ފިޔަފަތް 23
* ޒައިލީން އަވަހަށް އެ ޕޭޕަރބޭގް ކަނޑާލިއެވެ. އެތެރޭގައި އޮތް އެތި ފެނިފައި ރަވިކާން ކޮށިއެރިއެވެ. އަލްޔާ އާއި ޒައިދާންވެސް ގުދުވެލާފައި އެތެރެއަށް ބަލާލިއެވެ. ހެއިލަންވެސް ބޯ އަރިކޮށްލިއެވެ. “މީ.. މީ…….” ހައިރާންވެވުނު ވަރުން ޒައިލީންގެ ދޫ ހަރަކާތެއް ނުކުރިއެވެ. ޒައިލީން މަޑުމަޑުން އެތެރޭގައި އޮތް އެތި ނެގިއެވެ. *
އޭގެ ތެރޭގައި އޮތީ އޮޅާލާފައި އޮތް ގަނޑުކޮޅެކެވެ. ޒައިލީން ހައިރާންވެފައި ހުރެ ގަނޑުކޮޅު ނެގިއެވެ. އެ ގަނޑުކޮޅު އޮތް ކުލައަށް ބަލާލާފައި ރަވިކާން ޒައިލީންގެ އިސްތަށިގަނޑަށް ދަމާލިއެވެ. ޔަގީނާއި ގާތަށް އެ ގަނޑުކޮޅަކީ ކުރިން އިޔާން އަންދާލި ފޮތުން ނައްޓާލާފައިވާ ގަނޑުކޮޅެއްކަމަށް ބެލޭތީއެވެ. “އައުޗްޗް.. ކީކޭތަ..؟” ރަވިކާން އިސްތަށިގަނޑަށް ދަމާލުމުން ޒައިލީން ދެލޯ ކުޑަކޮށްލާފައި ރަވިކާންގެ މޫނަށް ބަލާލިއެވެ. “ފާހަގައެއް ނުކުރެވޭތަ..؟ އަވަހަށް ތިގަނޑުކޮޅު ހުޅުވަބަލަ..” ރަވިކާން ބުނެލިއެވެ. “ފާހަގަވެޔޭ އެބަ.. ޒައި ދެލޯ ކަނެއް ނޫނޭ..” ޒައިލީން ތުން އަނބުރާލަމުން އެ ގަނޑުކޮޅު ހުޅުވާލަން ހިފާލިއެވެ، “އެއީ ތެދެއް ޒައީ.. ތި ގަނޑުކޮޅު ހުޅުވަބަލަ..” ކެތްތެރިކަން ކުޑަވެގެން ހުރީ ރަވިކާން އެކަނި ނޫން ކަން އެނގުނީ ޒައިދާން އެހެން ބުނެލުމުންނެވެ. “އޯކޭޔޭ އޯކޭޔޭ މި ހުޅުވަނީ..” ޒައިލީން ހިތާހިތުން ޕިސްޕިސް ކިޔާލާފައި އެ ގަނޑުކޮޅު ހުޅުވާލިއެވެ.
“ސަލްވިޔާއަށް..” އެންމެ މަތީގައި ލިޔެލާފައިވާ ތަންކޮޅު ކިޔާލާފައި ޒައިލީންއަށް އެއްޗެއް ވިސްނުނެވެ. ކުރިން އެ ފޮތް ކީއިރު އޭނާއަށް ބުނެދޭން ނޭނގޭ ކަހަލަ ގާތްކަމެއް އިހުސާސް ކުރެވުނީ ކީއްވެގެންކަން ޒައިލީންއަށް އެނގުނެވެ. އެއީ ޒައިނާގެ އަތުލިޔުމެވެ. އެކަން ވިސްނުމުން ޒައިލީންއަށް އޯހްއޭ ކިޔާ ފުންމައިގެން ތެދުވެވުނެވެ. އެދިމާލަށް އަރިވެގެން ހުރި އަލްޔާ އާއި ޒައިދާން ދިޔައީ އެއްލިގެންނެވެ. “ކިހިނެތްވީ..؟” ޒައިލީންއަށް އެއްޗެއް ވިސްނިއްޖެހެން ހީވުމުން ރަވިކާން އަހާލައިފިއެވެ. “ދޮންބޭ.. މިއީ މަންމަ ލިޔެފައެއްނޫންތަ..؟” ޒައިލީން ބޭނުންވީ ޔަގީން ކުރާށެވެ. އެކަން ޔަގީން ކުރެވެން އޮތީ ޒައިދާންގެ ޚިޔާލެއްވެސް ލިބިގެންނެވެ. ޒައިދާން ކުރިއަށްވުރެ ބޯއަރިކޮށްލާފައި ބަލާލިއެވެ.
“ޔަޕް..” ހަތްވަރަކަށް މިނެޓްގެ ދިރާސާއަކަށްފަހު ޒައިދާން އެއްބަސްވިއެވެ. “ތިއީ މަންމަގެ ހޭންޑް ރައިޓިންގ..” ޒައިދާން އަނެއްކާވެސް ޔަގީން ކޮށްދިނެވެ. “ޒައިގެ މަންމަގެ ނޯޓެއްދޯ ތިއީ..؟” އަލްޔާ އަހާލިއެވެ. ”ސީމްސް ލައިކް ދެޓް.. ކިޔާބަލަ..” ހެއިލަން ބުނެލިއެވެ.
“މާފު ކުރޭ..” ގަނޑުކޮޅު އިތުރަށް ނިއުޅުވާލާ ޒައިލީން ބަލާލީ ބޮޑު ޕެރެގްރާފެއް ލިޔެފައި ވާނެކަމަށެވެ. ނަމަވެސް ކުރު އިބާރާތަކުން މާފަށް އެދި ލިޔެފައިވާ ޖުމްލަ ނޫން އެހެން ވާހަކައެއް ލިޔެފައެއް ނެތެވެ. “އާހް.. ދޮންބެވެސް ހީކުރީ ބޮޑު ވާހަކައެއް ލިޔެފައި އޮންނާނެކަމަށޭ..” ޒައިލީން އެއްބުމަ އަރުވާލުމުން ޒައިދާންއަށް އޭގެ މާނަ ވިސްނިގެން އެއްބައިވެލިއެވެ. “ހޭ.. ސާޔަލް އަންނާނީ ކޮން ދުވަހަކުންތަ..؟؟” ޒައިލީން އަހާލިއެވެ. “ނޭނގޭ.. ސާޔަލް ތިޔެއް ނުބުނޭ.. ދެން ސާޔަލް ދިޔަ ތާކަށް ދިޔައީ..” ހެއިލަން ބުނެލިއެވެ. “އާދޭ ގެއަށްދާން.. މާދަމާ ރޭ ޝޯވް..” ޒައިދާން ކުއްލިއަކަށް ރާވާލުމުން ޒައިލީންއަށް ބަލާލެވުނެވެ.
”ޒައިދާން. ޔަގީންތަ..؟” އަލްޔާވެސް އަހާލިއެވެ. “ކީއްވެގެންތަ ނުބޭއްވެންވީ..؟” ޒައިދާންވެސް އަހާލީ ސުވާލެކެވެ. “ވަރަށް ގިނަ ކަންތައް އެބަ ހިނގާ… މި ހާލުގައި ޝޯވް ބޭއްވިދާނެހެއްޔޭ ސުވާލަކީ.. ޝޯވް ބާއްވާފައި ފަހުން ނުބޭއްވެއްޖެނަމަ ވަރަށް ކަޑަވާނެ އެހެންވެ… އައުލްކީންގަނޑު ކުރާކަމަކުން އަހަރެމެންނަށް އެންމެ ރެއެއްގެ ޝޯވްއެއް ބާއްވަންވެސް ޖެހިދާނެ..” އަލްޔާ ބުނެލިއެވެ. ޒައިލީން ބޯ ޖަހާލީ އަލްޔާއާއި އެއްބަސްވުމުގެ ނިޔަތުގައެވެ.
އަލްޔާ އެބުނީ މުޅިން ދޮގު ވާހަކައެއް ނޫނެވެ. އައުލްކީންގެ ހަމަލާއެއް އަންނާނެއިރެއް އެނގެނީކީއެއް ނޫނެވެ. އައުލްކީން ހަދާ ގޮތަކުން ޒައިލީންމެންނަށް އެންމެ ރެއެއްގައި ޝޯވް ބޭއްވިއްޖެނަމަ މަންޒަރު އެހާ ރީއްޗެއް ނުވާނެއެވެ. “ދެންދޯ އަބަދު ބިރުން ހުރުމުގެ މާނައެއް ނެތެއްނު..؟ ކަމޯން..” ޒައިދާންގެ ގާތަށް ހުރީ އާދަޔާޚިލާފް ފޯރިއެއް އައިސްފައެވެ. ޒައިލީން ފުޅާ ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. “ވީ އާރ ނަތިންގ ވިތްއައުޓް ޔޫ..” އަލްޔާ ހީނލާފައި ޒައިދާންގެ ކޮނޑުގައި ޖަހާލިއެވެ. ”މާދަމާ ރޭ ޝޯވް ބާއްވާނީ.. ހަމަ ސިމްޕަލް ޝޯވްއެއް އިނގޭ…” ޒައިދާން ބުނެލިއެވެ. ހެއިލަން އެއްޗެކޭ ނުބުނިތާ ބަލައިވެސް ނުލިއެވެ.
މިފަހަރު ހެއިލަންގެ ބަސްމަދުކަން ޒައިލީންއަށް ފާހަގަވިއެވެ. ނަމަވެސް ހެއިލަންގެ އަޅިކުލައިގެ ދެލޯ ތެރޭ ފޮރުވިފައިވާ ވޭން ޒައިލީންއަކަށް ފާހަގައެއް ނުވިއެވެ. “ހެއިލް..” ޒައިލީން ހެއިލަންގެ އަތުގައި ހިފާ މަޑުމަޑުން ގޮވާލިއެވެ. “ކީކޭ..؟” ހެއިލަން އަހާލިއެވެ. ސީދާ ޒައިލީންގެ ދެލޮލަށް ބަލާލަމުންނެވެ. “ވަޓް ޑޫ ޔޫ ސޭ..؟ މިރޭ ޝޯވް ބާއްވަންތަ..؟” ޒައިލީން ހީނލާފައި އަހާލިއެވެ. “ހްމްމް.. ޒައިދާން ވެސް އެހާ ހައިޕަރވެފައި ވިއްޔާ އެހުރީ.. ދެން ޖެހޭނީ ޝޯވް ބާއްވަންދޯ..؟” ހިނދުކޮޅަކަށް ނަމަވެސް ހެއިލަންގެ ރީތި ހިނިތުންވުން އަނބުރާ އައެވެ. “ހިނގާ ދެން ގެއަށް ދާންދޯ…؟” ޒައިލީން ބުނެލިއެވެ. “އެކަމަކު ހަނދާން ކުރާތި އެ ހުދުހުދު އޭންޖަލް އައިސްފައި އަހަރެމެންނާ ކޮންމެފަދަ ގަޑިއެއްގައި ބައްދަލު ކޮށްފާނެކަން..” ކިތަންމެ ފޯރިއަރާފައި ހުރި ކަމުގައި ވިޔަސް ޒައިދާން ހަނދާން ކޮށްދިނެވެ. އަލްޔާ އެފަދަ ކަންކަމުގައި މަޖާ ނުވާށޭ ކިޔާވަރުން ޒައިދާންއަށް އައުލްކީންގެ ކަންކަމުގައި ސީރިއަސް ވެވެން ފެށީ ކަންނޭނގެއެވެ.
ގެއަށް ދެވުނުހާ އަވަހަކަށް ޒައިލީން ބެލީ ޒައިނާއަށް ގުޅޭތޯއެވެ. ޒައިނާގެ ގާތުގައި ޒައިލީން އަހަން ބޭނުންވާ ބައިވަރު ސުވާލު އެބަހުއްޓެވެ. ނަމަވެސް ޒައިލީންއަށް އެކަން ކާމިޔާބުވާން އޮތީ ޒައިނާ ފޯނު ނަގައި ޒައިލީންއާއި ވާހަކަ ދައްކައިގެންނެވެ. އެ ދުވަހުގެ ބާކީ އޮތް ބައި ދިޔައީ އަމާން ކަމާއި އެކީގައެވެ. ރޭގަނޑު ގަޑީގައި ނިދަން ދިޔުމުގެ ކުރިން ކުޑަގޮތަކަށް މާދަމާ ރޭގެ ޝޯވްއަށް ޕްރެކްޓިސް ކޮށްލާފައި ނިދަން އޮށޯތީއެވެ. ނިދުމުގެ ކުރިންވެސް ޒައިލީން އެތައްފަހަރު ޒައިނާއަށް ގުޅޭތޯ ބެލިއެވެ. ޒައިނާ ފޯނަށް ޖަވާބެއް ނުދިނެވެ. މިސްޑް ކޯލްތަކުން މިހާރު ޒައިނާގެ ފޯނު ފުރިފައި އޮންނާނެކަން ޒައިލީންއަށް ޔަގީނެވެ. ޒައިނާ މާދަމާ ހެނދުނު ހޭލާއިރު މެސެޖްތަކުގެ އެތައް ނޮޓިފިކޭޝަންތަކެއްވެސް އަންނާނެއެވެ. އެހާވަރަށް ޒައިލީން އެބަ ގުޅާ މެސެޖުކޮށް ހަދައެވެ. ޒައިނާ ޒައިލީންމެންގެ ހާލުބަލާލަން ވެސް ބޭނުން ނުވަނީބާއޭ ޒައިލީންގެ ހިތަށް އެރުމުން މޮޅިވެރިވާގޮތްވިއެވެ. ޒައިނާ ފޯނަށް ޖަވާބު ދޭން ބޭނުން ނުވަނީ ސާޔަލް އާއި ހެދި ހެއްޔެވެ.؟ ނޫނީ ޒައިލީން ރަވިކާން އާއި އެކީގައި ހުއްޓާ ޒައިނާއަށް ފެނުމުން ހެއްޔެވެ.؟ އެންމެ ކުޑަމިނުން ޒައިނާ އެ ސުވާލަށް ޖަވާބު ދޭނެނަމައޭ ޒައިލީންގެ ހިތަށް އެރިއެވެ.
ޖެހިގެން އައި ދުވަހު ހެނދުނެވެ. އިއްޔެރޭ އެންމެ ލަހުން ނިދީ ޒައިލީން ނަމަވެސް އެންމެ ފުރަތަމަ ހޭލީވެސް ޒައިލީންއެވެ. އޭރު އިރުއަރަން އުޅެނީއެވެ. އަލްޔާ ބާލީހުގައި ބައްދާލައިގެން ގަދަ ނިދީގައި އޮތުމުން އުނދަގޫ ކުރަން ނުހަދާ ޒައިލީން ތެދުވެ ފުރަތަމަވެސް ވުޟޫކޮށްލައިގެން ފަތިސް ނަމާދު ކުރިއެވެ. ފަތިސް ނަމާދު ކޮށްގެން ފެންވަރައިގެން ޒައިލީން ލީ ޑަސްޓް ޕިންކް ޓީޝާޓްއަކާއި ސްކައި ބްލޫ ހައިވެއިސްޓްއެކެވެ. ޖިންސްގެ ފައިކުރި ކުޑަކޮށް އޮޅާލާފައި ޒައިލީން އަތުގަޔާއި ފައިގައި ލޯޝަން ލިއެވެ. އަދި އިސްތަށިގަނޑު ފުނާ އަޅާ ނިންމާލުމަށްފަހު ހުޅިއެއް ޖަހާލިއެވެ.
ޒައިލީން ނިމުނުއިރު އަލްޔާ ހޭލައިގެން އިނެވެ. އަތަކަށް ގުޑިވެސް ނުލާ އެނދުގައި ލެނގިލައިގެން އިން އަލްޔާ ހީވަނީ އަދިވެސް ނިދަނީ ހެންނެވެ. ފޯނު ޖީބަށް ލާފައި ޒައިލީން ތިރިއަށް ފޭބިއެވެ. އިއްޔެރޭ ބޭކަރީއަށް ކާން ގޮސްފައި ގެއަށް އައި މަގުމަތީ ގަތް ބައެއް އެއްޗެހީގެ ތެރެއިން ޒައިލީން އައިސް ކޮފީ ޕެކެޓްއެއް ނެގިއެވެ. އަދި ޕެކެޓަށް ހޮޅި ޖަހާލަމުން ޒައިލީން ސިޑިއާއި ދިމާލަށް ދިޔައިރު ރަވިކާން ފެން ފުޅިއެއް ހިފައިގެން ސިޑިމަތީ އިށީނދެލައިގެން އިނެވެ. ޒައިލީން ގޮސް ރަވިކާން ހުރި ހަރުފަތުގެ ތިރީގައި އިން ހަރުފަތުގައި އިށީނެވެ. ރަވިކާން ހުރީ ލެވެންޑަރ ކުލައިގެ ހޫޑީއަކާއި ގަދަ ނޫ ކުލައިގެ ސޯޓެއް ލައިގެންނެވެ. “ގުޑް މޯރނިންގ..!” އިއްޔެ ހުރި ފޯރި މިއަދުވެސް ޒައިދާންއަށް ވަނީ ލިބިފައެވެ. ޒައިދާން ވެސް ލުއިކާނާއެއް ހިފައިގެން އައިސް ޒައިލީން އާއި ރަވިކާންއާއި ބައިވެރި ވެއްޖެއެވެ. އިރުކޮޅަކުން އަލްޔާ އާއި ހެއިލަންވެސް ތިރިއަށް ފޭބިއެވެ.
ސައި ބޮއި ނިންމާލައިގެން ޒައިލީން އަނެއްކާވެސް ދިޔައީ ޒައިނާއަށް ގުޅޭތޯ ބަލާށެވެ. ކޮޓަރިތެރޭ ޒައިލީން އެކަނިމާއެކަނި އެކަމުގައި ދެ ގަޑިއިރާއި ބައިގަޑިއިރު ހޭދަކުރިއެވެ. ނަމަވެސް އުންމީދު ކުރި ފަދަ ނަތީޖާއެއް އެކަމަކުން ނުނިކުތެވެ. “ޒައި އާދެބަލަ.. ވަރަށް އަވަހަށް…” ފޯނު ޗާޖަރަށް ޖަހަން ހުއްޓާ އަލްޔާ ދުވެފައި ކަހަލަގޮތަކަށް އައިސްފައި ބުނެލިއެވެ. ފޯނަކާއި ފޯނެއް ދޫކޮށްލާފައި ޒައިލީން ދުވެފައި ނުކުތް އަލްޔާގެ ފަހަތުން ބާރުބާރަށް ހިނގާލާފައި ނުކުތެވެ.
“ކިހިނެތްވީތަ..؟؟” އެހެންޏާ އަބަދު ބިރުން އުޅޭ ޒައިލީންއަށް ސިޑިން ފޭބުނީ ކިހިނެތްކަމެއްވެސް ނޭނގުނެވެ. ހާސްވެފައި ހުރިވަރުން ސިޑިން ފައިބާއިރު ގަންނަ ބިރުގެ މަތިން ހަނދާން ނެތުނީ ކަން ނޭނގެއެވެ. “އަވަހަށް އާދެބަލަ..” ހާސްވެފައި އަލްޔާ ބުނެލިއެވެ. ހަލުވި ފިޔަވަޅުތަކެއްގައި ޒައިލީން ގޮސް ކަންބޮޑުވެފައި ހުރި ހެއިލަން އާއި ކުޑަކަކޫ ޖަހައިގެން ހުރި ޒައިދާންގެ ގާތު ހުއްޓުނެވެ.
އޭރު ތިރީގައި ރަވިކާން ވެއްޓިފައި އޮތެވެ. ބޯ ފަޅައިގެން ގޮސްފައި އޮތްއިރު ރަވިކާންގެ ހަރަކާތެއް ނެތެވެ. ޒައިލީންއަށް ވަގުތުން އަނގަމަތީގައި އަތް އެޅުނެވެ. “ކި.. ކިހިނެތްވެ.. ވެފައި..؟” ޒައިލީންގެ އަޑު ނުކުތީ ވެސް ކެނޑިކެނޑިގެންނެވެ. ޒައިލީން ރަވިކާންގެ ގާތުގައި ކުޑަކަކޫ ޖެހުމުން ފަސްޓްއެއިޑް ބަލާ ދާށޭ ކިޔާ ހެއިލަން އާއި ޒައިދާން މައްޗަށް އަރަން ދިޔައެވެ. ޒައިލީންއަށް ހަރަކާތެއް ނެތިފައި އޮތް ރަވިކާންގެ އަތުގައި ހިފާ ތަޅުވައިގަނެވުނެވެ. “ރަވިކާން…” ޒައިލީންގެ އަޑު ބެދުނެވެ. މާބޮޑަށް ދެރަވީއެވެ. “ވަޓް… ހެޕެންޑް..؟” އަޑު ނުކުންނަމުން ދިޔައީ ކެނޑިކެނޑިގެން ނަމަވެސް ޒައިލީންއަށް އެހުނެވެ. ނަމަވެސް ހަރަކާތެއް ނެތި ލޯ މެރިފައި އޮތް ރަވިކާން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ.؟
“ޒައިދާން ޔޫ ޝުއަރ..؟” ސިޑި މަތީ ހުރި އަލްޔާ އަހާލިއެވެ. “އާނއެކޭ ހީ ވިލް ބީ ފައިން އަލް..” ޒައިދާން ބުނެލިއެވެ. ހެއިލަންވެސް އެދެމީހުންގެ ކައިރީ ކުޅި ބަލަން ހުއްޓެވެ. “ޒައިއަށް ފާރުގައި ހުރި ސައިންއެއް ނުފެންނާނެތަ..؟” އަލްޔާ އަނެއްކާ އަނެއް ސުވާލު އަހާލިއެވެ. “މިވަގުތު ޒައިއަށް ރަވިކާން ނޫން އެހެން މީހަކު ނުފެންނާނެ..” ޒައިދާން ޔަގީންކަން ދިނެވެ. “ޒައިދާން ޔޫ ޝުއަރ..؟” އަލްޔާ އަނެއްކާވެސް ސުވާލު ތަކުރާރު ކޮށްލައިފިއެވެ. “އާނއެކޭ.. ޔަގީނޭ.. އައި ހޭވް ބީން ވިތް ޒައި ސިންސް ޝީ ވޯޒް ބޯރން..” ޒައިދާން ބުނެލިއެވެ. “ވަރަށް ފާހަގަވާނެހެން އެކަމަކު ސައިން އެހުރީ..” އަލްޔާ ބުނެލީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. “ޒައިއަކަށް އެ ސައިންއެއް ނުފެންނާނެ..” ޒައިދާން ބުނެލިއެވެ. “ޒައިދާން ޔޫ ޝުއަރ..؟” އަލްޔާ އަހާލައިފިއެވެ. “ސާބަސް މިތަނުން ކާކަކީ ޒައިގެ ދޮންބެއަކީ..؟ އަލްތަ ނޫނީ އަހަރެންތަ..؟” ޒައިދާން އެންމެފަހުން ޕިސްޕިސް ކިޔާލައިފިއެވެ. “އަލް މީ ފިރިހެނެއް ނޫނޭ.. ދެން ޒައިއަށް ފާހަގަވެދާނެތީ ހާސްވަނީއޭ.. ޒައިއަށް ފާހަގަ ވެއްޖެއްޔާ އޭރުން ތިން ގަޑިއިރުގެ ތެރޭ އަހަރެމެން ކުރި ބުރަ މަސައްކަތް ފެނަށް ދާނެ..” އަލްޔާ ބުނެލިއެވެ. “ޖަސްޓް ވެއިޓް އެންޑް ވޮޗް..” ޒައިދާން އުޅަނބޮށިން އަލްޔާގެ ކޮނޑުގައި ޖަހާލިއެވެ.
ޒައިލީން މަޑުމަޑުން ރަވިކާންގެ ބޯ ފަޅައިގެން ގޮސްފައި އޮތް ހިސާބަށް ގުދުވެލިއެވެ. ކިހާ ސީރިއަސްތޯ ބަލާލުމުގެ ނިޔަތުގައެވެ. ޒައިލީންއަށް މީހަކު އޭނާގެ ގައިގައި ދެއަތް ވަށާލި ކަމުގެ އިހުސާސްވިއެވެ. ”އަމްމް… އަހަރެން.. އިންސިކުއްޖާއަށް އުފާވެރި އުފަން ދުވަހަކަށް އެދެން..” ވައި އަޑަކުން ރަވިކާން ބުނެލި ޖުމްލަ ޒައިލީންގެ ކަންފަތާއި ހަމައަށް ފޯރުމުން ޒައިލީންއަށް ދެލޯ ބޮޑު ކޮށްލެވުނީ އެހެނެއް ބަލާފައެއް ނޫނެވެ. “އައްދޭ ހާދަ އަވަހަކަށް ވާރޭ އޮއްސައިގަތީ..؟” ޒައިލީންއަށް ރޮވިއްޖެކަން ފަހުމު ވުމުން ރަވިކާން ޒާތަކަށް ހީނލާފައި އެއްސެވެ. ޒައިލީން އަވަހަށް ރަވިކާންގެ އަތުން ވީއްލިގަންނަން އުޅުނެވެ. ނަމަވެސް ރަވިކާން އެއަށްވުރެ ބާރުގަދައެވެ. ނިކަމެތި ޒައިލީންއަށް އެ ބާރުގަދަ އަތުގެތެރޭ ދެއްކޭނީ ކޮން ވަރެއް ހެއްޔެވެ.؟
“ހަމަ އެހާވެސް ދެރަވޭތަ..؟” މިއަދު ރަވިކާންގެ ލާނެތްކަން ފަންސަވީސް ގުނަ މައްޗަށް ޖެހިލާފައި ހުރިހެން ޒައިލީންއަށް ހީވިއެވެ. ޒައިލީންއަށް ކޮޅަށް ތެދުވެވޭގޮތްވީ ރަވިކާން ކުޑަކޮށް ދޫކޮށްލީމައެވެ. “ޔޫ އިޑިއަޓް އައި ވޯޒް ސޯ ވޮރީޑް..!!!!” ކަރުނައިގެ ތެރޭގައި ޒައިލީން ރަވިކާންގެ ގައިގައި ދެތިން ބޮނޑި އެއްފަހަރާ އެޅިއެވެ. ސިޑިމަތީގައި ހުރި ޒައިދާން ފޯނުގައި އެ މަންޒަރު ރައްކާކުރީ ހީނހީނ ގޮސް ބަލިވާވަރުވެފައި ހުރި ހާލުގައެވެ. “އަހަރެންނަށް ކިހިނެތްތަ އެނގޭނީ އަހަރެން ކުޑަކޮށް އެކްޓް ކޮށްލީމައި އިންސިކުއްޖާ ރޯން ފަށާނެކަމެއް..؟؟” ރަވިކާން ކޮނޑު އަރުވާލާފައި އެއްސެވެ. ”ކުރިން ވެސް އެހެން ހެދީމެއްނު..؟” ޒައިލީން ހަނދާން ކޮށްލީ ޖިންނިންގެ މާހައުލުގައި ރަވިކާން އެހެން ޖިންނިއެއްގެ ހަމަލާއަކުން ސަލާމަތް ކޮށްދީ އަމިއްލަ މީހާއަށް އަނިޔާ ވީކަމަށް އެކްޓް ކުރި ދުވަހެވެ. “ހަމަ ރަނގަޅަށް މިބުނީ.. އެދުވަހުވެސް ކިރިޔާ ހާރޓްއެޓޭކެއް ނުޖެހުނީ..” ޒައިލީން ރުޅިއައިސްފައި ކިޔޭނުކިޔޭ އެއްޗެއް ނޭނގޭ ހާލު ރަވިކާންއަށް ލެކްޗަރު ދެމުން ދިޔައެވެ. “އުފަން ދުވަހު މީހުން ތިހާ ރުޅިއާދޭތަ..؟” ރަވިކާން އަހާލިއެވެ. ދެލޯ ކުޑަކޮށްލާފައި ޒައިލީން ދޭން އުޅުނު ހޫނު ހަމަލާއިން ރަވިކާން ސަލާމަތްވީ ޒައިލީންގެ އަތުގައި ވަގުތަށް ހިފޭއްޓުމުންނެވެ. ”ތީތަ މީހުން ސަޕްރައިޒް ދޭ ގޮތަކީ..؟” ޒައިލީން އަދިވެސް ހަމައަކަށް ނޭޅެއެވެ. ނަމަވެސް ހިތް އުފަލުން ބަންޑުންވިތާ ކިތަންމެ އިރެކެވެ. “ހުން.. އަލްޔާ ކޮންމެވެސް ކޭކެއް ވެސް އަޅައިދިން.. އިންސިކުއްޖާއަކަށް ނުދީ އަހަރެމެން ކާލާނީ..” ރަވިކާން ތުން އަނބުރާލާފައި ހިނގައިގަތެވެ. ނިތަށް ރޫ އަރުވާލައިގެން ހުރި ޒައިލީންގެ ހިނިގަނޑު ފަޅައިގެން ދިޔައީ ރަވިކާން ދުރަށް ދިޔުމުންނެވެ.
“އޯ ޝޫޓް..! ސީރިއަސްލީ..؟؟؟؟” އަލްޔާ އެހެން ބުނެލިއަޑު އިވުމުން ހުނުން ހުއްޓާލާފައި ޒައިލީން ތެދުވެގެން ގޮސް ހެއިލަންގެ ކައިރީ ހުއްޓުނެވެ.
ޒައިލީން ހާސްވެފައި ހުރުމުން ތިރީގައި ހުރި ޒައިދާން އާއި ހެއިލަންގެ ގާތަށް ހިނިއައެވެ. އޭރު ރަވިކާން ސިންކް މަތީގައި އިށީނދެގެން ހުރީ ބާރތްޑޭ ކެޕްއެއް އަޅައިގެންނެވެ. “ކިހިނެތްވީ އެނީވަން ހާރޓް..؟” ޒައިލީން ހުރީ އެކަން ފާހަގަވާވަރަށް ވުރެ ކަންބޮޑުވެފައެވެ. “ރަވިކާން ވާ ރަނގަޅު..” އަލްޔާ އޭރުވެސް ހަށަން ބަނދެލައިގެން ހުރެ ކުދިކިޔަނީއެވެ. ޒައިލީން ގޮސް ހެވިފައި ބޯކަހަން ހުރި ރަވިކާންގެ މޫނަށް ބަލާލިއެވެ. “ސަމްވަން އިޒް އިން ޓްރަބްލް..” ޒައިދާން އޭރުވެސް ހެނީއެވެ. “ބަލާ ޒައި.. ރަވިކާން ކުރާ ކަންތައް..” އަލްޔާ އިޝާރާތް ކޮށްލީ މޭޒުމަތީ ބަހައްޓާފައިވާ ކޭކަށެވެ. “އަލް ބުނީ ރަވިކާންގެ ކައިރީ ކޭކްގެ ސައިޑަކަށް ދެ ޗޮކްލެޓް ޖަހާލަދެއްޗޭ.. އެހެން ބުނީމައި ބަލާ ރަވިކާން ކޮށްފައިހުރި ކަންތައް.. ހަމަ ސާބަސް..” އަލްޔާ ކޭކު ދައްކާލިއެވެ. ކޭކަށް ބަލާލާފައި ޒައިލީންއަށްވެސް ހޭން މަޖުބޫރުވިއެވެ.
“އެކްޒޭކްޓްލީ..!!” އަލްޔާ ބުނެލިއެވެ. ރަވިކާން ވަނީ ކޭކުގެ އަރިމައްޗަކަށް ދެ ޗޮކްލެޓްގެ ބަދަލުގައި ދެ މަޝްރޫމްކޮޅު ޖަހާލާފައެވެ. “އަލްޔާ އަހަރެންގެ ގާތު ބުނީ ރަތްކޮށް ހުރި އެތީގެ ތެރެއިން ޗޮކްލެޓް ނަގާފައި ޖަހާދޭށޭ..” ރަވިކާން އިޝާރާތް ކޮށްލީ ސްލައިސްޑް މަޝްރޫމްސް އަޅާފައިވާ ރަތްކުލައިގެ ދަޅަށެވެ. “ނޯ ބިގް ޑީލް.. އެބައި ކަފާލާފައި ކާނީ..” ޒައިލީން ހަދަންވީ ގޮތް ބުނެދިނެވެ.
”ހެޕީ ބާރތުޑޭ ޒައީ..” ހެއިލަން ހީނލާފައި އުފަންދުވަހުގެ ތަހުނިޔާ ކިޔާލިއެވެ. “އަދި މިއޮތީ ހެއިލްގެ ފަރާތުން ޒައިއަށް އޮތް ގިފްޓްއަކީ..” ހެއިލަން ގުދުވެ ޒައިލީންގެ ފައިގައި ރިހިކުލައިގެ ކެވެލިކޮޅެއް އެޅުވިއެވެ. “އޯވް އިޓްސް ސޯ ޕްރިޓީ… ތެންކިއު ހެއިލް..” ޒައިލީންއަށް ހީނލެވުނެވެ. “ތިއީ ހެއިލް މިއަހަރު ހަނާދައްތަގެ އުފަންދުވަހަށް ދޭންވެގެން ގަތް އެއްޗެއް.. އެކަމަކު.. ދެން ޒައިއަށް..” ހެއިލަން އުނދަގޫ ގޮތަކަށް ހީނލިއެވެ. ޒައިލީން ހެއިލަންގެ އަތުގައި މަޑުމަޑުން ހިފާލާފައި ހިނިތުންވެލިއެވެ. ހިތްވަރު ކުރާށޭ ބުނާ ފަދައަކުންނެވެ. ހެނދުނުގެ ވަގުތުތައް ފާއިތުވެގެން ދިޔައީ ޒައިލީންގެ އުފަން ދުވަސް ފާހަގަ ކުރުމުގައެވެ. މަޖާކޮށްކޮށްފައި ކޭކު ފަޅާ ފޮޓޯ ނަގާ ހެދިއިރު އެއަށްވުރެ އުފާވެރި ދުވަހެއް އަދި ނާދޭހެން ބަލާލާ ކޮންމެ މީހަކަށް ހީވާނެއެވެ. މެންދުރު ނަމާދު ކުރަން ދަނިކޮށް ޒައިލީން ގެ ފޯނަށް އަފްލާމްގެ މެސެޖެއް އައިސްފައި އޮތެވެ. “ހެޕީ ބާރތުޑޭ ޒައި.. ވިތް ލަވް ފްރޮމް މޯމް އެންޑް ޑޭޑް..” އަފްލާމްވެސް ފޮނުވާފައިވަނީ ކުރު މެސެޖެކެވެ. އަނެއްކާ އަފްލާމްއަށްވެސް މިކަންތައް ގަނޑާއި ބެހޭގޮތުން އެނގެނީ ބާވައެވެ.؟
މެންދުރު ވަގުތު ކުރިއަށް ގެންދިޔަ ޕްރެކްޓިސް ދިޔައީ ނުހަނު ރީއްޗަށެވެ. ރަވިކާން އާއި ޒައިލީން ޒޭންގެ ހޯލް ނިއު ވޯރލްޑް ކިޔާއިރު ވަރަށް ރަނގަޅޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހެއިލަން، އަލްޔާ އަދި ޒައިދާންގެ މިޔުޒިކްގެ ފުރިހަމަ އެހީތެރިކަމާއި އެކީގައި ލަވަ ކުރިއަށް ގެންދެވުނީ ވަރަށް ވެސް މޮޅަށެވެ.
ހަވީރު ވަގުތެވެ. ޒައިލީން ފެންވަރައިގެން އަޅިކުލައިގެ ޓޮޕަކާއި ނޫކުލައިގެ ޖިންސެއް ލީ ރަވިކާން ބޭރަށް ދާން ކިޔާވަރުންނެވެ. ޒައިލީން ރަނގަޅަށް ތައްޔާރުވެގެން ނުކުތްއިރު ރަވިކާން ދެކޮޅު ދެކޮޅަށް ހިނގަނީއެވެ. ޒައިލީން ނައިސް ލަސްވެގެންނެވެ. ރަވިކާން ހުރީ ހުދު ޖިންސަކާއި ކަޅު ޓީޝާޓެއް ލައިގެންނެވެ. “އާދޭ ދާން..” ރަވިކާން ޒައިލީންގެ އަތުގައި ހިފަމުން ބުނެލިއެވެ. “ކޮންތާކަށް ގެންދަން ތިއުޅެނީ..؟” ޒައިލީން ބޫޓަށް އަރަމުން އަހާލިއެވެ. “މި އުޅެނީ މި މާހައުލުގައިވާ ކޮންމެވެސް ތަނަކަށް ގެންގޮސްދޭންވެގެން..” ރަވިކާން ބުނެލީ އެހެން އެކަންޏެވެ. “ދެން ޑީޓެއިލްކޮށް ބުނެބަ..” ޒައިލީން ބުނެލިއެވެ. “ދިޔައީމައި އެނގޭނެ.. ދިއްލޭ އެތިން ބަލާއިރު ވެސް މީހުން މީހުންނަށް އުފަންދުވަހުގެ ހަދިޔާ ދެނީ ނުބުނެ ކުއްލިއަކަށްނު..؟” ރަވިކާން އޭނާއަށް ދަސްވި އެއްޗެއް ކިޔައިދިނެވެ. ޒައިލީންގެ ގާތަށް ހިނިއައީ ރަވިކާން އެބުނީ ސަރޕްރައިޒް ގިފްޓްގެ ވާހަކަކަން އެނގުމުންނެވެ.
ޒައިދާންގެ ގާތު ބުނެލުމަށްފަހު ޒައިލީން ރަވިކާން އާއި އެކީގައި ނުކުތެވެ. ޒައިދާން އާއި އަލްޔާ އާއި ހެއިލަން ވެސް ބޭރަށް ނުކުތެވެ. “ދޮންބެމެން ކޮންތަނަކަށް ތިދަނީ..؟” ރަވިކާން ބުނިގޮތުންނަމަ ދަނީ ރަވިކާން އާއި ޒައިލީން އެކަންޏެވެ. ޒައިލީންއަށް އެސުވާލު ކުރެވުނީ އެހެންވެގެންނެވެ. “ދޮންބެއާއި އަލް މިދަނީ އެޑިން އާއި ލައޫމެންގެ ގެއަށް… ހެއިލް ދާން އެއުޅެނީ ހެއިލްގެ ފްރެންޑެއްގެ ގެއަށް..” ޒައިދާން ކިޔައިދިނެވެ. “ދޮރު ރަނގަޅަށް ތަޅުލާފައި ދާން ހަނދާން ކުރާތި.. ނޫނީ ވަގެއް ވަދެދާނެ..” ޒައިލީން ބުނެލިއެވެ. “ވަގެއް ވަނަސް ގެންދާނެ އެއްޗެއް ނޯންނާނެ..” އަލްޔާ ހިނިއައިސްފައި ހުރެ ބުނެލިއެވެ. “ނޫން އިންސްޓްރޫމެންޓްސްތައް ހުންނާނެއެއްނު..؟” ހެއިލަން ހަނދާން ކޮށްދިނެވެ. “އޯހް ހަނދާން ނެތުނީ.. ޒައިދާން ދޮރު ތަޅުލަން ހަނދާން ކުރައްޗޭ..” އަލްޔާ ގޮވާލީ ތަޅުދަނޑި އޮތީ ޒައިދާންގެ އަތުގައި ކަމަށްވާތީއެވެ. “ހެއިލް އެކަނިތަ ދަނީ..؟” ޒައިލީންއަށް އަހާލެވުނެވެ. “ނޫން މިކޮޅުގައި އުޅޭ ޗައިލްޑްހުޑް ފްރެންޑަކާއި އެކީގައި ދާން އެ އުޅެނީ..” އަލްޔާ ބުނެލިއެވެ. “އޯހް..” ޒައިލީން ހެއިލަންއަށް ބަލާލާފައި ހިނިތުންވެލިއެވެ. ޒައިލީން އޭނައާއި ދޭތެރޭ ވިސްނާކަން އެނގުމުން ހެއިލަންއަށް ބޭއިޚްތިޔާރުގައި ހީނލެވުނެވެ. “ހެއިލް..” އަންހެން ކުއްޖެއް ގޮވާލިއަޑަށް ޒައިލީންއަށް ފަހަތަށް ބަލާލެވުނެވެ.
“ކައިލީ… ހިނގާ ދާން..” ތަންކޮޅެއް ދުރުގައި ހަނާއަޅަން ހުރި އެ ބާރބީ ޑޯލްއެއް ވައްތަރު ޖަހާ އަންހެން ކުއްޖާއަށް ހެއިލަން ޖަވާބު ދިނެވެ. “ހެއިލް މި ދަނީ.. ސޭފް ޓްރިޕް..” އެހެން ބުނެލި ގަޑީ ހެއިލަންގެ ހިތަށް ތޫނު ތަދެއްވި ކަހަލަ އިހުސާސެއް ކުރެވުނެވެ. ނަމަވެސް ޒައިލީންއަށް އެ ކަމުގެ އަސަރެއް ނުދައްކަން ވެގެން ހިނިތުންވެގެން ހުރެ ހެއިލަން ކައިލީގެ ގާތަށް ދާން މިސްރާބު ޖެއްސެވެ. “ބާއި ހެއިލް..” ޒައިލީންވެސް ބުނެލިއެވެ.
“މިއަދުވެސް ފްލައިތަ..؟” ރަވިކާން ދެފަރާތް ބަލާލިގޮތަށް ވަރަ ހުޅުވާލިތަން ފެނިފައި ޒައިލީން އަހާލިއެވެ. “އާނ.. ކިހިނެތްވީ..؟ ހިނގާފައި ދާންތަ ބޭނުންވަނީ..؟” ރަވިކާން އަހާލިއެވެ. “އުހުމް.. ވަރަށް މަޖާ އުދުހިފަ ދާއިރު.. އެކަމް ވަރަށް ބިރުގަނޭ ވެއްޓިދާނެތީ..” ޒައިލީން ހިނިއައިސްފައި ހުރެ ބުނެލިއެވެ. “އަހަރެން ހިފާއްޓައިގެން ހުއްޓާ ވެއްޓޭނެތަ..؟ އިންސިކުއްޖާ ދައްކާ ވާހަކަ..” ރަވިކާން ބޯ ހޫރާލާފައި އަތް ދިއްކޮއްލިއެވެ. ޒައިލީން އެއަތުގައި ހިފިހާ އަވަހަކަށް ރަވިކާން އުދުއްސައިގަތެވެ.
ރަވިކާން ޒައިލީން ގޮވައިގެން ދިޔައީ އެމިއުސްމެންޓް ޕާރކްއަކަށެވެ. ”ވާވް..” ޒައިލީންއަށް ހުރެވުނީ ބުނާނެ ބަހެއް ނޭނގިފައެވެ. “ބުނީމެއްނު ގެންގޮސް ދޭނަމޭ..” ރަވިކާން ހީނލާފައި އެއްލޯ މަރާލިއެވެ. “ތެންކިއު ސޯ މަޗް..!!” ވީއުފަލުން ޒައިލީންއަށް ރަވިކާންގެ ގައިގައި ބައްދާލެވުނީ ބޭއިޚްތިޔާރުގައެވެ. އެއަމަލުން ރަވިކާންއަށް ސިހުމެއް ލިބުނު ނަމަވެސް ތުންފަތުގައި ކުޅެލާފައިވާ ހިނިތުންވުމުން ރަވިކާން އެހުރީ ހިތްހަމަ ޖެހިފައިކަން ބަލާލި މީހަކަށް އެނގޭނެއެވެ.
“މީ ޒައިގެ ބެސްޓް އުފަންދުވަސް..” ކުޑަކުއްޖެއް ފަދައިން ޒައިލީން ބުނެލިއެވެ. “ތި ހުސްކޮށްބަލަ..” އަތުގައި އޮތް ޕްރެޓްޒަލް ޒައިލީންގެ އަނގަޔަށް ލަވާފައި ރަވިކާން ހީނގަތެވެ.
“ބަލާބަލަ..” ރަވިކާން ކުއްލިއަކަށް ދިމާލަކަށް އިނގިލި ދިއްކޮއްލިއެވެ. “އެއީ ކާކުތަ..؟؟” އަނދިރިވާން ފެށުމުން ޒައިލީންއަކަށް މާ ސާފުކޮށެއް ނުފެނުނެވެ. ރަވިކާން އިނގިލި ދިއްކޮއްލައިގެން ހުރީ ކުޑަ ގޯޅި އަކަށެވެ. “އެއީ…” ޒައިލީންއަށް ރަވިކާންގެ އަތުގައި ހިފާއްޓާލެވުނެވެ. “އާދެބަލަ.. އިންސިކުއްޖާ ނަމަނަމަ އަޑެއް ނުލައްވާތި..!!” ރަވިކާން ބުނެލިއެވެ. ޒައިލީން މަޑުމަޑުން ބޯ ޖަހާލިއެވެ. ރަވިކާންއަށް އެފެނުނީ ކޯޗެއް ބާވައެވެ.؟ ޒައިލީން ރަވިކާން އާއި އެކީ ވެލިފުކެއްވެސް ނުގުޑާނެހާ މަޑުމަޑުން ކުރިއަށް ފިޔަވަޅެއް އެޅިއެވެ. ނަމަވެސް ގާތުން ދެ ބޮޑު ބުޅާ ކޯޅިގަތް އަޑާއި ޒައިލީންގެ ތޫލި ހަޅޭކުގެ އަޑު އިވިގެން ދިޔައީ އެކުއެކީގައެވެ. “އޯހް ޝޫޓް…” ޒައިލީންއަށް އަނގަމަތީގައި އަތް އެޅުނުއިރު މާ ލަސް ވެއްޖެއެވެ. ރަވިކާން ލަތްކެއް ޖަހާ ޒައިލީން އޭނާގެ ފަހަތަށް ދަމައިގަތެވެ. އަމިއްލަ މީހާގެ ފުރާނައަށް ނުރައްކާ ވިޔަސް ޒައިލީންގެ ގައިގައި ކޫރުމެއް އެޅޭކަށްވެސް ރަވިކާންއެއް ނޭދެއެވެ. އޭރު ރަވިކާންގެ ދެބުމަ ކައިރިވެފައި ހުރި ވަރުން ރުޅިއައިސްފައި ހުރިވަރު އަންގައިދެއެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.





woahhh nice nice nice nice yoonyyy …i have no words for u darll…u make me speechless through this amazing and bestest fictional story i have ever read…when next dhoonyaa….im sooooooo curious loabsss..v avas kohladhehchey vvv curious vefa mithi b next part ah
Varah Varah reethi mi part ves…. ❤️❤️??☺️
Curiously waiting for the next part…. ??
Stay home and stay safe… ??❤️
?????This part is awesome as usual
???Dhen vaany kihineh baa
Anyways Impatiently waiting for the next part
????Ravikaan haadha laanathey dhw
??Love you more and more and more and more and more and than you love me
?????Take really good care
♥️♥️♥️♥️♥️My fav author
I just have to ask.. Yoon where do u get all these amazing ideas ?? ? your truly just amazing ? A shining star ? I can go on but my comment would not be published because I an write more thst 10,0000 words to u ❤ keep it coming yoon
Haadha reehchey mi bai ves ?? hama speachless.. rawikaan ves dhw hee hee gos balivey baeh bai thah kiyaa iru ??? for example Ravikaans bithday prank, second the chocolate mushroom part ?? u crack me up for good ??? anyway mi partu hama obi.. love you until the moon turns blue
❤❤❤❤❤❤
Masha allah
❤❤❤❤❤❤
Your the most amazinh person I have met
❤❤❤❤❤❤
Your amazing
❤❤❤❤❤❤
Your story is award-winning
❤❤❤❤❤❤
Super super
❤❤❤❤❤❤
If i ever meet you i will seriously Give you a big hug
❤❤❤❤❤❤
Because you succeed everytime in entertaining me
❤❤❤❤❤❤
This is the best fictional love story i have ever read
❤❤❤❤❤❤
The characters are also very nice
❤❤❤❤❤❤
Yoon although i may not know who you are
❤❤❤❤❤❤
I love you with all my heart
❤❤❤❤❤❤
Keep writing and writing
❤❤❤❤❤❤
Never stop
❤❤❤❤❤❤
Your amazing
❤❤❤❤❤❤
You are an angel in human form
❤❤❤❤❤❤
be safe
❤❤❤❤❤❤
❤❤❤❤❤❤
I am sorry for the overly long commet
❤❤❤❤❤❤
Its just that when i see the story i get too happy
❤❤❤❤❤❤
I comment with all my heart open
❤❤❤❤❤❤
Love you more and more yoon
❤❤❤❤❤❤
The most amazing talented girl i have ever seen
❤❤❤❤❤❤
I will support you as long as i live
❤❤❤❤❤❤
Because you are the best
❤❤❤❤❤❤
I love you so much
❤❤❤❤❤❤
Wow @Afu you really love yoon ? me too i love her too her stories are very nice and creative ? when i read the story i can feel that she was on fire when she wrote the story ?? hama habbu habbu yoon and vaahaka
Varah reethi vaahaka eh.. Mi jehunee anehkaaa ves aneh bayah inthizaaru kuran dheththo??? varah beynun aneh bai kiyan.. vaahaka ah balaafa buneven othee mi vaahaka liya kujja (yooon) akee varah hunaru veri kujjekey.. Mifadha shauguveri vaahaka eh genesdheythee varah bodah shukuryaa bunaan.. Varah lobivey
Varah reethi mi part ves hama bunaane ehcheh hithakah naadhee anehkkaa rawikaan ah koahcheyybaa efenunee
Waiting for the next
❤️❤️❤️Ly
❤️❤️❤️V reethi mi part ves yoooon sis
Curiously waiting for nxt part dear
?????Wow vrh sali Mi part ves ???????
Masha Allah keep it up yoon???????????
Vrh curious❤️❤️❤️??? vehje next part ❤️❤️ah hehehe?????
❤️❤️Yoon❤️❤️ haadha talented ❤️❤️ey dhw ❤️❤️Masha Allah ????????❤️❤️❤️❤️???????
May God❤️❤️ bless u and give u a brightest futhure❤️❤️
Waiting❤️❤️ for the ❤️❤️next
Luv❤️❤️ uuuu❤️❤️
❤️❤️Stay ❤️❤️safe ❤️❤️yoon❤️❤️❤️
Hey sis.. Maashaa Allah Varah reethi hama mi part ves.. When is next part.. ????????????????????????????????????????
Ohhh wowwwwww!!!!!!!!?????❤️❤️??❤️☺️????☺️?❤️?❤️????? Koacheh baa ?❤️?❤️??❤️ rawikaan ah e fenuny??????☺️?☺️?????❤️?????☺️??????☺️☺️☺️❤️☺️?☺️☺️❤️☺️❤️ Haadha reeh chey mi part vx lwbi lwbi yooon dear?☺️?☺️?☺️?❤️?❤️?❤️❤️?❤️?❤️??☺️❤️? waiting for next darlsssss?☺️?❤️????????????? so much love from me❤️?❤️?❤️?????????❤️?❤️?❤️?❤️????????☺️?❤️??❤️?❤️?☺️????????☺️??☺️☺️ stay safe and tc dhooni