Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަލްވަދާޢު- 8

Zeebs Level 110 Stories
September 7, 2020 3 Mins Read
3 Comments

(އަށްވަނަ ބައި)

އަކިއަލް ކޮޓަރިން ނިކުމެ ސައިބޯން ދިޔައިރު އަލްޔާ ސައިހެދުމުގައި އުޅެއެވެ. އޭނާއަށް މިއަދު ހޭލެވުނުލެއް ލަސްކަމުން ސައިހެދުނުލެއްވެސް ލަސްވީއެވެ. އޭރު މާކިންވެސް ތައްޔާރުވެގެން ކޮޓަރިން ނިކުންނަނީއެވެ. އަކިއަލް ކާގެއަށް ވަދެ ގޮނޑީގައި އިށީނދެލިއެވެ. އެހެންކަމުން އަލްޔާ އަވަހަށް ތަށިތައް މޭޒުމައްޗަށް އަރުވަން ފެށިއެވެ. އަކިއަލްއަށް އަލްޔާ ފެނުމުން އޭނާއަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ. އަކިއަލްގެ މިހިނިތުންވުން މިފަހަރު އަލްޔާއަކަށްވެސް ސިއްރެއް ނުވިއެވެ.

އަކިއަލްގެ މިއަމަލުން އަލްޔާ ވަރަށް ހައިރާންވިއެވެ. ލިބުނު ހައިރާންކަމުން އޭނާއަށް ފަހަތަށް އެނބުރި އެތާގައި އިތުރު މީހަކު ހުރިތޯވެސް ބަލާލެވުނެވެ. އެތާގައި އެދެމީހުން ފިޔަވައި އިތުރު މީހަކު ނެތެވެ. މާކިންވެސް ސައިބޯން އައީ އޭގެ ފަހުންނެވެ. ވީހާވެސް އަވަހަކަށް އަކިއަލްގެ ކުރިމަތިން އެވަގުތު އޭނާ  ދުރަށް ދާން ބޭނުންވިއެވެ. “އަލް..” ކާގޭގެ ދޮރުން ނިކުންނަން ދިޔަ އަލްޔާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ މާކިން އޭނާއަށް ގޮވި އަޑަށެވެ. “އާދޭ ސައިބޯން އަހަރެމެނާއެކު. ފިލައިގެންތަ މިހާރު ތިއުޅެނީ. ގޭތެރެއިންވެސް މިހާރު އަލްއެއް ނުފެނޭ”

“ފަހުން… ބައްޕަ އާއެކު ސައިބޯނީ.” މާކިންގެ އެދުމަށް ދެކޮޅު ހަދަމުން އަލްޔާ ބުނެލިއެވެ.

“ބޮޑުބެ އަދި ނުހޭލައެއްނު. މަންމަވެސް އަންނާނެ ބޮޑުބެއާއެކު ސައިބޯން. ދެން އާދެބަލަ”  މާކިން ކުރުނުކޮށް ކިޔަން ފެށުމުން އަލްޔާއަށް ޖެހުނީ ސައިބޯން އިށީންނާށެވެ. އަލްޔާ މާކިންއާއި ޖެހިގެން ހުރި ގޮނޑީގައި އިށީން އިރު އޭނާގެ ކުރިމައްޗަށްވާގޮތަށް މޭޒުގެ އަނެއްފަޅީގައި އަކިއަލް އިނެވެ.

ސައިބޯން އިން އިރުވެސް އިރު އިރުކޮޅާ އަކިއަލްގެ ނަޒަރު އޭނާއަށް ހުއްޓޭކަމުގެ އިހްސާސް އަލްޔާއަށް ވިއެވެ. އަލްޔާއަށް އިސްނަގައި ކުރިއަށް ބަލާލެވުނު ވަގުތެއްގައި އަކިއަލްގެ ނަޒަރު އޭނާއަށް ސީދާވެފައި ހުރުމުން ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެންދިޔައެވެ.  ސިކުންތަކަށް ދެމިގެންދިޔަ އެވަގުތުކޮޅުން އަލްޔާގެ ހިތަށް ލިބުނީ އިތުރު ނުތަނަވަސްކަމެކެވެ. އެހިނދުކޮޅުވެސް އަކިއަލްގެ އެޖާދުވީ ލޮލަށް ގެނބިގެންދާހެން އޭނާއަށް ހީވުމުން އަމިއްލަ ނަފްސުދެކެވެސް ބިރުގަނެވުނެވެ. އަކިއަލް އޭނާއަށް ބަލަހައްޓައިގެން ހުރިއިރު އެއްޗެއް ބުނެދޭން އުޅޭހެން އޭނާއަށް ހީވިއެވެ. އެހެން ނަމަވެސް އެ ކަޅުކުލަގަދަ ފުން ކަޅިން އަލްޔާއަށް އަކިއަލް ބުނެދޭން އެއުޅޭ އެކައްޗެއްވެސް ދޭހައެއް ނުވިއެވެ. އަކިއަލް އޭނާއަށް މިކުރަނީ ކޮން ކަހަލަ ގޯނާއެއް ހެއްޔެވެ. މީގެ ކުރިން އޭނާއަށް ނުދޭވަރު ސަމާލުކަމެއް އަކިއަލްގެ ފަރާތުން މިއަދު ފެންނަނީ ކީއްވެ ކަމާމެދު އޭނާގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ. އަބަދު ރުޅިވެރިކަން ފެންނަ އެމޫނުމަތިން ފުރަތަމަ ފަހަރަށް ހިނިތުންވުމަކާއެކު އަލްޔާއަށް ބަލާލީ ކޮން ސަބަބަކާއި ހުރެބާއެވެ. އަކިއަލް ކުރިމަތީގައި ހުންނަން ޖެހުމުން އޭނާ ހުރީ އުނދަގޫވެފައެވެ.

ގަޑި ޖެހުމާއެކު ސްކޫލަށްދާން މާކިންއާއި އަކިއަލް ހިނގައިގަތެވެ. އަކިއަލް ކުރީގައި ހުރެގެން ގެއިން ނިކުންނަން ދިޔައެވެ. އޭނާގެ ފަހަތުން ފޯނާއި ކުޅެމުން މާކިން ހިނގަމުން ދިޔައެވެ. ކުއްލިއަކަށް އަލްޔާ ދުވެފައިގޮސް މާކިންގެ އަތުގައި  ދެއަތުން ހިފާ ފަހަތަށް ޖެހިލިއެވެ. އެފަދަ ކަމަކަށް ނުވިސްނާ ހުރި މާކިން ސިހިފައި ފަހަތަށް ޖެހުނު ބޮނޑީގައި ނުވެއްޓުނީވެސް ހަމަ ކިރިޔާއެވެ.

“ތެންކިއު” އަލްޔާގެ ފައިގެ ފުންނާބު ހިއްލާލުމަށްފަހު މާކިންގެ ކަންފަތްދަށުގައި އޭނާ މަޑުމަޑުން ބުނެލިއެވެ. އަދި ޝުކުރުވެރިކަމުގެ ހިނިތުންވުމަކާއެކު މާކިންއަށް ބަލައިލިއެވެ. “ކޮންކަމަކަށް؟” ހައިރާންކަމާއެކު ބުމަ ހިއްލާލުމަށްފަހު މާކިންވެސް ސުވާލުކޮށްލީ ހަމަ އެހާ މަޑުންނެވެ. “ޓެޑީ…” ކުއްލިއަކަށް އޭނާއަށް އެއްޗެއް ވިސްނުމުން އަލްޔާ ދެން ބުނަން އުޅުނު ޖުމްލަ މެދު ކަނޑާލިއެވެ. މާކިންއަށް އިއްޔެއަކީ އަލްޔާގެ އުފަންދުވަސް ކަމެއް އިނގިފައެއް ނުވާނެއެވެ . އަލްޔާވެސް އޭނާގެ ބައްޕަވެސް އެވާހަކަ ބުނެފައި ނުވާތީއެވެ. އަދި މިގޭ އެކަކަށްވެސް އެކަން އިނގިފައެއް ނުވާނެއެވެ. އެހެން ނޫންނަމަ އަލްޔާގެ އެހާއްސަ ދުވަސް ފާހަގަ ކުރުމުގައި އޭނާވެސް ބައިވެރިވާނެއެވެ.  “ނަތިން” އިތުރަށް ސުވާލު ކުރަން އުޅެފައިވެސް އޭނާގެ ހިޔާލު ބަދަލުވެގެން ބޯ ހޫރާލުމަށްފަހު އެއީ އެއްޗެއް ނޫންކަމުގައި ބުނެލިއެވެ.

އަލްޔާއާއި މާކިން ސިއްރުން ވާހަކަ ދައްކަން ހުރިތަން ބަލަން ކާރަށްވެސް ނާރައި އަކިއަލްއަށް ދުރުގައި ހުރެވުނީއެވެ. އަލްޔާގެ އެއްވެސް ސަމާލުކަމެއް އޭނާއަށް ނުލިބޭތީ އޭނާ ދެރަވިއެވެ. އޭނާއަށް ކުރީގައި ކަންތައް ކުރެވިފައިވަނީ ގޯސްކޮށްކަން ހުދު އޭނާ އަމިއްލައަށްވެސް ގަބޫލު ކުރެއެވެ. އެހެންނަމަވެސް އަލްޔާއާއި ވާހަކަ ދައްކައި އެދެމެދުގައިވާ މިސްއަންޑަސްޓޭންޑިން ފިލުވާލުމުގެ ފުރުސަތެއް އަލްޔާ އޭނާއަކަށް ނުދެއެވެ. ކުޑަމިނުން ރޭގައި އޭނާ ފޮނުވި މެސެޖަށް އަލްޔާ ރިޕްލައިވެސް ނުކުރެއެވެ. އަކިއަލްއަށް ނޭނގުނު ކަމަކީ އެމެސެޖް ކުރި ފަރާތެއް ހުދު އަލްޔާއަށް ނޭނގޭ ކަމެވެ. އަކިއަލްވެސް އަލްޔާގެ ނަމްބަރު ނެގީ މާކިންގެ ފޯނުން ސިއްރުންނެވެ. ވީއިރު އަލްޔާއަށް އަކިއަލްގެ ނަމްބަރު ލިބޭނީ ކިހިނެއް ހެއްޔެވެ. އެދެމެދުގައި އެއްވެސް ކަހަލަ އެކުވެރިކަމެއް ނެތްއިރު އަކިއަލް އޭނާއަށް މެސެޖެ ކޮށްފާނެ ކަމަށް އަލްޔާ އެއްގޮތަކަށްވެސް އުއްމީދު ނުކުރާނެއެވެ.

ކާރުގެ ފަހަތު ސީޓްގައި މާކިންއާއި ޖެހިގެން އަކިއަލް އިން އިރު ކުޑަދޮރުން ބޭރު ބަލަން އޭނާ އިނީ ވިސްނުމެއްގައެވެ. މާކިންއާއި އަލްޔާއާއި ދެމީހުން އެއްކޮށް އުޅޭތަން ފެނުމުން އޭނާ ހުރީ މޫޑް ހަރާބުވެފައެވެ. އަލްޔާދެކެ އޭނާ ކިތަންމެ ގަޔާވިޔަސް އޭނާގެ އެންމެ ގާތް އެކުވެރިޔާ ލޯބިވާ ކުއްޖަކާއި އޭނާ ކައިރިއެއް ނުވާނެއެވެ.

“މާކިން… ސުވާލެއްކޮށްލަންތަ؟” ދުރަށް ބަލަހައްޓައިގެން އިނދެ އަކިއަލް މާކިންއަށް ގޮވާލިއެވެ. “ހްމްމް. އަހާބަލަ” ފަރުވާކުޑަގޮތަކަށް މާކިން ޖަވާބުދިނީ ގޭމަށް ގެއްލިފައި އިންވަރުން އަކިއަލް އޭނާއަށް އުނދަގޫކޮށްލަން އުޅެނީކަމަށް ހީކޮށެވެ. “ޑޫ ޔޫ ލައިކް އަލް؟” އަކިއަލްގެ ސުވާލު އަޑުއިވުމާއެކު މާކިން ހައިރާންވި ވަރުން އޭނާގެ އަތުގައި އޮތް ފޯނުވެސް ކާރުތެރެއަށް ވެއްޓުނެވެ. އަދި އަކިއަލްގެ މޫނަށް ބަލާލިއިރު ސީރިއަސްކަން އެކުލެވޭ މޫނު ފެނުމުން މާކިންއަށް ފެށުނީ ހޭށެވެ. “ވަޓް. ނޯ! ޑޫޑް އެއީ މައި ކަޒިން ސިސްޓާއޭ. އަލް އަކީ ހަމަ ކޮއްކޮއެއްފަދައިން ދެކޭ ކުއްޖެއް.” މާކިންގެ މިބަސްތަކުން އަކިއަލްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

***

އަލްޔާގެ މޫނުމަތިން ފެންނަނީ އެހެން ދުވަސްތަކަށްވުރެ ދެރަވެފައިންތަނެވެ. މެންދުރާ ހަމައަށްވެސް އެމޫނުމަތިން ފެނުނު އުފާވެރިކަން ހަވީރު ވީއިރު އެވަނީ އޮއްސިފައެވެ. މިއަދު ހަވީރު ބައްޕަ ބޭރަށް ގޮސްފައި އައިސްދިން ހަބަރެއްގެ ސަބަބުން އޭނާގެ އުފާވެރިކަން ގެއްލުނީއެވެ. ކުރިންވެސް ބައްޕަ ކުޑަ ދުވަސްކޮޅަކަށް ދެތިން ދުވަހު މަޑުކުރުމަށްފަހު އޭނާ ބަހައްޓައިފައި ފުރައިގެންދާނެކަން އޭނައަށް އިނގެއެވެ. އެހެންނަމަވެސް ފުރާދުވަސް ކުރިއަށްވުރެ އަވަސްވުމުން އޭނާ ދެރަވީއެވެ. އެހާ ދުވަހަށްފަހު ބައްޕަ ފެނުމާއެކު އެކީގައި ހޭދަކޮށްލަން ލިބުނު ވަގުތުކޮޅު ކުޑަވުމުގެ ސަބަބުން އިތުރަށް ދެރަވެ ރޮވޭގޮތްވިއެވެ. މިރޭ ފުރަންޖެހޭނެކަން ބައްޕަގެ ދުލުން ބުނީއްސުރެ ބޭރުގައި އިން ބެންޗްގައި އެކަނި އެއިނީ އެކަމާއި ދެރަވެފައެވެ. ބައްޕައާއެކު ފަހަތުން ރަށަށްދާންވީއޭވެސް ބައެއްފަހަރު އޭނާގެ ހިތަށް އަރައެވެ.

އިރުކޮޅަކުން ގޭޓު ދޮރު ހުޅުވާލިއަޑަށް އަލްޔާ އެނބުރި އެދިމާލަށް ބަލާލިއެވެ. އެއީ އަކިއަލްކަން އިނގުމުން އެދިމާލަށް ބަލާލުމަށްފަހު  މާބޮޑު ސަމާލުކަމެއް ނުދީ އަނެއްކާވެސް ކުރިން އިންހެން ދުރަށް ބަލަހައްޓައިގެން އިނެވެ. އެހެންނަމަވެސް ގެއަށް ވަނުމުގެ ބަދަލަށް އަކިއަލްގެ މިސްރާބު ބެންޗާއި ދިމާލަށް ހުރިކަން އިނގުމުން އަލްޔާއަށް އިންތަނުން ތެދުވެވުނީ ބޭއިހްތިޔާރުގައެވެ. މިއަދު ހެނދުނުގެ ފަހުން އަލްޔާ އުޅުނީ އަކިއަލްއަށް ނުފެންނާނެ ހެންނެވެ. އަކިއަލް އޭނާ ހުރި ހިސާބު ކައިރިއަށް އަންނަން ފެށުމުން އެތަނުން އަވަހަށް ދުރަށްދާން އޭނާ ހިނގައިގަތެވެ.  އަލްޔާއަށް އެނބުރި ގެއާއި ހަމައަށް ނުދެވެނީސް އަވަސް ފިޔަވަޅުތަކެއްގައި ފަހަތުން ހިނގާފައި އައި އަކިއަލް އޭނާގެ އަތުގައި އައިސް ހިފާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Zeebs

Level 110 Stories

Other Articles

Previous

ޒާޔާ (ސައްބީސްވަނަ ބައި)

Next

ޢަންޖަލް (20)

Next
September 7, 2020

ޢަންޖަލް (20)

Previews
September 7, 2020

ޒާޔާ (ސައްބީސްވަނަ ބައި)

3 Comments!

  1. ?Ril? says:
    September 7, 2020 at 10:59 pm

    ❤️❤️Masha❤️❤️ Allah ❤️❤️
    Vrh ❤️Sali mi ❤️❤️part ves❤️❤️
    And vrh interesting❤️❤️ ingey mi stry I love. It???❤️❤️❤️❤️?????
    Thankx❤️❤️ for a wonderful stry❤️ like this
    ??❤️❤️Stay safe ❤️??

    1. ?Ril? says:
      September 7, 2020 at 10:59 pm

      And I am the first dhw yeyey,????????❤️❤️❤️❤️❤️❤️

  2. Anonymous says:
    September 9, 2020 at 8:46 pm

    ޒީބާ.މިބައިވެސް ވަރަށް ރީތި.. ދެން ލިޔާވާހަކައެއްގައި ޒަލަފް މިނަން ކިޔުނީ

Comments are closed.

Next Episodeއަލްވަދާޢު←


All Right Reserved!