Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ލޯބިވާއޭ 9

Eekko_11 Level 110 Stories
October 8, 2020 4 Mins Read
6 Comments

“ޝައި……..” ޝައިހާ ސިއްސައިގެން ދިޔައީ މީހަކު ގޮވާލުމުންނެވެ. އަޑުއައީ ދޮރާއި ދިމާލުން ކަމުން އަވަހަށް ބޭރު ދޮރު ކައިރިއަށް ދިޔައިރު ފެނުނު މީހެއްގެ ސަބަބުން އޭނާގެ ދެފައި ނޯޅުނީ ކިރިޔާއެވެ.
“ޑޭޑް….” ކުރިމަތީގައި ހުރީ ޝައިހާގެ ބައްޕަ ސާއިދުއެވެ. 2 މަސް ދުވަސްފަހުން ގެއަށް އައިއިރު އެމީހުން މަތިން ސާއިދު ހަނދާންވީ ވަރު ދެނެވޮޑިގެންވަނީ ހަމައެކަނި މާތް ﷲ އެވެ.
“މަންމާ…..” ޝައިހާއަށް ކުރާނެ ކަމެއް ނޭނގުމުން އެންމެ ފަހުން އަޑުގެ ނެތްކޮޅަށް ގޮވާލެވުނީ ފަހީމާއަށެވެ.
“ޝައި….. ކިހިނެތް ވީ…..” ފަހީމާ ދުވަމުން އައިސް އަރާ ހަމަކޮށްފައި ކުރިމަތި ބަލައިލި ވަގުތު ސާއިދު ފެނުމުން އުފަލުން ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. އޭނާ އެހާ ބާރަށް ދުވެފައި އައީ ޝައިހާއަށް ކަމެއް ވީކަމަށް ހީކޮށެވެ. ނަމަވެސް އޭނާއަށް އެލިބުނީ އުފާވެރި ހަބަރެކެވެ.
“ސާއިދު…… ހާދަ ދުވަހެއް ކޮށްލާފަ….” ފަހީމާއަށް ބުނާނެ އެއްޗެއް ނޭނގުމުން އެންމެ ފަހުން ބުނެލީ ތާކުން ތާކުން ނުޖެހޭ ވާހަކައެކެވެ. ސާއިދު ބޭނުމިއްޔާ އޭނާގެ އާއިލާގެ ކައިރިއަށް އަންނަން ވީ ނޫންހެއްޔެވެ؟
ޝައިހާ އޭނާގެ ބައްޕަ އަދި މަންމައާއެކީ ވަގުތުކޮޅެއް ހޭދަ ކޮށްލުމަށްފަހު ކޮޓަރިއަށް ވަދެގެން ދިޔައެވެ. އަދި އިޝާންއަށް އޭނާގެ ބައްޕަ އައި ހަބަރު ދިނެވެ.
އިޝާން ބޭނުންވީ މި ވަގުތު ޝައިހާގެ ގެއަށް ދާށެވެ. ނަމަވެސް ފަހީމާއަށާއި ސާއިދުއަށް ވަގުތުކޮޅެއް ދިނުމުގެ ނިޔަތުގައި ފަހުން ދާން ނިންމީ ޝައިހާގެ އެދުމާއި އެކީ ވެސް މެއެވެ.
“ޔާލް….. ކިހިނެތް ތަ؟….” މިއްލީ ވާހަކަ ދެއްކީ ފޯނުންނެވެ. އޭނާ އެހުރީ އޭނާގެ ބޭބެގެ ކައިވެނީގެ ވާހަކަ އަޑު އިވުމުން ވަރަށް އުފާވެފައެވެ. އޭނާވެސް އަދި މިޒްޔަލްވެސް އެހާ އަވަހަށް ކައިވެނި ކުރަން ބޭނުން ނުވިޔަސް ޒަޔާއާއި ލާމިއުގެ ކައިވެނި ހަމަޖެހުމުން އެދެމީހުން ވެސް ތިބީ އުފާވެފައެވެ.
ދެމީހުން ކުޑަ އިރުކޮޅަކަށް ވާހަކަ ދެއްކުމަށްފަހު ފޯނު ބޭއްވީ މެންދުރު ނަމާދު ބަންގިއަށެވެ. މިއްލީ ނަމާދު ކޮށްގެން ތިރިއަށް ދިޔައީ އޭނާގެ މަންމައަށް ކެއްކުމުގައި އަތްގާތް ކޮށްދޭށެވެ. ލާމިއު އަދި އަލްހާން ނަމާދުން އަންނަން ވާއިރަށް ކާން ހެދޭތޯއެވެ.
މިޒްޔަލް ނަމާދު ކޮށްގެން ޒަޔާގެ ކޮޓަރިއަށް ދިޔައިރު އޭނާއަށް އޮތީ ނިދިފައެވެ. އެހެންކަމުން ޒަޔާއަށް ނުގޮވައި ކާން ތިރިއަށް ދިޔައެވެ.
“ޒަޔާ….. ޕްލީސް ޕިކް އަޕް…..” ލާމިއު ހުރީ ކަންބޮޑުވެފައެވެ. ޝައިހާމެން ގެއިން ނުކުތް ގޮތަށް އަދި އޭނާއަށް ޒަޔާއާއި ވާހަކަ ނުދެއްކެއެވެ. ގުޅުމުން އަރަނީ ފޯނު ނިއްވާލާފައި ވާކަމަށެވެ.
ލާމިއުއަށް ނުހުރެވިގެން މިއްލީގެ ކޮޓަރިއަށް ދިޔައެވެ. އަދި މިއްލީ ގާތު ހަދާނެ ގޮތެއް އަހާލިއެވެ.
“ދޮންބޭ….. ޔާލްއަށް ގުޅާލާފަ އަހާލަބަލަ….” ލާމިއު އަހާލުމުން މިއްލީ ފުރަތަމަ ވެސް ފެށީ ހޭށެވެ. ލާމިއުއަށް ވެސް މިއްލީގެ ޖަވާބު އިވުމުން ލަދުން ބޮލަށް އަތްމަހާލިއެވެ. މި ހިޔާލު ކުރިން ހިތަށް ނައީތީ ކުޑަކޮށް ރުޅިވެސް އައެވެ. އަވަހަށް އެކޮޓަރިން ނުކުމެ ތިރިއަށް ދާން މިސްރާބު ޖެހިއިރު ފޯނުވަނީ ކަންފަތުގައި ޖަހާލެވިފައެވެ. ހީވާ ގޮތުން އޭނާ އެގުޅަނީ މިޒްޔަލްއަށެވެ.
“މިޒްޔަލް…. ކޮބާ ޒަޔާ….. ގުޅީމަ ފޯނު ނިއްވާލާފަ ކަމަށް ބުނަނީ…” މިޒްޔަލް ފޯނު ނެގުމާއެކު ލާމިއު ބުނެލިއެވެ. އެއާއެކު މިޒްޔަލްގެ ގާތަށް ވެސް ހިނިއައެވެ. ލާމިއު ވާހަކަ ދެއްކި ގޮތުން މީހަކަށް ނުހީއެއް ނުހުރެވޭނެއެވެ.
“ޒާއްކޮ އޮތީ ނިދާފަ….. ގޮވަން ވީ؟…” މިޒްޔަލް އަހާލައިފިއެވެ. އެއާއެކު ލާމިއު ނޫނެކޭ ބުނެފައި ފޯނު ކަނޑާލިއެވެ. ޒަޔާ ނިދާފައި އޮތުމުން ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު އޭނާވެސް ކައިގެން އައިސް އެރީ އެނދަށް ނިދާށެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުން ނިންޖަކަށް ގެނބުނެވެ.
“އައި ލަވް ޔޫ…. ކިހިނެތް ކައިވެނި ކުރެވެން ދެން މަޑުކުރާނީ….” އިޝާން ކެތްތެރިކަން ކުޑަގޮތަކަށް ބުނެލިއެވެ. އެއާއެކު ޝައިހާ ލަދުރަކި ގޮތަކަށް ހީލި އަޑު އިވުނެވެ.
“ޝާން…. އައި ލަވް ޔޫ ޓޫ…. އެކަމު ދެން އޮތީ ޓޫ ވީކްސް އެއްނު….” ޝައިހާ ރަކި ގޮތަކަށް ބުނެލިއެވެ.
އިޝާން މެންދުރު ނަމާދު ކޮށްގެން އައިގޮތަށް އެއުޅެނީ ޝައިހާއަށް ގުޅައިގެންނެވެ. މިހާރު ދޭއް ޖަހަނީއެވެ. ނަމަވެސް އޭނާ ބޭނުންވަނީ އަބަދުވެސް ޝައިހާ އޭނާގެ ކައިރީގައި ހުންނާށެވެ. އެންމެ ހިނދުކޮޅަކަށް ވެސް އެއަޑު އަހާނުލާ ހުރުމަކީ އޭނާއަށް ވާނޭކަމެއް ނޫނެވެ.
“ޝާން…. މަންމަ ގޮވާ އެބަ…. ދަނީ އިނގޭ…. އަދި ނުވެސް ކަން…..” ޝައިހާ ޖެހިލުންވެ ހުރެ ބުނެލިއެވެ. ނުކައި ހުރިކަން އެނގިއްޖެއްޔާ އިޝާން ރުޅިއަންނާނެއެވެ. ރުޅި އަންނަނީ ދެރަވާތީކަން ޝައިހާއަށް އިނގެއެވެ. އޭނާ ދުވަހަކުވެސް އިޝާން ދެރަކުރާކަށް ބޭނުމެއް ނުވެއެވެ.
“ވަޓް…. ޝައި…. ހަމަ މިހާރު ދޭ ކާން…..” އިޝާން ރުޅިއައި ކަމަށް ހެދިފައި ބުންޏަސް އެއަޑުގައި ވި ކަންބޮޑުވުން ޝައިހާއަށް ސިއްރެއް ނުވިއެވެ. ޝައިހާއަށް ކަމެއް ވެއްޖެއްޔާ އިޝާންއަށް ވާނެވަރު ހިތަށް އަރުވާލިޔަސް ޝައިހާއަށް ރޮވެއެވެ. އިޝާން ޝައިހާ ދެކެ ނުހަނު ބޮޑަށް ލޯބިވެއެވެ. އޭނާގެ އިނގިލިން ހަންކޮޅެއް މަށައިގެން ދިޔަޔަސް އިޝާންއަށް ވާވަރު ފެނުމުން ޝައިހާ އުފާވެއެވެ. އެހާ ރަނގަޅު ކުއްޖަކު ދިރިއުޅުމަށް ގެނެވުން އެއީ އޭނާގެ ނަސީބު ކަމުގައި ޝައިހާ ދެކެއެވެ.
“މަންމާ… އަޅުގަނޑުގެ ކައިވެނި ބޭނުންވަނީ ރެޑް އެންޑް ވައިޓް ކޮށް ބާއްވަން…. ޒަޔާއަށް ވެސް ރީތީ އެދެކުލަ…. މަންމަމެންގެ ހިޔާލެއް ހުރިގޮތް ބަލައިލަން ބޭނުން….” ގޭތެރޭގައި އިން ލާމިއު އޭނާގެ މަންމަ އަދި ބައްޕައާއި މުޚާތަބުކޮށް ވާހަކަ ދެއްކިއެވެ.
އޭރު މިއްލީ ސޯފާގައި އޮށޯވެގެން ޓީވީ ބަލަން އޮތްއިރު އިޝާންވީ ކޮޓަރީގައެވެ.
“މަންމަމެނަށް މައްސަލައެއް ނެތް ކޮންމެ ކުލައެއް ވިޔަސް… އެކަމަކު އިޝާންއާއި ޝައިހާވެސް ކައިވެނި ކުރަނީ ލިމް މެނާއި އެއްކޮށް ވީމަ ހަތަރު ކުދިން އެކީ ކުލައެއް ވިސްނާލާފަ ބުނިއްޔާ މަންމައަށް ރަނގަޅީ…” ޝިއުރާ ވިސްނާލާފައި ބުނެލިއެވެ. އެއާއެކު ލާމިއު ވޯހްއޭ ބުނެލުމަށްފަހު ހީލާފައި ބޯޖަހާލިއެވެ.
****************
“ޔާލް…. ހޭލަބަލަ…. ދައްތަމެން އެބައާދޭ….” މިޒްޔަލްއަށް ސިއްސައިގެން ގޮސް ހޭލެވުނީ ޝިފާޒާ ގޮވާ އަޑަށެވެ. އަވަސް އަވަހަށް ތެދުވެފައި ގަޑި ބަލައިލިއިރު ހަވީރު 5 ގަޑި ބައިވަނީއެވެ. މިއްލީގެ ތިން މިސްކޯލު ފެނުމުން އެނދުން ތެދުވެވުނީ އިޚުތިޔާރުން ބޭރުގައެވެ.
“ޔާލް… ދައްތަމެން ބަލާ ދޭބަލަ އެއާޕޯޓަށް…” ޝިފާޒާ ތަކުރާރު ކޮއްލިއެވެ. އެއާއެކު މިޒްޔަލް އާނއެކޭ ބުނެފައި ޝިފާޒާ ތިރިއަށް ދިޔުމުން ފާހަނާއަށް ވަނެވެ.
ފާއިޒާއަކީ ޝިފާޒާގެ އެއްބަނޑު އެއްބަފާ ހުރި ހަމައެކަނި ދައްތައެވެ. އެހެންކަމުން ޝިފާޒާ އޭނާ ދެކެ ނުހަނު ބޮޑަށް ލޯބިވެއެވެ. ޝިފާޒާ ކުޑައިރު އޭނާގެ މައިންބަފައިން ނިޔާވެފައި ވުމުން ޝިފާޒާގެ ހުރިހާ ކަމެއް ބަލަހައްޓައިދިނީ ފާއިޒާއެވެ. ފާއިޒާ ކޮށްދިން ކަންތައްތަކުގެ އަގު ދުވަހަކުވެސް އަދާނުކުރެވޭނެކަން ޝިފާޒާއަށް އެނގެއެވެ.
މިޒްޔަލް ތައްޔާރު ވެގެން ސިޓިންގ ރޫމަށް ދިޔައިރު ޒަޔާވެސް އިނެވެ. މޫނުމަތިން ވަރުބަލިވުމުގެ އަސަރު ފެންނަން ހުއްޓެއް ކަމަކު އޭނާ އިނީ ހުރިހާ ދަތެއް ފެންނަ ވަރަށް ހެވިލައިގެންނެވެ. ފާއިޒާއަކީ ޒަޔާ އެންމެ ލޯބިވާ މީހުންގެ ލިސްޓުން އެކަކެވެ. ވީއިރު ފާއިޒާ ބަލާ ދިޔުމަށް އޭނާ ތައްޔާރު ނުވާންވީ ވަކި ކީއްވެ ހެއްޔެވެ؟
މިޒްޔަލް ޒަޔާއާއި އެކީ އެއާޕޯޓަށް ދިޔުމުގެ ކުރިން މިއްލީއަށް ގުޅާލިއެވެ. ނަމަވެސް ފޯނު ނުނަގާތީ ކަނޑާލަން އުޅުނު ވަގުތު އެކޮޅުން ފޯނު ނަގައިފިއެވެ.
“ހެލޯ….. ހައު މޭ އައި ހެލްޕް ޔޫ؟… ތީ ކާކު؟..” މިއްލީ ނިދި އަޑަކުން އެހެން ބުނުމުން މިޒްޔަލްގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ. ދެވަނަ ސިކުންތުގައި އޭނާގެ ސިކުނޑީގައި މޮޅު ޕްލޭނެއް ރާވާލައިފިއެވެ.
“މީ ކާކުކަން ނޭނގުނީތަ؟…” މިޒްޔަލް ވާހަކަ ދައްކަން ފެށީ ވަރަށް ބަރު އަޑަކުންނެވެ.
“ތީ ކާކު؟..” މިއްލީގެ ނިދި އެކީ ފިލައިގެން ދިޔައެވެ. އޭނާގެ އަޑުން ހުރީ ޖެހިލުންވެފައި ކަން މިޒްޔަލްއަށް އެނގުމުން އެއްވެސް އިޚުތިޔާރަކާއި ނުލާ ބާރަށް ހެވިއްޖެއެވެ.
“ޔާލް؟..” މިއްލީއަށް މިޒްޔަލްގެ އަޑު އިވުމުން ސްކީނަށް އަރާފައިވާ ނަން ކިޔާލެވުނެވެ. އޭނާއަށް މި ގުޅީ ދެވަނަ އެހެން މީހެއް ނޫނެވެ؟ ހަމަ މިޒްޔަލްއެވެ.
ނަމަވެސް މިޒްޔަލްގެ އެސަމާސާ މިއްލީއަކަށް ކަމަކު ނުދިޔައެވެ. އެހެންކަމުން ވަގުތުން ފޯނު ކަނޑާލުމަށްފަހު ނިވާލިއެވެ. އަދި ބާލީސް ދަށަށް ފޯނު ލުމަށްފަހު އަނެއްކާވެސް ނިދީގެ ފޮނި އާލަމަށް ދަތުރުކުރިއެވެ.
“ދެން އަޅެ މިލީ…. ބޯހަރު ކުއްޖެއް މަށަށް ލިބިފަ މިހުރީ…” މިޒްޔަލް ހިތާއި ހިތުން ކިޔާލިއެވެ. މިއްލީ ފޯނު ކަނޑާލުމުން މިހާރު 7 ފަހަރު ގުޅިއްޖެއެވެ. ނަމަވެސް ފޯނު ނިވާލާފައިވާ ކަމަށް އެރުމުން މޫނަށް ވައްތަރެއް ޖައްސާލުމަށްފަހު ޒަޔާއާއި އެކީ ކާރުގައި ހަމަޖެހިލިއެވެ. އަދި އަވަހަށް ކާރު ދުއްވާލީ ވަގުތަށް އެއާޕޯޓަށް ދެވޭތޯއެވެ.
“ޔާލް….. އައި މިސްޑް ޔޫ…” އެއާޕޯޓުގެ އެރައިވަލްސް ބައިގައި ހުރި މިޒްޔަލް ސިއްސައިގެން ދިޔައީ ކުއްލިއަކަށް އަންހެން ކުއްޖަކު އައިސް ބައްދާލުމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eekko_11

Level 110 Stories

I am a 14 year old girl who loves to read and write stories. ? Both positive and negative comments are welcomed. Feel free to comment. Can contact me via Instagram: _.eener_sh._

Other Articles

Previous

ތިޔަ ލޯބި އަދު ލިބޭނެބާ 10

Next

ޝަކުވާ ހިތަށް ކުރެވޭ…2

Next
October 8, 2020

ޝަކުވާ ހިތަށް ކުރެވޭ…2

Previews
October 8, 2020

ތިޔަ ލޯބި އަދު ލިބޭނެބާ 10

6 Comments!

  1. ❤shyn❤ says:
    October 8, 2020 at 7:48 pm

    Yehhhhh shyn 1…mi part hama vrh vrh hahbbu ????whn next…curiously waiting for the nxt prt ??????lysm????

    1. Eekko_11 says:
      October 11, 2020 at 9:06 am

      Thank you so much shyn…. Yeah you are first… Congratulations ☺️☺️?☺️?☺️?Next Insha Allah vrh avahah ingey …. Keep waiting dear????☺️☺️❤️ lyt and tc

  2. Shaima shaee says:
    October 13, 2020 at 9:25 am

    Eekko dear Vrrrr Reethi mi part
    Eekko ge first story aa balaafa hama vrrrr salhi????
    Keep it up
    Miss you ??
    Sorry for the late comment ?

    1. Eekko_11 says:
      October 14, 2020 at 7:56 am

      Thank you so much shaee☺️☺️
      Awwn thank you… Insha Allah I will???
      Miss you too dear
      Hope to meet you soon❤️❤️????☺️
      It’s ok dear

  3. beauty__girrrrl? says:
    October 16, 2020 at 6:25 pm

    When is next part❣️❣️❣️ this part is also very nice????? but curiously waiting for next ?
    Who is that girl disturbing mizyal

    1. Eekko_11 says:
      October 21, 2020 at 7:52 am

      Next part ebain … Thank you so much dear… Means a lot to me☺️☺️?? yeah she is disturbing him right❣️❣️

Comments are closed.

Next Episodeލޯބިވާއޭ 10←


All Right Reserved!