Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާ

ޔުމްނު (ހައެއް)

Unknown girls Level 210 Stories
October 27, 2020 2 Mins Read
0 Comments

ހަޝްމާ އަނބުރާ ނެޕްޓޫނަށް ދިޔައެވެ. ހަމީރާގެ ގަނޑުވަރަށް ވަދެފައި އޭނާ ވަކިން ބަންދުކޮށްފައި ހުރި ހަމީރާގެ ދަރިފުޅު ބަލައިލަން ދިޔައެވެ. އޭރު އެތާނގައި ހުރި ޖިންނިއަކުން ހަމީރާގެ ނޭވާ ތާށިވި ކަހަލަ އެވެ. އެއީ އެނޫން މީހެއް ނޫނެވެ. އޭނާގެ ދަރިފުޅު ލައިލާ އެވެ. އަދި ” މަންމާ…….އަޅު……… އަޅު……… އަޅް…..ގާ…………ގަނ……..ގަނ…….ގަނޑު…… އަޅުގަނޑު “ ލައިލާގެ ކަރުގައި އަޅާފައިވާ އޮތް ޗޭނު ގަނޑުގެ ސަބަބުން ވާހަކައެއް ނުދެއްކުނެވެ.
…………………………………………………
ޔުމްނު ތެދުވެފައި ނަމާދު ކޮށްލައިގެން ބަދިގެއަށް ވަނެވެ. އޭރު ޝަމްސް ބަދިގޭގައި ހުރި ކޮފީ މެޝިނު ޖައްސައިގެން އުޅެއެވެ. ޔުމްނު ވެސް ވެސް ކިރު ތައްޓެއް ގިރަން އުޅުނެވެ. ޖޯޑަށް އެއް ސަމުސާ މައިލޯ އަދި ތިން ސަމުސާ ކިރު އަޅައިފައި ހަކުރު ފުޅީގެ މަތި ނެގިއެވެ. ދެ ތިން ސަމުސާ ހަކުރު އަޅައިފައި ހޫނު ފެން އަޅާ ގިރާލުމަށްފަހު ތުން ޖަހާ ބޯލިއެވެ. ތަށި ދޮންނަން އުޅުނު ވަގުތު އަލީމާ ވަނެވެ. ”ދަރިފުޅާ ޔުމްނު މިއަދު ދެލާހި ފުށް މޮޑޭނި “ފަރީޝާމެން ދިޔުމުން ރޮށި މަދުން ފިހާން ބުންޏެވެ. އަލީމާ ކާއްޓެއްގެ ހުނި ގާނަން ފެށިއެވެ. ޔުމްނު ވެސް ކުޅި ބަލަން ނުހުރެ ފުށް މޮޑެން ފެށިއެވެ. މޮޑެ ނިންމާފައި ގުޅަޖާހާލައި ރޮށި ދަމަން ފެށިއެވެ. އަލީމާ މަސް ހުނި މޮޑުމުގައި އަވަދިނެތި އުޅުނެވެ. ހަތެއް ޖަހަން ވާއިރަށް ސައި ތައްޔާރު ކޮށް ނިންމާ ލިއެވެ.
…………………………………………….
” ދަރިފުޅާ ކީއް ކުރަން ތިއުޅެނީ “ ހަޝްމާ ލައިލާ ދޫކޮށް ލިއެވެ. މަންމާ ވީގޮތަކީ…..
ޖަލުގައި
ލައިލާ މަންމަ ނައިސްގެން ފޫހިވެގެން އުޅުނެވެ. ބަގީޗާ ތެރޭގައި ހުރެފައި ހަނާ ބަންދު ކުރި ޖަލަށް ވަނެވެ. އޭނާ އެތަނަށް ނަޒަރު ހިންގާ ލިއެވެ. އެއީ ހަޝްމާ ބަންދު ކުރި މުހިންމު މީހުން ތަކެކެވެ. އަދި އެންމެ ގިނަ ބާރު ހުރި މީހުންނެވެ، ހަމްޒާ ފިޔަވައެވެ. ހަނާ! ނޯ ލައިލާ އާދެބަ މިކޮޅަށް. އަހަރެންގެ މި ބޮޑުވައި އިނގިލީގައި އަތް ޖައްސާލަބަލަ. އޭރުން ލައިލާ ބަދަލު ވާނެ ޕަރީ އަކަށް! ” ހަނާ އެ ކުޑަ ގޮޅިން ސަލާމަތް ވާން ލައިލާ ހައްލައިލާން ވިސްނިގޮތަށް ހެދިއެވެ. އެ ނުލަފާ މީހުން ކައުނު ގައި ވެރިކަން ކުރާ ކަށް ބޭނުމެއް ނޫނެވެ. ”އާހް “ލައިލާގެ އަނގައިން ނިކުތީ މަޑު މަޑު އާހެކެވެ. ”ހައްހައްހައްހާ ދެން ދަނީ“ ހަނާ ސަލާމަތް ވިއެވެ. އޭނާ ކުޑަ ކުޑަ ދޫންޏަކަށް ބަދަލު ވެފައި އެތަނުން ނިކުތެވެ.
” އެއީ ވީގޮތަކީ “ ލައިލާ ހުރިހާ ވާހަކައެއް އަލިފުން ޔާ އަށް ކިޔައި ދިނެވެ. ހަޝްމާ ކަން ބޮޑުވި އެވެ. ދެން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ނުކުރިޔަސް ހަނާ ހޯދުމަކީ ނާދިރު ކަމެކެވެ.
…………………………………………….
” ހާދަ މީރު ވަހެއް މިއަރަނީ “ ޝަމްސް ބަދިގެއަށް ވަދެގެން ތަޢުރީފު ކުރަމުން އައިސް ގޮނޑީގައި އިށީނެވެ. ” ހޫން ދެން ހެވޭ އަވަހަށް ކައިބަލަ ” ޔުމްނު ބަދިގެއިން ނިކުތެވެ. ޝަމްސް ކައިގެން ސައިކަލް ދުއްވާފައި ގޮސް ބައްޕަ (ފަޔާޒް) މަސައްކަތް ކުރާ ތަނައް ވަނެވެ. އޭނާގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޓަކައި މިއަދު ދިން ޑޮކިޔުމެޓު ތަށް ލިޔަން ފެށި އެވެ. މުއްސަނދި ވިޔަސް ޝަމްސު މަސައްކަތް ކުރެއެވެ.
………………………………………….
ހަނާ އުދުހެމުން ދިޔައީ ހަމްޒާ ހޯދާށެވެ. ފަސް ހަ ގަޑިއިރު ހުއްޓާނުލާ އޭނާ އުދުހެމުން ދިޔައެވެ. ވަރުބަލިނުވުމަކީ އޭނާގެ ޙާއްޞަ ބާރެވެ. ނަމަވެސް އޭނާއަށް ނޭނގުން ކަމަކީ ހަމްޒާ ވަނީ މީހެއްގެ ބާރު ދަށުގައި ހައްޔަރު ވެފައެވެ.
………………………………………………
” ދަރިފުޅާ ޝަމްސް ތި ހުރިހާ އެއްޗެއް ޕުރިންޓު ކޮށްފައި ބަހައްޓާފައި ދެން ދިޔަސް ހެޔޮ “ ފަޔާޒް މެންދުރު ވާތީ ގެޔަށް ދިއުމަށް ބުންޏެވެ. ޝަމްސް ޕުރިންޓު ކޮށްފައި ދިޔައީ ނަމާދަށެވެ. ނަމާދު ކޮށްގެން ދަމުން އޭނާ ކައިރީގައި ހުރި ރެސްޓޯރެންޓަށް ވަނެވެ. އޭނާ ގޮނޑީގައި އިށީނދެފައި އަޑަފި ހުޅުވާލިއެވެ. ” މާލޭގެ މީހަކު މަރަލާއިފައި އޮތް ތަން ފެނިއްޖެއެވެ. “ އެންމެ މަތީގައި ވެސް އޮތީ އެ ޚަބަރެވެ. ޚަބަރު ހުޅުވައިލައިފައި އޭނާ ކިޔާން ފެށިއެވެ. ހިސާބަކަށް ކިޔައިފައި އޭނާ ރެސްޓޯރެންޓުން ނިކުތެވެ. ތެޅުމުން ދިޔަ ބާރު ހިތާއި އެއްވަރަށް އޭނާ ސައިކަލު ދުއްވި އެވެ.
………………………………………………..
ހަޝްމާ ލައިލާ ބަންދު ކުރި އެވެ. އެހެން މީހުން ވެސް ބަންދު ކުރާ އާދައިގެ ޖަލުގައެވެ. އޭނާ އެއްވެސް ހިލިހިލާ އެއް ނުޖަހައެވެ. ލައިލާ ބަންދު ކުރަން މަޖުބޫރުވީ އެހެން ބަޔަކަށް އެނގި ކަންތައްތައް ސަކަރާތް ވެދާނެތީ އެވެ. ހަނާ ހޯދުމަށް އުނދަގޫ ވަނީ ކުރިން ހެއްލި ކުރި ގޮތަށް ނުހެއްލޭނެތީއެވެ. އޭނާއަށް ލިބިފައިވާ ބާރުގެ ސަބަބުން އެތައް ކަމެއް ކުރިއަސް ދެން އޭނާ އަތު ޖައްސަން އުނދަގޫ ވާނެއެވެ.
…………………………………………….
ޝަމްސް އޮފީހުން ގެއަށް ވަދެގެން އައި އިރު އޭނާގެ މޫނުމަތިން ކަރުނަ ހިލި ހުއްޓެވެ. ”އަނެއްކާ ކިހިނެއް ވީ“ ޝަމްސް ފުރަތަމަ ފަހަރަށް ވެސް ބުނެލި ޖުމްލައިން ޔުމްނު އަށް ހީވީ ދުނިޔޭގެ ހިނގުން ހުއްޓުނު ހެންނެވެ.
ހަތް ވަނަ ބަޔަށް އިންތިޒާރު ކޮށްލާ ☺️☺️

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Unknown girls

Level 210 Stories

Other Articles

Previous

ފެވިފާނަން ވިޔޭހިތުގާ-1

Next

ތިން ލަފްޒުން (6)

Next
October 27, 2020

ތިން ލަފްޒުން (6)

Previews
October 27, 2020

ފެވިފާނަން ވިޔޭހިތުގާ-1



All Right Reserved!