Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 28

darkangel Level 210 Stories
May 24, 2015 4 Mins Read
24 Comments

“ރާއިނ..”އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ޒާޔާ ހުއްޓުނީ ރާއިން އޭނގެ ތުންފަތުގައި ކިސްކޮށްލުމުންނެވެ. ރާއިން ދުރުކޮށްލަންވެގެން ނެގިއަތުގައި ރާއިން ހިފާލަމުން އެއަތް ޒާޔާގެ ފުރަގަހަށްލަމުން އޭނަގެ އަތުތެރޭ ޒާޔާ ރަނގަޅަށްވެސް ހައްޔަރުކޮށްލިއެވެ.

ރާއިން ނުހިފަހައްޓަ އޮތްއަތުން ރާއިންގެ މޭގައި އަތްއަޅާ ޒާޔާ އެނަ ދުރުކުރުމަށް މަސައްކަތް ކުރަމުންދިޔައެވެ. ނަމަވެސް ރުޅިއާއި ހިތާމަ އެކުގައި އިހުސާސްކުރަމުންދިޔަ ރާއިން ހުރީ ޒާޔާ ދޫކޮށްލާ ގޮތަކަށްނޫނެވެ. ޒާޔާއާއި ކުރިއަށްވުރެ ބޮޑަށް ކައިރިވަމުން އޭނަ ދިޔައެވެ. ޒާޔާގެ މޫނުގެ އެތަން މިތަނގައި ބޮސްދެމުން ދިޔައީ ކެތްތެރިކަން ކުޑަވެފައިވާ މީހަކު ފަދައިންނެވެ. ހާމައަށްއޮތް ޒާޔާގެ ކަނދުރާގައި ރާއިން ބޮސްދޭން ފެށުމުން ޒާޔާއަށް ރޮވޭގޮތްވިއެވެ. ރާއިންގެ އަމަލުތައް ހުރިގޮތުން ޒާޔާ ބިރުގަންނަން ފެށިއެވެ. ރާއިންއަށްގޮވަމުން އޭނައާއި ދުރަށްދިއުމަށް ޒާޔާ އެދެމުން ދިޔައެވެ. ޒާޔާ ރޯއަޑުއިވިފައި ރާއިންގެ ހިތަށްވެސް ހަމްދަރުދީ ވެރިވީ ކަންނޭނގެއެވެ.

“އައި ލަވް ޔޫއޭ ޑޭމިޓް” ރާއިން މޫނު ދުރުކޮށްލިތަނާހެން ޒާޔާ އެމޫނުގައި ޖެހިއިރު ރާއިން ދަތްތަކަށް ބާރުލަމުން ބުނެލިއެވެ. އެހެން ބުނެވުމުން ރާއިން އަމިއްލައަށްވެސް ހުރީ ގަބޫލު ނުކުރެވިފައެވެ. އެލަފްޒު ދުލާހަމައަށް ނުގެނެސް ހުންނަން އޭނަ ކިހާދުވަހަކު މަސައްކަތް ކޮއްފިހެއްޔެވެ؟ ހިތުގައި އެލޯބި ފޮރުވާލައިގެން މޫނުމަތިން އެހެން ކުލަވަރެއް ކިހާވަރަކަށް ދެއްކިއްޖެހެއްޔެވެ. އޭރު ޒާޔާ މޫނުގައި އަތްއަޅައިގެން ފާރު ބުޑަށް ތިރިވެއިނެވެ. އަޑު ބޭރުނުވިނަމަވެސް ޒާޔާރޮނީކަން ރާއިންއަށް އެނގެއެވެ. މޫނުގައި އަތްހާކާލަމުން ޒާޔާއާއި ދިމާއަށް ބަލާލިއެވެ. އަދި ދެއަތް މުއްކަވާލަމުން އަމިއްލަ ބޮލުގައި ދެފަހަރަކު ޖަހާލިއެވެ. އޭނަ މިތަނަށް އައީ ކީއްކުރަން ހެއްޔެވެ. ރާއިން ތަކުރާރުކޮށް އެސުވާލު އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ.

ކުޑަކަކޫ ޖަހާލަމުން ރާއިން ޒާޔާގާތަށް ތިރިވިއެވެ. އަދި އެއަތުގައި ހިފާލިއެވެ. ނަމަވެސް ޒާޔާއެއަތް ފޮޅުވާލީ އަދިވެސް އައިސްފައި ހުރި ރުޅިންނެވެ. ދައްކާނެ ބަހަނާއެއް ހަދާނެ ދޮގެއްވެސް ރާއިންގެ ހިތަކަށް ނައެވެ. ހަގީގަތް ހާމަ ކުރަންވީހެއްޔެވެ؟ ނޫނެކެވެ. އޭރުން ވާނީ ކިހިނެއްހެއްޔެވެ؟ ޒާޔާއާއި ޒަޔާންގެ ކައިވެނި އޮތީ ހަމަޖެހިފައެވެ. ޒަޔާން ޒާޔާދެކެ ލޯބިވެއެވެ. ރާއިންއަށް ވިސްނާނެ އެއްޗެއް ނޭނގުނެވެ.

“ޒާ….” މަޑުމަޑުން ރާއިން ޒާޔާއަށް ގޮވާލިއެވެ.

“އެމް ސޮރީ، ބަލާލީ ޒާޔާއަސްލުވެސް ޒަޔާންއާއެއްކޮން މޫވްއޮން ކުރަންބޭނުންތޯ؟ އައި ޖަސްޓ ވޯންޓެޑް ޓްމޭކް ޝުއަރ އޮފްދެޓް، ރާއިން ހީކުރީ އަދިވެސް ޒާޔާ އަހަރެންދެކެ ލޯބިވާކަމަށް، އެހެންވެ….”

“އާ އަހަރެން އަދިވެސް ލޯބިވޭ ރާއިންދެކެ، އަހަރެން ޒަޔާން އާއި ކައިވެނި ކުރަން އެއްބަސްވީ ރާއިންގެ މަންމަ ބުނީމަ، އަހަރެން ބޭނުންވެގެނެއް ނޫން، ރާއިންގެ މަންމައަށްޓަކާ ކޮށްދޭ ކަމެއްގެ ގޮތުގައި އެޓްލީސްޓް ކޮށްދޭށޭބުނީމަ އަހަރެން އެއްބަސްވީ، އަހަރެންނަށް ކޮށްދިން އިހުސާންތެރިކަމުގެ ބަދަލު މިގޮތަށް ދޭށޭ އެދުނީ، އަހަންނަށް އެނގޭ ރާއިން ތިއުޅެނީ އަހަރެން މިތަނުން ނުގޮސްގެންކަން، އަހަރެން ޔާނާގާތުގައި އެއްޗެއް ކިޔާފާނެތީކަން، އަހަރެން ނޫޅެން އެއްވެސް މީހަކު ގާތުގައި އެއްވެސް ބުނާކަށް އެއްވެސް އެއްޗެކޭ، ހުރިހާ ގޮތަކުން އަހަރެން ބްރޭކްކޮށްލަންތަ ބޭނުންވަނީ؟” ރާއިންގެ ވާހަކަ މެދުކަނޑާލުމަށްފަހު ޒާޔާވާހަކަ ދެއްކިއެވެ. ޒާޔާއެބުނީ އޭނައަށް އަދި އެކަކަށްވެސް ނޭނގޭ ވާހަކައެވެ. ރާއިންގެ މަންމަ ޒާޔާގާތުގައި އެހެންބުނެފާނެކަމަކަށް ރާއިން ކުޑަކޮށްވެސް ހިޔެއް ނުކުރެއެވެ. ޒާޔާ އާއެކޭ ބުނުމުގެ ފަހަތުގައިވީ ސަލްމާ ހެއްޔެވެ. އެހެންނޫންނަމަ ޒާޔާ އާއެކޭ ނުބުނާނެކަން މިހާރު ރާއިންއަށް ވިސްނިއްޖެއެވެ.

“ޕްލީޒް ރާއިން އިތުރަށް އަހަރެންގެ ކެތްތެރިކަން އިމްތިހާނު ކުރަންނޫޅޭ، އަހަރެންގެ ކެތްތެރިކަން ކޮޅުން ލައިފާނެ، އިތުރަށް އަހަންނަށް އުނދަގޫ ނުކުރޭ، ޕްލީޒް ޖަސްޓ ގޯ، އަހަރެން ނެތިން އެއްވެސް ޝަކުވާއެއް ކުރާކަށް، ރާއިންއަކާވެސް ރާއިންގެ މަންމައަކާވެސް، ރާއިންގެ މަންމަ އަހަރެންފަރާތުން އެދުނީ އަހަންނަށް ކޮށްދިން އިހުސާންތެރިކަމުގެ ބަދަލުދޭން، އެމް ޑުއިން ދެޓް، ރާއިންގެ ހިތްފުރޭނީ އަހަރެންގެ އިތްފަތްތެރިކަންވެސް ފޭރިގަނެވުނީމަތަ؟” ރާއިން ޒާޔާއާއި ވަހަކަ ދައްކަން މަސައްކަތް ކުރުމުން ރާއިންއަށް ފުރުސަތުނުދީ ޒާޔާ ބުނެލިއެވެ.  ޒާޔާ އެންމެ ފަހުން ބުނެލި ޖުމްލައިން ރާއިންއަށް އިސްޖަހާލެވުނެވެ. ކުރެވުނީ ކިހާވަރުގެ ކުށެއްކަން އިހުސާސްވީ ކަންނޭނގެއެވެ. ނަމަވެސް އެކަމުގެ ސަބަބުން ޒާޔާގެ ހިތުގައި ފޮރުވާފައިވާ ސިއްރުވެސް ހާމަވެގެން ހިނގައްޖެއެވެ. ޒަޔާންއާއި ގުޅިގެން އުޅެންފެށުމުން އޭނަހީކުރީ ޒާޔާގެ ހިތުގައި ކޮންމެވެސްވަރެއްގެ މަގާމެއް ޒަޔާންއަށް ދެވިއްޖެކަމަށެވެ. ނަމަވެސް އެހެންނެއްވެސް ނުވިތާއެވެ. ޒާޔާ އެގުޅުން ކުރިއަށް އެގެންދަނީ ހަމައެކަނި އޭނަގެ މަންމަ ބުނިބުނުމަކަށެވެ. ރާއިންއާއި ހެދި އަދިކިތަށް ގުރުބާނީ ޒާޔާ ދޭންޖެހޭނެބާއޭ ރާއިން ހިތަށްއެރިއެވެ. ވިސްނަން އިރުކޮޅަކު އިނުމަށްފަހު ރާއިން ދާން ތެދުވިއެވެ.

“ކީއްވެ ލަވްޔޫ އޭ ބުނީ، އެވެސް އަހަރެން ޓެސްޓުކުރަންތަ” ރާއިން ދޮރާއިހަމައަށް  އެރުމުން ކޮޅަށްތެދުވެފައި ޒާޔާ ސުވާލުކޮށްލިއެވެ. ދޮރުގެތަޅުގައި ހިފެހެއްޓިގޮތަށް ފަސްއެނބުރި ބެލުމެއްނެތި ރާއިން ހުއްޓިލައިގެން ހުއްޓެވެ.

“ޓެސްޓުނުކުރިޔަސް އަހަރެން ކޮންމެހެން ނޫޅެން ޒަޔާންއަށް ބޭވަފާތެރިވަކަށް، ވަފާތެރިވާން އަހަންނަށް އެނގޭ، ލޯބި ނުވިޔަސް އަހަރެން ޒަޔާންއަށް ވަފާތެރިވާނަން، ރާއިން އެކަމާ ވިސްނާކަށް ނުޖެހޭނެ، ” ޒާޔާ ބުނެލި ޖުމްލައަށް މަސްނޫއީ ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށްފަހު ރާއިން ދޮރުހުޅުވާލިއެވެ. ބޭރަށް ނުކުމެ ދޮރުފަތުގައި ލެނގިލުމަށްފަހު ރާއިން ހިންދިރުވާލިއެވެ. މާޔޫސްވެގެންހުރެ އޭނަގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ކުރިންވެސް އޮތްގަތަށް އެނދުމަތީގައި ބަންޑުން އޮށުއޮވެލިއެވެ.

ވިސްނަން އޮތްއިރު އެތައްކަމެއް ހިތަށް އަރާފައިމުންދިޔައެވެ. ޒާޔާގޮވައިގެން އޭނަ ފިލަންވީއޭވެސް ހިތަށް އެރިއެވެ. ނަމަވެސް އެއީ އަދި އެންމެ ބުއްދިވެރިގޮތަ ނޫންކަން ސިކުނޑިން ވިސްނަދެމުންދިޔައެވެ. ބައްޕަގެ ހުރިހަމައެކަނި ދަރިއަކީ އެއީއެވެ. އެވަރުގެ ބޮޑު ކެއްސެއް އޭނަދީގެން ނުވާނެކަން ސިކުނޑިން ވިސްނަދެމުން ދިޔައެވެ. ހުރިހާ ކަމެއް މިހާރު އެވަނީ ހަމަޖެހި ނިމިފައެވެ. އެކަންތައް އެގޮތަށް ވެދިޔަދިނީވެސް ޙުދު އޭނައެވެ. ދެން ފަސްއެނބުރި ބެލުމުގެ ބޭނުމަކީ ކޮބާހެއްޔެވެ. ޒާޔާވެސް އެވަނީ އެމާޒީގެ ހަނދާންތައް ފަސްއަޅާ ފޮރުވާފައެވެ. ހުރިހާކަމެއްވެސް ވާނީ އެންމެ ރަނގަޅަށްކަމުގައި ހިތުންވިސްނަދެމުން ހަމަޖެހިލިއެވެ. ދެންމެ ވީކަންތައް އެއީ ހުވަފެނަކަށް ވީނަމައެވެ. އޭނައަށް ނިދުނީވެސް އެގޮތަށް އޮވެގެނެވެ.

ޖެހިގެން އައިދުވަހުގެ ހެނދުނު ކާމޭޒުމަތިން ރާއިންއާއި ޒާޔާއާއި އެކަކުވެސް ނުފެނުނެވެ. ރާއިން ނުފެނުމުން ޔާސިރު އިނީ ހިސާބަކަށް ހިތްހަމަ ނުޖެހިފައެވެ. އޮފީހަށްދިޔައިރުގައި ރާއިން އޮފީހަގައިވެސް ނެތެވެ. ގުޅިއިރު ފޯނުވެސް އޮތީ ނިވާލާފައެވެ. ރާއިންގެ މިޖާޒަށް އަންނަ ބަދަލުން ޔާސިރުވެސް މިހާރު ކަންބޮޑުވާހިސާބަށް ހިނގައްޖެއެވެ. އެދުވަހު އިރުއޮއްސުނު އިރުގައިވެސް ރާއިން ގެއަށްނާދެއެވެ. ސަލްމާއާއި އެހެންމީހުން ހާސްވެދާނެތީވެގެން ރާއިން އޮފީގައި ބިޒީކަމަށްބުނެ ހަމަޖައްސާލިއެވެ.

     “ރާއިން….” މެންދަމު 1 ޖަހާބޮޑުވިފަހުން ގެއަށްވަދެގެންއައި ރާއިން ހުއްޓުނީ ޔާސިރުގެ އަޑުންނެވެ. ލައިޓުތަށް ނިވާލާފައި ހުރުމުގެ ސަބަބުންނާއި އިސްދަށަށް ޖަހައިގެން އައުމުގެ ސަބަބުން ރާއިންއަށް ސޯފާގައި ޔާސިރު އިންތަން ނުފެނުނީއެވެ. ބައްޕަގެ މޫނަށް އޭނަ ބަލާލީ ކަންބޮޑުވެފައި ހުރެއެވެ.

     “ކޮންތާކު އުޅެފަ ތިއައީ؟” ޔާސިރު ތެދުވެގެން އައިސް ރާއިން ކައިރީގައި ހުއްޓެމުން ސުވާލުކުރީ ހިތަހަމަ ނުޖެހިފައި ހުރެއެވެ.

     “ރައްޓެހިންތަކަކާއެކު ރިސޯޓަކަށް ގޮސްފަ” ކުއްވެރިއެއްފަދައިން ރާއިންބުނެލީ މަޑުމައިތިރިކަމާއި އެކުއެވެ. އޭނަ ގެއަށް އަންނަލެއް ލަސްވެގެން ބައްޕަނުނިދާ ހޭލާ އެއިނީ އަލަށްކަމުން ރާއިން ލަދުގަތެވެ. ނަމަވެސް ބައްޕައާއި ދިމާއަށް އޭނައަސް ބަލާލެވުނީ ޝަކުވާއިން ފުރިފައިވާ ނަޒަރަކުންނެވެ. އޭނަ މިއަދު ގޮތްހުސްވެފައިއެވަނީ ހަމަ ބައްޕަގެ ސަބަބުންނޭ ހިތާހިތާ ކިޔާލެވުނެވެ.

އިތުރުވާހަކައެއް އެގަޑީގައި ދައްކަން ބޭނުންނުވާތީ ނިދަންދިއުމަށް ބުންޏެވެ. އަދި މީހަކު ސުވާލުކޮށަފިނަމަ އެއްވެސް ތަނަކަށް ނުދާކަމުގައި އަދި އޮފީހުގައި މާބިޒީވީކަމުގައި ބުނުމަށް ޔާސިރުބުނެލިއެވެ. އެކަމާއި ބެހޭގޮތުން ފަހުންވާހަކަ ދައްކާނީކަމުގައި ބުނަމުން ސިޑިންއަރަންފެށިއެވެ.

*******************************

ހެނދުނު ރާއިންއަށް ހޭލެވުނީ ފޯނު ވައިބްރޭޓް ވާންފެށުމުންނެވެ. ނަމަވެސް ފޯނުނެގުމުނގެ ކުރިން ކެނޑިއްޖެއެވެ. ފޯނުނަގާބަލާލިއިރު ޔާނާގެ 5 މިސްކޯލް އޮތެވެ. ގަޑިބަލާލިއިރު 10 ޖަހާބޮޑުވެއްޖެއެވެ. ކަންނެތްވެފައި ގުޅާހިތްވެސް ނުވެފައި ފޯނާދިމާއަށް ބަލަހައްޓައިގެން އޮތެވެ. ނަމަވެސް އިރުކޮޅަކުން އަނެއްކާވެސް ޔާނާގެ ކޯލެއް އައެވެ. ނިދިއަޑަކާއިއެކު ރާއިން ފޯނުނަގާ ވާހަކަ ދައްކަންފެށިއެވެ.

“ޔާން ހަމަޖެހިބަ… އެކަހަލަ އެއްވެސް ކަމެއް ނުވާނެއޭ… އަހަރެން މިއަދު ޑޭޑް އާއި ޓޯކް ކުރާނަން… ޑޭޑް ބޭނުންވަނީ ޒަޔާންމެންނާއި އެކު އަހަރެމެންގެ ކައިވެނިވެސް ކުރުވަން، ރާއިން ބުނާނަން އަހަރެމެން ކައިވެނި ކުރަންބޭނުންވަނީ ފެބްރުއަރީމަހުއޭ، އިޓްސް ސްޕެޝިއަލް ފޯރ އަސްއޭ، އޯކޭ، ޑިސެމްބަރގަ ޒާ ކައިވެނިކުރީމަ ދުވަސްކޮޅަކުން އަހަރެމެން ބްރޭކްއަޕްވީއޭ ބުނާނީ އޭރުން އޯކޭވާނެއްނު، ދެން ޑޭޑްމެން ރުޅިނާންނާނެ ގޮތަކަށް އެކަންތަކާ ބެހޭގޮތުން ފަހުން ޓޯކް ކުރާނީ…. ޔާނާވެސް ޑޭޑް ގާތު ބުނޭ މިބުނިގޮތަށް، އޭރުން އެނގޭނެއްނު ދެމީހުން ބޭނުންވެގެންކަން މިގޮތަށް ނިންމީ… އޯކޭ” ލަސްލަހުން ރާއިން ޔާނާއާއި ވާހަކަ ދައްކަމުން ދިޔައެވެ. ޔާނާވެސް ރާއިންގެ ވާހަކަ ގަބޫލުކުރިއެވެ. އަދި އިރުކޮޅަކު ވާހަކަ ދައްކާލުމަށްފަހު ފޯނުބޭއްވިއެވެ.

     ކުޑައިރުކޮޅަކު އެނދުގައި އޮށުއޮވެގެން އޮތުމަށްފަހު ރާއިން ފާހާނައަށްވަނެވެ. މޫނުދޮވެހަދާލައިގެން ޓީޝާޓެއްލަމުން ކޮޓަރިން ނުކުތެވެ. ތިރިއަށް ފޭބިއިރު ސަލްމާ ފޯނުން މީހަކާއި ވާހަކަ ދައްކަން އިނެވެ. ރާއިން ފެނުމުން އޮފީހަށް ނުދަނީތޯ ސުވާލުކޮށްލިއެވެ. ރާއިން ނުހޭލެވުނީކަމުގައި ބުނަމުން ކާކޮޓަރިއަށްވަނެވެ. އޭރު މޭޒުކައިރީ ޒާޔާ އާއި ސަނާ ކޮފީއެއްބޯން ތިއްބެވެ.

“ކަމަނާގެ ވާންއުޅޭ ފިރިކަލުން މިއަދު މާލެ އާދޭ، އެއަރޕޯޓް އަށް ދާނަންތަ؟” ގޮނޑީގައި އިށިއިނދެފައި ސަނާގާތުން ކޮފީއެއްހަދައިދިނުމަށް އެދެމުން ރާއިން ޒާޔާއާ ސުވާލުކޮށްލިއެވެ. ރާއިން އެގޮތަށްވާހަކަ ދެއްކުމުން ސަނާގާތަށް ހިނިވެސް އައެވެ. ނަމަވެސް ޒާޔާގާތުގައި ދާންވާނެކަމަށް ބުނަމުން އޭނަވެސް ދިމާކޮށްލިއެވެ. ނަމަވެސް ޒާޔާ ބަހަކުން ބަހެއްނުބުނެ އިނީއެވެ. ރާއިންއަކަށްވެސް ސަނާއަކަށްވެސް ޖަވާބެއްނުދެއެވެ. ޒާޔާ އެއްވެސް އެއްޗެއް ނުބުނާނެކަންވެސް އޭނައަށް އެނގެއެވެ.

“4 ޖަހާއިރު ރެޑީވެގެން ހުންނާތި، ބަލާ އަންނާނަން” ކޮފީތަށި ހިފައިގެން ތެދުވަމުން ރާއިން ޒާޔާއަށް ބަލައިލަމުން ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

darkangel

Level 210 Stories

Other Articles

Previous

ފިޔަވަޅު

Next

ހިތަކުން ނުފިލާނެ 14

Next
May 24, 2015

ހިތަކުން ނުފިލާނެ 14

Previews
May 24, 2015

ފިޔަވަޅު

24 Comments!

  1. iba says:
    May 24, 2015 at 12:17 pm

    First i

  2. jenny says:
    May 24, 2015 at 12:18 pm

    Thankolheh kuru bt v nice mi part vz keep it up..

  3. iba says:
    May 24, 2015 at 12:29 pm

    After a long time i got this story to read..this stiry is just awsome…plx plx plx raain n zaayaa make together..plx plx..hope u will upload next very soon…keep it up dear…

  4. Anonymous says:
    May 24, 2015 at 12:30 pm

    nice

  5. fathun says:
    May 24, 2015 at 12:32 pm

    avahaupkohdhyba pls vvvv reethi mivahaka

  6. yaany says:
    May 24, 2015 at 12:39 pm

    ކަމަކުނުދޭ

  7. zaayaa says:
    May 24, 2015 at 12:50 pm

    Up vaaleh las kamun fooohi

  8. swyty girl says:
    May 24, 2015 at 1:08 pm

    Alhey dhn edhemuhn gulhuvaba plx. BT not much interest.. Kba next part. Ava’s avas

  9. CHAII says:
    May 24, 2015 at 1:18 pm

    UP VAALEH LAS KAMUN HANDHAANEH VS NUHUREY EHENVE FUHI…….HKURAN NXT PART THANKOLHEH AVAHAH UP VAANE KAMAH BTW MI PART VS V REETHI BT MAAAAAAAAAAAAAAAAAAAAAAA KURII..EHAA LAHUN UP VAA IRUVS EHA KURUKH UP VAATHI KIYAA HIY KENDIFA HUNNANI SOOO UMEEDHU KURAN NXT TIME RANGALHUVAANE KAMAH

  10. Xee Thu says:
    May 24, 2015 at 1:58 pm

    Finally parteh kiyaalan libijje…. Alhey zaayaa nd raain ah dera vaagoi nuhadhabala….

  11. Xee Thu says:
    May 24, 2015 at 1:58 pm

    Finally parteh kiyaalan libijje…. Alhey zaayaa nd raain ah dera vaagoi nuhadhabala….

  12. Nash says:
    May 24, 2015 at 2:01 pm

    Nice bt thankolheh kuru

  13. nihaa says:
    May 24, 2015 at 2:28 pm

    Nice BT maakuryy dhwwe..

  14. black says:
    May 24, 2015 at 4:06 pm

    unmydhe nukuran dhen avaha upkoh dheyne kamakah….. vaaahaka reethi!! e

  15. naj says:
    May 24, 2015 at 7:20 pm

    Vara reethi…..but I want zaya n zaain to be together

  16. nishy says:
    May 24, 2015 at 9:54 pm

    Xaayaa n raain gulhuvaba…. eyrah reeethi vaaaneee

  17. marsha says:
    May 25, 2015 at 5:57 am

    koh story kiyan mifeshy, mi vaahakaige mi part kiyaalaafa ehkoh kiyaa nulaa nuhurevunu, mihaaru beynun vany dhen huri baithahves raastad laafa kiyaalan, hope you will not make us wzit so long… avahah up kohdhehchey plzzz… thanx dark angle… totally love this story!!! mee haadha rythi vaahaka ekey… varah dhuvsd fahun online

  18. saai says:
    May 25, 2015 at 7:31 am

    Darkangel told she will upload the story after her exam ey..yu all shud think about her busy schedule also..

  19. marsha says:
    May 25, 2015 at 9:40 am

    ok, will wait…. good luck on your exams dark angle!

  20. sarano says:
    May 25, 2015 at 2:05 pm

    Mihaar mi story nihman vehjje ehen nuny hadi vedhaane ….

  21. mary says:
    May 25, 2015 at 2:54 pm

    nice

  22. Aaliya says:
    May 25, 2015 at 3:58 pm

    Too short. But nice.waiting 4 the next part

  23. Maajy says:
    May 26, 2015 at 11:08 am

    Vv reethi mi part ves

  24. Yana says:
    July 22, 2015 at 11:37 pm

    I wnt xaayaa nd raain to b together

Comments are closed.

Next Episodeއިންތިޒާރު 29←


All Right Reserved!