(ނުވަވަނަ ބައި)
އިރުކޮޅަކުން ގޭޓު ދޮރު ހުޅުވާލިއަޑަށް އަލްޔާ އެނބުރި އެދިމާލަށް ބަލާލިއެވެ. އެއީ އަކިއަލްކަން އިނގުމުން ބަލާލުމަށްފަހު މާބޮޑު ސަމާލުކަމެއް ނުދީ އަނެއްކާވެސް ކުރިން އިންހެން ދުރަށް ބަލަހައްޓައިގެން އިނެވެ. އެހެންނަމަވެސް ގެއަށް ވަނުމުގެ ބަދަލަށް އަކިއަލްގެ މިސްރާބު ބެންޗާއި ދިމާލަށް ހުރިކަން އިނގުމުން އަލްޔާއަށް އިންތަނުން ތެދުވެވުނީ ބޭއިހްތިޔާރުގައެވެ. މިއަދު ހެނދުނުގެ ފަހުން އަލްޔާ އުޅުނީ އަކިއަލްއަށް ނުފެންނާނެ ހެންނެވެ. އަކިއަލް އޭނާ ހުރި ހިސާބު ކައިރިއަށް އަންނަން ފެށުމުން އެތަނުން އަވަހަށް ދުރަށްދާން އޭނާ ހިނގައިގަތެވެ. އަލްޔާއަށް އެނބުރި ގެއާއި ހަމައަށް ނުދެވެނީސް އަވަސް ފިޔަވަޅުތަކެއްގައި ފަހަތުން ހިނގާފައި އައި އަކިއަލް އޭނާގެ އަތުގައި އައިސް ހިފާލިއެވެ. ލިބިފައިވާ ސިހުމާއެކު އަލްޔާ ފަހަތަށް އެނބުރި ބަލާލިއެވެ.
“ސޮރީ.. އައިމް ރިއަލީ ސޮރީ. އެދުވަހު ކިޔުނު ހުރިހާ އެއްޗަކަށް ވަރަށް ބޮޑަށް ސޮރީ. އަހަރެންގެ ދުލުން ބުނެވުނު ބަސްތަކަކީ އެއްވެސް މާނައެއް ނެތި ބުނެވުނު ބަސްތަކެއް. ފުރަތަމަ ދުވަހުއްސުރެ މިއަދާ ހަމައަށް އަލްޔާއާއިމެދު ކަންތައް ކުރެވުނު ގޮތުން މިއަދު ވަރަށް ދެރަވޭ. އަލްޔާ ފެނުމުން ރުޅި އާދެވުނީ.. އެއީ.. އެއީ އަހަރެން ގަސްތުގައި ކުރިކަމެއް ނޫން….އަދިވެސް އަހަރެންދެކެ ރުޅި އައިއްސަތަ ތިހިރީ. ވަރަށް މަސައްކަތްކޮށްފިން އަލްއާ ދިމާވެ އެކަނި ވާހަކަ ދައްކާލާނެ ފުރުސަތެއް ލިބޭތޯ. މެސެޖް ކުރީމަ ރިޕްލައިވެސް ނުކުރޭ. ”
އަލްޔާ ކުރިމަތީގައި މިހިނގާ ކަންތަކުން އޭނާ ހުރީ ބުނާނެ އެއްޗެއް ނޭނގި ހިނދުކޮޅަކަށް ބަސްހުއްޓިފައެވެ. އޭނާގެ ލޯ ކުރިމަތިން މިފެންނަނީ ހުވަފެނެއްބާއެވެ. ދެތިންފަހަރު އެސްފިޔަ ޖަހާލީވެސް ފެންނަމުންދާ މަންޒަރަކީ ހަގީގަތެއް ކަމަށް ގަބޫލުކުރަން ދަތިވެގެންނެވެ. އަކިއަލްގެ ދުލުން އޭނާއަށް އެންމެންވެސް ލޯބިން ކިޔާނަމުން މުހާތަބުކުރުމުން ނޭނގޭ އުފަލެއް އޭނާއަށް ލިބިގެން ދިޔައެވެ. އަދި އޭނާގެ ފޯނަށް ރޭގައި އައި މެސެޖް އަކީ އަކިއަލް ފޮނުވި މެސެޖެއްކަމުން އިތުރަށް ހައިރާން ވިއެވެ.
ކުއްލިއަކަށް އަކިއަލްއަށް މިބަދަލު އައީ ކީއްވެތޯ ސުވާލުކުރަން އެވަގުތު އަލްޔާ ނުހަނު ބޭނުންވިއެވެ. އެހެން ނަމަވެސް އޭނާ އިސްކުރީ ހަނު ހުންނާށެވެ. މީހަކަށް ކުށެއް ކުރެވުނުކަން އިހްސާސް ވެއްޖެނަމަ މާފަށް އެދުމަކީ ނުހަނު ރީތި ސިފައެކެވެ. އަދި މާފަށް އެދިއްޖެނަމަ އެމީހަކަށް މާފުކޮށްދޭންވާނެ ކަމަށް މަންމަ އަބަދުވެސް އޭނާގާތު ބުނެއެވެ. އަކިއަލްގެ މިސިފަ ފެނި އޭނާ ނުހަނު ގަޔާވިއެވެ.
އަކިއަލްގެ ލޯ އޭނާއަށް އަމާޒުވެފައިވާއިރު އެލޮލުން އަލްޔާއަށް ފެނުނީ ތެދުވެރިކަމެވެ. ކުރެވުނު ކަންތަކާމެދު ރަނގަލަށްވެސް ދެރަވެފައިވާކަން އަކިއަލްގެ މޫނުމަތިން ހާމަވެގެންދިޔައެވެ. އަކިއަލް އޭނާގެ ޖަވާބަކަށް އިންތިޒާރުގައި ބަލަހައްޓައިގެން އިންގޮތުން އެބަސްތައް އޭނާގެ ދުލާ ހަމައަށް ގެނައުން ވީ އުނދަގޫ ކަމަކަށެވެ.
“މާފު ކޮށްފިން. އަހަރެންގެ ހިތުގައި އަކިއަލްއާމެދު އެއްވެސް ހިތް ބުރަކަމެއް ނެތް.”
އަލްޔާގެ ޖަވާބާއެކު އަކިއަލްގެ މޫނުމަތިން މަޑުމަޑުން ހިނިތުންވުމެއް ފާޅުވިއެވެ. އަލްޔާއަށް ދެން ބަލާލެވުނީ އަކިއަލްގެ އަތުތެރޭގައިވާ އޭނާގެ އަތްތިލައަށެވެ.
“ސޮރީ.” އަކިއަލްއަށް މިއޮށް ހުރިހައި އިރު ހުރެވުނީ އަލްޔާގެ އަތުގައި ހިފަހައްޓައިގެންކަން އިހްސާސްވުމުން އެއަތުން އަވަސް އަވަހަށް ދޫކޮށްލެވުނެވެ.
“ސޯ… ފްރެންޑްސް؟” ހަމަހިމޭންކަމުގެ ވަގުތުކޮޅެއް އެދެމެދުގައި ފާއިތުވެގެން ދިޔުމަށްފަހު އަނެއްކާވެސް އަކިއަލް ވާހަކަ ދައްކަން ފެށިއެވެ. އަދި ސަލާމަށް އަތް ދިއްކޮށްލިއެވެ. އަލްޔާވެސް ބޯ ޖަހާލުމަށްފަހު ދިއްކޮށްލެވިފައިވާ އަތުގައި ޖެހިލުންވުމާއެކު ހިފާލިއެވެ. ދެން އެދެމެދުގައި ބަދަލުވެގެން ދިޔައީ ހިނިތުންވުމެކެވެ.
އެރޭ ދަންވަރު ފުރި ބޯޓުން ރަށަށް ދާން ހަސަނު ފުރައިގެން ދިޔައެވެ. ބައްޕައާއި އަނެއްކާވެސް ވަކިވާން ޖެހުމުން އަލްޔާ ދެރަވިއެވެ. އެހެންނަމަވެސް އޭނާ އެނބުރި ރަށަށްދާން ބޭނުންވީ މައިންބަފައިން އުފާވާނެފަދަ ހަބަރަކާއި އެކުގައެވެ. ގެއްލިފައި އޮތް ކިޔެވުމަށް އޮތް ޝައުގުވެރިކަން އަނބުރާ ހޯދައި އައު ހިތްވަރަކާއިއެކު ފަށަން ބޭނުންވިއެވެ. އެރޭ އޭނާ ނިދީ މާދަމާ އިރުއެރުމާއެކު ކުރިންވެސް އުޅުނުހެން އެކަނިވެރި ދިރިއުޅުމާއި އަނެއްކާ ކުރިމަތިލާން ޖެހޭނެކަން ހަނދާންކުރަމުންނެވެ.
***
ޖެހިގެން އައި ހަފްތާއަކީ އަލްޔާގެ ދިރިއުޅުމަށް ބޮޑު ބަދަލުތަކެއް އައި ދުވަސްތަކެކެވެ. ސަކީނާގެ ދަރިފުޅު ރަނގަޅުވުމާއެކު އޭނާ އެނބުރި މިސްޓީކްއަށް ގޭގެ މަސައްކަތްތައް ކުރަން އައެވެ. ސަކީނާ އައުމާއެކު އަލްޔާއަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދިޔައެވެ. ގިނަ ދުވަސްތަކަކަށްފަހު މަސައްކަތަށް އެނބުރި އާދެވުމުން ސަކީނާ އަލްޔާއަށް އެއްވެސް ކަމެއް ނުޖައްސައެވެ. އަލްޔާގެ އަހްލާގު ރަނގަޅުކަމާއި ބޮޑެތި މީހުންނަށް ކުރާ އިހްތިރާމުގެ ސަބަބުން ސަކީނާ އަލްޔާއަށް ނުހަނު ރަނގަޅެވެ. މަލީހާވެސް އަލްޔާގެ ބައްޕަ ފުރިފަހުން ކުރިއާއި ހިލާފަށް އަލްޔާއާމެދު ސަމާލުކަންދީ ރަނގަޅަށް ކަންތައް ކުރަން ފެށިއެވެ. އަލްޔާ ކޮލެޖަށް ވައްދައިދުމުގެ ކަންތަކުގައި އުޅުނެވެ. ފޯމް ފުރުމާއި ކިޔެވުމުގެ ލިޔުންތައް އެޓެސްޓްކޮށް އެތަކެތި ލައިދީ ކޮލެޖުން ޖާގަ ހޯދައިދިނެވެ.
އަކިއަލްގެ ފަރާތުންވެސް އޭނާއަށް ފެނުނީ އޭނާ ދުވަހަކުވެސް އުއްމީދު ނުކުރާ ކަންތަކެކެވެ. އަކިއަލް އޭނާއާއި އިސްވެ ވާހަކަ ދައްކަން ފެށިއެވެ. ގޭތެރޭގައި އޭނާ ބާކީވެފައި ހުންނަ މީހެއްކަމުގެ އިހްސާސް ވިޔަކަ ނުދެއެވެ. އޭނާ ފެންނަ ކޮންމެ ފަހަރަކު އަކިއަލްގެ މޫނުމަތިން މިހާރު ފެންނަނީ ނުފިލާ ހުންނަ ހިނިތުންވުމެވެ. އަކިއަލްއަށް އަލްޔާ ނުފެނިއްޖެނަމަ ބައެއްފަހަރު ފޯނުންވެސް މެސެޖް ކުރަން ފެށިއެވެ. އަކިއަލްއާއި އެހާ އެކުވެރިކަން ބަދަހިކުރަން އުޅުނު ނަމަވެސް ރައްދުގައި އަލްޔާގެ ފަރާތުން އެފަދަ ކަމެއް ނުފެނެއެވެ. އަކިއަލްގެ އެކުވެރިއަކަށް ވުމަށް އެދުނު ނަމަވެސް އޭނާއާއި ހަމަ ހަގިގަތުގައި އެކުވެރިކަން ބާއްވަން ބޭނުންވެގެން ބުނި އެއްޗެއްކަމަކަށް އޭނާ އެއްގޮތަކަށްވެސް ހިއެއް ނުކުރެއެވެ. އަކިއަލް ބުނާ އެއްޗަކަށް އެއްޗެއް ބުނުމުގެ އިތުރަށް އޭނާގެ ފަރާތުން ވާހަކަ ދައްކަން އުޅޭތަނެއް ނުފެނެއެވެ. ގިނަފަހަރަށް އަކިއަލްގެ ކުރިމަތީގައި އޭނާ ހުންނަނީ ބަސް މަދުވެ ދައްކާނެ ވާހަކައެއް ނޭނގިފައެވެ.
ކުއްލިއަކަށް އަލްޔާގެ ހަޔާތައް މިހާ ބޮޑު ބަދަލުތަކެއް އަންނަން ފެށުމުން އޭނާ ހުރީ އުފާވާންވެސް ނޭނގިފައެވެ. ނޭނގޭ ބިރުވެރިކަމެއް އޭނާގެ ހިތުގައި ވަށާލިއެވެ. ކޮންމެވެސް ކަހަލަ ތޫފާނެއް އޭނާގެ ދިރިއުޅުމަށް އަންނަން އުޅޭކަމުގެ އިހްސާސް އެހިތަށް ކުރެވެން ފެށިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.


???Wow mi part ves vrh sali ??????????????????
❤❤??Masha Allah??????
❤❤❤And finally alyaa and akial frnds wee dhw yeyey❤❤❤????
❤And vrh happy ❤alyaa ah ufaaveri goitha mihaaru vaathy❤ but neyge dhen vaanegothe dhw❤❤???
??Hope everything will be fine ??
??Waiting for the next part??
❤❤Luv uuuu❤❤❤
❤❤Stay safe❤❤
And finally me first dhw
?????❤❤??????????????
Love this story??