ޒާޔާ (ތިރީސްވަނަ ބައި)
ނިހާން ދިއުމުން ޖަމީލާ ނިހާ ގޮވައިގެން ކޮޓަރިއަށް ވަނެވެ. އެނދުމަތީގައި ނިހާ ކުޅެން ބައިންދައިފައި ތެދުވަން އުޅުނުތަނާ ޖަމީލާއަށް ފެނުނީ އެނދުމަތީގައި އޮތް ޒާޔާގެ ފޮޓޯގަނޑެކެވެ. ޖަމީލާ އެ ފޮޓޯގަނޑު ނަގައި އެއަށް ރަނގަޅަށް ބަލައިލިއެވެ. އެ ފޮޓޯގަނޑުގައި ޒާޔާ ހިނިތުންވެލައިގެން އިން އިރު ޖަމީލާއަށް ހީވީ ނޭނގޭ މީހަކު އައިސް އޭނާގެ މޫނުމަތީގައާއި ބޮލުގައި އެއްޗަކުން ޖަހާހެންނެވެ. ބަލާކަށް ނުހުރެ ޖަމީލާ އެ ފޮޓޯގަނޑު ވީދައި ކުދިކުދި ކޮށްލިއެވެ. އަދި ކޮޓަރީގެ ކުޑަދޮރުން ބޭރަށް ކުދިކުދިވެފައިވި ކަރުދާސްތައް އުކައިލިއެވެ. “ޒާޔާ. ކަލޭ އަނބުރައި ރަށަށް އައީމަ…. ހަމަ މިގޮތަށް ހަދާލާނީ.” ނުރައްކާތެރި ބެލުމަކުން ބިންމަތީގައިވި ކަރުދާސްކޮޅުތަަކަށް ބަލަހައްޓައިގެން ހުރެ ޖަމީލާ ބުންޏެވެ.
ކޮންމެއަކަސް ލޯންޗް ރަށުން ފުރިތާ އެއްގަޑިއިރު ވެއްޖެއެވެ. މާލެއާއި ލޯންޗް ކައިރިވުމާއިއެކު މާލެ ވަނުމަށްޓަކައި ލޯންޗު އަނބުރައިލި ގަޑީ ނިހާނަށް އެހެންކަހަލަ ގޮތެއްވެގެން ދިޔައެވެ. ނިހާން ބިރުގަތީކީ ނޫނެވެ. ކުރީގެ ހަނދާނެއް އާވެފައި އޭނާއަށް ކުޑަ ފަޅުކަމެއް އިޙުސާސް ކުރެވުނީއެވެ. މާލެ ވަނުމަށްޓަކައި ލޯންޗު އަނބުރައިލައި ވަގުތަކީ ޒާޔާ ވަރަށް ބާރަށް ނިހާންގެ އަތުގައި ހިފަހައްޓައިލައި ވަގުތެކެވެ. ޒާޔާ ގޮވައިގެން ނިހާން މާލެ ދާ ދުވަހަކު ޒާޔާގެ ޙާލަކީ އެއީއެވެ. ނަމަވެސް މިއަދު ނިހާންގެ އަތުގައި އެގޮތަށް ބާރަށް ހިފަހައްޓައިލާކަށް އޭނާގެ ދަރިފުޅެއް ނެތެވެ.
މާލެއަށް ފޭބުމާއިއެކު ތަންކޮޅެއް ދުރުން ނިހާންގެ ރައްޓެއްސެއް އަންނަތަން ނިހާނަށް ފެނުނެވެ. “އަހުމަދޫ!” އެމީހަކަށް އަޑުއިވޭނެވަރަށް ނިހާން އެމީހަކަށް ގޮވައިލިއެވެ. އެއާއިއެކު އެމީހާ ނިހާނާއި ދިމާލަށް ބަލައިލައިފައި ހިނިތުންވެލިއެވެ. އަދި އޭނާގެ އަތުގައި އޮތް ތަޅުދަނޑިފަތި އަނބުރަމުން ނިހާން ގާތަށް އައެވެ.
“މިކޮޅުގަ ކީއްކުރަނީ؟” ނިހާންގެ ކޮނޑުގައި ޖަހައިލަމުން އަޙްމަދު އެހިއެވެ. “އެއްމަސް ދުވަހަށް ޗުއްޓީއެއްލިބުނީމަ ހަމަ ޖައްސާލީ. ދެން ބޮޑުކަމެއްވެސް ކުރާށާއެކީ މިއައީ.. އަހަންމަދާ ކަލޭ ހާދަ ފަލަ ވެއްޖެއޭ ދޯ މިހާރު.” އަޙްމަދުގެ ފަލަ ހަށިގަނޑަށް ބަލައިލަމުން ނިހާން ޒާތަކަށް އަޙްމަދަށް މަލާމާތް ކޮށްލިއެވެ. “ފެންނަ ކޮންމެތާކުން ނުޖެހޭ ފަލައޭ ހިއްކޭ ދަގަނޑޭ އަނެކެއްޗެކޭ ކިޔާކަށް! ތިހެން ނުބުންޏަސް މަށަށް އިނގޭ މަ ފަލަކަން. ހަހަހަ… ހިނގާ ސައިބޮއެގެން އަހަރުން ގެއަށް.” ސަމާސާ ކޮށްލަމުން އަޙްމަދު ނިހާން ގާތުގައި އޭނާއާއިއެކީ އައުމަށް އެދުނެވެ. ނިހާންވެސް އުފަލުން އަޙްމަދުގެ އެ ދައުވަތު ޤަބޫލުކޮށް އަޙްމަދާއިއެކު ހިނގައިގަތެވެ.
ޖެޓީ ކައިރީ ފަވާޝަތު މަޑުކޮށްގެން ހުރީ އަފްލާހް އޭނާ ބަލައި އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އަފްލާހު ބުނި ގޮތުގައި އޭނާ ހުުންނާނީ ފަވާޝަތު އަންނައިރަށް ފާލަން ކައިރީގައެވެ. ނަމަވެސް އަފްލާހެއް އެތާކުއެއް ނެތެވެ. ފޯނު ނިވިފައިވުމުގެ ސަބަބުން ފަވާޝަތަށް އެއިން މީހަކަށް ގުޅައިވެސް ނުލެވުނެވެ. އޭނާއާއި ކައިރިން ހިނގައިފައި ދިޔަ އެތައް ބައެއް ގާތުގައިވެސް ފޯނެއް ދޭން ބުނަން ފަވާޝަތު ބޭނުންވިއެވެ. އެހެނަސް ފަވާޝަތަކަށް އެއިން މީހަކާ ވާހަކަ ދައްކައިިލާކަށް ނުކެރުނެވެ. މީހުން ގިނަ ކަމުންނާއި ދުއްވާ އެއްޗެހި ގިނަކަމުން އެ ސަރަޙައްދު ވަރަށް އަޑުގަދައެވެ. އެހެންކަމުން ފަވާޝަތު ހުރީ ނޭވާ ހާސްވެ ކުޑަކޮށް ބޯ އަނބުރާގޮތްވެސް ވެފައެވެ.
ފަވާޝަތު އެ ޙާލެއްގައި ހުއްޓައި ދުރުން ވަރަށް ބާރަށް ދުވެފައި އަފްލާހް އަންނަތަން ފަވާޝަތަށް ފެނުނެވެ.
“ސޮރީ ފަވާ.. އޮފީހުން ނުކުމެވުނީވެސް ދެންމެގަ ވިއްޔަ. ކީއްވެ ގުޅާނުލީ؟” ފަވާޝަތު ގާތަށް އައިސް ފަވާޝަތުގެ ބައެއް ދަބަސްތައް އުފުލަމުން އަފްލާހް އެހިއެވެ. “ފޯނު ނިވިފައޭ އޮތީ. އެހެންވެ ނުގުޅުނީ.” މާޔޫސީ ރާގެއްގައި ފަވާޝަތު ބުންޏެވެ. “ފޯނު ނިވޭނެ ދޯ ލޯންޗަށް އެރިގޮތަށް އެ ހިފައިގެން ކުޅެން އިންނާނީވިއްޔަ.” ފަވާޝަތުގެ ކޮލުގައި ހިފައި ފިތައިލަމުން އަފްލާހް ބުންޏެވެ. ފަވާޝަތު އަފްލާހްގެ އަތް ފޮޅުވައިލައިފައި އަފްލާހްގެ ތުނބުޅީގައި ހިފައިގަތެވެ. “ޒްޒްޒް.. އާތް.. ފަވާގަނޑާ. ތަދުވެއްޖެޔޭ ފިސާރި.” ދަތްދޮޅީގައި ފިރުމައިލަމުން އަފްލާހް އަޑަށް ބާރުލަމުން ބުންޏެވެ. ފަވާޝަތު ހޭން ފެށުމުން އަފްލާހްވެސް ހުނެވެ.
ޒާޔާއާއި ލިއަމް ތިބީ ރެސްޓޯރެންޓެއްގައި ސައިބޯށެވެ. އޮލަ ވާހަކަތަކެއް ދައްކަމުން ދެމީހުން ސައިބޮމުން ދަނިކޮށް ކުއްލިއަކަށް ރެސްޓޯރެންޓަށް ވަތް މީހަކު ފެނިފައި ޒާޔާ ކޮށި އަރައިގަތެވެ. ޒާޔާ އަވަސްއަވަހަށް ހަމައަކަށް އެޅިލަމުން އެމީހަކަށް އޭނާގެ މޫނު ފޮރުވުމުގެ ގޮތުން އިސްޖަހައިލިއެވެ.
“ކީއްވީ ޒާޔާ؟” ޒާޔާ ކުއްލިއަކަށް އިސްޖަހައިލި ގޮތުން ލިއަމް ކަންބޮޑުވިއެވެ. ލިއަމްއަށް ހީވީ ޒާޔާ މެއަށް ނުބައިކުރުވާތީ އެހެން ހަދައިގެން އިނީކަމަށެވެ. “ލިއަމް. ހިނގާބަ ގެއަށް ދާން. ޕްލީޒް.” ޒާޔާ އެއިންގޮތަށް އިނދެ އަވަސްއަވަހަށް ބުންޏެވެ. “ކިހިނެތްވީތަ؟ އެއްވެސްކަހަލަ އުނދަގުލެއް ވަނީތަ އަނެއްކާ؟” ޒާޔާގެ އަތުގައި ހިފައިލަމުން ލިއަމް އަހައިލިއެވެ. ޒާޔާއަށް ވަގުތުން އޭނާގެ އަތް ފޮޅުވައިލެވުނެވެ. ލިއަމް އޭނާގެ އަތުގައި ހިފި މަންޒަރު އެމީހަކަށް ފެނުމުން ދެން ވާނެ ގޮތެއްވެސް ނޭނގޭތީ ޒާޔާ އިނީ ބިރުންނެވެ. “ލިއަމް. އަހަންނަށް އުނދަގުވޭ އެބަ. ޕްލީޒް ހިނގާބަ މިތަނުން އަވަހަށް ދާން.” ޒާޔާ ކިޔަން ފެށުމުން ލިއަމް ވެއިޓަރަކު ގެނައިސް ބިލް ދައްކައި ނިންމައިފައި ޒާޔާ ގޮވައިގެން އެތަނުން ނުކުތެވެ. ޒާޔާ ދާން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން އެމީހުން ސައިބުއި އެއްޗެހި ޓޭކް އަވޭއެއްގޮތުގައި ގެންދާކަށްވެސް ޒާޔާ އެއްބަހެއް ނުވިއެވެ. ގިނައިރުވެދާނެތީއެވެ.
“ޒާޔާ. ކިހިނެތްވީތަ؟ ކަމެއްގޯސްވީތަ؟” ގެއަށް އައިސް ވަދެ ޒާޔާ ސޯފާއެއްގައި ބައިންދަމުން ލިއަމް ސުވާލުކުރިއެވެ. ރެސްޓޯރެންޓުގައި ސައިބޯން ތިބެފައި ވަކި ހިސާބަކުން ޒާޔާއަށް ކޮންމެވެސް ކަމެއް ވެއްޖެކަން ލިއަމްއަށް އެނގިއްޖެއެވެ. ޒާޔާ ތެދުވެ ކުއްލިއަކަށް ލިއަމް ގައިގައި ބައްދައިގަންނަމުން ރޮއެގަތެވެ.
ޒާޔާގެ އެ ކުއްލި ޙަރަކާތުން ލިއަމް ދިޔައީ ސިހިގެންނެވެ. ޒާޔާ ކުއްލިއަކަށް އެގޮތަށް އޭނާ ގައިގައި ބައްދައިގަތުމުން ލިއަމް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަދި ރޯން ފެށިގޮތުން ލިއަމް ވަކީން ބޮޑަށް ޙައިރާންވިއެވެ. އެ ލިބުނު ސިހުމުގައި ލިއަމް ހުރީ ޒާޔާގެ ބޮލުގައިވެސް ފިރުމައިލަން ނޭނގިފައެވެ.
ލިއަމްއަށް ކިރިޔާވެސް ހޭވެރިކަމެއްވީ އޭނާގެ ޓީޝާޓުގެ މެއާއި ދިމާލުން ތެތްކަމެއްް އިޙުސާސްކުރެވުމުންނެވެ. ޒާޔާ އޭނާގެ ގަޔާއި ދުރުކޮށްލައިފައި ޒާޔާގެ ދެކޮނޑުގައި ހިފަހައްޓަމުން ލިއަމް އަނެއްކާވެސް ޒާޔާ ސޯފާގައި ބޭންދިއެވެ.
“ކިހިނެތްވީ ޒާޔާ؟ ބުނެބަލަ އަހަރެން ގާތުގަ. ނުބުނަނީހެއް ނޭނގޭނެއެއްނު.. އަހަރެން ވަރަށް ބޮޑަށް ބިރުގަނޭ އެބަ ޒާޔާ ތިހެން ވީގޮތް ނުބުނެ ރޯން އިންނާތީ… ޕްލީޒް! ބުނެބަލަ ވީގޮތެއް… އަނެއްކާ އަހަންނަށް ޒާޔާއަށް ގޯސްކޮށް ކަމެއް ކުރެވުނީތަ؟” ލިއަމް އެންމެ ފަހުން ބުނި ޖުމުލަ އިވިފައި ޒާޔާ އަވަސްއަވަހަށް އޭނާގެ ބޯ ހޫރުވައިލިއެވެ. “ދެން؟” ޖަވާބު އެނގެން ބޭނުންވެފައި އިނދެ ލިއަމް ސުވާލުކުރިއެވެ.
“ބައްޕަ.” ޒާޔާ އަނެއްކާވެސް އޭނާގެ މޫނުގައި ދެއަތް އަޅައިފައި ރޮއެގަތެވެ. ލިއަމްގެ ހިތުގައި ވަގުތުން ސުވާލު އުފެދުނެވެ. އަނެއްކާ ޒާޔާގެ ބައްޕައަށް ކަމެއްވީބާވައެވެ؟ ލިއަމް އަށް ޔަޤީންވާކަމަކީ ޒާޔާ ހަމަ އެހެން ހުރެފައި ނުރޯނެކަމެވެ. ޒާޔާ ބައްޕާއޭ ކިޔައިފައި ރޯނީ އޭނާގެ ބައްޕައަށް ކޮންމެެވެސް ގޮތެއް ވީމައެވެ.
“ބައްޕައަަށް ކިހިނެތްވީ؟” ކުޑަކޮށް ޒާޔާއާއި ގާތަށް ޖެހިލައި ޒާޔާގެ ދަތްދޮޅީގައި ހިފަހައްޓައިލަމުން ލިއަމް އަހައިލިއެވެ. އޭރު ޒާޔާގެ ލޮލުން ފޭދެމުން ދިޔަ ކަރުނަތައް ލިއަމްގެ އަތްތިލައިގައި ބޮސްދެމުން ދިޔައެވެ. “ފެނުނީ.” ޒާޔާގެ އަޑު ބެދިގެން ދިޔައެވެ. “ވަޓް؟ ކޯއްޗެއް ފެނުނީ؟” ލިއަމްއަށް ޒާޔާ ކީ އެއްޗެއް ރަނގަޅަކަށް ސާފެއް ނުވިއެވެ. “އަހަންނަށް ފެނުނީ.. ބައްޕަ އެ ރެސް.. ރެސްޓޯރެންޓަށް ވަންނަނިކޮށް.” ވަރަށް އުނދަގުލުން ޒާޔާ އެ ޖުމުލަ ފުރިހަމަކުރިއެވެ. ޒާޔާ އެ ބުނި ޖުމުލައިން ނިހާން މާލޭއައީކަމަށް ލިއަމްގެ ހިތް ބުންޏެވެ. ދެއަހަރު ފަހުން ނިހާން މާލެ އެއައީ ޒާޔާ ދެކެން ހެއްޔެވެ؟ އަމިއްލައަށް އަމިއްލަ ދަރިފުޅު ގެއިން އެއްލައިލައިފައި އެ ދަރިފުޅު ހޯދަން އަންނަނީ ކީއްކުރަން ހެއްޔެވެ؟ އަނެއްކާވެސް އިތުރަށް ދަރިފުޅު ބަދުނާމުކޮށްލަން ހެއްޔެވެ؟ ލިއަމްގެ ހިތުގައި ނިހާން އާއި ދޭތެރޭ ރުޅިވެރިކަން އުފެދި ނިހާނަށްޓަކައި އެތައް ޝަކުވާތަކެއް އެ ހިތުގައި އުފެދުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
28 Comments!
Comments are closed.





Salaam hurihaa kiyuntherin 🙂 🙂 Waahaka lahun up kollewuniyathee maafau edhen. Anekkaa lahun up kurewuni iru kurukou up kurewuneema es vv bodau sorry.
Aslu enme hiyhamajehey warakau noon meenee liyewifaeiy. Ekm es miadhu weewaru miee. Little troubles are facing to my PC so i m facing somewhat struggles to write and publish this. Sorry dears for this. But i hope all of you’ll understand and mibai es kiyaalaahithun kiyaalaanekamau. Waahaka au dhevvaa tharuheebau vvv bodau Shukuriyyaa.
Enjoy reading and leave a comment. Love you all <3 <3 <3 <3 <3
Donthi gandaaaa??? mi part vx varah Reeethi ingey❤️❤️❤️❤️❤️????????? waiting for the next part noorattey??
Maitte 🙂 🙂 🙂 Thank you so much. And yes! Keep waiting for the next episode maittey 😀 😛 😛 <3 <3
Maasha allah varah reethi waiting for the next part
Kamana 🙂 🙂 🙂 Thank you so much dear, And yes! Keep waiting for the next episode 😀 😀 🙂 <3 <3
Vvv reethi
dhen in part thankolheh avahah up kolladhehchey
sama 🙂 🙂 🙂 Thank you so much dear. And yes! Iraadhakurevviyyaa next episode v avahau up kolleveythw balaanan 🙂 🙂 🙂 <3 <3 <3
Oh woooowww … mi part vx hama habeysss… dhonthy ur sooooo talented ma sha allah… cant wait for next part❤❤❤❤
Sadha 😀 😀 Thank you so much dear. vvv ufaawejje 😀 😀 😀 Keep waiting! 😀 😛 🙂 🙂 <3 <3
V salhi dhonthss
Ishha10 🙂 🙂 🙂 Thank you so much dear 😀 <3 <3 <3
Maasha allah vvvv reethi mlbai ves??????
Ram 🙂 🙂 🙂 Thank you so much dear <3 <3 <3
Wait for some mins
Varah reethi egy dhonthy I can’t wait??????????????????
maasha 🙂 🙂 🙂 Thank you so much dear. Don’t be sad maasha! 🙂 Insha Allah v avahau dhn in bai upload kolladheynan <3
Woooow???.. Ure the best ingey dhonthy.??. V. Salhi mi part ves.❤️❤️❤️waiting for the nxt part sissooo ❤️❤️?
shyn 🙂 🙂 🙂 Thank you soo much!! 😀 😀 vv ufaawejje 😀 And yes! Keep waiting for the next episode <3 <3 <3
Maasha Allah ????????sisoo varah reethi mi part ves ??????????????????????????????????????????????????dhonthy keep it up dear ???????????????????????so talented grl eh thy ??????????????waiting curiously ????????
Lysm dhonthy????
???Tc n be safe ???
RYN 🙂 🙂 🙂 Thank you so much dear. Happy to see your colourful comments on every episodes 😀 😀 😀 😀 Thank you so much once again! 🙂 🙂 🙂 And yes! Keep waiting curiously for the next episode 🙂 😛 😛 😉 Love you too <3 <3 <3 <3 Take care and stay safe <3 <3 <3
Insha allah dhonthy ah adhi dhigu koh liyeveyne. Masha Allah mi part ves varah furihama. Goodjob dhonthy. You are surprising us, kithamme kurukoh genayas ????????❤❤❤❤❤❤❤❤❤❤❤❤❤??????????? lysm dhonthy.
Xoya 🙂 🙂 🙂 Thank you so much dear! 🙂 🙂 😀 vv ufaawejje 🙂 😀 😀 😀 Love you too Xoya <3 <3 <3 <3
Maasha Allah varah reethi next part ah inthizaarukuran ❤️❤️❤️❤️
Hana 🙂 🙂 🙂 Thank you so much 😀 And yes! Keep waiting 🙂 🙂 <3 <3 <3
Mashaa allah v reethi vaahaka hama kiyaa hithun huttaa agen nimunee ??
Liyaa 🙂 🙂 🙂 Thank you so much dear! 😀 😀 😀 Hehe! Kiyaahithun hutta nimunee dhw 😛 😛 😛 Keep waiting for the next episode <3
Vvvvvvvvvvv. Salhi mi vaahaka ingey dhonthy❤️❤️❤️❤️❤️❤️❤️love you and take care of yourself ??????????
Ariana grandey 🙂 🙂 🙂 Thank you so much dear. Love you too and take care <3 <3 <3 <3