Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ލޯބިވާއޭ 10

Eekko_11 Level 110 Stories
October 19, 2020 4 Mins Read
8 Comments

“ޔާލް….. އައި މިސްޑް ޔޫ…” އެއާޕޯޓުގެ އެރައިވަލްސް ބައިގައި ހުރި މިޒްޔަލް ސިއްސައިގެން ދިޔައީ ކުއްލިއަކަށް އަންހެން ކުއްޖަކު އައިސް ބައްދާލުމުންނެވެ.
“ޒީން؟…” މިޒްޔަލްއަށް ބުނެވުނެވެ. އެހެނީ އޭނާއަށް އެއަޑު ވައްތަރުވީ އޭނާގެ ބޮޑުދައްތަ ފާއިޒާގެ ދަރިފުޅު ކައިޒީންއާއެވެ.
“އޯހް… ޔާލްއަށް ސިއްރެއް ނުވިދޯ…” ކައިޒީން އޭނާގެ ރަންކުލައިގެ ފަން އިސްތަށިގަނޑު އަތުން އޮޅާލަމުން ތުއިގޮތަކަށް ބުނެލިއެވެ.
ކައިޒީންއަކީ ފާއިޒާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އެންމެ ހަގު ކުއްޖާވެސް މެއެވެ. ބޮޑަށް ތިބޭ ދެފިރިހެން ކުދިން ތިބީ އެމެރިކާގައި ޑޮކްޓަރުކަން ކިޔަވާށެވެ. ފާއިޒާގެ އާއިލާ ދިރިއުޅެމުން ދަނީ އެމެރިކާގައި ކަމުން ކައިޒީން ވެސް ވަނީ އެތާގެ ސަގާފަތަށް ހޭނިފައެވެ.
ގަޔަށް ފިޓުކޮށް ހުރި އަތްކުރު ރަތްކުލައިގެ މަތިކޮޅަކާއި ރަންކުލައިގެ ކަކުލާ ހަމައަށް އަންނަވަރުގެ ސްކާޓްއެއް ލާފައިވާއިރު ރަންކުލަ ޖައްސާފައިވާ އެއިސްތަށިގަނޑު ވަނީ ފަހަތަށް ދޫކޮށްލެވިފައެވެ. ތުންފަތުގައި ގަދަރަތް ކުލަ ޖައްސާފައި އެސްފިޔަތަކުގައި މަސްކަރާ އަޅާފައިވުމުން އެދޮން މޫނާއި ނުހަނު ގުޅެއެވެ. އަރައިގެން ހުރި ހައިހީލްގެ ސަބަބުން އިސްކޮޅަށްވުރެ ދިގުކަމަށް ދައްކައެވެ.
“ޒީން… ހަމަ ޔާލްގެ ގައިގަތަ ބައްދައިގަންނަން އިނގެނީ؟… މިތާ މިތިބަ މީހުން އެއޮށް ބަލާވަރެއްދޯ….” ފާއިޒާ ކައިޒީންގެ ފަހަތުން ނިކުމެގެން އައިސް ކައިޒީންގެ ބޮލުގައި މަޑުމަޑުން ޖަހާލިއެވެ. އޭރު އެތާ ތިބި އެންމެންގެ ނަޒަރު ހުއްޓިފަނީ މިޒްޔަލް އަދި ކައިޒީންއަށް ކަން އިނގުމުން މިޒްޔަލް ރަކިވިވަރުން ބޮލަށް އަތްމަހާލައިފިއެވެ.
“ދެން މަންމާ…. އައި ލައިކް ޔާލް….. ހީ އިޒް ދި ބެސްޓް…” ކައިޒީން މިޒްޔަލްގެ އަތުގައި އެލިގަންނަމުން ބުނެލިއެވެ. އެއާއެކު މިޒްޔަލްގެ ނިތްކުރި މައްޗަށް ކުދި ރޫތަކެއް އަރައިގެން ދިޔައެވެ.
“ޔާލް… ޒީން ކިޔާ އެއްޗެއްސަށް އަޅާނުލާތި އިނގޭ… ވަރަށް ބޭކާރު ވާހަކަ ދައްކާނެ…. ޒަޔާ، ކިހިނެތް؟..” ފާއިޒާ ވާހަކަ ދައްކަމުން ގޮސް ޒަޔާގެ ކައިރީގައި ހުއްޓުމަށްފަހު އޭނާގެ ބޮލުގައި ފިރުމާލިއެވެ.
“މާތްﷲ ގެ އިރާދަފުޅާއެކު އަޅުގަނޑު ހަމަ ބަރާބަރު… ދައްތަ ކިހިނެތްތޯ؟… ކޮބާ ބޭބެމެން؟…” ޒަޔާ ހިނިތުންވެލުމަށްފަހު އަހާލިއެވެ. އޭރު ކައިޒީން މިޒްޔަލްއާއި އެކީ ކާރަށް އަރަނީއެވެ. އެއާއެކު ޒަޔާވެސް ފާއިޒާއާއި އެކީ ކާރަށް އަރާ ހަމަޖެހުމާއެކު މިޒްޔަލް ކާރު ދުއްވާލައިފިއެވެ.
ދިޔަ މަގުމަތީގައި ވެސް ކައިޒީންގެ އަނގަ ހުއްޓާނުލައެވެ. ލޯގަނޑުން ބޭރު ބަލަހައްޓައިގެން އިނދެ ބޭރުން ފެންނަ މަންޒަރުތަކާއި ބެހޭ ގޮތުން ކިޔާދެމުން މިޒްޔަލް ކާރު ދުއްވަމުން ދިޔައިރު ކައިޒީން އިނީ ކަޅިޖަހާވެސް ނުލާ މިޒްޔަލްއަށް ބަލަހައްޓައިގެންނެވެ. މިޒްޔަލްއަށް ކުޑަކޮށް އުނދަގޫވި ނަމަވެސް އަޅާނުލާ އިނީ ކައިޒީން މާލެ އެއައީ 10 އަހަރު ފަހުން ކަމަށް ވީމައެވެ. އެހާ އަވަހަށް ކައިޒީން ހިތްހަމަ ނުޖެހޭކަށް މިޒްޔަލް ބޭނުމެއް ނުވެއެވެ.
މިއްލީއަށް ހޭލެވުނީ ރޭގަނޑު ހަތްގަޑި ބައިވަނިކޮށެވެ. އެހާއިރު ވަންދެން ނިދުނީތީ ކުޑަކޮށް ރުޅިވެސް އައެވެ. އޭނާ މެންދުރު ނިދިގޮތަށް އަދިކިރިޔާ އެހޭލީއެވެ. އަވަހަށް ފޯނު ނަގައި ބަލައިލިއިރު ނިވާލާފައި ވުމުން ބޮލުގައި މަޑުމަޑުން އަތުން ޖަހާލުމަށްފަހު ފޯނު އޮންކޮށްލިއެވެ. މިޒްޔަލްގެ ހަތް މިސްކޯލު ފެނުމުން އޭނާ ދެރަވިއެވެ. އެގަޑީގައި ނިދީގެ ތެރޭގައި ހުރެވުމުން މިޒްޔަލްގެ ވާހަކަ އަޑުނޭހުނީއެވެ.
އަވަސް އަވަހަށް ތެދުވެ ފެންވަރަން ދިޔައީ ޝައިހާ، އިޝާން އަދި ލާމިއުއާއެކީ ހިނގާލަން ދިޔުމަށް ރާވާފައި ވާތީއެވެ. އެހެންކަމުން ބިލިގާ ފުރާ ފެން އެޅުމަށްފަހު އޭގެ ތެރެއަށް ހަށިގަނޑު ދޫކޮށް ލައިގެން އޮތެވެ. އިރުކޮޅަކު އޮތުމަށްފަހު ތެދުވެ ފެންވަރާލައިގެން ނިކުމެ އަތްކުރު ކަޅުކުލައިގެ ޓީޝާޓަކާއި އެކުމަތިން ރަތްކުލައިގެ ޖެކެޓެއްލިއެވެ. ތިރިން ލާފައިވަނީ ކަޅުކުލައިގެ ޖިންސެއްގެ އިތުރުން ފައިގެ ތަނބިކައްޓާއި ހަމައަށް އަރާ ރަތްކުލައިގެ ލޭސްފޮތީގެ ސްކާޓްއެކެވެ. އަދި އިސްތަށިގަނޑު ރީތި ގޮތަކަށް ފުނާ އަޅާލުމަށްފަހު ފަހަތަށް ދޫކޮށްލިއެވެ. ތުންފަތުގައި މަޑުރަތް ކުލައިގެ ލިޕްސްޓިކް ޖެއްސުމަށްފަހު އެސްފިޔަތަކުގައި މަސްކަރާ އަޅާލިއެވެ. އެއަށްފަހު ކޮޓަރިން ނުކުމެ ތިރިއަށް ދާން މިސްރާބު ޖެހިއިރު އަތުގައި އޭނާގެ ފޯނާއި ވޮލެޓު އޮތެވެ.
“ޒާކްސް…. ހިނގާބަލަ މިރޭ ބޭރަށް ދާން ދޯ… މާލެ ދަސްކުރަން ވާނެއެއްނު… މިހާރު ވަރަށް ޗޭންޖްވެއްޖެ ދޯ މާލެވެސް…. ކުރިން ހުންނަގޮތާ ބަލާއިރު ވަރަށް ޗޭންޖް….” ސޯފާގައި އިން ކައިޒީން ވާހަކަދެއްކީ ޒަޔާއާއިއެވެ. އޭނާ އާންމުކޮށް ޒަޔާއަށް ގޮވަނީ ޒާކްސް ކިޔާފައެވެ. ޒަޔާވެސް ކައިޒީންއަށް ބޭނުން ނަމަކުން ގޮވާހަދައެވެ. ނަމަވެސް ބައެއްފަހަރު ޒަޔާ ކައިޒީންއާއި އެކީ އުޅެން ލަދުގަނެއެވެ. ހެދުން އެޅުމުގެ ވައްޓަފާޅިންނާއި ފިރިހެން ކުދިންނާއި މާގާތްކޮށް އުޅޭތީއެވެ.
“ހޫމް… ޔާލް ދާނަންދޯ….” ބޭރަށް ދާން ނިކުންނަން އުޅުނު މިޒްޔަލް ޒަޔާގެ އަޑު ޖެހުމާއެކީ ހުއްޓުނެވެ. އަވަހަށް ބަހަނާއެއް ހަދަންވެގެން އުޅުނު ނަމަވެސް އެއްބަސްވާން ޖެހުނީ ޝިފާޒާވެސް އެދެމީހުން ގޮވައިގެން ބޭރަށް ދާން އެދުމުންނެވެ.
“ބްރޯ…. ގެޓް އަޕް……” މިއްލީ އައިސް ލާމިއުގެ ގައިގައި ބާލީހަކުން ޖެހުމުން ލާމިއުއަށް ސިއްސައިގެން ގޮސް ތެދުވެވުނެވެ. އޭރު ކައިރީގައި ޝައިހާއާއި އިޝާން ހެވިފައި ތިއްބެވެ. ލާމިއު އަވަސް އަވަހަށް ތެދުވެ ފެންވަރަން ވަނުމުން މިއްލީ އެކޮޓަރީގެ އެނދުމަތި ރީތިކޮށްލިއެވެ. އަދި ލާމިއު ނިކުތުމާއެކީ އެންމެން ހިނގާލަން ދާން ޝިއުރާގެ ގާތު ބުނެލާފައި ނުކުތެވެ.
ލާމިއު ޒަޔާއަށް ގުޅިއިރު ފޯނު ނިއްވާލާފައި ވާކަމަށް އެރުމުން އިތުރަށް ގުޅަން ނަހަދާ މިއްލީމެންނާއި އެކީ ހިނގައިގަތީ ހޮޓަލަކަށެވެ.
މިޒްޔަލް، ޒަޔާ އަދި ކައިޒީން އެކުއެކީ ޑައިންމޯއަށް ވަތްއިރު އެތާގައި ތިބި މީހުންގެ ނަޒަރު ހުއްޓިފައިވަނީ ވަދެގެން އައި އަންހެން ކުއްޖާއަށެވެ. ކަޅުކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ކަކުލާ ހަމައަށް އަރާ ސްކާޓްއެއް ލައިގެން ހުރިއިރު އެދޮން ފައިވަނީ ހާމައަށެވެ. މޫނުމަތީގައި ލުއި މޭކަޕެއް ކޮށްފައި ވާއިރު އިސްތަށިގަނޑު ވަނީ މައްޗަށް ހުޅިއެއް ވާގޮތަށް ޖަހާލާފައެވެ.
އެއާ ޚިލާފަށް ޒަޔާ ލައިގެން ހުރީ މަޑު ބްރައުން ކުލައިގެ އަބާޔާއެކެވެ. ގަދަ ޗޮކުލެޓު ކުލައިގެ ޝޯލްއަކުން އިސްތަށިގަނޑު ފޮރުވާލާފައި ވީއިރު އެދޮން މޫނު ވިދަމުން ދިޔައެވެ. މޫނުގައި މޭކަޕެއް ކޮށްފައިނުވާއިރު ވެސް ބަލައިލަން ކިތަންމެހާވެސް ފުރިހަމައެވެ.
މިޒްޔަލް ލައިގެން ހުރީ ކަޅުކުލައިގެ ގަމީހަކާއި ހަމަ އެކުލައިގެ ޖިންސެކެވެ. އަތުގައި އަޅާފައިވާ ގަޑިންނާއި އަރައިގެން ހުރި ބޫޓޫން ޝާހީ ވައްތަރު ޖަހައެވެ.
“އޯ މައި ގޯޑް… ޝީ އިޒް ސޯ ހޮޓް….” އެތަނަށް ވަދެގެން އައި ފިރިހެން ކުއްޖެއްގެ ކަތި ނަޒަރު ކައިޒީންއަށް އަމާޒުވުމުން ފުރަތަމަ ފަހަރަށް ކައިޒީންއަށް އުނދަގޫވިއެވެ. ކުރިން ފިރިހެންކުދިންނާއި އެކީ އުޅޭ ކައިޒީން މިހާރު ބޭނުންވަނީ ވީހާވެސް ފިރިހެން ކުދިންނާއި ދުރުން އުޅޭށެވެ. އޭނާ ބޭނުންވަނީ ހަމައެކަނި މިޒްޔަލްއެވެ. މިފަހަރު އޭނާ މާލެ އައީވެސް ހަމައެކަނި މިޒްޔަލްއަށްޓަކައެވެ. އެހެންނޫންނަމަ އޭނާ މާލެއަށް ނުވެސް އެރީހެވެ. އޭނާގެ މާޒީގެ ސިއްރުތައް ވަޅުލެވިފައި ވާ ހަމައެކަނި ތަނަކީ މާލެއެވެ. ނަމަވެސް އެމާޒީ އޭނާ ހަނދާން ކުރަން ބޭނުން ނުވާ ކަހަލައެވެ.
“އޯ ހެލޯ…. މަށާ ނުބެހެ ތި ދެވޭ ތަނެއް ބަލާބަލަ….” ކައިޒީން އެ ފިރިހެން ކުއްޖާއަށް ރައްދު ދިނުމުން ޒަޔާއަށާއި މިޒްޔަލްގެ މޫނަށް ހައިރާންކަމުގެ ކުލަވަރު އެރިއެވެ. ކައިޒީން މިނޫނީ އެގޮތަށް ފިރިހެން ކުއްޖަކާއި ދިމާލަށް އެއްޗެކޭ ބުނެފައެއް ނުވެއެވެ. އޭރު އެފިރިހެން ކުއްޖާ އުޅެނީ މޭޒެއްގެ ކަނުގައި ފައި އަޅައިގަތުމުގެ ސަބަބުން ތަދުވާތީއެވެ. ކައިޒީން އެކަމާ އަޅާނުލާ މިޒްޔަލް އަދި ޒަޔާއާއި އެކީ ހިނގައިގަތީ ހުސް މޭޒެއް ހޯދުމަށެވެ.
“މިލީ…. ހިނގާ މިތަނަށް ވަންނަން…. އެހާ މީހުންވެސް ގިނައެއް ނޫން….” ލާމިއު ދައްކާލީ ކުރިމަތީގައި ހުރި ހޮޓަލެކެވެ. މިއްލީ ވަގުތުން އެއްބަސްވެފައި ސްކާޓް ހިއްލާލުމަށްފަހު އަވަހަށް ދޮރުން އެތެރެއަށް ދެމިގަތީ މަގުމަތިން ދާ މީހުންގެ ނަޒަރުން ސަލާމަތް ވުމަށެވެ.
އެއާއެކު ޝައިހާއާއި އިޝާން ހީގަނެފައި މިއްލީގެ ކައިރިއަށް ޖެހިލިއިރު ލާމިއު ސިޑިން އަރަނީއެވެ. 4 މީހުން އެކީގައި ގޮސް އެތާހުރި ހުސް މޭޒެއްގެ ދޮށުގައި އިށީނދެފައި ކާ އެއްޗެއްސަށް އޯޑަރުދިނެވެ. މިއްލީ އޭނާގެ ފޯނު ނަގައި މިޒްޔަލްއަށް ގުޅާލިއެވެ. ނަމަވެސް މިޒްޔަލް ފޯނު ނުނަގާތީ އަޅާނުލާ ފޯނު މޭޒު މަތީގައި ބޭއްވިއެވެ. އަދި ކާ އެއްޗެހި ގެނައުމާއެކީ ކާން ފެށިއެވެ.
ކުއްލިއަކަށް މިއްލީގެ އަތުގައި އޮތް ސަމްސާ ވެއްޓުނީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ. އެއާއެކު ބަސްބުނާހާ ހިދުކޮޅެއްގެ ތެރޭގައި ދެލޮލަށް ކަރުނަތައް ޖަމާވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eekko_11

Level 110 Stories

I am a 14 year old girl who loves to read and write stories. ? Both positive and negative comments are welcomed. Feel free to comment. Can contact me via Instagram: _.eener_sh._

Other Articles

Previous

ތިން ލަފްޒުން (3)

Next

ޔުމްނު (ފަހެއް)

Next
October 19, 2020

ޔުމްނު (ފަހެއް)

Previews
October 19, 2020

ތިން ލަފްޒުން (3)

8 Comments!

  1. Maany says:
    October 20, 2020 at 8:05 am

    Wow mi part vx varah reethi masha Allah
    Waiting for the next
    Luv uuu

    1. Eekko_11 says:
      October 21, 2020 at 7:54 am

      Awwn thank you so much dear …. Insha Allah mi week ga next part submit koh dheynan…. Keep waiting darl ☺️❣️?❣️???? luv you too dear☺️☺️stay safe?❤️???☺️

  2. PRINCWSS? says:
    October 20, 2020 at 11:37 am

    Masha Allah Mi part vx vrh reethi
    Curiously waiting for the nxt part
    ❤️Lyssssm

    1. Eekko_11 says:
      October 21, 2020 at 7:54 am

      Awwn thank you so much dear …. Insha Allah mi week ga next part submit koh dheynan…. Keep waiting darl ☺️❣️?❣️???? luv you too dear☺️☺️stay safe?❤️???☺️

  3. ?Ril? says:
    October 20, 2020 at 12:00 pm

    Heiiiii eeekooo
    First of alll vrh bodah sorry ingeyy cmnt eh nukohleveydhw but I read this stry ingeyy
    As always Mi part vess vrh habbu vrh sali
    Masha Allah keep it up
    Dhen oi bayah Waiting ingeyyy
    Love u sooo muc ❤️
    Stay safe❤️

    1. Eekko_11 says:
      October 21, 2020 at 7:55 am

      Hi riloo ??
      Aww it’s okki dear☺️☺️
      Awwn thank you so much dear …. Insha Allah mi week ga next part submit koh dheynan…. Keep waiting darl ☺️❣️?❣️???? luv you too dear☺️☺️stay safe?❤️???☺️

  4. ❤️shyn❤️ says:
    October 21, 2020 at 7:51 am

    Maasha allah ❤️❤️❤️❤️mi prt vx vrh salhi ❤️❤️❤️❤️❤️Curiously waiting for the nxt prt ❤️❤️❤️❤️❤️❤️❤️Lve u ❤️❤️❤️❤️

    1. Eekko_11 says:
      October 21, 2020 at 7:55 am

      Awwn thank you so much dear …. Insha Allah mi week ga next part submit koh dheynan…. Keep waiting darl ☺️❣️?❣️???? luv you too dear☺️☺️stay safe?❤️???☺️

Comments are closed.

Next Episodeލޯބިވާއޭ 11←


All Right Reserved!