Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 6

BONDAY Level 210 Stories
May 7, 2015 4 Mins Read
20 Comments

ފާހާނަޔަށް ވަދެ ފެންވަރާލައިގެން ނިކުތް ތަނުން ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. ސާލީ ކަމަށް ހީކޮއް ފާޒިން ފުރަތަމަ ހުރީ ދޮރު ނުހުޅުވާށެވެ. ނަމަވެސް ވަދީފާގެ އަޑު އިވުމުން ފާޒިން ގޮސް ދޮރު ހުޅުވާލިއެވެ. އޭރު ވަދީފާގެ ފުރަގަހުގައި ސާލީވެސް މަޑުކޮއްލައިގެން ހުއްޓެވެ.

” ދަރިފުޅާ އާދޭ ކާން…! ” ވަދީފާ ފާޒިންއަށް ހިނިތުންވުމެއް ހަދިޔާ ކުރަމުން ހިނގައިގަތީ ފާޒިންމެނަށް ވަގުތު ދިނުމުގެ ބޭނުމުގައެވެ.

” ފާޒިން ހިނގާބަލަ ދުއްވާލަން ދާން.. ވަރަށް ފޫހިވާތީ މިއުޅެނީ… ފައިވެސް ވަނީ އޭނަގެ ކުލާސް ކުއްޖެއްގެ ގެއަށް ގޮސް…! ” ވަދީފާ ދިއުމާއެކު ސާލީ އައިސް ފާޒިންގެ އަތުގައި ހިފަމުން ބުނެލިއެވެ. ފާޒިން ކިތަންމެ ފޫހިވިނަމަވެސް އޭނަޔަށް އެކަމާ ދެކޮޅު ހަދާކަށް ނުކެރުނެވެ. އެހެންވެ ރީތިވެލައިގެން ސައިކަލު ތަޅުދަނޑި ހިފައިގެން ނިކުތެވެ. ބޮޑުތަކުރުފާނު މަގުން ސައިކަލު ދުއްވާފައި ދިޔައިރު ސާލީގެ ފަންކޮއްފައިވާ ދިގު އިސްތަށިގަނޑު ވަނީ އޭގެ ފުރިހަމަ މިނިވަންކަމުގައި ވިހުރެން ދޫކޮއްލާފައެވެ. މަގުމަތިންދިޔަ ކޮންމެ ފިރިހެނެއްގެ ލޯވެސް އަމާޒުވެފައި ވަނީ ސައިކަލު ފަހަތުގައި  އިން ސާލީއަށެވެ. އެދެމީހުން އެކުގައި ފެންނައިރު ވަރަށްވެސް ފުރިހަމައެވެ. ފަހަތުގައި ސާލީ އިންއިރު އޭނާ އިނީ ފާޒިންގެ ގައިގައި ޖެހިފިތިގެންނެވެ. ދެތިން ފަހަރަކު ތަންކޮޅެއް ދުރުގައި އިނުމަށް ފާޒިން ބުނެލީވެސް ހިތްހަމަ ނުޖެހިފައި ހުރެއެވެ. ނަމަވެސް ސާލީ އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ބައެއް ފަހަރު ފާޒިންގެ ކޮނޑުގައި ދަތްދޮޅި އަޅުވާލައިގެންވެސް އިނދެފާނެވެ.

މާލެވަށައި ދުއްވާލުމަށްފަހު އޮފީހަށް ދާންޖެހޭ ކަމަށްބުނެ ސާލީ ގެއަށް ލާފައި ފާޒިން ދިޔައީ ބޯހަމަ ޖައްސާލަން ސިރާޖާއެކު ކޮފީއަކަށެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު އޮފީހަށް ދާމީހާ ގެއަށް އަންނަނީ ހާވީރުއެވެ. އައިސް ފެންވަރާލައިގެން އަނެއްކާވެސް ގެއިން ނިކުންނަނީ ކޮންމެވެސް މީހަކާއި ބައްދަލުކުރަން ކަމަށް ބުނެއެވެ. މީހާގެ މޫނުމަތީގައި އެއްވެސް ހިނިތުންވުމެއް ފެންނަން ނުހުންނަނީ ވެފައި ހުންނަ ފޫއްސެއްގެ ބޮޑުކަމުންނެވެ. މިކަން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ވަދީފާއަށެވެ. ވަދީފާއަށް އެކަމުގެ ސިއްރު އެނގުނު ނަމަވެސް އާމިރުއާއި ދެބަސް ނުވާން ވެގެން އެއްޗެކޭ ނުބުނެ ހުންނަނީއެވެ. ފާޒިންއަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސްފިކަން މައިޝާއަށްވެސް ވަނީ ފާހަގަ ކުރެވިފައެވެ. އެމޫނުމަތިން ފެންނަން ހުންނަ އަސަރުން އެންމެ ބޮޑަށް ތަދުވަނީ މައިޝާގެ ހިތަށެވެ. ވެގެން އުޅޭގޮތެއް އަހާލަން ކިތަންމެ ބޭނުންވި ނަމަވެސް އެހިތްވަރު މައިޝާއަށް ނުލިބުމުން ނޭހިފައި އޮތީއެވެ.

ފައިލެއް ބަލަންއިން ފާޒިން އިސްއުލާ ބަލާލީ ކެބިންގެ ދޮރުގައި މީހަކު ޓަކި ޖަހާލިއަޑަށެވެ. އޭރު މައިޝާ ދޮރުކައިރީގައި މަޑުކޮއްލައިގެން ހުއްޓެވެ. ފާޒިންގެ ހުއްދަ ލިބުމުން މައިޝާ އެތެރެއަށް ވަދެ އޭނަގެ އަތުގައި ހުރި ފައިލްތައް ފާޒިންގެ މޭޒުމަތީގައި ބަހައްޓާލިއެވެ.

” ވާހަކައެއް އަހައިލަންތަ…؟ ” ފާޒިން ބަލައިލުމުން މައިޝާ ބުނެލީ ހިސާބަކަށް ޖެހިލުންވެ ހުރެއެވެ.

” އަހާބަލަ….! އެކަމް ތިހިރަ ގޮނޑީގައި އިށީންދެފަ ނޫނީ އިތުރަށް އެއްވެސް އެއްޗެއް ބުނެގެން ނުވާނެ…! ” ފާޒިން ބަލަންއިން ފައިލް ލައްޕާލަމުން ބުނެލީ މަޖާމޫޑެއްގައި އިނދެއެވެ.

” ފާޒިން ބަލިވެގެންތަ ތިއުޅެނީ… ނޫނީ ކަމަކާ ހިތްހަމަ ނުޖެހިފަތަ ތިހިރީ…؟ ” ގޮނޑީގައި އިށީންނަމުން މައިޝާ ބުނެލިއެވެ.

“ބައްޔެއްވެސް ނޫން….! އަނެއްހެން ކަމަކާ ހިތްހަމަ ނުޖެހިފައެއްވެސް ނޫން…! ކީއްވެ ތިހެން ތިއެހީ..؟ ” ފަނޑު ހިނިތުންވުމަކާއެކު ފާޒިން ބުނެލިއެވެ. ފާޒިންގެ ފަރާތުން މާއެދެވޭ ޖަވާބެއް ނުލިބުމުން މައިޝާވެސް ދެފަރާތަކަށް ބޯހޫރާލަމުން އެއްޗެއް ނުބުނެ އިސްޖަހާލައިގެން އިނީއެވެ.

” ކޮބާ މާދަން ސެލަރީ ލިބުނީމަ ޓުރީޓް ދޭން ޖެހޭނެ…! ” މައިޝާއާއި ކޮންމެވެސް ވާހަކައެއް ދެއްކުމުގެ ބޭނުމުގައި ފާޒިންބުނެލިއެވެ. ނަމަވެސް މައިޝާގެ ހަރަދުގައި ޓުރީޓް ދޭންޖެހޭ ވާހަކަ ބުނެވުމުން ފާޒިންގެ މޫޑު ހިސާބަކަށް ގޯސްވިއެވެ. ނަމަވެސް އެވަގުތު ހިތަށް ވެރިވެގެން ދިޔަ މޮޅު ހިޔާލަކުން ފާޒިންއަށް ހިނިތުންވެލެވުނީ ބޭއިހްތިޔާރުގައެވެ.

” އަހަރެންނާއި އެކު ކާންދާނެ ވަގުތެއް ފާޒިންއަށް ވާނެތަ…؟ ” މައިޝާ ބޭނުންވީ ޔަގީންކުރާށެވެ.

” ތިދެން އަހާކަހަލަ ސުވާލެއްވެސް ނޫނެއްނު… މައިޝާއާއި އެކު ދާނެ ވަގުތެއް ނުވެއްޖިއްޔާ އިތުރު ކަމެއް ކުރާނެ ވަގުތެއް ހިޔެއްނުވޭ އަހަންނަކަށް ލިބޭނެ ހެނެއް… އެހެންވީމަ މާދަންރޭ ނުވައެއް ޖަހާއިރު ދާނަން ބަލާ…! ކަމަނާ ފުރީކޮއް ހުރިއްޔާ ރެޑީވެގެން ހުރޭ… ” ފާޒިން ބުނެލިއެވެ. ފާޒިން ކަމަނާއޭ ބުނުމުން މައިޝާ ހިސާބަކަށް ލަދުވެސް ގަތެވެ. މީގެ ކުރިން އެކަހަލަ ނަމަކުން ނުކިޔާތާގައި އެކަހަލަ ނަކަމުން ބުނެވުމުން ފާޒިންއަށްވެސް އެހެންކަހަލަ އިހުސާސެއް އެވަގުތު ކުރެވުނެވެ. ފާޒިން ދާނެކަން އެނގުމުން މައިޝާގެ ހިތް އުފަލުން ފޮޅުނު ކަހަލައެވެ. ދެމީހުން ދައްކާލަން ތިބެފައި ފާޒިން ދާންޖެހިގެން މައިޝާވެސް މަސައްކަތަށް އެނބުރި ދިޔައީއެވެ.

” ކޮންއިރަކު ފުރަން ހަމަޖެހިފައި އޮތީ…؟ ” ގެއިން ނިކުންނަން ދިޔަ އާމިރުއާއި މުހާތަބުކޮއް ފަރީޝާ ބުނެލީ އަތުގައި އަޅާފައި އޮތް ގަޑިއަށް ބަލާލަމުންނެވެ.

” ދޭއްޖަހާއިރު ޗެކިންފެށެނީ…! ކޮބާތަ ޒާހިރު.. މިއަދު ނުވެސްފެނި އެއުޅެނީ… ” ޒާހިރު ފެންނަން ނެތުމުން އާމިރު ފަރީޝާ ކައިރީގައި އަހައިލިއެވެ. ޒާހިރުވީ ބޭރައްގޮސްކަމަށް ބުނެފައި ފަރީޝާ ގޮސް ކޮޓަރިއަށް ވަނީ ދޭއްޖަހަން ވާއިރަށް އާމިރު ބަލާއަންނާނެ ވާހަކަ ބުނުމުންނެވެ. އޭރު ވަދީފާ އާއި ސިފާ ކާންހެދުމުގައި އަވެދިނެތި އުޅުއެވެ. ކާން ހަދާ ނިންމާލާފައި ވަދީފާ ކާން ގޮވުމަށްޓަކައި ގޮސް ފަރީޝާމެންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލަން ނެގި އަތް ހުއްޓުނީ އެތެރެއިން ސާލީ ބުނި ޖުމުލަ އަޑުއިވިފައެވެ. އެއާއެކު ފަރީޝާގެ ހުނުމުގެ އަޑުވެސް އިވިގެން ދިޔައެވެ. ސަލީމެން އެތެރޭގައި ތިބިގެން ދެއްކި ވާހަކަތައް އަޑުއިވިފައި ވަދީފާއަށް މުއްކަވާލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި މޫނުމައްޗައް ހިނިތުންވުމެއް ވެރިކުރަމުން އެކޮޓަރީގެ ދޮރުހުޅުވާލިއެވެ.

” ކިހިނެއްވީ…؟ އާދޭ ކާން…! ” ފަރީޝާއާއި ސާލީގެ މޫނުމަތިން ހާސްކަން ފެންނަން ހުރުމުން ވަދީފާ ދޮރުމަތީގައި ހުރެ އެހެން ބުނެލުމަށްފަހު ދިޔައީއެވެ. ވަދީފާ ދިއުމުން ފަރީޝާއާއި ސާލީއަށް ހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ. އެވަގުތު ސާލީ ފަރީޝާ ކައިރީގައި ކޮންމެވެސް އެއްޗެކޭ ސިއްރު ސިއްރުން ބުނެލިއެވެ.

ޖެހިގެން އައި ދުވަސްވީ މައިޝާއަށް ވަރަށް ދިގު ދުވަހަކަށެވެ. ފާޒިން އާއެކު އަލަށް ބޭރަށް ދާން އުޅޭތީ މައިޝާއަށް ދިޔައީ އާދަޔާ ހިލާފް އުފާވެރިކަމެއް އިހްސާސް ކުރެވެމުންނެވެ. އޮފީސް ނިންމާލާފައި ގެއަށް ދިޔައިރު އެއްފަހަރުވެސް ފާޒިންއާއި ބައްދަލުނުވިތާގައި ފާޒިން ފެނިވެސް ނުލައެވެ. އެރޭ ފާޒިންއަށް ދެވޭނެތޯ ބަލާލުމަށްޓަކައި މައިޝާއަށް ފާޒިންގެ ނަންބަރ ފޯނުގައި ޖެހުނީ ކިތައް ފަހަރުކަމެއްވެސް ނޭގެއެވެ. ނަމަވެސް އެކޯލް ޑައިލް ކޮއްލާނެހާ ހިތްވަރެއް މައިޝާއަކަށް ނުލިބުނެވެ. ދެހިޔާލެއްގައި ހުރެވެސް ނުވައެއް ޖަހަންވާއިރަށް މައިޝާ ތައްޔާރު ވެލީ ހިތާހިތުން ފާޒިން ނާންނާނެ ކަމަށް ބުނަމުންނެވެ. ފާޒިން މައިޝާމެންގެ ކައިރިއަށް އައިސް މައިޝާއަށް ގުޅީވެސް ފޯނުގައި ސޭވް ކޮއްފައި އިން ފާޒިންގެ ނަންބަރަށް މައިޝާ ބަލަހައްޓައިގެން އިންދައެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން އަވަސް އަވަހަށް ފޯނުނަގާ ކަންފަތުގައި ޖައްސާލަމުން ހަލޯއޭ ބުނެލިއެވެ.

” ކޮބާ…! މިއޮތީ ތިގޭ ދޮރުމަތީގައި…! ” ފާޒިންގެ އިންތިޒާރުގައި ކޮޓަރީގައި އިން މައިޝާ އަވަހަށްގޮސް މުނީރާ ކައިރީގައި ބުނެފައި ބޭރަށް ނިކުތެވެ. މައިޝާ ނިކުތްއިރު ފާޒިން ފެންނަން ނެތުމުން މައިޝާގެ ހިތުގައި އެތަކެއް ޝަކުވާއެއް އުފެދިގެން ދިޔައެވެ. އޭރު ތަންކޮޅެއް ދުރުގައި ފާޒިން ކާރުގައި މަޑުކޮއްލައިގެން މައިޝާ ހަދާގޮތެއް ބަލަންއިނެވެ.

” ކޮބާ…؟ އަދިވެސް ނުނިކުންނަނީތަ….؟ ” މައިޝާ ގުޅުމުން ފޯނު ނެގިގޮތަށް ފާޒިން އަހައިލިއެވެ.

“އަހަރެން މިހިރީ ދޮރުމަތީގައި…. އެކަމު ފާޒިންއެއް ނާންނަމެއްނު…! ކީއްވެ ދޮގު ހެދީ…؟ ” މައިޝާ ހުރީ ދެރަވެފައިކަން އޭނަގެ އަޑުން ފާޒިންއަށް އެނގުނެވެ. އެހެންވެ އަވަހަށް ފޯނު ކަނޑާލާފައި މައިޝާގެ ކައިރިއަށް ގޮސް ކާރު މަޑުކޮއްލިއެވެ. ފާޒިން ކާރުގެ ބިއްލޫރި ތިރިކޮއްލައިފައި ކާރަށް އެރުމަށް އެދުނެވެ.

” ދެން ތިހެން ނުހުރެ އަރާބަލަ…! ” ފާޒިން ކާރުގެލޯގަނޑުން ފަހަތް ބަލާލީ ފަހަތުން ކާރެއް އައިސް މަޑުކޮއްލުމުންނެވެ.

” މީކާކުގެ ކާރެއް….؟ ” މައިޝާ ކާރަށް އަރާ އިށީންނަމުން ކާރުތެރެއަށް ނަޒަރެއް ހިންގައިލަމުން ބުނެލިއެވެ.

” ކިހިނެއްވީ…؟  ހަޑީތަ…؟  ” މައިޝާއަށް ބަލާލަމުން ފާޒިން ބުނެލިއެވެ.

” ނޫން…! މީފާޒިންގެ ކާރެއްތަ…؟ ކުޑީވެސް އުޅޭނެ ވަރަށް މިކާރު ރީތިވެގެން… ” މައިޝާ ފާޒިންއަށް ބަލައިލަމުން ބުނެލީ ހިނިތުންވެފައި އިނދެއެވެ.

” ކޮންތަނަކަށް ދަނީ…؟  ” މައިޝާ ފާޒިންއާއި ދިމާލަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ.

” މައިޝާއަށް އެނގޭނީ….! އަހަރެން ބޭނުން ތަނަކަށްތަ ދާންވީ…! ” ކާރުތެރޭގައި ޖަހާފައިހުރި ލަވަ ބަދަލްކޮއްލަމުން ފާޒިން ބުނެލީ މައިޝާއަށް ބަލަހައްޓައިގެން އިނދެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

ފަނާ 10

Next

ސާޔާ (10 ވަނަ ބައި)

Next
May 8, 2015

ސާޔާ (10 ވަނަ ބައި)

Previews
May 7, 2015

ފަނާ 10

20 Comments!

  1. aishyn says:
    May 7, 2015 at 10:25 pm

    maa kuru bt stry v nice dhen prt dhigu kohlahchey

  2. nanna says:
    May 7, 2015 at 10:27 pm

    Haadha kurey.. thankolheh dhigu koh genesdheebala.. story varah nice.. keep it uP

  3. ina says:
    May 7, 2015 at 10:55 pm

    Keevetha alhe maa kurukoh up kirani..dheravey varah..vvv kiyaa hibba story eh mee….please dhe anna part dhigu kollachchey….lovr ur atories…ina emme furathamaves nukiya comment mi kuri….aslu excite vefa huri bodu kamun…:-)))

  4. butterfly says:
    May 7, 2015 at 11:18 pm

    Mi part ves v nice next part dhigukohldhehchey

  5. yashal says:
    May 7, 2015 at 11:25 pm

    This part os also nice, but nothing intrestin happend in here, but i enjoyed it.. i think its too short, hope next part would me much longer tgan this, n intreating.. u can do it.. u, hard work is tge key of the succes,

  6. raash says:
    May 7, 2015 at 11:27 pm

    Haadha kurey,
    Ekm salhi dhn..
    Ekm eha enjoyable eh nun yashal bunihen dhww, so anna part ga thankolheh dhigukoh n intrestin vaanehen genesdhehchey

  7. Myschic says:
    May 8, 2015 at 12:30 am

    Mee Haadha reethi story ekey waiting for next part v salhi Adhi dhaa goith

  8. angel beauty says:
    May 8, 2015 at 8:05 am

    Mi vaaahaka dhigu kohlaba

  9. nishy says:
    May 8, 2015 at 9:28 am

    Vaahaka reethi …. ekam maaa kureee

  10. saadhy says:
    May 8, 2015 at 9:48 am

    Ana kuru… Thankolheh dhigu kohllaaaaa

  11. xaaxaa says:
    May 8, 2015 at 10:27 am

    Warah reethi. But maa kuru.. Dhigu kohlahchey..

  12. Aiko says:
    May 8, 2015 at 10:34 am

    Mi vaahaka reethi V ma kuruhen heevanee. V salhi

  13. xaaxaa says:
    May 8, 2015 at 10:41 am

    Vvvvvvvvvvv reethi story eh mee dhen next part vvv rytho kph vv dhikoh genes dhehcheyy please I love this story and I enjoy reading this story u can do this iraadha kurehwiyyaa also this is the best and first dhi story that I am reading on this site so best of luckxx from xaaxaa

  14. xaaxaa says:
    May 8, 2015 at 10:45 am

    ¶∆√€°®©°¢€°×€¢×€{π•π√`°`×¶¢€=|×€℅€™™¢°¢°℅€×¢=¢℅€×`=€¥°°°¥°¢=€=|°°=•÷|^÷∆¶{¢°€℅€°¢™¢°®™¢°€°|°°¥°|°¥=€°÷|×¶∆~∆`°°€^¥°€¢®®¢℅©℅™™°€÷|°€°¥°€°==`×|°•°¥°€°`=`=€℅©[¢×¶~∆`∆¶|¶|°¥°~=€°¢℅=~°©℅™™€°|÷™|×¥™|×℅•=℅|°€™€=^|÷© djvehvw dhvehvdhdhdi==€°|^°|° job°•÷•℅¥°°¥°¥=[¥=©=¥=¥==¥==¢=|¶~=€=•=¥=¥=€=•=ו®==¥=¥℅℅¥=¥===€==®=€=€{£=`=¢^¥¥¥|°¥°=€=¥℅¢=¢°`°€×°°√¶∆¶∆©℅€℅®°©°°£÷®€°{=¶•==

  15. Aaliya says:
    May 8, 2015 at 11:59 am

    Nice.. Too short

  16. some one says:
    May 8, 2015 at 12:34 pm

    Hehe i think a rwader in this site has a problem in their keyboar,, so may i lend u some.. haehehe

  17. alex says:
    May 8, 2015 at 5:46 pm

    Dhigukoh nuliye wenya nuliye hureyyy. Kiaaa hiyy wes kendeyyy

  18. Julie says:
    May 9, 2015 at 11:48 am

    Vrhaka vrh reethi
    keep it up 😀

  19. xulex says:
    May 9, 2015 at 1:25 pm

    Idiot writers here

  20. july says:
    May 9, 2015 at 6:33 pm

    wow…its nice

Comments are closed.

Next Episodeހިތަކުން ނުފިލާނެ 7←


All Right Reserved!