Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ލޯބިވާއޭ 4

Eekko_11 Level 110 Stories
September 3, 2020 7 Mins Read
34 Comments

ހެނދުނުގެ ވަގުތެވެ. މިއްލީ އިނީ ގޭގެ ބަގީޗާގެ ބެންޗެއްގައި ކޮފީއެއް ބޯށެވެ.
އޭރު ގަޑިން ނުވައެއް ޖަހަނީއެވެ. އިރުކޮޅެއް ނުވެ ލާމިއުވެސް ކޮފީއެއް ހިފައިގެން އައިސް ބެންޗްގައި އިށީނެވެ.
ދެމީހުން ވެސް ވާހަކަ ދައްކަމުން ދިޔައީ ލާމިއުގެ ކައިވެނީގެ ވާހަކައެވެ. ކުއްލިއަކަށް ލާމިއު އެހި ސުވާލަކުން މިއްލީ ކޮށިއެރިއެވެ.
“މިލީ.. ޑޫ ޔޫ ލައިކް މިޒްޔަލް؟” ލާމިއުގެ ސުވާލަކީ އެއީއެވެ.
“ދޮންބޭ.. ވަޓް ހެޕެންޑް؟” މިއްލީ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ލާމިއުގެ ގާތުގައި ވީ ގޮތް ބުނުމަށް އެދުނެވެ.
“މިލީ.. ވަރަށް ހީވޭ ތި ދެމީހުން އެކަކު އަނެކަކު ދެކެ ލައިކް ވާހެން.. ސޯ އައި ވޯންޓެޑް ޓު މޭކް ޝުއާރ..” ލާމިއު އެހެން ބުނުމަށްފަހު މިއްލީއާއި ދިމާލަށް ބަލައިލިއިރު މިއްލީ އިނީ ލަދުން އިސްދަށަށް ޖަހައިގެންނެވެ.
“ދޮންބޭ.. ޕްލީޒް ޔާލް ކައިރީގަ ނުބުނައްޗެ މިލީ ލައިކް ވާ ވާހަކަ..” މިއްލީ އެހެން ބުނެލުމުން ލާމިއު ހީލިއެވެ. އަދި އެނގުނިއްޔޭ ކިޔާ ދިމާކުރަން ފެށިއެވެ.
“ދޮންބެ ޕްލީޒް ނުބުނައްޗެ..” މިއްލީ އަނެއްކާ ވެސް އެހެން ބުނެލިއެވެ. ލާމިއު އާނއެކޭ ބުނެ މިއްލީ ކޮލުގައި ހިފާލުމަށްފަހު އެތަނުން ތެދުވެގެން ދަމުން ފަހަތަށް އެނބުރި މިޒްޔަލްއޭ ކިޔާ ގޮވާލުމަށްފަހު ދުއްވައިގަތެވެ.
މިއްލީވެސް ލާމިއުގެ ފަހަތުން ދުއްވައިގަތެވެ. ދެމީހުންވެސް ސަކަރާތް ޖަހަމުން ގޮސް ގެއަށް ވަނެވެ.
މިއްލީ ކޮޓަރިއަށް ގޮސް ފެންވަރާލައިގެން ރީތިވެލީ ކޮލެޖަށް ދާށެވެ. މިހާރު ކޮލެޖަށް ދާން ޖެހެނީ 9 ގަޑި 30 ގައި ކަމުން އެހާ އަވަހަށް ހޭލާކަށް ނުޖެހެއެވެ.
ލާމިއުވެސް ފެންވަރައިގެން ނިކުމެ މިއްލީ ކޮލެޖަށް ލާން ދިޔައެވެ. މިއްލީ ކޮލެޖަށް ލާން ދިޔުމުގެ ބަހަނާގައި ޒަޔާ އާއި ބައްދަލު ކޮއްލަން ގަޑި ކިޔާފައި ވުމުން ޒަޔާ ކޮލެޖު ކައިރީގައި ލާމިއުގެ އިންތިޒާރުގައި ހުއްޓެވެ. މިއްލީ ކޮލެޖަށް ވަނުމާއިއެކު ދެމީހުން މިސްރާބު ޖެހީ ރަސްފަންނަށެވެ.
*************************************
މިޒްޔަލްއަށް ހެނދުނު ހޭލެވުނީ 9 ގެ އެލާމަށެވެ. އަވަސް އަވަހަށް އެލާމު ނިއްވާލާފައި ފެންވަރައިގެން ނިކުމެ ކޮލެޖަށް ދިޔައެވެ. އަދި އަވަހަށް ކުލާހަށް ވަދެ އިށީނީ މިއްލީ އަންނަންދެނެވެ. އަންނަ ކޮންމެ ކުއްޖަކާ ދިމާލަށް އެވަރަށް ބެލެނީ އެހެންވެ އެވެ. އެހެން އިންދާ ކުއްލިއަކަށް އެއްލި ކަޅިއަކުން ކުލާހަށް ވަން މިއްލީ އޭނަގެ ލޮލުގައި އަޅައިގަތެވެ.
މިއްލީ ފެނިފައި މިޒްޔަލްގެ ލޯ އެހެން ދިމާލަކަށް އަނބުރާލަން ނުކުޅެދުނެވެ. ކަކުލާ ހަމައަށް އަންނަ ކަޅުހެދުމެއްގައި ހުރިއިރު ހެދުމުގައި ރަތްކުލައިގެ އެސް ހަރުކޮއްފައި ހުއްޓެވެ. ރަތްކުލައިގެ ޖިންސެއްގެ އިތުރުން ރަތްކުލައިގެ ޖެކެޓެއް ވެސް ލާފައިވެއެވެ. ބޮލުގައި ހުޅިއެއް ޖަހާފައި ވާއިރު ހުޅި ކައިރީގައި ރަތް ކުލައިގެ މާތަކެއް ވެއެވެ. ކަޅުކުލައިގެ ބޫޓަކަށް އަރައިގެން ހުރިއިރު އަތުގައި ރަތްކުލައިގެ ގަޑިއެއް އަޅާފައި ވެއެވެ.
ކޮންމެ ހެދުމަކަށް ގަޑިއެއް އޮވޭބާއޭ މިޒްޔަލްގެ ހިތަށް އެރުމުން ކުއްލިއަކަށް ހެވުނެވެ. އޭރު މިއްލީ އައިސް އިށީންނަނީއެވެ.
“ކޮން ކަމަކާ ތި ހެނީ..” މިއްލީ އެހެން އަހާލި އަޑަށް މިޒްޔަލް ހިނުން ހުއްޓާލާފައި މިއްލީ އާއި ދިމާލަށް ބަލައިލިއެވެ.
“ކަމަކާ ނޫން.. މިލީ ވަރަށް ރީތި އިނގޭ..” މިޒްޔަލް އެހެން ބުނެލުމުން މިއްލީ ހީލާފައި ޝުކުރު އަދާކުރިއެވެ.
“ޔޫ ޓޫ..” މިއްލީ އެހެން ބުނެލާފައި މިޒްޔަލްއަށް ބަލައިލިއެވެ. ހުދު ކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ލެދާރ ޖެކެޓެއްގެ އިތުރުން ކަޅު ޖިންސެކެވެ. އަތުގައި ގަޑި އަޅާފައި ވުމުން އަދި މާ ރީތި ކަމަށް ދައްކައެވެ. އިސްތަށިގަނޑު ރިތި ގޮތަކަށް ފުނާ އަޅާފައި ވާއިރު ބަލައިލަން ކިތަންމެ ހާވެސް ފުރިހަމައެވެ.
އިރުކޮޅެއް ނުވެ ކުލާސް ފެށުނެވެ. މިއަދުގެ ތާވަލުވެސް ހަމަ އެއްގޮތަކަށް ދިޔައެވެ. ކޮލެޖު ނިންމާފައި ދެމީހުން އެކުގައި ނިކުތެވެ. އޭރު ބޭރުގައި ލާމިއުއާއި ޒަޔާ ތިއްބެވެ.
“ޒާއްކޯ.. މިއަދު ކޮލެޖަށް ނާންނަ ދުވަހެއްތަ؟..” މިޒްޔަލް އެހެން އަހާލުމުން ޒަޔާއާއި ލާމިއު އެކަކު އަނެކަކާ ދިމާލަށް ބަލައިލާފައި ހީލިއެވެ.
“ޒާއްކޮ ކޮލެޖުން ކެނޑެފިން..” ޒަޔާ އެހެން ބުނުމުން މިޒްޔަލް އާއި މިއްލީ އަށް އެކުގައި ވަޓްއޭ ބުނެވުނެވެ.
“ބަޓް ވައި؟.. ދެން މަންމަޔޯ.. މަންމަ އޯކޭތަ..” މިޒްޔަލް އެހެން ބުނެލުމުން ޒަޔާ އަނެއްކާވެސް ހީލިއެވެ.
“ހޫމް.. މަންމަ ބުނީ ދެން ލިމްއާއި އެކީ އަބަދު އުޅެންޏާ ޓައިމްއެއް ނުލިބޭނެ އެއް ނޫންހޯ.. ބޭނުމިއްޔާ ކެނޑޭށޯ.. ސޯ..” ޒަޔާ އެއްބުމަ މައްޗަށް އަރުވާލާފައި ބުނެލިއެވެ.
“އޯއޯ.. ކަމެކޭ ދޯ..” މިޒްޔަލް އާއި މިއްލީ ދިމާކުރަން ފެށިއެވެ. އިރުކޮޅަކުން 4 މީހުން އެކުގައި ހިނގައިގަތީ މިއްލީމެންގެ ގެއަށެވެ. ގެއަށް ގޮސް މިއްލީއާއި މިޒްޔަލްގެ ދަބަސް މިއްލީގެ ކޮޓަރިއަށް ލުމަށްފަހު އެންމެން ހިނގައި ގަތީ ހޮޓަލަށެވެ.
ހޮޓަލަށް ވަދެ މޭޒު ކައިރީގައި އިށީނުމަށް ފަހު އެންމެން ވެސް ކޮފީއަކަށް އޯޑަރު ދިނެވެ.
“ސޯ.. ދޮންބޭ.. ކޮބާ ވެޑިން ތީމް އަކީ..؟” މިއްލީއަށް ނީނދެވިގެން އެހެން އަހާލިއެވެ.
“އަދި ޕްލޭންއެއް ނުކުރަން.. ޒަޔާއަށް ރީތި ކުލައެއް ބުނެބަލަ..” ލާމިއު އެ ސުވާލު ޒަޔާއަށް އަމާޒު ކޮއްލިއެވެ.
“އަމް.. އައި ލައިކް ރެޑް..” ޒަޔާ އެހެން ބުނެލުމުން ލާމިއު ހީލިއެވެ. “އައި ލައިކް ރެޑް ޓޫ..” ލާމިއު އެހެން ބުނެލި އަޑަށް ޒަޔާ ލާމިއު އާއި ދިމާލަށް ބަލައިލުމަށް ފަހު ހީލިއެވެ. ލާމިއު ވެސް ރައްދުގައި ހީލިއެވެ.
“އެހެންވީމާ ރެޑް އެންޑް ވައިޓް ކިހިނެއް ވާނީ..” ލާމިއު އެހެން ބުނެލުމުން ޒަޔާ ލާމިއުގެ އަތުގައި ވިކައިގަތެވެ. ލާމިއުއަށް ތަދުވެގެން އައްދޯއިއޭ ބުނެލި އަޑަށް އެންމެން ހޭން ފެށިއެވެ.
“ޒަޔާ.. ވަޓް ހެޕެން..” ލާމިއު އެހެން އަހާލުމާއި އެކު ޒަޔާ ލާމިއުއަށް ބަލައިލިއެވެ. އެއާއެކު އެންމެން ހިނުން ހުއްޓާލިއެވެ.
“ލިމް.. ރެޑް އެންޑް ވައިޓްގަ ރޭގަނޑު ހުންނާކަށް ނުކެރޭނެ… ހާދަ ހޯންޓެޑްއޭ….” ޒަޔާ ޅަގޮތަކަށް ބުނެލި އަޑު އަހާފައި އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
“ޒަޔާ.. އިޓްސް ނޮޓް ހޯންޓެޑް.. އިޓްސް ލަވް..” ލާމިއު އެހެން ބުނުމުން އެންމެން އެކަމާ އެއްބަސްވި އަޑު އަހާފައި ޒަޔާ ވެސް ހީލާފައި އޯކޭއޭ ބުނެލިއެވެ.
“ޒާއްކޯ.. ލުކް މިލީ… ރެޑް ހެދުމެއްގަ އޭނީ.. ކިހާ ރީތި..” މިޒްޔަލް އެހެން ބުނެލުމުން އެންމެން މިޒްޔަލްއަށް ބަލައިލާފައި މިއްލީއަށް ބަލައިލިއެވެ. އޭރު މިއްލީ އިނީ ލަދުން ގޮސް ރަތްވެފައެވެ. ގައިގައި ހުރި ހުރިހާ ލެޔެއް ކޮލަށް ޖަމާވެފައި ވާ ފަދައެވެ.
“އެހެމް އެހެމް.. ލުކް ހޫ އިޒް ކޮމްޕްލިމެންޓިން ހާރ..” ލާމިއު އެހެން ބުނެލީ މިއްލީ އިތުރަށް ލަދު ގަންނުވާލުމުގެ ބޭނުމުގައެވެ. އެއާއެކު އެންމެން ހޭން ފެށިއެވެ. އަދި ހޫމް އޭ ބުނެ ޒަޔާ ވެސް ލާމިއުގެ ވާހަކަ އާއި އެއްބަސްވިއެވެ.
“އޯކޭ ފައިން.. މިލީ އަސްލަށް ވެސް ރީއްޗޭ..” މިޒްޔަލް ލޯ އަޅާލުމާއި އެކު ލާމިއު އެހެން ބުނެލިއެވެ. އެއާއެކު މިޒްޔަލް ހީލިއެވެ. އަދި ހޫމްއޭ ބުނެ އެމީހުން ދައްކަމުން ދިޔަ ވާހަކަ ކުރިއަށް ގެންދިޔައެވެ.
ކޮފީ ބޮއެގެން މިޒްޔަލްއާއި ޒަޔާ ވެސް މިއްލީމެންގެ ގެއަށް ގޮސް މިޒްޔަލްގެ ދަބަސް ހިފައިގެން ގެއަށް ދިޔައީ ހަވީރު އެގެއަށް އަންނާނެ ކަމަށް ބުނެފައެވެ.
މިއަދަކީ ޝިއުރާގެ އުފަން ދުވަހަށް ވެފައި ދެ އާއިލާވެސް ގުޅިފައި ވުމުން ދެއާއިލާ އެކުގައި ޕާޓީއަށް ތައްޔާރު ވަމުން ދިޔައެވެ. ހަމައެކަނި ދެއާއިލާގެ މެދުގައި ބޭއްވޭ ކުޑަ ޕާޓީއެކެވެ.
******************************
ޝިއުރާ ހުރީ ގޭގައި މިއްލީއާއި ލާމިއު އައުމުގެ ކުރިން ސައިހެދޭތޯއެވެ. ކުއްލިއަކަށް ފަހަތުން މީހަކު އައިސް ބަނޑުގައި ބައްދައި ގަނެއްޖެއެވެ.
“ހެޕީ ބާތުޑޭ މައި ޑިއާރ ވައިފް..” އަލްހާން އެހެން ބުނެލުމުން ޝިއުރާ ޝުކުރިއްޔާއޭ ބުނެލިއެވެ. ނަމަވެސް އަލްހާން ދޫކުރާކަށް ނޫޅުނެވެ.
“ދެން އަލްހާން.. މިލީ އާއި ލާމިއުއަށް ފެނިދާނެ.. ދޫކޮއްބަލަ..” ޝިއުރާ ހެވިފައި އެހެން ބުނެލުމުން ނޫނެކޭ ކިޔާ އަލްހާން ހުރި ގޮތަށް ހުއްޓާ ކުއްލިއަކަށް މީހަކު ކަރު ކެހެލި އަޑަށް ފަހަތަށް އެނބުރި ބަލައިލިއެވެ.
އެއާއެކު ލަދުން ގޮސް ދޫކޮއްލުމަށް ފަހު ކަމެއް ނޫނޭ ބުނެލިއެވެ. ޝިއުރާ ފަހަތަށް އެނބުރުނު އިރު މިއްލީއާއި ލާމިއު ހެވިފައި ބަލަހައްޓައިގެން ތިއްބެވެ.
“މޯމް.. މިތާތަ؟..” ލާމިއު އެހެން ބުނެލުމުން ޝިއުރާ ތުން އަނބުރާލިތަން ފެނި ދެމީހުން އަނެއްކާވެސް ހީގަތެވެ.
“ލާމިއު ވެސް ދުވަސް ކޮޅަކުން އެ ގޮތަށް އުޅޭނީ.. ޒަޔާ އައީމަ..” ޝިއުރާ އެހެން ބުނެލުމުން ލާމިއު ރަކިވިއެވެ. އެއާއެކު މިއްލީ ހީލިއެވެ. ނަމަވެސް ޝިއުރާ އެވަރަކުން ދުލެއް ނުކުރިއެވެ.
“މިލީ ވެސް ރަނގަޅަށް ވިއްޔާ މިޒްޔަލްއާއި ކައިވެނި ކޮއްގެން އެ ގޮތަށް އުޅޭނީ..” ޝިއުރާ އެހެން ބުނުމުން މިއްލީ ލަދުން ގޮސް އަނެއް ފަރާތަށް އެނބުރުނެވެ.
“މަންމާ.. ކިހިނެއް މިތަނަށް ޔާލްގެ ނަން އައީ..” މިއްލީ އޭނާގެ މަންމަގެ ގައިގައި ބައްދައިގަނެފައި އަހާލިއެވެ. “ހޫމް.. ކޮން ޔާލްއެއް ކިޔާކަށް.. އުޅޭގޮތުން މަންމައަށް ހީވަނީ ދެކުދިން ވެސް ކައިވެނި ނުކުރެވިފަ ތިބިހެން ވިއްޔަ..” ޝިއުރާ އެހެން ބުނެލުމަށްފަހު އަލްހާންއަށް ބަލައިލާފައި އެއްލޯ މަރާލިއެވެ.
“ހޫމް.. ބައްޕަ އަށް ވެސް ހީވޭ..” އަލްހާން ވެސް އެ ވާހަކައިގެ ތެރެއަށް ވަނެވެ. އެންމެން ވާހަކަ ދައްކާލަން ކުޑަ އިރުކޮޅަކު މަޑު ކޮއްލުމަށް ފަހު ސައިބޯން އެރިއެވެ.
މިއްލީ ސައިބޮއެގެން ލާމިއު އާއިއެކީ ބޭރަށް ނުކުމެ ހަދާފައިވާ ކުޑަ ހަޓުތެރޭގައި އިށީނެވެ. ލާމިއުއާއި މިއްލީ ކުޑައިރު އެތާ އިށީންނަން ތަނެއް ހަދާށޭ ކިޔާވަރުން އަލްހާން ހަދާފައި ހުރި ތަނެކެވެ.
“ދޮންބޭ.. މަންމަމެން ކައިރީ ބުނީތަ އެ ވާހަކަ..” މިއްލީ އެތާ އިށީނުމަށް ފަހު ލާމިއުގެ ގާތު އަހާލިއެވެ. “ނޫން.. ދޮންބެއެއް ނުބުނަން.. އެބުނީނު ހީވަނިއްޔޭ.. ދޮންބެ ހައިރާން ވަނީ އެންމެންނަށް ހީވާއިރު މިޒްޔަލްއަށް މިލީ އޭނަ ދެކެ ލޯބި ވާކަން ނޭނގޭތީ.. އިނގޭނަމަ މިހާރު ޕްރޮޕޯޒް ކުރާނެ ދޯ..” ލާމިއު މިއްލީ އާއި ދިމާކޮއްލިއެވެ.
“ދެން ދޮންބެ ދޯ..” މިއްލީ ލާމިއުގެ ގައިގައި ޖަހާލިއެވެ. އެމީހުން އެހުރިހާ ވާހަކައެއް ދެއްކިއިރު މިޒްޔަލްއާއި ޒަޔާ ތިބީ އެތާ ބޭރުގައި އެ ދައްކާ ވާހަކަ އެއް އަޑުއަހާށެވެ. އޭރު މިޒްޔަލްގެ ތުންފަތްމަތީގައި ވީ މާނަފުން ހިނިތުން ވުމެކެވެ.
“ޔާލް.. ވާހަކައެއް އަހާލަންތަ..” ޒަޔާ ސުވާލު ކޮއްލި އަޑަށް މިޒްޔަލް އޭނާއާއި ދިމާލަށް ބަލައިލުމަށް ފަހު ހޫމް ލައްވާލިއެވެ. “ޔާލް މިލީ ދެކެ ލޯބި ވޭތަ؟..” ޒަޔާ އަހާލިއެވެ. އޭނާއަށް ވެސް މިވީ ތިންމަސް ދުވަހުގެ ތެރޭގައި ޝައްކު ވެފައި ވާތީއެވެ. އެއާއެކު މިޒްޔަލް ލަދުން އަނެއް ފަރާތަށް އެނބުރުނެވެ. އެގޮތަށް އިރުކޮޅަކު ހުރެލުމަށް ފަހު ޒަޔާއާއި ވީ ފަރާތަށް އެނބުރުމަށް ފަހު އާނއެކޭ ބުނެލިއެވެ.
“ވާއު.. ޔާލް.. ނުވެސް ބުނަމެންނު..” ޒަޔާ މިޒްޔަލްގެ ގައިގައި ބައްދާލިއެވެ. އަދި އިރުކޮޅަކުން ދެމީހުން އެކުގައި ހަޓު ތެރެއަށް ވަނެވެ.
“ހޭއި.. ބުނެލާފަ އައިނަމަ..” ލާމިއު ތެދުވެފައި ދެމީހުންނާއި ސަލާމް ކޮއްލިއެވެ. މިއްލީ ވެސް ތެދުވެފައި އެމީހުންނާ ސަލާމް ކޮއްލުމަށް ފަހު އެބަ އަންނަމޭ ބުނެ ކާކޮޓަރިއަށް ދިޔައީ އެމީހުންނަށް ކާންހަދާށެވެ.
“ލިމް.. ވަރަށް ބޮޑަށް ސޮރީ.. އެކަމު ދެންމެ ދެއްކި ވާހަކަތައް އަޑު އިވިއްޖެ..” ޒަޔާ އެހެން ބުނެލުމުން ލާމިއު މިޒްޔަލްގެ މޫނަށް ބަލައިލިއެވެ. “ސޯ.. ކޮބާ މިޒްޔަލްގެ ޖަވާބަކީ..” ލާމިއު އަހާލިއެވެ.
“ހީ ސެޑް ޔެސް.. މިއަދު ޕާޓީއަށް އައިސް ޕްރޮޕޯޒް ކުރަންވީނު..” ޒަޔާ އެހެން ބުނެލުމަށް ފަހު ހިޔާލެއް ދިނެވެ.
“ތެދެއްތަ.. ރިއަލް ކޮން ޔޫ ލައިކް ހާ..” ލާމިއު ޔަގީން ކުރަން ބޭނުންވިއެވެ. އެއާއެކު މިޒްޔަލް ބޯ ޖަހާލިތަން ފެނި ލާމިއު ހީލިއެވެ.
“ކޮން އިރަކުން ދެން ޕްރޮޕޯޒް ކުރަނީ..” ލާމިއު އަހާލިއެވެ. “މިއަދު ޕާޓީގަ ކަމަށް..ޒާއްކޮގެ އައިޑިޔާ ވަރަށް ކަމުދޭ…” މިޒްޔަލް ބުނެލިއެވެ.
“ވާއު.. ދެޓް ސައުންޑްސް ގުޑް..” ލާމިއު އެހެން ބުނެލާފައި މިޒްޔަލްގެ ކޮނޑުގައި ޖަހާލިއެވެ. “ލިމް.. މިއަދު ޕާޓީ ފެށުމުގެ ކުރިން ލިމްގެ ކޮޓަރި ރެޑީ ކުރަން ވާނެ އިނގޭ.. ތި ކޮޓަރިއަށް މިލީ ގެނެސް ޕްރޮޕޯޒް ކުރަން.. ދޯ ޔާލް.. އެކަމު ޕާޓީގެ ކުރިން.. އޭރުން އެންމެނަށް އެ ހަބަރު ދެވޭނެ އެންނު ޕާޓީގަ..” ޒަޔާގެ ޙިޔާލާއި އެކު މިޒްޔަލް ހޫމް ލައްވާލިއެވެ. އެއާއެކު ލާމިއުވެސް އާނއެކޭ ބުނެލިއެވެ.
“ހޭއި.. މިލީ އެބަ އާދޭ.. ދެން ނިމުނީ އިނގޭ.. އިނގިއްޖެއްޔާ ކަޑަ ވާނެ..” މިޒްޔަލް އަވަސް އަވަހަށް އެހެން ބުނެލިއެވެ. އެއާއެކު ލާމިއު އަދި ޒަޔާ ހޭން ފެށިއެވެ.
“ކޮން ކަމަކާ ތި ހެނީ..” މިއްލީ އައިސް އެހެން އަހާލުމާއި އެކު ދެމީހުން ހުނުން ހުއްޓާލަފައި މިޒްޔަލް އަށް ބަލައިލިއެވެ.
“ކަމަކާ ނޫން.. ހިނގާ ކާން ދާން..” ލާމިއު އަވަހަށް ބުނެލިއެވެ. އެއާއެކު އެންމެން ތެދުވެ ގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ. މިޒްޔަލް ހުރީ އެންމެ ފަހަތުގައެވެ. އެއާއި ޖެހިގެން މިއްލީއެވެ. ލާމިއުއާއި ޒަޔާ އެންމެ ކުރީގައި ތިބެ އެމީހުންގެ އަމިއްލަ ވާހަކައިގައި ކުރިއަށް ދިޔައެވެ.
“ޔާލް.. ކޮން ހިޔާލެއްގަ..” މިޒްޔަލް މާ މަޑުން ހިނގާތީ މިއްލީ އަށް ނުހުރެވިގެން އައިސް އަރާ ހަމަކޮއްފައި އަހާލިއެވެ.
“ނަތިން..” މިޒްޔަލް ކުރު ޖަވާބެއް ދީފައި މިއްލީ އާއި އެކު ހިނގައިގަތެވެ. ދެމީހުން ގޮސް ލާމިއު އާއި ޒަޔާ އާއި އެކީ ކައިގެން މިއްލީ ކޮޓަރިއަށް ފޮނުވާފައި ގެއަށް ދިޔުމުގެ ބަހަނާގައި ލާމިއު އާއި އެކީ ފިހާރަތަކަށް ދިޔައެވެ.
30 ވަރަކަށް މިނެޓު ފަހުން 3 މީހުން އައިސް ގެއަށް ވަނެވެ. އަދި ލާމިއުގެ ކޮޓަރިއަށް ގޮސް ކޮޓަރި ތަޅުލައިގެން ތިބެ ތައްޔާރީތައް ވާން ފެށިއެވެ. އޭރު ޝިއުރާއާއި އަލްހާންގެ އިތުރުން ޝިފާޒާއާއި މުޙައްމަދު އެމީހުންގެ ވާހަކައިގައި ގޭތެރެ ރީތި ކުރަން ތިއްބެވެ.
******************************
މިއްލީ ކައިގެން ކޮޓަރިއަށް ވަދެ ފެންވަރާލައިގެން ޖާރޒީއަކާއި ޖިންސެއް ލައިގެން ނިދަން އޮށޯތެވެ. މިޒްޔަލްއަށް އެގޮތް ރީތިކަމުން މިއްލީ ވަނީ ބައިވަރު ޖާރޒީ ގަނެފައެވެ. މެންދުރުގެ ހޫނު ގަދަ އެގަޑީގައި ވެސް މިއްލީ އޮތީ ހީކަރުވައި ގަނެފައެވެ. އޭސީ 16 އަށް ލައިފައި ހުރުމުގެ އިތުރުން ފެންވަރައިގެން ނިކުތުމުން މިއްލީއަށް ނިދޭކަށް މާގިނަ އިރެއް ނުނެގިއެވެ.
**************************
ލާމިއުއާއި ޒަޔާގެ އިތުރުން މިޒްޔަލް ވެސް އަވަދިނެތި އުޅެނީ ހަވީރަށް ކޮޓަރި ތައްޔާރު ކުރުމުގައެވެ. ޕާޓީގެ ތީމްއަކީ ކަޅާއި ހުދުކުލަ ނަމަވެސް އެ ކޮޓަރި ޒީނަތްތެރި ވެފައި ވަނީ ރަތާއި ހުދު ކުލައިންނެވެ. ކޮޓަރީގައި ލާފައިވަނީ ރަތާއި ހުދު ކުލަ ކަމުން ޑިޒައިންއާއި ނުހަނު ގުޅެއެވެ.

********************************
ގަޑިން ހަވީރު 4 ޖަހަނީއެވެ. މިޒްޔަލްއާއި ޒަޔާ ތިބީ ރެޑީވެގެން އައިސް ލާމިއުގެ ކޮޓަރީގައެވެ. ޒަޔާ ލައިގެން ހުރީ ކަޅު އަބާޔާއެކެވެ. ކަޅު ޝޯލްއަކުން އިސްތަށިގަނޑު ފޮރުވާލާފައި ވީނަމަވެސް ނުލަހަކު ރީއްޗެވެ. ތުންފަތުގައި ރަތްކުލަ ޖައްސާފައި ވާއިރު އެސްފިޔަތަކުގައި ވަނީ މަސްކަރާ އަޅާފައެވެ. އަރައިގެން ހުރީ ކަޅު ކުލައިގެ ބޫޓަކަށެވެ.
އެއާ ޚިލާފަށް މިޒްޔަލް ހުރީ ހުދު ކުލައިގެ ގަމީހެއް ލައިގެންނެވެ. ކަޅު ޖިންސެއްގެ އިތުރުން ކަޅު ލެދާރ ޖެކެޓެއް ވެސް ލާފައި ވެއެވެ. އަތުގައި ގަޑިއެއް އަޅާފައިވާއިރު އަރައިގެން ހުރި ބޫޓުން ޝާހީ ގޮތެއް ހުއްޓެވެ.
ލާމިއުވެސް ހުރީ އެ ގޮތަށެވެ. ހުދު ގަމީހަކާއި ކަޅު ލެދާރ ޖެކެޓެއްގެ އިތުރުން ކަޅު ޖިންސެކެވެ. އަތުގައި ގަޑިއެއް ވާއިރު އަރައިގެން ހުރީ ކަޅު ބޫޓަކަށެވެ.
“އެބަ އަންނަން މިލީ ގޮވައިގެން.. މިޒްޔަލް ރެޑީތަ..” ލާމިއު މިޒްޔަލްގެ ގާތުގައި އަހާލިއެވެ. މިޒްޔަލް އާނއެކޭ ބުނުމުން ލާމިއު މިއްލީގެ ކޮޓަރިއަށް މިސްރާބު ޖެހިއެވެ.
“މިލީ.. ހުޅުވަބަލަ..” ލާމިއު އައިސް މިއްލީގެ ކޮޓަރި ދޮރުގައި ޓަކިޖަހާލިއެވެ. މިއްލީ ދޮރު ހުޅުވީ އޭގެ ދެތިން މިނެޓު ފަހުންނެވެ.
މިއްލީ ލައިގެން ހުރީ ކަޅު ކުލައިގެ ކަކުލާއި ހަމައަށް އަންނަ ހެދުމެކެވެ. ހެދުމުގެ މަތީގައި ހުދު ކުލައިގެ އެސް ހަރުކޮއްފައި ވެއެވެ. ތިރީގައި ވަނީ ކަޅު ކުލައިގެ ލޭސް ބޭނުން ކޮށްފައެވެ. ހެދުމުގެ ބަންދު އިނީ ހުދު ކުލައިގައެވެ. ތިރިން ހުދު ކުލައިގެ ޖިންސެއް ލައިގެން ހުރިއިރު އަތުގައި ކަޅު ކުލައިގެ ގަޑިއެއް ވެއެވެ. އަރައިގެން ހުރީ ކަޅާއި ހުދު ކުލައިގެ ކެޝުއަލް ބޫޓަކަށެވެ. ތުންފަތުގައި ރަތްކުލަ ޖައްސާފައި ވާއިރު އެސްފިޔަތަކުގައި ވަނީ މަސްކަރާ އަޅާފައެވެ. އިސްތަށިގަނޑުގެ އެއްބައި ދޫކޮއްލާފައިވާއިރު އަނެއްބައި ވަނީ އެ ދޫކޮއްލާފައިވާ ބައިގެ މައްޗައް ހުޅިއަކަށް ވާގޮތަށް ޖަހާލާފައެވެ. ހުޅީގެ ވަށައިގެން ހުދުކުލައިގެ ކުދި މާ ހަރުކޮއްފައި ވެއެވެ.
“ވާއު މިލީ.. ޔޫ ލުކް ޕާފެކްޓް.. އޭޒް އޯލްވޭސް..” ލާމިއު އެހެން ބުނެލުމުން މިއްލީ ޝުކުރިއްޔާއޭ ބުނެ ހީލިއެވެ.
“މިލީ.. ދޮންބެ ފޯނު ގެނެސްދީބަ.. އަންނާނަން މަންމަ ކޮބާތޯ ބަލައިލާފަ.. ކޭން ޔޫ..” ލާމިއު ޕްލޭންގައި ވާ ގޮތަށް ކަންތައްތައް ފެއްޓިއެވެ.
“ޔާ.. ކޮން ތާކު އޮންނާނީ..” މިއްލީ އަހާލިއެވެ. “ކޮޓަރީގަ..” ލާމިއު އެހެން ބުނެލުމުން މިއްލީ ލާމިއުގެ ކޮޓަރިއަށް ދާން ހިނގައިގަތެވެ.
މިއްލީ ގޮސް ލާމިއުގެ ކޮޓަރިއަށް ވަންއިރު ބޮކިތައް ހުރީ ނިއްވާލާފައެވެ. މިއްލީ ބޮކިތައް ދިއްލާލުމަށް ފަހު މުޅި ކޮޓަރިއަށް ނަޒަރު ހިންގާލުމާއި އެކު ހައިރާންވިއެވެ.
ކޮޓަރީގެ އެކި ދިމަދިމާލުގައި ރަތާއި ހުދު ކުލައިގެ ފުއްޕާހަން އެލުވާފައި ވެއެވެ. އެއްފަރާތުގައި ކަރުދާހުން “ވިލް ޔޫ މެރީ މީ” ޖަހާފައި ވެއެވެ. ތިރިއަށް ރަތް ފިނިފެންމަލުގެ ފިޔަ އަޅާފައި ވާއިރު ދޫލައެއް ފަދައެވެ. ފިޔަތަކުގެ މަތީގައި ވެސް ފުއްޕާހަންތަކެއް މިނިވަން ކަމާއެކު އުދުހި އުދުހިފައި އުޅެއެވެ.
“މިލީ..” އެ އިވުނީ މިޒްޔަލްގެ އަޑެވެ. މިއްލީ ލަސް ލަހުން ފަހަތަށް އެނބުރުނު އިރު މިޒްޔަލް އިނީ އެއްކަކޫ މައްޗަށް ތިރިވެއެވެ. އަތުގައި ރަތް ކުލައިގެ ފިނިފެންމަލެއް އޮތެވެ.
“މިލީ.. ވިލް ޔޫ މެރީ މީ..” މިޒްޔަލް އެހެން އަހާލުމައި އެކު މިއްލީ ދިޔައީ ސިއްސައިގެންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eekko_11

Level 110 Stories

I am a 14 year old girl who loves to read and write stories. ? Both positive and negative comments are welcomed. Feel free to comment. Can contact me via Instagram: _.eener_sh._

Other Articles

Previous

ފިޔަފަތް 22

Next

ޒާޔާ (ސައުވީސްވަނަ ބައި)

Next
September 3, 2020

ޒާޔާ (ސައުވީސްވަނަ ބައި)

Previews
September 3, 2020

ފިޔަފަތް 22

34 Comments!

  1. A*|'..§^# says:
    September 3, 2020 at 6:39 pm

    Yayyyyy me first??????kiyaalaafa comment eh kohllaanan ingey

    1. A*|'..§^# says:
      September 3, 2020 at 7:07 pm

      Suhbboooo ????eyru vx hithah eri ey Laamiu ahaanii E suvaaley…. Aslu vx konmme hedhumakah gadi eh thr??N hulhi jahaairu vx hedhumaa gulhey gothah maa?OMG..??Milly ge dad haadha Rom ey??❤️❤️❤️hehe…. N Laamiu haadha molhey dhw bahanaa dhahkkan vx???plane v salhi ??Milly ehlligen nehnu E dhiyaii ?Zaya Laamiu aa ekii ulhey hithun collage
      ??????ah vx nudhey??????pis pis??Alhey Milly Pls say yes
      ?????stay safe lwbi eekko
      ?stay home darlinggggg
      ????❤️❤️❤️❤️❤️LYSSSSMMMMM
      insta in Msg eh kohlliyas OK thr

    2. Eekko_11 says:
      September 4, 2020 at 1:51 pm

      Ohh lwbi lwbi Aish sis …. How are you dear???
      ?❤️❤️???☺️???
      Hehe yes komme hedhumakah gadi eh dhw??☺️??
      Hmm Milly he dad rom vejje dhw ???
      Yes laamiu vrh molhu dhw aslu and let’s see dhw Milly ah e vee kihineiy kan….?☺️??????????
      Yes zaya college in vx kenduny ehenve dhw ???
      Let’s see dhw what Milly says?
      Stay safe my lwbi lwbi Aish sisooo
      ??????☺️?????☺️??❤️??☺️❤️☺️❤️
      Lyssssssssm and stay home?????☺️?❤️?❤️❤️??❤️?❤️?☺️??
      Yes insta in msg eh kolliyas ok lwbiiii?❤️????????☺️??☺️?☺️?☺️??????

  2. Noo_ra says:
    September 3, 2020 at 8:42 pm

    Varah Varah reethi mi part ves…… ❤️❤️
    Waiting for the next part.. ?
    Stay home.. Stay safe ???

    1. Eekko_11 says:
      September 4, 2020 at 1:52 pm

      Ohh thank you so much dear ???????❤️???☺️?????
      Insha Allah vrh avahah next part up koh dheynan ??❤️??????☺️? stay home and stay safe dear?☺️☺️?????❤️☺️???
      Lyssm ??????

  3. Lam ? says:
    September 3, 2020 at 10:34 pm

    ❤️❤️❤️❤️❤️❤️❤️❤️Maasha allah V reethi mi part ves
    Milly yes buneba plx.. Kon irakun laamiu n Zaaya marry kurany
    Curiously waiting for nxt part dear
    Stay safe and Tc
    ❤️❤️❤️❤️❤️❤️❤️❤️❤️LYYYSSSSMMMMM

    1. Eekko_11 says:
      September 4, 2020 at 1:53 pm

      Ohh thank you so much dear ???????❤️???☺️????? let’s see dhw when laamiu and zaya will get married ☺️?❤️??
      Insha Allah vrh avahah next part up koh dheynan ??❤️??????☺️? stay home and stay safe dear?☺️☺️?????❤️☺️???
      Lyssm ?????? tc lwbi lwbi dear?????

  4. Ain says:
    September 3, 2020 at 10:59 pm

    Male ga ulhey iru keeh kuraa jacket eh

    1. Eekko_11 says:
      September 4, 2020 at 1:53 pm

      Hehe that’s hama reeh chakah I guess❤️?????

  5. ShaheerBirdie says:
    September 4, 2020 at 1:44 am

    Someone posted this on Shaheer’s hash tag and that bring me here. I don’t know the language so I cannot read it but I’m so happy to know that Shaheer has got fans from Maldives as well. If possible use his short hair with stubble look I feel that’s the best look of him. Sorry for commenting things which isn’t related to story.. And Thank you for using Shaheer’s picture. All the best.. Love from Indonesia

    1. A*|'..§^# says:
      September 4, 2020 at 10:48 am

      Oh my God eekko?????mi kon kameh

    2. Eekko_11 says:
      September 4, 2020 at 1:54 pm

      Hehe I don’t know Aish sisooooo????☺️???☺️???

    3. ?Kukkyyy? says:
      September 4, 2020 at 2:14 pm

      OMMMGGGYYYY eekko ? You r getting famous ❤️?

  6. ❤shyn❤ says:
    September 4, 2020 at 12:05 pm

    Finally mizyal milly ah propose kury dhw ???…alheyy milly plx say yes..curiously waiting for the nxt part ???…lve u dear ??..stay safe????

    1. Eekko_11 says:
      September 4, 2020 at 1:55 pm

      Yes he proposed her dhw????❤️???❤️???
      Hehe Insha Allah vrh avahah next part up koh dheynan dear ….????????☺️???????❤️
      Luv you so much my lwbi lwbi shyn sisoooo?????❤️❤️?❤️???
      Stay safe ??????☺️???

  7. R¥N says:
    September 4, 2020 at 12:28 pm

    ???Maasha allah ???
    ???Mi part ves hama varah salhi ???
    ???Keep it up dear???
    ???Lysmmmm ???
    ???TC???
    ???Stay home n safe ???

    1. Eekko_11 says:
      September 4, 2020 at 1:56 pm

      Thank you so much ryn dear????❤️???❤️???☺️?☺️
      Lyssssssm and tc lwbiiii??❤️?❤️??❤️??????
      Stay safe❤️?❤️?❤️???☺️?????????❤️

  8. Malti says:
    September 4, 2020 at 1:50 pm

    WOW??????????????
    Vvvvvvvvv reethi?
    Waiting for the next part????

  9. Eekko_11 says:
    September 4, 2020 at 1:56 pm

    Thank you so much malti dear????❤️???❤️???☺️?☺️
    Insha Allah vrh avahah next part up koh dheynan ????☺️❤️☺️❤️
    Lyssssssm and tc lwbiiii??❤️?❤️??❤️??????
    Stay safe❤️?❤️?❤️???☺️?????????❤️

  10. ?Kukkyyy? says:
    September 4, 2020 at 2:07 pm

    Wow wow wow Mizyal Milly ah propose kury ?❤️ OMG I’m so so so happy ❤️ Milly please say “YES” ?❤️ This part is also really very amazing ❤️ vrh curious kollaafa thi nimmaaly… Waiting for the next part ❤️lysm tc ❤️?

    1. Eekko_11 says:
      September 6, 2020 at 8:53 am

      Thank you so much kukky ☺️☺️???????????????…. Yes Mizyal Milly ah propose kury dhw …. ☺️?????????????????☺️☺️?☺️?????Hehe ltd see dhw what Milly says …. ❤️?????????☺️????????????❤️???
      Varah avahah next part submit kollaanan Insha Allah ….??❤️?❤️??????☺️?☺️❤️☺️❤️☺️ Stay safe and tc dear ?????????????? lyssssm ?❤️????????????❤️

  11. ?Ril? says:
    September 4, 2020 at 2:41 pm

    Wow mi part ves vrh Sali ??????
    Masha Allah????????
    ❤️❤️❤️Fainally mizyal ❤️Milly ❤️❤️ah propose ❤️❤️kuree dhw ❤️❤️yaaay ??????. ❤️Vrh happy ❤️vehje ❤️OMG ehhehe??????
    And ❤️heevany ❤️Milly bunaany yes hen ❤️dhw ??????hope for the best ❤️❤️❤️?????????????????????
    OMG I am so curious eekko ❤️❤️❤️
    Waiting for the next curioisely
    ❤️❤️Luv ❤️uuuu.❤️❤️❤️❤️
    ❤️❤️❤️Stay safe ❤️❤️❤️❤️and ❤️❤️❤️❤️❤️stay home ❤️❤️❤️

    1. Eekko_11 says:
      September 6, 2020 at 9:02 am

      Thank you so much ril ☺️☺️???????????????…. it means a lot to me????☺️????❤️?????☺️??Yes Mizyal Milly ah propose kury dhw …. ☺️?????????????????☺️☺️?☺️?????Hehe let’s see dhw what Milly says …. ❤️?????????☺️????????????❤️??? thank you so much dear??????❤️?❤️?
      Varah avahah next part submit kollaanan Insha Allah ….??❤️?❤️??????☺️?☺️❤️☺️❤️☺️ Stay safe and tc dear ?????????????? lyssssm ?❤️????????????❤️

  12. ?Flower ? says:
    September 6, 2020 at 10:02 am

    Wow masha Allah mi part ves vvvvvvrah reethi
    Waiting for the next
    Ly ❤️❤️❤️

    1. Eekko_11 says:
      September 6, 2020 at 10:47 am

      Thank you so much dear ??❤️❤️???☺️??????? it means a lot to me??❤️❤️?????☺️☺️????????? Insha Allah vrh avahah next part submit kollaanan ????☺️?????❤️❤️???☺️??????☺️?? lyt dear and tc?☺️☺️?????❤️??❤️❤️?????☺️??stay safe???

  13. ?????????? says:
    September 8, 2020 at 12:23 pm

    Wow nice story Eekko. Keep it up when next part

    1. Eekko_11 says:
      September 9, 2020 at 8:32 am

      Thank you so much ?❤️???☺️??? it means a lot to me …. Insha Allah vrh avahah❤️????????

  14. Miss.Maimy says:
    September 8, 2020 at 7:32 pm

    My boyfriend also asked me to be his girlfriend like that ?
    But in my best friends 1 year anniversary with her boyfriend ?
    Curious to know what she will say???
    Probably yes because their heads over heels for each other??
    God bless and may u live a happy life❤️❤️❤️❤️

    1. Eekko_11 says:
      September 9, 2020 at 8:33 am

      Hehe is that so????❤️?? Let’s see dhw what she says!!!! Thank you so much ?❤️???☺️??? it means a lot to me …. May God bless
      you too and live a long happy life dear ❤️????????

  15. ????? says:
    September 13, 2020 at 11:00 am

    Nice! Waiting for 5th part! ??☺️☺️☺️☺️☺️

    1. Eekko_11 says:
      September 14, 2020 at 8:36 am

      Thank you so much ?❤️?❤️???☺️?☺️?☺️??❤️? means a lot to me?????❤️?❤️?❤️?❤️ Insha Allah miadhu noony maadhama submit kollaanan?❤️☺️?????? stay safe dear

  16. Eenaal says:
    September 13, 2020 at 11:36 am

    Waiting for Milly’s answer. Plzz say yes??

    at Instargram __eenaal__07

    1. Eekko_11 says:
      September 14, 2020 at 8:37 am

      Let’s see dhw☺️?☺️?

  17. Eenaal says:
    September 13, 2020 at 11:37 am

    Plzz say yes Milly ??

    at Instargram __eenaal__07

Comments are closed.

Next Episodeލޯބިވާއޭ 5←


All Right Reserved!