Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބީގެ ހައްގުގައި 11

Sh@_n@ Level 410 Stories100 Comments100 Login
September 14, 2020 5 Mins Read
15 Comments

ގޭގެ ދޮރުހުޅުވާލުމަށްފަހު ދޮންމަންމަ ކޮބާތޯ އެކޮޓަރިއާ ދިމާލަށް އަހަރެން ދިޔައީމެވެ. ދޮރުގައި ޓަކި ޖަހާލުމަށްފަހު ހަބަރެއް ނުވުމުން ތަޅުގައި ހިފާ އަނބުރާލީމެވެ. އިސާހިތަކު ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. ހަމަ އެއާއެކު ފެނުނު މަންޒަރުން އަހަރެންނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. ބައްޕާއޭ ކިޔާ އަޑުގެ ނެތްތަނަށް ހަޅޭލަވައިގަނެ ކޮޓަރި ތެރެއަަށް ދުއްވައިގަނެވުނެެވެ.

ބައްޕަ އޮތް ގޮތް ފެނިފައި އަހަރެންނަށް ރޮއެ ގަނެވުނެވެ. ބިންމަތީގައި ބައްޕަ ވެއްޓިފައި އޮތް އިރު ގޮނޑިވެސް ވަނީ ވެއްޓިފަވެއެވެ. އަހަރެން ބައްޕަ ކައިރީ އިށީންދެ އިނދެ ބައްޕައަށް ގޮވަމުން ދިޔައީމެވެ.އެހެންނަމަވެސް ބައްޕަގެ އެއްވެސް ހަރަކާތެއް ނެތެވެ. އަހަރެން އަޑުގެ ނެތްތަނަށް ކަރަމްއަށް ގޮވީމެވެ. އެހެންނަމަވެސް ކަރަމްގެ އެއްވެސް ހަބަރެއް ނުވިއެވެ. އަހަރެން ހަދާނެ ގޮތެއް ނޭނގިގެން ފެންތައްޓެއް ހިފައިގެން އައިސް ބައްޕަގެ މޫނުގައި އުގުޅަން ފެށީމެވެ. އެކަމަކު ބައްޕަ ލޯ ހުޅުވާ ބަލާވެސް ނުލިއެވެ. ކުއްލިއަކަށް އަހަރެން ހިތަށް އެރި އެއްޗަކުން ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރުވާލީ ދޮގެކޭ ބުނާފަދައިންނެވެ. އެހެންނަމަވެސް މަޑުމަޑުން ތުރުތުރު އަޅަމުންދާ އަތުން ބައްޕަގެ ނޭފަތް ކައިރީ އިނގިލި ޖައްސާލީ އެ ހިތަށް އެރި އެތި އެއީ ދޮގަކަށް ވުމަށް އެދިއެވެ.އެއާ އެކު ކަރުނަތަށް ފައިބައިގަތެެވެ. އަނެއްކާވެސް އަހަރެން ބައްޕަގެ އަތުގައި ހިފާ ވިންދު ހުރިތޯ ބަލާލީމެވެ. ހަމަ އެއާއެކު އަހަރެންނަށް އަނގަމަތީ އަތް އަޅާ ކުރިޔަށް ވުރެ ބާރަށް ރޮވެމުން ދިޔައެވެ.

” ނު ނު..ނު އެހެެނެއް ނުވާނެ، ބައްޕައަކަށް އެއްވެސް ކަމެއް ނުވާނެ،ބައްޕަ އަހަރެން ހައްދަނީ، ބައްޕާ ތެދުވޭ، އަޔާވެސް އަހަރެންނަށް ގެއްލިއްޖެ، އެއްވެސް ތާކުން ނުފެނުން، ބައްޕަގެ މި ދަރިފުޅު އެކަނި ކޮއްނުލާ، އާދޭސް ކޮއްފަ މިބުނީ، އެއްމެފަހަރަކު ނަމަވެސް ލޯ ހުޅުވާލަބަލަ، ބައްޕާ އަޑު އިވޭތަ، އާދޭސް މިކުރީ، އަހަރެން އެކަނި ކޮއްލާފަ ނުދޭ” އަހަރެން ބައްޕަގެ މޭމަތީ ބޯ އަޅައިގެން އޮވެ ރޮމުން ގެންދިޔައީމެވެ.

” ރީމް، ކިހިނެއް ވީ ބޭބެ..އަށް” އަހަރެންނަށް ދޮރާ ދިމާލަށްބަލާލެވުނީ ކަރަމްގެ އަޑުންނެވެ. ކަރަމްވެސް ގަބޫލް ނުކުރެވިފައި ހުރީއެވެ.
” ކަރަމް ބަލާބަލަ، ބައްޕަ ނުތެދުވި، އަހަރެން ވަރަށް ގޮވައިފިން، ބައްޕަ އަހަރެންދެކެ ރުޅިއައިސަ ހުރީމަ ކަންނޭނގެ ނުތެދުވަން އޮތީ،ކަރަމް އަޅެ ބައްޕައަށް ގޮވާބަލަ، ކަރަމް ގޮވީމަ ތެދުވާނެ” އަހަރެން ކަރަމްގެ ދެފައި ގަ ހިފާފަ ބުނީމެވެ. ކަރަމް އަހަރެން ނެގުމަށްފަހު އެނދުމަތީގައި ބޭންދިއެވެ.އަދި މަޑު ހިނގުމުގައި ގޮސް ބައްޕަގެ އަތުގައި ހިފާ ވިންދު ބަލާލިއެވެ. ހަމަ އެއާއެކު ކަރަމްގެ ލޮލުން ފައިބަންފެށީ ކަރުނައެވެ. ކަރަމް ދެލޯ ފުހެލުމަށްފަހު ފޯނު ނަގާ މީހަކަށް ގުޅަމުން ނުކުތެވެ. އަހަރެންނަށް ބަައްޕަގެ މޫނަށް ބަލަހައްޓައިގެން އެއްވެސް ހަރަކާތެއް ނެތިފައި އިނދެވުނެވެ.މުޅި ކޮޓަރިންވެސް އިވެމުން ދިޔައީ އަހަރެންގެ ގިސްލުމުގެ އަޑެވެ.

އަހަރެންނަށް އެގޮތުގައި ބައި ގަޑި އިރު އިނދެވުނެވެ. ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ އެއްޗެއް ވެއްޓި ޖެހުނު އަޑަށެވެ. އަހަރެން ފަރާތް ފަރާތް ހޯދާ ބެލި އިރު އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. އެކަމް ބަޔަކު މީހުން ބައްޕަ ނަގައިގެން ގެންދަނީއެވެ.
” އޭ އޭ ..ކޮންތާކަށް ބައްޕަ ތި ގެންދަނީ، ކަރަމް އެމީހުން ކައިރީ ބުނޭ ނުގެންދާށޭ، ކޮން ބައެއްތަ އެއީ އަހަރެންގެ ބައްޕަ ގެންދަން، ހަމަ މިހާރު ގެނޭ، އަހަރެންގެ އިތުރު މީހަކު ދެނެއް ނެތޭ، ކަ.ކަ…ކަލޭމެން ކީއްވެތަ އަހަރެންގެ ބައްޕަ ތި ގެންދަނީ، ބައްޕަ އިރުކޮޅަކުން ތެދުވާނެ، އަޑެއް ނީވޭތަ ނުގެންދާށޭ” އަހަރެންނަށް ރޮވޭވަރުން އަޑުވެސް އަންނަނީ ކެނޑި ކެނޑި ގެންނެވެ.އަހަރެން އެމީހުންގެ ފަހަތުން ރޮމުން ނިކުންނަން ދިޔައީމެވެ. އެހެންނަމަވެސް ކަރަމް އަހަރެން ހުއްޓިވިއެވެ.

” ރީ…ރީ..ރީމް، ބައްޕަ ދެން ނާންނާނެ، ޑޮ..ޑޮކްޓަރ ބުނީ ބައްޕަ ނިޔާވެފައޭ” ކަރަމް އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އަހަރެން ވަގުތުން ކަރަމްގެ އަތް ފޮޅުވާލީމެވެ.
” ހު..ހުސް ދޮގު ތިހަދަނީ، އަހަރެންގެ ބައްޕަ މަރެއް ނުވާނެ، އަހަރެން ދޫކޮއްލާފަ ނުދާނެ،ޑޮކްޓަރަކަށް ނޭނގޭނެ، އަހަރެންގެ ބައްޕަ މަރެއްނުވޭ، ކަރަމް ގަބޫލު ކޮއްބަލަ، ބައްޕަ އިއްޔެގަ ހުރީ ކިހާ އުފަލުން،ކީއްވެ ކުއްލިއަކަށް އެހެންވީ، އަހަރެންގެ އަޔާވެސް ވީ ތަނެއް ނޭނގެ، ކީއްވެ އަހަރެން ލޯބިވާ މީހުން އަހަރެން ދޫކޮއްދަނީ އަހަރެން މީ ހަމަ އެހާ ނަސީބު ދެރަ މީހަކީތަ، ކަރަމް، ޕްލީޒް ބައްޕަ ގެންދިޔަ ނުދީ، ބައްޕަ އެބަ ނޭވާ ލައޭ، އާދޭސްކޮއްފަ މި ބުނީ ބައްޕަ ނުގެންދޭ، އަހަރެންގެ ބައްޕަ މަރެއް ނުވޭ…މަރެއް…ނުވޭ” ކުއްލިއަކަށް އަހަރެންގެ ބޮލަށް އެނބުރުން އަރަންފެށީ އެއްވެސް ތަނެއް ވަކި ނުވާވަރަށެވެ. އެހެންނަމަވެސް މަޑުމަޑުން އަހަރެން ވެއްޓޭ ކަހަލަ އިހްސާސެއް އަހަރެންނަށް ކުރެވުނެވެ.އެކަމް ދެން ވީ ގޮތެއް އަހަރެންނަކަށް ނޭނގުނެވެ.

އަހަރެންނަށް ހޭވެރިކަން ވީ އިރު އަހަރެން އޮތީ ހޮސްޕިޓަލްގައެވެ.ކައިރީގައި ކަރަމް އިށީނދެގެން އިނެވެ. އަހަރެން ބަލާލުމާއެކު ގަދަކަމުން ކަރަމް ހީލިއެވެ.
” ބައްޕަ….”އަހަރެންނަށް ބުނެވުނީ އެހާވަރަށެވެ. އިސާހިތަކު އަހަރެންގެ ލޮލުން އަނެއްކާވެސް ކަރުނަ އަންނަނަ ފެށިއެވެ.
” ރީމް… ނުރޮއެ، ރީމް ތިހެން ރޮންޏާ، ބައްޕަ މާ ދެރަވާނެ، ބައްޕައަށް އެއްޗެކޭ ނުބުނެވުނަސް އިހްސާސް ކުރެވޭނެ، ތީ ވަރަށް ހިތްވަރު ގަދަ ކުއްޖެއްނު، އިރުކޮޅަކުން ބައްޕަގެ މޫނު ދެއްކުން އޮންނާނެ، ހިނގާ އާ ސަހަރާއަށް ދާން، ތީ ބައްޕަގެ ވަރަށް ހިތްވަރު ގަދަ ކުއްޖެއްނު” ކަރަމް އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

ބައްޕަގެ މޫނު ދައްކާ ވަގުތުން ފެށިގެން ވަޅުލުމުގެ ކަންތަށް ނިމުން އިރުވެސް އަހަރެން އިތުރު މީހަކާ ވާހަކަ ނުދައްކަމެވެ. ގަބުވެފައި ހުރެވުނީއެވެ. އަހަރެން ގެއަށް ދިޔަ ގޮތަށް ވަނީ ކޮޓަރިއަށެވެ. އަދި ވަގުތުން ކޮޓަރި ތަޅުލީމެވެ. ދޮރު ބުޑުގައި އިށީނދެ ކަކުލުގައި ބޯ އަޅާލީމެވެ. އެއާ އެކު އަހަރެންގެ ބަޑި ފަޅައިގެންދިޔައެވެ ނުރޯން ވަރަށް ހިތްވަރު ކުރި ނަމަވެސް ވީ ބޭކާރެވެ.
“ބަ. ބަ..ބައްޕާ، އަހަރެން މެޔާ ދިމާލުގައި އަތްއަޅާ ދެލޯ މަރާލީމެވެ. އެއާއެކު އަހަރެންނަށް ފެނިގެން ދިޔައީ ކަފުނަށް ލާފަ އޮތް އަހަރެންގެ އަޔާއެވެ. އަހަރެންނަށް ވަގުތުން ދެލޯ ހުޅުވާލެވުނެވެ. އަދި ދެލޯ ފުހެލަމުން ފޯނު ނަގައި މާނިއުއަށް ގުޅާލީމެވެ. އެހެންނަމަވެސް މާނިއުގެ އެއްވެސް ހަބަރެއް ނުވިއެވެ.
” އަޔާ، އަޅެ، ކޮންތާކަށް ތަ ދިޔައީ، ޕްލީޒް އާދޭ، ބައްޕަވެސް ނިޔާވެއްޖެ،އަހަރެން އަޔާ ސަލާމަތް ކުރަން ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރާނަން،އަޔާއަށް ދެރަ ގޮތެއް ވިޔަކަ ނުދޭނަން، ޔަގީން ދޮންމަންމަ ކަމެއްކަން…”އަހަރެންނަށް ކުއްލިއަކަށް ހަނދާންވީ މާނިއު އާ ބައްދަލު ކޮއްފަ ގެއަށް އައީ ދޮންމަންމަ ހޯދަން ކަމެވެ. އައި އިރު ބައްޕަ ވަނީ ނިޔާވެފައެވެ.
“އަހަރެންނަށް ނޭނގޭ ކޮއްމެސް ކަންތަށް ގަޑެއް ހިނގައިފި،އެހެންނޫނީ ބައްޕަ ކިހިނެއް ވެއްޓެންވީ، މިހުރިހާ ކަމެއް ހިނގި އިރުވެސް ދޮން މަންމަ މިގެއިން ދައްކާނުލާ، ކޮންތާކުވީ، ސަހަރާއަކުންވެސް ފެނުނު ހަނދާނެއް ނުވޭ، އަނެއްކާ ބައްޕަ އެވާހަކަ ބުނީމަ ބައްޕައަށް ގޮތެއް ހެދީކީ ނޫންބާ” އަހަރެންނަށް އެއްފަހަރާ އެތަށް ސުވާލެއް އަމިއްލަ ނަފްސާ ކުރެވުނެވެ.

އެވަގުތަކީ ދޮރުގައި މީހަކު ޓަކި ޖެހިވަގުތެވެ. އަހަރެން ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީ ހުރީ ކަރަމްއެވެ. އަހަރެން ކަރަމް ވަނުމަށް ތަން ދީފަ އައިސް އެނދުގައި އިށީނީމެވެ.ކަރަމްވެސް އައިސް އަހަރެން ކުރިމަތީ އިށީނދެ އަހަރެންގެ އަތުގައި ހިފާލިއެވެ.
” ޕްލީޒް ދެން ނުރޮއްޗޭ، ވަރަށް ހިތްވަރު ގަދަ ކުރަންވާނެ” ކަރަމް އަހަރެންގެ މޫނަށް ބަލާލަމުން ބުނެލިއެވެ.
” ހޫމް، ނުރޯނަން،ކިތަންމެ ދެރަވިޔަސް ނުރޯނަން، ބައްޕަ ދެރަކުރާކަށް ބޭނުމެއް ނޫން” އަހަރެން އިސްޖަހާލަމުން ބުނެލީމެވެ.
” ވަރަށް ރަނގަޅު، ދެން ހިނގާ އެއްޗެއް ކާން، ދައްތަވެސް ކޮޓަރީގަ އެބަ އުޅޭ، ކާކަށް ނުނިކުތް” ކަރަމް ޖުމްލައިން އަހަރެން ކަރަމްއާ ދިމާލަށް ބަލާލެވުނެވެ.
” ދޮންމަންމަ އައީތަ، ކޮންއިރަކު،ސަހަރާއަށް ދިޔަތަ، މިއަދު ހެނދުނު ގޭގަ އުޅުންތަ” އަހަރެންނަށް އެތަށް ސުވާލެއް ކަރަމްއާ ކުރެވުނެވެ.
” ރީމް ހަމަ ޖެހިބަލަ، އަހަރެންނެއް ނުދެކެން ދައްތަ އައި ތަނެއް،އެކަމް ސަހަރާއިން ދެކުނިން، ހެނދުނު ރީމް ބޭރަށް ދިޔަ އިރު ދައްތަ އުޅޭ، އަހަރެންވެސް ކޮޓަރިއަށް ވަދެފަ ޖައްސާލިތަނުން ނިދުނީ، ކަމެއް ވީ ކަމެއްވެސް އަހަރެންނަކަށް ނޭނގެ” ކަރަމް އޮޅުންފިލުވާދެމުން ބުނެލިއެވެ.

އަހަރެން މަޑު ހިނގުމެއްގައި ގޮސް އަލަމާރިން ފައިލްއެއް ނަގާ ކަރަމްގެ އަތަށް ލައިދިނީމެވެ. ސުވާލުން ފުރިގެންވާ ގޮތަކަށް ކަރަމް އަހަރެންނަށް ބަލާލިއެވެ.
” ކަރަމް، އަހަރެން ކަރަމްއަށް ވަރަށް އިތުބާރު ކުރަން، މީ ގޭގެ ރަޖިސްޓްރީ، އަހަރެން ބުނަންދެން ކަރަމް މީތި ފޮރުވާ، އިތުރު ސުވާލެއް ނުކުރޭ، ކަރަމް އަތުގަ ތި އޮތް ކަމަށް ވެސް ނުހަދާތި” ކުޑަކުއްޖަކަށް އެއްޗެއް ބުނެދޭ ފަދައިން އަހަރެން ބުނީމެވެ. ކަރަމް އިތުރު އެއްޗެކޭ ނުބުނެ އެ ހިފައިގެން ނިކުތެވެ.

ކަރަމް ދިއުމުން އަހަރެން އަނެއްކާވެސް އެނދުގައި އޮށޯތީމެވެ. އެއްޗެއް ކާ ހިތް ނުވެފައި އެ އޮތް ގޮތަށް އޮތީއެވެ. އިރުކޮޅަކާ ބައްޕަ މަތިން ހަނދާންވެ ދެލޯ ފެންކަޅިވެ ރޮވޭގޮތް ވެއެވެ. އަނެއްކޮޅުން އަޔާގެ މަތިން ހަނދާންވެ ރޮވެއެވެ. އެގޮތުގައި މުޅި ދުވަސް ނިމިގެންދިޔައެވެ. ރޭގަނޑު އަށެއް ޖެހިފަހުން ޖޫސްތައްޓެއް ބޮއެގެން އަނެއްކާވެސް އަހަރެން ވަނީ ކޮޓަރިއަށެވެ.
އެނދުގައި ހަމަ ޖެހިލަމުން މާނިއުއަށް ގުޅާލީމެވެ. ވަގުތުން ފޯނު ބިޒީ ކޮއްލުމަށްފަހު މާނިއު ގުޅިއެވެ.
“ކޮބާ އަޔާ، ހަބަރެއް ވެއްޖެތަ، މާނިއު އަހަރެންގެ ބައްޕަ ނިޔާވެއްޖެ، އަހަރެންގެ ދެން ހުރި މީހަކީ އަޔާ، އަހަރެން އަޔާ އާ ވަކިވާކަށް ބޭނުމެއް ނޫން،އަޔާ ހޯދަދީ” މާނިއު ފޯނު ނެގުމާއެކު އަހަރެން ރޮމުން ބުނީމެވެ.
” ރީމް، އައި އެމް ސޮރީ، އެގަޑީގައި ނުގުޅުނީމަ، އަދިވެސް އެއްވެސް ހަބަރެއް ނުވޭ، ރީމް ބައްޕަ ނިޔާވިކަން އެނގޭ، އެކަމާ ވަރަށް ދެރަވެފަ މި ހުންނަނީ، އަސްލު ގުޅަންވެސް ނުކެެރިފަ،މިގޮތަށް ކަންތަށް ވީމަ، ރީމް އެހާ ވަރަށް ނުވިސްނާ، ހަމަ ޖެހޭ، އަޔާއަށް ދެރަގޮތެއް އިރާދަކުރެއްވިއްޔާ ނުވާނެ، އަހަރެން މާދަން އަދި ގުޅާނަން އިނގޭ،ކުޑަކޮށް ބިޒީ” މާނިއު އެހެން ބުނެ ފޯނު ކަނޑާލިއެވެ.
އަހަރެންނަށް ދެކަކޫ މެޔާލާ ބޮނޑިކޮއްލެވުނެވެ. އެ ގޮތުގައި އިރުކޮޅަކު އިނދެވުނެވެ. ނުދަންނަ ނަމްބަރ އަކުން ވައިބަރ އިން މެސެޖެއް އައުމުން އަހަރެން އެ އިން ގޮތަށް އިނދެ ފޯނު ނަގާ ބަލާލީމެވެ. ލޮލުގައި ބޮނޑިވެފައިވާ ކަރުނަތަކުގެ ތެރެއިން އަހަރެންނަށް އަޔާގެ ފޮޓޯ ފެނުނެވެ. ހީވި ގޮތެއް ކަަމަށް ބަލާ ދެލޯ ފުހެލުމަށް ފަހު އަނެއްކާވެސް ބަލާލީމެވެ

.އާނ އެކެވެ. އެއީ އަހަރެންގެ އަޔާއެވެ. އެ ފޮޓޯ އަކީ ފަހަތަށް ދެއަށް ބަނދެފައި އިންދާ ފުރަގަހުން ނަގާފައިވާ ފޮޓޯއެކެވެ.އެހެންނަމަވެސް ފުރަގަހުން ވިޔަސް އަހަރެންނަކަށް އަޔާއެއް ނޯޅޭނެވެ. އަނެއްކާ ލައިގެން އިނީވެސް ފަހުން ރޭ އަޔާ ލައިގެން އިން ކަހަލަ ގަމީހެކެވެ. އަހަރެން އަވަަހަށް މާނިއުއަށް ގުޅަން އުޅުނީމެވެ. އެހެންނަމަވެސް އެ ފޮޓޯ ފޮނުވި ނަމްބަރ އިން ފޮނުވި މެސެޖް ފެނިފައި އަހަރެންނަށް ހީވީ އަހަރެންގެ ބޮލުގައި މީހަކު ބާރު އެތިފަހަރަކުން ޖެހި ހެންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

އިމްތިޙާން 26

Next

އިންތިހާ – 6

Next
September 14, 2020

އިންތިހާ – 6

Previews
September 14, 2020

އިމްތިޙާން 26

15 Comments!

  1. Sh@_n@ says:
    September 14, 2020 at 9:47 pm

    Hiii. Hurihaa kudhin.here 11th part.reethi vaane kamah uhmeedhu kuran ❤️??

  2. Bts fan girl❣️✨♥️? says:
    September 14, 2020 at 9:55 pm

    Waaaaoooowww Vvv salhi mi part ?????????
    I purple you ?????????????????

    1. Sh@_n@ says:
      September 14, 2020 at 10:05 pm

      Thank you so much Bts fan girl??❤️❤️

  3. ?Ril? says:
    September 14, 2020 at 10:00 pm

    ❤️❤️Wow mi part ves vrh Sali ❤️❤️❤️❤️
    ?????Masha Allah??????
    Aley reem ge dad ☹️☹️ves maruvee dhw ☹️☹️❤️❤️❤️❤️❤️❤️❤️❤️
    Anehkaa anehkolun ayaa gehlunee??☹️
    Sis plss avaha ❤️❤️reem ge life ah happiness genesdeeba ingey❤️❤️❤️??????☺️???????
    And ayaa kidnap kohfaa dhw suhboo????????????????
    ??And kon msg eh baa e fenunee??
    I am so curious for next part??❤️❤️❤️
    ❤️❤️❤️❤️Avaha up kohlaadeyche ❤️❤️❤️
    L❤️ove❤️ uuuu soo much❤️❤️
    ❤️❤️Stay safe sis❤️❤️❤️

    1. Sh@_n@ says:
      September 14, 2020 at 10:12 pm

      Thank you so much Ril. Reemge life ah happines adhi an naane, and msg GA inee kykey baa anehkaa??????.stay safe Ril❤️??

  4. Fathima says:
    September 14, 2020 at 10:01 pm

    yageeney karamvex nulafaavaanekan

    1. Sh@_n@ says:
      September 14, 2020 at 10:17 pm

      Let’s see dhw, karam akee kon kahala meeheh thw??

  5. Saheena Saleem says:
    September 14, 2020 at 11:12 pm

    V reethi vaahakaeh….kiyamun dhaairu dhen vaane gothakaa medhu khiyaalu kurevey …

    1. Sh@_n@ says:
      September 15, 2020 at 7:57 am

      Thank you so much saheena Saleem?❤️❤️❤️

  6. Ram says:
    September 15, 2020 at 3:55 am

    Maasha allah vvvv reethi mibai ves??????????

    1. Sh@_n@ says:
      September 15, 2020 at 7:58 am

      Thank you Ram❤️❤️?

  7. Shaima shaee says:
    September 15, 2020 at 7:26 am

    Wowwwwwwwwwwww Varrrrrasalhi mi part. When next? ???????

    1. Sh@_n@ says:
      September 15, 2020 at 8:00 am

      Thank you so much Shaima shaee❤️❤️❤️.Insha Allah thursdayga?

  8. Starlight vixx says:
    September 15, 2020 at 1:12 pm

    Varah reethi mi part ves curiously waiting for the next part ☺️☺️☺️☺️☺️ take care ♥️♥️♥️♥️ stay safe ♥️♥️♥️♥️????

    1. Sh@_n@ says:
      September 15, 2020 at 2:27 pm

      Starlight vixx thank you so much❤️❤️❤️Varah ufaavehje story kamu dhiyaima ?❤️❤️?

Comments are closed.

Next Episodeލޯބީގެ ހައްގުގައި 12←


All Right Reserved!