(ބާރަވަނަބައި)
“އެއީ…އަކިއަލްވެސް އަހަރެން ފަދައިން….” ޖުމްލައިގެ އެހާ ހިސާބަށް ގޮސް އަލްޔާ މެދުކަނޑާލިއެވެ.
“ހެހެ އެއްޗެކޭ ނޫން. ބޮލުގައި ރިއްސާތީ މިއުޅެނީ އަދިވެސް. މިދަނީ އަރާމުކޮށްލަން” އަލްޔާ ވާހަކަ ބަދަލުކޮށްލަން އުޅުނެވެ. އަކިއަލްއަށް އޭނާގެ ހިތުގައި ހާއްސަ ދަރަޖައެއް ދެވިފައިވާކަން ބުނަން ކިތަންމެ ބޭނުންވިއަސް ޖެހިލުންވެ ލަދުގަތުމުގެ ސަބަބުން ބުނަން ނުކެރުނީއެވެ. އަދި އަކިއަލްގެ ހެޔޮކަމުގެ ސަބަބުން އޭނާއަށް އެހެން މާނައެއް ނެގުނީކަމަށް ބަލައި އެވާހަކަ ބުނަން ފަސްޖެހި ބިރުގަތީއެވެ. އަކިއަލްގެ ނަޒަރު އަދިވެސް ހުއްޓިފައިވަނީ އަލްޔާއަށެވެ. އަކިއަލް އޭނާއާއި ދިމާލަށް އަދިވެސް ބަލަން ހުރީ ސުވާލުގެ ނަޒަރަކުންނެވެ. ދެމީހުން ހުރީ އެކަކު އަނެކަކާ ދިމާލަށް ކުރިމަތިލައިގެންނެވެ. އަކިއަލްގެ އެތޫނު ދެލޮލާއި ހަތަރުކަޅި ހަމަކުރުމަކީ އަލްޔާއަށް ފަސޭހަކަމެއް ނޫނެވެ. ދެމެދުގައި ހަމަހިމޭންކަމުގެ ސުކޫތެއް ވޭތުވެގެން ދިޔައިރު އަކިއަލް އެއްވެސް އެއްޗެއް ނުބުނެއެވެ. އެހެންކަމުން އަލްޔާ އެނބުރިލީ ކޮޓަރިއަށް ވަންނާށެވެ. އެހެންނަމަވެސް ކުއްލިއަކަށް ދޮރާ ދިމާލު ކުރިމަތީ ހުރަސްކޮށްލި އަކިއަލްގެ އަތް އެކަމަށް ފުރުސަތެއް ނުދިނެވެ. ހައިރާންކަމާއެކު އަލްޔާ އަކިއަލްގެ މޫނަށް ބަލާލިއެވެ. އަކިއަލް އޭނާގެ ކުރިމަތީ ހުއްޓިހުރި އިރު އެމޫނުން ހިސާބެއް މާޔޫސްކަމެއް އޭނާއަށް ފެނިގެން ދިޔައެވެ.
“އަލް… ޑޫ ޔޫ ލައިކް މީ؟”
” ތެދަށް ބުނެބަލަ. މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި އަހަރެންނަށްޓަކައި ތިހިތުގައި ކުޑަނަމަވެސް ޖާގައެއް ދެވިފައި ނުވޭތަ؟” ދެންވެސް އަލްޔާ އެއްޗެކޭ ނުބުންޏެވެ. އަލްޔާގެ ހިތުގައި ވީ އެއްޗެއް އެނގުނީބާއޭ އޭނާގެ ހިތަށް އެރިއެވެ. އަނެއްކާ އަކިއަލް އެކަމާ ރުޅި އައީބާއޭ؟ އެހެން ވެއްޖެނަމަ އޭނާ ވަރަށް ދެރަވާނެއެވެ. އެދެމެދުގައި އޮތް އެކުވެރިކަން ވެސް ގެއްލިދާނެ ކަމުގައި އަލްޔާގެ ހިތް ބުނަން ފެށިއެވެ. އަކިއަލްގެ އެސުވާލުން އޭނާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އެވަގުތު އޭނާއަކީ ކުށެއް ކުރެވިގެން ސުވާލުކުރަން ހާޒިރުކޮށްފައިވާ މީހެއްކަމުގައި އިހްސާސް ކުރެވިގެން ދިޔައެވެ. ކުރާނެ ކަމެއް ބުނާނެ އެއްޗެއް އޭނާގެ ދުލަކަށް ނައެވެ. އެއްވެސް ހަރަކާތެއް ނެތި ހުއްޓިފައި ހުރެވުނީއެވެ.
“އަލް..” އަނެއްކާވެސް އަކިއަލް އަލްޔާއަށް ގޮވާލިއެވެ. އަކިއަލްގެ އަޑު އިހުނަށްވުރެ މަޑުވެ އެއަޑުގައި ތަފާތު ގޮތެއް ހުއްޓެވެ. މިފަހަރު އަލްޔާ މިއޮތީ ބޭޒާރުވެފައެވެ. އަކިއަލްގެ ކުރިމަތިން ދުރަށް ދެވޭނެ ގޮތެއް ނެތުމުން އަލްޔާ އިސްޖަހާލުމަށްފަހު ލޯ މަރާލިއެވެ. ދެން އަކިއަލް ބުނާނީ އޭނާއާއި އެކުވެރިކަން ބާއްވަންވެސް ބޭނުމެއް ނެތޭބާވައެވެ. އެއަޑު އަހާކަށް މިވަގުތު އޭނާ ބޭނުމެއް ނޫނެވެ.
“އައި ޑޯންނޯ އަބައުޓް ޔޫ…. ބަޓް އައި… އައި ލައިކް ޔޫ އަލް… އައި ލައިކް ޔޫ އަ ލޮޓް…އަލް ފެނުނު ފުރަތަމަ ދުވަހުން ފެށިގެންވެސް ވަރަށް ގަޔާވި. އަހަރެންނަށް މިވީހާތަނަށް ބައްދަލުވި ހުރިހާ ކުދިންނާ އަލް ވަރަށް ތަފާތު. ނޭނގެ ކޮންއިރަކު ކިހިނެއް ކަމެއް އަލް މިހިތުގައި ރަނިކަން ކުރަން ފެށީ. އެހެންވެ އަލް ދެކެ ރުޅި އާދެވުނީވެސް. އައި ޑިޑިންޓް ވޯންޓު ފޭސް ދަ ޓްރޫތް. ބަދަލުގައި އަހަރެންނަށް ރުޅި އިސްކުރެވުނީ. އައި ލައިކް ޔޫ އަލްޔާ. އައި ރިއަލީ މެންޓް އިޓް. އަހަރެންނާ ރައްޓެހިވާނަންތަ؟”
އަކިއަލް ބުންލި ބަސްތަކުން އަލްޔާ ބަސް ހުއްޓިއްޖެއެވެ. އަތްފައި ފިނިވެ ހަށިގަނޑުން ވާގިދޫވާހެންވެސް ހީވިއެވެ. އަކިއަލްގެ ދުލުން އިވުނީ އޭނާ އުއްމީދުކުރި ބަސްތަކެއް ނޫނެވެ. “ހީ ލައިކްސް މީ؟” އޭނާއަށްވުރެ މާކުރިން އަކިއަލް އޭނާދެކެ ލޯބިވެއްޖެއެވެ. އަދި އެއްވެސް ކަމަކާ ނުލައި އަކިއަލް އޭނާދެކެ ރުޅި އައިސްގެންވެސް އުޅުނީ ހަމަ މި ސަބަބާ ހެދި ހެއްޔެވެ؟ އަލްޔާ އަވަސް އަވަހަށް އެސްފިޔަ ޖަހާލީ އޭނާއަށް މިފެންނަނީ ހުވަފެނެއް ނޫންތޯ ޔަގީން ކުރުމަށެވެ. ދުވަހަކުވެސް ކުއްޖަކާއި ރައްޓެހި ނުވާއިރު އަދި ކިޔެވުމަށްފަހު ނޫނީ އެފަދަ ކަމަކާއި ނުވިސްނަން ހުރި އަލްޔާއަށް އަކިއަލްގެ ސުވާލަށް ޖަވާބު ދިނުން ވީ އުނދަގޫ ކަމަކަށެވެ. އޭނާ އަކިއަލްދެކެ ލޯބިވެއެވެ. ގަޔާވެއެވެ. އެކަމަކު ރައްޓެހިވާން….
“އައެމް ވެއިޓިން ފޯ ޔުއާ އާންސާ.” އަކިއަލް އަލްޔާގެ ޖަވާބަކަށް އިންތިޒާރު ކުރަމުން ދިޔައެވެ.
” އަހަރެން އަދި ކިޔަވާ ނިންމާފަ ނޫނީ އެހާ އަވަހަށް ބޯއީ ފްރެންޑެއް ނަގާކަށް ވިސްނާފަކަ ނެތް”
“އޯކޭ އައި އަންޑަސްޓޭންޑް”
އަކިއަލްއަށް ވިސްނުނީ އަލްޔާ އޭނާދެކެ ލޯބިނުވާ ވާހަކަ ބުނި ކަމަށެވެ. އަނެއްކާވެސް އޭނާއަށް ކުށްހީއެއް ކުރެވުނީއެވެ. އަކިއަލް އަލްޔާއަށް ކޮޓަރިއަށް ވަނުމަށް ފުރުސަތު ދިނުމަށްޓަކައި ދޮރުގައި ހުރަސް ކުރެވިފައިވާ އޭނާގެ އަތް ނެގިއެވެ. އަދި އެތަނުން ދާން ހިނގައިގަތެވެ.
އަލްޔާގެ ހިތުގައި މިވަގުތުވަނީ ބޮޑު ހައިޖާނުގަނޑެއް އުފެދިފައެވެ. އޭނާގެ ދެއަތް މޮޑެމުން ދިޔައިރު ތިރީ ތުންފަތުގައިވަނީ ދަތް އެޅިފައެވެ. އޭނާގެ ކުރިމަތިން އަކިއަލް ދާ މަންޒަރު ބަލަން ހުރިއިރު ހިތުން އަމިއްލަ ނަފްސަށް އެއްޗިހި ގޮވަމުން ދިޔައެވެ. އޭރު އޭނާގެ ދެލޯ ވަނީ ފެންކަޅި ވެފައެވެ. އަކިއަލް އެހުމުން އޭނާ ލޯބިވާ ވާހަކަ ނުބުނެވުމުން އަމިއަލް ނަފްސް ކުށްވެރި ކުރަމުން ދިޔައެވެ. ކޮންމެ ގޮތެއްވިޔަސް އަލްޔާގެ ހަޔާތުން އަކިއަލް ގެއްލޭކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާވެސް އަކިއަލްދެކެ ލޯބިވާ ވާހަކަ ބޭނުންވިއެވެ. އިތުރަށް ވިސްނުމެއްނެތި ދުވެފައި ގޮސް އަކިއަލްގެ އަތުގައި ދެއަތުން ހިފަހައްޓާލިއެވެ. ހައިރާންކަމާއެކު އަކިއަލް އަލްޔާއަށް ބަލާލިއެވެ.
“މިބުނީ އަކިއަލްދެކެ ލައިކް ނުވާވާހަކައެއް ނޫން.” ހިތް އަވަސްވެފައިވީ ވަރުން އަލްޔާއަށް ވާހަކަ ދެއްކުނީ ވަރަށް އަވަހަށެވެ.
“ސޯ ޔޫ ލައިކް މީ” އަކިއަލްގެ މިސުވާލާއެކު އަލްޔާ ލަސްލަހުން ބޯ ޖަހާލިއެވެ. އެވަގުތު އަލްޔާގެ މޫނަށް ރަތްކުލަ ވެރިވެގެންދިޔައެވެ. އަކިއަލްގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ.
“އެހެންވިއްޔާ އަހަންނާ ރައްޓެހި ނުވެވޭނެ ސަބަބެއް ނެތެއްނު. އައި ޑޯންޓް ސީ ވައި ވީ ކާންޓް. ހްމް؟ އަލްގެ ކިޔެވުމަށް އެއްވެސް ވަރަކަށް ބުރު އެރިޔަކަ ނުދޭނަން. ލެޓްސް ޑޭޓް؟” މިފަހަރުވެސް އަލްޔާ ބޯ ޖަހާލިއެވެ. ދެން ދެމީހުންވެސް އެކަކު އަނެކަކަށް ބަލާލީ ހިނިތުންވުމާއެކުގައެވެ. އެދެހިތުގައިވެސް އެވަގުތު ޖަހަމުން ދިޔައީ އެއް ވިންދެކެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.


Owww… hw sweet… konireh mi prt ah wait kuraathaa…❤❤❤❤❤❤v v v nice mashah allah adhimiahvure dhigukohlla dhin nama… aneh prt dhigukohlla dhehchey plsssss..?????
Wow yeyeyee Fainally demeehun rahtehivee
Vrh sali Mi part ves
Waiting for the next part
Love uuu
Stay safe
Vvvvvvrah reethi mi part vx masha Allah
Waiting for the next
Luv u
Varah reethi love the story ?????????????
Varah reethi mi partves. ???????