Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިއެހެނިހެން

ޔުމްނު (ފަހެއް)

Unknown girls Level 210 Stories
October 19, 2020 3 Mins Read
0 Comments

ޔަމާނީ ހިސާބަކުން ދޫނި މަޑު ކޮށްލިއެވެ. މަޑުމަޑުން ޖުޕިޓާއަށް ތިރިކޮށް ލިއެވެ. އޭނާ ދެން ބަދަލުވީ ފައިދިގުމަކުނަކަށެވެ. މަޑުމަޑުން ގޮސް ހަވަމީގެ ގަނޑުވަރަށް ވަނެވެ. އޭރު ކާގޭގައި ހުރި ހަވަމީގެ ލޭތަށި ތެރެއަށް… އޭނާ ވެއްޓުނެވެ. މިވީ އޭނާގެ ނިމުމަށެވެ. އެއިން ސަލާމަތް ނުވެގެން އުޅެނިކޮށް ހަވަމީ އެތަށި ބޯލިއެވެ. ނަމަވެސް ޔުމްނު ޝަމްސަށް ކުރި ނަފުރަތު ކުރުން ތަށް ބަދަލު ވިއެވެ.
” ޝަމްސް ކިހިނެއްވީ “ޔުމްނު އަށް ހޭލެވުނު އިރު ޝަމްސް ޔުމްނު އަށް ބަހައްޓައިގެން ހުރުމުން އެހިއެވެ. ” ކަމެއް ނުވޭ މެންދުރު ކާން ގޮވަން އައިސް ބެލިއިރު ނިދާފައި އޮތީމާ އުނދަގޫ ނުކޮށް ހުރީ. އާދޭ ކާން ބަދިގެއަށް. މަންމަ ކާން ހަދައިފި.“ ޝަމްސް ބޭނުންވީ އަވަހަށް އެތަނުން ދުރަށް ދާށެވެ. ޔުމްނު ތެދުވެފައި ފާޚާނާ ކޮށްލައިގެން ބަދިގެއަށް ވަނެވެ. ޔުމްނު ރަނގަޅު ހެން ހީވުމުން ފުން ނޭވާއެއް ލުމަށްފަހު ކާން ފެށިއެވެ. ” ފަރިއްކޯ ކޮން އިރަކު މާލެއަށް އައީ“ޝަމްސަށް ފަރީޝާ ފެނުނީ އަދި ކިރިޔާ އެވެ. ނަމަވެސް އިތުރު ވާހަކައެއް ނުދައްކާ އޭނާ ކޮޓަރި އަށް ވަނެވެ.
………………………………………………….
ހަވަމީ އެންމެ ލޯބިވާ ދައްތަ ހަމީރާ ގާތަށް ދާން އެ ސިއްރު ގަނޑުވަރުން ނިކުތެވެ. އޭނާ އެ ގަނޑުވަރު ފުނޑުފުނޑު ކޮށްލައިފައި ދިޔައީ ޔަމާނީ ބޭނުންވި ފަދައިންނެވެ. އެކަން އެގޮތަށް އެކުރީ އޭނާ ބޭނުންވެގެންނެއް ނޫނެވެ. އެއީ ލޭތަށި ބޯލުމުން އޭނާގެ ސިކުނޑީގައި އެނބުރެމުން އައި ކަމެކެވެ.
………………………………………………….
” މިރޭ ހިނގާ ފިހާރަ އަށް ދާން.. ގޭތެރޭގެ ބައެއް ތަކެތި ހުސްވެއްޖެ. ” ޔުމްނު ފާޚާނާ އަށް ވަނެވެ. ކަބަޑު ހުޅުވާލާފައި ހުސްވެފައިވާ ބޭސް ފުޅިއާއި އެހެން ތަކެތި ޑަސްބިނަށް އަޅާލިއެވެ. އޭނާ ނިކުމެފައި ތުންފަތުގައި ލުއި ކޮށް ލިޕްސިކް ހާކާލިއެވެ. އޭނާގެ މަންމަ ކައިވެނި ކުރި ދުވަހު ދިން ގޫޝީގެ ކަޅުކުލައިގެ ހޭންޑު ބޭގް އަޅުވައިފައި ކޮޓަރިން ނިކުމެ ތިރިއަށް ދިޔައެވެ. އޭރު ޝަމްސް ހުރީ ސައިކަލް އިސްޓާޓު ކޮށްގެންނެވެ.
” ޔުމް ހާދަ ލަހޭ އަންނަލެއް ” އޭނާ ސަމާސާ ކޮށް ލިއެވެ. ” ދެން އިންޖީނެއް ނޫން ދޯ އެހާ އަވަހަށް އަންނާކަށް “ ސައިކަލަށް އަރަމުން ޔުމްނު ވެސް އެއްޗެއް ބުނެލި އެވެ. ފިހާރަ އަށް ގޮސް ޔުމްނު އެންމެ ފުރަތަމަ ވެސް ދިޔައީ ބުރުހާއި ބޭސް ގަންނާށެވެ. ހިތެއް ޖަހައިފާ އެއްކޮށް ހުރި ދެބުރުސް ޝަމްސް ނެގިއެވެ. އެ ބުރުހާއި އެކު ހިލޭ ބޭސް ފުޅިއެއް ވެސް އޮތެވެ. އެބުރުހުގެ ހިތް ހަދައިފައި ހުރީ ދަގަތްފާނުން ހަދައިފައެވެ. ސޮފްޓުނާ ފުޅިއަކާއި އޯމޯ ފުޅިއެއް ހިފައިގެން ޔުމްނު އައެވެ. ކައުންޓަރު މަތީގައި އެއްޗެހިތަށް ބަހައްޓާފައި ސައިބޯންޏާއި އެހެން ބަދިގެޔަށް ބޭނުންވާ ތަކެތި ވެސް ގަތެވެ. އެ ފިހާރައިން ނިމިގެން ދެމީހުން ބަރު ކޮތަޅުތަށް ހިފައިގެން ބޭރަށް ނުކުތެވެ.
” ހާދަ ބައިވަރު އެއްޗެއް ހިފައިގެން ތިޔައައީ.“
އަލީމާ ގެއަށް ވަންނަން ދިޔަ ޔުމްނު މެންގެ އަތުގައި ހުރި ކޮތަޅު ތަށް ފެނުމުން ބުންޏެވެ. ޔުމްނު އެއްޗެއް ނުބުނެ ބަދިގެއަށް ބޭނުންވާ ތަކެތި ކަބަޑަށް ލައިފައި އެހެން އެއްޗެހި ފާޚާނާ އަށް ލިއެވެ.
…………………………….
” މަންމާ އެ އައީ ކާކު“ ހަމީރާގެ ދަރިފުޅު ހަނާ ބޭރުގައި ހުރި ހަވަމީ ދެއްކި އެވެ. ހަމީރާގެ މޫނު މައްޗަށް ވެރިވެގެން ދިޔަ ކުލަތައް ފެނުމުން ހަވަމީ އަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އޭނާ އަކަށް އެއީ އަސްލު ހަމީރާ އެއް ނޫން ކަމެއް ނޭނގެއެވެ.
” އޭނާ ހައްޔަރު ކޮށް ޖަލަށް ލައި ހަމަ މިހާރު. “ ހަމީރާ އޭނާ އަކަށް ސުކުންތެއްގެ ވަރުވެސް ނުދީ އަމުރު ކުރިއެވެ. ހަމީރާގެ ސިފައިގައި ހުރި ހަޝްމާ ބޭރަށް ގޮސް ސިއްރު ހޮހަޅަ އަށް ވަނެވެ. އޭނާގެ ބިއްލޫރި ބޯޅައިގައި އަތް ހާކާލިއެވެ. އިރުކޮޅެއް ވަންދެން ހުރެފައި ކުއްލިއަކަށް އޭނާ ސިފަ ބަދަލު ވިއެވެ. ބާޒުގެ ލޮލަށާއި ވަރުގަދަ ފިޔަގަނޑު ހުޅުވާލިއެވެ. ސާރިދޯޅެއްގެ ހަށިގަނޑު ފުއްޕާލައި ހޮހަޅަ އިން ނިކުމެގެން އޭނާ ދިޔައީ ނެޕްޓޫނުން ބޭރަށެވެ.
…………………………..
ޝަމްސް ކޮޓަރި އަށް ވަދެ އޭސީ ފަންސަވީހަށް ލިއެވެ. އޭރު ޔުމްނު އޮތީ ނިދާފައެވެ. ޝަމްސް ވެސް ޔުމްނަށް އުނދަގޫ ނުކޮށް ފާޚާނާ އަށް ވަނެވެ ގަމީހާއެކު ފަޓުލޫނު ބަލައިފައި ހޫނު ފެން އެއްޗެއް ގަޔަށް އަޅާލިއެވެ. ޓްރެކްޝޫޓެއް ލައިފައި އޭނާ ވެސް ނިދަން އޮށޯތެވެ.
……………………………..
ހަޝްމާ އުދުހެމުން ދިޔައީ މާކިޔުރީ އަށެވެ. ދެން އޭނާ އަސްލު ހަމީރާ ބަންދު ކުރި ތަނަށް ވަނެވެ. ހައްހައްހައްހާ! ކަލޭގެ ކޮއްކޮ ހަވަމީ ވެސް އަތުޖެހިއްޖެ ހަމައެކަނި ދެން ހުރީ ހަވަމީގެ ފިރިމީހާ ހަމްޒާ. ހަދާން ކުރައްޗެ އޭނާ އަތުޖެހިއްޖެ ނަމަ މުޅި ކައުނު ގައި ވެރިކަން ކުރާނީ އަހަރެން. އެކަމަކު އެ ހުރިހާ ކަމަކަށް ހުރަސް މި އަޅަނީ އެ ހަމްޒާ. އޭނާ ވީ ދުނިޔޭގައި އެކަމަކު އޭނާ ހަމައެކަނި ފެންނާނީ އަހަރެންގެ ދަރިފުޅު ޔަމާނީ އަށް! ޔަމާނީ އެއް ފަހަރު ސަލާމަތް ކޮށްފި މީހަކު. އެކަމަކު އޭނާ މިހާރު ގެއްލިއްޖެ. “ ހަޝްމާގެ ވާހަކަ އަޑުއިވުމުން ހަމީރާ ކަންބޮޑުވިއެވެ. ހަޝްމާ އެކަމުގެ ބާރު ހޯދައިފިއްޔާ ހުރިހާ ކަމެއްވެސް ދާނީ ގޯހުން ގޯހަށެވެ.
…………………………………………………
ފަތިސް ނަމާދަށް ބަންގި ގޮވަން ކައިރިވެފައި ވަނިކޮށް ޝަމްސް ތެދުވެ ވުޟޫކޮށްގެން މިސްކިތަށް ދާން ފެންވެރިއެވެ. އެހާ ދީންވެރި ނޫނަސް އޭނާ ބަރާބަރަށް ނަމާދު ކުރެއެވެ. މިސްކިތަށް ދަމުން އޭނާ ދިޔައީ ޔުމްނު އަށް ގޮވައި ފައެވެ.
………………………………………………. ހަޝްމާ އަނބުރާ ނެޕްޓޫނަށް ދިޔައެވެ. ހަމީރާގެ ގަނޑުވަރަށް ވަދެފައި އޭނާ ވަކިން ބަންދުކޮށްފައި ހުރި ހަމީރާގެ ދަރިފުޅު ބަލައިލަން ދިޔައެވެ. އޭރު އެތާނގައި ހުރި ޖިންނިއަކުން ހަމީރާގެ ނޭވާ ތާށިވިކަހަލައެވެ ކަހަލައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Unknown girls

Level 210 Stories

Other Articles

Previous

ލޯބިވާއޭ 10

Next

ވީރާނާ ވެފައިވާ ހަޔާތް

Next
October 19, 2020

ވީރާނާ ވެފައިވާ ހަޔާތް

Previews
October 19, 2020

ލޯބިވާއޭ 10



All Right Reserved!