ފިޔަފަތް 24
* “އޯ ޝޫޓް..” ޒައިލީންއަށް އަނގަމަތީގައި އަތް އެޅުނުއިރު މާ ލަސް ވެއްޖެއެވެ. ރަވިކާން ލަތްކެއް ޖަހާ ޒައިލީން އޭނާގެ ފަހަތަށް ދަމައިގަތެވެ. އަމިއްލަ މީހާގެ ފުރާނައަށް ނުރައްކާ ވިޔަސް ޒައިލީންގެ ގައިގައި ކޫރުމެއް އެޅޭކަށްވެސް ރަވިކާންއެއް ނޭދެއެވެ. އޭރު ރަވިކާންގެ ދެބުމަ ކައިރިވެފައި ހުރި ވަރުން ރުޅިއައިސްފައި ހުރިވަރު އަންގައިދެއެވެ. *
އެއަނދިރި ގޯޅިގަނޑުން މިހާރު ފެންނަމުން ދިޔައީ ނޫކުލައިގެ ދެ އަލިކޮޅެކެވެ. ”އައުލްކީން..؟ ނޫން ނޫން.. އެއީ ބާރީ ބާ..؟” ޒައިލީންއަށް ވައިއަޑަކުން އެހެން އަހާލެވުނީ ރަވިކާންގެ އަތުގައި ކުރިއަށްވުރެ ބާރަށް ހިފާއްޓާލަމުންނެވެ. “އަހަރެންގެ އަތުން ދޫކުރޭ..” ރަވިކާން ހުރީ ކޮންޓްރޯލުން ނެއްޓިގެން ދާ ވަރުވެފައެވެ. “އެކަމަކު……..” ޒައިލީން ރަވިކާންގެ އަތުން ދޫކުރާކަށް ބޭނުމެއް ނުވިއެވެ. ރަވިކާން އެންމެފަހުން ޒައިލީންގެ އަތް ފޮޅުވާލިއެވެ. ޒައިލީން ބިންމައްޗަށް ނުވެއްޓި ސަލާމަތްވީ ގާތުގައި ހުރި މީހެއް ދިއްކޮށްލި އަތުގެ އެހީތެރިކަމުންނެވެ. ޒައިލީންއަށް ބަލާވެސް ނުލާ ރަވިކާން ގޯޅިގަނޑުތެރެއަށް ވަންނަން ވަރަ ހުޅުވާލިގޮތަށް އުދުއްސައިގަތެވެ. މީހަކަށް ވަރަ ހުޅުވައިގެން ހުއްޓާ ފެނިދާނެކަމުގެ ބިރު އެވަގުތު ރަވިކާންއަށް އިހުސާސްވީ ހެންވެސް ހިޔެއް ނުވެއެވެ.
ރަވިކާން އުދުހިފައި ދިޔަގޮތަށްގޮސް އެ ގޯޅިގަނޑަށް ވަނެވެ. ތިރިއަށް ފައިބައިގެން އިންސާނެއް ހެން ހިނގަން ރަވިކާން ބޭނުންނުވީ ބާރީއަށް އޭނާގެ ދެ ވަރަ ފޮރުވުމުގެ ސަބަބެއް ނޯންނާނެތީއެވެ. “ބާރީ އަހަރެންނަށް އިނގޭ ކަލޭ ތިހުރީ މިތަނުގެ ތެރޭކަން.. އޮތްތަނަކުން ނުކުމޭ..” ރަވިކާންގެ އަޑުގައި ޖެހިލުންވުމުގެ ކުޑަ މިންވަރެއްވެސް ނެތެވެ. ކުއްލިއަކަށް އެތަނުގައި ބަހައްޓާފައި ހުރި ޑަސްބިނެއްގެ ފަހަތުން މީހަކު ހަރަކާތް ކޮށްލިހެން ހީވިއެވެ. އަނދިރިއަށް ހޭނިފައިވާ ރަވިކާންގެ ދެލޮލުގައި އެ ކުޑަ ހަރަކާތްވެސް އަޅައިގަތެވެ. “ބާރީ..! ހަމަމިހާރު ނުކުންނާށޭ..!” ރަވިކާންގެ އަޑު ބާރުވިއެވެ. ނަމަވެސް ހަގީގަތުގައި ބާރީ އެތަނުގައި ފިލާ އޮންނަން ޖެހުނު ސަބަބެއް ރަވިކާންގެ ސިކުނޑިއަކަށް ނައެވެ. އަބަދާއި އަބަދު މާ މޮޅު މީހަކަށް ވެގެން އުޅުނު އެ ނުލަފާ ބާރީ ހިންޏަކަށް ވުރެ ބަލިކަށިވީ ކޮން އިރަކު ބާވައެވެ.؟
ރަވިކާން އުދުހިފައި ގޮސް އެ ޑަސްބިނުގައި ފައިން ޖަހާ ދުރަށް ހޫރާލިއެވެ. “ހަނ..؟؟” ރަވިކާންއަށް ބުމަ އަރުވާލެވުނެވެ. “އިޓްސް އޯލް ޔުއަރ ފޯލްޓް ލިއަމް..!!” އެތަނުގައި ހުރީ އަދި ހަތް އަހަރުވެސް ނުވާނެ ކުޑަ އަންހެންކުއްޖަކާއި ކުޑަ ފިރިހެން ކުއްޖެކެވެ. “ޔޫ އާރ ދަ ވަން ހޫ މޫވްޑް އެމީ..” އެ ކުޑަ ފިރިހެން ކުއްޖާ ހުރީ ދޫދޭގޮތަކަށެއް ނޫނެވެ. ދެކުދިންގެ އަތުގައިވެސް އޮތީ ބޮކިއަރުވާ ފުޅިއެކެވެ. އެފުޅީގައި ‘ގްލޯ އިން ދަ ޑާރކް’ ސްޓިކާއެއް ހިއްޕާލާފައިވެއެވެ. ނޫކުލައިން ދިއްލުނީ ބާރީގެ ދެލޯ ނޫންކަން ރަވިކާންއަށް ވިސްނުނީ ދެނެވެ. އެ ކުޑަ ދެކުދިން ކުޅެން ހުރީ އަނދިރި ގޯޅިގަނޑެއްގައި ކަމުން އެ ‘ގްލޯ އިން ދަ ޑާރކް’ ސްޓިކާތައް ދިއްލުނީއެވެ. ރަވިކާންއަށް ބޭއިޚްތިޔާރުގައި ބޯ ކަހާލެވުނެވެ. އަމިއްލަ މޮޔަކަން އިހުސާސް ކުރެވުމުންނެވެ.
“އާރ ޔޫ ބެޓްމޭން…؟” ލިއަމް އާޝޯހުވެފައިހުރެ އަހާލިއެވެ. “އައިމް ނޮޓް ބެޓްމޭން.. އައިމް ވިންގްބޯއި..” ރަވިކާން ބޭނުންވީ އެ ކުޑަ ދެކުދިންނާއި އެކީގައި ސަކަރާތް ޖަހާލާށެވެ. “އޯހް ވާއު.. އެމީ ލުކް.. އިޓްސް ވިންގް ބޯއި..!” ލިއަމް ހައިރާންވެފައި ހުރެ އެ ކުޑަ އަންހެންކުއްޖާއަށް ގޮވާލައިފިއެވެ. “ލެޓް މީ ސީ..!” އެ ކުޑަ އަންހެން ކުއްޖާ އައިގޮތަށް އައިސް ލިއަމް އެއްފަރާތް ކޮށްލިއެވެ. ލިއަމް އެ ކުޑަ އަންހެންކުއްޖާ އަށް ތަނެއް ނުދެއްކިއެވެ. “ލިއަމް..!” އެ އަންހެންކުއްޖާއަށް ރޮވެން އުޅުނުހެން ހީވުމުން ލިއަމް އެއް ފަރާތަކަށް ޖެހިލައިފިއެވެ. ނަމަވެސް ލިއަމް އެ އަންހެންކުއްޖާއަށް އެކި ވަރުވަރުގެ ޖެއްސުން ކުރަން ފެށިއެވެ. އިސްތަށިގަނޑަށް ދަމާލައިފިއްޔާ އަނެއް ފަހަރު ހެދުމަށް ދަމާލަފާނެއެވެ. “އެމީލިޔާ ރެނޮލްޑްސް..” ލިއަމް އެހެން ގޮވާލުމާއެކީ އެމީލިޔާ އައިރުޅިން ލިއަމްގެ ގައިގައި ޖެހިއެވެ. “އައި އޭމް އެމީ..!” އެމީލިޔާ ބުނެލިއެވެ.
އެ ކުޑަ ދެކުދިންގެ ސަކަރާތަށް ބަލަން ހުރި ރަވިކާންއަށް ސިފަވަމުން ދިޔައީ އޭނަޔާއި ޒައިލީންއެވެ. އެދެމީހުންނަށްވެސް ޒުވާބުކޮށްކޮށްފައި އުޅެވެނީ ހަމަ އެހެންބާވައޭ ރަވިކާންގެ ހިތަށް އެރުމުން ކުޑަކޮށް ހިނިވެސް އައެވެ. “އިންސިކުއްޖާ..!!!” ރަވިކާންއަށް ޒައިލީންގެ މަތިން ހަނދާންވީ ދެނެވެ. އޭރު ރޭގަނޑު ވުމާއެކީ އާދެވުނީވެސް ޒައިލީން އެކަނިކޮށްފައިކަން އެނގުމުން ރަވިކާންއަށް އަމިއްލަ ބޮލުގައި ޖަހާލެވުނެވެ. “ވިންގް ބޯއި އާރ ޔޫ ލީވިންގ..؟؟” ރަވިކާން އައިކޮޅަށް ހިނގައިގަތުމުން ދެރަވެފައި ލިއަމް ސުވާލު ކުރިއެވެ. “ޔެސް..” ރަވިކާން ބެލީ އަވަހަށް ދެވޭތޯއެވެ. ރަވިކާންއަށް ހުއްޓެން ޖެހުނީ ކުޑަ އަތަކުން އޭނާގެ ފައިގައި ހިފޭއްޓުމުންނެވެ. “ކެން އައި ގެޓް އަ ޕިކްޗަރ..؟” އެމީލިޔާ އޭނާގެ ޅަ އަޑުން އެދުމުން ރަވިކާން އަށް އެކަން ނުކޮށްދީ ދާކަށް ނުކެރުނެވެ. އަމިއްލަ ނަފްސަށް އައި ބަދަލު ހާދަހާވާ ބޮޑޭ ކިޔަމުން ރަވިކާން އެމީލިޔާ އާއި އެއްވަރަކަށް ގުދުވެލިއެވެ. އޭރު ލިއަމް ޕޮލޮރޮއިޑް ކެމެރާއެއް ހިފާއްޓައިގެން ހުއްޓެވެ. އެ ބޮޑު ކެމެރާ އެ ކުޑަކުޑަ ލިއަމްއަށް ހިފޭއްޓެނީވެސް ކިރިޔާއެވެ. ރަވިކާން އެމީލިޔާ އާއި ލިއަމްއާއި އެކީގައި ފޮޓޯއެއް ނަގާފައި އަވަހަށް ހިނގައިގަތެވެ.
“އެމީ.. ލިއަމް..!” ރަވިކާން ގޯޅިން ނުކުތްތަނާހެން އަންހެން މީހެއް އައިސް އެދެކުދިންގެ ކައިރީގައި ހުއްޓުނެވެ. “މޮމް..” އެދެކުދިން އެ އަންހެންމީހާ އާއި ދިމާލަށް ދުއްވައިގަތްގޮތުން އެ އަންހެން މީހާ އަކީ އެކުދިންގެ ބެލެނިވެރިޔާކަން އެނގުނެވެ. “މޯމް ވީ މެޓް ވިންގް ބޯއި..” ވަރަށް އުފަލުން ހުރެ ލިއަމް ބުނެލިއެވެ. “ވިންގް ބޯއި..؟” އެ އަންހެންމީހާ ފާޑަކަށް އަހާލިއެވެ. “ޔެސް މޯމް.. ވިންގް ބޯއި ވިތް ބްލެކް ވިންގްސް އެންޑް ކެޓް އިޔާރސް..” އަތުގެ އިޝާރާތާއި އެކީގައި އެމީލިޔާ ޅަގޮތަކަށް އެ އަންހެން މީހާއަށް ރަވިކާން ސިފަކޮށްދިނެވެ. އެ އަންހެން މީހާ ހިނިތުންވެލީ މީ ކުޑަކުދިންގެ ގޮތޭ ހިތަށް އެރުމުންނެވެ. އެމީލިޔާވެސް ވިޗް އަކަށް ވެގެން ގޭތެރެ ކުނިކަހާ ފިހިގަނޑަށް އަރައިގެން ދުވި މަތި ހަނދާންވެގެން އެ އަންހެންމީހާއަށް ގަބޫލު ކުރެވުނީ އެއީ ލިއަމް އާއި އެމީލިޔާ ހަދަހަދައިގެން ދެއްކި ވާހަކައެއް ކަމަށެވެ.
ހިނގުނުހާ ބާރަކަށް ހިނގަމުން ރަވިކާން ކުރިން ހުރި ތަނަށް ދިޔައިރު ޒައިލީން ފެންނާކަށް ނެތެވެ. ނަމަވެސް ތިރީގައި ރަވިކާން ދިން ޕްރެޓްޒަލްގެ އެއްބައި އޮތެވެ. “އިންސިކުއްޖާ..؟؟؟” ރަވިކާންއަށް މަގުގެ ދެފަރާތް ހޯދާލެވުނެވެ.
ބަސް ނައްޓާލުމުން ޒައިލީން ބެލީ ހަމަޖެހިލެވޭތޯއެވެ. މިއަދު ޒައިލީން އެމިއުސްމެންޓް ޕާރކަށް ދިޔައީ ރުފިޔާ ހިފައިގެންކަމުން ޒައިލީންއަށް ބަހަށް އެރީ ހަތެއްގެ ކުރިން ގެއަށް ދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން ލިބިފައި އޮތުމުންނެވެ. ބަހަށް އަރާފައި ޒައިލީން ކަންފަތަށް ހެޑްސެޓް ޖަހާފައި ލަވައެއް ޖެހީ ހިނދުކޮޅަކަށް ނަމަވެސް ރަވިކާން އޭނާގެ ޚިޔާލުން ދުރު ކުރެވޭތޯއެވެ. އެތަނުގައި ހުރީ ބާރީއަށް ވިޔަސް އައުލްކީންއަށް ވިޔަސް ރަވިކާން އެ އަނދިރިގަނޑުގައި ޒައިލީން އެކަނިމާއެކަނި ދޫކޮށްލާފައި ދާންޖެހޭ ހެއްޔެވެ.؟ ރަވިކާންއަށް ޒައިލީން ބިރުގަންނާނެވަރާއި ހާސްވެ ކަންބޮޑުވާނެވަރު ނުވިސްނެނީ ހެއްޔެވެ.؟ ނޫނީ ޒައިލީންއަކީ ރަވިކާންއަށް ހަމަ އެއްވެސް މީހަކަށް ނުވަނީ ހެއްޔެވެ.؟ އެހެން ހިތަށް އެރުމުން ޒައިލީންގެ ލޮލަށް ކަރުނަތައް ބޮނޑިވެއްޖެއެވެ.
“އިންސިކުއްޖާ ކޮބައިބާ..؟” ރަވިކާންއަށް އެ ބޮޑު އެމިއުސްމެންޓް ޕާރކްގެ އެއްކޮޅުން އަނެއްކޮޅަށް ހޯދިއްޖެއެވެ. ނަމަވެސް ޒައިލީންއެއް ނުފެނުނެވެ. “އައުލްކީން..؟!؟” އަނެއްކާ އައުލްކީން އައިސްފައި ޒައިލީން ގެންދިޔައީ ބާވައެވެ.؟ އެހެން ހިތަށް އެރުމާއިއެކީގައި ރަވިކާންގެ ލޭ ހޫނުވިއެވެ. ވިދުވަރެއްހާ ހަލުވިކޮށް އުދުއްސައިގަނެވުނީ ވެސް އައި ރުޅީގެ ހޫނުކަމުންނެވެ.
ޒައިލީން ޖީބުން އަތްތިލަވާވަރުގެ ކުޑަ ނޯޓްފޮތެއް ނެގިއެވެ. އަދި އިއްޔެ ޒައިލީން ލިޔުނު އެއްޗެއްސާއި ދޭތެރޭ ފުންކޮށް ވިސްނަން ފެށިއެވެ. އިޔާން އަންދާލި ފޮތުގައި އޮތްގޮތުންނަމަ އައުލްކީން އެމީހުން ފަނާ ކޮށްލަން ބޭނުންވަނީ ސަލްވިޔާ މަރުވީ އިންސާނުންނާއި ހެދި ކަމަށް އައުލްކީންއަށް ބުނެދެވިފައި ވާތީއެވެ. ނަމަވެސް ރަވިކާން ކިޔައިދިން ގޮތުންނަމަ ސަލްވިޔާ މަރުވެފައިވަނީ އައުލްކީން ވިހެއުމަށް ފަހު ގުދުރަތީ މަރަކުންނެވެ. “ރަވިކާން އެގަޑީ ހެދީ ދޮގު ކަންނޭނގޭ..” ރަވިކާންއަށް ވުރެ ބޮޑަށް ޒައިލީން ފޮތަކަށް އިތުބާރު ކުރަނީހެންވެސް ހީވިއެވެ. “މިއަދުވެސް އެކަނިކޮށްލާފައި ދިޔައީ ވިއްޔާ..” ޒައިލީން ހިތާހިތުން އެހެން ބުނެލި ގަޑީ ހިތަށް ކުރި އަސަރު އެނގޭނީ ޒައިލީން ނޫން ހަމަ އެންމެ ފަރާތަކަށެވެ. ނަމަވެސް ރަވިކާން އެހެން ކަންތައް ކުރީ ޒައިލީން ރައްކާތެރި ކުރަންވެގެންކަން ޒައިލީން އަށް ވިސްނޭނެ ނަމައެވެ.
ޒައިލީން ފައިބަން ޖެހޭ ސްޓޮޕާއި އެންމެ ގާތް ސްޓޮޕަށް ބަސް މަޑު ކުރިއެވެ. އޭރު ގަޑިން ހަ ގަޑި ފަނަރަ ހިނގީއެވެ. އެ ސްޓޮޕަށް މަޑު ކުރުމުން ބަހަށް އެރި ހެއިލަން އާއި ކައިލީ ފެނިފައި ޒައިލީންއަށް ހަދަންވީ ގޮތެއް ނޭނގުނެވެ. ޒައިލީންގެ ގާތުގައި ރަވިކާން ނެތިއްޔާ ހެއިލަންއަށް ވާނީ ކިހިނެތްކަން އަންދާޒާ ކުރެވޭތީއެވެ. “ޒައި..” ހެއިލަންގެ ލޮލުގައި ޒައިލީން އަޅައިގަތީ ހިނދުކޮޅެއްގެ ތެރޭގައެވެ. “އޯހް ނޯ..” ޒައިލީންއަށް ކިޔާނެ އެއްޗެއް ނުވިސްނުނެވެ. ހެއިލަން ގޮސް ޒައިލީންގެ ގާތުގައި ހުހަށް ހުރި ސީޓްގައި އިށީނުމުން ކައިލީއަށް ޖެހުނީ ކުރީ ސީޓްގައި އިށީންނާށެވެ. ޒައިލީންއަށް ބީރައްޓެހި ގޮތަކަށް ޒައިލީންގެ މޫނަށް ބަލަހައްޓައިގެން ހުރި އަންހެން ކުއްޖާއަށް ބަލާލާފައި ހެއިލަންގެ މޫނަށް ބަލާލެވުނެވެ. “ކޮބާ ރަވިކާން..؟” ހެއިލަން ކުރީ ހެއިލަން ފުރަތަމަވެސް ކުރާނެ ސުވާލުކަމަށް ޒައިލީން ޔަގީންކުރި ސުވާލެވެ. “މުހިންމު ކަމެއް ދިމާވެގެން ތަނަކަށް ދިޔައީ.. ޒައި މިއީ ރަވިކާންއަށް މުހިންމު މީހަކަށް ނުވާތީ..” ޒައިލީން ޖުމްލައިގެ ފަހު ބައި ކިޔާލީ މޫނާއި މޫނު ޖެހޭހާ ގާތުގައި ހުރި ހެއިލަން އަށްވެސް އަޑު ނީވޭނެހާ މަޑުންނެވެ. “ކީއްވެ ދެން އަހަންނަށް ނުގުޅީ..؟ ގުޅިނަމަ ހެއިލް ޒައި ބަލާ ދިޔައީމުހޭ..” ހެއިލަން ބުނެލިއެވެ. “ފޯނުގައި ލާރިއެއް ނެތް..” ޒައިލީންއަށް ހެދުނީ ގަބޫލު ކުރެވޭހާ މޮޅު ދޮގެކެވެ. ހެއިލަން އޯހްއޭ ކިޔާ ސީޓުގައި ލެނގިލިއެވެ.
ކައިލީއަށް އަދިވެސް ހުރެވުނީ ޒައިލީންގެ މޫނަށް ބަލަހައްޓައިގެންނެވެ. “މި އަންހެންކުއްޖާ މީ ހެއިލްގެ ކާކުބާ..؟” ކައިލީއަށް މަޑުމަޑުން އަހާލެވުނެވެ. ޒައިލީންއަށް ކައިލީ ބުނި ޖުމްލަ ދޭހަވީ ނަމަވެސް ޒައިލީން ހުރީ އެހެން ކަމަކާއި ދޭތެރޭ ވިސްނޭވަރަށްވުރެ ބޮޑަށް ހިތުގައި ޖެހިފައެވެ.
“ޒައި.. އާރ ޔޫ..؟؟ ޒައި ރޮނީތަ..؟” ޒައިލީން ނުވާކަމަށް ހަދާލާފައި ދެލޯ ފުހެލި މަންޒަރު ހެއިލަން އަކަށް ސިއްރެއް ނުވިއެވެ. “ނޫން ލޮލަށް ކުނޑިކޮޅެއް ވަނީ..” ޒައިލީން ބުނެލިއެވެ. ފަނަރަ މިނެޓް ވީއިރުވެސް ތިންމީހުންގެ ތެރެއިން އެކަކުވެސް އަނގައިން ބުނާ ޚިޔާލެއް ނުކުރިއެވެ. ޒައިލީން އިނީ ބަހުގެ ބިއްލޫރިގަނޑުގެ ބޭރުން ފެންނަމުން ދިޔަ މަންޒަރުތަކަށް ގެއްލިފައެވެ. އެއްފަހަރު ސްނެޕް ކޮށްލާފައި ދެން އޮތް ފަހަރު އިންސްޓަގްރާމް ހާވާލާފައި ޒައިލީން އުޅުނެވެ. “ރަވިކާން..” ޒައިލީންގެ ދުލުން ރަވިކާންގެ ނަން އިވުމުން ހެއިލަންވެސް ބަލާލައިފިއެވެ. “އެއްޗެކޭ ބުނިންތަ ޒައި..؟” ހެއިލަން އަހާލިއެވެ. “ނޫން.. އާނ ބުނިން.. ޒައި ހީކުރީ އެހެރަ ދާ މީހާ އަކީ ރަވިކާންއޭ…” ނަސީބު ހުރި ގޮތުން ބަހުގެ ކައިރިން ލާފައި ދިޔަ ސައިކަލުގައި ހުރި ފިރިހެންކުއްޖާވެސް ހުރީ ހުދު ޖިންސަކާއި ކަޅު ޓީޝާޓެއް ލައިގެންނެވެ. އެ ފިރިހެން ކުއްޖާއަށް އިޝާރާތް ކޮށްފައި ޒައިލީން ބުނެލިއެވެ. ދިމާވި އިއްތިފާގުން ޒައިލީންއަށް ވެސް ހައިރާން ވެވިއްޖެއެވެ.
ޒައިލީންއަށް ފެނުނީ ދުރުން ބަހާއި އެއްވަރަށް އުދުހިފައި އައި ރަވިކާންއެވެ. ކަޅުކުލައިގެ ދެ ވަރައާއި ރީނދޫ ކުލައިގެ ދެލޯ ފާހަގަ ކުރަން ޒައިލީންއަށް އުނދަގުލެއް ނުވިއެވެ. ރަވިކާން އެ ދުރުދުރުން އުދުހެނީ ކީއްވެގެންބާވައެވެ.؟
ބަސް ސްޓޮޕަށް ބަސް މަޑު ކުރުމުން އެންމެ ފުރަތަމަ ބަހުން ފޭބީ ޒައިލީންއެވެ. ނަމަވެސް ދެންމެ އުދުހުނު ރަވިކާންގެ ހިލަމެއް ވެސް ނުވެއެވެ. “ޒައި ހިނގާ ގެއަށް ދާން..” ހެއިލަން ބުނެލިއެވެ. “ހެއިލް.. އެކަމަކު…” ޒައިލީން އިޝާރާތް ކުރީ ކައިލީ އަށެވެ. އެކުގައި ގޮސްފައި ރޭގަނޑު ގަޑީގައި ހެއިލަން ކައިލީ އެކަނި ގެއަށް ދާން ދޫކޮށްލުމަކީ ރަނގަޅުގޮތް ހެން ޒައިލީންއަށްވެސް ހީނުވާތީއެވެ. “އިޓްސް އޯލްރައިޓް.. އައި ކޭން މެނޭޖް..” ކައިލީ ހަދިޔާ ކުރި ހިނިތުންވުމަކީ ކިހާ ފޭކް ހިނިތުންވުމެއް ކަން އިހުސާސްވީ ޒައިލީން އެކަންޏަށެވެ. ޒައިލީންއަށް ހިތާހިތުން ޕިސްޕިސް ކިޔާލެވުނެވެ. ގިނަ ފިރިހެން ކުދިންނަށް އަންހެން ކުދިން ހަދިޔާ ކުރާ އެފަދަ ފޭކް ހިނިތުންވުންތައް ފާހަގަ ނުކުރެވެނީ ކީއްވެގެން ހެއްޔެވެ.؟ ކައިލީ އެކަނި ގެއަށް ދާން ހިނގައިގަތުމުން ހެއިލަން ޒައިލީން އާއި އެކީގައި ގެއަށް ދާން ހިނގައިގަތެވެ.
ގެއާއި ހަމައަށް ދެވުނުއިރު ޒައިދާން އާއި އަލްޔާވެސް ގެއާއި އަރާ ހަމަވަނީއެވެ. ދެމީހުންގެ މޫނަށް ބަލާލައިފިއްޔާ ވަރުބަލިވެފައި ހުރިވަރު އެނގޭނެއެވެ. “ދުވެފައިތަ ތިއައީ..؟” ހެއިލަން އަހާލިއެވެ. “އަހަރެމެން މިރޭ ޝޯވް ބާއްވަމެންނު..؟ ސްޓާޓް ވާރނިންގްސް ބަހާލާފައި މި އައީ.. ޔޫ ޓޫ އާރ އޯލްސޯ އިންވައިޓެޑް..” އަލްޔާ އަތުގައި އޮތް ކޮތަޅުން ދެ ގަނޑުކޮޅު ނަގާފައި ހެއިލަން އާއި ޒައިލީން އަށް ދިނެވެ.
އެ ގަނޑުކޮޅުގައި ލިޔުނީ ޒައިދާންކަން ޒައިލީންއަށް ވަގުތުން ޔަގީންވިއެވެ. “ޔޫ އާރ ވެލްކަމް ޓު ޖޮއިން އަސް…” އޭގައި ލިޔެލާފައިވާ އިބާރާތްކޮޅު ޒައިލީން ކިޔާލިއެވެ. ގަޑިއާއި ތަނާއި ތާރީޚު ފަދަ މުހިންމު މައުލޫމާތުތައް އެއްކައިރީގައި ޖަހާލާފައިވެއެވެ. ޒައިލީންއަށް އެ ގަނޑުކޮޅުގައި ލިޔުނީ ޒައިދާން ކަން އެނގުނީ ވައި އަކުރުގެ ތިރީބަޔަށް ދަމާލާފައި ފާޑެއްގެ ޑިޒައިނެއް ގެނެސްފައި ވާތީއެވެ. އެއީ ކުޑައިރުއްސުރެ ވެސް ޒައިދާން ކޮށް އާދަވެފައިވާ ކަމެކެވެ. ޓީޗަރުންވެސް ޒައިދާންގެ ގާތުގައި އެހެން ނުލިޔުމަށް ބުނި ކަމުގައިވިޔަސް ޒައިދާންއަށް އެކަމެއް ހުއްޓައެއް ނުލެވުނެވެ. “ވާވް އެހެންވިއްޔާ އަވަހަށް ރެޑީވާން ދާން ހިނގާ.. އޭރުން ނައިންގެ ކުރިން ރިހާސަލްއެއްވެސް ބޭއްވޭނީ..” ހެއިލަން ގެއަށް ވަންނަން ހިނގައިގަތުމުން ޒައިދާން އާއި އަލްޔާވެސް ވަންނަން ހިނގައިގަތެވެ. “އޭ ވެއިޓް..” އަލްޔާ ކުއްލިއަކަށް ބުނެލިއެވެ. “ކޮބާ ލީޑް ސިންގަރ..؟” އަލްޔާ އެބުނީ ރަވިކާންގެ ވާހަކަ ކަން ޒައިލީންއަށް ނަގައިގަނެވުނެވެ. “ކަމެއް ޖެހިގެން ދިޔައީ.. ދެން ނޭނގެ..” ޒައިލީން ފަރުވާކުޑަ ގޮތަކަށް ކޮނޑު އަރުވާލާފައި އެތެރެއަށް ވަނެވެ. އަލްޔާ ޒައިދާންގެ މޫނަށް ބަލާލިއިރު ޒައިދާން ވެސް ހުރީ ފާޑަކަށް އަލްޔާގެ މޫނަށް ބަލަހައްޓައިގެންނެވެ. ހީވަނީ އެއްލޮލުން އަނެއް ލޮލަށް މެސެޖްތަކެއް ބަދަލު ކުރިހެންނެވެ.
“ރަވިކާން ނެތިއްޔާ ކިހިނެތްތަ ޝޯވް ބާއްވަނީ..؟” ތަޅުދަނޑި ނަގަމުން އަލްޔާ އަހާލިއެވެ. ‘”ޒައި މިހުރީއެއްނު..؟” ޒައިލީން ބުނެލިއެވެ. “އިނގެޔޭ އެކަމަކު ރަވިކާން އާއި ނުލާ ޝޯވް ފުރިހަމައެއް ނުވާނެއްނު..؟” އަލްޔާ އަހާލިއެވެ. ”ދެން އަލް ދާންވީނު ރަވިކާން ހޯދަން..؟” މޫޑު ގޯސްވެފައި ހުރި ވަރުން ޒައިލީން އަލްޔާ ދޮރު ހުޅުވާލުމާއި އެކީގައި އެތެރެއަށް ވަނެވެ. “އާހް ޔޫ ސްކެއަރޑް މީ ޓު ޑެތް..” ބޮކިވެސް ނުދިއްލާ ރަވިކާން ހުރީ ޒައިދާން ޗާޖަށް ޖަހާފައި ބޭއްވި ފޯނުން ޔޫޓިއުބް ބަލާށެވެ. ޒައިލީން ފެނުމާއިއެކީގައި ރަވިކާން ވަގުތުން ކޮޅަށް ތެދުވިއެވެ. އެދެލޮލުން ކިތަންމެ ވާހަކައެއް ބުނަން ބޭނުންވާކަން އަންގައިދިނެވެ. ނަމަވެސް ޒައިލީން ރަވިކާންއަށް އެންމެ ލަފްޒެއްވެސް ބުނަން ފުރުސަތު ނުދީ ސިޑިން މައްޗަށް އަރާ ހިނގައިގަތެވެ.
ޒައިލީން ފެންވަރައިގެން ތައްޔާރުވާން ފެށީ އަލްޔާގެ ބުނުމަށެވެ. އޭރު އަށްގަޑި ބައިވަނީއެވެ. ފެން ވަރައިގެން ޒައިލީން ލީ އަލްޔާ އޭނާ ނުކުތުމުގެ ކުރިން ނަގައިދިން ކަޅުކުލައިގެ އަތްދިގު ޕްލެއިން ޓީޝާރޓްއާއި އައިސްބްލޫ ޖިންސްއެވެ. އިސްތަށިގަނޑު ދޫކޮށްލާފައި ޒައިލީން މޭކަޕްގެ ކަންތަކާއި އުޅެން ފެށިއެވެ. ތުންފަތުގައި ކިރިޔާ ފާހަގަވާނެ ވަރަށް ލިޕްސްޓިކް ޖެއްސުމަށްފަހު އެ ބޯ އެސްފިޔަ ތަކުގައި މަސްކަރާ އެޅިއެވެ. ހިތްހަމަޖެހޭވަރަށް މޭކަޕް ކުރެވުމުން ޒައިލީން ތެދުވިއެވެ. އެންމެ ފަހަށް ސެންޓު ޖަހާފައި ޒައިލީން އެރީ ކަޅު ކުލައިގެ އެންކަލް ބޫޓަކަށެވެ.
ރިހާރސަލް ކުރިއަށް ގެންދިޔައިރުވެސް ޒައިލީން ރަވިކާންއަކާއި އަނގަކުން ނުބުންޏެވެ. އަލްޔާ އާއި ޒައިދާންއަށް އެދެމެދުގައިވާ ކޮންމެކަމެއް ހެން ފާހަގަވާ ގޮތަށް މިފަހަރުވެސް އެ ދުރުކަން ފާހަގަވިއެވެ. ނަމަވެސް އެއްޗެކޭ ނުބުނެ މިފަހަރުވެސް އަލްޔާ އާއި ޒައިދާން ދެމީހުން ވެގެން ލޮލުގެ ޒަރިއްޔާއިން ‘މެސެޖް’ ބަދަލު ކުރީއެވެ.
ރިހާރސަލް ކުރިއަށް ދިޔަގޮތާއި ދޭތެރޭ ހިތްހަމަޖެހިގެން ހުރެ ޒައިލީން ފާޚާނާ ކޮށްގެން އަތުގައި ލޯޝަންކޮޅެއް ލާފައި ފޯނު ބަލާލީ ޒައިނާގެ އެންމެ މެސެޖެއް ނަމަވެސް އޮތްތޯ ބަލާލަން ވެގެންނެވެ. “ވައި ޑިޑް އައި އީވެން ހޯޕް..؟” ޒައިނާގެ މެސެޖެއް ނެތުމުން ޒައިލީންއަށް ބުނެލެވުނެވެ. ޒައިލީން މަޑުމަޑުން ހޯލް ނިއު ވޯރލްޑް ކިޔަމުން ބޭރަށް ނުކުންނަން ވެގެން ދޮރު ހުޅުވާލިއެވެ. ޒައިލީން ދޮރު ހުޅުވާނެ އިރަކަށް ބަލަބަލާ ހުރި ރަވިކާން ވަގުތުން އެތެރެއަށް ވަތްގޮތަށް ދޮރު ލައްޕާ ތަޅުލިގޮތަށް ދޮރު ކުރިމަތީ ހުއްޓުނެވެ. “ތަން ދައްކާ..” ޒައިލީން ބުނެލިއެވެ. އެ ރާގުގައި ޝަކުވާ ކުރަން ބޭނުން ވެފައި ހުރިވަރު އަންގައިދެއެވެ.
“ކީއްވެ އަހަރެންނަށް ނޭނގި ދިޔައީ..؟” ރަވިކާން އެއްސެވެ. ހަށަން ބަނދެލަމުންނެވެ. ”ޒައިއަށް ތަނަކަށް ދެވެނީ ރަވިކާންގެ ކައިރިން ހުއްދަ އަހާފައިތަ..؟” ޒައިލީންވެސް އެހީ ސުވާލެކެވެ. “ބުނިންދޯ އިންސިކުއްޖާ ގެ ކައިރީ އަހަރެންނާއި ނުލާ ނޫޅޭށޭ..؟” ޒައިލީންއަށް ނެގުނީ ރަވިކާންގެ ޖުމްލަތަކުގައި ފޮރުވިފައިވާ އޮތް މާނައެވެ. “ރަވިކާން އާއި ނުލާ ޒައިއަށް އުޅެވޭނެ.. ޔޫ ޑޯންޓް ނީޑް ޓު ޕްރޮޓެކްޓް މީ އެންޑް އައި ޑޯންޓް ނީޑް ޔުއަރ ޕްރޮޓެކްޝަން..” ޒައިލީން ބުނެލިއެވެ. “އިންސިކުއްޖާ..” ރުޅި އައީ ޒައިލީންގެ ގާތަށް އެކަނި ނޫންކަން އެނގުނީ ރަވިކާން ބުމަ ގޮށްޖަހާލި ގޮތުންނެވެ. “ތަންކޮޅެއް ދައްކާ ޒައި ނުކުންނަން ވެއްޖެ..” ޒައިލީން ބުނެލިއެވެ. ކުރިއަށްވުރެ މަޑުންނެވެ. އަޑު ގަދަވެގެން އަލްޔާ ނޫނީ ޒައިދާންމެން މީހަކު އެތަނަށް އަންނަން ނޭދޭތީއެވެ.
“އެހެންވިއްޔާ އައުލްކީން މިނިވަންކުރީ ކީއްވެގެން..؟ އޭރުން ގައިމު މިހެންނެއް ނުވާނެ.. އިންސިކުއްޖާ އާއި އަހަރެން ނުވެސް ދިމާވާނެ..” ރަވިކާން ކޮޓަރިން ނުކުތީ ޒައިލީންގެ ހިތް ކުދިކުދި ކޮށްލާފައެވެ. “އައި ހޭޓް ޔޫ..” ޒައިލީންގެ ދުލުން ބޭރުވި ޖުމްލަ އަހާފައި ރަވިކާން ނަގަން އުޅުނު ފިޔަވަޅުމަތީ ގަނޑުވިއެވެ.
“ކީކޭ..؟” ރަވިކާން އަނެއް ފަރާތަށް އެނބުރުނު ގޮތަށް އަހާލިއެވެ. “އައި ހޭޓް ޔޫ..!!! އައި ރިއަލީ ހޭޓް ޔޫ..!!” އެހެން ބުނެ ކޮޓަރީގެ ދޮރު ލައްޕާލިގޮތަށް ޒައިލީން މޫނުމަތީގައި އަތް އެޅީ ކަރުނަތައް ކާކަށް ފޮރުވަން ހެއްޔެވެ.؟ “ރަވިކާން.. ވައި ކާންޓް ޔޫ އަންޑަރސްޓޭންޑް..” ޒައިލީންއަށް އެހުނެވެ. ރަވިކާން އެހާވަރަށް ރުޅިއަންނާކަށް ނުޖެހެއެވެ. އެވަގުތު ރުޅިއައުން ހައްގީވެސް އޭނައަށެވެ. ރަވިކާން ޒައިލީންގެ އަތުން ހެދުނު ގޯސް އަލުންބަލުން ހަނދާންކޮށްދޭކަށް ނުޖެހޭނެއެވެ. ރަވިކާންގެ ބޭނުމަކީ ޒައިލީންގެ ހިތަށް ކުރިން ނުވާވަރަށް ތަދުކޮށްލުންނަމަ އެކަން ކާމިޔާބު ވެއްޖެޔޭ ޒައިލީންއަށް ބުނެވުނެވެ. ނަމަވެސް ރަވިކާން އެ ދިޔައީ ޒައިލީންއަށް ކުރެވުނު ކުށް އިހުސާސް ކޮށްދީފައެވެ.
ރޮވުމުން ޒައިލީންއަށް ޖެހުނީ އަނެއްކާ މޭކަޕް ކުރާށެވެ. އެހެންނޫނީ ޒައިލީން ޝޯވްއަށް އަރާއިރު ޖަހާނީ ސާރިދޯޅެއް ވައްތަރުކަން ޔަގީނެވެ. ޒައިލީން ލުއި ފިޔަވަޅުތަކެއްގައި ޒައިދާން އާއި ހެއިލަން ތައްޔާރު ކުރި ‘ސްޓޭޖްގެ’ މައްޗަށް އެރިއެވެ. އޭރު ރަވިކާން މައިކް ކައިރީގައި މަޑުކޮށްގެން ހުއްޓެވެ. ޒައިލީން އޭނަ ހުއްޓެން ޖެހޭ ތަނުގައި ހުއްޓުނެވެ.
ސްޓާޓް ވާރނިންގ ލިބިގެން އެލްކެޓްރާ ޓައުންގެ ބައިވަރު މީހުން އައިސްފައިވެއެވެ. ހެއިލަންގެ އެކުވެރިޔާ ބުނީ ތެދެވެ. އެފަދަ ކުދިކުދި ޝޯވްތަކާއި ހަރަކާތްތައް ނުބާއްވާ އެ ޓައުންގައި މިފަދަ ކަމެއް ބާއްވާނަމަ ވަރަށް ހިނގާނެ ކަމަށް ބުނި ބުނުމެވެ. ކުދިބޮޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ދާންދެން އައިސްފައި ހުރުމަކީ ޒައިލީން ދެކުނު ގޮތުގައި ވަރަށް ކާމިޔާބު ކަމެކެވެ.
މިނެޓެއް ދެ މިނެޓެއް ހާއިރު ކުރިން ރޮއެފައި އައުމުން ޒައިލީންގެ އަޑަށް އައި ބަދަލުވާނީ ރަނގަޅު ބަދަލަކަށް ކަމަށް ޒައިލީންއަށް ދުއާ ކޮށްލެވުނެވެ. ޒައިދާންގެ މިޔުޒިކް އާއި އެއްވަރަށް ޒައިލީން ލަވަ ކިޔަން ފެށިއެވެ. ނަމަވެސް ޒައިލީން ރަވިކާން އާއި ދިމާލަށް އެއްފަހަރުވެސް ބަލައެއްނުލައެވެ. ހައި ނޯޓްތައް ކިޔާލާއިރު ޒައިލީން ހީވަނީ ހަމަ އަސްލު ތަރިއެއް ހެންނެވެ. އެކުދިންނަށް މީހުންގެ ތަރުހީބު އޮހެމުން ދިޔައީ ވާރޭގެ މިސާލަށެވެ. ލަވަ ނިންމާލުމުން ހީވީ އެތަނުގައި ހުރި މީހުންނަށް އާ ފޯރިއެއް ލިބުނު ހެންނެވެ. އަތްތިލަބަޑީގެ ބާރު އަޑުފައްގަނޑާއި ސަޕޯޓްގެ އަޑުފައްގަނޑު ގުގުމައިގަތީ އެހެނެއް ބަލާފައެއް ނޫނެވެ. ގިޓާރ ކޭސްވެސް ވަނީ ފައިސާ އިން ފުރިފައެވެ.
ޒައިދާން ޝޯވް ނިންމާލީ ވަރަށް އަވަހަށް އެހެން ލަވަތައްވެސް ކިޔައިދޭނެކަމަށް ބުނަމުންނެވެ. ބައެއް މީހުން ގެއަށް ދާން މިސްރާބު ޖެހިއިރު އަނެއް ބައި މީހުން ޒައިލީންމެންގެ ގާތުން ފޮޓޯ ނެގުމަށް އެދެމުން ދިޔައެވެ. އެންމެން ގޮސް ހުސްވުމުން ޒައިދާން އާއި އަލްޔާ އަތް ޖަހާފައި އުފާ ފާޅުކުރަމުން ދިޔައެވެ. ނަމަވެސް ޒައިލީން އެކަނިވެލަން ވެގެން ދިޔައީ ގޭ ފަހަތުގައި ހުންނަ ގަސްބުޑަށެވެ. “އަހް ރަވިކާން ކީއްވެގެންތަ ވާހަކަ ނުދައްކަނީ..؟” ޒައިލީންއަށް މަޑުމަޑުން އެހުނެވެ. ރަވިކާން އެ ބަހައްޓާ ދުރުކަމުން ޒައިލީންއަށް ލިބެނީ ބަޔާން ކުރަން ދަތި އުނދަގުލެކެވެ.
އޭރު ރަވިކާން ހުރީ އެ ގަހުގެ ތިރީ ގޮތްޕެއްގައި އިށީނދެލައިގެންނެވެ. ޒައިލީން ރަވިކާން އާއި ވާހަކަ ދައްކަން ބޭނުންވިއެވެ. މާފަށް އެދެންވެސް ބޭނުންވިއެވެ. ރަވިކާން ވާހަކަ ނުދައްކަންޏާ ވާ އުނދަގޫ ޒައިލީންއަށް ބަޔާން ކޮށްދޭން ނޭނގޭހާ ބޮޑުވުމުންނެވެ. “ރަވިކާން..” ޒައިލީން ގޮވާލިއެވެ. ރަވިކާން ގޮފިމަތިން ފުންމާލި ގޮތަށް އެހެން ދިމާލަކަށް ހިނގައިގަތެވެ. “ފަހަތުން އަންނާނެކަމެއް ނެތް..!” ރުންކުރު ރާގަކަށް ރަވިކާން އެހެން ބުނެލީ ޒައިލީން ހިޔަނި ފަދައިން ފަހަތުން އަންނަން ފެށުމުންނެވެ. “ހޭޓްވާ މީހުންގެ ފަހަތުން ހޭޓްކުރާމީހުން އަންނަކަމެއް އަދި ނުދަނެ ހުރިން..” ރަވިކާން އަނެއްކާވެސް ބުނެލިއެވެ. ރަވިކާން އެހާ ހިތްހަމަނުޖެހިގެން އެއުޅެނީ ޒައިލީންއަށް އެޖުމްލަ ބުނެވިގެންކަން ޒައިލީން އަށް ދޭހަވިއެވެ. ރަވިކާން އެންމެ ފަހުން އުދުހިގަތެވެ. އަދި ގެއާއި ފުދޭވަރަކަށް ދުރުގައި ހުރި ވިނަ ގަނޑެއްގައި ޖައްސާލިއެވެ. ޒައިލީންއަށް އެހިސާބަށް ދެވުނީ ވިހި މިނެޓްގެ ތެރޭގައެވެ.
”ރަވިކާން އައިމް ސޮރީއޭ..” ޒައިލީން މާނޭވާލެވިފައި ހުރެ މާފަށް އެދުނެވެ. ރަވިކާން އެއްޗެކޭ ނުބުންޏެވެ. “އަސްލުވެސް އަހަރެން ދެކެ ވަރަށް ހޭޓްވޭތަ..؟” އިރުކޮޅަކު އޮވެފައި ރަވިކާން އެއްސެވެ. “ނޫން.. ނުވޭ.. ނުވާނަން..” ޒައިލީން އަވަސްއަވަހަށް ބުނެލިއެވެ. ރަވިކާން ޒައިލީން ކުރިމަތީ ހުއްޓި އިސްދަށަށް ޖެހިއެވެ. “އައިމް ސޯ ސޮރީ.. އައި ވޯޒް ރޯންގް.. ފޮރގިވް މީ..؟” ރަވިކާން ބަސްއަހާ ކުއްޖެއް ފަދައިން މާފަށް އެދުމުން ޒައިލީންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ވާނީވެސް އެހެންނެވެ. ހީވަނީ ގޯސްކަމެއް ކުރެވިގެން ދަރިވަރަކު ޓީޗަރ ކުރެން މާފަށް އެދޭހެން ވިއްޔާއެވެ.
ޒައިލީންގެ ހިނިތުންވުމުން ރަވިކާން ބޭނުންވި ޖަވާބު ލިބުނެވެ. ޒައިލީން އެ ވިނަގަނޑު މަތީގައި އޮށޯވެލަން އުޅުނެވެ. ނަމަވެސް ޒައިލީންގެ ބުރަކަށީ ވިނަގަނޑުގައި ޖެހުމުގެ ކުރިން ރަވިކާން ވަރަ ފަތުރާލިއެވެ. ”މިވަގުތުކޮޅު މުޅި އުމުރަށް ދެމި އޮންނާނެ ނަމަ…” އެއީ ޒައިލީންގެ ހިތުގައިވާ އެންމެ ބޮޑު އެދުމެވެ. ނަމަވެސް އެވާހަކަ ރަވިކާންގެ ގާތުގައި ބުނަން ހިލާ ނުކެރޭނެއެވެ.
ޒައިލީންއަށް ގުޑިވެސްނުލާ ހަނދަށް ގެއްލިފައި އޮވެވުނެވެ. ނަމަވެސް ރަވިކާންގެ އެ ބުޅާދެލޯ ހަނދަށް ވުރެ ބޮޑަށް ހުއްޓެމުން ދިޔައީ ޒައިލީންއަށެވެ. ރަވިކާންއަށް ޒައިލީންގެ މޫނަށް ގެއްލިފައި އޮވެވުނެވެ. ޒައިލީންއަށް ރަވިކާންއާއި ދިމާ ބަލާލެވުނެވެ. ރަވިކާން ޒައިލީންއާއި ދިމާ ބަލާލައިގެން އޮތްގޮތުން ހީވަނީ ތުއްތުކުއްޖެއް އެކުއްޖާގެ ކުޅޭއެއްޗަކަށް ބަލަން އޮތްހެންނެވެ. ޒައިލީން ހީނލިއެވެ. ރައްދުގައި ރަވިކާންވެސް ހީނލިއެވެ. ޒައިލީންއަށް މަތި ބަލާލެވުނުއިރު އެއްޗެއް ވޫސް އަޅާފައި ޒައިލީންމެންނާއި ދިމާލަށް އަންނަނީއެވެ.
“ސާޔަލް..؟؟؟” ޒައިލީން ހައިރާންވިއެވެ. ސާޔަލް އުދުހެވުނުހާ ބާރަކަށް އުދުހިފައި އައިސް ރަވިކާން އާއި ޒައިލީންގެ މެދުގައި ހުއްޓުނެވެ. “އެކަމް ހެއިލް ބުނި ސާޔަލް ވީ……..” “ވަރަށް ބޮޑު ކަމެއް ވެއްޖެ..” ޒައިލީންއަށް ފުރުސަތެއްނުދީ ސާޔަލް ބުނެލިއެވެ. ސާޔަލްގެ ވާހަކަ ހުރި ރާގުން ޒައިލީންއަށް ކަމެއް ވެއްޖެކަން ނަގައިގަނެވުނެވެ. ނަމަވެސް ސާޔަލް ދޭން އުޅުނީ ރަނގަޅު ޚަބަރެއް ބާވައެވެ.؟ ނޫނީ ނުބައި ޚަބަރެއް ބާވައެވެ.؟
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.





Heii My dearest and most loving readers.. I hope you enjoy this part too.. Love you more all.. Take care.. And stay safe.. Sorry I was very busy and I couldn’t reply to part 23 comments.. But insha allah will reply to this parts comments.. Thank you all so much for all the support. love and care you all keep giving me.. Thank you so much..
Well I’m not very good at writing the first comment like this hehe ?? But once again ? Thank u all so much ?✨? I wouldn’t have made it here like this without you all ?? thank u so so much ?✨? Saranghae ? tvgc and if ur reading this right now, have a great day ?? Stay safe
Vvvv reethi.???
Aww thanks a lot anonymous dear ?✨? that means a lot to me ? stay safe and take care
Vrh reethi
Aww thanxx a lot Lilly ?✨? Really happy to knw that u liked it ?? Take care dearlingss
Duty ah dhamun balaali iru vaahaka upvefa oiyh than fenuneema ufalun goss avahah mi kiyaalee.. Varah varah furihama ekamaku zaileen ravikaan dheke hate veyey buni thanko in ma ves varah dhera vi. 🙁 ekamaku alsu she loves him like her eyes dho..
keep it up yoon 🙂 when next pat?? tell me ok
Owh hehe ?? Awwn thankss Phaizaan ?✨? Alheii I am rlly happy to knw that ?? hehehe she does dhw ?? Labba insha allah will do my best ?? nxt part insha allah tmrw or the day after tmrw ingeii ?? keep waiting dearlss
V. V. V. V reethi Maasha aasha Allah ?? when is next part❤️?
Aww thank u so much Maash dear ?✨? nxt part insha allah tmrw or day after tmrw ?? Keep waiting ingeii dearlss ?? won’t be long
Varah Varah reethi mi part ves… Masha allah ❤️❤️❤️
Curiously waiting for the next part…., ??
Keep it up yooon ??..
Stay home and stay safe ???
Aww thank u so so much Noo_ra ?✨? yesh insha allah will always try my best ?? keep waiting ingeii dear insha allah the wait won’t be long ??? Yoy stay safe too dearlss ✨ tvgc
School in aiii gothah mi balaaly up vefa tho
Varah happy vejje up vefa othy ma
????????Anyways I love this part
Aaahhh varah curious kohlaafa dhw this ninmaaly
???????♥️???♥️Lots and lots of love
???????Take very good care
????????Stay home and stay safe
???????????My fav author
Alheii thats so sweet of u dear ?? Aww Thank u so much lwbi Een dearlings ?✨? ahaha yesh fudheywarakah curious kollafa dhw mifaharu vx mi ninmaalewuny ?? Ahaha lots and lots of more love frm me ?✨? you stay safe too een dearlings ?? Aww Een, one of the sweetest gurl i knw ?✨? take care dear
Vvvv reethi
Ekam haadha lahey up vaaleh
Dhen in part thankolheh avahah up kolaanekamah umeedh kuran
When next
Awwn thanks a lot Sama dear ?✨? Labba nxt part insha allah try kollaanan ingeii avahah up kolladheweythw ?? nxt insha allah soon ?? Keep waiting ??? stay safe and tgc dearlsss
Hey yoon. Mi part vx vrh vrh reethi ingey. Curiously waiting for next. Saayal bunan e ulheny keekey baa dhw. Vrh curious ingey. Lysssssssssssm and tc. Stay safe lwbiiiiiii. Lysm yoon dear. Sorry ingey meega emoji netheema nethennu emoji eh leveykah vx. But dhen adhi mi part ah emoji laafa cmnt kuraanan ingey. Ly dear and tgc. Stay safe…………………. Lwbi when next
Hei dearlss ?? Aww thank u so much Eekko dear ?✨? yesh saayal bunaany keekey baa ??
dhw hehe ?? aww love a lot more Eekko ? Issoke emoji nethas ? Thanks eekko ?✨? u stay safe too lwbigandoo ?? nxt insha allah yoon mi ulheni publish kollan vegen ?? Tvgc
alheyy saayal dheyn ulheny knkahala ge habarehbaa …im sooooo curiousssssss..woahhh yoony is the best .baraabarh kuraathy v vehje.. .. hama emme best writer ey buneveyny ..like other episodes ,this episode ,,,ooooommmmggggg sooooooo soooooooo beautiul ..masha allah.. all the ou lwbi yoonyy next part vx hama mihaa reethi vaane kamah i hope…take care our lwnbi yyyooonnnnnnyyy…when next,,, stay safe n ly dear darling
Alheii yesh kon kahala habareh baa dhww ?? Awwn thats so sweet of u my dear lucyyy ?? alheii i am so happy to knw that ?✨? thank u soooo much Luciyaa ?✨? ahaha will try my best on the next too ?? I hope u like it ? Aww you take care too Lwwwbi luccyyyy ?✨? Nxt insha allah mi ulheni submit kollan ?? u stay safe too lwbigandoo ?✨?✨? Love u more and more ??? you take care too lucyy
Gust asking egey… Kithah part inna vaahaka eh me. ☺️? varh reethi mi part ves Maasha Allah ?. Im last hehehe?
Owh yoon akah sure ehnoon ?? Gaimuvxx 30 parts ah vure kuru waane hen heevany ?? Thanxx a lot, ???? dear ?✨? ahaha dearlss last eh nooneii ? thank u so much dear n tc
Wow mi part ves vrh sali
Masha Allah
Zaileen aa ravikaan ge fight tha huribaa kiyaafaa hama rovunu
And dhen dhemeehun maafah edunubaa kiyaafaa hevuny he hehe as i always say they are so cute he heh
Waiting for the next part
Luv uuuuu
Stay sfe
Vrh Vrh reethi mi part ves????Masha Allah❤️❤️❤️keep it up❤️❤️
Curiously waiting for the next part…. ???
Tc❤️
Yoon mi part gets Hama Habeys ingey ??? it’s like so romantic and very nice ❣️❣️ never forget ~•xem•~ is always with you ❤️❤️❤️❤️ love you Yoon ❣️❣️❣️ stay safe and sound ??? can’t wait for the next part ? and when next by the way ??? Waiting for your reply