Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންދީނީލޯބި

ހިތި ނިމުން 12

kudhoo Level 310 Stories100 Comments
November 1, 2020 5 Mins Read
2 Comments

ދުވަސްތައް ފާއިތުވަމުން ދިޔަ ގޮތެއްވެސް ނޭނގެއެވެ. އަހަރެންނަށް މަޖާނެގުނުގޮތެއްވެސް ނޭގެއެވެ. މުޅި ރޭގަނޑު އުފާ ކުރުމުގައި ވަގުތުތައް ގުނީމެވެ. އިރުއަރަން ކައިރިވުމުން ގޮސް އޮށޯންނަނީއެވެ. ދުވާލު ހޭލާއިރު މެންދުރުވެދާނެއެވެ. އެކިމަޖަލާ ސަކަރާތުގައި ހޭދަކުރަމުން އަހަރެންގެ ޗުއްޓީ ކުރުކުރީމެވެ. އަހަރެން ރަށުގައި ނެތީސް މަންމަ އުޅުނީ ކިހިނެއްތޯވެސް އެންމެ ފަހަރަކުވެސް އަހަރެންގެ ހިތަކަށް ނާރައެވެ. މަންމަގެ ހާލު ބައްޕަ އެނބުރިއައުމުންވެސް އަހާނުލަމެވެ. އަހަރެން މަންމަ މަތިން ހަނދާންވީވެސް ފުރަންއައިސް ދޯނީގައި ހުއްޓާއެވެ. އެކަމާ ދެރަވެސްވިއެވެ. ނަމަވެސް އަހަރެންނާއެކު އަމްނާ އެނބުރިދާތީ އަހަރެން ހުރީ ވަރަށް އުފަލުންނެވެ.

******************************************

އަހަރެން އެނބުރި އައިފަހުން ކުރިއަށްވުރެންވެސް މަންމަ ބަލިކަމަށް ދައްކައެވެ. ނަމަވެސް މަންމަ އަހަރެންނަށް ކުރާ ޚިދުމަތަކަށް ބަދަލެއް ނާދެއެވެ. އަހަރެންނެކޭ އެއްފަދައިން އަމްނާގެ ކަންތައްތައްވެސް ބަލައެވެ. ނަމަވެސް އަމްނާގެ މަންމަ ފަދައިން އަހަރެންގެ މަންމަވެސް އަމްނާ އަންހެން ކުދިންގޭގައި ކުރަން ޖެހޭފަދަ ކަންތައްތައް ނުކޮށްގެން އެހެން ކިޔައެވެ. ނަމަވެސް އަމްނާގެ މަންމައާ ޚިލާފަށް މަންމަގެ ވާހަކަ ހުންނަނީ ކެއްތެރިކަމާ މަޑުމައިތިރިކަމާއެކުއެވެ. އޭނަ ރަށުގަ އުޅުނު ފަދައިން މިކޮޅަށް އައިސްވެސް ވަކި ބަދަލެއް ނާދެއެވެ. ސްކޫލް ހުޅުވުމާއެކު އޭނަގެ ހަތަރެސްފައި ފުރި ބަންޑުންވާވަރަށް ރަޙުމަތްތެރިން ލިބިއްޖެއެވެ. ގޭގައި މަޑުކޮށްލަންވެސް އޭނާއަށް ލިބެނީ ނިދަން އޮންނަ ވަގުތުކޮޅު އެކަންޏެވެ. އަހަރެންވެސް އަމްނާއާ އެކު އުޅެން ހަދައިގެން ހުރިހާ ވަގުތެއްވެސް ދަނީ މިހެންނެވެ. ސްކޫލަށް ދިޔުން މަދުވަމުން މަދުވަމުންގޮސް އެންމެ ފަހުން ސްކޫލުން އަހަރެން ކަނޑާލިއެވެ. އަމްނާވެސް ސްކޫލުން ކަނޑާލުމުން އޭނަގެ މައިންބަފައިން ހޯދަން އައުމުންވެސް އެނބުރި ނުދިޔައެވެ.

އަހަރެންގެ އުޅުމުގެ ސަބަބުން އަހަރެންގެ މައިންބަފައިން ކުރަމުން ދިޔަ ހިތާމަ ހުދު އަހަރެންވެސް ދުށީމެވެ. ނަމަވެސް އެއީ މާބޮޑުކަމަކަށް އަހަރެން ނުދެކެވެ. އަހަރެންގެ ކުރީގެ އެކުވެރިން އެއްކޮށް އަހަރެންނަށް ގެއްލިއްޖެއެވެ. އަމްނާ އަހަރެންގެ ލޮލަށް ފެނުނު ހިސާބުން އަހަރެންގެ ދުނިޔެވެސް ބަދަލުވެއްޖެއެވެ. ދުވަސްތައް ފާއިތުވަމުންގޮސް އަހަރެމެންގެ އުޅުން އެއްދުވަހެއް ވުރެ އަނެއް ދުވަހެއް އިތުރުވަމުން ދިޔައެވެ. އެންމެ ފަހުން މަސްތުވާތަކެތީގެ ވަބާގައިވެސް އަހަރެން ޖެހުނީއެވެ. ނަމަވެސް އެކަމަކީ އަހަރެންނަށް އެހެން ހުރިހާ ކަމަކަށް ވުރެން ސަޅި ކަމަކަށް ވިއެވެ. މިގޮތުގައިގޮސް މުޅިން މިއަށް ދެވިހިފައިފިއެވެ. ވިއްކައިގެންވެސް ފައިސާ އޮހެން ފެށިއެވެ. ނަމަވެސް އަހަރެންނަށް ނުވިސްނެނީ މިހުރިހާކަމެއްވެސް އަހަރެންނަށް މެދުވެރި މިވަނީ އިމްތިހާނަކަށް ކަމެވެ.  ދުނިޔެއަކީ އެކަލާނގެ ޒީނަތުން ފުރުއްވާފައިވާ ތަނެކެވެ. އިންސާނާ ހިތްޖެހޭނެ ހިތްލެބޭނެ ހުރިހާ ކަމެއްވެސް މިތަނުގައިވެއެވެ. ނަމަވެސް ހަމަ މި އިންސާނާއަށް މިހުރިހާ ކަމަކުން ދުރުވެ އެކަލާނގެ ޙަޟްރަތަށް ތައުބާވެ ރީތިކޮށް އުޅޭނެ ފުރުސަތުވެސް އޮވެއެވެ.

އެއްރެއެއްގެ އިޝާނަމާދުން މީހުން މިސްކިތުން ފޭބި ގަޑިއެވެ. އަހަރެން އޭރުވެސް ހުރީ އަމްނާއާ އެކުއެވެ. އަހަރެމެން މިހާރު އެންމެ ފުޅާކޮށް ކުރަމުންއައި ވިޔަފާރީގެ ޑީލެއްގައެވެ. ” ސަމީރު..” އަހަރެންނަށް ސިހިފައި ފަހަތަށް ބަލައިލެވުނީ ހަސަންބެގެ އަޑު އިވުމުންނެވެ. ” ހަސަންބެތަ.. ކުއްލިއަކަށް ގޮވާލުމުން ސިހުނިއްޔޭ.. ކީއްކޭ ހަސަންބޭ..” އަހަރެން ބުނެލީމެވެ. ” ސަމީރު ހަސަންބެއަށް ނޭނގެ އަސްލު މިހާރު ހަސަންބެ ދޭނީ ކޮން ނަސޭހަތެއް ކަމެއްވެސް… ސަމީރު މިހާރު ތިކުރެވެމުން ދަނީ ﷲ ޙަރާމް ކުރައްވައިފައިވާ އެންމެ ބޮޑު ފާފަތަކުގެ ތެރެއިން ފާފަތަކެއް.. ތިކަން ހުއްޓާލާ.. ﷲއަށް ތައުބާވޭ.. ސަމީރުއަށް ވެސް ނޭގޭނެ ވާހަކައެއްނޫން ހަސަންބެ މިދައްކަނީ… ޝައިތާނާ އެދުނު ކަންތައް އެކަލާނގެ އެއްސެވިގޮތަށް.. އެކަލާނގެ މާތްކުރައްވައިފައި ތިބި ބައެއްގެ އަޑު އެކަލާނގެ ނާހާނެތަ؟.. ތިކަމުން ތައުބާވޭ.. ހަސަންބެ ދެކުނީ.. ތީ ހަމަ ހަސަންބެގެ ވެސް ދަރިއެއްގޮތުގައި..” ހަސަންބެ ވާހަކަ ދައްކަދައްކާ ހުއްޓާ އަމްނާ ފެށިއެވެ. ” މި މުސްކުޅިންގެ ކަންތަކާ ހެދި ދުނިޔޭގައި އުޅެވޭވަރެއް ނޫން… ދެން ދިޔާމަ ވީއެއްނޫ.. ތިބުނާ ހިސާބަކަށް ..އަހަރެމެން ބައިތިއްބާފަ… އަހަރެމެން ނުދުވަމެއްނުން ކަލޭމެން ކުރާ ކަންތަކާ ބެހެމުނެއް..” އަމްނާ ހަސަންބެ ކުރިމަތީ އެގޮތަށް ވާހަކަ ދެއްކުމުން އަހަރެން ވަރަށް ދެރަވިއެވެ. އެއީ އަހަރެން ވަރަށް ޤަދަރު ކުރާ މީހަކަށް ވާތީއެވެ. ނަމަވެސް އަހަރެން އަނގައިންވެސް ނުބުނަމެވެ. އަހަރެންނަށްވެސް މިވަގުތު ރަގަޅީ ދެވަނަ ފަހަރަކު ހަސަންބެގެ ވާހަކަތަކާއިގެން އަހަރެން ކައިރިއަށް ނައިއްޔާއެވެ. ހަސަންބެ އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުރީ ގަބޫލުކުރަން ދަތިގޮތަކަށެވެ. ހަސަންބެ އަނގައިން ނުބުންޏަސް އެކަން ވަރަށް ރަގަޅަށް އެނގެއެވެ. އިރުކޮޅެއް ވަންދެން އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުރުމަށްފަހު ހަސަންބެ ދަނީ ކަމުގައި ބުނެ ހިނގައިގަތެވެ. ދެރަވެފައި ހުރިވަރު ހަސަންބެ އިސްޖަހާލިގޮތުންވެސް އެނގުނެވެ. “އަމްނާ ކީއްވެ ތިހާ ހަޑިކޮށް؟..” އަހަރެން ބުނަން އުޅުނު އެތި އަނގައިގެ ތެރޭ އެއްބައި އޮއްވާ އަމްނާ ފެށިއެވެ. ” އެއްކަލަ ސަމީރު…ބުނަމެއްނޫ..އެމީހުން ކިޔާހާ އެއްޗަކަށް ހާ ހޫ ކިޔައިގެން ނުހުންނާށޭ…ގޮސްފިއެއްނު… ދެން ނުކެރޭނެ ފާޑުފާޑުގެ ވާހަކަ ދައްކަން އަންނާކަށް..” އަމްނާ ބުންޏެވެ. އަހަރެން އިތުރަށް އެއްޗެކޭ ނުބުނަމެވެ. އަހަރެމެން އެތާ ތިއްބާ އަހަރެމެންނަށް ވުރެން ދޮށީ ކުއްޖަކުއައެވެ. ” ހާދަ ލަހެކޭ ތިވީ… މިތާ ތިބެތިބެ ދެފާ ވާޅުވެއްޖެ..” އަމްނާ ހީވަނީ ޕްރެޝަރ މަތިވެފަ ހުންނަހެނެވެ. “ލަސްވާނެއެއްނު… ފަހަތުގަ އަޅުވައިގެން މީހުން އުޅެންޏާ..” އޭނާ ބުންޏެވެ. ކުރަން އައި ކަންތައް ނިމުމުން ގެއަށް ދިއުމަށްޓަކައި ދެމީހުން މިސްރާބު ޖެހީމެވެ.

” ސަމީރު ހިނގާ ބޭރަށް ކަނޑާލަން.. މިތަނަށް ވުރެން މާ ހިތްފަސޭހަ ވާނެ އެކޮޅު…ދޮންބެވެސް ބުނި ވަރަށް ފަސޭހައޭ އުޅެލަން… މިހާރު އަހަރެމެންނަށް އެކޮޅު އުޅެލެވޭވަރަށް ލާރިވެސް އެބަ ލިބެއެއްނު..” އަމްނާ ބުންޏެވެ. ” ބައްޕަ މިހާރު ގެ ރާނަން ފަށައިގެން އެ އުޅެނީ… ދެން ނިމުމަކަށް އައިސްފަ އެއިނީ…އެއްކޮށް ނިމުނީމަ ދާނީ…” އަހަރެން ބުނީމެވެ. ” ސަމީރު ނެތަސް އެމީހުންނަށް އެކަން ކުރެވިދާނެ… އަހަރެންގެވެސް ދެބޭބެ ތިބެގެނެއްނޫން.. ބައްޕަ ގެ ހަދާފަ އެހުރީ..އެމީހުން ފުރާގެން ދިޔަފަހުން އެނބުރި މިކޮޅަށް ނުވެސް އާދޭ… ދޭތެރެއަކުން ލިބޭ ސިޓީއެއް ނޫނިއްޔާ ޚަބަރެއްވެސް ނުވާނެ…” އަމްނާ ބުންޏެވެ. ” ދެން އެކޮޅަށް ދާނެ ބޯޓެއް އޮވެގެނެއް ނޫ ދެވޭނީ..” އަހަރެން ބުނެލީމެވެ. ” ތިކަމާ ހާސް ކަނޑާލާ އަހަންމާބެމެން ބޯޓް އެއުޅެނީ ލަންކާދެކޮޅު ދަތުރުފަށަން… އެކަމަކު އަދި ފަށާނެ ދުވަހެއް ނުބުނޭ..” އަމްނާ ބުންޏެވެ.

ދުވަސްތައް މަސްތަކަކަށް، މަސްތައް އަހަރުތަކަށް ބަދަލުވަމުން ދިޔައެވެ. އަހަރެންގެ ގެވެސް ބައްޕަގެ ބުރަ މަސައްކަތުން ހަދާ ނިމިއްޖެއެވެ. އަހަރެން ސްކޫލަށް ނުގޮސް ހުއްޓާލުމުން އެޚަރަދުންވެސް ބައްޕަމެން ސަލާމަށްވިއެވެ. ނަމަވެސް އެމީހުން އަހަރެންނަށް ޚަރަދުކުރަން ޖެހޭތީކަންބޮޑުވީކީއެއް ނޫނެވެ. އަހަރެން މިހާވަރުކުރީ އަހަރެން ބޭނުންވި އެއްވެސް އެއްޗެއް އުނިކޮށްގެންނެއް ނޫނެވެ. އަހަރެންނަށް އެކަން ނުވިސްނެނީއެވެ. މިއަދު އަހަރެންގެ ފަރާތުން އެމީހުންނަށް އެހީތެރިކަން ބޭނުންވި ދުވަހު އަހަރެން މިއުޅެނީ ދުރަށް ދާށެވެ. ގޭގެ މަސައްކަތް ނިމުމުން ބައްޕަ އަނެއްކާވެސް މަހަށް ފުރަންދާން އުޅުނެވެ. ބައްޕަގެ މިހާރު ބަލިހާލަތު ހުންނަގޮތުން މަންމަ، ބައްޕަ ފޮނުވަންވެސް ދެކޮޅު ހެދިއެވެ. ނަމަވެސް ގޭގެ ކަންތައް ބެލުމަށްޓަކައި އިތުރު ގޮތެއް ނެތުމުން ބައްޕަ ބޭނުންވީ ދާށެވެ. ” ސަމީރު..މިފަހަރު ބައްޕައާ އެއްކޮށް މަހަށް ދާންވީއެއްނު.. ” ބައްޕަ ބުންޏެވެ. “އަހަރެން ދާ ހިތެއް ނުވޭ…ކޮންއިރަކުން ފުރުން އޮތީ..” އަހަރެން އަހާލީމެވެ. ” މާދަމާ ފަތިހު.. ދަރިފުޅު މިހާރު އެއްވެސް ކަމެއް ނެތިފައެއްނު ތިހުރީ… ބައްޕަޔާ އެކު ދިޔުމުން ފޫހިވެސް ފިލާނެއެއްނު..” ބައްޕަ ބުންޏެވެ. އަހަރެން ބައްޕައާ އެކު ދާން ބޭނުން ނުވަނީއެއް ނޫނެވެ. ނަމަވެސް އަމްނާ  ދޫކޮށްލާފައި ދާން ބޭނުން ނުވާތީ ދާން ބޭނުން ނުވާވާހަކަ ބުނީއެވެ. ބައްޕަ ބުނި ގޮތުން މިފަހަރު ދަނީ ހަފްތާއަކަށެވެ. މަސް ބޭނުނިއްޔާ އަބަދުވެސް އެންމެ ކައިރީ އޮންނަރަށަކަށް މަސްވިއްކަނީއެވެ. އަހަރެން ދަތުރުދާން އެއްބަސްވީމެވެ. ނަމަވެސް އަހަރެންނަށް ނޭނގުނުކަމީ އަހަރެންނަށް އިތުރު އިމްތިހާނެއް ކުރިމަތިވާން އުޅޭކަމެވެ.

ދޯނި ފުރަންދެން މަންމަ ބަލަހައްޓައިގެން ހުއްޓެވެ. މަންމަ މިހާރު ކުރިން އަހަރެންނާ ވާހަކަ ދައްކާހެން ވާހަކަ ދައްކައެއް ނޫޅެއެވެ. މަންމަގެ އާދޭސްތަކަށް އަހަރެން ދެމުން އައި ބީރު ކަންފަތުގެ ސަބަބުން މަންމަ އިތުރަށް ވާހަކަ ނުދައްކަނީއެވެ. ބުނަން މަޖުބޫރުވެއްޖެ އެއްޗެއް ނޫނީ މަންމަ ނުބުނެއެވެ. ދޯނި ރަށާ މާ ދުރަށް ނުދެވެނީސް ދޮށި ރަގަޅު ކުރަން ހުރި ބައްޕައަށް ގޮތެއްވާން ފެށިއެވެ. ބައްޕަ ކުއްލިއަކަށް އޯކާ ދެމެން ފެށިއެވެ. ” ވަލީދު މި ފަހަރުވެސް ތިކަމާއިގެން ޑޮކްޓަރަށް ނުދަންދޯ؟…” އާދަމްބެ ބުންޏެވެ. ބައްޕައަށް ހޮޑުލެވުނެވެ. ހޮޑާއެކު ލޭވެސް އައެވެ. ބައްޕަ ވަރަށް ބަލިވައްތަރަކަށް އަހަރެންނަށް ބަލައިލިއެވެ. އެއަށްފަހު މޫނު ދޮވެލައިގެން އިށީނެވެ. ” ދަރިފުޅާ ބައްޕަ ދުނިޔޭގައި ނެތަސް މަންމައަށް އަޅާލާ އޯގާތެރިވާތި… މިހާރުވެސް މަންމަ ވަރަށް ހިތާމަ ކުރޭ…އެއްކޮޅުން ބައްޕަ ބަލިކަށިވުން..އަނެއްކޮޅުން ދަރިފުޅުގެ ތި އުޅުމުގެ ސަބަބުން.. ބައްޕަ ދެން މާގިނަ ދުވަހަކު ދުނިޔޭގައި ހުންނާނެ ކަމެއްވެސް ނޭގެ..” ބައްޕަ ބުންޏެވެ. ބައްޕަ އަނެއްކާވެސް ކެއްސާލިއެވެ. މި ފަހަރު ބައްޕަ ވެއްޓެން ދިޔައެވެ. ދޯނީގެ އަރި މަތީގައި ހުރުމުން ބައްޕަ ދިޔަގަނޑަށް ނުވެއްޓުނީވެސް ކިރިޔާއެވެ. އަހަރެންނަށް ހިފަހައްޓާލެވުނީ ބައްޕަގެ ގަމީހުގައެވެ. ދޯނީގައި ތިބި މީހުންވެސް އައިސް ބައްޕަ ގައިގައި ހިފަހައްޓާލިއެވެ. ވަގުތުން ދޯނި އަނބުރާލާފައި ރަށަށް އައެވެ. ބައްޕަ ވަގުތުން ސިއްޚީ މަރުކަޒަށް ގެންދެވުނެވެ.

މާ ގިނަ ފަރުވާތަކެއް ކުރެވެން ނެތުމުން ބައްޕަ ހޭޖެހޭ ގޮތެއް ނުވިއެވެ. ނަމަވެސް ބައްޕަ ނޭވާ ލާކަން އެނގެއެވެ. މަންމަ އެންމެ ފަހަރަކުވެސް ބައްޕަ ކައިރިން ދުރަކަށް ނުދެވެއެވެ. އަހަރެންނަށް އެގަޑީގައިވެސް ބަލައިލެވެނީ އަމްނާ އާދޭ ތޯއެވެ. މަންމަ ބައްޕަގެ އަތުގައި ހިފައިގެން އިރުއިރުކޮޅުން ލޯ ފޮހެލަމުން ދިއެވެ. މަންމަގެ ހިތްހަމަ ޖައްސައިލަ ދިނުމަށްޓައި ބުނާނެ އެއްޗެއް އަހަރެންނަކަށް ނުވިސްނެއެވެ. އަނެއްކޮޅުން އެކަމަކާ މެދު މާ ބޮޑު ވިސްނުމެއްވެސް އަހަރެންގެ ނެތެވެ. ބައްޕަ ސިއްޚީ މަރުކަޒަށް ގެނެސް އޮންނަތާ މިހާރު ފަސްގަޑިއިރުވީއެވެ. އަމްނާ ވަދެގެން އަންނަތަން އަހަރެންނަށް ފެނުނެވެ. ” ސަމީރު.. އެމީހުން އެބަތިބި މަގުގައި އާދެބާ..” އަމްނާ ބުންޏެވެ. އެންމެ ފަހަރަކުވެސް ބައްޕަ އޮތީ ކިހިނެއްތޯވެސް ހާލުވެސް އަހާނުލައެވެ. ” ބައްޕަ މިހެން އޮއްވާ ކިހިނެއް ދެވޭނީ..” އަހަރެން ބުނީމެވެ. ” މަންމަ ތިހުރީއެއް ނޫ…އެހެން ނޫނަސް ތީ މިހާރު ވަޅުލާންވެސް ތައްޔާރަށް ތިބި ބައެއް…އެމީހުންނާއިގެން އަބަދު އުޅެގެން ވަކި ވާނެ ފައިދާއެއް ނޯންނާނެ” އަމްނާ ބުންޏެވެ. އަޅެފަހެ އަހަރެން ދެލޯ އަނދިރީހެއްޔެވެ. އަހަރެންނަށް ނުވިސްނެނީ ކީއްވެހެއްޔެވެ. އެތަނުން އެކަކީ ނުވަމަސް ވަންދެން ބަނޑުގަ އަހަރެންބާއްވައިގެން ވިހެ އެ ހަށިގަނޑުން ލޭ ބޯންދީގެން އަހަރެންގެ ހިތުގައި ނުޖައްސައި ބޭނުން ހުރިހާ ކަމެއް ކޮށްދީގެން ބަލައި ބޮޑުކުރި މައިމީހާއެވެ. އެނދުގައި މިއަދު ދެލޯ ނުހުޅުވި އޮތީ އެތައް ދަލެއް އޮހޮރުވައިގެން ރެއާ ދުވާލު އައްވާ ވާރޭގަ އަހަރެންނަށް ހުރިހާ އުފަލެއް ހޯދައިދޭން މަސައްކަތް ކުރަމުން އައި އަހަރެން މިދުނިޔެއަށް ގެންނަން މަސައްކަތް ކުރި އަހަރެންގެ ބައްޕައެވެ. އަހަރެން އަމްނާގެ ބަހަށް ހެއްލެންވީ ކީއްވެ ހެއްޔެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ތިން ލަފްޒުން (9)

Next

ވާނަން އުމުރަށް – 01 –

Next
November 1, 2020

ވާނަން އުމުރަށް – 01 –

Previews
October 31, 2020

ތިން ލަފްޒުން (9)

2 Comments!

  1. thiththaa says:
    November 1, 2020 at 12:49 pm

    Masha allah kudhu mibaives varaha reethi ♥️♥️???

    1. kudhoo says:
      November 1, 2020 at 7:21 pm

      ?? Thank you thiththaaa???

Comments are closed.

Next Episodeހިތި ނިމުން 13←


All Right Reserved!