Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބީގެ ހައްގުގައި 24

Sh@_n@ Level 410 Stories100 Comments100 Login
October 15, 2020 5 Mins Read
17 Comments

އެއާއެކު ކުރިމަތިން ފެނުނު މަންޒަރު ފެނިފައި އަހަރެންނަށް ހަޅޭލަވައިގަނެވުނެވެ. އަޔާޒު ސިހިފައި އަހަރެންނަށް ބަލާލިއެވެ. ފެނުނު މަންޒަރު އަހަރެންނަށް ގަބޫލެއް ނުކުރެވުނެވެ.އަޑުން އަޑު ނަގާ ރޮއެ ގަނެވުނެވެ.
އަހަރެން ހަޅޭލަވައިގަތުމާއެކު އަޔާޒު އަތުގައި އޮތް ވަޅި ވެއްޓުނެވެ. އަހަރެން ދުވެފަ ގޮސް އަޔާޒުގެ ގިރުވާނުގައި ހިފާ ވަރަށް ފަސޭހަ ކަމާއެކު އަޔާޒު އެތަނުން ނަގާ ދުރަށް ހޫރާލީމެވެ. އަޔާޒު ގޮސް ޖެހުނީ ފާރު ބުޑަށެވެ.އަޔާޒު ޖެހި ބުދެއް ފަދައިން އެތަނުގައި އިނެވެ.

އަހަރެން ބަލާކަށް ނުހުރެ ވެއްޓިފައި އޮތް އިމްރާން އާ ދިމާލަށް ދުއްވައިގަނެވުނެވެ. މުޅި ހިސާބުގައި ވަނީ ލޭގެ ކޯރެކެވެ. އިމްރާން އުއްޑުން އޮތް އިރު އިމްރާނުގެ ބަނޑާ ދިމާލުން ދެތިން ތަނަަކަށް ވަޅި ހަރާފަ ހުރިތަން ފެންނަމުން ދެއެވެ. އިމްރާން ލާފައިވާ މަޑު ނޫކުލައިގެ ގަމީސްވަނީ ލެއިން ފޯވެފައެވެ.

އެހާ ބައިވަރު ލޭ އަދި އެފަދަ ހާލަތެއްގައި އިމްރާން އޮތްތަން ފެނި އަހަރެންގެ ބޮލަށް އެނބުރުން އަރާ ގޮތް ވިއެވެ.
އެހެން ނަމަވެސް އަހަރެން ގޮސް އިމްރާނުގެ ބޯ އަހަރެންގެ އުނގުގައި ބާއްވާ އިމްރާންގެ މޫނުގައި ފިރުމަމުން އިމްރާނަށް ގޮވަމުން ދިޔައީ ރޮމުންނެވެ.އެކަމަކު އިމްރާންގެ އެއްވެސް ހަރަކާތެއް ނުކުރިއެވެ. އަހަރެންގެ ހިތް ތެޅެމުން ދަނީ އިންތިހާއަށެވެ. ހިތުގައި ވޭން އަޅަމުން ދިޔައީ އުއްމީދާ އެކީ މި ފެށި ހަޔާތަށް ނިމުން އަންނަނީއޭ އަހަރެންގެ ހިތް ބުނަމުން ދާތީއެވެ.
” ނޫން،ނޫން އިމްރާނަކަށް އެއްވެސް ކަމެއް ނުވާނެ،އިމްރާން އާދޭސްކޮއްފަ މި ބުނީ ލޯ ހުޅުވަބަލަ، އިމްރާން އަހަރެންނަށް ޓަކައި ލޯ ހުޅުވާ،އީތަން އަށްޓަކައި ލޯ ހުޅުވާ،މީތަ ދޭން ބުނި ސަޕްރައިޒްއަކީ، އަހަރެން މިކަހަލަ ސަޕްރައިޒް ބޭނުމެއް ނޫން،އާދޭސް މި ކުރީ، އަހަރެން އިމްރާނަށް އެއްވެސް ކަމެއް ވިޔަކަ ނުދޭނަން، އަހަރެން ދޫކޮއްލާފަ ނުދާނެ” އަހަރެން ހަނދާނެ ގޮތެއް ނޭނގި އެންމެ ފަހުން ފޯނު ނަގާ ހައިފާއަށް ގުޅާ ރޮއެގަތީމެވެ.އަދި އިމްރާންގެ ދުވަސް ގޮއްސިއޭ އެމްބިއުލެންސަށް ގުޅާބަލާށޭ ބުނީމެވެ. އަދި އިތުރަށް ގުޅަންވީ ކާކަށްކަން އަހަރެންގެ ސިކުނޑިއަކަށް ނައެވެ.އެހެން ކަމުން އަނެއްކާވެސް އެތަނުން ތެދުވެ ގޮސް ބެލްކަނިން ބޯ ދިއްކޮށް އެހީއަށް އެދި ގޮވަމުން ދިޔައީމެވެ. އޭރުވެސް އަޔާޒު އެތަނުގައި ޖެހި ބުދެއް ފަދައިން ހަރަކާތެއް ނުގެނެސް އިނެވެ.

އަހަރެން އަނެއްކާވެސް އިމްރާނަށް ގޮވަމުން ދިޔައީ އިމްރާން ދެންމެ ދެންމެ ލޯ ހުޅުވަނީއޭ ހިތް ބުނާތީއެވެ. އެހެންނަމަވެސް އިމްރާންގެ ހަބަރެއް ނުވުމުން އަހަރެން ބަލާކަށް ނުހުރެ އަޔާޒުގެ ގަމީހުގައި ހިފާ ނެގީމެވެ.އަދި ގަމީހުގެ ގިރުވާނުގައި ހިފާ ބާރު ކޮއްލީމެވެ.

“އަޔާޒު،އަހަރެން ދުވަހަކު ވެސް ކަލެއަކަށް މާފެއް ނުކުރާނަން، ކަލޭގެ އަންހެނުންގެ ވާހަކަ ދެއްކީމަ އެކަމާ ރުޅި އައިސް ބަދަލު ތިހިފީ އަހަރެންގެ ފިރިމީހާ ކައިރިން، މިއަށް ވުރެން މާ ރަނގަޅު ވާނެ ކަލޭ އަހަރެން މަރާލި ނަމަ، އަހަރެން މަރާލާ، މިބުނީނު އަހަރެން މަރާލާށޭ” އަހަރެން ލަތްކެއް ޖަހަމުން ބުނީމެވެ.
” ރީމް، އަހަ..އަހަރެން …..ހަމަ ތެދެއް އަހަރެން އެއްވެސް ކަމެއް ނުކުރަން، އަހަރެން އައި އިރު އޮތީ އިމްރާން ބަނޑަށް ވަޅި ހަރާފަ،އަހަރެން އުޅުނީ އެވަޅި ނައްޓުވަން،ރީމްއަަށް ތި ފެނުނީ އަހަރެން އެ ވަޅި ނައްޓުވަން އުޅުނު ތަން،އަހަރެންނަށް އިތުބާރު ކުރޭ…………
އަހަރެން އަޔާޒުގެ މޭގައި އަތް އަޅާ ކޮއްޕާލީމެވެ.

” ހަބަރުދާރު،ކަލޭގެ ތި ދުލުން ދެވަނަ ފަހަރަށް އިތުބާރޭ ކިޔާފަ އެއްވެސް އެއްޗެކޭ ނުބުނާތި، ދުވަހަކުވެސް ކަލެއަކަށް އިތުބާރެއް ނުކުރާނަން،ކަލޭ ތި ހަމަލާ ދިނީ އަހަރެންގެ ފިރިމީހާއާ އޭ، މިއަދު ކަލޭގެ ކުރިމަތީ ގަދަވެ ސަލާމަތުން އަހަރެން މިހުރީ އިމްރާންގެ ސަބަބުން،އަހަރެން އުއްމީދާއެކު ފެށި ހަޔާތް ކަލޭ ތި ފުޑުފުޑު ކޮއްލީ،އަހަރެންގެ އީތަން އަށް ވިސްނާލިންތަ،އަހަރެން ހިޔެއް ނުކުރަން ކަލޭ މިހާ ދަށު ދަރަޖައަށް ވެއްޓިދާނެ ކަމަކަށް ދުވަހަކުވެސް ދުވަހަކުވެސް މާފެއް ނުކުރާނަން…” އަހަރެން މޫނުގައި އަތްއަޅާ ހުރިތަނަށް ތިރިވީ ހިތަށް ލިބުނު ތަދެއްގެ ބޮޑުކަމުންނެވެ.އަހަރެންގެ ހިތް ހީވަނީ ކަފާ ކުދިކުދި ކުރާހެންނެވެ.

އިރުކޮޅެއް ނުވެ ވަދެގެން އައީ ފުލުހުންގެ ބަޔަކާއެކު ހައިފާއެވެ.ހައިފާ ފެނުމާއެކު އަހަރެން ދުވެފަ ގޮސް ހައިފާގެ ގައިގައި ބައްދާގަނެ ރޮއެގަތީމެވެ.
ޕޮލިހުން އެމީހުންގެ މަސައްކަތް ފެށިއެވެ.ކްރައިމް ސީންގެ ފޮޓޯތަށް އެކި ގޮތްގޮތަށް ނަގަމުން ދިޔައެވެ. އަދި ވެއްޓިފައި އޮތް ވަޅި ނަގާ ކޮތަޅަކަށް ލިއެވެ.
އެވަގުތު ޑޮކްޓަރުންނާއި ނަރުހުންވެސް އައިއެވެ.އަދި އިމްރާން ބެލުމަށްފަހު އަވަހަށް ހޮސްޕިޓަލަށް ގެންދިއުމަށް ބުންޏެވެ. އިމްރާންގެ ފަހަތުން އަހަރެންވެސް ދާން ހިނގައިގަތީމެވެ.އެހެން ނަމަވެސް ޕޮލިހުން އަހަރެން ހުއްޓުއްވާ އެކި އެކި ސުވާލު ކުރަމުންދިޔައެވެ.އަދި ޕޮލިހުން އަހަރެންގެ ބަޔާން ވަގުތުން ނެގިއެވެ.
އަދި އަހަރެން އަހަރެންނަށް ފެނުނު ގޮތް އެއްވެސް ފޮރު ވުމެއްނެތި ކިޔައި ދިނީމެވެ.ޕޮލިހުން ވަގުތުން އެތާ ހުރި އަޔާޒުގެ އަތުގައި ބިޑި އެޅުވިއެވެ.އަދި އަޔާޒު ކައިރީ އެމީހުންނާއެކު ދިއުމަށް ބުންޏެވެ. އަޔާޒު އަހަރެންނާ ހަމައަށް އައިސް މަޑުކޮއްލިއެވެ.
“ރީމް، އަހަރެންނަށް ވަރަށް ގިނަ ގޮތް ގޮތުން ރީމްގެ ހިތުގަ ޖެއްސިއްޖެ،އެކަމަށްޓަކައި މާފަށް އެދެން،އަހަރެން މަރަން ހުކުމް ކުރި އަސް،ކިތަންމެ ކަމެއް ކުރިޔަސް،އަހަރެން ނުކުރާ ކަމަކަށް އެއްބަހެއް ނުވާނަން، އެވަރުގެ ބޮޑު ކަމެއް ކުރާހާ ހިތްވަރު ހުންނަ މީހެއް ނޫން އަހަރެންނަކީ” އަޔާޒު ލޮލުން ފޭބި ކަރުނަތަށް ދެ އަތްނެގުމަށްފަހު ފުހެލިއެވެ.

އަހަރެން އަނެއްކާވެސް ހައިފާގެ ގައިގަ ބައްދާގަނެ ރޮއެގަތީމެވެ.
” ރީމް ދެން ނުރޮއެ، އިރާދުކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ،ހިނގާ އަވަހަށް ހޮސްޕިޓަލަށް ދާން” ހައިފާގެ ދެލޯވެސް ވަނީ ކަރުނުން ފުރިފައެވެ.އަހަރެން ދެލޯ ފުހެލަމުން ލާފަ ހުރި ހެދުން ބަދަލު ކުރަން ދިޔައީ އޭގައި ލޭ ހޭކިފައި ހުރުމުންނެވެ.

އަހަރެން ހޮސްޕިޓަލަށް ދިޔައިރު އިމްރާންވަނީ އެމަރޖެންސީ ރޫމަށް ވައްދާފައެވެ.އަހަރެން އެތަނުގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީމެވެ.
ނަސީބަކުން އެހިސާބުގައި މީހަކު ނެތެވެ.އެހެން ނޫންނަމަ ކަންބެލުމަށްޓަކައި ވެސް ދިމަ ދިމާލުގައި މީހުން ތިބޭނެ ކަން ޔަގީނެވެ.އިރުކޮޅެއް ނުވެ ގުޅަންފެށީ މަންމައެވެ. އަހަރެންނަށް ވަގުތުން ރޮއެ ގަނެވުނެވެ.އެހެން ނަމަވެސް ހިތްވަރު ކޮއްލާފައި ފޯނު ނެގީމެވެ.
” ހަ ހަލޯ” އަހަރެންގެ އަޑު ތުރުތުރު އަޅަމުންދާ ވަރުން ވާހަކަ ދެއްކެނީވެސް ކިރިޔާއެވެ.
“ދަރިފުޅާ ކިހިނެއްވީ،ކަމެއް ވީތަ” އަހަރެންގެ އަޑުން ކަމެއް ވެއްޖެކަން މަންމަ ފުރަތަމަވެސް ދެނެގަތެވެ.
” މަ..މަންމާ.އި..އިމް..އިމްރާން……..އަވަހަށް އޭޑީކޭއަށް އާދޭ” އަހަރެން އިތުރަށް ނުބުނެވުމުން އަވަހަށް ފޯނު ކަނޑާލީމެވެ. އަދި އެތާ ހުރި ގޮނޑީގައި އިށީނދެ މޫނުގައި އަތް އަޅައިގެން އިނީމެވެ.

އަހަރެން ބޯ ހިއްލާ ބަލާލީ އަހަރެންގެ ކޮނޑުގައި މީހަކު އަތް ލުމުންނެވެ.އޭރު ފެންފުޅިއެއް ދިއްކޮއްގެން ހައިފާ ހުއްޓެވެ.އަހަރެން ބޭނުމެއް ނޫނޭ ބުނެ ދެފަރާތަށް ބޯ ހޫރާލީމެވެ.
” ތިހެން ނަހަދާ ރީމް،ކުޑަ ފެން ފޮދެއް ބޯލާ” ހައިފާ އާދޭހާއެކު ބުނެލިއެވެ.އަހަރެން ކުޑަ ފެން ފޮދެއް ބޯލުމަށްފަހު އަނެއްކާވެސް މޫނުގައި އަތް އަޅައިގެން އިނީމެވެ.
އިރުކޮޅެއްނުވެ ޑޮކްޓަރެއް ނުކުތެވެ. އަހަރެންނަށް ވަގުތުން ގޮނޑިން ތެދުވެވުނެވެ.
” ހޭ އަރައިފި” ޑޮކްޓަރުގެ ޖުމްލައިން އަހަރެންގެ މޫނުމައްޗަށް އުފާވެރިކަން ވެރިވިއެވެ.އެހެން ނަަމަވެސް ދެވަނަ ސިކުންތުގައި އެ އުފާވެރިކަން ގެއްލުނީ ޑޮކްޓަރ ދެން ބުނި ޖުމްލައިންނެވެ. އަހަރެންނަށް ހައިރާންވެ ހުރެ އެކަމަކު ކިހިނެއްވީތޯ އަހާލެވުނެވެ.
“އިމްރާންގެ ހާލު ވަރަށް ސީރިއަސް،ސަލާމަތް ވާނެ ކަމުގެ އުއްމީދު ވަރަށް ކުޑަ” ޑޮކްޓަރ މަޑުމޮޅި ކަމާއެކު އެ ބުނި ޖުމްލަ އަހަރެންނަށް ފޯރީ ހޮނު ގުގުރީގެ ސިފައިގައެވެ. އަހަރެންނަށް އަހަރެން އަރި އަޅާލި ކަމުގެ އިހްސާސް ކުރެވުނެވެ.އަހަރެންނަށް ވަގުތުން ހުރި ތަނަށް ތިރިވެ ރޮއެގަނެވުނެވެ.
” ނޫން، ޑޮކްޓަރ، ތިހެން ނުބުނޭ، އެއީ އަަހަރެންގެ ހުރިހާވެސް މީހަކީ،ޕްލީޒް މަސައްކަތް ކޮއްދެއްވާ، އާދޭސް މިކުރީ” އަހަރެންނަށް ރޮވެމުން ދިޔައީ އިމްރާން އޮންނާނެ ހާލް ހިތަށް އަރާފައެވެ.ޑޮކްޓަރ ވަރަށް މަސައްކަތް ކުރާނެކަމަށް ބުނެ އެތެރެއަށް ވަނެވެ. ހައިފާވެސް އަހަރެން ކޮނޑުގައި އަތް އަޅައިގެން ރޯން އިނެވެ. ކުއްލިއަކަށް އަހަރެން ސިހުން ލިބުނީ މީހެއްގެ ދުލުން ” މަގޭ އިމްރާން” އޭ ބުނުމުންނެވެ.އަހަރެން ދެލޯ ފުހެލަމުން ފަހަތަށް ބަލާލި އިރު މަންމަ މޭގައި އަތް އަޅައިގެން ތިރިވަނީއެވެ.އަހަރެންނަށް މަންމާއޭ ކިޔައި ދުއްވައިގަނެވުނެވެ. އަހަރެންނަށް ދެވުންއިރު މަންމަގެ ހެ އެއްނެތެވެ.ވަގުތުން އެތާ ހުރި ޕޮލިހުގެ އެހީގައި މަންމަވެސް އެމަރޖެންސީ ރޫމަށް ވެއްދިއެވެ.

އަހަރެން ގޮތް ހުސްވެފައިވާ މީހެއް ފަދައިން ގޮނޑީގައި އިނީމެވެ. އިރުކޮޅަކާ ލޮލުން ފައިބަމުންދާ ކަރުނަތަށް ފުހެލެވެ.އަހަރެންގެ ރިހޭ ފައި މައްޗަށް ފޮއެ ވެއްޓިއްޖެވެ.ދިރިއުޅުމަށް ކުރި ކުޑަ ކުޑަ އުއްމީދުވެސް ވެއްޔާ މޮޑެވުނީއެވެ. އަހަރެންގެ ހުރިހާ މީހުން އަހަރެން ދޫކޮއްދަނީއެވެ.އަހަރެން މުޅި އެކަނި ވެއްޖެ ކަމުގެ އިހްސާސް ކުރެވި އަހަރެންނަށް ރޮއެ ގަނެވުނެވެ.

ހައިފާ އޭނަގެ ކޮނޑުގައި އަހަރެންގެ ބޯ ބާއްވާލަމުން އަހަރެންގެ ކޮނޑުގައި ފިރުމަ ފިރުމަ އިނެވެ.
” ހައި،އިމްރާން އޮންނާނީ ކިހިނެއް،ވަރަށް ވޭން އަޅާނެދޯ، ތިން ތަނަށް ވަޅި ހަރާފަ ހުރި އިރު އެ ހަރާ ގަޑީގައި ހާދަ ތަދުވާނޭ، ހާދަ ވަރަކަށް ރޯނޭ،ސަލާމަތަށް އެދި ހާދަ ވަރަކަށް މަސައްކަތް ކުރާނޭ، އެހާ ވޭނުގައި މަރަށް ތެޅުން އިރު އަހަރެން އުޅުނީ އަމިއްލަ އުފަލައިގެން،އަހަރެންމީ ކިހާ ނުބައި މީހެއް،އިމްރާން އަހަރެން ސަލާމަތް ކުރި އިރު އަހަރެންނަށް އިމްރާނަށް އެއްވެސް ކަމެއް ނުކޮއްދެވުން،އަހަރެންނަކީ ވަރަށް ބޮޑު ކުއްވެރިއެއް،އަހަރެންނަށް ދުވަހަކުވެސް އަމިއްލަ ނަފްސަށް މާފެއް ނުދެވޭނެ،މިހުރިހާ ކަމަކީ އަހަރެންގެ ސަބަބުން ވީ ކަންތަށް، އަހަރެންގެ އީތަންއަށް އަހަރެން ދޭނީ ކޮން ޖަވާބެއް،އެފަކީރު ހާދަ އުއްމީދެއް ކުރާނޭ ބައްޕަ ފެނޭތޯ،އާހް….. މޭގައި އަޅަމުންދިޔަ ވޭނުން އަހަރެން ވާހަކަ ހުއްޓާލީމެވެ.

ހައިފާގެ ކޮނޑުން ބޯ ނަގަން މަޖުބޫރުވީ ޕޮލިހުންނާއެކު އަޔާޒު އަންނަތަން ފެނުމުންނެވެ. އަހަރެން ވަގުތުން ތެދުވީމެވެ.އަދި ނަފްރަތުން ފުރިގެންވާ ބެލުމަކުން އަޔާޒުއަށް ބަލާލީމެވެ. އަހަރެންގެ އެ ބެލުމުން އަޔާޒު އިސްޖަހާލިއެވެ.
އަހަރެން އެއްޗެކޭ ނުބުނެވި އުޅެނިކޮށް ޕޮލިހުން އަޔާޒު ގޮވައިގެން އެތެެރެއަށް ވަނެވެ.އަހަރެން އެމީހުންގެ ފަހަތުން ވަންނަން އުޅުމުން އަހަރެން ހުއްޓުވިއެވެ.

އަހަރެން އެމަރޖެންސީ ރޫމްގެ ދޮރުމަތީ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީމެވެ. ގާތް ގަޑަކަށް ދެ ގަޑި އިރުފަހުން ޕޮލިހުން ނުކުތެވެ. ޑޮކްޓަރުވެސް ނުކުތެވެ.ޕޮލިހުން އަޔާޒު ގޮވައިގެން މަޑުވެސް ކޮއްނުލާ ދިޔައީއެވެ.
” ޑޮކްޓަރ…ކިހިނެއްވީތޯ” އަހަރެން ހާސްކަމާއެކު އަހާލީމެވެ.
” ކޮބާތޯ ރީމްއަކީ،ޕޭޝަންޓް ބޭނުންވޭ ބައްދަލުކުރަން” ޑޮކްޓަރ އެހެން ބުނުމާއެކު އަހަރެން މީ ރީމްއަކީ ބުނެ ދުވެފަ އެތެރެއަށް ވަނީމެވެ.

އަހަރެން ދިޔައިރު އިމްރާންއަށް އޮތީ ދެލޯ މެރިފައެވެ.އަހަރެންނަށް އިމްރާން އޮތް ހާލު ފެނި ބާރަށް ރޮއެގަނެވުނެވެ. ދިމަ ދިމާލުގައި ވަނީ ވާތަށް ގުޅާފައެވެ. ނޭފަތާ އެއްކޮއް މާސްކު އަޅުވާފައި ވާ އިރު ނޭވާލަމުންދަނީ ކުއްލި ކުއްލި އަކަށެވެ.އަހަރެން އިމްރާންގެ ކައިރިއަަށް އައިސް އިމްރާންއާ ދިމާލަށް ގުދުވެ އިމްރާންގެ ނިތުގައި ބޮސްދެވުނެވެ.އެވަގުތު ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް އެއްވެސް ހުރަކާ ނުލާ އިމްރާންގެ ކޯތާފަތްމައްޗަށް ފައިބަމުން ދިޔައެވެ.

އަހަރެންނަށް ކެތް ނުވުމުން އަވަހަށް އެތަނުން ނިކުންނަން ހިނގައިގަތީމެވެ އެހެންނަމަވެސް އަހަރެން އަޅަ އަޅަ ހުރި ފިޔަވަޅު ހުއްޓުނީ އިމްރާން އަހަރެންނަށް ވޭނުން ފުރިގެންވާ އަޑަކުން ގޮވާލުމުންނެވެ. އެ ވޭނީ އިހްސާސް އަހަރެންގެ ހިތުގެ އެންމެ ފުންމިނަށް އިހްސާސްވިއެވެ.އަހަރެންނަށް ދެލޯ މަރާލެވުނީ އެ އަޑުގައި އެކުލެވިގެންވާ ރިހުން ގަދަ ކަމުންނެވެ.

އަހަރެން މަޑުފިޔަވަޅުގައި ގޮސް އިމްރާންގެ ކައިރީ ހުއްޓި އިމްރާންގެ އަތުގައި ހިފާލީމެވެ. އޭރުވެސް އަހަރެންގެ ލޮލުން ކަރުނަ ފައިބަމުން ދެއެއެވެ.އިމްރާން ނުރޯށޭ ބުނެ ދެފަރާތަށް ބޯ ހޫރާލިއެވެ.

” ދެރަނުވޭ،ވަރަށް އަވަަހަށް އިރާދުކުރެއްވިއްޔާ ރަނގަޅުވާނެ، އިމްރާނަށް އެހެން ހަދާފަށް ދުވަހަކުވެސް އުފަލަކު އަޔާޒުއަކަށް ނޫޅެވޭނެ، ޖަލަކުން ސަލާމަތެއް ނުވެވޭނެ، އަހަރެން ދުވަހަކުވެސް އަޔާޒުއަކަށް މާފެއް ނުކުރާނަން” އަހަރެން ރޮމުން ބުނީމެވެ.އިމްރާން އަނެއްކާވެސް ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރާލިއެވެ.
” ރި ރީމް…އަ އަ ޔާޒު..އަ..މާ…ފް…ކު ކުރޭ…..އިމްރާން މާސްކު ނަގާ ގަދަކަމުން އެއްޗެކޭ ބުނެލިއެވެ.އަހަރެންނަށް އެބުނީ ކީކޭކަން ނަގައެއް ނުގަނެވުނެވެ.
” ޕްލީޒް…މާސްކު ނުނަގާ، އެހަށް ވާހަކަ ނުދައްކާ ރީތިކޮށް އޮވޭ” އަހަރެން މާސްކު ރީތި ކޮއްލަމުން ބުނީމެވެ.އެހެންނަމަވެސް އިމްރާން ބޭނުންވީ ވާހަކަ ދައްކާށެވެ އެކަމަށް މަސައްކަތް ކުރަނިކޮށް ކުއްލިއަކަށް އިމްރާންގެ ނޭވާއަށް ގޮތެއް ވާން ފެށިއެވެ.އަހަރެން ވަގުތުން ޑޮކްޓަރަށް ގޮވީމެވެ. ޑޮކްޓަރ އައިސް އަހަރެން ކައިރީ ބޭރުގަ މަޑުކުރުމަށް ބުންޏެވެ. އަހަރެން ދުވެފަ އެތަނުން ނުކުތީމެވެ.އަދި ކުރިމަތީ ހުރި ހައިފާގެ ގައިގަ ބައްދާގަނެ ރޮއެ ގަތީމެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ޒާޔާ (އަށުތިރީސްވަނަ ބައި)

Next

މަންޒިލް 14

Next
October 17, 2020

މަންޒިލް 14

Previews
October 15, 2020

ޒާޔާ (އަށުތިރީސްވަނަ ބައި)

17 Comments!

  1. ?Ril? says:
    October 15, 2020 at 9:29 pm

    Wow mi part ves vrh sali⁦❤️⁩⁦❤️⁩
    Masha Allah sis⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩
    Aleyyy imraan ah kihineh eveee????
    Plss eyna maraanulaachey sis????
    Kaakubaa imraan ah ehen hedy???
    Vrh curiouse dhen o⁦⁩i⁦ bayah ⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩
    Love uu soo much ⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩
    Stay safe⁦❤️⁩⁦❤️⁩⁦❤️⁩

    1. Sh@_n@ says:
      October 16, 2020 at 8:57 am

      Thank you so much Ril❤️❤️❤️Insha Allah tomorrow ??❤️

  2. Noor says:
    October 15, 2020 at 11:08 pm

    Alhey reen thee roe roe karuna futhutha kehtheri vaanvaane thieves kurimathi kuruvi imthihaaneh

    1. Sh@_n@ says:
      October 16, 2020 at 8:58 am

      Aslu vess dhw Noor❤️

  3. Imran says:
    October 16, 2020 at 12:37 am

    Please Imran maraa nulaa, Ayaaz don’t deserve reem

    1. Sh@_n@ says:
      October 16, 2020 at 8:59 am

      ???❤️

  4. ޔާމާ says:
    October 16, 2020 at 10:38 am

    Yes I agree with Imran ayaz don’t deserve reem..
    Pls Imran maraa nulahchehy he deserve to be happy with reem?

    1. Sh@_n@ says:
      October 16, 2020 at 2:22 pm

      Aslu vess dhw,let’s see kihineh thw vaanee

  5. SHABAKKO 10 says:
    October 16, 2020 at 2:44 pm

    Mi part ves varah reethi ❤️❤️❤️?
    Imran ah dhera gotheh nahadhahchey ❤️❤️❤️❤️
    Kon irakun 24 ❤️❤️❤️

  6. SHABAKKO 10 says:
    October 16, 2020 at 6:42 pm

    Oh 25 jngey
    Balaa nulaa liyevunii

  7. ???????? says:
    October 17, 2020 at 8:22 pm

    SHABAKKO

    1. SHABAKKO 10 says:
      October 17, 2020 at 8:54 pm

      Thi kaaku??

    2. SHABAKKO 10 says:
      October 17, 2020 at 8:56 pm

      ??I think Anaa

  8. ✨Naako✨ says:
    October 18, 2020 at 1:13 pm

    Not me Shaba??

    1. SHABAKKO 10 says:
      October 18, 2020 at 7:34 pm

      I think ey dhw bunii Anaa Naako???

  9. Ishoo says:
    October 18, 2020 at 8:10 pm

    Varah reethi vahakah
    Ion irakun 25
    ❤??????

    1. Ishoo says:
      October 18, 2020 at 8:11 pm

      Sis keep it up ?

Comments are closed.

Next Episodeލޯބީގެ ހައްގުގައި 25←


All Right Reserved!