އެ އަންހެން މީހާ އޮތީ މޫނު ވަތަށް މަގުމައްޗަށް ވެެއްޓިފައެވެ. އައިވިން އަވަސް އަވަހަށް ކާރުން ފައިބައިގެން އައިސް އެމީހާ އުއްޑުން ބާއްވާލަމުން ނޭވާލާތޯ ޗެކުކުރިއެވެ. ނޭވާލާކަން ޔަޤީން ވުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް އައިވިން އަށް ލިބުނެވެ. ޓެކްސީ ޑްރައިވަރުގެ އެހީގައި އޭނާ ކާރަށް އެރުވުމަށްފަހު ޑްރައިވަރު އަވަހަށް ދަތުރު ފެށީ ރަށު ހޮސްޕިޓަލާ ދިމާއަށެވެ.
ހޮސްޕިޓަލަށް އެ އަންހެންމީހާ ގެނެވުމާއެކު އެމަރޖެންސީ ބައިގާ ފަރުވާދެވެމުން ދިޔައެވެ. އައިވިން ހުރީ ފަރުވާދެވެމުން ދިޔަ ކޮޓަރީގެ ބޭރު ފާރުގައި ލައްވެލައިގެންނެވެ. އިރުކޮޅެއްނުވެ ކޮޓަރީގެ ތެރެއިން ޑޮކްޓަރު ނިކުތުމުން އައިވިން އޭނާގެ ހަށިގަނޑު ސީދާ ކޮށްލިއެވެ.
އައިވިން ފެނުމުން ޑޮކްޓަރަށް ކޮންމެވެސް ވަރެއްގެ ސިހުމެއް ލިބުނު ނަމަވެސް ހަމަޖެހިލަމުން ހިނިތުންވުމެއް ރައްދުކުރިއެވެ.
“ޕޭޝަންޓްގެ ބީޕީ މައްޗަށް ދިޔުމުގެ ސަބަބުން ހޭނެތުނީ ކަމަށް ލަފާ ކުރެވެނީ.. އިތުރު ޓެސްޓުތައް ވެސް ހަދަމުން މިދަނީ.. އިތުރު އެއްޗެއް ދަންނަވަން އިނގޭނީ ޕޭޝަންޓް ހޭ އެރުމުން..” ޑޮކްޓަރުގެ ވާހަކައާއެކު އައިވިން އަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަދި ޑޮކްޓަރުގެ ކިބައިން ޝުކުުރު އަދާކުރިއެވެ.
“އިރުކޮޅެއްގެ ތެރޭގައި ޕޭޝަންޓް ވޯޑަށް ބަދަލުކުރެވޭނެ.” ޑޮކްޓަރު އެހެން ބުނެލުމަށްފަހު ހިނގައިގަތުމުން އައިވިން ވެސް ކައިރީގައި ހުރި ގޮނޑި ބަރީގައި ޖައްސާލިއެވެ. އޭނާ ވިސްނަމުން ދިޔައީ އެ އަންހެންމީހާގެ އާއިލާގެ މީހެއް ހޯދާނެ ގޮތަކާމެދުއެވެ.
“ސޯބިރައްތާ..!” ވޯޑުގައި ބޭއްވިފައި އޮތް ސޯބިރާ ފެނުމުން ނަޔާގެ ދެލޯ ބޮޑުވިއެވެ. އޭނާއަކީ ރަށު ހޮސްޕިޓަލް ގައި މަސައްކަތް ކުރަމުން އަންނަ ހީވާގި ނަރުހެކެވެ. ނަޔާއަށް އެއަަށްވުރެ ބޮޑު ހައިރާންކަމެއް ލިބުނީ ސޯބިރާގެ ކައިރީ އިން އައިވިން ފެނުމުންނެވެ.
ނަޔާ އަވަސް އަވަހަށް ފޯނު ނަގަމުން ޒޯޔާއަށް ގުޅާލިއެވެ. މަންމަ ހޮސްޕިޓަލުގައި އޮތް ޚަބަރު ލިބުމުން ޒޯޔާއަށް ވީގޮތްވެސް ނޭނގުނެވެ. ހަމަ މިހާރު ހޮސްޕިޓަލަށް މިދަނީކަމުގައި ބުނެ ޒޯޔާ ފޯނު ކޯލު ކުރުކޮށްލިއެވެ.
ޒޯޔާ އަންނަން ވާއިރަށް ނަޔާ އަވަހަށް ބެލީ ސޯބިރާއަށް ވީގޮތް އޮޅުން ފިލުވުމަށެވެ. އައިވިން ކައިރީ އެހުމުގެ ބަދަލުގައި ނަޔާ އިޚްތިޔާރުކުރީ ހޮސްޕިޓަލްގެ ސްޓާފުންނާ ވާހަކަ ދެއްކުމެވެ. އީ.އާރް ގައި މަސައްކަތް ކުރާ ދެތިން ނަރުހަކާ ސުވާލުކޮށްލުމާއެކު ނަޔާއަށް ވީގޮތް އުޅުން ފިލައިގެން ދިޔައެވެ. ސޯބިރާ ބެއްލެވި ޑޮކްޓަރާ ބައްދަލުކޮށްގެން އިތުރު މަޢުލޫމާތު ނަޔާ ހޯދިއެވެ.
ދުވެފައި ކަހަލަ ގޮތަކަށް ހޮސްޕިޓަލުގެ ތެރެއަށް ވަދެގެން އައި ޒޯޔާ ފެނުމާއެކު ނަޔާ އަވަހަށް އެދިމާއަށް ދިޔައެވެ.
“ނަޔާ.. ކޮބާ އަހަރެންގެ މަންމަ..؟” ޒޯޔާގެ އަޑުގައިވީ ހާސްކަން ސިއްރެއްނުވިއެވެ. އޭނާގެ އަޑުވެސް ކުރެހިފައިވާއިރު ނިތަށް ވަނީ ރޫތަށް ގިނަވެފައެވެ.
ނަޔާ އޭނާއަށް ލިބިފައިވާ މަޢުލޫމާތުތައް ޒޯޔާއަށް ކިޔައިދިނެވެ. އިރާދަކުރެއްވިއްޔާ ހާސްވާން ޖެހޭ ވަރު ކަމެއް ނެތްކަމަށް ބުނެ ޒޯޔާ ހަމަޖެއްސޭތޯ ނަޔާ މަސައްކަތް ކުރިއެވެ.
ޒޯޔާއަށް އޭނާގެ ކައިރީ ހުރި ނަޔާ ދައްކަމުން ދިޔަ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. އޭނާގެ ލޯ ދަތުރު ކުރަމުން ދިޔައީ އޭނާގެ މަންމަގެ މޫނު ފެނޭތޯއެވެ. އެހިތަށް ކުޑަނަމަވެސް ތަސައްލީއެއް ލިބިގެންދާނީ އެމޫނު ފެނުމުންކަން ޒޯޔާއަށް އިނގެއެވެ.
“މަންމާ..!” ޒޯޔާއަށް ސޯބިރާ ބޭއްވިފައި އޮތް އެނދު ފެނުމާއެކު ދުވެފައި ކަހަލަ ގޮތަކަށް އައެވެ. ސޯބިރާގެ އަތުގައި ހިފާލުމާއެކު އެމޫނަށް އަވަސް ނަޒަރެއް އޭނާދިނެވެ. ސޯބިރާ ބޭއްވިފައިވާ އެނދުކައިރީ އިށީނދެގެން އިން އައިވިން ޒޯޔާގެ ލޮލުގައި އަޅައިގަތީ އެވަޤުތެވެ.
މަަންމާ އޭ ކިޔާ ގޮވާލުމަށްފަހު އެނދާ ކައިރިއަށް ދުވެފައި އައި ޒޯޔާ ފެނުމުން އައިވިން އަށް ހައިރާންކަން ލިބުނެވެ. އޭނާއަށް މި އެހީވެވުނު އަންހެންމީހަކީ ޒޯޔާގެ މަންމަހެއްޔެވެ؟ ޒޯޔާއައިސް ސޯބިރާގެ އަތުގައި ހިފާލި އިރުވެސް އައިވިންއަށް އިނދެވުނީ ޒޯޔާއަށް ބަލާށެވެ. އެދެލޮލުގައި ވާ ހިތްދަތިކަން އޭނާއަށް ފެންނަ ފަދައެވެ. އެތައްހާސް ކަރުނަތިކިތަކެއް އެދެލޮލުގެ ތެރޭގައި ވިދަމުންދާއިރުވެސް އެ ކަރުނަތައް އޭގެމަގާމުން ދޫވިޔަނުދީ ގައިދުކުރުމަށްޓަކައި ޒޯޔާ ކުރަމުންދާ މަސައްކަތް އައިވިން އަށް އިޙްސާސްވާފަދައެވެ . އައިވިން އަށް ހަމަހޭވެރިކަންވީ ޒޯޔާ އޭނާއާ ދިމާއަށް ބަލާލުމުންނެވެ.
ސޯބިރާ ބާއްވާފައި އޮތް އެނދު ކައިރިއަށް ނަރުސްކުއްޖެއް އައިސް ހުއްޓުނީ އެވަޤުތެވެ . ނަރުސްކުއްޖާއަށް ތަންދެމުން އައިވިން ހެނދު ވަށައިގެން ދަމާފައި ހުރި ކާޓެއިން ދުރުކޮށްލަމުން ބޭރަށް ނުކުތެވެ. އޭނާ ދެން ހޮސްޕިޓަލުގައި ހުރުމުގެ ބޭނުމެއް ނެތްކަން އެނގުމުން އައިވިން ހިނގައިގަތީ ހޮސްޕިޓަލުން ނިކުންނާށެވެ.
“އޭ ޒޯ.. އެ އައިވިން އޯ ސޯބިރައްތަ ހޮސްޕިޓަލަށް ގެނައީ..ބުންޏޯ މަގުމައްޗަށް ވެއްޓިފަ އޮށްވައޭ ފެނުނީ..ޔޫ ޝުޑް އެޓްލީސްޓް ތެންކް ހިމް..” ނަޔާ ޒޯޔާގެ ކައިރީ އެހެން ބުނެލުމުން ޒޯޔާއަށް އަވަސް އަވަހަށް އައިވިން ނިކުން ދިމާއަށް މިސްރާބުޖެހިއެވެ. އެހެނަސް އޭނާ ނިކުން އިރު އައިވިންގެ ނިޝާނެއް ފެންނާކަށް ނެތެވެ.
ގެސްޓް ހައުސްއަށް އައިސް އޭނާގެ ކޮޓަރިއަށް ވަދެވުމާއެކު ސޯފާއަށް އައިވިން އޭނާގެ ހަށިގަނޑުގެ ވަރު ދޫކޮށްލިއެވެ. އޭނާގެ ސިކުނޑިއަށް ލިބިފައިވާ ވަރުބަލިކަން ލުއި ކުރެވޭތޯ މަސައްކަތް ކުރަމުންް ދާފަދަައެވެ. އޭނާ ކުރާ ކޮންމެކަމަކާއި ޒޯޔާ އާ ފުށު އަރަންވީ ކީއްވެކަމެއް ނޭނގެއެވެ. އިއްތިފާޤެއްކަމެއް ނުވަތަ ތަޤްދީރު އޭނާއާ ކުރާ ސަމާސާއެއްކަމެއް ނޭނގި ކޮންމެތާކުން އެ އަންހެން ކުއްޖާ ފެންނަމުންދާތީ އައިވިންއަށް އުނދަގޫވަމުން ދިޔައެވެ.
ފުންނޭވާއެއް ދޫކޮށްލުމަށްފަހު އައިވިން ސޯފާއިން ތެދުވެގެން މަޑުކޮށްލީ ބެލްކަނީގެ ދޮރުކުރިމަތީގައެވެ. ހަވީރު ވަމުން އަންނަ ވަޤުތުކަމުން އަވީގެ އަސަރުވަނީ ފޭދިފައެވެ.
ސޯބިރާ ހޭ އެރުމާއެކު ޑޮކްޓަރު އައިސް އޭނާ ޗެކު ކުރިއެވެ. އިތުރު މައްސަލައެއް އުޅޭކަމަށް ނުފެނުމުން ވަރަށް އަވަހަށް ގެޔަށް ފޮނުވާލާނެ ކަމުގެ ފެހި ސިގްނަލް ޑޮކްޓަރު ދިނެވެ. ޒޯޔާްއަށް ހިތްހަމަޖެހިލެވުނީ އެހިސާބުންނެވެ. ލޭމައްޗަށް ދާތީ ކެއުމަށް ދީފައި ހުރި ބޭސްތައް ކެއުން ފަރުވާ ކުޑަ ކުރުމުން ޒޯޔާ އޭނާގެ މަންމައާ ޝަކުވާކުރިއެވެ. ގެޔަށް ދޫކޮށްލުމުންވެސް އެރޭ މަންމަގެ ގޭގައި ނިދުމަށް ޒޯޔާ ގަސްތުކުރިއެވެ.
“ދަރިފުޅު ނިއްކުރިއަށް ކީއްވެފަ..”؟ ސޯބިރާ ޒޯޔާ ކުރެން ސުވާލުކުރިއެވެ. ގެޔަށް ދޫކޮަށްލުމާއެކު ކައިގެން ދެމައިން ތިބީ ނިދުމަށް އޮށޯވެގެންނެވެ. ކޮޓަރީގެ އެނދުގައި ސޯބިރާ އޮތް އިރު ޒޯޔާ އޮތީ ތަޅަންގަނޑުގައި ގޮދަޑިއެއް އަޅައިގެންނެވެ. ސޯބިރާ އެނދު ދޭން އުޅުމުންވެސް ޒޯޔާ އެއްބަހެއް ނުވިއެވެ.
“އެއީ.. އެއީ ބޮކި ނުޖައްސަ ކޮޓަރިއަށް ވަތްތަނީ ދޮރު ކަނީގަ ޖެހިފަ..” ޒޯޔާ ދެލޯ މަރާލަމުން ބުނެލިއެވެ. ދޮގު ހަދާ އޮޅުވާލުމަކީ އޭނާއަށް ކިތަންމެ އުނދަގޫ ކަމެއް ނަމަވެސް އެނޫންގޮތެއް އޭނާއަކަށް ނެތެވެ.
“ރަނގަޅަށް ބޭސް އަޅާތި އެތާނގަ..އެހެން ނޫނީ ފާރުވެދާނެ..ދެން އަވަހަށް ނިދަން އުޅޭ..މިހާރު ދަރިފުޅު ހުންނާނީ ވަރުބަލި ވެފަ..” ޒޯޔާ އޮތް ދިމާއާ ފުރަގަހަށް އެނބުރެމުން ސޯބިރާ ބުނެލިއެވެ. މަންމަ އިތުރު ސުވާލެއް ނުކުރުމުން ޒޯޔާއަށް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. އުނދަގުލެއް ވަންޏާ އޭނާއަށް ގޮވަން ބުނުމަށްފަހު ޒޯޔާވެސް ނިދޭތޯ މަސައްކަތްކުރަން ފެށިއެވެ. އެހެނަސް އައި ނައިތަނެއް ނޭނގި އޭނާގެ ޚިޔާލުގައި ޓަކި ދިނީ އައިވިންއެވެ. އައިވިން މިއަދު އޭނާއަށް އެކޮށްދިނީ އަގުނުކުރެވޭނެ ފަދަ ކަމެކެވެ. އޭނާގެ ހުރި ހަމައެކަނި މަންމަ އަށް ދެރަގޮތެއްވާތަން ދެކުމަކީ އޭނާއަށް ކުޅަދާނަ ވާނެކަމެއްނޫނެވެ. ޒޯޔާގެ ހިތަށް ލަދުވެތިކަން ވަނީ އޭނާއަށް އައިވިން އާ މެދު ކަންތައްތައް ކުރެވިފައިވާގޮތް ހިތަށް އެރުމުންނެވެ. އޭނާގެ ގަޔަށް ފެންހޮޅި ދޫކޮށްލެވުނު އިރު މަޖިލިސް މެންބަރުންގެ ގޮތެއް ފޮތެއްނެތްވާހަކަ ކިޔުނީ ސީދާ އައިވިންއަށް ވެސް އަމާޒުކޮށްފައެވެ. އަދި ބެލްކަނީގައި ވީކަންތަކުގެ ހަނދާން އާވުމާއެކު ޒޯޔާއަށް އޭނާގެ ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ.
އައިވިން އަށް އެތަށް މަސައްކަތެއް ކޮށްކޮށްވެސް ނިދޭ ގޮތެއް ނުވިއެވެ. އޭނާއަށް ވިސްނެމުން ދިޔައީ ޒޯޔާއާ މެދުއެވެ. ޒޯޔާގެ އެއްވެސް ހިލަމެއް ނުވި އިރު އޭނާ ގެޔަށް އައި ހެނެއްވެސް އައިވިން އަކަށް ހިޔެއްނުވެއެވެ. އަނެއްކާ އޭނާގެ މަންމަގެ ހާލު މާބޮޑަށް ގޯސްވީބާއެވެ؟ އެފަދަ ހިޔާލުތަކެއްގައި ހުރެ އައިވިން ބެލްކަންޏަށް ނިކުމެ ފާރުގައި އަތް އަޅުވާލިއެވެ. އުޑުގައި ރަސްކަން ކުރަމުން ދިޔަ ހަނދަށް އައިވިން ބަލާލިއެވެ.
“ވަޓް އިޒް ވްރޯންގް ވިތް މީ..؟” ހަނދަށް ބަލަހައްޓައިގެން ހުރެ ވައި އަޑުން އައިވިން އަށް ބުނެލެވުނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
28 Comments!
Comments are closed.







Mi first thah
Yes..dear ..u r first this time..congrats?❤
hadhan nethigen name nujahaa cmmt kurevuny..
Masha Allah Vvvvv reethi mi partvx ? ? ? ? and ? ? ? ? ? ? ? ? ? ?
Sifakuruntha thah vx Masha Allah Varah salhi ???? ? ? ? hama heevany film eh balaileveyhen.. Ehaa ves furihama stry eh mii..
Thank u soooooooooooooo much mihaa salhi stry eh genes dheythy… ??Comment nukurias vaahaka kiyaan..
Luv u sis ????
Take care be safe ??❤️?
Thank u soo much Aikaa.. it’s okayy.. v ufaavejje dear ah mi bai kamudhiyaeema.. n sifa kurunthah kamudhiyaeema v hinhama jehihje. Ur wc dear..n thank u too for the support.. v ufaavejje wonder ge vaahaka kiyaakan ingunyma.. lym n tvgc?❤
Me second dhw ?kiyaalaafa comment eh kohllaanan ingey
Alheyyyyyyyyyyyyyyyyy Masha Allah vvvvvvvvvvvvvvvvvvvvvvvvvvv reethi Mi bai vx…. Sorry wonder dear kuru comment eh kohlleveythi????bxy koh ulhey thii ingey darl
Stay safe and stay home
Lymmm
Mymmm?????❤️❤️❤️❤️
Thank u soo much Aish.. v ufaavejje mi bai ves kamudhiyaeema.. it’s totally fine.. bsy vaa faharuves annaane.. u too stay safe dear..ly n my morree?❤
Yess Aish..mifaharu dear ah second libunyy..yes lemme know what u think abt this part?❤
Dhn faharakun first hodhan try kurahchey ingey aish.. ?
Aika sisoo gandu dhw thii??Pis pis. Ekoe nan jahan handhaan kohbala
Ekamakuvaa haadha kurukoh th I genes dhiny qm
Really sorry Xao. Hama time nuvy mifaharu.. kuriyah huri baithah dhigukoh genes dheveythoa v masaihkaih kuraanan?❤
❤️????Wow mi part❤️❤️❤️? ves vrh sali ??????❤️❤️❤️❤️?????❤️????
❤️❤️❤️Masha Allah❤️ ❤️❤️❤️❤️keep it up ❤️❤️❤️❤️
❤️❤️❤️Waiting ❤️❤️❤️for the ❤️❤️❤️next part❤️❤️❤️
❤️❤️Love❤️❤️❤️ u ❤️❤️❤️sooo❤️❤️❤️ much❤️❤️❤️❤️
❤️❤️Stay❤️❤️ ❤️❤️❤️safe ???????
Thank u soo much Ril dear.. v ufaavejje mi bai ves kamudhiyaeema.. Next part ves dhe dhuvahehge therey up kohladheveythoa balaanan..lym dear.. u too stay safe?❤
Woaaaahhh?????????????????????????????????????????ماشاءالله???????????? Mi part ves hama varah loabi?????????????????? Aivin aa Zoya aa maa gulhey Zafar gandah vure?????????? Aivin akee basahaa kujjekey dho wonder???? Zoya ah adhi neyngeniyyey☺️☺️☺️☺️☺️☺️☺️☺️☺️☺️
Thank u soo much sher dear.. v ufaavejje mi bai ves dear ah kamudhiyaeema.. hehe.. wonder ah ves aslu maa gulhey zoayaa and Aivin.. ya..it seems he has some good qualities dhw.. zoaya ah mihaaru konmeves varakah ingeynethaa mamma hospital ah gen gos dhineema dhw.. stay safe dear?❤
Dear readers..as always ur feedbacks r really important for me.. without them i won’t be here writing stories.. soo pls let me know my mistakes so that i can correct them n improve my writing.. Any type of feedback is welcomed and i would sincerely accept it.. enjoy reading and have b safe all?❤❤
❤️Maasha allah V reethi mi part ves
Curiously waiting for nxt part dear
Stay safe
Thank u soo much Lam.. mi part ves kamudhiyaeema v ufaavejje.. next part avahah submit kohleveythoa mibalany.. u too stay safe dear ?❤
Kobaa my guess was correct
eii zoya ge mamma
vvv reethi vaahaka
whn next
dhen in part ves varah avahah up kolladhehchey
thank you wonder thikuraa masakkathah
quarantine ga sikundi hama jassaalumah v faseyhavey vaahaka kiyaaleema
Yess sama.. v molhu ingey..wonder heeves nukoh huhta baeh readers guess kohlaifi rangalhah. V ufaavejje dear ah mi bai ves kamudhiyaeema. Yes next part liyamun midhany mihaaruves.. avahah submit kohleveythoa mibalany.. ur wc dear.. thidhey support ah ves v bodah shukurihya.. stay safe?❤
Wow mi part ves varah reethi keep it up sis
Waiting for the next
❤️❤️❤️Ly
Stay safe
Thank u soo much flower.. v ufaavejje mi bai ves kamudhiyaeema.. next part avahah submit kohleveythoa mibalany.. lym dear ?❤
Wonder its wonderful…. Vvv nice Mi part ves… Zoya n aivin… Varah Salhi hehe… I’m curiously waiting for next part……
Hehe..thank u soo much Black pink.. v ufaavejje mi baives kamudhiyaeema.. next part v avahah submit kohleveythoa mi masahkaih kurany.. stay safe dear?❤
Varah Varah Varah reethi ❤️❤️❤️❤️❤️❤️❤️ maa sha Allah ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Curiously waiting waiting for the next part ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Love you wonder ❤️❤️ take care ❤️❤️❤️❤️
❤️❤️❤️Stay home and stay safe ❤️❤️❤️
Mi koe muskulhi vyma hadhan nethunee ingey.. ??
Ehnthr v