Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބީގެ ހައްގުގައި 18

Sh@_n@ Level 410 Stories100 Comments100 Login
September 30, 2020 5 Mins Read
10 Comments

އަހަރެންނަށް ސިހުން ލިބުނީ އިމްރާން އަހަރެންނަށް ގޮވާލުމުންނެވެ.

އަހަރެން އިމްރާންއަށް ބަލައިލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ.
” އީތަންއަށް ނިދިފަ އޮތީމަ” އިމްރާން އެހެން ބުނުމުން އަހަރެން ހިނިތުންވެލީމެވެ. އަދި މަޑުމަޑުން ތެދުވެ އީތަން އުރާލީމެވެ. އެއަށްފަހު ގެންގޮސް އެނދުގައި ބާއްވާލީމެވެ. އަދި އީތަންގެ ބޮލުގައި ފިރުމާލަމުން ކޮޓަރިން ނުކުތީމެވެ.އަހަރެންގެ ފަހަތުން އިމްރާންވެސް ނުކުތެވެ.

މުޅި ތަނަށް ވެރިވެފައިވަނީ ހަމަ ހިމޭން ކަމެވެ. އެ ހަމަ ހިމޭން ކަމުގައި ރޭގަނޑުގެ ކެއުން އިންސާފުކޮއް ނިންމާލި އިރު އެއްވެސް މީހަކު އަނގައިން ނުބުނެވެ. ކައި ނިމުމުން ތަށިތަށް ނެގުމުގައި އަހަރެން އުޅުނީމެވެ. އިރުކޮޅެއް ނުވެ މީހަކު ދޮރުގައި ޓަކި ޖެހުމުން އިމްރާން ގޮސް ދޮރު ހުޅުވާލިއެވެ. އެމީހަކީ އަހަރެން ދަންނަ މީހަކަށް ނުވުމުން އަހަރެން ކުރަންފެށި ކަންތަކާގެން އަހަރެން އުޅުނީމެވެ.

ހުރިހާ ކަމެއް ނިންމާލުމަށްފަހު އަހަރެން ބަދިގެއިން ނުކުމެ ސިޓިންގްރޫމަށް ދިޔައީ އެތާ އޮތް އަހަރެންގެ ފޯނު ބަލައެވެ. ދިޔައިރު އިމްރާންގެ ރައްޓެހި މީހާ އާ ދެމީހުން ވަރަށް އޮލަ ވާހަކައެއް ގައި ތިއްބެއެވެ. އަހަރެން ފެނުމުން އެމީހާ ހައިރާންވެފަ ބަލާލިއެވެ. އަދި އެއީ ކާކުތޯ އިމްރާންގެ ކައިރިން އަހާލިއެވެ. އިމްރާން އެއްޗެކޭ ބުނުމުގެ ކުރިން އަހަރެން ފޯނު ހިފައިގެން އެމީހާއަށް ހިނިތުންވެލުމަށްފަހު އަވަހަށް އެތަނުން ދިޔައީމެވެ.

” އެއީ އަހަރެންގެ ވާން އުޅޭ އަންހެނުން، ރީމް” އިމްރާންގެ އެ އަޑު ކަންފަތުގައި ޖެހުމުން ކޮޓަރިއަށް ވަދެ ވަދެ ހުރެފަ ވެސް އަހަރެންނަށް ހުއްޓެވުނެވެ. އަދި ދެލޯ ފެންކަޅިވިއެވެ.

” އެއީ ދެން ވަރަށް އެހެން ގޮތަކަށް ދިމާވި ކަމެއް، ހިނގާ ބޭރަށް ޖައްސާލަން” އިމްރާން އެހެން ބުނެ އެމީހާ ގޮވައިގެން ދިޔައެވެ. އަހަރެން ދެލޮލުން ފައިބަން ފެށި ކަރުނަތަށް ފުހެލަމުން ގޮސް އީތަންގެ ކައިރީގައި އޮށޯވެލީމެވެ. ހަމަ އެއާ އެކު މީގެ ހަމަސް ކުރީގެ ހަނދާންތަށް އަހަރެންގެ ލޯ ކުރިމަތީ އަނެއްކާވެސް ސިފަވާންފެށިއެވެ.

އަހަރެންގެ ފައި އެއްކޮށް ރަނގަޅު ވުމާއެކު އަހަރެމެން މާލެ ބަދަލުވީމެވެ.އަހަރެން އަހަރެންގެ އަމިއްލަ ގެއަށް ނުގޮސް ދިޔައީ އިމްރާންގެ ގެއަށެވެ. އެއީ އިމްރާންގެ މަންމަ ބޭނުންވި ގޮތެވެ. އިމްރާން މަންމަ އެދުނީ އިމްރާން މީހަކާ އިންނަންދެން އީތަން ބަލާ ދިނުމަށެވެ. އަހަަރެން އުފަލުން އެކަން ގަބޫލުކުރީ އީތަން އަކީ އަހަރެންގެ ދިރިއުޅުމުގެ އެއްބައި ކަމުގައި އިހްސާސް ވާތީއެވެ.

އީތަން އާ އެކު އަހަރެން ވަގުތު ހޭދަ ކުރަމުން ދިޔަވަރަކަށް އަޔާގެ ހަނދާންތަކުން މިހިތަށް ލިބޭ ވޭނާ ތަދު ދިޔައީ ކުޑަވަމުންނެވެ. އެހެން އުޅުމުގެ ސަބަބުން އަހަރެން އީތަންއާ ވަރަށް ގާތްވިއެވެ.އީތަންވެސް އަހަރެންނާ ނުލާ އިތުރު ކަމެއް ކުރާކަށް ބޭނުމެއް ނުވެއެވެ. އެއީ އަހަރެންގެ އުފަން ދަރިއަކަށް ނުވި އެއް ކަމަކު އަހަރެން އީތަންދެކެ އިންތިހާއަށް ލޯބިވެއެވެ. އަހަރެންގެ މޫނުމަތިން ފެންނަމުންދާ މި ކުޑަ ކުޑަ ހިނިތުންވުމަކީ ވެސް އެ މައުސޫމް އީތަން އަށްޓަކާ އަހަރެންވާ ހިނިތުންވުމެކެވެ.

އިމްރާންވެސް މިހާރު ވަގުތު ލިބޭ ވަރަކުން އީތަން އާ އެކު ވަގުުތު ހޭދަކުރަމުން ދެއެވެ. މަދުމަދުން ނަމަވެސް އިމްރާން އަހަރެންނާ ވާހަކަ ދައްކާ ހަދައެވެ. އެކަމާ އަހަރެން ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. އިމްރާން މަންމަގެ ބަލި ހާލަތު ހުރި ގޮތުން މުޅި ގޭގެ ޒިންމާވެސް އަހަރެން ދިޔައީ ނަގަމުންނެވެ. އީތަންގެ ކަންތަށް ކުރަމުން ގޭގެ ހުރިހާ ކަމެއް އަހަރެން ކުރަމުން ދިޔައީ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެންނެވެ.

އެއްދުވަހަކު އިމްރާންގެ މަންމަގެ މެޔަށް ތަދެއް އަރައިގެން އަހަރެން ހޮސްޕިޓަލަށް ދިޔައީ އީތަންވެސް ގޮވައިގެންނެެވެ. ދިޔައިރު އިމްރާންވެސް ވޯރޑްގައި ހުއްޓެވެ. އޭރު ކޮންމެސް ވަރަކަށް އިމްރާންގެ މަންމަގެ ހާލު ރަނގަޅެވެ. އިމްރާން ފެންފުޅިއަކަށް ބުނުމުން އިމްރާން އަތަށް އީތަން ދިނުމަށްފަހު އަހަރެން ނިކުތީ ފެން ފުޅިއެއް ހޯދާށެވެ.

ފެންފުޅި ހިފައިގެން އަންނަނިކޮށް އަހަރެން ކައްސާލައިގެން ވެއްޓެން ދިޔައެވެ. އެއާއެކު އަހަރެންނަށް ހަޅޭލަވައިގަނެ ދެލޯ މަރާލެވުނެވެ.އެހެންނަމަވެސް އަހަރެން ވެއްޓުމުގެ ކުރިން ބާރުގަދަ އަތަކުން އަހަރެންގެ އުނަގަނޑުގައި މީހަކު ހިފެހެއްޓިއެވެ. އެ ހިފެހެއްޓުމުން އަހަރެންނަށް ވަރަށް އަސަރުކުރިއެވެ. އެމީހާ ނުފެނުނެއް ކަމަކު އެ ބީހިލުން އަހަރެންނަކަށް ދުވަހަކުވެސް ނޯޅޭނެއެވެ. އެއީ ދެވަނަ ދެމީހެއް ނޫނެވެ. އަޔާއެވެ.

އަހަރެން ދެލޯ ހުޅުވާލާ ބަލާލީމެވެ. މާ ބޮޑު ތަފާތެއް ނަޔަސް އެއީ ހަމަ އަޔާއެވެ. ތަފާތަކީ މޫނުމަތީގައި ކުރިން ހުރި ތާޒާކަމުގެ ބަދަލުގައި މާޔޫސްކަން އެކުލެވިގެންވުމެވެ. އަޔާ ވެސް ހައިރާންވެފައި އަހަރެންނަށް ބަލަމުން ދިޔައެވެ.

ކުއްލިއަކަށް އަޔާގެ މޫނަށް ރުޅިވެރިކަން އައިސް އަހަރެން ދޫކޮއްލިއެވެ. އެއާއެކު އަހަރެން ވެއްޓުނީ ބިންމައްޗަށެވެ. ވީ ތަދުން އަހަރެންނަށް ރޮވުނެވެ. އަދި މަޑުމަޑުން ތެދުވެ އެތަނުން ދާން ހިނގައިގަތީމެވެ.

” ކަލޭ ހީކުރީ،ކަލޭ އަހަރެންނަށް ހެދި ގޮތް ހަނދާން ނައްތާލާ ކަލޭގެ ގައިގަ ފިރުމާނޭ ކަމަށްތަ، ދުވަހަކުވެސް ނުވާނެ، ކަލޭ ކަން އެނގުން ނަމަ ނުވެސް ހިފަހައްޓާނަން، ތި ކަަހަލަ މީހެއްކަން ކުރިން އެނގުންނަމަ ވައި ވެސް ނޭޅޭނަން، މިހާރު އަހަރެން މިއުޅެނީ ވަރަށް އުފަލުގަ،އަހަރެންނަށް ދުވަސްކޮޅަކުން ބައްޕަވެސް ކިޔާނެ” އަޔާގެ ކޮންމެ ޖުމްލައަކުން އަހަރެންގެ ހިތް ދިޔައީ ތޮރުފަމުންނެވެ. އަދި އެ އަޅާ ވޭނުން އަހަރެންގެ ހިތަށް ދިޔައީ ތަދުވަމުންނެވެ. ނުރޯން ކިތަންމެ ހިތްވަރު ކުރި ނަމަވެސް އަހަރެންނަށް ކަރުނަ ނުހިފެހެއްޓުނެވެ. ހޯސްލާފައި ކަރުނަ ފައިބައި ގަތެވެ.

” އަދި މީހުންގެ ސަމާލުކަން ހޯދަން އެބަ ރޮއެއްނު، އަހަރެންގެ ހިތުން ދުވަހަކުވެސް ރަހްމެއް ކަލެއަކަށް ނުލިބޭނެ، ރަނގަޅަށް ވިއްޔާ ކަލޭގެ ބައްޕަވެސް މަރުވީ ކަލޭގެ ތިޔަ އުޅޭ ބަޑި ދިރިއުޅުމުގެ ސަބަބުން ކެތް ނުވެގެން” އަޔާގެ ޖުމްލައިން އަހަރެންނަކަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. އަތް ދަމާ އަޔާގެ ކަންކަށިމަތީ ޖެހީމެވެ. އަހަރެންގެ އެ އަމަލުން އަޔާ ދިޔައީ ސިހިގެންނެވެ. އަދި ކޯތާފަތުގައި އަތް އުނގުޅާލިއެވެ.

” ތަދުވިދޯ، ހަމަ އެ ގޮތަށް އަހަރެންގެ ބައްޕައާ ބެހުނީމަ އަހަރެންނަށްވެސް ތަދުވޭ، ކިޔާ އެއްޗެއް މަށާ ދިމާލަށް ކިޔާ، އަދި ބުނަން، އަޔާ އަހަރެންނާ ދޭތެރޭ ކޮންމެ ގޮތަކަށް ދެކުނަސް އަހަރެންނަށް ހެޔޮ، އަހަރެން އަޔާދެކެ ވީ ލޯބީގެ ހައްގުގައި ވީ ގުރުބާނީއެއް ވަކި ކުޑައެއް ނުވާނެ، އެންމެ ކައިރީގައި އުޅޭ މީހުން އަޔާގެ ދިރިއުޅުން ހަލާކު ކުރި އިރުވެސް ނޭނގުން، ދެން މިވާހަކަ ދައްކައިގެން ވާނެ ފައިދާއެއްނެތް، އެކަމުވެސް ބުނަން، އަދިވެސް މިހިތުން ތި ލޯބި ފިލައިގެން ނުދޭ، ތިޔަ ހަނދާން ވާ ވަރުން އަހަރެންނަށް ދިރިއުޅުމަށްވެސް އުނދަގޫވެއްޖެ، އަޔާދެކެ ވީ ލޯބީގެ ބަދަލު އަހަރެންނަށް ވަރަށް ރަނގަޅަށް ލިބިއްޖެ، އަދި ބުނަން އަހަރެންވެސް މިއުޅެނީ ވަރަށް އުފަލުގަ، ދުވަހަކުވެސް ދެން ތި ސޫރަ ދެކޭކަށް ބޭނުމެއް ނޫން” އަހަރެން ހިތަށް އައި ހުރިހާ އެއްޗެއް ކިޔުމަށްފަހު އެތަނުން ދުވެފަ ދިޔައީމެވެ.

އަހަރެން ދުވެފަ ގޮސް ވަނީ ފާހާނާއަށެވެ.އަދި ދޮރު ލެއްޕުމަށްފަހު ދޮރުގައި ލެނގިލީމެވެ.އަދި އަނގަމަތީ އަތް އެޅީ ރޮއެ އަޑު މީހަކަށް އިވިދާނެތީއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އަހަރެން މޫނު ދޮވެލައިގެން ނިކުތީމެވެ. އަދި ވޯރޑާ ދިމާލަށް ދިޔައީމެވެ. ދިޔައިރު އިމްރާން އީތަން ގޮވައިގެން ނުކުންނަނީއެވެ. އަހަރެން ފެނުމާއެކު އިމްރާން އަހަރެންގެ މޫނަށް ވަރަށް ފަރުވާ ތެރިކަމާއެކު ބަލާލިއެވެ. އަދި މަންމަ އެބަ ގޮވާކަމަށް ބުނުމުން އަހަރެން އެތެރެއަށް ވަނީމެވެ.

އަހަރެން ވަނުމާއެކު އިމްރާންގެ މަންމަ ހިނިތުންވެލިއެވެ. އަހަރެންވެސް ގޮސް ހިނިތުންވެލަމުން އިށީނީމެވެ. އޭރު އިމްރާންވެސް އައިސް އިށީންނަނީއެވެ.

” ރީމް ކޮން އިރަކު ރީމްގެ ގެއަށް ބަދަލުވަނީ” އިމްރާންގެ މަންމަގެ ސުވާލުން އަހަރެންނަށް މޭރުންވީ އަހަރެން ނުގޮސްގެން އުޅެނީހެންނެވެ.
” ދެން…ދައްތަ ބުނީމަ ހަމަ ދާންވީ، ދައްތަ ބުނެގެން މި މަޑުވެސް ކުރީ، ވަރަށް މިސްވާނެ އީތަން މަތިން” އަހަރެން އިމްރާންގެ އުރުގައި އިން އީތަންއަށް ބަލާލަމުން ބުނެލީމެވެ.

“ދައްތަ ބޭނުމެއްނުވޭ ރީމް ދާކަށް، ދައްތަ ބުނާ ކަމެއް ކޮއްދީފާނަން” އިމްރާންގެ މަންމަ ވަރަށް އާދޭހާއެކު ބުނެލިއެވެ. އަހަރެން ބޮލުން އާ އެކޭ ބުނެލީމެވެ.
” ރީމް އަހަރެންގެ އިމްރާންއާ އިންނަން ވީނު” އިމްރާން މަންމަގެ ޖުމްލައިން އަހަރެން ހައިރާންވިއެވެ.އަދި އިމްރާންއާ ދިމާލަށް ބަލާލެވުނީ ގަބޫލު ނުކުރެވިފައެވެ.އިމްރާންވެސް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
” އެކަމަކު ދައްތާ، އަހަރެން…” އަހަރެން އިސްޖަހާލަމުން ބުނެލީމެވެ.

” ކިހިނެއްވީ، އިމްރާނާ އެކަށީގެން ނުވަނީތަ، ދައްތައަށް އެނގޭހާވެސް އެއްޗަކީ ރީމް ތި ބަލާހެން ކޮންމެ ކޮންމެ މީހަކަށް އީތަން ނުބެލޭނެކަން، ނުދަންނަ އެހެން މީހެއްގެ އަތްމައްޗަށް އަހަރެންގެ އީތަން ދޫކޮއްލަން ބޭނުމެއް ނޫން، މާދަމާވެސް ދައްތަ ލޯ މަރާލަން ޖެހިދާނެ،ދައްތައަށް އިތުބާރު ކުރެވޭ ހަމައެކަނި މީހަކީ ރީމް، ދައްތައަށް ޔަގީންކަން އޮވޭ އިމްރާންއާ އީތަން ރީމް ކައިރީގައި މާ އުފަލުގަ އުޅެވޭނެކަން” އިމްރާންގެ މަންމަ ލޮލުން ކަރުނަ ހިލުނެވެ. އަހަރެން ވަރަށް ފުންކޮށް މިއަދު ވީ ކަންތަކާ ވެސް ވިސްނާލީމެެވެ.

” މަންމާ، ތިކަހަލަ ވާހަކަ ނުދައްކަ ބަލަ” އިމްރާން ތެދުވަމުން ބުނެލިއެވެ.
” ރީމް ވިސްނާލަން ހަފްތާއެއް ދޭނަން” އިމްރާންގެ މަންމަ އިމްރާންގެ ވާހަކައަށް ސަމާލުކަން ނުދީ އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
” ވިސްނާކަށް ބޭނުމެއް ނޫން، އަހަރެން ގަބޫލު، ދައްތަ ބޭނުން އިރަކުން ކައިވެނީގެ ކަންތަށް ނިންމަންވީ، އެކަމަކު އަހަރެންގެ ވަރަށް ބޮޑު އެދުމެއް،އިމްރާންއަށް މަޖުބޫރު ނުކުރާތި،އިމްރާން ބޭނުން ވާ ނަަމަ ހަމަ ކައިވެނި ކުރަންވީ” އަހަރެންގެ ދިރިއުޅުމުގަ ހިނގާ ދިޔަ ހުރިހާ ކަމަކަށް އަހަރެން ވަރަށް ވިސްނުމަށް ފަހު އެހެން ބުނީމެވެ.

ހަގީގަތުގައި އަޔާގެ ހަނދާނުގައި ބޭކާރު ދުވަސްތަކެއް ހޭދަ ކުރަން އަހަރެން ބޭނުން ނުވާތީ އެހެން ބުނީއެވެ. އެއްކަމެއްގައި އަބަދު ރޮއެ އަހަރެންގެ ދިރިއުޅުން ހަލާކު ކުރަން ދެނެއް ބޭނުމެއް ނޫނެވެ.

އަހަރެން ސިހުނީ ދޮރުގައި ޓަކި ޖެހުމުންނެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފުހެލުމަށްފަހު ދޮރު ހުޅުވީމެވެ.
” ވާހަކައެއް ދައްކާލަން ވެގެން” ކުރިމަތީ ހުރި އިމްރާން ބުނެލިއެވެ.އަހަރެން ހިނިތުންވެލަމުން އިމްރާންގެ ފަހަތުން ދިޔައީމެވެ. އަދި ބެލްކަނީ ގޮނޑީގައި ދެމީހުން ތިބީމެވެ.

” ރީމް އަހަރެންނާ އިންނަން އެއްބަސްވީ ރީމް ބޭނުން ވެގެންތަ، މަންމަ އެހާ ވަރަށް ކީމަ އަހަރެންނަށްވެސް ނުކެރުން ދެކޮޅު ހަދާކަށް، އެއްކޮޅުން އަހަރެންވެސް ގަބޫލުކުރަން އަހަރެންގެ ދަރިފުޅަށް މަންމައެއްގެ ލޯބި އެންމެ ރަނގަޅަށް ދެވޭނީ ރީމްއަށް ކަން، އެކަމަކު ރީމް ބޭނުން ނުވަންޏާ މިހާރުވެސް އަހަރެން މިހުރީ ކެންސަލް ކުރަން” އިމްރާން ވާހަކައިން އަހަރެން އިމްރާންއަށް ބަލާލީމެވެ.

” އަހަރެން ހަމަ ބޭނުންވެގެން ބުނީ، މާޒީގަ ހިނގާފައި އޮތް ކަންތަކާ ވިސްނާ ދިރިއުޅުން ހަލާކު ކުރަންވީ ކީއްކުރަން” އަހަރެން ފުން ނޭވާއެއް ލަމުން ބުނެލީމެވެ.

” މިއަދު ހޮސްޕިޓަލް އިން ދިމާވީ ކުރީގެ ބިޓެއްތަ، ވަރަށް ލޯބިވޭ ދޯ” އިމްރާން ސަމާސާ ރާގަކަށް ބުނި ނަމަވެސް އެ ބުނުމުގައި މާޔޫސް ގޮތެއް ހުއްޓެވެ. އަދި އެދުވަހު ވީ ކަންތަށް އިމްރާންއަށް ފެނުނީކަން އެނގުނެވެ.އިމްރާންގެ އެ ޖުމްލައިން އަހަރެންގެ ދެލޯ ފެންކަޅިވިއެވެ.
” ހޫމް، ވަރަށް ލޯބިވޭ، އަދިވެސް، މިވީ ދެ އަހަރު ތެރޭގައި އެ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެ، އެކަމަކު ދެން ބޭނުންވަނީ އެ ހަނދާންތަށް އެއްކޮއް ނައްތާލަން” އަހަރެން އެ އިށީންދެ އިން ތަނުން ތެދުވަމުން ބުނެލީމެވެ.

އަދި އިމްރާންއަށް އަހަރެންގެ މާޒީ އެއްވެސް ފޮރުވުމެއްނެތި ކިޔާ ދިނީމެވެ.އަހަރެންގެ މާޒީ ކިޔާ ނިމުން އިރު އަހަރެންނަށް ގިސްލެވެ.
” ތިހުރިހާ ކަމެއް ހިނގި އިރުވެސް ރީމް ހާދަ ކެތް ގަދައޭ،ރީމް ހާދަ ލޯތްބެކޭ ތިވަނީ އަޔާޒްދެކެ، އެކަމަކު ބަލާލަ އިއްޔެވެސް ކަންތަށް ކުރި ގޮތް” އިމްރާން އަހަރެން ކައިރިއަށް އަންނަމުން ބުނެލިއެވެ.

” ހޫމް،އެކަމަކު މިހާރު ބޭނުންވަނީ އެ ސޮފްހާ ނިންމާލަން، ކައިވެނި ކުރެވުނަސް އަހަރެން ދުވަސްކޮޅެއް ބޭނުން، އަދި އިމްރާންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވޭ” އަހަރެން ލޮލުން ފޭބި ކަރުނަތަށް ފުހެލަމުން ބުނެލީމެވެ

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ޒާޔާ (ސައުރަތިރީސްވަނަ ބައި)

Next

ޒާޔާ (ފަންސަތިރީސްވަނަ ބައި)

Next
October 1, 2020

ޒާޔާ (ފަންސަތިރީސްވަނަ ބައި)

Previews
September 29, 2020

ޒާޔާ (ސައުރަތިރީސްވަނަ ބައި)

10 Comments!

  1. princess says:
    September 30, 2020 at 8:38 pm

    omg yeyyyy i am first dhww…… vrh reethi mi part vx sh@n@ ge stries hama best ingey….. keep it up sisooo ❤️❤️❤️❤️❤️❤️❤️❤️❤️????????

  2. Sh@_n@ says:
    September 30, 2020 at 8:45 pm

    Thank you so much princess♥️♥️❤️❤️♥️

  3. sama says:
    September 30, 2020 at 9:50 pm

    Vvvvvvv reethi
    hama habeys
    alhey e ayaazu gandah ehcheh visnanudhee nunimmaalahchey
    Vvvvvvv reethi
    when next

    1. Sh@_n@ says:
      October 1, 2020 at 7:13 am

      Thank you so much Sama♥️ adhi ayaaz ah visneyne

  4. Ram says:
    September 30, 2020 at 11:25 pm

    Maasha allah vvvv reethi ???????? ayaa mathin handaan netheynebaa?????

    1. Sh@_n@ says:
      October 1, 2020 at 8:33 am

      Thank you so much Ram. Hiyeh nuvey dhw ayaa mathin handhaan netheyne heneh, dhen vaagotheh balan thibemaa dhw

  5. Mee says:
    October 1, 2020 at 12:37 am

    Nikan reem imran aa marry kohfa thi ayaz gandah rangalhu filaavalheh dheebala.. story vrh reethi when next????

    1. Sh@_n@ says:
      October 1, 2020 at 8:34 am

      Aslu vess ayaz ah ragalhu filaavalheh dheyn v?.v ufaavehje story kamu dhiyaima♥️♥️

  6. ?Ril? says:
    October 1, 2020 at 12:04 pm

    Vrh Sali mi part ves
    Masha Allah
    Pis pis
    Mi ayaaz vss dhw
    Kamuge hageegah ingey dhuvahu vrh foori gadha vaane dhw hehe
    Waiting for the next part
    Love uu
    Stay safe

    1. Sh@_n@ says:
      October 1, 2020 at 1:32 pm

      Thank you so much Ril♥️.
      Aslu vess hageegai engey dhuvahun Hun naane foari❤️?

Comments are closed.

Next Episodeލޯބީގެ ހައްގުގައި 19←


All Right Reserved!