Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޔުމްނު

Unknown girls Level 210 Stories
October 14, 2020 2 Mins Read
0 Comments

”މިއޮތީ ކިޔު ނަންބަރު ތިނެއް “ކައުންޓަރު މީހާ ނަންބަރު ދިނެވެ. ޔުމްނު ކިޔުއަށް އަރާ ހަމަޖެހިލިއެވެ. އިރުކޮޅެއް ފަހުން ދެވަނަ މީހާ ނިކުތެވެ.” ކިހިނެއްތޯ ވަނީ “” ހޮޑުލެވެނީ ބަނޑަށް ތަދު ވެފައި. “” ޖެހޭނީ ބަނޑުގެ ސްކޭން އެއް ކޮށްލާން އާދޭ މި ކޮޅަށް “ސަމީމާ ޔުމްނު އަށް ބުންޏެވެ. ޔުމްނު ބަނޑުގެ ސްކޭން ކުރިއެވެ. ”މަރުހަބާ! ޔުމްނު ބަނޑު ބޮޑު “ސަމީމާ ޝަމްސް އަށް މި އުފާވެރި ޚަބަރު ދިނެވެ. ޔުމްނު ޝަމްސް ފެނިފައި ދެލޯ ބޮޑުވި އެވެ.
*****************************
” ހާއި އަހަރެން މީ ޔުމްނު! ތީ ކާކު؟ ކޮން ނަމެއް ކިޔަނީ ؟ “ޔުމްނު ސްކޫލް ކުދިން ނާއި އެކު ބާބަކިޔު ހަދަން ގޮސްގެން އުޅެނިކޮށް ކުލަ އަލި ރީތި ކުއްޖެއް ފެނުމުން ޔުމްނު އޭނާ ކައިރިއަށް ޖެހިލިއެވެ. ”ޔަމާނީ “ޔަމާނީ ޖަވާބު ދިނެވެ. ” ޔުމް އާދޭ ކުކުޅު ފިހެން. “ ސުމައްޔާ އަކީ އެންމެ މިނެޓެއް މަދުވިޔަސް ޔުމްނު އަށް ގޮވަން ފަށާމީހެކެވެ. ޔުމްނު ޔަމާނީ ދޫކޮށްލާފައި ކުކުޅު ފިހަން ފެށިގެން. ސުމައްޔާމެން ސޮސެޖު އަދި ފަރުމަސް ދެމަހުގައި މިރުސް ލުމުގައި އަވަދިނެތި އުޅެއެވެ. މިއީ މި ކުދިންގެ ހަތް ވަނަ ކަމުން ހުރިހާ އެ ގުރޭޑު ހުރިހާ އަންހެން ކުދިން ބާއްވާ ބާބަކިޔު އެވެ. ޔުމްނު ކުކުޅު ފިހެ ނިންމާފައި ޒާޔާ އާއި އެކު ސޮސެޖާއި މަސްތައް ފިހެން ފެށިއެވެ. އޭރު މޭޒު ތައްޔާރު ކުރަން ތިބި ކުދިން ނަށް ޔުމްނު ގޮވިއެވެ. އެންމެން ވެގެން ހުރިހާ މަހެއް ނެގިއެވެ.
ޒަހީރާ އާއި ޒަމްރާ ހުރިހާ އެންމެންގެ ތަށިތައް ޑިޒައިން ކުރުމުގައި އުޅެއެވެ. އޭރު އެހެން ކުދިން ވެގެން ހުރިހާ ތަކެއްޗެއް އެއްވަރަށް ބެހި އެވެ. ޒަމްރާ ގެނައި ތަށިތަކަށް ތަކެތި އަޅައި މޭޒުމަތީގައި އަތުރާލިއެވެ. ” އާދެ ކާން “ ޝުމީ އެންމެން ނަށް ގޮވިއެވެ. ” މިދަނީ “ ޔުމްނު ތަށިތައް ހިފައިގެން އައެވެ. ދެމީހުން އެކުގައި އެއަށް ފެންޓާ އެޅިއެވެ.

ޔަމާނީ ގެ ހަނދާނަށް އައީ އޭނާ ޔުމްނު އޭނާ އެންމެ ފުރަތަމަ ބައްދަލު ދުވަހެވެ.
***
ނަމަވެސް އެކަމެއް ޝަމްސް އަކަށް ނޭނގެއެވެ.
އެހެން ކަމުން އޭނާ ގެއާ ދިޔުމަށް ޓަކައި ބޭރަށް ނުކުމެ ބެލި ވަގުތު ޔުމްނު ފެނުނީ ޝަމްސް ގެއަށް ވަންނަނި ކޮށެވެ. މިކަމާއި މެދު ޝަމްސް ޝައްކު ވިއެވެ.
ޔަމާނީ ޖުޕިޓާ އަށް ދާން ބޭނުންވާ ތިން ފަތް ނެގިއެވެ. އެއްފަތް ތަޅުވާލައިފައި މަޑުމަޑުން ކޮންމެވެސް އެއްޗެއް ކިޔެވެ. އިރުކޮޅަކުން ބޮޑު ދޫންޏެއް ފާޅު ވިއެވެ. އެދޫންޏަށް އަރާ އޭނާގެ އެސްފިޔަ އިން އެސްފިޔަ އެއް ނައްޓާލައިފައި ދޫނީގެ ލޮލަށް ވައްޓާލިއެވެ. އެއާއެކު އެ ދޫނި ބާރަށް އުދުއްސައި ގަތެވެ.
*****
ޔުމްނު ގޮސް ފެންވަރައިލަން ފާޚާނާ އަށް ވަނެވެ. އޭނާ މާގަނޑު ދޫކޮށްލިއެވެ. މޫނުގައި ޖޭހެމުންދާ ފެންތިކި ތަކުން ހަށިގަނޑަށް ބުނަން ނޭނގޭ ފަދަ އަރާމެއް ވެއެވެ. ސައިބޯނި ފުޅިން ސައިބޯނި ކޮޅެއް އަތަށް އަޅާލުމަށް ފަހު މުޅި ހަށިގަނޑުގައި ރީއްޗަށް އުނގުޅާލިއެވެ. އެއަށްފަހު މާގަނޑު ދޫކޮށްލިއެވެ. ޔުމްނު ފެންވަރައިގެން ތުވާލި އަނދެ ލައިފައި ނިކުތް އިރު ވެސް އޭނާގެ ފިޔާތޮށި ތުންފަތް ތުރުތުރު އަޅައެވެ. މަތިން ކަކުލާއި ހަމައަށް އަރާ ނިދާ ހެދުމެއް ލައިފައި މަތި މަތިން ސެންޓު ގަޔަށް ބުރުވާލިއެވެ. ތުނިކޮށް ފުށްޖަހައި ލައިފައި އެނދަށް އަރާ ހަމަޖެހިލިއެވެ. އޭސީ ފަންސަވީހަށް ލައިފައި ނޫކުލައިގެ ބްލެންކެޓް ގައި މަތީ އަޅާލިއެވެ. ޝަމްސް ގެއަށް އައިސް ވަން އިރު ޔުމްނު އޮތީ ނިދާފައެވެ.
****
ޔަމާނީ ހިސާބަކުން ދޫނި މަޑު ކޮށް ލިއެވެ. މަޑުމަޑުން ޖުޕިޓާއަށް ތިރިކޮށްލިއެވެ. އޭނާ ދެން ބަދަލުވީ ފައިދިގުމަކުނަކަށެވެ. މަޑުމަޑުން ގޮސް ހަވަމީގެ ގަނޑުވަރަށް ވަނެވެ. އޭރު ކާގޭގައި ހަވަމީގެ ލޭތަށި ތެރެއަށް……….

ދެން ވާނީ ކިހިނެއް ހީވާގޮތް ކޮމެންޓު ބައިގައި ލިޔެލާ………

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Unknown girls

Level 210 Stories

Other Articles

Previous

ގިސްލަމުން ބުނީމޭ، ދޫކޮށްނުލާށޭ (އިޢުލާން)

Next

އިންތިޒާރު ކުރަމޭ ލޯބިވާތީ( ދެވަނަ ބައި)

Next
October 14, 2020

އިންތިޒާރު ކުރަމޭ ލޯބިވާތީ( ދެވަނަ ބައި)

Previews
October 14, 2020

ގިސްލަމުން ބުނީމޭ، ދޫކޮށްނުލާށޭ (އިޢުލާން)



All Right Reserved!