” ދެން ކހިނެއް ދަނީ؟.. އޭ.. ކިހިނެއްހޭ ދަނީ.. މި ގޯޅި އަޅާލަންވީތަ.. ސާބަހޭ ތި ފޯނު ބާއްވަބަލަ ދެންމެ ހީވި އަނގަބަންދު ނުވެގެން އުޅުން އިރު..” އާރްޔަން އަލީ އަތުގައި އޮތް ފޯނު އަތުލަމުން ބުންޏެވެ. އެއާއެކު އަލީވެސް ފޯނު އާރްޔަން އަތުން އަތުލަން އުޅުނެވެ. ދެމީހުން ފޯނާ ހިފަމުން ދިޔައިރު ދެން އޮތް ގޯޅިގަނޑުން ދުވަމުން ނިކުމެގެން އައި މަލްދާއެއް ނުފެނެއެވެ. މަލްދާއަށްވެސް މާބޮޑަކަށް ދުއްވާ އެއްޗިއްސަކަށް ނުބެލެއެވެ. އެއަށްވުރެ ބޮޑަށް އޭނަ އިނީ ހާސްވެފައެވެ. ޕިކަޕު ދުއްވަމުން ދިޔަ އާރްޔަންއަށް މަލްދާ ފެނުނު އިރު މާ ލަސްވެއްޖެއެވެ. ޕިކަޕު ހުއްޓުނުއިރުގައި ވާނެކަމެއް އޮތީ ވެފައެވެ. ޕިކަޕުގައި ޖެހިފައި މަލްދާ ވިއްސައިގެން ދިޔައީ މާދުރަށެވެ. ވަގުތުން މުޅިތަންގަނޑުގައި ބޮޑު ލޭ ކޯރެއް އުފެދިގެން ދިޔައެވެ.
********************************************************************
**5 އަހަރު ފަސް**
އިރުގެ ރަންދޯދިތަކުން މުޅި ދުނިޔެ އަލިކޮއްލިއެވެ. ހުދުކުލައިގެ ބޮޑު ކޮޓަރިތެރެ އަލިވެގެން ދިޔައީ ހުދު ކުލައިގެ ނަރުސް ޔުނީފޯމެއް ލައިގެން އިން ކުއްޖެއް ދޮރުފޮތިތައް ކަހާލުމުންނެވެ. މުޅިކޮޓަރީގައި ހުދުކުލަ ލެވިފައިވާއިރު މެދުގައި ބަހައްޓާފައި ހުރި އެނދު ފިޔަވައި ހުރީ ކުޑަވަރެއްގެ ސޯފާއެކެވެ. ހަމަހިމޭން ކޮޓަރި ތެރޭ އިވެމުން ދިޔައީ އެނދު ކައިރީ ބަހައްޓާފައި ހުރި މެޝިންތަކުގެ އަޑެވެ. ހުދު ކުލައިގެ ބެޑްޝީޓް އަޅާލެވިފައިވާ އެނދުގައި އެއޮތީ މަލްދާއެވެ. ހަށިގަނޑަށް އެތައް ބައިވަރު ވާތަކެއް ގުޅާލެވިފައިވާއިރު އެދެލޯ ވަނީ މެރިފައެވެ. ހަށިގަނޑުގައިވާ ލަކުނުތައް ފަސޭހަވާން ހަދާފައިވީނަމަވެސް މަލްދާގެ ދެލޯ އަދިވެސް ނުހުޅުވެއެވެ. މަލްދާގެ ލޯބި ލޯބި މޫނަށް ބަލަހައްޓައިގެން ކައިރީގައި އިން ގޮނޑީގައި އިށީނދެލައިގެން އާރްޔަން ހުއްޓެވެ. އާރްޔަން މޫނުގައި އެއްވެސް ދިރުމެއް ނުވާކަހަލައެވެ. މިވީ ފަސް އަހަރުތެރޭގައި ހާދަ ކަމެއް ބަދަލުވެއްޖެއެވެ. މަޑު ނޫކުލައިގެ ގަމީހެއް ލައިގެން އިނ އިރު މޫނުމަތީގައި ވަނީ ތުނބުޅިޖަހާފައެވެ. ސްކޫލުއިރުގައި ފެންނަމުން ދިޔަ ސިފަތަކާ އާރްޔަން މިހާރު މާ ބޮޑަށްވެސް ތަފާތުވެއްޖެއެވެ. މީހާ ގައިގައި މާ ހަރުދަނާ ސިފަ ޖަހައެވެ. ނަމަވެސް އުފާވެރިކަމުގެ ބަދަލުގައި އާރްޔަންގެ ލޮލުން ހިތާމައެވެ. އަދިވެސް އެދެލޮލުގައި ތެތްކަމެއްވެއެވެ. މީގެ ފަސް އަހަރު ކުރިން ވެގެން ދިޔަ ކަންތައް އަދިވެސް އާރްޔަންގެ ލޮލު ކުރިމަތީ ސިފަ ވާ ކަހަލައެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް އާރްޔަން އޭނަ އަމިއްލަ ނަފްސުދެކެ ނަފްރަތު ކުރެއެވެ. މަލްދާ މިއަދު އެހާލުގައި އެއޮތީ ހަމަ އާރްޔަންގެ ސަބަބުން ކަން ހިތައް އަރާ ކޮންމެ ފަހަރަކު އާރްޔަންގެ ހިތް ދަނީ ހަލާކުވަމުންނެވެ. ހިތުގައި އަޅަމުން ދާ ވޭނަށް ކުޑަވެސް ލުއި ކަމެއް ލިބޭނީ މަލްދާ ހޭއަރާ ދުވަހުންނެވެ. އާއެކެވެ. މަލްދާ އެހާލުގައި އޮންނަތާ މިހާރު ފަސް އަހަރު ވެގެން ދިޔައީއެވެ. އެދުވަހު ވެގެން ދިޔަ އެކްސިޑެންޓަށްފަހު ވަގުތުން މަލްދާ ހޮސްޕިޓަލަށް ގެންދެވުނެވެ. ނަމަވެސް ރަށުގައި އެވަރަށް ފަރުވާ ދެވެން ނެތުމުން އާރްޔަންގެ މައިންބަފައިންގެ ހަރަދުގައި މަލްދާ މާލެ ބަދަލު ކުރީ ޚާލިދުމެން ދެމަފިރިންގެ އެހާ ތަނަވަސް ކަމެއް ނެތުމުގެ ސަބަބުންނެވެ. ހަމަ އެއާއެކު އާރްޔަންގެ ކުށަށް މާފު ދޭނެ ކަމުގެ އުއްމީދުގައެވެ. އެކްސިޑެންޓަށްފަހު މަލްދާ ކޯމާއަކަށް ދިޔުން ވެގެންދިޔައީ އާރްޔަންގެ މުޅި ދިރިއުޅުން ބަދަލު ކޮއްލި ކަމަކަށެވެ. ކޮންމެ ރެޔަކު ވަންދެން މަލްދާ ކައިރީ އިށީނދެ އިނދެއެވެ. ބައެއްފަހަރު ވާހަކަވެސް ދައްކައެވެ. އެއިން ގޮތައް އިންނަ މީހާ ތެދުވެގެން ދާނީ އަނެއް ދުވަހު މަލްދާގެ މަންމަމެން ހެނދުނު އަންނަ ފަހުންނެވެ. ރޭގަނޑުގެ ނިދިން މުޅި މީހާ މަހްރޫމް ކުރީ ހަމައެކަނީ މަލްދާއަށްޓަކައެވެ. ނަމަވެސް މަލްދާ ހޭއަރާ ދުވަހަކުން އޭނަ އާރްޔަން އަށް ނަފްރަތު ކުރާނެ ކަންވެސް އާރްޔަން ދަނެއެވެ. ނަމަވެސް މިވަގުތު އާރްޔަން ބޭނުންވަނީ މަލްދާ އަލުން ތެދުވުމެވެ. ކިތައްމެ ވަރަށް އޭނަ އާއި ދިމާލަށް އެއްޗެހި ކިޔަސް ވަރިހަމައެވެ. ކެތްކޮއްލާނީއެވެ. ނަމަވެސް މަލްދާ ދެން މިގޮތައް އޮންނަ ތަން ބަލަން އާރްޔަން އަކަށް އިތުރަކަށް ކެތެއް ނުވާނެއެވެ.
މަލްދާ އާއި ދިމާލަށް ބަލަހައްޓައިގެން އިން އާރްޔަން މަޑުމަޑުން މަލްދާގެ އަތުގައި ހިފާލިއެވެ. ” ޕްލީޒް ކަމް ބެކް..” މަޑުމަޑުން މަލްދާގެ އަތުގައި އޭނަގެ ތުންފަތް ޖައްސާލަމުން އާރްޔަންގެ ދުލުން ބޭރުވީ މިހެންނެވެ. އޭރު އޭނަގެ އަޑުގައި މަޑު ތުރުތުރެއް ވިއެވެ. ލޮލުން ފޭބި ކަރުނަ ތިކި ގޮސް ބީހިލީ މަލްދާގެ އަތުގައެވެ. މަލްދާގެ އަތުގައި ބޯއަޅާލައިގެން އޮތް އާރްޔަން އަށް ސިހުމެއް ލިބުނީ މަލްދާގެ އަތް ހަރަކާތް ކޮއްލުމުންނެވެ. ދެލޯ ބޮޑުކޮއްގެން އާރްޔަން މަލްދާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރީ އަލުން އެކަން ތަކުރާރުވޭތޯއެވެ. އިރުކޮޅެއްފަހުން އާރްޔަންގެ މޫނަށް އުފާވެރިކަން ވެރިވީ ހަރަކާތް ކުރަމުން ދިޔަ މަލްދާގެ އަތް ފެނުމުންނެވެ. ކައިރީގައި ހުރި ނަރުސް ކުއްޖާއަށް އަށް ގޮވުމުން އެކުއްޖާ އަވަހަށް ޑޮކްޓަރަށް ގޮވިއެވެ. އޭރު މަލްދާގެ އަތުގައި ހިފަހައްޓައިލައިގެން ހުރި އާރްޔަންގެ ދެލޯ ކަރުނުން ފުރިފައި ވީ ނަމަވެސް ތުންފަތުގައި ވަނީ ފުޅާ ހިނިތުންވުމެކެވެ. އެހާ ގިނަ ދުވަސްފަހުން އާރްޔަން އިންތިޒާރު ކުރަމުން އައި ދުވަސް އައުމުން އާރްޔަންގެ ހިތައް ކުރަމުން ދިޔައީ ބުނެދޭން ނޭނގޭ އަސަރުތަކެކެވެ.
” އަޒްހާން…” ބަލިކަށި އަޑަކުން މަލްދާގެ ދުލުން ބޭރުވިއެވެ. އެއާކު މަލްދާގެ އަތުގައި ހިފަހައްޓައިގެން އިން އާރްޔަންގެ އަތް ދޫވިއެވެ. މޫނުމަތީގައިވީ ރީތި ހިނިތުންވުން ގެއްލުނެވެ. އެތަނަށް ވަދެގެން އައި ޑޮކްޓަރުން ވަގުތުން މަލްދާ ކައިރިއަށް ދިޔައެވެ. ހަމައެގަޑީ ނަފީސާ އާއި ޚާލިދު ވެސް ވަނެވެ. ފަހަރަކު ފިޔަވަޅެއް ފަހަތައް އަޅަމުން އާރްޔަން އެތަނުން ނިކުތެވެ. އާރްޔަން މިހާ ދެރަވާންވީ ސަބަބެއް ޚުދު އާރްޔަން އަކަށްވެސް ނޭނގުނެވެ. މަލްދާ ލޯބިވަނީ އަޒްހާންދެކެއެވެ. އެކަން މާކުރީންސުރެވެސް އާރްޔަން އަށް އިނގެއެއްނުންހެއްޔެވެ؟ މަލްދާ އެންމެ ފުރަތަމަ ހޯދާނީ އަޒްހާންއެވެ. އޭނައެއް ނޫނެވެ. އެކަން ހަނދާން ނެތެންވީ ކީއްވެގެން ހެއްޔެވެ؟ އަމިއްލަ ހައިސިއްޔަތަކީ ކޮބައިކަން އެހާ އަވަހަށް ހަނދާން ނެތީހެއްޔެވެ؟ މަލްދާގެ ލޯތްބަކީ އޭނައަށް ހައްޤު އެއްޗެއް ނޫނެވެ. އަދި ޚާއްސަކޮއް ވެގެންދިޔަ ކަންތަކަށްފަހު މަލްދާގެ ފަރާތުން އޭނަ އަށް ލިބެން އޮތީ އެންމެ އެއްޗެކެވެ. ނަފްރަތެވެ. ވިސްނަމުން ދިޔަ ވަރަކަށް އާރްޔަންގެ ބޯ ހީވީ ފަޅައިގެން ގޮސްދާނެހެންނެވެ. ފާރުގައި އެއްއަތުން ހިފަހައްޓާލެވުނެވެ. އިރުކޮޅަކު އެތާ ހުރުމަށްފަހު އަނެއްކާވެސް އެ ކޮޓަރި ތެރެ ބަލައިލީ މަލްދާގެ މޫނު ދެކިލުމަށް ހިތް އެދުނު ވަރުންނެވެ.
މަޑުމަޑުން މަލްދާގެ ދެލޯ ހުޅުވިގެންދިޔައެވެ. އެންމެ ފުރަތަމަވެސް ލޮލަށް އެޅިގެން ދިޔަ ގަދަ އަލީގެ ސަބަބުން އަނެއްކާވެސް ލޯ މަރާލިއެވެ. އަދި އެއަށްފަހު ޑޮކްޓަރުގެ އިރުޝާދުގެ މަތިން މަޑުމަޑުން ދެލޯ ހުޅުވޭތޯ މަސައްކަތް ކުރިއެވެ. އައްޔަށް ދެލޯ ހޭނެން ކުޑަ ވަގުތުކޮޅެއް ނެގިއެވެ. މަލްދާއަށް އެންމެ ފުރަތަމަވެސް ފެނުނީ ކުރިމަތީގައި ރޯން އިން ނަފީސާއެވެ. ނަފީސާ ކައިރީގައި ހުރި ޚާލިދުގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ. ހުރި ހަމައެކަނި ދަރިފުޅު އެހާ ގިނަދުވަސް ފަހުން ލޯ ހުޅުވާލިތައް ފެނުމުން އެދެމަފިރިންނަށް ކުރަމުން ދިޔައީ ބުނެދޭން ނޭނގޭ ކަހަލަ އުފާވެރި އިހުސާސްތަކެކެވެ. މަލްދާ އޭނަގެ މަންމަ އާއި ދިމާލަށް ބަލަހައްޓައިގެން އޮތީ ހަމަ އެންމެ ސުވާލެއް ކުރުމުގެ ބޭނުމުގައެވެ. ނަމަވެސް އެތާ ހުރި މީހުންނަށް ބަލާލާފައި މިއީ އަދި އެންމެ ރަނގަޅު ވަގުތު ނޫން ކަމުގައި މަލްދާ ނިންމިއެވެ. ޑޮކްޓަރުގެ ލަފާ އަކަށް ވީ ސައްވީސް ގަޑިއިރު ވަންދެން ބޭއްވުމަށްފަހު އިތުރު މައްސަލައެއް ނޫޅޭ ކަމުގައި ވަންޏާ ގެއަށް ދޫކޮއްލުމެވެ. މި ޚަބަރު އަޑުއަހަން ދުރުގައި އިން އާރްޔަން އަށް ހަމަޖެހުމެއް ލިބުނެވެ.
މަލްދާއާއި ދިމާލަށް ދުރުގައި ހުރެ ބަލަހައްޓައިގެން ހުއްޓާ އާރްޔަން ސިއްސައިގެން ދިޔައީ އޭނަގެ ފޯނު ވައިބަރޭޓް ވާން ފެށުމުންނެވެ. ބަލާލިއިރު ގުޅަނީ އޭނަގެ މަންމައެވެ. ބަލާކަށް ނުހުރެ އަވަހަށް ފޯނު ނެގީ މަލްދާ ހޭއެރި ކަމުގެ އުފާވެރި ޚަބަރު ދޭށެވެ. އާރްޔަން ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަމުން ދިޔަ އަސްމާގެ ހިތައް ބޮޑު ލުޔެއް ލިބިގެންދިޔައެވެ. އާރްޔަން މަލްދާ ދެކެ ލޯބި ވާވަރު މިވީ ފަސް އަހަރު ތެރޭ އަސްމާއަށް ރަނގަޅަށްވެސް އިނގިއްޖެއެވެ. އެހެންކަމުން މަލްދާ ރަނގަޅުވުމުން އާރްޔަން ހިތައް ކުރަމުން ދާނީ ކޮންކަހަލަ އަސަރު ތަކެއްކަން އަންދާޒާ ކޮއްލަން އަސްމާ އަށް އިނގެއެވެ.
ސައްވީސް ގަޑިއިރަށްފަހު މަލްދާ ގެއަށް ދޫކޮއްލަން ހުއްދަ ދިނުމުން ނަފީސާމެން އޭނަ ގެންދިޔައީ އާރްޔަންމެން ގެއަށެވެ. ފަސް އަހަރު ކުރިން އެވީ އެކްސިޑެންޓަށްފަހު އާރްޔަން ދެކެ އެމީހުން ނަފްރަތު ކުރިއެވެ. ވާނީވެސް އެހެންތާއެވެ. ހުރި ހަމަ އެކަނި ދަރިފުޅު އެހާލުގައި އޮންނަން ޖެހުނު މީހާއަކަށް އެހާ އަވަހަކަށް މާފެއްވެސް ނުކުރެވޭނެ ވިއްޔާއެވެ. އާރްޔަން ދެކެ ކިތައްމެ ރުޅި އައިއްސަ ހުރިނަމަވެސް އެދެމަފިރިން އެމީހުންގެ އެހީ ގަބޫލު ކުރީ ދެން އިތުރު އެހެން ގޮތެއް ނެތުމުންނެވެ. އަމިއްލަ ދަރިފުޅުގެ ފުރާނަ މުހިއްމުވީ ވަރުންނެވެ. މިވީ ފަސްއަހަރު ތެރޭ އާރްޔަން މަލްދާގެ ހާލު ނުބަލާ އެންމެ ދުވަހެއްވެސް ނުދެއެވެ. އެކި ފަހަރު މަތިން އެތައް ފަހަރަކު ނަފީސާމެން ކައިރިން މާފަށް އެދެމުން ދިޔައެވެ. އާރްޔަންގެ މޫނުމަތިން ފެންނަމުން ދިޔައީ ވޭނާއި ހިތާމައެވެ. އާރްޔަންގެ ރަނގަޅު ސިފަތައް ފެނިފައި ދުވަސްކޮޅެއް ތެރޭ އާރްޔަން އަށްޓަކާ ހިތުގައި އޮތް ނަފްރަތު ކެނޑިގެންދިޔައެވެ. ކުއްކުރެވޭނީ އިންސާނުންނަށެވެ. އެހެންނޫނަސް އެއީ އާރްޔަން ގަސްތުގަ ކުރި ކަމެއް ނޫންކަން ނަފީސާމެނަށްވެސް އިނގެއެވެ. އެހެން ބަޔަކުނަމަ މިވަރަށް އެހީވާކަށްވެސް ނޫޅޭނެކަންވެސް އެމީހުނަށް އިނގެއެވެ.
” މި ކޮން ގެޔެއް؟….” މަލްދާ ގެނެސް ކޮޓަރީގައި ބޭންދުމާއެކުހެން ސުވާލުކުރިއެވެ. ގެއަށް ވަދެވުމާއެކުވެސް މަލްދާގެ ދެލޯ ބޮޑުވެގެން ދިޔައީ އޭނާ ހަޔާތުގައި ވެސް އެހާ ފުރިހަމަ ގެޔެއް ދެކިފައި ނުވާތީއެވެ. ބޭރުގައި އެހާ މީހުން ގިނަކަމުން އަނގައިން ބުނަން ނުކެރުނީއެވެ. މަލްދާއަށް މަރުހަބާ ކިޔަން ގޭތެރޭ އިން އަސްމާއަށާ ނަޝީދުގެ މޫނަށް ބަލާލެވުނީ ބީރައްޓެހި ނަޒަރަކުންނެވެ. އޭރު އާރްޔަން ފެންނަ ހިސާބަކުވެސް ނެތެވެ. މަލްދާގެ ކުރިމައްޗަށް އޭނަ އަރަން ބޭނުން ނުވާކަހަލައެވެ. ” މަންމަގެ ރައްޓެއްސެއްގެ ގެޔެއް.. ދަރިފުޅު އެކްސިޑެންޓަށްފަހު މިމީހުން އެހީވީ..” ނަފީސާގެ ވާހަކަތައް އަޑުއަހަންއިން މަލްދާ ހައިރާންވިއެވެ. މިޒަމާނުގައި އެހާ ހެޔޮއެދޭ ބަޔަކުވެސް އުޅޭހޭ ހިތައްއެރިއެވެ. މިހުރިހާ ވާހަކައެއް ދެއްކިއިރުވެސް ނަފީސާ އާރްޔަންގެ އެއްވެސް ވާހަކައެއް ނުބުނެއެވެ. އެއީ އާރްޔަން ބޭނުންވި ގޮތެވެ. ” މަންމާ.. ކޮބާ އަޒްހާން؟..” އިރުކޮޅަކު މަންމަ އާއި ވާހަކަ ދައްކަން ހުރެފައި މަލްދާ އޭނަ އެންމެ ކުރަން ބޭނުންވާ ސުވާލު ކޮއްލިއެވެ. އަޒްހާންގެ ނަން އިވުމާއެކު ނަފީސާގެ މޫނުމަތީގައިވީ ހިނިތުންވުން ފިލައިގެން ދިޔައެވެ. އެވަގުތު ގޭގައި މަސައްކަތް ކުރާ ކުއްޖާ އައިސް ޓަކި ޖަހާލީ ހަމަ ނަސީބޭ ނަފީސާގެ ހިތައް އެރިއެވެ. ވަގުތުން މައުޟޫ ބަދަލުކޮއްލުމަށްފަހު މަލްދާގޮވައިގެން ކާން ދިޔައެވެ. ކާމޭޒުމަތީ އެންމެން ތިބީ މަލްދާގެ އިންތިޒާރުގައެވެ. އަސްމާ އާއި ނަޝީދުގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ޚާލިދުގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އަސްމާ އެތައް ވާހަކައެއް މަލްދާއާއި ދެއްކިއެވެ. މަލްދާވެސް ހިނިތުންވެލައިގެން ހުރެ ދިޔައީ ހުރިހާ ވާހަކަތަކެއް އަޑުއަހަމުންނެވެ. ފަސް ވަރަކަށް މިނެޓު ފަހުން މަލްދާގެ ލޮލުގައި އަޅައިގަތީ ގެޔަށް ވަދެގެން ދިޔަ ޒުވާނެކެވެ. ދިޔަލެއް ބާރުކަމުން މޫނުވެސް ފެންނަ ގޮތެއް ނުވިއެވެ. އެދިޔަ ބާރުމިނުގައި ގޮސް ސިޑިން އަރައިގެން ގެއްލެންދެން މަލްދާއަށް ބަލަހައްޓައިގެން އިނދެވުނީ ދަންނަ ފާޑެއް ޖަހާހެން ހީވެގެންނެވެ. ” އާ..” އަސްމާއަށް ބަސް ފުރިހަމަ ނުކުރެވެނީސް ނަޝީދު އެކަން މަނާކުރިއެވެ. ” އޭނަ އިހަށް ބަހައްޓާ.. ފަހުން ވާހަކަ ދައްކާނީ…” މިވާހަކަތައް އަޑުއަހަން އިން މަލްދާ މި ކޮން “އޭނަ” އެއްބާވޭ ހިތައް އެރިއެވެ.
“މަންމާ… އަޒްހާން ކޮބާހޭ..” ކޮޓަރިއަށް ވަދެވުމާއެކު މަލްދާ އަނެއްކާވެސް އޭނަ ކުރިން ކުރި ސުވާލު ތަކުރާރު ކޮއްލިއެވެ. ވަގުތުން ނަފީސާގެ މޫނުމައްޗަށް ނުތަނަވަސްވެރިކަން ވެރިވެގެންދިޔައެވެ. އެސުވާލުގެ ޖަވާބު ދޭނެގޮތެއް ނޭނގުނެވެ. ދަރިފުޅާ ދިމާލަށް ބަލާލެވުނީ ހަމްދަރުދީވެ ހުރެއެވެ. ” މިވީ ފަސް އަހަރު ތެރޭގައި ވަރަށް ގިނަ ކަންތައްތައް ބަދަލުވެއްޖެ ދަރިފުޅާ… ” ނަފީސާގެ ވާހަކަ އަޑު އިވުމާއެކުހެން މަލްދާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ” ފަސް އަހަރޭ..” މަލްދާ އިނީ ހަމަ ރަނގަޅަށްވެސް ހައިރާން ވެފައެވެ. ” އާނ.. ދަރިފުޅު ކޯމާއަކަށް ދިޔަފަހުން ފަސް އަހަރުވީ… ދަރިފުޅު އެކްސިޑެންޓް ވި ދުވަހު ވަރަށް ގިނަ ކަންކަން ބަދަލު ވެގެން ދިޔަ..” ނަފީސާގެ ވާހަކަތައް އަޑުއަހަމުން ދިޔަ މަލްދާގެ ހިތް އަވަސްވާންފެށިއެވެ. ” ދަރިފުޅަށް އިނގޭދޯ އަޒްހާން މަސްތުވާތަކެތި ބޭނުން ކުރިކަން… އެހެންވިއްޖެއްޔާ އިނގެންވާނެ ކަންނޭނގެ އެނުބައި އަމަލުގައި ދެވިހިފައިފި މީހަކު އެކަމުން ދުރުވުމަކީ އެހާ ފަސޭހަކަމެއް ނޫންކަން.. އަޒްހާން ވަރަށް ގިނަ ދުވަހު އެ ބޭނުން ނުކޮއް ހުރި ކަމަށްވޭ.. އެކަމަކު އެންމެ ފަހުން ކެތްނުވެގެން އެދުވަހު އެ ބޭނުންކުރީ…” ނަފީސާގެ އަޑުގައި މަޑު ތުރުތުލެއް ވިއެވެ. ދެލޯ ބޮޑުކޮއްގެން ނަފީސާގެ ވާހަކަތައް އަޑުއަހަން އިން މަލްދާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. އެއަށްފަހު އިވިގެން ދިޔަ ޖުމްލައާއި އެކު ހީވީ މަލްދާގެ ފައިދަށުން ބިންގަނޑު ދަމައިގައިންހެންނެވެ. ” ދަރިފުޅު ހޮސްޕިޓަލަށް ގެންދިޔަ ގަޑީ އޯވާޑޯޒް ވެގެން އަޒްހާން މަރުވީ.. އާނ ދަރިފުޅާ އަޒްހާން މިދުނިޔެ ދޫކޮއްފި..” އެއާއެކު ނަފީސާއަށް އޭނަގެ ކަރުނަތައް ހިފަހައްޓަން އުނދަގޫވިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.


Yayyyy.. Me first dhww
Alheyyy.. Aaryan gasthuga kuri kameh noon..
Omg Azhaan maruvy… Azhaan mihaaru thy roohu dhww ????
Eyruves heeviyey mal libeyny Aaryan ah henn….
I love this part❤️❤️❤️❤️❤️❤️
Waiting for next….
Sis ur amazing.. Dhn Anna bai up kohdhehchey sis ah vaguthu v ma… We can understand it will be difficult while ur tests are going… Luv u… Take care
Yesss.. congratulations
I will try my best to upload the next part as soon as possible ???
Eyy adhi thihen bunyakas mal eh nulibeyne aaryan akah…?? Minhaa sis kairyga ahaaba aaryan ah mal libeynethoa…???? Hahahah
Wow sis Mi part ves vrh sali
Masha Allah keep it up sis
Aaryan dhen Ma midanee miduniye dookohfaa amaanaathe deefaa ey maldaa aaryan Ragalah ekoe balaathi Kiriyaa kameh viyas aharen ge roohu anaanee aaryan balaa ingeyy hadhaan kuraa thi lol ????????????????????????????????????????????????????????
Bye mal vrh bodah maafuh drugs Use kureemaa
Waiting for the next part sisoo
Love uuuu
Stay safe
Aaan azhaange roohu mioleny mithaaa heheheh
?????????????????
Thakyou so much for reading ?????
Oooooohhhhh noooooooooo!!! ?? What!!??… Azhaan is dead ? What will happen to mal fakeeru? Sooooo heartbreakinggggg ??? Poor girl ? I feel terribly sad for mal.. I can’t even imagine how she’s gonna tolerate her sadness?.. Anyway, sissy varah dhuwas gandakah fahu mi comment eh kohlevuny ? So I’m kinda sorry ? This is one of the best heartouching story I have read ?? Sissy please mal aaryan aa nafrath nukuruvahchey ? I think aaryan will be the lucky boy ? Mal deserves aaryan only ? And I hope in the end ga mal ge lyfe happily ever after akah vunn. Stay safe nd secure ?? Much love ?
Thank you so much for reading
❤️❤️❤️Vvvvvvvvvvvv reethi ingey mi prt vx
❤️❤️❤️Masha allah u are amazing sis
Alheyyyyy I’m so saddd magey azhaan hama asluvx maruviitha???? Heheh lol???
Ekm aslu maldha haadha dhera vaaney dhw. I feel sorry for maldhaa???
❤️❤️❤️Waiting for the nxt part dear
❤️❤️❤️Lysm sweetie
❤️❤️❤️Stay safe nd tc
Thankyou so much for reading
Haadha lahey up vaalei avahah up kohla dheebala mihaaru 12 vana part kiyaahithun mihury
Tonight i have my last exam.. hopefully after that i will upload next part as soon as possible.. sorry for the delay..
And thank you so much for reading