Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަލްވަދާޢު-13

Zeebs Level 110 Stories
October 8, 2020 3 Mins Read
7 Comments

(ތޭރަވަނަ ބައި)

ޖެހިގެން އައި ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ވަގުތެވެ. ކޮޓަރީގެ ރީތިވާ މޭޒުކައިރީ ހުރި ލޯގަނޑު ކުރިމަތީގައި އަލްޔާ އިނީ ރީތިވާށެވެ. މެރޫން ކުލައިގެ ކަކުލަށްވުރެ ތިރިއަށް އަރާ ދޫ އަތްދިގު ހެދުމާއެކު ކަޅު ކުލައިގެ ޖިންސެއް ލާފައިވެއެވެ. ހެދުން އެއްފަޅިން ފަޅާފައިވުމުގެ އިތުރަށް އެހެދުމުގައި މާގިނަ ގޮތެއް ހަދާފައި ނުވެއެވެ. ގަޔަށް ދޫ ސާދާ ހެދުމާއެކުވެސް ދޫކޮށްލާފައިވާ އިސްތަށިގަނޑާއެކު އަލްޔާ ފެންނަލެއް ނުހަނު ހިތްގައިމެވެ. އޭނާގެ ފިޔާތޮށިކުލައަރާ  ތުންފަތުގައި ލިޕް ގްލޮސް މަޑުމަޑުން ހާކާލުމަށްފަހު ފަންކާގެ ވަޔާއެކު ވިހުރެމުން ދިޔަ އިސްތަށިކޮޅު ކަންފަތް ދަށަށް ލައްވާލިއެވެ. ރީތިވާ މޭޒުމަތީގައި އޮތް  ފޯނު ވައިބްރޭޓް ވުމާއެކު  އޭނާގެ ހަރަކާތްތައް އަވަސްވިއެވެ. އަވަސް އަވަހަށް ތައްޔާރުވެ ނިމިގެން ކޮޓަރިން ނިކުންނަން ދިޔައިރު އޭނާގެ މޫނުމަތިން ނުތަނަވަސްކަމެއް ފެނިގެން ދިޔައެވެ. އަލްޔާ މިއަދު މަލީހައްތަ ކައިރީ ކޮލެޖްގައި އޮންނަ ރޭގަނޑުގެ ކްލާހަކަށް ދާން ޖެހޭނެ ކަމަށް ބުނެ ބޭރަށް ދިއުމުގެ ހުއްދަ ވަނީ ހޯދާފައެވެ. ފުރަތަމަ ފަހަރަށް މަލީހައްތަޔަށް ދޮގު ހަދަން ޖެހެވުމުން އޭނާ ހުރީ ވަރަށް ދެރަވެފައެވެ. އެހެން ނަމަވެސް އަދި ހަގީގަތް ބޮޑުދައިތައަށް ހާމަވާން ބޭނުން ނުވާތީ އޭނާއަށް އެކަންތައް އެގޮތަށް ކުރަން މަޖުބޫރުވީއެވެ.

އަކިއަލް މިސްޓީކްގޭގެ ގޭޓާއި ތަންކޮޅެއް ދުރުގައި ސައިކަލުގައި ހުއްޓިލައިގެން ހުއްޓެވެ. ލާފައިވާ ހުދުކުލައިގެ ގަމީހުގެ އަތްކުރި އުޅަބޮއްޓާއި ހަމައަށް އޮޅާލާފައިވާއިރު އަކިއަލް ފެންނަނީ ނުހަނު ސްމާޓްކޮށެވެ. އޭނާ ދެތިން ފަހަރު ފޯނަށް ބަލާލުމަށް ފަހަތަށް އެނބުރި ގޭޓާއި ދިމާލަށްވެސް ބަލާލިއެވެ. އަލްޔާ ނުނިކުމެގެން އަކިއަލް މިހާރު މެސެޖެއްވެސް ކޮށްފިއެވެ. ރޭގެ ހާދިސާއަށްފަހު އަކިއަލްއާއި އަލްޔާއާއި މިއަދު އެއްފަހަރުވެސް އަދި ބައްދަލެއް ނުވެއެވެ. ރައްޓެހިވުމުގެ ކުރިން އަލްޔާއާއި އަކިއަލް އަބަދު ގޭތެރެއިން ދިމާވެއެވެ. ހީވަނީ މިއަދު ހަތަރުދަމު އަލްޔާ އުޅުނީ އޭނާއާއި ފިލައިގެން ހެންނެވެ. ބޮޑުދައިތައާއި ގޭގެ އެކަކަށްވެސް އެދެމީހުންގެ ގުޅުމުގެ ވާހަކަ ނޭންގުމަށް އަލްޔާ އަކިއަލް ގާތުގައި އެދުނެވެ. ބޮޑުދައިތަމެންނަށް ޝައްކެއްވެސް ވެދާނެތީ އަކިއަލްއާއި ގޭތެރެއިން ބައްދަލު ކުރާކަށް އަލްޔާ ބޭނުމެއް ނޫނެވެ. އެހެންކަމުން އަލްޔާގެ މޫނުވެސް އަކިއަލްއަކަށް ނުފެނެއެވެ.

އަކިއަލްވެސް އަދި އެދެމީހުންގެ ގުޅުން މަލީހައްތަޔަށް އެނގޭކަށް ބޭނުމެއް ނޫނެވެ. މަލީހައްތަގެ ފަރާތުން އޭނާގެ މައިން ބަފައިންނަށް އަލްޔާގެ ހަބަރު ލިބިއްޖެނަމަ އެމީހުން ރުޅި އަންނާނެވަރު އޭނާއަށް ވަޒަންވެސް ނުކުރެވެއެވެ. އަކިއަލް ކިޔަވަން މާލެ ފޮނުވިއިރު އެއްވެސް ކުއްޖަކާއި ލޯބީގެ ގޮތުން ނުގުޅުމަށްވެސް އެންގީ ވަކި ސަބަބެއް ނެތިއެއް ނޫނެވެ. ފުރަތަމަ އަލްޔާ ދެކެ ލޯބިވާން ފެށުމުން އަލްޔާއާއި ދުރުން އުޅުނީވެސް ހަމަ މި ސަބަބަށްޓަކައެވެ. އެހެންނަމަވެސް މައިންބަފައިންގެ އޭނާގެ ދިރިއުޅުމަށް ގެންނާނެ ކުއްޖެއް ކަނޑައެޅުމަކީ އޭނާ އެއްވެސް ހާލެއްގައި ގަބޫލުވާނޭކަމެއް ނޫނެވެ.

މިރޭ އަކިއަލް ބޭނުންވީ އަލްޔާއާއިއެކު ބޭރަށް ދާށެވެ. މިއީ ރައްޓެހިވިފަހުން އެމީހުންނަށް ދެވޭ ފުރަތަމަ ޑޭޓްއެވެ. އަކިއަލް އަލްޔާގެ އިންތިޒާރުގައި ހުއްޓައި އިރުކޮޅަކުން އަލްޔާ ބޭރަށް ނިކުތެވެ. އަދި ލަސް ހިނގުމެއްގައި އަކިއަލްއާއި ހިސާބަށް ދިޔައެވެ. މުޅި ހިސާބުގަނޑަށް އެޅިފައިވާ މަގުބައްތީގެ ފަނޑު އަލިން އަކިއަލްއަށް އަލްޔާ ފެނިގެން ދިޔައެވެ. އަލްޔާގެ ރީތި ސޫރަ ފެނުމުން އަކިއަލްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ކުރިމަތިން ފެންނަން ހުރި ސޫރައާއި ދިމާލަށް ފޫހިކަމެއްނެތި ބަލަން ކިތަންމެ އިރަކުވެސް އޭނާއަށް ހުރެވިދާނެއެވެ. އެހާވެސް އަލްޔާ ރީއްޗެވެ. ގަޔަށް ބާރު ފާޑުފާޑުގެ ކުރު ހެދުން އަޅާ ހެވީ މޭކްއަޕްކޮށް އުޅޭ ކުދިންނާއި އަލްޔާއާއި އަޅާވެސް ނުކިއޭނެއެވެ. އެއްވެސް މޭކަޕެއް ނެތް އަލްޔާގެ މޫނުން ފެނަންނަނީ ގުދުރަތީ ރީތިކަމެކެވެ. ދުވަހެއް ދުވަހަކަށް އަކިއަލްއަށް އަލްޔާގެ ރީތިކަން ފާހަގަވަމުން ދިޔައެވެ.

އަކިއަލް ބަހެއްނެތި އަލްޔާއަށް ބަލަހައްޓައިގެން ހުރުމުން އަލްޔާ ވަރަށް ލަދުގަތެވެ. ލަދުންގޮސް އޭނާ އިސްޖަހާލައި ދެއަތުގެ އިނގިލިތަކާއި ކުޅެން ފެށިއެވެ. އަލްޔާގެ މޫނަށް ވެރިވަމުންދާ ކުލަވަރަށް ބަލަހައްޓައިގެން ހިމޭންކަމާއެކު އިރުކޮޅަކު އަކިއަލް ހުއްޓެވެ. ދެން އެމޫނުމަތިން ފެނިގެން ދިޔައީ ހިނިތުން ވުމެކެވެ.

“އަރާ” އިތުރަށް އަލްޔާ ލަދުނުގެންނެވުމަށްޓަކައި އަކިއަލް އޭނާގެ ނަޒަރު އަލްޔާއާއި ވަކިކޮށްލިއެވެ.

ސައިކަލަށް އެރުމަށްޓަކައި އަލްޔާ އަކިއަލްގެ ކޮނޑުގައި ހިފާލި ވަގުތު އޭނާގެ ހަށިގަނޑުން ހީވީ ހީބިހި ނަގައިގެން ދިޔަހެންނެވެ. ސައިކަލަށް އަރާ ހަމަޖެހިލުމަށްފަހު އަވަސް އަވަހަށް އަކިއަލްގެ ކޮނޑުމަތީގައި ބޭއިޚްތިޔާރުގައި ބޭއްވިފައިވާ އޭނާގެ އަތް ނަގާލިއެވެ. އަކިއަލްއާއެކު ބޭރަށް ދާން އެއްބަސް ވެވުނީތީވެސް އޭނާ ހުރީ ހައިރާންވެފައެވެ. އޭނާ މީގެ ކުރިން ދުވަހަކުވެސް ފިރިހެން ކުއްޖަކާއެކީ މިގޮތަށް ބޭރަށް ގޮސްފައިވާ މީހެއް ނޫނެވެ. އެކަމަކު އެހެން އެއްވެސް މީހަކަށް އިތުބާރު ނުކުރެވޭ މިންވަރަށް އަކިއަލްއަށް އިތުބާރު ކުރެވެނީ ކީއްވެ ކަމެއް ނޭނގެއެވެ.

އަކިއަލް އަލްޔާ ގޮވައިގެން ފުރަތަމަ ދިޔައީ “ރާނބާ” ރެސްޓޯރެންޓަށެވެ. ރޭގަނޑުގެ މިވަގުތުގައި ރެސްޓޯރެންޓްގައި ތިބި މީހުންގެ އަދަދު ފުދޭވަރަކަށް މަދެވެ. ކުލަބޮކިތަކުން ދިއްލާފައިވާ ރެސްޓޯރެންޓްގެ ހާމަ މާހައުލު ވަރަށް ހިތްގައިމެވެ. ތަނުގެ ފަޅުކަން ފިލުވާލާފައިވަނީ ޖަހާފައިވާ ލުއި މިއުޒިކުގެ އަޑުންނެވެ. ކާއެއްޗިއްސަށް އޯޑަރު ކުރުމަށްފަހު ވެއިޓަރު ދިއުމުން އެތަން ކަމުދޭތޯ އަކިއަލް އަލްޔާގާތު އަހާލިއެވެ. އަލްޔާ މާހައުލަށް ވަށައިގެން ނަޒަރެއް ދެމުން އާއެކޭ ބުނެ އިސްޖަހާލިއެވެ. އެއަށްފަހު ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު އަލްޔާ ވާހަކަ ދެއްކިއެވެ.

“އަކީ…”

“ހުމް؟”  އަކިއަލް އަލްޔާއަށް ބަލައިލަމުން އުފަލާއެކީ އަލްޔާ ދައްކާނެ ވާހަކައަކަށް އިންތިޒާރު ކުރިއެވެ. އަކިއަލްއާއި އަލްޔާ ވާހަކަ ދައްކަން ފެށީއްސުރެ އަލްޔާގެ ދުލުން އޭނާގެ ނަން އެގޮތަށް އެއިވުނީ އަދި އަލަށެވެ. އޭނާގެ ރައްޓެހިން އަބަދު އެހެން ގޮވިނަމަވެސް އަލްޔާގެ ފަރާތުން އެގޮތަށް މުހާތަބު ކުރުމުން އޭނާއަށް އެނަން ހާއްސަވެފައި އިތުރު އުފާވެރިކަމެއް ލިބުނެވެ.

“ދައްތައަށް އިނގިއްޖެޔާ ކިހިނެއް ހަދާނީ؟ އަހަރެން ކޯސް ނިމެން އަދި އަހަރެއް އެބެއް. އަކިއަލްވެސް އޭލެވެލްސް ނިމޭނީ އަދި އަހަރެއް ފަހުން. މަލީހައްތަ ބައްޕަޔަށް ގުޅައިގެން ކޯސް ނިމުމުގެ ކުރިން އަހަރެން ރަށަށްވެސް ގެންގޮސްފާނެ.”

އަލްޔާ މަޑުމަޑުން ހުރީ ކޮންކަމަކާއި މެދު ވިސްނަންކަން އަކިއަލްއަށް އިނގުނީ އަދިކިރިޔާއެވެ. މޭޒުމަތީގައި ބޭއްވިފައިވާ އަލްޔާގެ އަތްތިލަ މަތީގައި އޭނާގެ އަތް ބާއްވާލިއެވެ.

“ޑޯންޓް ވޮރީ. އަހަރެން އެހެން ވިޔަކަ ނުދޭނަން. އެވްރިތިން ވިލް ބީ އޯކޭ އިންޝާ ﷲ.” އަލްޔާ ހިތް ހަމަ ޖައްސާލުމުގެ ގޮތުން އަކިއަލް ބުނެލިއެވެ.

ކައި ނިމުމަށްފަހު ނިކުމެ ކައިރީގައި އޮތް  ރަސްފަންނަށް ދާން ދެމީހުންވެސް ނިންމީ ހިނގާލާފައެވެ. ރެސްޓޯރެންޓް ހުރި ހިސާބާއި އެތަނާއި ފުދޭވަރަކަށް ކައިރިވުމުންނެވެ. އަދި އަލްޔާ މާލެ އައިފަހުން އެހިސާބަށްވެސް ނުދެވެއެވެ. ޕޭމެންޓް މަތިން ދެމީހުން ހިނގަމުން ދިޔައިރު ތިބެވުނީ އެކަކު އަންކަކާއި ނުހަނު ކައިރީގައެވެ. ހިނގަމުން ދިޔައިރު ބައެއް ފަހަރު އަތް ހަރަކާތް ކުރާއިރު އަކިއަލްގެ އަތް އަލްޔާގެ އަތުގެ ނުފުށުގައި ޖެހެމުންވެސް ދިޔައެވެ. ކުޑަކޮށް ވިސްނާލުމަށްފަހު އަކިއަލް އަލްޔާގެ އަތުގައި ހިފާލައި ދެއަތް ޖޯޑު ކޮށްލިއެވެ. އެފަދަ ކަމަކަށް ވިސްނައިނުލާ އިސްޖަހައިގެން ހިނގަމުން ދިޔަ އަލްޔާއަށް ކުޑަކޮށް ސިހުމެއްވެސް ލިބުނެވެ. ދެވަނަ ސިކުންތުގައި އަކިއަލްއަށް އަލްޔާ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. މަޑު ހިނގުމެއްގައި ގޮސް ރަސްފަންނުގެ ހިތްފަސޭހަ މާހައުލުގައި ހުރި ބެންޗެއްގައި އެމީހުން ޖައްސާލިއެވެ. އެތާނގައި ހުރިއިރު ދެމީހުންވެސް އެކި އެކި ވާހަކަތައް ކިޔައިދެމުން ދިޔައެވެ. ކުޑައިރު ހިނގާފައިވާ މަޖާ ވާހަކަތަކާއި ރަށު ސްކޫލުގައި ރައްޓެހިންނާއެކު އުޅުނު ސިޔާސަ ގޮތްތަކުގެ ވާހަކަ އަކިއަލް ކިޔައިދެމުން ދިޔަދިޔަހެން އަލްޔާއަށް ހެވެމުން ދިޔައެވެ. އެވަގުތުކޮޅުގައި އޭނާގެ ހުރިހާ ފިކުރުތަކެއްގެ މަތިން ހަނދާން ނެތޭ ގޮތްވިއެވެ. އެހެނަސް އޭނާގެ މިއުފާވެރި ވަގުތުކޮޅަކީ ކުޑަވަގުތުކޮޅެއްގެ ކަމެއްކަމަށް ވެދާނެ ކަމަށް ހިޔާލު ކުރެވުމުން ހިތުގައި ޒާތެއްގެ ބިރުވެރިކަމެއްވެސް އުފެދުނެވެ. އަކިއަލް ދަސްވަމުން ދިޔަވަރަކަށް އަލްޔާގެ ހިތުގައިވާ ލޯބި އިތުރަށް ފުންވަމުން ދިޔައެވެ.

ދެމީހުން ވާހަކަ ދައްކަން ތިބިއިރު ވަގުތު ދިޔަގޮތްވެސް ދެމީހުން ކުރެ އެކަކަށްވެސް ނޭނގުނެވެ. އަލްޔާ ފޯނު ބަލައިލުމާއެކު ގަޑިންވީ ވަރު ފެނި ފުންމައިގެން ކޮޅަށް ތެދުވެވުނެވެ. އޭނާ ބޭރަށް ނިކުތް ފަހުން މިހާރު މާ ގިނައިރު ވެއްޖެއެވެ. ކޮލެޖަށް ދިޔުމުގެ ބަހަނާގައި ގެއިން ނިކުތް ނަމަވެސް މިހާރު ކޮލެޖް ބަންދުކުރާ ގަޑިވެސް ފަހަނައަޅައި ހިނގައްޖެއެވެ.

(ނުނިމޭ)…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Zeebs

Level 110 Stories

Other Articles

love is sour n sweet
Previous

ހުދާއްކޮ 4

Next

ތިން ލަފްޒުން…

Next
October 10, 2020

ތިން ލަފްޒުން…

Previews
October 8, 2020

ހުދާއްކޮ 4

love is sour n sweet

7 Comments!

  1. ?Ril? says:
    October 8, 2020 at 9:07 pm

    Heiiiii sis me first thr❤️❤️❤️
    Btw vrh sali Mi part ves❤️❤️❤️❤️
    Masha Allah❤️?❤️?❤️?❤️
    Hope alyaa and akial durunuvaane kama?❤️❤️?❤️❤️❤️
    And hope emeehun ge relation ekakahves bust nuveythoo❤️❤️❤️??????
    Waiting for the next part exitedly❤️❤️❤️
    Love uu❤️❤️❤️❤️
    Stay safe and sound ❤️❤️❤️

    1. Zeebs says:
      October 8, 2020 at 10:03 pm

      Yess you first❤?. Will post the next part on next week In Shaa Allah. Stay safe dear.

  2. Nuzu says:
    October 8, 2020 at 9:54 pm

    Masha Allah ? Vara reeti mi part ves ??????????????????

  3. Anonymous says:
    October 8, 2020 at 10:00 pm

    wow…. masha allah… vrh salhi mi part vx…

  4. Nonna says:
    October 11, 2020 at 3:22 pm

    Love????????

  5. ސުރާ says:
    October 14, 2020 at 7:40 am

    ???????love

  6. Zeebs says:
    October 19, 2020 at 5:11 pm

    Guys I have submitted the next part of this story last week but it has not been uploaded to the page yet.

Comments are closed.

Next Episodeއަލްވަދާޢު-14←


All Right Reserved!