Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބީގެ ހައްގުގައި 14

Sh@_n@ Level 410 Stories100 Comments100 Login
September 20, 2020 4 Mins Read
12 Comments

” އަޔާ ކީއްވެ އެއްޗެކޭ…..ނުނުނު…ތި ހީކުރާ ކަހަލަ ކަމެއް ނުވޭ، އަހަރެންނަށް ބުނެވުނީ އެހާ ވަރަށެވެ. އަޔާ އަހަރެންގެ ކޮނޑުގައި އަތްއަޅާ ކޮއްޕާލިއެވެ. އަހަރެން ނުވިސްނާ ހުއްޓާ އަޔާގެ އެ އަމަލުން އަހަރެން ބިންމައްޗަށް ވެއްޓުނެވެ.

ގަބޫލު ނުކުރެވިފައި އަހަރެންނަށް އަޔާގެ މޫނަށް ބަލަހައްޓައިގެން އިނދެވުނީއެވެ. އަހަރެން ދުވަހަކުވެސް އަޔާގެ ފަރާތުން އެފަދަ ކަމަކަށް އުއްމީދެއް ނުކުރަމެވެ. އަހަރެންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބައިގަތީ އަޔާ އަހަރެންނަށް އިތުބާރު ނުކުރީތީއެވެ.
” އޯ އައި އެމް ސޮރީ، މިކަހަލަ ކަމެއް ވާނެ ކަން އެނގޭނަމަ އަހަރެން ރީމް ބުނެގެން ވިޔަސް ނާންނާނެއްނު، އެހާ ވަރަށް އާދޭސް ކުރީމަ އަހަރެން މިއައީވެސް” އެހެންބުނެ ނާޒިމް ބިންމަތީގައި އޮތް ގަމީސް ނަގާ ލިއެވެ. ރޯވެފައިވާ އަލިފާނަށް ދަރު އަޅާ އިތުރަށް އެ އަލިފާނު ގަނޑު ވަރުގަދަ ކުރާ ބީދައިން ނެވެ. ނާޒިމްގެ ޖުމްލައިން އަހަރެންގެ ދެލޯ ދިޔައީ ބޮޑު ވެގެންނެވެ. ހަމަ އެއާއެކު އަޔާގެ ދެ އަތް މުއްކަވާލިތަން އަހަރެންނަށް ފެނުނެވެ.
” ނާޒިމް ކަލޭ ކޮން ދޮގެއް ހަދާކަށް، ކޮން އިރަކު އަހަރެން ކަލޭ ކައިރީގައި އަންނާށޭ ބުނީ، އަހަރެން މިއުޅެނީ ފިރިހެނުން މަދު ވެގެން ނޫނޭ، އަހަރެން ލޯބިވަނީ އެންމެ މީހެއްދެކެ، އެއީ ހަމަ އެކަނި އަޔާ، އަޑު އިވިއްޖެތަ” އަހަރެން ތެދުވެގެން ގޮސް ނާޒިމްގެ ގަމީހުގެ ގިރުވާނުގައި ހިފަމުން ބުނީމެވެ.
” ހުއްޓާލާ” އަހަރެން ސިހުނީ އަޔާގެ ބާރުގަދަ އަޑުންނެވެ. އަހަރެންގެ އަތުގެ މުލައްދަނޑީގައި ހިފާ ގެނެސް އަހަރެން ހޫރާލިއެވެ. އަހަރެން ގޮސް ޖެހުނީ އެނދުމައްޗަށެވެ.
” އަހަރެން ވަރަށް ކެތް ކޮއްފިން، އަހަރެންނަށް އެ ފޮޓޯތަށް މީހަކު ފޮނުވީމަވެސް އަހަރެން ގަބޫލެއް ނުކުރަން، އެމީހާ އެހަދަނީ ދޮގެއްކަން ސާބިތު ކޮއްދޭން އެހާ އުފަލުން އައީ ވެސް ރީމްއަށް ކުރާ އިތުބާރަކުން، އެކަމް ބަލާބަލަ އަހަރެން ނެތިސް ފަރުދާގެ ފުރަގަހުގައި ކުޅެމުންދާ ކުޅިވަރަކީ މީ، ކިތަންމެ ވަރަކަށް ނޫނެކޭ ބުންޏަސް ރީމް ތިހަދަނީ ދޮގުކަން އެނގޭ ވަރަށް އަހަރެންގެ އަތުގައި ހެކި އެބަހުރި، ދައްކަންތަ، ބަލަން ކެރޭނެތަ” އަޔާ އެހެންބުނެ އަހަރެން އަތުގައި ހިފާ އެނދުމަތީގައި ބޭންދިއެވެ.އަދި އަހަރެންގެ އަތަށް އަޔާގެ ފޯނު ދިނެވެ.

ފޯނުގައިވާ ފޮޓޯތަށް ފެނިފައި އަހަރެންނަށް ހީވީ އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. އަހަރެން ނާޒިމްގެ އަތު ތެރޭގައި ނިދާފައި ވާ އިރު މެޔާ ހަމައަށް ވަނީ ބެޑްޝީޓް އަޅާ ނިވާ ކޮއްފައެވެ. ފެންނަ ފެނުމަށް އިތުރު އެއްޗެއް ނުލައެވެ އަހަރެންނަށް ގަބޫލު ނުކުރެވިފައި އަނގަމަތީގައި އަތް އަޅާލެވުނެވެ. މަންޒަރު ބަލަން ނާޒިމް ހެވިފައި ހުއްޓެވެ.

” ކޮބާ ކިހިނެއްވީ، ބުނާނެ އެއްޗެއް ނޭނގުނީތަ މީ ތިވާ ލޯތްބަކީ، މާ އަވަހަށް ރީމްގެ ކުޅިގަނޑު މަށަށް ބަސްޓް ވީ ދޯ، ނަސީބެއް އަހަރެންނަށް އާދެވުންކަން، އެހެން ނޫންނަމަ އަހަރެންނަށް ކިހާ ދުވަހަކު މަކަރު ހަދައިގެން އުޅޭނެ” އަޔާގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ.
” ނޫން އަޔާ، އަހަރެން އަޔާ އަކަށް މަކަރެއް ނަހަަދަން، އޮޅުވައެއް ނުލަން، އަހަރެން ލޯބިވަނީ ހަމަ އެކަނި އަޔާދެކެ، ނާޒިމް އެ ހަދަނީ ދޮގު، ތި ފޮޓޯ ތަކަކީ އަހަރެން ނިދާފަ އޮއްވާ ކޮއްފަ އޮތް ކަމެއް، ގަބޫލް ކުރޭ” އަހަރެން އަޔާގެ ދެފައިގައި ހިފައި އާދޭސް ކުރަމުން ބުނީމެވެ. އަޔާ ވަގުތުން އަހަރެންގެ އަތް ނައްޓުވާ ދުރައްލިއެވެ.

” ހަބަރު ދާރު، ތި މުޑުދާރު އަތުން އަހަރެންގެ ގައިގަ އަތް ނުލާ، އަދި ތި ދުލުން އަހަރެންދެެކެ ލޯބިވޭ ނުބުނޭ، ނިދާފަ އޮންނަ މީހަކަށް މިވަރު ކުރާ އިރު ނޭނގެނީތަ،އަހަރެން ރީމްދެކެ ކިހާ ލޯބިވިން، ކިހާ އިތުބާރެއް ކުރިން އޭގެ ބަދަލުގަ އަހަރެންނަށް ދޭން ފެނުނު ހަދިޔާއަކީ ތީތަ” އަޔާގެ ޖުމްލައިން އަހަރެންނަށް ގިސްލާ ރޮއެ ގަނެވުނީ އަޔާގެ އަޑުގައި މޮޅިވެރިކަމާއި ވޭން އިންތިހާއަށް ވާކަން އިހްސާސް ކުރެވުމުންނެވެ.

” އަޔާ އަހަރެން މިހަދަނީ ހަމަ ތެދު، އަހަރެންގެ ފޯނު ބަލާ، އެއްވެސް މީހަކަށް މެސެޖެއް ނުކުރަން، ނުވެސް ގުޅަން، އަހަރެން އެހެން ބުނެ އަޔާއަތަށް ފޯނު ދިއްކޮއްލީމެވެ. އަޔާ އަހަރެންގެ އަތުން ފޯނު ދަމައިގަތެވެ.

އަހަރެންގެ ފޯނު ބަަލާ ވަރަކަށް އަޔާގެ ރުޅި ދިޔައީ އަނެއްކާވެސް ގަދަވެގެންނެވެ. މޫނުމަތިން އެކި ކުލަވަރު ދިޔައީ ފެންނަމުންނެވެ.
” މީތަ ނުކުރާ ކަމަކީ، މީގަ ވެސް އެ ހެރީ އެ ފޮޓޯތަށް، ގައިމު ރީމްއަށް ނޭނގި ފޯނުގެ ޕިން ނަމްބަރ އެއް އެއްވެސް މީހަކަށް ނުޖެހޭނެ، މިހިރީ އަންނާށޭ ކިޔާފައި މެސެޖް ކޮއްފަ، އެންމެ މީހަކަށް ނޫން ތިން މީހުންނަށް” އަޔާ އެހެން ބުނުމާއެކު އަހަރެންނަށް ވީ ގޮތެއްވެސް ނޭނގުނެވެ. ފޯނު އަތުލާ ފޯނު ބަލަމުން ދިޔައީމެވެ.

ތެދެކެވެ. އެ ފޮޓޯތަށް އަހަރެންގެ ފޯނުގައި ވެސް އެބަ ހުއްޓެެވެ.އަނެއްކާ އަންނާށޭ ކިޔައި ތިން މީހަކަށް މެސެޖްވެސް ކޮއްފާ ހުއްޓެވެ.އަހަރެން ވަގުތުން ހުއްޓުން އެރިއެވެ. އަމިއްލަ ދިފާއުގައި ބުނާނެ އެއްޗެއް ނޭނގުނެވެ. އަހަރެން އަޔާއަށް ބޭވަފާތެރި ވާން އުޅުނީ މިގޮތަކަށް ނޫނެވެ.އަހަރެން ގަސްތުކޮއްގެން ހުރީ ފޫހިވެއްޖެ ކަމަށްބުނެ ދުރުވާށެވެ.އެކަމް ކަންތަށް މިވަނީ އަތް ނުފޯރާ ހިސާބަށް ގޮއްސައެވެ.

އަހަރެން އަޔާއާ ކައިރިއަށް ދިޔައީމެވެ. އެވަގުތު ނާޒިމް އައިސް އަހަރެންގެ ފުރަގަހުން ބައްދައިގަތެވެ. ނާޒިމްގެ އެ އަމަލުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަރެން އެއްޗެކޭ ބުނުމުގެ ކުރިން ނާޒިމް އަހަރެންގެ ކަންފަތް ދޮށުގައި ބުނެލިއެވެ.
” ދިފާއުގައި އެންމެ އެއްޗެއް ބުންޏަސް އަޔާޒުގެ ދުވަސް ދިޔައީ، ރީމްގެ މަސައްކަތަށް އަހަރެން މި ފަސޭހަ ކޮއްދިނީ ،ރީމްއަށް ނުވާނެހެން ހީވާތީ، ހަދަންވީ ގޮތެއް ދެން އެނގޭނީ ރީމްއަށް” ނާޒިމްގެ އެ ޖުމްލައިން އަހަރެންގެ ހިތަށް ބިރުވެރިކަން ވަނެވެ.ނާޒިމްގެ އެ ވާހަކައިން އަޔާ ގެއްލުވާ ލުމުގައި ބައިވެރިވީ ނާޒިމްކަން އެނގުނެވެ. އަޔާވެސް މަންޒަރު ބަލަން ހުރީ ގަބޫލު ނުކުރެވިފައެވެ.ނާޒިމް އެހެންބުނެ އަހަރެންގެ ގައިން ދޫކޮލިއެވެ.

” އޯހް….ކިހާ ބޭކާރު ކަރުނައެއް މި ދުއްވާލެވުނީ، ކީއްކުރަންތަ އެހާ އަވަހަށް ފޮޓޯތައް ފޮނުވީ، ތަޅުވާލަން ބެހެއްޓިނަމަ އެއްނު” އަހަރެން ލޮލުން ފޭބި ކަރުނަތަށް ފުހެލަމުން ބުނެލީ އަހަރެންނަށް އިތުރު އެއްވެސް ގޮތެއް ނެތިގެންނެވެ. އަދި ނާޒިމްގެ އަތުގައި ހިފައިގެން ގޮސް އަޔާގެ ކުރިމައްޗަށް އެރީ ވަރަށް ހިތްވަރު ކޮއްގެންނެވެ.
” އަހަރެންގެ މޮޔަކަމުން ތި ކަހަލަ މީހަކާ ހިތާ ވެވުނީ، ނަސީބެއް އެހާ ގިނަ ދުވަސް ބޭކާރު ނުވިކަން، ތިކަހަލަ ކަޓު މީހަކާ ގުޅިގެން އުޅޭނީވެސް ކަޓު މީހެއް، މި ޒަމާނުގައި އެންމެ މީހަކު ގޮވައިގެން ނޫޅޭވޭނެ، އަދި ބުނަން ދެން އަހަރެންގެ ކުރިމައްޗަށް ނާރައްޗޭ، އަހަރެންގެ ފެންވަރާ ގާތް ކުރާ ހިސާބަށްވެސް ކަލެއަކަށް ނާދެވޭނެ، މިހާރު އަހަރެންގެ ހަގީގަތް އެނގިއްޖެ އެއްނު، ހަމަ މިހާރު މިތަނުން ނުކުމެގެން ދޭ” އަހަރެން އެ ހުރިހާ އެއްޗެއް ކިޔަމުން ދިޔައިރު އަޔާގެ ލޮލަށް ކަރުނަ ދިޔައީ ޖަމާވަމުންނެވެ. އެހެން ނަމަވެސް އަޔާއަށްޓަކައި އަހަރެންނަށް މިކަން ކުރަން މިވަނީ މަޖުބޫރުވެފައެވެ.

” އަޔާ މަޑު ހިނގުމުގައި ދޮރާ ދިމާއަށް ދިޔައެވެ. އަހަރެންގެ ލޮލުން ކަރުނަ ފައިބައިގަތެވެ. އަހަރެން އެ ކަރުނަ ފުހެލީ އަޔާއަށް ފެންނަން ނޭދޭތީއެވެ. އެވަގުތަކީ އަޔާ އަހަރެންނަށް ބަލާލި ވަގުތެވެ. އަހަރެން އަވަހަށް އަނެއް ފަރާތަށް އެނބުރުނީ އަޔާއާ ހަތަރު ކަޅި ހަމަ ކުރާނެ ހިތްވަރު ނުލިބިގެންނެވެ.

” ރީމްގެ ތި ދިރިއުޅުމަށް މަރުހަބާ، ތިކަހަލަ މަކަރު ވެރި އަކު އަހަރެން އަދި ނުދެކެން، އަހަރެން ރީމްއަށް ނަފްރަތު ކުރަން، ނަފްރަތު ކުރަން، ތި ސޫރަ ދުވަހަކުވެސް ދެކޭކަށް ބޭނުމެއް ނޫން” އަޔާ އެހެން ބުނެ ނުކުމެގެން ދިޔައެވެ. އަޔާ ދިޔުމާއެކު އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ. އަޑުން އަޑުނަގާ ރޮއެ ގަނެވުނެވެ. އެވަގުތު ނާޒިމް އައިސް އަހަރެންގެ ކޮނޑުގައި އަތް އަޅާލިއެވެ.އަހަރެންގެ ރުޅި ދިޔައީ ގަދަވެގެންނެވެ.
” ހަބަރުދާރު، އަހަރެންގެ ގައިގަ އަތްނުލާ، ކަލޭ ބޭނުންވި ކަންތަށް ވެއްޖެއެއްނު، ދެން ހަމަ މިހާރު މިތަނުން ނުކުމޭ، ފަހަރެއްގަ ވެސް ހީ ނުކުރާތި، މިހިތް ކަލެއަށް ލެބޭނޭ، ހަމަ މިހާރު ނުކުމޭ” އަހަރެން އެހެންބުނެ ނާޒިމްގެ އަތުގައި ހިފާ ކޮޓަރިން ނެރެ ދޮރު ތަޅުލީމެވެ.

ދޮރު ތަޅުލުމަށްފަހު ގަދަކަމުން ކަހަލަ ގޮތަކަށް ފިޔަވަޅު ނަގަމުން އަހަރެންނަށް އެނދާ ހަމައަށް ދެވުނީ ކިރިޔާއެވެ. އަހަރެންނަށް އެނދުމައްޗަށް ވެއްޓިގަނެވުނެއެވެ. އަހަރެން ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުނީއެވެ. ބައްޕަ ނިޔާވެ، އެކަމުގެ ހިތާމަ ނުފިލާ އުޅެނިކޮށް އަޔާ އާ ވަކިވާން ޖެހުނީއެވެ.އަހަރެންގެ ހިތް ހީވަނީ ތޫނު އެއްޗަކުން ކަފާ ކުދި ކުރާހެންނެވެ. މޭގެ ރިހުން ދަނީ ފަހަރަކަށް ވުރެ ފަހަރެއް ގަދަވަމުންނެވެ. ހަޔާތުގައި އޮތް ހަމަ އެކަނި އުއްމީދުގެ ހުޅުކޮޅުވެސް ނިވުނީއެވެ. ދިރިއުޅުމަށް ކުރަމުން އައި ހަމައެކަނި އުއްމީދު ގެއްލިގެން ދިޔައީއެވެ. އަޔާއާއެކު ދެެކެމުން އައި ހުވަފެންތަށް ވިއްސި ވިހާލި ވީއެވެ.

ރޮއެ ރޮއެ އަހަރެން ވަރުބަލިވިއެވެ. ކަރު ތެރެ ހިކި ހިންދިރުވަން ވެސް އުނދަގޫ ވިއެވެ. އެހެނެއް ކަމަކު ފެން ފޮދެއް ބޯލަންދާން ތެދުވާނެހާ ހިތްވަރުވެސް އަހަރެންގެ ގަޔަކު ނެތެވެ.

އިރުކޮޅެއް ނުވެ ދޮރު ހުޅުވާލާފައި އެވަނީ ކަރަމްއެވެ. އަހަރެން އޮތް ހާލު ފެނި ކަރަމްގެ ލޮލުންވެސް ކަރުނަ ހިލުނެވެ.
” ރީމް ކިހިނެއްތަ ތިވަނީ، ކާކު ނުކުމެގެން އެ ދިޔައީ،ރީމް ތެދުވެބަލަ” ކަރަމް އަހަރެން ނަގާ އަހަރެންގެ ގައިގައި ބައްދާލިއެވެ. އަހަރެން ވާހަކަ ދައްކަން މަސައްކަތް ކުރި ނަމަވެސް އެ ހިތްވަރެއް ނުލިބުނެވެ.

” އަ އަޔާ ގޮއް..ގޮއް..ގޮއްސި، އަައަ އަހަރެން އަޔާ ދޫކޮއްލައިފިން، ހު ހު..ހުރިހާ އުއްމީދެއް ގ..ގެ..ގެއްލިއްޖެ” އަހަރެންނަށް ބުނެވުނީ އެހާ ވަރަށެވެ. އަހަރެންނަށް ދެން ވީ ގޮތެއް ނޭނގެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

love is sour n sweet
Previous

ހުދާއްކޮ 2

Next

ނުފިލާނޭ މިހިތަކުން… 32

Next
September 20, 2020

ނުފިލާނޭ މިހިތަކުން… 32

Previews
September 20, 2020

ހުދާއްކޮ 2

love is sour n sweet

12 Comments!

  1. Sh@_n@ says:
    September 20, 2020 at 7:05 pm

    Hiii, hurihaa kudhin, ihye buny mehnu miadhu new part eh genesdheynamey, so here 14th part. Uhmeedhu kuran reethi vaane kamah❤️❤️???

  2. sama says:
    September 20, 2020 at 7:25 pm

    Vvvvvv reethi
    Ithurakah bunaane ehcheh ves Nei
    ehaaves fyrihama masha Allah
    when next

    1. Sh@_n@ says:
      September 20, 2020 at 7:57 pm

      Thank you so much Sama???❤️. Insha Allah tuesdayga❤️❤️

  3. Leem says:
    September 20, 2020 at 7:48 pm

    Mee kuryga up kuri vaahaka ehtha

    1. Sh@_n@ says:
      September 20, 2020 at 7:58 pm

      Nun leem. Mee new story eh?

  4. Saheena Saleem says:
    September 20, 2020 at 7:59 pm

    V reethi…Dhigukoh genesdheefi nama ragalhu

    1. kujjaa says:
      September 20, 2020 at 8:43 pm

      ??

    2. Sh@_n@ says:
      September 20, 2020 at 8:50 pm

      Thank you so much saheena saleem.next part dhigukohlaanan???

  5. ?Ril? says:
    September 21, 2020 at 11:56 am

    Wow vrh sali Mi part ves????❤️❤️❤️❤️❤️❤️❤️
    Aley no way Ril Ah ves rovihje Mi part kiyaafaa??????????????????
    I woundr what is going to happen next ?????????????????
    Lysssssmmmm ❤️❤️
    Stay safe ❤️❤️❤️

    1. Sh@_n@ says:
      September 21, 2020 at 2:06 pm

      Thank you so much Ril❤️❤️?. Let’s see dhw dhen vaa gotheh?.stay safe dear

  6. Ram says:
    September 22, 2020 at 7:15 am

    vvvvvvv reethi maasha allah mibai ves hama obi ????????❤❤❤❤❤❤❤❤❤?????

    1. Sh@_n@ says:
      September 22, 2020 at 8:28 am

      Thank you so much Ram?❤️??

Comments are closed.

Next Episodeލޯބީގެ ހައްގުގައި 15←


All Right Reserved!