަޑުކޮށްލީ އެ ވަގުތު ޒިއާމްގެ ކުރިމައްޗަށް އަރަން ބޭނުން ނުވެގެންނެވެ. ހިތާ ހިތުން އައިދަންއާ މެދު ޝަކުވާ ކުރެވުނީ އައިދަންގެ އެ ސުވާލުތަކުން ޒިއާމްއަށް ވާނެ ގޮތް އެނގޭތީއެވެ.
ޒިއާމް ދިޔުމުން މައިރާ އައިސް އައިދަން ކައިރީ އިށީނެވެ.
“އައިދަން” ޒިއާމް ދިޔަ ތަން ބަލަން އިން އައިދަންގެ އަތުގައި ހިފާލަމުން މައިރާ ގޮވާލިއެވެ.
“ޒިއާމްއާ މެދު ވަރަށް ކަންބޮޑުވޭ މިހާރު. އަހަރެން ބޭނުން ވަނީ އޭނަވެސް ދެން މެރީ ކޮށްގެން ލައިފްއެއް ފަށަން” މައިރާއަށް ބަލާލަމުން އައިދަން ބުންޏެވެ.
“އެ ވަގުތު ޖެހުނީމަ އޭނަވެސް ތި ކަމާ އުޅޭނެ. ހީ ނީޑްސް ޓައިމް. ޒިއާމްއަށް ކަންތައް ދިމާ ވި ގޮތް އަހަރުމެންނަށް ނޭނގޭ އިރު، އޭރުގަ އެ ވީ ކަމެއް ހިތުން ފޮހެލަން އޭނައަށް ބޭނުން ވަނީ ކިހާ ވަގުތެއް ކަމެއްވެސް އަހަރުމެންނަކަށް ނޭނގޭނެއްނު؟ ދެން އެ ކަމާ ސުވާލު ނުކުރައްޗޭ. ޒިއާމް ބޭނުމެއް ނުވެއެއްނު އެ ވާހަކަތައް ދައްކާކަށް؟” މައިރާ ބޭނުން ވަނީ އައިދަން އެ ކަމާ ޒިއާމްއާ އެއްވެސް ސުވާލެއް ނުކުރުމެވެ.
“ހީ އިޒް މައި ބްރަދަރ، އައި ވޯންޓް ހިމް ޓު ބީ ހެޕީ” އައިދަން ވާހަކަ ދެއްކީ ޒިއާމްއާ މެދު ވިސްނަމުންނެވެ.
“އަހަރެންވެސް ބޭނުމޭ ޒިއާމް ހެޕީ ވާން، ލައިފްއެއް ފަށަން. އެކަމަކު އެހެން ވާނީ ޒިއާމް ބޭނުން ވެގެންނެއްނު؟ އެހާ ވަރަށް އެ ވާހަކަ ނުދައްކަބަލަ، ރައިޓް ޓައިމް އައީމަ އެކަންވެސް ވާނެ” އައިދަންގެ ކަންބޮޑުވުން ދުރުކޮށްދިނުމަށް މައިރާ މަސައްކަތް ކުރިއެވެ.
“ޒެޑް ނުބުނާނެ އެއްވެސް އެއްޗެއް… އޭރުގަ ވީ ގޮތެއް އަދިވެސް ނޭނގޭ…” އައިދަން ކަންބޮޑު ވަނީ ކުރިން ޒިއާމްއަށް ކަންތައް ދިމާވި ގޮތެއް ނޭނގޭތީއެވެ. އެ ވާހަކަތައް އެއްވެސް ގޮތަކަށް ޒިއާމް ނުދައްކާތީއެވެ.
“ޒިއާމް ބުނަން ބޭނުން ނުވަންޏާ އައިދަން އަހާކަށް ނުވާނެ. ކިޔާދޭން ބޭނުން ނުވާ ރީޒަންއެއް އޮންނާނެ” މައިރާ ބުންޏެވެ.
“ހީ ސްޓިލް ލަވްސް ދަ ގަރލް… ކާކު ކަމެއްވެސް އެނގޭ ނަމައެއްނު ހެލްޕް ކޮށްދެވޭނީވެސް” އައިދަން ބުންޏެވެ.
“ދެން ތި ކަމާ ނުވިސްނާ އަހަރެންނާ މެދު ވިސްނަބަލަ…” ދެ އަތުން އައިދަންގެ މޫނުގައި ހިފާ މައިރާއާ ދިމާއަށް އަނބުރާލަމުން މައިރާ އެދުނެވެ.
ހިނިގަނޑެއް ޖަހާލުމާއެކު ދެ އަތުން މައިރާގެ އުނގަނޑުގައި ހިފާ އުފުލާލަމުން އައިދަންގެ އުނގަށް މައިރާ ލުމާއެކު އެ ތުންފަތުގައި އައިދަން ބޮސްދިނެވެ. އެ ގޮތުގައި އިރުކޮޅެއް ހޭދަ ވީ ފަހުން އައިދަން ތެދުވެ ދެ އަތް މައްޗަށް މައިރާ ނަގައިގެން ގޮސް ކޮޓަރިއަށް ވަނެވެ.
އަނެއް ދުވަހު އޮފީހުގައި އިނދެފައި މައިރާ އާރާއަށް ގުޅިއެވެ. ހަވީރު ގެއަށް އައިސްދިނުމަށް އެދުމުން އާރާ އެއްބަސްވިއެވެ.
“މިހާ އަވަހަށް އައިދަންއާ ފައިޓެއް ހިންގާލީތަ؟” މައިރާ ގެނެސްދިން ކޮފީތަށިން އެތިފޮދެއް ބޯލާފައި އާރާ އެހިއެވެ.
“ނޫން، ކީއްވެ ތިހެން ތި ބުނީ؟” މައިރާ ހިނި އައިސްފައި ބުންޏެވެ.
“އޭރު މައި ގުޅި އިރު ހީވި ވަރަށް ކަންބޮޑު ވެފަ ހުރިހެން. އެހެންވެ ހިތަށް އެރީ” މައިރާގެ މޫނަށް އާރާ ބަލާލިއެވެ.
“ނޫން… އިހަށް ބުނެބަލަ. ކިހިނެއް ކަންތައް އޮތީ؟ އާރާގެ ދޮންބެ ހަމަ ކޫލްތަ؟” މައިރާ ފުރަތަމަ ބޭނުން ވީ އެކުވެރިޔާގެ ދިރިއުޅުމުގައި ކަންތައް ހުރި ގޮތް ސާފުކުރާށެވެ.
“އާނ، އަސްލު ޒައި ވަރަށް ބެސްޓް. އޭނައާ ހެދި ނޫން ނަމަ ނޭނގެ ވާނެ ގޮތެއްވެސް. ދޮންބެ ވަރަށް ލޯބި ވޭ ޒައި ދެކެ. އެހެންވެ ޒައި ބުނީމަ ގަބޫލު ކުރީ. އަހަރެން ހިއެއް ނުކުރަން ދޮންބެ އެހާ އަވަހަށް އޯކޭ ވެދާނެ ކަމަކަށް” އާރާ ބުންޏެވެ.
“ދެން އިޔާދު ކީކޭ ބުނީ؟ ކޮން އިރަކުން މެރީ ކުރަނީ؟” އެކުވެރިޔާއަށް ޓަކާ މައިރާ އުފާވިއެވެ.
“އަދި އެންމެ މަހެއް ދޮންބެ އޯކޭ ވީ ފަހުން މި ވީ. އަދިވެސް އިޔާދުއާ ވާހަކަ ދައްކަނީ ފޯނުން. މީޓެއް ނުކުރަން. ޒައި ވިހެއީމަ ދެން އިތުރު ކަމަކާ ދޮންބެއާ ވާހަކަ ދައްކަން ކެރޭނީ. އަހަރެން ކިޔަވާ ނިމިގެން އައިސް މެރީ ކުރާނީ. އިޔާދުވެސް ބުނީ އެ ގޮތޭ އެންމެ ރަނގަޅު ވާނީ” އާރާ ކިޔާދިނެވެ.
“އަސްލު އާރާގެ ލަވް ސްޓޯރީ ވަރަށް ސަޅި ދޯ؟” މައިރާ ބުނެލިއެވެ.
“ދެން… ވާހަކައެއް ނޫނީ ޑްރާމާއެއް ނަމަ ސަޅި… އެކަމަކު އަސްލު ލައިފްގަ މި ކަހަލަ ކަމެއް މީހަކަށް ދިމާ ނުވިއްޔާ ރަނގަޅު ވާނީ” އާރާ ބުނެލީ އެ ހަނދާންތަކަށް ގެއްލިފައި އިނދެއެވެ.
“މިހާރު އާރާގެ ފެމިލީ އިންވެސް އޯކޭއެއްނު؟ ދެން ކީއްވެ މީޓް ނުކުރަން ތި އުޅެނީ؟” މައިރާ އެހިއެވެ.
“ނުކުރާކަށް ނޫން. އިޔާދު ބޭނުމެއް ނުވޭ އެއްވެސް ކަމެއް މާ އަވަސް އަވަހަށް ކުރާކަށް. ދޮންބެއަށް އެއްވެސް ޝަކުވާއެއް ކުރާނެ ޗާންސެއް ދޭކަށް އޭނަ ބޭނުމެއް ނުވޭ. އެހެންވެ. އެކަމަކު ފުރުމުގެ ކުރިން މީޓް ކުރަން ބޭނުމޭ އަހަރެން ބުނިން” އާރާ އެކުވެރިޔާގެ ސުވާލުތަކަށް ޖަވާބު ދެމުން ދިޔައެވެ.
“ދެން އަހަރެންގެ ވާހަކައެއް ނޫނޭ، އަސްލު ކޮން ވާހަކައެއް ދައްކަން ވެގެންތަ އަންނަން ބުނީ؟” އާރާ އަހާލިއެވެ.
މައިރާ ހުރިހާ ވާހަކައެއް އާރާއަށް ކިޔާދިނެވެ.
“ދެން…؟ އައިދަން ކައިރީ ބުނާނަންތަ؟” އާރާއަށް އަހާލެވުނީ އިރުކޮޅެއް ފަހުންނެވެ.
“ނޫން. އޭރުން އޭނަ ވަރަށް ދެރަ ވާނެއެއްނު؟ މިހާރުވެސް އުޅެނީ އޭރު ޒިއާމްއަށް ވީ ގޮތެއް ނޭނގޭތީ އެ ކަމާ ދެރަ ވެގެން. އެނގުނަސް ވާނެ ކަމެއްވެސް ނޯންނާނެ. އެހެން ނޫނަސް ޒިއާމް ބޭނުމެއް ނުވާނެ ދޯ އައިދަންއަށް އެނގޭކަށް؟ އަހަރެން ބޯ ހަލާކު!” މައިރާ ބުނެލިއެވެ.
“ޒިއާމްއަކަށް ޝައްކެއްވެސް ނުވޭތަ؟” އާރާ އެހިއެވެ.
“ނުވޭ. އަހަރެންނަށް އެނގޭ ކަން ޒިއާމްއަށް އަންގާކަށް ބޭނުމެއް ނޫން. އައިދަންއަށް ސިއްރު ކުރަން ވީމަ ދެރަ ވަނީ” މައިރާ އެއްވެސް ވާހަކައެއް އާރާއަކަށް ސިއްރެއް ނުކުރެއެވެ.
“ސޯ… އެހާ ދުވަސް ވަންދެން ޒިއާމްގެ ފްރެންޑަކަށް ވީ އިރު ދުވަހަކުވެސް ޒިއާމްއާ މެދު އެ ގޮތަށް ފީލްއެއް ނުވޭތަ؟” އާރާ ހިނިއައިސްފައި އަހާލިއެވެ.
“ތީ ކޮން ކަހަލަ ސުވާލެއް؟” މައިރާއަށް އަހާލެވުނީ ހިނި އައިސްފައެވެ.
“ދެން ޒިއާމްއަކީވެސް ނުލާހިކު ސަޅި މީހެއް. ކޮންމެ މީހަކުވެސް އަޅައިގަންނަ ޓައިޕް، އެހެންވެ މި އަހާލީ” އާރާވެސް މަޖާވެފައި އެހިއެވެ.
“ނޫން. ނޭނގެ ކީއްވެ ކަމެއްވެސް. ދުވަހަކުވެސް ޒިއާމްއާ މެދު އެ ގޮތަކަށް ނުދެކެން. ހަމަ ފްރެންޑެއް ގޮތަށް ދެކުނީ. އެކަމަކު އައިދަން ފެނުނު އިރަށް ނޭނގެ އެ ވީ ގޮތެއްވެސް. އޭރުވެސް ހިތަށް އެރި ހަމަ ފެންނަ އިރަށް މީހަކު ދެކެ ލޯބި ވެވިދާނެ ބާއޭ؟ އަސްލު އެހާ އަވަހަށް އައިދަން ނޭހި ނަމަ އަހަރެން އަމިއްލައަށްވެސް ކޮންމެސް ސިގްނަލްއެއް ދެވުނީސް ކަންނޭނގެ. ނަސީބެއް އައިދަން އެހި ކަން އަވަހަށް” ހިނި އައިސްފައި އިނދެ މައިރާ ކިޔާދިނެވެ.
“އެ ފަށް… މި ހުރިހާ ދުވަސް ވީ އިރުވެސް ޒިއާމް އަތުގަ އެ ފަށް އޮތް ކަމެއް ހަމަ ނޭނގޭތަ؟” އާރާ އެހިއެވެ.
“އާނ، އެރޭ ފެނުނީމަ އަހަރެން ހައިރާން ވެފަ ހުރީ. ހިތަށް އެރި ޒިއާމް އަތުގަ އެ ފަށް އޮތް އިރު ކީއްވެ ބާއޭ ނުބުނެ ހުރީ. އެރޭވެސް، އެ ފަށް ޒިއާމް އަތުގަ އޮއްވާ ފެނިފަވެސް ޒިއާމް އެހެން ބުނި އަޑު ނީވުނު ނަމަ އަހަންނަކަށް ނޭނގުނީސް. ވަރަށް ދެރަ ވޭ އަސްލު… ހީ އިޒް ހަރޓް ބިކޯޒް އޮފް މީ… އަހަރެން ދުވަހަކުވެސް ބޭނުން ވި ގޮތެއް ނޫން އެއީކީ… ހިތަށް އަރާ އެރޭ އަހަންނަށް އެކަން ނޭނގުނު ނަމައޭވެސް” ޒިއާމްއަށް ކަންތައް ވީ ގޮތުން މައިރާ ދެރަވަނީ. އެއީ މައިރާގެ ސަބަބުން ވީ ކަމެއް ކަމުގައި ގަބޫލު ކުރެވޭތީއެވެ.
“މައި، ޑޯންޓް ބްލޭމް ޔޯސެލްފް. އެއްވެސް ކަމެއް ވީ މައިއަށް އެނގިގެންނެއް ނޫނެއްނު؟ ޒިއާމްގެ ހިތުގަ މައިއަށް އެ ފީލިންގްސް ވިޔަސް މައިއަށް ކީއް ކޮށްދެވޭނީވެސް؟ ލަވް އިޒް ސޯ ކޮމްޕްލިކޭޓެޑް، އެކަން އަހަންނަށްވެސް އެނގުނީ ވަރަށް ފަހުން. ޒިއާމްވެސް މައި ކުށްވެރިއެއް ނުކުރާނެ. ދެރަ ނުވޭ، އިރާދަ ކުރެއްވިއްޔާ މައި މަތިން ހަނދާން ނެތޭ ވަރަށް ޒިއާމް ދެކެ ލޯބި ވާނެ އަންހެން ކުއްޖަކު އަދި އޭނަގެ ލައިފްއަށް އަންނާނެ. ދެން އެކަމާ އެހާ ވަރަށް ވިސްނަން ހަދައިގެން އައިދަންއާ ދެ މީހުންގެ ގުޅުމަށް އޭގެ އަސަރު ކުރިޔަ ނުދޭތި. އައިދަންއަށް އެނގިއްޖެއްޔާ އޭނަވެސް ދެރަ ވާނެ. އަސްލު ތީގަ ހަމަ އެންމެ ރަނގަޅު ގޮތަކީ ކުރިންވެސް އުޅުނުހެން އުޅެން މަސައްކަތް ކުރުން. އައިދަންއަށްވެސް އަދި ޒިއާމްއަށްވެސް އެއްވެސް ތަފާތެއް ނުދައްކާ. އިރާދަ ކުރެއްވިއްޔާ އެވްރީތިންގް ވިލް ބީ އޯކޭ” މައިރާގެ އަތުގައި ހިފާލަމުން އާރާ ބުނެލީ އެކުވެރިޔާއަށް ހިތްވަރު ދިނުމަށެވެ.
“ހޫނ، ދެން ހިނގާ އެހެން ވާހަކައެއް ދައްކަން. ކޮން އިރަކުން އާރާ ފުރަނީ؟” މައިރާ ވާހަކަ ބަދަލު ކޮށްލިއެވެ.
“އަދި މަންތެއް ފަހުން. މިހާރު ބޭނުން ވަނީ އަވަހަށް ގޮއްސަ އަވަހަށް އަންނަން” އާރާ ބުންޏެވެ.
“އާނ، އޭރުންނެއްނު އަވަހަށް މެރީ ކުރެވޭނީ ދޯ؟ އެކަމަކު ފުރުމުގެ ކުރިން ވާނެ އަހަރުމެންނާ އިޔާދުއާ މީޓް ކޮށްދޭން އިނގޭ” މައިރާ އެދުނެވެ.
“އާނ، އިޔާދު ކައިރީ ބުނާނަން. ކޮބާތަ އައިމަލްއާ ހަމްނާ؟ ހާދަ ހަބަރެއް ނުވެޔޭ” އާރާ އެހިއެވެ.
“ހިނގާ ދޯ ކެއުމެއް ހަދާލަމާ؟ އެ މީހުންނަށް އާދެވެންޏާ މިރޭ އާރާއަށް އޯކޭތަ؟” މައިރާ އެހިއެވެ.
“އާނ، އަހަންނަށް އޯކޭ” އާރާ އެއްބަސްވިއެވެ.
މައިރާ ވަގުތުން އައިމަލްއާ ހަމްނާއަށް ގުޅިއެވެ. ގަޑިއެއްހާ އިރު ވީ އިރު އައިމަލްއާ ހަމްނާ ތިބީ މައިރާމެން ގޭގައެވެ. އެ މީހުން އައި އިރު އައިދަންވެސް ގެޔަށް އައިސްފިއެވެ. ގޭގައި މައިރާގެ އެކުވެރިން ތިބުމުން އައިދަން ޒިއާމްއަށްވެސް ގުޅާފައި އަންނަން ބުންޏެވެ.
“އަހަރެން އެބަ އޮތް ވާހަކައެއް ބުނަން ވެފަ” ކާން ތިބެފައި އައިމަލް ބުންޏެވެ.
“ކޮން ވާހަކައެއް؟” ހަމްނާ އެހިއެވެ.
“މެރީ ކުރަން މި އުޅެނީ” އައިމަލް ބުނެލީ އާދައިގެ ގޮތަކަށެވެ.
އެއާއެކު ހަތަރު އަންހެން ކުދިން އެއްފަހަރާ ހަޅޭ ލަވައިގަތެވެ.
“އަހަރެން ހީކުރީ ދެން އެންމެ އަވަހަށް މެރީ ކުރާނީ އާރާ ކަމަށް. އެކަމަކު އައިމަލް… ގަބޫލެއްވެސް ނުކުރެވޭ. ކޮން އިރަކު؟” ހަމްނާ އެހިއެވެ.
“އަންނަ މަހު އޭ ކިޔައިގެން މި އުޅެނީ. އާރާ، ޕްލީޒް، މަޑު ކުރައްޗޭ އެހާ ތަނަށް” އައިމަލް އެދެނީ ކައިވެނީގައި ހުރިހާ އެކުވެރިންވެސް ބައިވެރި ވުމެވެ.
އެއަށް ފަހު ދެކެވުނީ އައިމަލްގެ ކައިވެނީގެ ވާހަކައެވެ. އިރުކޮޅަކު އެ ވާހަކައިގައި ބައިވެރި ވެލާފައި އައިދަންއާ ޒިއާމް ނިކުތީ ބޭރަށެވެ.
އޭގެ ފަހުން ޒިއާމްގެ މާޒީއާ ބެހޭ ގޮތުން، އަދި ކައިވެންޏާ ބެހޭ ގޮތުންވެސް އައިދަން ސުވާލެއް ނުކުރެއެވެ. މައިރާއާ އައިދަންއާ ދުރުގައި ގިނަ ވަގުތު ހޭދަ ކުރުމަށް ޒިއާމް މަސައްކަތް ކުރި ނަމަވެސް އެ ކަން ކާމިޔާބެއް ނުވެއެވެ. އައިދަންގެ ދަޢުވަތަށް އެ ގެޔަށް ޒިއާމް ނުގޮސްފިނަމަ އެކަމާ އައިދަން ޝަކުވާ ކުރެއެވެ. އައިދަންއާ ޒިއާމްގެ މެދުގައި އޮތް ގުޅުމަށް އެއްވެސް ކިލަނބު ކަމެއް އައުން ނޭދޭތީ މައިރާއަށްވެސް އައިދަން ހުއްޓުވާކަށް ނުކެރެއެވެ. ފަހަރެއްގައިވެސް ޒިއާމްއާ މެދު އައިދަންގެ ހިތުގައި ޝައްކެއް އުފެދިދާނެތީ ޒިއާމް އައުން މަނާ ކުރުމަކަށް މައިރާ އެއްޗެއް ނުބުނެއެވެ. މަދު ފަހަރަކު ކޮންމެވެސް ބަހަނާއެއް ދެއްކި ނަމަވެސް ޒިއާމްއަށްވެސް އައިދަން އެދުމުން ދެކޮޅު ހަދާކަށް ނުކެރެއެވެ.
އައިމަލްއާ ޝާރިމްގެ ކައިވެނި ކުރެވުނުތާ ހަފްތާއެއް ފަހުން އާރާ ފުރިއެވެ. އޭގެ ފަހުން ގިނަ ދުވަސްތަކެއް ނުވެ ހަމްނާއަށް ވަޒީފާ ލިބި ވަޒީފާއަށް ނިކުންނަން ފެށިއެވެ. މައިރާ ހުޅުމާލެއަށް ބަދަލު ވި ފަހުން އެކުވެރިންނާ ދިމާވުން މަދުވި ނަމަވެސް ހަފްތާއަކު އެއް ދުވަހު އެ ކުދިންނާ ބައްދަލު ވެއެވެ. މިޝްޔާއަށްވެސް މައިރާ ކައިރިއަށް އަންނަން ވަގުތު ނުވަނީ ކިޔެވުމަށް ވަގުތު ދޭން ޖެހޭތީއެވެ. ކޮންމެ ބުރާސްފަތި ދުވަހަކު އޮފީސް ނިމޭ ގޮތަށް މަންމަމެން ކައިރީގައި ހުރެލާފައި މައިރާ ހުޅުމާލެއަށް އަންނަނީ ރޭގަނޑުއެވެ. ހުކުރު ދުވަހަކީ އައިދަންގެ އާއިލާއާ އެކު އެ ގޭގައި ހޭދަ ކުރާ ދުވަހެވެ.
އައިދަންއާ މައިރާގެ ކައިވެންޏަށް ހަތް މަސް ވީ ތަނާ މައިރާ ބަލިވެއިނެވެ. މައިރާއަށް ޝައްކު ވެގެން ޓެސްޓް ހެދީ އައިދަންއަށްވެސް ނާންގައެވެ. އޮފީހަށް ގޮސްފައި އަމިއްލައަށް ކިޓެއް ގަނެގެން ގެޔަށް އައިސް ޓެސްޓް ހަދާފައި ނަތީޖާ ފެނުމުން މައިރާ ވަރަށް އުފާވިއެވެ. އައިދަންއާ މައިރާގެ ޙަޔާތަށް އައި އެ އުފާ އާދައިގެ ގޮތަކަށް އައިދަންއަށް އަންގަން މައިރާގެ ހިތެއް ނުރުހުނެވެ.
އެ ދުވަހު އައިދަން އޮފީހުން އަންނަން ވާ އިރަށް މައިރާ އައިދަންއަށް “ސަޕްރައިޒް”އެއް ތައްޔާރު ކުރިއެވެ. ރަތް ކުލައިގެ ވިދާ ކަރުދާހުން ކިޓް ޕާރުސަލް ކުރިއެވެ. ރޭގަނޑުގެ ކެއުމަށް ޚާއްސަ އެއްޗެއް ކެއްކިއެވެ. އެހެން ދުވަސްތަކާ ޚިލާފަށް މައިރާވެސް ތައްޔާރުވެލިއެވެ.
އެރޭ އައިދަންއަށް އޮފީހުން ގެޔަށް އާދެވުނީ އެހެން ދުވަސްތަކަށް ވުރެ ލަހުންނެވެ. ހަތެއް ޖަހަން އުޅެނިކޮށް އައިދަން އައިސް ގެއަށް ވަނުމާއެކު ވަށައިގެން ބަލާލިއެވެ. ގޭތެރޭގެ އަލި މަޑުކޮށްލާފައި އޮތް އިރު އެހެން ދުވަސްތަކާ ޚިލާފަށް މައިރާ ފެންނާކަށް ނެތެވެ.
“މައި؟” ދޮރު ލައްޕާލާފައި އައިދަން ގޮވާލިއެވެ.
“އައިދަން!” ކޮޓަރިން ނިކުތް މައިރާ ދުވެފައި އައިސް އައިދަން ގައިގައި ބައްދާލިއެވެ.
މައިރާ އައި ގޮތުން އައިދަން ހީގެންފައި މައިރާ އުފުއްލާލިއެވެ.
“ކިހިނެއް ވީ؟” އައިދަން އަހާލިއެވެ.
މައިރާ ޖަވާބެއް ނުދީ އައިދަންގެ ތުންފަތުގައި ބޮސްދިނެވެ.
“މިރޭ ސްޕެޝަލް ރެއެއްތަ؟” މައިރާ ދުރުވެލުމުން އައިދަން ސުވާލުކޮށްލީ ހިނިއައިސްފައި ހުރެއެވެ.
“އިހަށް ދޭ ފެން ވަރައިގެން އަންނަން. އޭރުން ބުނާނަން” އަދިވެސް އައިދަން ގައިގައި ބައްދާލައިގެން ހުރެ މައިރާ އެދުނެވެ.
“ދޫކޮށްލާ ހިތެއް ނުވޭ” އައިދަން މައިރާއާ ލޯބިން ސަމާސާ ކޮށްލިއެވެ.
“އަންނާނަން…” ދާ ހިތް ނުވެފައި ހުރެވެސް އައިދަން މައިރާ ގައިން ދޫކޮށްލާފައި ކޮޓަރިއަށް ވަނެވެ.
މައިރާ ކާން ތައްޔާރު ކޮށްފައި އައިދަން ނިކުތުމުގެ ކުރިން ހެދުން ބަދަލުކޮށް ތައްޔާރުވެލިއެވެ. އައިދަން ފެން ވަރައިގެން ނިކުތް އިރު މައިރާ ކޮޓަރީގައި ނެތުމުން ބޭރަށް ނިކުތެވެ. ކާމޭޒު ކައިރީ ހުރި މައިރާ ފެނުމުން އައިދަންއަށް ބަލަހައްޓައިގެން ހުރެވުނެވެ.
އައިދަންއަށް ފުރަގަސް ދީގެން ހުރި މައިރާ ލައިގެން ހުރި ރަތް ކުލައިގެ ހެދުން ކަކުލަށް ވުރެ ތަންކޮޅެއް ތިރިއަށް ހުރި އިރު މައިރާގެ ބުރަކަށިން ބޮޑު ބަޔަކާ އެކު ދެ ކޮނޑު ހުރީ ހާމައަށެވެ. އިސްތަށިގަނޑު އޮތީ ބޮލުގެ މެދަށް މައްޗަށް ނަގާ ހުޅިއެއް ޖަހާފައެވެ. އެއި ހަމަ މައިރާ ބާއޭ ހިތާހިތާ ސުވާލު ކުރަމުން އައިދަން އައިސް މައިރާގެ ފަހަތުން ހުއްޓި ކޮނޑުގައި އަތް ޖައްސާލިއެވެ.
މައިރާ އެނބުރިފައި، ހައިރާންވެފައި ހުރި އައިދަންއަށް ބަލާލާފައި ރަކި ގޮތަކަށް ހީލިއެވެ.
“ކިހިނެއްވީ ތިހާ ވަރަށް ތި ބަލަނީ؟” މައިރާ އަހާލިއެވެ.
ޖަވާބެއް ނުދީ ގަދަ ރަތް ކުލަ ޖައްސާފައި ހުރި މައިރާގެ ތުންފަތުގައި އައިދަން އަތް ޖައްސާލިއެވެ.
“އަހަންނަށް ކިހިނެއް ހަދަން މިރޭ ތި އުޅެނީ؟” ސިއްރުން ކަހަލަ ގޮތަކަށް އައިދަން އަހާލިއެވެ.
“އިށީނދޭ ކާން” އައިދަން ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ލުއިކޮށް ހީލަމުން އެހެން ބުނެފައި މައިރާ ދުރަށް ފިޔަވަޅެއް އަޅާލިއެވެ.
ނަމަވެސް އައިދަން މައިރާގެ އަތުގައި ހިފާ ދަމާލުމާއެކު ގެނެސް މޭގައި ޖައްސާލިއެވެ.
“ޔޫ ލުކް…” މައިރާގެ ލޮލަށް ބަލަން ހުރެ އައިދަން ފުރިހަމަ ނުކޮށް ދޫކޮށްލިއެވެ.
“ލައިކް ނުވަނީތަ؟” ހިނިއައިސްފައި މައިރާ ލާނެތް ގޮތަކަށް އަހާލިއެވެ.
“ނޯ! އައި ލައިކް ދިސް… ތިހެން މައި ފެނުނީމަ ބޭނުން ވަނީ…” އިތުރަށް ވާހަކަ ދެއްކުމެއް ނެތި އައިދަން ބޭނުން ވާ ގޮތް މައިރާއަށް ބުނެދޭން ފެށިއެވެ. މައިރާގެ މޫނުގައި ދެ އަތުން ހިފާލުމާއެކު އެކިއެކި ގޯނާތައް ކުރަން ފެށިއެވެ.
“އައިދަން…” މައިރާ ގޮވާލީ އެ ވަގުތަށް އައިދަން ހުއްޓުވާށެވެ. އެރޭ އައިދަންއަށް ބުނެދޭން ތައްޔާރު ވި ވާހަކަ ބުނާށެވެ. ނަމަވެސް އައިދަންގެ ހަރަކާތްތަކަށް ހުއްޓުމެއް ނާދެއެވެ. އެއްޗެއް ބުނަން އުޅުނު މައިރާގެ ބަސް ހުއްޓުވަމުން ދެ އަތްމައްޗަށް މައިރާ ނަގައިގެން އައިދަން ވަނީ ކޮޓަރިއަށެވެ.
“މިރޭ ކޮން ކަމެއް އޮތީ؟” އައިދަންގެ މޭމަތީ ބޯ ޖައްސާލައިގެން އޮތް މައިރާގެ ބުރަކަށީގައި ފިރުމަމުން އައިދަން އަހާލިއެވެ.
“އެހާ ވަރުން ޕްލޭން ކުރީމަވެސް އައިދަންއާ ހެދި އަހަރެން ބޭނުން ވި ގޮތަކަށް ނޫން މިވީ” ބޮޑާ ހާކާ ފަދަ ގޮތަކަށް މައިރާ ބުނެލިއެވެ.
“މިހެން ވާކަށް ނޫންތަ އެ ގޮތަށް އަހަންނަށް ފެނުނީ؟” ހިނި އައިސްފައި އައިދަން މައިރާގެ ބޮލުގައި ބޮސްދިނެވެ.
“ހިނގާބަލަ ބޭރަށް، އައިދަންއަށް ސަޕްރައިޒްއެއް އޮންނާނެ” މައިރާ ބޯ ހިއްލާލާ އައިދަންއަށް ބަލާލިއެވެ.
“ކޮން ކަހަލަ ސަޕްރައިޒްއެއް؟” އެނދުން ތެދުވަން އުޅުނު މައިރާގެ އަތުގައި ހިފާ ހުއްޓުވަމުން އައިދަން އެހިއެވެ.
“ބުނީމަ ނުވާނެ ސަޕްރައިޒްއަކަށް. ދެން ހިނގާބަލަ!” މައިރާ އައިދަންގެ އަތުގައި ހިފާ ދަމާލިއެވެ.
އައިދަން މައިރާގެ ފަހަތުން ނިކުމެ މައިރާ ބުނުމުން މޭޒު ކައިރީ އިށީނެވެ. މައިރާ އެދުނީ ފުރަތަމަ ކެއުމަށެވެ. އެކުގައި ހޭދަވި ވަގުތު މަތިން ހަނދާން ކުރަމުން އައިދަން އަވަސްއަވަހަށް ކަމުން ދިޔައިރު އިރުއިރުކޮޅާ މައިރާއަށް ބަލާލައެވެ.
“ދެން، ތިހެން ނުބަލަބަލަ…” އެ ބެލުމުގެ މާނަ އެނގޭތީ މައިރާ ބުނެލީ ލަދުން އިނދެއެވެ.
ކައި ނިމުމުން މައިރާ ރަތް ވިދާ ކަރުދާންހުން ޕާރުސަލް ކޯށްފައޮ އޮތް ހިމަ، ދިގު ފޮއްޓެއް އައިދަންއަށް ދިއްކޮށްލިއެވެ.
“ކޯޗެއް މީ؟” ފޮށީގައި ހިފާފައި އައިދަން އަހާލިއެވެ.
“ކަނޑާފަ ބަލާލަބަލަ” މައިރާ އެދުނެވެ.
އައިދަން ކަރުދާސްތައް ނައްޓާ ފޮށި ކަނޑާލިއެވެ. އޭގައި އޮތް ޕްރެގްނެންސީ ކިޓް ފެނިފައި އައިދަންއަށް މައިރާގެ މޫނަށް ބަލާލިއެވެ.
“ދިސް އިޒް…؟ އާރ ވީ…؟ ބޭބީ…؟” އައިދަން ހުއްޓަމުން ހުއްޓަމުން އެހިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.








Salaam, miothy 4 vana bai, kamudhaane kamah hykuran. Part 5 on Monday. Baajjaveri hukuru dhuvahakah edhen.
❤️❤️❤️
Masha Allah varah reethi ? mi part ves ?? waiting for next part
Baajjaveri hukuru dhuvahakah edhen
Heenukurey ummydhukurey dhoonyaa… ??? Nice mashah Allah.. luking forwrd hama..?
Wow???❤
Waiting for next part❤???
Luv u marsha sis???❤
Stay safe ❤???
Maasha Allah Varah reethi mi part vas waiting for next part ??????????????can I ask you all a question can you gays be my friend and age how much I am 14 stay safe gays ???????