ފިޔަފަތް 27
* ރަވިކާން ބުމަ ގޮށްޖަހާލީ ކުޑަދޮރަށް އެޅުނު ހިޔަނި ފެނިފައެވެ. ޒައިލީން އެނބުރި ބަލާލީ އޭނާއަށް ހުރެވުނީ ކުޑަދޮރަށް ފުރަގަސް ދީގެން ކަމުންނެވެ. ނަމަވެސް ރަނގަޅަށް ބަލާ ނުލެވިގެން އުޅެނިކޮށް ކުއްލިއަކަށް ރަވިކާން ޒައިލީންގެ އަތުގައި ހިފާ ގާތަށް ދަމައިގަތެވެ. ރަވިކާން އަވަސްއަރުވާލާފައި ދަމާލިގޮތުން އަތަށް ތަދުވި ނަމަވެސް ޒައިލީންގެ ބޮލުގައި ޖަހާލީ ނުރައްކާތެރިކަމުގެ ރަނގަބީލެކެވެ. ކަމެއްވާން އުޅޭހެން ހީވެގެން ޒައިލީންގެ ހިތް ތެޅިގަތީ އެހެނެއް ބަލާފައެއް ނޫނެވެ. ދެން ޒައިލީންގެ ކަންފަތުގައި ޖެހުނީ އާދިޔަންގެ ހުނުމުގެ އަޑެވެ. *
ޒައިލީންގެ ހިތް އަވަސްވިއެވެ. ޒައިދާންގެ ފަހަތަށް ވަދެ ފިލައިގެން ހުރި އަލްޔާގެ ނަޒަރު ހުއްޓިފައި ވަނީ އާދިޔަންގެ މޫނަށެވެ. ހެއިލަންވެސް ހުރީ އާދިޔަންގެ މޫނަށް ބަލަހައްޓައިގެންނެވެ. އާދިޔަންގެ މޫނުމަތީގައިވާ ކުލަވަރު ތަރުޖަމާ ކުރަން ނޭނގިގެން ރަވިކާން ވެސް ހުރީ ފާޑަކަށެވެ. ޒައިލީންއަށް އެންމެ ފަހުން ފަހަތަށް ބަލާލެވުނެވެ. ކުޑަދޮރުގެ ބިއްލޫރިގަނޑަށް އެޅިފައިވާ ހިޔަނިން އެކަނިވެސް އެއީ އައުލްކީން ކަން ޒައިލީންއަށް އެނގެން ގިނައިރެއް ނުނެގިއެވެ.
އެ ހިޔަނި ހަރަކާތް ކުރުމުން އައުލްކީން ހިނގަންފެށީކަން އެނގުނެވެ. އައުލްކީންގެ މިސްރާބު ހުރީ މައި ދޮރާއި ދިމާލަށެވެ. “އެންމެން ފަހަތަށް ޖެހޭ…” އާދިޔަން މައިދޮރާއި ދިމާލަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. ރަވިކާން އާދިޔަންގެ ބަހާއި ދެކޮޅަށް އެހެން އަމަލެއް ނުކޮށް އަވަހަށް ފަހަތަށް ޖެހުނެވެ. ހާސްވެފައި ހުރި ޒައިލީންއަށްވެސް ޖެހުނީ ފަހަތަށް ޖެހޭށެވެ. އައުލްކީން ގޭ ދޮރުމައްޗަށް އެރުމުން އާދިޔަން ކުއްލިއަކަށް ފަހަތަށް އެނބުރުނެވެ. އެވަގުތު އައުލްކީންވެސް އާދިޔަންގެ ފަހަތުން ފާޅުވީ ފަޅި ސިކުންތެއްގެ ތެރޭގައެވެ. “އަބަދު އެއް އުކުޅެއް ބޭނުން ކުރުމަކީ ރަނގަޅު ކަމެއްނޫން..” އާދިޔަން ހިނިގަނޑެއް ޖަހާލާފައި އޭނާގެ ފަހަތުގައި ހުރި އައުލްކީންއަށް ރައްދު ކުރީ މަލާމާތެއް ކަހަލައެވެ. އައުލްކީންގެ ނިތްކުރި މައްޗަށް ގިނަވި ރޫތަކުން ރުޅިއައިސްގެން ފަޅައިގެން ދާވަރު ވެދާނެހެން ހީވިއެވެ. “އަހަރެންގެ މަންމަ މަރުވީ ކަލެއާއި ވެސް ހެދި.. ކަލޭވެސް މަރާލާނަން..!” އައުލްކީން އެހެން ކިޔާލިގޮތުން ހީވީ ފިލްމެއްގެ ޑައިލޮގެއް ކިޔާލިހެންނެވެ. ޒައިލީންއަށް ރަވިކާންގެ އަތަށް ބާރުކޮށްލެވުނެވެ. ރަވިކާން ޒައިލީންގެ މޫނަށް ބަލާލިއެވެ. ޒައިލީންއަށް ރަވިކާންގެ މޫނަށް ބަލާލެވުނުއިރު ރަވިކާން ހުރީ ޒައިލީން އާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އެބެލުމުން ހީވަނީ އިތުބާރު ކުރާށޭ ބުނާހެންނެވެ. ޒައިލީން ހިންދިރުވާލުމަށްފަހު މަޑުމަޑުން ބޯ ޖަހާލިއެވެ.
އައުލްކީން އައި ރުޅިން އާދިޔަން އާއި ދިމާލަށް އަތް މަޅާލިއެވެ. އާދިޔަން ހުޝިޔާރު ކަމާއި އެކީގައި އައުލްކީންގެ އަތުގައި ހިފާ ހުއްޓުވީ ފަސޭހަކަމާއި އެކީގައެވެ. “އަހަރެން ބޭނުންވަނީ ބަދަލު.. ކަލޭމެން އެންމެން ވެގެން އަހަރެންގެ މަންމަ މަރާލީ..” އައުލްކީންގެ ރުޅިވެރި އަޑަށް މަޑުމޮޅިކަމެއް ވެރިވިއެވެ. “އައުލްކީން..” ޒައިލީންގެ ދުލުން މަޑުން ނަމަވެސް ބޭރުވިއެވެ. “އަހަރެންނަށް ގޮވާނެކަމެއް ނެތް..!! ކަލޭގެ މަންމަވެސް ބައިވެރިވެގެން އަހަރެންގެ މަންމަ މަރާލީ..! ކަލޭވެސް މަރުވާނެ..!!” އައުލްކީން ހީވަނީ މޮޔަވެފައިވާ މީހެއް ހެންނެވެ. “އަހަރެމެންގެ މަންމަ މަރާލީ އިންސިކުއްޖާގެ މަންމައެއް ނޫނޭ.. ނޫނީ އަހަރެންގެ ބައްޕައެއް ވެސް ނޫނޭ..” ރަވިކާން އެންމެ ފަހުން ހަޅޭއްލަވައިގަތެވެ. “ދޮގު..!!! ހުސް ދޮގު..!! ކަލޭގެ ބައްޕަވެސް އަހަރެންގެ މަންމަ މަރާލުމުގައި ބައިވެރިވި..!!” އައުލްކީން އެހެން ކިޔުން ހުއްޓައެއް ނުލިއެވެ. އައުލްކީން އުޅެމުން ދިޔަ ވައްތަރުން ޒައިދާން އާއި ހެއިލަންވެސް ހުރީ ބިރުގަންނަ ގޮތްވެފައެވެ. ރޯޒްލިޔާ އަވަހަށް ލިއަމްއާއި އެމީލިޔާ ގޮވައިގެން ކޮޓަރިއަށް ވަނެވެ. އަލްޔާ ވެސް ރޯޒްލިޔާގެ ފަހަތުން ކޮޓަރިއަށް ވަނީ ބިރުން ގޮސް ކެތްނުކުރެވިދާނެހެން ހީވާތީއެވެ.
“ކިހާ ދެރަވެއްޖެ ކަމެއް..” ރަވިކާންގެ ގާތަށްވެސް ރުޅިއައެވެ. ރުޅިއައިސްފިއްޔާ ރަވިކާން ހިމޭނުން ނުހުންނާނެކަން އެނގޭތީ ޒައިލީން ބިރުގަތެވެ. މިކަންތައްގަނޑު ނިމޭނީ ކިހިނެތްކަން ނޭނގޭތީއެވެ. އައުލްކީން ރަވިކާންގެ މޫނަށް ކަޅި އަޅާލިއެވެ. ”ތިވައްތަރަށް ބެލިޔަސް އަހަރެން ބިރެއް ނުގަނޭ..” ރަވިކާން ވެސް ލޯ އަޅާލިއެވެ. “އެއްފަރާތްވޭ..” އައުލްކީން ދެން ބުނެލީ އެންމެ ބަހެކެވެ. އެހެން އެ ބުނީ ރަވިކާން ގާތުކަން ރަވިކާންއަށް އެނގުނު ނަމަވެސް ރަވިކާން އެއްފަރާތަކަށް ޖެހޭނެ ހެއްޔެވެ.؟ “އެއްފަރާތަކަށް ޖެހޭށޭ..!!” އައުލްކީން ހަޅޭއްލަވައިގަތްގޮތަށް އިސްޖަހާލިއެވެ. ހުދުކުލައިގެ ދެ ވަރަ ދައްކާލީ ދެނެވެ. އައުލްކީން އިސް އުފުލާލިއިރު ދެލޯ ނޫކުލައިން ދިއްލެމުން ދިޔައެވެ.
ހަދާނެގޮތެއް ނޭނގިފައި އިން ޒައިލީންއަށް ސިފަވީ ބާރީއެވެ. އެދުވަހު އެ އަނދިރިގަނޑުގައި އޭނާ ހުރިއިރު ބާރީގެ ނޫކުލައިން ދިއްލެމުން ދިޔަ ދެލޮލުގެ މަތިން ހަނދާންވުމުން ޒައިލީންގެ ގައިން ހީބިހި ހިލުވާލައިފިއެވެ. ރަވިކާންގެ ތުންފަތްމަތީގައި ކުޅެލީ މަލާމާތުގެ ހިނިތުންވުމެކެވެ. އައުލްކީންއަށް މަލާމާތެއް ރައްދުކުރާ ފަދަ ހީނލުމެކެވެ. އާދިޔަން ހުރީ ހިމޭނުންނެވެ. ވާގޮތެއް ބަލާށެވެ. އައުލްކީން މަޑުމަޑުން ކުރިއަށް ފިޔަވަޅު ނަގަން ފެށިއެވެ. ރަވިކާން ތައްޔާރުވެލިއެވެ. އައުލްކީން ކޮށްފާނެ ކޮންމެ ކަމަކަށެވެ.
އައުލްކީން ކުރިއަށް ފިޔަވަޅު ނަގަމުން ގޮސް ރަވިކާންގެ ކުރިމަތީގައި ހުއްޓުނެވެ. އަދި ރަވިކާންގެ ކަންފަތްދޮށުގައި އެއްޗެކޭ ބުނެލިއެވެ. ރަވިކާން އާއި ކިތަންމެ ގާތެއްގައި ހުރި ކަމުގައިވިޔަސް ޒައިލީން އަށް އައުލްކީން އެބުނި ޖުމްލައެއް އަޑެއް ނީވުނެވެ. ނަމަވެސް އެ ޖުމްލައިން ރަވިކާންގެ ރުޅިގަނޑު އިތުރު ކުރިކަން އެނގުނީ ރަވިކާންގެ ތުންފަތުން ހިނިތުންވުން ފިލައިގެން ދިޔުމުންނެވެ. ދެލޯ ކުޑަ ކޮށްލާފައި ރަވިކާން އައުލްކީންގެ އަތަށް ތަދުވާނެހާ ބާރަށް ހިފާލިއެވެ. “ކީއްކުރަން..؟؟؟” ރަވިކާން އެއްސެވެ. “ވާގޮތެއް އެނގޭނެ އޭރަށް.. އަހަރެންގެ ބަދަލު ހިފާނީ މިހެން.. އަހަރެންގެ މަންމަގެ ފުރާނަ ދުއްވާލާފައި ކަލޭމެންނަށް ތިހެންނެއް ނޫޅެވޭނެ..” އައުލްކީން މިފަހަރު ބުނެލި ޖުމްލަ ޒައިލީން އަށް ސާފުވިއެވެ.
“އަހަރެން ބުނެފީމެއްނު މަންމަ މަރުވީ ކަލޭ ވިހެއުމަށް ފަހުގައޭ… ކޮން ބަދަލެއް ހިފަން ބޭނުންވެގެންތަ ތި އުޅެނީ..؟” ރަވިކާން އެހެން ބުނަން ހިތަށް އެރުވިކަން ނަސީބެވެ. ނަމަވެސް އައުލްކީން އެ ޖުމްލައަށް ސަމާލުކަމެއް ނުދިނެވެ. “ކަލޭމެން ދައްކާ ދޮގު ވާހަކަތައް އަޑުއަހާކަށް އަހަރެންނެއް ނޫޅެން.. ބައްޕަ އަހަރެންނަށް ދޮގެއް ނުހަދާނެ…” އައުލްކީން އެހެން ބުނެލުމަށް ފަހު ރަވިކާންގެ އަތް ފޮޅުވާލިއެވެ.
“އަހަރެން ހުއްޓާ ތިކަމެއް ނުވާނެ..” ރަވިކާން ބުނެލިއެވެ. “އެމީހެއްގެ ސަލާމަތްތެރިކަން ހޯދާނީ ހަމަ އެމީހަކު.. ކަލޭ ބޭނުންވަންޏާ އަމިއްލައަށް ސަލާމަތްވޭ.. ކަލޭ ތިއީ އަހަރެންނަށް ބޭކާރު މީހެއް.. އުހުން.. ކަލޭވެސް މަރާލާނަން.. އެއީ އެހެރަ މީހާ ވެސް އަހަރެންގެ މަންމަ މަރާލުމުގައި ބައިވެރި ވީމައި..” އާދިޔަން އާއި ދިމާލަށްވެސް އިޝާރާތްކޮށް އައުލްކީން ދެމުން ދިޔަ މަރުގެ އިންޒާރުތަކުން ޒައިލީންގެ ހިތް ހީވަނީ ހުއްޓިދާނެހެންނެވެ.
ހެއިލަން ވެސް ހުރީ އައުލްކީންގެ މޫނަށް ބަލަހައްޓައިގެންނެވެ. އެ އަޅިކުލައިގެ ދެލޮލުން އެކަނިވެސް އައުލްކީން އާއި ދޭތެރޭ ހެއިލަންގެ ހިތުގައި އުފެދިފައިވާ ނަފްރަތު ދައްކައިދެއެވެ. ޒައިދާން ހުރީ މަޑުންނެވެ. އޭރު ޒައިދާންގެ ހިތަށް އަރަމުން ދިޔައީ އައުލްކީންއަށް އެދޮގު ވާހަކަތައް ކިޔައިދިން ބާރީއަށް ރަނގަޅު ފިލާވަޅެއް ދޭށެވެ. ޒައިދާންގެ ކުރިމައްޗަށް އެ ބާރީއެއް އަރާ ދުވަހަކުން ދުނިޔޭގެ ދެކޮޅު ދައްކާލަދޭނަމޭ ޒައިދާންގެ ހިތަށް އެރިއެވެ.
ރަވިކާން އައުލްކީން ހިފާއްޓަން އުޅުނެވެ. ނަމަވެސް އެތެރެއަށް ވަތްގޮތަށް އައުލްކީން ނުކުމެގެން ދިޔައީވެސް އެސްފިޔަ ޖަހާލާހާ އަވަހަށެވެ. ރަވިކާން ބޮލުގެ އިސްތަށިގަނޑުގައި ހިފާ ބާރު ކޮށްލިއެވެ. “ރަވިކާން..” ޒައިލީން މަޑުމަޑުން ގޮވާލިއެވެ. “ހްމްމް..” ރަވިކާންއަށް ހުރެވުނީ ރުންކުރުވެފައެވެ. “އެގަޑީ އައުލްކީން ކީކޭތަ ބުނީ..؟” ޒައިލީން އެއްސެވެ. އެންމެފުރަތަމަވެސް ޒައިލީން އޮޅުންފިލުވަން ބޭނުންވީ އެކަމެވެ.
ރަވިކާން ހިތިގޮތަކަށް ޒައިލީންގެ ދެލޮލަށް ބަލާލިއެވެ. “އެނގުމަށްވުރެ ނޭނގުންވެސް މާ ރަނގަޅުވާނެ ހެން އަހަރެންނަށް ހީވަނީ..” ރަވިކާން ލައިގެން ހުރި ޖިންސުގެ ޖީބަށް ދެއަތް ޖަހާލަމުން އެގެއިން ބޭރަށް ނުކުންނަން ހިނގައިގަތެވެ. ހަދާނެ ގޮތެއް ނޭނގިފައި ޒައިލީންއަށް ބަލާލެވުނީ ހެއިލަންގެ މޫނަށެވެ. އެ މޫނުމަތީގައިވާ ކުލަވަރުން ހީވަނީ ޒައިލީން މަޑުކުރާށޭ ބުނާހެންނެވެ. ހެއިލަންގެ ފެންކަޅި ވަމުން ދިޔަ ދެލޯ ފެނިފައި ރަވިކާންގެ ފަހަތުން ދާން އުޅުނު ޒައިލީންއަށް ދެވުނީ ހެއިލަންގެ ގާތަށެވެ. “ހެއިލް..” ޒައިލީން ހެއިލަންގެ އަތްމަތީގައި އަތް ބާއްވާލިއެވެ. ހެއިލަން ނުވާކަމަށް ހަދާފައި ދެލޯ ފުހެލައިފިއެވެ. ޒައިލީން އޭނައާއި ދޭތެރޭ ކަންބޮޑުވާކަށް ހެއިލަންއެއް ނޭދެއެވެ. ނަމަވެސް ދެލޮލުން ކަރުނަތައް ފައިބަން ފެށީ ހެއިލަންއަށް އިތުރަށް ކަރުނަތައް ކޮންޓްރޯލް ނުކުރެވުމުންނެވެ. އާދިޔަން އޭރުވެސް ހުރީ މަޑުންނެވެ. ހީވާގޮތުން ކަމަކާއި ދޭތެރޭ ވިސްނަނީއެވެ. ޒައިދާން ގޮސް ވަނީ ރޯޒްލިޔާ ވަތް ކޮޓަރިއަށެވެ. އަލްޔާގެ ހާލު ބެލުމަށެވެ. ބޭރުފުށުން ފިނޑިކަމަށް ނުދެއްކިޔަސް ޒައިދާންގެ ހިތް ވެސް ތެޅެމުން ދިޔައީ އާދަޔާޚިލާފަށް ބާރުމިނެއްގައެވެ. މީހަކު މަރުގެ އިންޒާރުތައް އެވަރަށް ދިނީމައި ބިރު ނުގަތްނަމަ ދެރައެވެ.
ފްލޯރައިޓް ކްރިސްޓަލްސް ހައުސް އިން ނުކުމެގެން ރަވިކާން ކުރިއަށް ހިނގައިގަތީ ވަކި މިސްރާބެއް ނެތިއެވެ. ބޮލުގައި އަޅާފައި އޮތް ތޮފި ރަނގަޅު ކޮށްލާފައި ކަންނެތް ހިނގުމެއްގައި ކުރިއަށް ދިޔަ ރަވިކާންއަށް އަންހެން ކުދިންތައް ބަލަމުން ދިޔައީ އެހެނެއް ބަލާފައެއް ނޫނެވެ. އަޅާވެސްނުލާ ރަވިކާން ދިޔައީ ބޮލުގައި އުފެދެމުން ދިޔަ ހައިޖާނުގަނޑު މައިތިރި ކުރެވޭތޯއެވެ.
“އަހަރެންގެ ބައްޕަވެސް އެބަހުއްޓޭ މިދުނިޔޭގައި.. ނޭނގުނެއްނު.. އަހަރެންގެ ބައްޕަ އެހެރަ އިންސި މަރާލާނެ އަހަރެންނަށްވުރެ ވެސް ކުރިން.. އަހަރެންވެސް ހުންނާނަން.. ކަލެއަށް އެކަނި މާއެކަނި އެ އަންހެން ކުއްޖާ ރައްކާތެރި ކުރެވޭނެތަ..؟ އެ އިންސި މަރާލާއިރަށް އެކިޔާ ސަވާނާގެ ކިބައިން ބަދަލު ހިފުނީ…” އައުލްކީން ބުނެލި ޖުމްލަ ރަވިކާންގެ ކަންފަތްދޮށުގައި ގުގުމަމުން ދިޔަކަހަލައެވެ.
“ދެން އެންމެ ލޯބިވާ އިންސާނާ ލޯ ކުރިމަތީ މަރުވުމުން ކަލެއަށް ލިބޭނެ ވޭނަކީ އަހަރެންނަށް ލިބޭނެ އުފަލެއް.. އެހެހެ.. އެންމެ ލޯބިވާ އިންސި އަންހެންކުއްޖާއަށްޓަކައި އަމިއްލަ ދުނިޔެ ދޫކޮށް އިންސިންގެ މާހައުލަށް އައީ އެ ކުއްޖާ ރައްކާތެރި ކުރަންވެގެން… އެކަމަކު ކިހާ ދެރަ.. ކުޑަ ވަގުތު ކޮޅެއްގެ ތެރޭ އެ އަންހެން ކުއްޖާގެ ފުރާނަނެތް މަސްގަނޑު ނޫން އެއްޗެއް ނުފެންނާނެ…” ދޫ ހަލުވި ކަމާއިއެކީ އެކުޑަ ވަގުތުކޮޅުގައި އައުލްކީން ކިޔާލި ޖުމްލަތައް ރަވިކާންއަށް އުނދަގޫ ކުރަމުން ދިޔައެވެ. ރަވިކާން ގޮސް ބަސް ސްޓޮޕް ބެންޗެއްގައި އިށީންގޮތަށް ބޮލުގައި އަތް އަޅާލިއެވެ. އައުލްކީން އެބުނީ މުޅިން ދޮގު ވާހަކައެއް ނޫނެވެ. ބާރީ އާއި އައުލްކީން ހުއްޓާ އޭނައަށް ޒައިލީން ރައްކާތެރި ކޮށްދެވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ. އާދިޔަން އަނެއްކާ ރަވިކާންއަށް އެހީތެރިވެދީފާނެ ބާވައެވެ.؟
ރަވިކާން އިރުކޮޅަކު އެހެން އިނދެފައި ޖީބުން ފޮޓޯގަނޑެއް ނެގިއެވެ. އެއީ ޒައިދާންގެ ގާތު ވަރަކަށް އާދޭސް ކޮށްގެން ރަވިކާން އަތުލި ފޮޓޯގަނޑެކެވެ. ރަތްކުލައިގެ ވިދާ، ދިގު ހެދުމެއް ލައިގެން ޒައިނާ މެންގެ ރަށުގެ ގޮނޑުދޮށުގެ ދޮންވެލިގަނޑުގައި އިށީނދެލައިގެން އިން ޒައިލީންގެ ރީތިކަމަށް ގެއްލިފައި ރަވިކާންއަށް އިނދެވުނެވެ. ފޮޓޯ ނަގާފައިވާ ވަގުތު ވެގެން ދިޔަ ބާރު ވައިރޯޅިއެއް ޖެހުނު ވަގުތުކަން ދައްކުވައިދެނީ ވިހުރިފައިވާ ޒައިލީންގެ އިސްތަށިގަނޑެވެ. ނުހަނު ރީތި ހިނިތުންވުމެއް ދައްކުވާލައިގެން އިން ޒައިލީން އަށް ބަލަން ރަވިކާންއަށް އިނދެވުނީ ކިހާއިރެއް ވަންދެން ކަމެއް ނޭނގުނެވެ.
“އެކްސްކިއުޒް މީ..” ކުއްލިއަކަށް މީހަކު ވާހަކަ ދެއްކުމުން ރަވިކާންއަށް ބަލާލެވުނެވެ. “ޓިޝޫ..؟” އެތަނުގައި ހުއްޓިލައިގެން ހުރި އަންހެން ކުއްޖާ ޓިޝޫއެއް ދިއްކޮއްލީ ރަވިކާން ރޮނީކަމަށް ހީކޮށެވެ. “އައިމް ފައިން..” މޫވީތައް ބަލައިގެން އިނގިރޭސިއަށް ފަރިތަވަމުން އަންނަ ރަވިކާން ބުނެލިއެވެ. އެ އަންހެން ކުއްޖާ ހިނިތުންވެލާފައި ރަވިކާން އާއި ޖެހިގެން އިށީނދެލިއެވެ. “ތިއީ ހެއިލަންގެ ފްރެންޑް އެއްދޯ..؟” އެ އަންހެން ކުއްޖާ އަނެއްކާވެސް ވާހަކަދެއްކި އަޑަށް ރަވިކާންއަށް ބަލާލެވުނެވެ. “އާނ…” ރަވިކާން ބުނެލިއެވެ. “އަހަރެން މީ ކައިލީ.. ހެއިލަންގެ ފްރެންޑެއް.. ކުރިން ރޭ ބޭއްވި ޝޯވްގައި ލަވަ ކީ ކުއްޖާއެއްނު ތިއީ..؟” ކައިލީ ހިނިތުންވެލާފައި ވާހަކަ ދެއްކިއެވެ. ރަވިކާން ބޯ ޖަހާލިއެވެ. ކައިލީގެ ނަޒަރު ހުއްޓިފައިވަނީ ރަވިކާންގެ އަތުގައި އޮތް ފޮޓޯއަށެވެ. “ޒައިލީން..” ކައިލީ ހީނލާފައި ބުނެލިއެވެ. ރަވިކާން ކައިލީގެ މޫނަށް ބަލާލިއެވެ. “ސީމްސް ލައިކް ވީ ބޯތް ހޭވް ދަ ސޭމް ފީލިންގްސް އާފްޓަރ އޯލް..” ކައިލީ ކުޑަ ހިނިތުންވުމަކާއި އެކީގައި ރަވިކާންގެ ސިކުނޑީގައި ދައުރު ވަމުން ދިޔަ ޚިޔާލުތައް ކިޔާލީހެން ހީވިއެވެ. ”އެމީހެއް ދެކެ ވަރަށް ލައިކްވޭ އެކަމަކު އެމީހަކަށް އެކަން ފާހަގައެއް ނުވޭދޯ.. އަން ލަކީ ދޯ އަހަރެމެން..” ދެންވެސް ވާހަކަދެއްކީ ކައިލީއެވެ. ކައިލީ އެދައްކަނީ ހެއިލަންގެ ވާހަކަ ހެން ރަވިކާންއަށް ހީވިއެވެ. ރަވިކާން އާއި އަމާޒުކޮށް ކައިލީ އެބުނެލީ ޒައިލީންގެ ވާހަކަކަން ރަވިކާންއަށް އެނގުނެވެ. އެއްޗެކޭ ނުބުނެ ރަވިކާން އިނެވެ. ކައިލީ ދައްކާ ވާހަކަތައް އަޑު އަހާށެވެ.
“ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް އެމީހަކަށް އަހަރެމެންގެ ހިތުގައި މިވާ ލޯތްބެއް ނުފެނުނު..” ކައިލީ ނުސީދާކޮށް ބަޔާން ކޮށްދެމުން ގެންދިޔައީ ރަވިކާންގެ ހިތުގައިވެސްވާ ބަސްތަކެވެ. ”ހްމްމް..” ރަވިކާން އެއްބަސްވިއެވެ. ކައިލީ ހިނިތުންވެލިއެވެ. “އަދި އެއްފަހަރު ބައްދަލުވާނެކަމަށް އުންމީދު ކުރަން… ހެއިލަންއަށް ކައިލީގެ ބެސްޓް ވިޝެސް ބުނެދޭތި…” ކައިލީ އަރަން ޖެހޭ ބަސް އައުމުން ކައިލީ ތެދުވަމުން ބުނެލިއެވެ. ރަވިކާން ބޯ ޖަހާލިއެވެ. “ޑޫ ޔުއަރ ބެސްޓް..” އަނެއްކާވެސް ވަރަށް ނުސީދާކޮށް ޖުމްލައެއް ބުނެލާފައި ކައިލީ ބަހަށް އެރިއެވެ.
ރަވިކާންއަށް ކައިލީ ބުނި ޖުމްލައާއި ދޭތެރޭ ވިސްނާލެވުނެވެ. އައުލްކީންއަށް ވެސް ރަވިކާންގެ ހިތުގައި ޒައިލީންއާއި ދޭތެރޭ އުފެދިފައިވާ އާދަޔާޚިލާފު އިހުސާސްތައް ފަހުމުވެއްޖެއެވެ. ރަވިކާން އިރުކޮޅަކު ބަސް ސްޓޮޕް ބެންޗްގައި އިނދެ އިނދެފައި ގޯޅިގަނޑަކަށް ވަތްގޮތަށް އުދުއްސައިގަތެވެ.
ޒައިލީން އިނީ ހެއިލަން އާއި ވާހަކަ ދައްކާށެވެ. އައުލްކީން ފެންނަ ކޮންމެ ފަހަރަކު ހެއިލަންއަށް ވާ ގޮތްގޮތް އެނގޭތީ ޒައިލީން އިނީ ހެއިލަން އެކަނިވިޔަ ނުދިނުމަށެވެ. ރަވިކާން ނުކުމެގެން ދިޔަފަހުން އާދިޔަން އެންމެން ކޮޓަރިއަށް ފޮނުވާލީއެވެ. ރަވިކާން ނައިސް ލަސްވެގެން ޒައިލީން އިނީ ކަންބޮޑުވެސް ވެފައެވެ. ”ކޮންތާކަށްބާ އެދިޔައީ..؟” ފޯނުން ގަޑި ބަލާލަމުން ޒައިލީންއަށް ބުނެވުނެވެ. އޭރު ގަޑިން ހަތްގަޑި ބައިވަނީއެވެ. ކުއްލިއަކަށް ދޮރުގައި ޓަކި ޖަހާލާފައި އެތެރެއަށް ވަތް ރަވިކާން ފެނިފައި ޒައިލީންއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
“އޭ ބްރޯ ކޮންތާކުން..؟” ޒައިދާން އަހާލިއެވެ. ”ބަސް ސްޓޮޕަކުން..” ދޮގު ނުހަދާ ރަވިކާން ތެދަށް ބުނެފައި އެނދަށް ވެއްޓިގަތްގޮތަށް ނިތްކުރި މަތީގައި އަތް ބާއްވާލިއެވެ. ކަމަކަށްފަހު ކަމެއް ޖެހޭތީ ރަވިކާން ހުރީ ބޯ ފަޅައިގެންދާވަރުވެފައެވެ. ރަވިކާން އޮތްގޮތުން ވަގުތުކޮޅެއް ބޭނުންވާހެން ހީވާތީ ޒައިލީން ނުގޮސް ހެއިލަންގެ ގާތުގައި އިނީއެވެ. “އަހަންނަށް އިންސިކުއްޖާ ރައްކާތެރި ކުރެވޭނެބާ..؟؟؟” އެސުވާލު ރަވިކާންއަށް އުނދަގޫ ކުރަމުން ދިޔައެވެ. ރަވިކާންއަށް ވިސްނަމުން ގޮސް ނިދުނީ ކިހިނެތް ކަމެއް ވެސް ނޭނގުނެވެ.
ރަވިކާންއަށް ދެލޯ ހުޅުވާލެވުނެވެ. ރަވިކާންއަށް ހުރެވުނީ ގަބުރުސްތާނެއްގެ ތެރޭގައެވެ. ރަވިކާން ވަށައިގެން ހޯދަމުން ދިޔައެވެ. ކުއްލިއަކަށް އަލްޔާގެ ނަން ޖަހާފައިވާ މަހާނައެއް ރަވިކާންގެ ލޮލުގައި އަޅައިގަތެވެ. “ނޫން..” ރަވިކާންއަށް ވަށައިގެން ބަލާލެވުނެވެ. ހެއިލަންގެ ނަން ޖަހާފައިވާ މަހާނައަކާއި ޒައިދާންގެ ނަން ޖަހާފައިވާ މަހާނައެއް ރަވިކާންއަށް ފެނުނީ ދެނެވެ. “މިއީ ކިހިނެތްވާނެކަމެއް..؟؟؟” ރަވިކާންއަށް ބޯ ހޫރާލާފައި ކަނާތް ފަޅިއަށް ބަލާލެވުނެވެ. ޒައިލީންގެ ނަން ޖަހާފައިވާ މަހާނަ ފެނިފައި ރަވިކާންގެ ބޮލުގައި މީހަކު އެއްޗަކުން ޖެހިހެން ހީވިއެވެ. ރަވިކާންއަށް ވަކިވަކިން އެ ހަތަރު މަހާނައަށް ބަލާލެވުނެވެ. “ކީއްވެގެންތަ..؟” ކުއްލިއަކަށް ޒައިލީންގެ އަޑުއިވުނުހެން ހީވެގެން ރަވިކާންއަށް ކަނާތް ފަޅިއަށް ބަލާލެވުނެވެ. އޭރު ވީދިފައިވާ ހެދުމެއް ލައިގެން މަހާނަދޮށުގައި ޒައިލީން އިށީނދެގެން އިނެވެ. “އަހަރެން ރައްކާތެރި ކޮށްނުދިނީ ކީއްވެގެންތަ..؟ އަހަރެން މަރުވާން ދޫކޮށްލީ ކީއްވެގެންތަ..؟” ޒައިލީން މަޑުމަޑުން ތެދުވިއެވެ. ޒައިލީންގެ ހެދުން ފޯވެފައިވަނީ ލެއިންކަން ރަވިކާންއަށް އެނގުނީ ދެނެވެ. “އަހަރެން ސަލާމަތް ކޮށްނުދިނީ ކީއްވެގެންތަ..؟ އެއީ ކީއްވެގެންތަ..؟” ޒައިލީންގެ ދެލޯ ވަނީ ރަތްވެފައެވެ. އެ ދެލޮލުން ރަވިކާންއާއި ދިމާލަށް ބަލަހައްޓައިގެން ހުރިގޮތުން ރަވިކާންއަށް ނުބައި އިހުސާސެއް ކުރެވުނެވެ. “އަހަރެން.. އަހަރެން..” ރަވިކާންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. “އޭތް..” ޒައިލީން ކުއްލިއަކަށް ބުނެލިއެވެ. ރަވިކާންއަށް ޒައިލީން އާއި ދިމާލަށް ދެވުނެވެ. “އޭތް ރަވިކާން..” އަނެއްކާވެސް ޒައިލީން ބުނެލިއެވެ.
ރަވިކާންއަށް ކުއްލިއަކަށް ލޯ ހުޅުވާލެވުނެވެ. އޭރުވެސް މާނޭވާ ލެވެއެވެ. “އޭތް ރަވިކާން..” އޭރު ގާތުގައި ޒައިލީން ހާސްވެފައި އިނެވެ. “އިންސިކުއްޖާ..” ރަވިކާންއަށް ޒައިލީން ގެނެސް ގަޔާލާ ބޮނޑި ކޮށްލެވުނީ ދެވަނަ ވިސްނުމަކާއި ނުލައެވެ. ފެނުނީ ހުވަފެނެއްކަން ރަވިކާންއަށް ރޭކާލީވެސް ދެނެވެ. “އިންސިކުއްޖާއަށް ކަމެއް ނުވޭދޯ..” ފުންނޭވާއެއް ލަމުން ރަވިކާންއަށް ބުނެވުނެވެ. “ރަވިކާން ކީކޭ ތިކިޔަނީ..؟؟؟ ޒައި ރަނގަޅޭ..” ހެއިލަން، ޒައިދާން އަދި އަލްޔާގެ ނަޒަރު އެދެމީހުންނަށް ހުއްޓިފައި ވާކަން އެނގި ޒައިލީން ކުޑަކޮށް ލަދުގަނެފައި އިނދެ ބުނެލިއެވެ.
ރަވިކާން ޒައިލީން ގަޔާ ދުރުކޮށްލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލާފައި އަނެއްކާވެސް އޮށޯތެވެ. ޒައިލީން ރަވިކާންގެ އެނދުގައި ލެނގިލައިގެން އިށީނެވެ. “ރަވިކާންއަށް ނައިޓްމެއާއެއް ފެނުނީތަ..؟” އަލްޔާ ލާނެތް ރާގެއްގައި އަހާލިއެވެ. ”އެހެން ހީވަނީ..” ޒައިލީން އަދިވެސް ލަދުގަނެފައި އިނދެގެން ބުނެލިއެވެ. ”އެހެންދޯ..” ޒައިދާންވެސް ދިމާކުރާ ކަހަލަ ރާގެއްގައި އެހެން ބުނެލާފައި އަލްޔާ އާއި އަތާއަތް ޖެއްސެވެ.
“ޒައި..” އަލްޔާ އަނެއްކާވެސް ގޮވާލިއެވެ. “މާދަމާ ނޫން އަނެއް ދުވަހު ސްކޫލަށް ދާން ޖެހޭނެދޯ..؟” އަލްޔާ ބުނެލިއެވެ. “ޔެސް މާދަމާނޫން އަނެއް ދުވަހު..” ޒައިލީން ބުނެލިއެވެ. “ހެތެނީސް އެލްފޯމޭނިޔާ ހައި ސްކޫލްގެ މަތިން ވަރަށް ހަނދާންވާނެ..” އަލްޔާ ކުޑަކުޑަ ހިނިތުންވުމެއް ދައްކާލަމުން ބުނެލިއެވެ. “ޒައި ވެސް ވަރަށް މިސްވާނެ އެ ސްކޫލްގެ މަތިން.. ނެއިލޮން ސަރ މަތިންވެސް..” ޒައިލީން އެހެން ބުނެލިއިރު ކުޑަކޮށް އަޑު ތުރުތުރު ލައިގަތެވެ. އަނިޔާވެރިކޮށް އައުލްކީން ނެއިލޮން ސާރ މަރާލިގޮތް ހަނދާންވުމުން ޒައިލީން ބިރުގަންނަގޮތްވިއެވެ. “ނައިކްމެންނާއި ރޫބީމެންވެސް އަންނަ ހަފްތާގައި ސްކޫލަށް ދަމޭ ބުނީ.. އެކަމަކު އެހެން ސްކޫލަކަށް ދަނީ..” ހެއިލަން ބުނެލިއެވެ. “ހެއިލަން..” ރަވިކާން ގޮވާލިއެވެ. ޒައިލީން ކުޑަކޮށް ހައިރާންވެފައި ބަލާލިއެވެ. ހެއިލަންއަށް ގޮވާއުޅުމަކީ ރަވިކާން އާންމުކޮށް ކޮށްއުޅޭ ކަމަކަށް ނުވާތީއެވެ. ”ކީކޭ..؟؟” ހެއިލަންވެސް ހުރީ ހައިރާންވެފައިކަން އަޑުން ދައްކުވައިދިނެވެ. “ކައިލީ.. ކައިލީ ބެސްޓް ވިޝެސް ފޮނުވި..” ރަވިކާން ބުނެލިއެވެ. “ކައިލީ އާއި ދިމާވީތަ..؟” ހެއިލަން އަހާލިއެވެ. ”އާނ ދެންމެ ދިމާވި..” އޮތްގޮތަށް އޮވެ ރަވިކާން ބުނެލިއެވެ. “ކައިލީ މިކޮޅަށް އަންނަ ވާހަކަ ބުންޏޭ.. އެކަމަކު މިއަދު ބައްދަލު ކުރަން ނުދެވުނީ މިވާ ގޮތްގޮތުން.. އަދި ޚާއްސަކޮށް އެ އައުލްކީންގަނޑު އައީމަ..” ހެއިލަންއަށް އައުލްކީންގެ ނަން ދަތްކުނޑި ވިކާނުލާ ކިޔޭ ކަމަކަށް ނުވެއެވެ.
“މާދަމާ ނޫން އަނެއް ދުވަސްވާއިރަށް އަހަރެމެން ދުނިޔޭގައި ސަލާމަތުން ތިބިއްޔާ ވަރަށް ރަނގަޅު..” ޒައިދާން ބުނެލިއެވެ. “އެ އައުލްކީން ހާދަވަރަކަށް އިންޒާރު ދީފައޭ އެދިޔައީ..” ހެއިލަން ބުނެލިއެވެ. “މައްސަލައަކީ ބާރީ އައުލްކީންއަށް ވިސްނައިދިން ގޮތް.. އޭނަ އާދިޔަން ބޭބެއާއި ސަވާނާދައްތަ ދެކެ ކޮން ރުޅިއެއްތަ އެ އަންނަނީ..؟” އަލްޔާ އަހާލިއެވެ. “މަންމައަކީ އަބަދު ސަލްވިޔާ އާއި އެކީގައި އުޅޭ ސަލްވިޔާގެ އެންމެ ގާތް އެކުވެރިޔާ.. އެންޑް އާދިޔަން އިޒް ސަލްވިޔާގެ ހަޒްބެންޑް… ސަލްވިޔާ އަމިއްލަ ނުކުރެވިގެން ކަންނޭނގޭ ބާރީ އުޅުނީ.. ދެން އަމިއްލަ ކުރުމުގެ ކުރިން ސަލްވިޔާ ވަކިވެ ދިޔައީމައި އެކަން ގަބޫލު ކުރަން ބޭނުންނުވެގެން މާ ރިވެންޖީ ވެގެން އުޅެނީ ކަންނޭނގެއެއްނު..؟” ޒައިދާންގެ އަޑުގައި ވަނީ ފޫހިކަމެވެ. “އެކަމަކު އެއީ މީހަކު ބަދަލުހިފާވަރުގެ ކަމެއްތަ..؟ އަދި އެވެސް އަމިއްލަ ދަރިފުޅަކަށް އޮޅުވާލައިގެން..؟” އަލްޔާއަށް އެހުނެވެ. “މަށަކަށް ނޭނގޭ.. ދުނިޔޭގައި އުޅޭނީ އެކިއެކި ވައްތަރުގެ މީހުންދޯ.. އެކިމީހުން އަވަހަށް މާފުދޭއިރު އަނެއްބައި މީހުން އުޅެދާނެ މަރުވަންދެން ވެސް ރިވެންޖް ނަގަން ބޭނުންވެގެން އުޅޭ މީހުން.. އެކަހަލަ މީހެއް ކަންނޭނގެ ބާރީއަކީ..” ޒައިދާން އޭނާގެ ޚިޔާލު ފާޅުކުރިއެވެ. “ހްމްމް ވެދާނެ.. އެކަމަކު އެހާ ލޭމް ސަބަބަކާއި ހުރެ މީހަކު އެހާވަރު ވެދާނެ ކަމަކަށް އަލްއަށް ގަބޫލެއް ނުކުރެވޭ..” އަލްޔާ ބުނެލިއެވެ. “ހެއިލްއަށްވެސް ގަބޫލެއް ނުކުރެވޭ.. އެކަމް މިވަނީ ގަބޫލުކުރަން ޖެހިފައި ކޮންމެގޮތެއް ވިޔަސް…” ހެއިލަން ކޮނޑު އަރުވާލިއެވެ.
“ޒައި..” އެމީހުން ދެއްކި ކޮންމެ ވާހަކައަކަށް ބޯޖަހާލަ ބޯޖަހާލަ އިން ޒައިލީންއަށް ޒައިދާން ގޮވާލިއެވެ. “ކީކޭ ދޮންބޭ..؟” ޒައިލީން އެއްސެވެ. “ކަމެއް ނުވޭ ޒައި މާވަރަށް ނުވިސްނާތި އިނގޭ އިންޝާ ﷲ އެވްރީތިން އިޒް ގޮއިންގ ޓު ބީ ފައިން…” ޒައިލީން މާވަރަކަށް އެކަމާއި ދޭތެރޭ ވިސްނަފާނެތީ ޒައިދާން އަވަހަށް ބުނެލިއެވެ. “ޔެސް..” ޒައިލީން އެވަރުންވެސް ބުނެލީ ކުރު ޖަވާބެކެވެ.
އިރުކޮޅެއްފަހުން އެމީލިޔާ އެ ކޮޓަރިއަށްއައެވެ. “ވިންގް ބޯއި…” އެމީލިޔާ ގޮސް ރަވިކާންގެ ބަނޑު މަތީގައި ދެފައި ވަށްކޮށްލައިގެން އިށީނެވެ. ފަސްއަހަރުގެ ކުޑަ ކުއްޖަކަށް ވިޔަސް އެމީލިޔާ ކުޑަކަމުން ހީވަނީ ތިން އަހަރުގެ ކުޑަ ކުއްޖެއް ހެންނެވެ. ޒައިލީން އެމީލިޔާއަށް ހީނލާފައި ފެންފުޅިއެއް ނެގީ ކަރުހިއްކަން ފެށުމުންނެވެ.
ރަވިކާން ނިތްކުރި މަތިން އަތްނަގާ އެމީލިޔާއަށް ސަމާލުކަން ދިނެވެ. “ލިއަމް މިހާރު ވަރަށް ބިރުން އެއުޅެނީ.. އެ ވައިޓް ވިންގް ގާރލް އަކީ ކާކުތަ..؟ އެ ވިންގް ގާރލް ވިންގް ބޯއިގެ ޕްރިންސެސްތަ..؟” އެމީލިޔާ އެހެން ބުނެލުމުން ޒައިލީން ކޮށިއެރިއެވެ. ރަވިކާންވެސް މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސާލާފައި ފުންމައިގެން ތެދުވިގޮތުން އެމީލިޔާ ނުވެއްޓުނީ ކިރިޔާއެވެ. އެމީލިޔާ އަހާލި ސުވާލުން ހެއިލަން ލޯ ބޮޑު ކޮށްލިއިރު ޒައިދާން އާއި އަލްޔާ ހިނިގަނޑު މަތަކުރަން މަސައްކަތް ކުރަން ފެށިއެވެ.
“ނޯވޭ..!! އެ އަންހެނާ އަކީ މަގޭ ޕްރިންސެސްއެއް ނޫން..!! ނުވިތާކަށް އޭނަ އަހަރެން އަރަން ގެންގުޅޭ ފައިވާނަކަށް ވެސް ކަމަކުނުދާނެ..!!” ރަވިކާންއަށް ޖެހުނު ޝޮކުން ބުނެވުނު އެއްޗެއްވެސް ނޭނގުނެވެ. ޒައިދާންއަށް ނުހީ ކެތް ކުރެވުނީ އެހިސާބަށެވެ. ރަވިކާން ބުނެލި ހަމަނުޖެހޭ ޖުމްލައިން އަލްޔާ ވެސް ޕަކަޕަކަލާފައި ހޭންފެށިއެވެ. ހެއިލަން ނުހޭންވެގެން އުޅުނެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. ޒައިލީންވެސް އަނގަ މަތީ އަތްއަޅާ ބާރަށް ހޭން ފެށިއިރު އެމީލިޔާވެސް ވާނުވާގައި ހުރެ ހީނލައިފިއެވެ.
“އެހެންވިއްޔާ ވިންގް ބޯއީގެ ޕްރިންސެސްއަކީ އެ ދައްތި ތަ..؟” މައުސޫމު ގޮތަކަށް އެމީލިޔާ ޒައިލީންއާއި ދިމާލަށް އިނގިލި ދިއްކޮށްލާފައި އެއްސެވެ. ހީހީ ބަލިވާވަރުވެފައި ހުރި ޒައިދާން އާއި އަލްޔާގެ ޝައުގުވެރި ކަން އެ ޖުމްލަ ދަމައިގަތް އިރު ހެއިލަން ހުރީ ނޭވާ ހިފާއްޓާލައިގެންނެވެ. އެމީލިޔާ އަހާލި ސުވާލު އަޑު އިވުމުން ހޭންހުރި ޒައިލީންއަށް ހުނުން ހުއްޓާލެވުނެވެ. އެއްމިޔަކަނަކަށް ހީނލައިގެން ހުރި ރަވިކާންއަށް ޒައިލީންގެ ލޮލަށް ބަލާލެވުނެވެ. ވަގުތުން ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
35 Comments!
Comments are closed.





Mi part ves varah reethi masha Allah mi aulkeen haadha nulafaee dhw. Alhey rawikaan aa zaileen haadha cute ee
Waiting for the next
Lysm ❤️❤️❤️❤️
Thank u so much Maany dear ?✨? ahahaha i am glad you like them ?? keep waiting ?? love u more ?✨? take care Maany
Maasha allah mi bai ves varah reethi???
Can’t wait for the next part???
Lyvm yoon dear??
Aww thankx a lot Lovebird dear ?✨? I am so happy to knw that ?? love u more n more dearlss ?✨? take good care Lovebird
Omg emiliyaa haadha laanethey kuda akas ?? what is ravikaan going to say ?? so curious
Ahahah yesh emi vrh laaneh ?? Lets see dhw what he is gonna say ?✨? Thanks a lot Xoe dearlss ?✨? take care dear
Varah reethi mi part ves ??? Waiting for the next
Aww thank u so much Wisher ?✨? Keep waiting insha Allah yoon publish kollaanan nxt part tmrw ingeii ?? Take care dear
❤❤❤❤❤❤❤
long time no see yoon
❤❤❤❤❤❤❤
This part is also very amazing
❤❤❤❤❤❤❤
I am speachless everytime
❤❤❤❤❤❤❤
You always leave my mindblown
❤❤❤❤❤❤❤
This is one of the most nicest stories in this site
❤❤❤❤❤❤❤
Sorry for not commenting earlier
❤❤❤❤❤❤❤
Its because i have been very busy these days
❤❤❤❤❤❤❤
Afu ah yoon ge vaahaka thah abadhu ves kamudhaane
❤❤❤❤❤❤❤
Alhe mistory nimeneetha?? no way
❤❤❤❤❤❤❤
Afu beynumeh noon mi story nimeykah
❤❤❤❤❤❤❤
Busy viyas komme dhuvahaku site balan
❤❤❤❤❤❤❤
Just to see if this story is uploaded
❤❤❤❤❤❤❤
Your the best author ever
❤❤❤❤❤❤❤
Just the best and always will be the best
❤❤❤❤❤❤❤
My best wishes
❤❤❤❤❤❤❤
Love you so so much yoon
❤❤❤❤❤❤❤
So so much i mean really really really love you
❤❤❤❤❤❤❤
waiting for the next part
❤❤❤❤❤❤❤
Take care
❤❤❤❤❤❤❤
And stay safe our angelic writer
❤❤❤❤❤❤❤
Labba long time no see Afu ?? Aww thank u so much Afu ?✨? Its oki dear even though i didn’t get your comment in the previous parts it feels rlly good to knw that ur support is always with me ?✨?✨? labba dear stry nimen kairi wanee mihaaru ?? aww thats so sweet of u Afu ?✨? Aww love u more Afu ?✨? Aww you stay safe too lwbi lwbi Afu ?? take care
Mi part ves vrh salhi???masha allah ❤️❤️
Ravikaan keekey baa bunaany…. Emiliyaa ves nuvaanun ekahala suvaalu kuraakah??
Curiously waiting for the next part…
Tc❤️❤️
Thank u so much Naani dear ?✨? Ahaha lets see dhw ?? Yesh keep waiting ?✨? You take care too Naani ?? stay safe
Wooow ?? sooo cute?? varah majaa?varah reethi maasha Allah ???? dhen othy last episode tha yooon?? ekam varah reethi egy mi vaahaka ??curiously waiting for the next part ???
Hi Yoon lwbiiii❤️❤️❤️❤️❤️
Mi part also vrh vrh reethi ingey
And waiting for next
Lyssssssssm and tc dear
Stay safe??❤️?
ވާވް މި ޕާރޓް ވެސް ވަރައް ސަޅި❤️❤️❤️❤️
މާޝާ ﷲ❤️❤️❤️❤️❤️
މި އައުލްކީން ވެސް ދޯ ޕިސް ޕިސް????
ޒައިދާން އައް ރަނގަޅަށް ވެސް ބާރީ ފެންނަދުވަހު ދުނިޔޭގެ ދެކޮޅު ދެއްކޭނެ ދޯ ރަނގަޅަށް ވީއާހުންނާނީ ދެކަމު ހާޖަތައް ދެވިފާ ހެހެހެހެހެހެ?????????
މި އެމެލިއާވެސް ދޯ ރަވިކާން ގެ ޕްރިންސެސް އަކީ އައުލްކީން އޯލަ ހެހެހެހެހެހެ ނުވެސް ގުޅޭ ދެމީހުންނެއް އަނެއް ކާ ސިބްލިން ވީއްޔަ?????????????
ހެހެހެހެހެެ ރަވިކާން ފާވާނޭ ކިޔާގެން އެބުނިއެތި ހާދާމަޖަލޭ ހީހީ ބަނޑައް ތަދުވެއްޖެ ރިލް ފަކީރު ހެހެހެހެހެހެ?????????????????
އަޅޭ ފަހުތަންކޯ ހާދަ ކިއުޓް އޭ ދޯ ހެހެހެހހެހެހެހެ ވަރައް ލޯބި❤️❤️❤️?????????? ޒައިލީން އާ ރަވިކާން އާ ސޯކިއުޓް ހެހެހެހެހެހެ❤️❤️❤️❤️
ދެން އޮއްބާގެ އިންތިޒާރުގާ❤️❤️❤️
ލަވް ޔޫ ސޯ ސޯ މަޗް ޔޫން ސިސް❤️❤️❤️
ސްޓޭ ސޭފް ޑާރލިން❤️❤️❤️❤️
ޔޫން މިފަހަރު ރިލް ގެ ކޮމެންޓް ދިވެހިން ކުރީ އިންގްލިޝް އިން ކޮއް ކޮއް ވެސް އެޑްމިން އެ ކޮމެންޓް ތައް ޕަބްލިޝް ނުކުރީމާ ????????????????
Ma bunee Ril kaireega Keekey.. Mashaa inna mathin comment publish kohdheefaanamey
Kaloo mithaaves thr plss hurihaathanehgaa nufashaa ma badunaamu vaane public gaa
Hehehhe
Needeveyne aarifu u akaa
????Maashaa Allah this part is really really nice
????I’m speechless
????I’m gonna kill this aulkyn
????♥️Aaaawwwww last part is really cute
??????Totally love this story
?♥️??♥️??Lots and lots and lots and lots of love
???????Take very good care
?????Stay safe
??????My fav author
Lol fahu Bai liyaa Hama hee hee endhun nuvettunee kiriyaa ?? varah molhu Yoon adhi mi Bai ves varah reethi ?❤️ waiting 4 the next part.. Lysm
Kiyaafa ? mistake eh
Vrh reethi mi prt…
I can’t wait for next part plzz upload it soon..
N plzz bring a happy ending to rawikaan n zaileens love im really looking forward to it ❤️❤️❤️
this is the best storyyy… wwnnnn alhe next part ga zai mn rahtehi vaane nama .. eyrah enme reethi vaany … alhe ekm vxhaadha haadha reehche mi part,,,amzingggggggglllyy super hit,,, all the best dear when nexttt lwbi lwbi yooonyy dhoonyaaaaaa
This prt is also just wowww????…i really liked it??….kuryy prt ga vx nan jahaafa comment kuryma aranyy anonymous??…hehe love ur story…adhi kithah prt innaanethrr yoon dear ??
ވަރަށް ރީތި ވާހަކައެއް ?? ?? ޔޫން ޔޫ އާރ ދަ ބެސްޓެސްޓް ރައިޓާ އައި އެވަރ ސޯ??✨ލަވް ޔޫ ސޯ މަޗް ???✨✨✨✨✨✨?
Varah varah reethi mi vaahaka ??? nimey thanun zai aa ravikaanu bro aa gulheyne baa ?? enme curious ee ehen veytho balan ? emilia ves haadha gadhayey ? waiting for the next part
Sorry yoon sis comment nukureveythee?? nisha ge test dhuvaskolheh veema nukurevenee?? mi site in mihaaru nisha kiyanee afaa sis, laya sis adhi yoon sis ge vaahaka ekani?? love you so much.. Nisha ge stress filuvaan mi ah vure rangalhu kameh nukurevey?? test nimmaaafa kaairu mi vaahaka abadhuves kiyani stress filaa hama vaguthun?? yoon sis thank u darl mihaaa salhi story eh geneshdyethee… E ulhey aarifu mi comment publish kodhdheyne kameh ves neyge ?? aarifooo please mi comment publish kodhdheythi
Varah bodah shukuriyya aarif ???? Meeru theluli rihaakuraa bathuge keumeh miadhu mendhurah alhun fonuvaadheynan ?? love you so much yoon sissoo
Omy god ????? Ravikaan bunaani keekey baa….?? that his princess is xai..?? or will he avoid the question..? S0 curious….!!! lysm yoon when next part
Ahahaha Aarif kalo mi comment ves laadheefi ??? ma vee tha aarifah bondi bai kakkadheyn..??? ??? Uhun pizza eh ganedheynan ??? anyway yoon your amazinga and a star ??? cant wait for the next
Yoonee…..naayoo kuri cmnt pub eh nuve dhw…
But v speechless ????
Vvvvvvvvvvvvvvvvvvvvvvvvvv loabbbey dhoonnnaa…
Naayoo kurin prt ah cmnt kurin ekm mi part ah mihaa lahun cmnt mi kurevunii boyfriend ge birthday celebrate kuran ulhefa rey dhanvaru 3 ves vii fahun nimunii ehn ve….
Ekm naayoo bunaane echeh Vs neyngun..?????
Ekm haadha cutey rawikaan zailiin ah insikujja kiyaathii…????❤️??❤️?❤️?❤️❤️??❤️?❤️❤️?
Hama huvaa…moya vaavaruve…
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Lots of luv….gurl…..??❤️?❤️?❤️?❤️?❤️?
TC STAY SAFE ???..
Mifaharu mi AAAAAARIFU gandu rahumeh huri fahareh…huh..v fooohivey….?????
Ekm thanks cmnt pub kodhiniithii….yooniii sisooo ashaa ehn kudinanh Vs baajjaveri dhuvahaka edhen..
????????
#STAY SAFE EVERYONE……
Yooon nxt prt up kurany kon irakun!?
salhi..ekm mihaa ls vgen kamaku nudhaane…
Heyy yoon where is the nxt prt