Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންދީނީލޯބި

ހިތި ނިމުން 7

kudhoo Level 310 Stories100 Comments
October 21, 2020 4 Mins Read
10 Comments

ކޮންމެއަކަސް އަހަރެންގެ ހިތްބިރުގަންނަން ފެށިއެވެ. އަހަރެންނަށް ހީވީ ނަމާދު ނުކުރެވުމުގެ ސަބަބުން ވާގޮތެއްހެންނެވެ. ލޮލުފިޔައެއްވެސް ޖަހާނުލާ އަހަރެން ބޭރަށް ބަލަހައްޓައިގެން ހުރީމެވެ. ބަދިގެ ތެރޭގައި ބޮއްކެއް ހުއްޓަސް ބޭރު އަނދިރި ކަމުން އެއްޗެއް އައިސް އަހަރެން ކާލިޔަސް ނޭނގޭނެއެވެ. އަހަރެން އެހެން ބަލަހައްޓައިގެން ހުއްޓާ ކަންފަތް ފަޅައިގެންދާވަރުގެ އަޑަކާއެކު ކުރިމައްޗަށް އެއްޗެއް ފުންމާލައިފިއެވެ. އަހަރެންގެ އަތުގައި ކާއެއްޗިހި އަޅަން ހުރި ތަށިވެސް ސިއްސައިގެން ދިޔުމުން ދޫވިއެވެ. އޭރު ތައްޓައް އެޅި ބަތް ހުރީ އަހަރެންގެ ގަޔަށް އެޅިފައެވެ. އަހަރެންގެ މޭގަނޑު އޭރުވެސް ނެގިނެގިފައި ޖެހެއެވެ. އަހަރެންގެ ކަންތައް އަންހެންކުއްޖަކަށް ވުރެން ނުބައި ނޫންހެއްޔެވެ.

***************************************

މިހުރިހާއިރު އަހަރެންނާ މިގޮތަށް ދިމާކޮށް ސަމާސާ ކުރުމުގައި މިއުޅުނީ އަމްނާއެވެ. އަމްނާއަށް ވެސް އަހަރެންގެ ހުރި ފިޑިކަން މިހާރު ފެންނާނެއެވެ. އަމްނާ ބިނދިބިންދިފައި ހެނީއެވެ. ހުނުންގަނޑު މަތަ ނުވެގެންގޮސް އެންމެ ފަހުން އޭނަ ގޮނޑިއަށް ތިރިވިއެވެ.  އޭރު އަމްނާ ކުޑަސޯޓްކޮޅަކާ މަތިކޮޅެއް ލައިގެން އައިސް ހުއްޓެވެ. ޔަގީނުންވެސް އޭނަ ހުރިގޮތް ފެނުނު މީހަކުވެސް ލަދުގަންނާނެއެވެ. ” ހާދަ ބިރެކޭ ތިގަތީ…ހީކުރީ ސަމީރު ނަގަން އެއްޗެއް އައިސްގެން އުޅެނީހެން..” ހެވޭ ވަރުން އަމްނާއަށް ވާހަކަ ދެއްކުނީވެސް ވަރަށް އުނދަގުލުންނެވެ. އެއީ އަމްނާ ނޫން އެހެން މީހަކު ކުރި ކަމެއްނަމަ އަހަރެންގެ ގާތަށް އިންތިހާއަށް ރުޅިއައީސްކަން ކަށަވަރެވެ. ނަމަވެސް އިރުކޮޅެއްކޮށްފަ އަހަރެންނަށް ވެސް ހެވެން ފެށުނެވެ. އަހަރެން އަލުން ތަށި ނަގައިގެން ކާއެއްޗިހި އަޅަން ފެށީމެވެ.

” ނޭނގޭނެއެއްނު…މިއޮތް ދަންވަރު އަމްނާ ހޭލާ ހުރެދާނެ ކަމަކަށް… މަ ހީކުރީ މިތާގަ ވަރަށް ގިނައިން ބުޅާ ކޯޅޭނެ..  މަށަށް އަޑުއިވިފަ އޮންނަގޮތުން އެމީހުން ކޯޅޭއިރު ކައިރިއަށް މީހަކު ގޮސްފިއްޔާ ދައިގަންނާނެ..” ކޮންމެވެސް ވަރަށް އަހަރެންގެ ސިހުން ފިލައިގެން ދިޔުމުން ބުނީމެވެ. ” އެކަމަކު ބުޅާ ކޯޅުނު އަޑެއް ނާހަމެއްނު…ތީ ދެން ބިރު ނުގަންނަ ކަމަށް ހެދެންވެގެން… ފިޑި ނުވާންވެގެން..” އަމްނާ އަހަރެންނާ ދިމާކޮށްލިއެވެ. ” ކީއްވެ މިހާ ދަންވަންދެން ހޭލާ ތިހުރީ..” މައުޟޫ ބަދަލުކޮށްލުމުގެ ގޮތުން އަހަރެން އަހާލީމެވެ. ” އަހަރެންމީ ރޭގަނޑު އެހާ އަވަހަށް ނިދޭ މީހެއްނޫން..މިކޮޅަށް އައި ފަހުންވެސް އެންމެން ނިދުނީމަ އަހަރެން އޮންނަނީ އައިސް ބޭރު ޖޯލީގަ.. މިރޭ ސަމީރު ނިކުމެގެން ތިއައީވެސް އަހަރެން ޖޯލީގައި އޮއްވާ.. މަޑުނުކޮށް އައިމަ އެނގިއްޖެ އަހަރެން އޮތްކަން ނޭނގިކަން ތިއައީ.. އެހެންވެ ލަނޑެއްދޭން ހިތައް އެރީ…” އަމްނާ ބުންޏެވެ. އަދިވެސް އަމްނާއަށް އެއްކޮށް ހުނުން މަތަކޮށް ނުލެވެއެވެ.

” ހާދަ ލަހަކުން ކާން ތިނިކުތީ..މަންމަ ހުރި ވަރަށް ގިނައިރުވަންދެން ބޭރު ޖޯލީގަ.. މަ ބުނިން މަންމަ ކައިރީ ސަމީރުއަށް ގޮވަން…އެކަމަކު ބަހެއް ނުކި.. މަށަށް ހީވަނީ މަދެކެ ވަރަށް ރުޅިއައިސްފަ ހުރިހެން..” ކަންބޮޑުވެފައިވާ ރާގެއްގައި އަމްނާ ބުންޏެވެ. ” އަޅާނުލާ..އެއީ ރުޅިއައިސްފައެއް ނޫން.. މަންމަ ހިތްހަމަ ނުޖެހުނީމަ ..” އަހަރެން ބުނެލީމެވެ. އަމްނާއައިސް އަހަރެންގެ ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. ” އަމްނާ ނިދަންވެސް ނޫޅެންތަ..” އަހަރެން އަހާލީމެވެ. ” ކިހިނެއް ނިދާނީ.. ސަމީރު ނުފެނި ނިދަން އޮންނާކަށް ބޭނުމެއް ނުވި..” އަމްނާ ބުންޏެވެ. ދުރުން ނަމަވެސް އަމްނާ ބޭނުންވާގޮތް އަހަރެންނަށް އަންގަމުން ދިޔައެވެ. ” އެ ކީއްވެ އަހަރެން ނުފެނުމުން އަމްނާއަށް ނުނިދެންވީ… އަހަރެން މީ އެހާ ޚާއްސަ މީހަކީ ތަ..” އަހަރެން އަހާލީމެވެ. ” ޚާއްސަ ވީމައެއް ނޫންތަ މިހެން ބުނާނީ… އަހަރެންގެ ހަޔާތަކަށް އަދި ނާދޭ އަހަރެން ތިހާ ހިތްހަމަޖެހޭ ސޫރައެއް..” އަމްނާ ބުންޏެވެ. ” ކޮބާ ތީގެ މާނައަކީ؟.. ތީގެ މާނައަކީ އަމްނާ ކުރިން ކުދިންނާ ރައްޓެހިވެގެން އުޅުނީމޭ ތަ؟..” އަހަރެން އަހާލީމެވެ. ” އެހެނެއް ނުބުނަމެއްނޫންތަ.. ދެން އެވާހަކަ ބާއްވަމާ…އެއްވެސް މީހެއްގެ މާޒީއަކީ ބަދަލުކުރެވޭނެ ކަމެއް ނޫން..” އަމްނާ ބުނި ބަހުގެ ފަހަތުގައި ފޮރުވިފައިވާކަމެއް އޮތްހެން ހީވެއެވެ. ނަމަވެސް އިތުރަކަށް އަހަރެން ސުވާލެއް ނުކުރަމެވެ. ” ހިނގާ މިރޭ ފަތިހު ނިކުންނަމާ..” އަމްނާ ބުންޏެވެ.

” އަމްނާއަށް ފަތިހު ތެދުވެވޭނެތަ؟.. ” އަހަރެންނަށް ޔަގީންކަމެއް ނެތުމުން އަހާލީމެވެ. ” އަހަރެން ހޭ ނާރަންޏާ ސަމީރު އަހަރެންނަށް ގޮވާތި..” އަމްނާ ބުންޏެވެ. ” ނޫން.. ތިކަމެއް ނުވާނެ… ތިހާ ދާހިއްވަންޏާ އަމިއްލައަށް ތެދުވަން ވާނެ.. އަހަރެންނަކަށް އަމްނާއަށް ގޮވާށޭ ކިޔާފަ ތި ކޮޓަރިއަކަށް ނުވަދެވޭނެ..” އަހަރެން ބުނެލީމެވެ. ކައިނިމިގެން އަހަރެން އަތުން ވެއްޓުނު އެއްޗިހި ނަގަން ހުރިއިރުވެސް އަމްނާ ހުރީ ގޮނޑީގައި އިށީދެލައިގެންނެވެ. ” ތީ ކޮންކަމެއް؟.. މަންމަ ހެނދުނު ވަނދެ  ތިކަން ކޮށްފާނެއެއްނު… ސަމީރު މިހާރު ހީވަނީ ގޭގެ ނޯކިރީހެން..” އަހަރެން އަމްނާ ބުނި އެއްޗަކަށް އަޅައި ނުލާ އެތަން ސާފުކޮށްލީމެވެ. އަހަރެމެންނަށް އެތެރެއަށް ވަދެވުނުއިރު ދޭއްވެސް ޖަހާފިއެވެ.

ފަތިހު ފަތިސްނަމާދަށްވެސް އަހަރެންނަކަށް ހޭނުލެވެއެވެ. އެކަމުގެ ސަބަބުން މީހާގެ ގައިގައި ބަލިކަމާ ލޮޑުކަމެއް ހުއްޓެވެ. މިހުރިހާ ދުވަހު އަހަރެންނަށް އިހުސާސް ކުރެވިފައި ނުވާ ލޮޑުކަމަކާ ކަންނެތް ކަމަކުން އަހަރެންގެ މުޅިހަށިގަނޑު ވަށަލައިފިއެވެ. މަންމަމެން ބުނަނީ ތެދެއްކަން މިހާރު އަހަރެންނަށް އެބަ އިޙުސާސް ކުރެވެއެވެ. ނަމާދާ ދުރުވާވަރަކަށް އަހަރެންގެ މުޅި ދުނިޔެވެސް ބަދަލުވަމުން އާދެއެވެ. ހިތްހަމަޖެހުމެއް ހިތައް ނުލިބެއެވެ.  މަންމަ އަބަދުވެސް އަހަރެންނަށް ދޭނަޞޭހަތެއްވެއެވެ. ފަތިސްނަމާދު ޖަމާއަތުގައި ކުރުމަށެވެ. އެއީ މުއުމިނުންނަށް ބަރަކާތް ޙާސިލްވާނެ މަގެއްކަމުގައެވެ. އަދި އެކަމުން ބޮޑު ކާމިޔާބެއް ލިބޭނެކަމުގައެވެ. އަދި ހެނދުނުގެ ވަގުތުގައި އެކަމުން ބަރަކާތް ޙާސިލްވާނެކަމުގައެވެ. ނަމަވެސް އަހަރެންނަށް އިޙުސާސްވަނީ އަހަރެން މިއުޅެނީ އުފަލުގައި ހެންނެވެ. ހެނދުނު ދިހައެއްވެސް ޖެހިފަހުން އަހަރެން ތެދުވެގެން ބޭރަށް ނިކުތީމެވެ. އޭރު ބައްޕަޔާ ހަލީލްބެ ބޭރު ޖޯލީގައި ވާހަކަ ދައްކަން ތިއްބެވެ. ކައްކާ ބަދިގެއިން ދުން އަރަމުންދާތީ މަންމަ ހުރީ ބަދިގޭގައި ކައްކަން ކަންވެސް އެނގުނެވެ.

” މިއަދު ފަތިސް ނަމާދަށް ނުދާ ދުވަހަކީތަ؟..” ބައްޕަ އަހާލިއެވެ. ” އާނ! ބައްޕާ ހޭ ނޭރި…ވަރަށް ލަހުން ނިދުނީ..” އަހަރެން ބުނީމެވެ. ” ދެން މިހާރު ނަމާދުކޮށްފިންތަ؟..” ހޭ އެރިއިރަކުން ފަތިސްނަމާދު ކުރަން ޖެހޭކަމީ އަހަރެންނަށް އޮޅިފައިވާ ކަމެއް ނޫނެވެ. ނަމަވެސް އަހަރެން މިވަގުތު ކުރަން ބޭނުން ނުވީމަ ނިކުތީއެވެ. ނަމަވެސް ބައްޕަ ކައިރީހަދަން ޖެހޭ ފުރަތަމަ ދޮގާ ކުރިމަތިލީމެވެ. އަހަރެންނަށް ނޭނގުނުކަމީ އަހަރެންގެ މައިންބަފައިންނަށް ނުވި ވަފާތެރިކަމެއް އަހަރެންނަށް އެހެންމީހަކަށްވެސް ނުވެވޭނެކަމެވެ. އަހަރެންގެ ހިތުން މައިންބަފައިންނަށް އޮޅުވައިލެވިދާނެއެވެ. ނަމަވެސް އަހަރެން ހެއްދެވިފަރާތަށް އޮޅުވައިލެވިދާނެ ހެއްޔެވެ.؟.. ނޫނެކެވެ. އަހަރެން މިހަދާ ދޮގުތައް ފޫބެއްދުމަށްޓަކައި އަދި އިތުރަށްވެސް ދޮގު ހަދަންޖެހޭނެއެވެ. އެއީ ހަމައެކަނި އަހަރެންގެ މައިންބަފައިންނަކަށް ނޫނެވެ. އަހަރެންދެކެ ހަޤީގީ ލޯބިވާ އެންމެން ކައިރީވެސް އެވެ.

” ދެން.. ބައްޕަޔަށް އެނގެއެއްނޫންތަ..އަހަރެން ކުރާނެކަން..” ވަރަށް މަތި އޮމާންކޮށް އަހަރެން ބުނެލީމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްވެސް މެދުވެރިއަކާއި ނުލާ ފަރުޟު ކުރެއްވި ހަމައެކަނި އަޅުކަމަށް އަހަރެން މިހާ ފަރުވާކުޑަކޮށް މިފަދަ ބަހެއްބުނަން ކެރުނީތީވެސް އަޖައިބު ނުވާނެހެއްޔަވެ. ބިރުވެތިވުމުގެ ކަންފުޅެއްވެސް އަހަރެންގެ ނެތީހެއްޔެވެ.  އަހަރެން ބަދިގެއަށް ވަންނަން ދިޔައިރު މެންދުރަށް ކައްކަން މަންމަ ކައްކާ ބަދިގޭގައި ހުއްޓެވެ. އަހަރެން ކެއުމަށްޓަކައި ހަމަޖައްސައިފައި ހުންނަ ބަދިގެއަށްވަނީމެވެ. މަންމަ ހުރީ މޭޒުމައްޗަށް ސައިހޯދައިފައެވެ. އިތުރު ކަމަކަށް ވިސްނާލުމެއްވެސް ނެތި އަހަރެން ސަޔަށް އިންސާފުކުރަން ފެށީމެވެ. މަންމަ ބަހެއް ނުކިޔާތީ އަހަރެން ކަންބޮޑުވާ ހެނެއް ހިޔެއް ނުވެއެވެ. ނޫނެކެވެ. އެހެން ހިތައް އަރައެވެ. ނަމަވެސް އަމްނާ ބުނިފަދައިން މަންމަޔަށް އާދޭސް ކުރަން ހަދަންޏާ ދުވަހަކުވެސް އަހަރެން ބޮޑެއް ނުވާނެއެވެ. އެހެންކަމުން ކެއްކޮށްލައިގެން ހުންނަނީއެވެ.

ސައިބޮއި ނިމުމުން އަހަރެން އައިސް އަށީގައި އިށީނީމެވެ. އޭރު ބައްޕައާ ހަލީލްބެ ވަރަށް މަޑުން ސީރިއެސް ވާހަކައެއް ދައްކަމުން ދިޔައެވެ. ” ވަލީދު! މޫނިސާއަށް ކިހިނެއްވެފަތަ މިއަދު އިނީ..؟.” ހަލީލްބެ ބައްޕަ ކުރެން އަހާލި އަޑުއިވުނެވެ. ” ވީ ގޮތެއް ނޭނގެ…ވަރަށް ސުވާލުކޮށްފިން..އެކަމަކު ޖަވާބެއް ނުދިން…އެހެންޏާ ކައްކަން އުދާފަ އެދުމުގެ ތެރެއިންވެސް ބޭރަށް ނިކުންނާނެ… އެކަމަކު މިއަދު އެތަނުން ނުނިކުމެގެން ދެފަހަރަކު ގޮވާވެސްފިން.. އެކަމަކު ބުނި ނިމުނީމައޭ ނިކުންނާނީ…” ބައްޕަ ބުންޏެވެ. ” ކަމަކާ ވަރަށް ބޮޑަށް ހިތްހަމަނުޖެހި ހުރިހެން ހީވަނީ..” ހަލީލްބެ ބުންޏެވެ. ” އާނ! މިފަހަކުންވެސް މޫނިސާ ނުހުންނަ ގޮތަކަށް މިތިން ދުވަހު އެއިނީ.. ހަލީލް މިރޭ ފަތިހު ފުރަން ޖެހެއެއްނު… ހިނގާ ފުރަންވާއިރަށް ފޮށިގަނޑުތަށް ބަންނަން…ރަށަށް ދާއިރު ޖެހޭނެއެއްނު.. ނަފީސާއަށް މިކޮޅުން ކާއްޓާ، މީ ބަނބުކެޔޮ މޫސުމެއް..އެހެންވީމަ ބަނބުކެޔޮ ކޮޅެއްވެސް ލިބޭނެ.. ހިނގާދަމާ ނިކުމެލަން..” ބައްޕަމެން ވާހަކަ ދައްކަމުން ނިކުމެގެން ދިޔައެވެ.

އަހަރެން އިންތިޒާރު ކުރަމުން އައީ އަމްނާ ނިކުންނާނެ އިރަކަށެވެ. އަށީގައި އޮށޯވެލައިގެން އެކި އަޑުއަޑު ލައްވަލައްވާ އޮތްވާ އަހަރެންގެ ރަޙުމަތްތެރިން ކުޅެނިމިގެން ގެއަށް އައިސްވަނެވެ. ” ސަމީރު މިއަދުވެސް ކުޅެން ނުދެވުނު…މަންމަ ބުނި ސަމީރު އަދިވެސް ހޭނުލައޭ..” ޒާހިދު ބުންޏެވެ. ” އާނ! ވަރަށް ލަހުން ހޭއެރީ..” އަހަރެން ބުނެލީމެވެ. ” ސަމީރު މިހާރު ހާދަ ފަރުވާ ކުޑަވެއްޖެއޭ…ތީ އަހަރެމެން އުޅެން ބޭނުންވި ގޮތެއްނޫނެއްނު.. އަހަރެންނަށް ހީވަނީ ސަމީރުއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެހެން…އެހެންޏާ ދުވަހަކުވެސް ނަމާދެއް ދޫކޮށްނުލާނެ…އެހާވަރަށް އަހަރެމެންނަށްވެސް ނަޞޭޙަތް ދޭނެ..” ރަޝީދު ވަރަށް ދެރަވެފައި ބުންޏެވެ. ” އަނ! އަހަރެމެންނަށް ނަމާދެއް ދޫކޮށްލެވުނަސް އެހާވަރު ކުރާނެ… އެކަމަކު އިއްޔެވެސް އަސުރުގަޑި ޖެހުނު އިރުވެސް ލޮލަކަށް ދައްކާ ނުލާ…އަނެއްކޮޅުން ހަސަންބެ ދޭ ނަޞޭހަތުގައި އަޑުއަހާލަންވެސް މަޑެއްކޮށް ނުލަން…ހަސަންބެއާ އެއްކޮށް ޤުރުއާން ކިޔަވާލަން ތިބެވުނީމާވެސް ހިތްހަމަޖެހޭ ވާހަކަ އެންމެ ގިނައިން ދައްކާނީވެސް ސަމީރު… މިއަދު ހަސަންބެއަށްވެސް މިކަންތައް ފާހަގަ ވެގެން ދައްކައިފި..” އުމައިރު ބުންޏެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ދޫކޮށްނުލާނަމޭ ކަލާ – 02

Next

އާޒީން 8

Next
October 21, 2020

އާޒީން 8

Previews
October 20, 2020

ދޫކޮށްނުލާނަމޭ ކަލާ – 02

10 Comments!

  1. Falak says:
    October 21, 2020 at 8:35 am

    Varah reethi…. Keep it up…. ❤️❤️❤️❤️❤️

    1. kudhoo says:
      October 21, 2020 at 8:50 am

      ?? Thank you Falak???

  2. Falak says:
    October 21, 2020 at 8:55 am

    Dear ge story thah varah reethi Falak ah… Sifakurunthah
    Reethi V ma….Keep going KUDHOOO… luv u.. take care.
    How many years u are…

    1. kudhoo says:
      October 21, 2020 at 1:29 pm

      ???Thank you falak??

  3. Nuzu says:
    October 21, 2020 at 11:35 am

    Masha Allah varah reethi ????????? waiting for next part ? keep it up

    1. kudhoo says:
      October 21, 2020 at 1:30 pm

      ???Thank you Nuzu???

  4. Thiththaaa? says:
    October 21, 2020 at 5:19 pm

    Masha allah kudhu ….. varah reethi mi baives

    1. kudhoo says:
      October 21, 2020 at 7:18 pm

      ???Thank you thiththaaa??

  5. Em says:
    October 22, 2020 at 5:38 pm

    Gondyga isheedhegen innaany. Hunnaaneekee noon. Endhuga onnaany. Hunnaaneekee noon. Mikahala thanthan ragalhu kolleema varah reethi vaane kiyaalaa iruves. Bolah undhagoovaa gotheh nuhunnaane eyrun

    1. kudhoo says:
      October 24, 2020 at 9:24 pm

      ??? Thank you Em??

Comments are closed.

Next Episodeހިތި ނިމުން 8←


All Right Reserved!