ލޯބީގެ ހައްގުގައި 4
ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ކަރަމް ބުނި ޖުމްލައިން ބައްޕަގެ ދެލޯ ބޮޑުވިއެވެ.
ބިރެއްފެނިގެން ބައްޕަ ތެޅިގަތެވެ. ބައްޕައަށްވީ ގޮތުން އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.ބައްޕަ ލޮލުން ފައިބައިފައިވާ ކަރުނަތަށް ފޮހެލާ ހަމަޖެހިލިއެވެ. އަދި ކަރަމް ކައިރިން އެދުނީ އަަަވަހަށް ބައްޕަގެ ކޮޓަރިއަށް ގެންގޮސްދިނުމަށެވެ. އަވަސް ހަރަކާތަކާއެކު ކަރަމް ބައްޕަގެ ގޮނޑި ދުއްވަމުން އަހަރެންގެ ކޮޓަރިން ނުކުތެވެ.
ދޮން މަންމަ އެބަ އާދޭ ބުނެގެން ބައްޕަ އެހާ ވަރަށް ބިރުގަންނަންވީ ސަބަބެއް އަހަރެންނަކަށް ނުވިސްނުނެވެ.އަދި ބައްޕަ އަހަރެން ނިކަމެތި ވެދާނެތީ އޭ ދޮންމަންމަ ދޫނުކޮއްލަން މިހުރީ އެހެން ބުނީ ކީއްވެކަންވެސް އަހަރެންނަކަށް ނުވިސްނުނެެވެ. ބައްޕަ ބުނިހެން އަހަރެންނަށް އެއްވެސް ކަމެއް ނުވިސްނެނީ ބާއޭ ހިތަށް އަރަމުންދިޔައެވެ. ކުއްލިއަކަށް ކަރަމްގެ ނަން އަހަރެންގެ ސިކުނޑީގައި އެނބުރެން ފެށިއެވެ. ބައްޕައާއި ދޮންމަންމަގެ ކޮންމެސް ކަމެއް ކަރަމްއަށް އެނގިގެންނޭ ކަރަމް އެހެން ބުނީ އަހަރެންގެ ހިތް ބުނަންފެށިއެވެ. އަހަރެންވެސް ބައްޕަގެ ވާހަކަތަކުން ލޮލުން ފޭބި ކަރުނަތަށް ފޮހެލީ ކަރަމް މެދުވެރިކޮށް މި ވަމުންދާ ގޮތް ހޯދާ ބަލާ ބައްޕަ އެ އަނދަވަޅުން ސަލާމަތް ކުރާނެކަމަށް އަމިއްލަ ނަފްސަށް ވަޢުދުވަމުންނެވެ.
މޯޅިއަކަށް ދެމިލުމަށްފަހު އަހަރެން ތެދުވީމެެވެ. ރޭގަ ރަނގަޅަށް ނުނިދުމުގެ ސަބަބުން އަދިވެސް ނިދާލަން ހިތް އެދެމުންދިޔައެވެ. އެހެންނަމަވެސް ކުރަން ހުރި ކަންތަށް ހަނދާންވުމާއެކު ވަރަށް އަތްމަތި އަވަސްކޮއްލީމެެވެ.
އަހަރެން ކޮޓަރިން ނިކުމެގެން ކައި ބަޔަށް ދިޔައިރު ދޮންމަންމަ ސައިބޮއެގެން ގޮނޑިން ތެދުވަނީއެވެ. އަހަރެން ފެނުމުން ތުން އަނބުރާލުމަށްފަހު ދިޔައެވެ. އަހަރެން ފުން ނޭވާއެއް ލުމަށްފަހު ގޮނޑީގައި އިށީނީމެވެ.އަހަރެން އިށީނުމުން ކަރަމް ޖޯޑަށް ސައި އަޅަންފެށިއެވެ. އަހަރެން ވަރަށް ފަރުވާތެރި ކަމާއެކު ކަރަމްގެ މޫނަށް ބަލާލީމެެވެ. އަދި ބުނީމެެވެ.
“ކަރަމް ކީއްވެ ރޭގަ އެހާ ހާސްވެފަ ދޮންމަންމަ އައި ވާހަކަ ބައްޕަ ކައިރީ ބުނީ؟ އަހަރެންގެ ސުވާލުން ކަރަމް ހާސްވިތަން އަހަރެންނަށް ފެނުނެެވެ. ކަރަމް އެއްވެސް އެއްޗެކޭ ނުބުނެ ދެ އަތް މޮޑެލަ މޮޑެލާ ހުއްޓެވެ.
” ކަރަމް، ޕްލީޒް، އަހަރެން ކައިރީ ބުނެބަލަ، އަހަރެން އެއްވެސް ކަމެއް އެނގުނުކަން ނާންގާނަމޭ” އަހަރެން ކަރަމްގެ އަތުގައި ހިފާލަމުން ބުނެލީމެވެ.
“މެ މެޑަމް…” ކަރަމް އެހިސާބަށް ހުއްޓިފަ ބޭބޭ ކިޔާފައި ގޮވާލިއެވެ. އަހަރެން އެނބުރުނު އިރު ބައްޕަ އަމިއްލަޔަށް ގޮނޑި ދުއްވަމުން އަންނަނީއެވެ.
“ދަރިފުޅުވެސް އެބައިން ދޯ؟” އަހަރެން ފެނުމާއެކު ބައްޕަ ހިނިތުންވެލަމުން ބުނެލިއެވެ. އަހަރެންވެސް ހިނިތުންވެލީމެވެ.
ކަރަމް ބައްޕައަށް ސައި ހަދައިދިނުމަށްފަހު އެތަނުން ދިޔައެވެ.އަހަރެން މާޔޫސްވީ ކަރަމް އެ ބުނަން އުޅުނު ޖުމްލަ ނުބުނެވެނީސް ބައްޕަ އައުމުންނެެވެ.އަހަރެން މާޔޫސްވެފައިވާ މޫނު ބައްޕަ ދެނެގަތެވެ. އެކަން ބައްޕަ ކުރި ސުވާލުންވެސް އެނގުނެވެ.
” ދަރިފުޅު ކޮންކަމަކާ މާޔޫސްވެފަ” ބައްޕަ ވަރަށް ފަރުވާތެރި ކަމާއެކު އަހަރެންގެ މޫނަށް ބަލާލަމުން އަހާލިއެވެ
” އަހަރެން ރޭގަ ވީ ކަންތަށް ބައްޕައަށް ކިޔައިދިނީމެެވެ. އެކަމަކު އެ ޒުވާނާ ފެނުމުން އަހަރެންނަށް ކުރެވުނު އިހްސާސާ، ދެމީހުންގެ ދެމެދުގައި ދެކެވުނު ވާހަކަ ސިއްރުކުރީމެވެ. އަހަރެންގެ ވާހަަކަ ނިމުމުން ބައްޕަ ދެފަރާތަށް ބޯ ހޫރުވާލިއެވެ. އޭރު ބައްޕަގެ ދެލޯ ވަނީ ފެންކަޅިވެފައެވެ.
“އެކަމަކުވާ ދަރިފުޅާ،ބަލައިގެން އުޅެބަލަ، ދަރިފުޅަށް ކަމެއްވި ނަމަ ބައްޕަ ކިހިނެއް ހަދާނީ، ދަރިފުޅު މަންމަވެސް………….” ބައްޕަ އެހިސާބަށް ބުނުމަށްފަހު ވާހަަކަ މެދު ކަނޑާލިއެވެ. އަހަރެން ބައްޕަގެ މޫނަށް ބަލާލީމެވެ.
” އެހެންވީމަ ތި ވީ ގޮތުން އެކުއްޖާއަށް ފޯނެއް ހޯދަ ދޭން ޖެހޭނެ، އަދި ދަރިފުޅަށްވެސް، ދަރިފުޅުގެ ކޭޝް ކާޑު ބައްޕަ ދޭނަން، އެ ހިފައިގެން ގޮސް ގަނެލާ، ރަނގަޅު ފެންވަރުގެ ފޯނެއް އެކުއްޖާއަށް ގަތްދޭތި،އެ ކުއްޖާ ސަލާމަތް އެ ކޮއްދިނީ މި ބައްޕަގެ ހަމައެކަނި ފުރާނަ”ބައްޕަ ވާހަަކަ ދައްކަމުން ދިޔައިރު އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ އިނީމެެވެ. ބައްޕަގެ އަޑުން ބައްޕަ ދެރަވެފަ ހުރިކަން އެނގުނެވެ.އަނެއްކޮޅުން ކަރަމް އާ ކުރި ސުވާލު ބައްޕައަށް ނޭނގުންކަން އެއީ އަހަރެންގެ ނަސީބެވެ. ބައްޕައަށް އަހަރެންގެ މާޔޫސްވެފައިވާ މޫނު ފާހަގަ ވުމުން އަހަރެންނަށް މަޖުބޫރުވީ ކޮންމެސް ވާހަކައެއް ބުނާށެވެ.އެހެންކަމުން ރޭގެ ވާހަކަ ކިޔައިދިނީއެވެ.
އިރުކޮޅަކު އިނުމަށްފަހު ބައްޕަ އަނެއްކާވެސް ވާހަަކަ ދެއްކިއެވެ. “ދަރިފުޅުގެ ކޭޝް ކާޑް ދެން ދަރިފުޅުގެ އަތުގަ ބާއްވާ،ދަރިފުޅު ކޮންމެ ތާކަށް ދިޔަޔަސް ދެން ދާންވާނީ ޑްރައިވަރާއެކު، ކޮލެޖް ނިމިގެން ބަލާ ދާންވީމަ ކަރަމްގެ ފޯނަށް ގުޅާ، އޭރުން ދަރިފުޅު ބަލާދާނެ” ބައްޕަ މިހެންބުނެ ސައިވެސް ނުބޮއެ ގޮނޑި އަބުރާލުމަށްފަހު ދުއްވަމުން ދިޔައެވެ.
ވަގުތުތަށް ފާއިތުވަމުންގޮސް ހަވީރުވުމުން އަހަރެން ޑްރައިވަރާއެކު ފޯނު ވިއްކާ ފިހާރައަކަށް ގޮސް އެންމެ ފަހުގެ މޮޅު ފޯނެއް އެ ޒުވާނާއަށް ގަތީމެވެ. އަދި އަހަރެންވެސް ފޯނެއް ގަތީމެވެ. އެ ޒުވާނާ އެއީ ކޮންތާކު އުޅޭ ކާކުކަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ. އެންމެ ކުޑަމިނުން ކިޔާ ނަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ. ދިމާވާނީ ކޮންތާކުންކަންވެސް އަހަރެންނަަކަށް ނޭނގެއެވެ.އެހެންނަމަވެސް އަހަރެންގެ ހިތް ބުނަމުންދަނީ ވަރަށް އަވަހަށް ދިމާވާނޭއެވެ. އަހަރެންގެ ލޯ ކެނޑިނޭޅި އިންތިޒާރުކުރަމުންދަނީ އެ ސޫރަ ދެކެލުމަށެވެ. ހިތް އެދި ގޮވަނީ އަދި އެއްފަހަރު އެ ހިމާޔަތުގެ އަތު ތެރޭގައި ވުމަށެވެ.
ކޮލެޖް ގަޑި ޖެހެން ކަައިރި ވުމާއެކު ޑްރައިވަރާއެކު ކޮލެޖަށް އަހަރެން ދިޔައީމެވެ. ދިޔައިރު އަހަރެން ދިޔައީ އެ ޒުވާނާގެ ފޯނުވެސް ހިފައިގެންނެވެ. ބައްދަލުވާނޭ ހިތް ބުނާލެއް ބޮޑުކަމުންނެވެ. ކާރުގަ ދިޔައިރުވެސް އަހަރެން ދިޔައީ ފަރާތް ފަރާތް ހޯދާ ބަލަމުންނެެވެ. އަހަރެންނަށް އުޅެވުނު ގޮތުން ހުދު އަހަރެންވެސް ހައިރާންވިއެވެ. ކްލާސް ނިމި ގެއަށް ދާން ބަލާ އައި އިރުވެސް ޒުވާނާގެ ހަބަރެއް ނުވިއެވެ. އަހަރެން މާޔޫސް ކަމާއެކު ގެއަށް ދިޔައީ މާދަން ރޭ ބައްދަލުވާނެ ކަމަށް އެދި ދުއާ ކުރަމުންނެވެ.
އާ ދުވަހަކަށް އިރު އެރީއެވެ. ރޭގަވެސް އަހަރެން އޮތީ ނުނިދިފައެވެ. ދެލޯ މަރާލާ އިރަށް އެ ޒުވާނާ ފެންނަ ވަރުންނެވެ. އިރު އެރީވެސް އަހަރެން ދެފަރާތަށް އެނދުމަތީ ފުރޮޅި ފުރޮޅި އޮއްވައެވެ. އަހަރެން އިންތިޒާރު ކުރަމުންދިޔައީ ކޮލެޖަށް ދާ ގަޑި ޖެހޭތޯއެވެ. އެއްމިނެޓްވެސް އަހަރެންނަށް ސިފަވަނީ އެއް ގަޑިއިރުގެ ގޮތުގައެވެ.
ވަގުތު ފާއިތުވަމުންގޮސް ކޮލެޖަށް ދާ ގަޑި ޖެހިއްޖެވެ. އަހަރެން ވަރަށް ރަނގަޅަށް ތައްޔާރު ވެލުމަށްފަހު ކާރަށް އެރީމެވެ. އަދި ކޮލެޖް ކައިރި ހުރި ފިހާރަ ކައިރިއަށް މަޑުކުރުމަށް އެދުނީ ފެންފުޅިއެއް ގަތުމަށެވެ. ޑްރައިވަރު ކައިރި ކޮލެޖް ނިމުމުން ގުޅާނެ ކަމަށް ބުނުމުން ޑްރައިވަރު ދިޔައެވެ.
ފެން ފެޅިއެއް ގަނެ ނިކުތްތަނުން މީހެއްގެ ގައިގަ ޖެހިފަ ފެންފުޅި ވެއްޓުނެވެ. ފެންފުޅި ނަަގަން ގުދުވި ތަނުން އެހެން މީހަކުވެސް ފެންފުޅިނަގަން އުޅުނެވެ. ފެންފުޅީގެ ބަދަލުގައި އެމީހާ ހިފީ އަހަރެން އަތުގައެވެ. އަހަރެންނަށް އަވަހަށް ތެދުވެ އެމީހާގެ އަތްފޮޅުވާލުމަށް ވަރަށް މަސައްކަތް ކުރީމެވެ. އެހެންނަމަވެސް އެމީހާ ހިފަހައްޓާފައިވަނީ އެއަށްވުރެން ބާރަށެވެ.
” ހައެ ހައެ، ތިހިރަ ރީތި ކަމެއް، ހެޔޮނުވާނެ މަށާ އިންނަން އުޅޭ، ވަރަށް އުފަލުގަ ގެންގުޅޭނަން” އެހެންބުނެ އަހަރެންގެ އަތް އެމީހާގެ ތުންފަތުގައި ޖައްސަން މަސައްކަތް ކުރިއެވެ. ބަލާލަން ރީތި އެހެނަސް އެއްވެސް އުޅުމެއް ނެތް މީހެއްކަން އެމީހާގެ އެ އަމަލުން އެނގުނެވެ. ބަލާކަށް ނުހުރެ އަހަރެން އަތް ދަމައިގަނެ އަތުގަ ހުރި ބާރެއްލާ އެމީހާގެ ކަންކަށިމަތީ ޖެހީމެވެ. ޖެހުނުލެއް ބާރުކަމުން އެމީހާ އެއްފަރާތަށް ވެއްޓުނެވެ.
” ދުވަހަކުވެސް ކަލެއަކާ ނީންނާނަން، ފުރަތަމަ ތިމާގެ އުޅުން އިސްލާހުކޮއްބަލަ” މިހެންބުނެ އަހަރެން ބަލާކަށް ނުހުރެ ދުއްވައިގަތީމެވެ.
“ހަނދާން ކުރާތި، މީގެ ބަދަލު ދޭނަން، އަހަރެންގެ މީހަަކަށް ހަދާފަ ނޫނީ ހަމަ ނޭވާ ނުލާނަން” އަހަރެން ކޮލެޖަށް ވަތް އިރުވެސް އަޑުގެ ނެތްތަނަށް އެމީހާ އެހެން ގޮވަމުންދިޔައެވެ. އަހަރެން އަޅާވެސްނުލާ ގޮސް ކޮލެޖަށް ވަނީމެވެ.އެހެންނަމަވެސް ހިސާބަަކަށް އަހަރެން ހުރީ ބިރުގަތްފައެވެ. ދެން އުޅެންވާނީ ވަރަށް ވިސްނައިގެންނޭ އަހަރެންގެ ހިތް ބުނަމުންދިޔައެވެ.
ކްލާސްތަށް ފެށިގެން ގޮސް އެންމެ ފަހު ގަޑި ޖެހިއްޖެއެވެ.ދެން އޮތީ އަހަރެން އެންމެ ފޫހިވާ ގަޑިއެވެ. ހިސާބު ގަޑިއެވެ. ހިސާބު ޓީޗަރު ދެެކެވެސް އަހަރެން އެހާ ފޫހިވެއެވެ.މިރޭ އެމީހާއާ ދިމާވުމުން އަހަރެންގެ މޫޑްވަނީ އެއްކޮއް ގެއްލިފައެވެ.އެހެންވެ ފޫހިވިލެއް ބޮޑުކަމުން އަހަރެން މޭޒުގައި ބޯ އަޅާލީމެވެ. އިރުކޮޅެއްނުވެ ޖެހިިގެން އިން ކުއްޖާ ކޮއްޓާލުމުން އަހަރެން ބޯ ހިއްލާލާ ކިހިނެއްވީހޭ އަހާލީމެެވެ.
” އޭ،ނިދަނީތަ، ހާދަ ލަހޭ ސަރ އަންނަލެއް، އެހެންޏާ ގަޑި ޖެހޭއިރު ހުންނާނީ ވަންނަން ރެޑީވެފަ” ނިޝާ އެހެން ބުނެލުމުން އަހަރެން ގަޑި ބަލާލީމެވެ. ގަޑި ޖެހިގެން އިތުރަށް ވިހި މިނެޓްވެސް ހިނގައިފިއެވެ. ނިޝާ ކުއްޖަކަށް ގޮވާލުމަށްފަހު ސަރ ކޮބާތޯ ބަލާލަ ބަލާށޭ ބުނުމުން ބުރުގާ ރަނގަޅު ކުރަމުން ނުކުތެެވެ. އިރުކޮޅެއްނުވެ ދުވަމުން އައިސް ގޮނޑީގައި އިށީނެެވެ.
” ކޮލެޖް ރެކްޓަރ އެބަ އާދެ” ވަރަށް މަޑުމަޑުން އެކުއްޖާ އެހެން ބުނެލުމުން އެންމެން ވަަރަށް ހިމޭންވިއެވެ. ރެކްޓަރ އައިސް ވަނުމުން ހުރިހާ ކުދިންވެސް އިޚްތިރާމް ކުރުމުގެ ގޮތުން ކޮޅަށް ތެދުވިއެވެ. އަދި ވާހަކަ ދައްކާ ނިމެންދެން ކޮޅަށް ތިބީމެވެ. އެއީ އަހަރެމެން ރެކްޓަރ އަށް އިހުތިރާމް ކުރުމުގެ ގޮތުން ކުރާކަމެކެވެ.
މިއަދު ސަރ މިއައީ ދެތިން ވާހަކައެއް ބުނެލަންވެގެން، އެންމެ ފުރަތަމަ ކަމަކަށް ހިސާބު ސަރ ވަނީ ކުއްލިއަކަށް ރަށަށް ދާން ޖެހިގެން ގޮއްސަ،ދެން ނުވެއް އަންނާނެ” ރެކްޓަރގެ ވާހަކައިން އަހަރެންނަށް ލިބުނީ ބުނަން ނޭނގޭ އުފާވެރިކަމެކެވެ.އެހެން ކުދިންވެސް ތިބީ ވަރަށް އުފާވެފައެވެ.
” އަނެއް ވާހަަކަ އަކީ މިހާރު ވާނީ އިތުރު ލެކްޗަރަރ އެއް ހަމަ ޖައްސާފަ، މިރެއިން ފެށިގެން ދެން އަންނާނެ ލެކްޗަރަރ އަކީ މީ” ރެކްޓަރ އެހެންބުނުމާއެކު ވަތް މީހާ ފެނިފައި އަހަރެންގެ ދެލޯ ބޮޑުވިއެވެ. ކަކުލު ހުޅުން ވާގި ދޫވާހެންވެސް ހީވިއެވެ. ގެންނަންވީ ކޮން ހަރަކާތެއް ކަމެއް އަހަރެންނަަކަށް ނޭނގުނެވެ. އަތްފައި ފިނިވެ އޮށްދާ ހިއްލަން ފެށިއެވެ. ހިތް ތެޅެންފެށީ އިންތިހާއަށެވެ. ލޯ މަތީ އެ ހިނގި ކަންތަށް ސިފަވާންފެށިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.




Salaam.kihineh hurihaa kudhin. Uhmeedhu kuranee hurihaa kudhinge haaluvess ragalhu vaane kamah. Finally 4th part up vehje, enjoy♥️♥️and happy Friday hurihaa kudhin nah vess♥️♥️??
Nice story
Thanx Me♥️♥️
I am fine and i love your story too. Kon irakun next part up kohla dheveynee. Wish u a happy friday too
Thanx Rose. Insha Allah sundayga♥️♥️
I am his… Omg u made us wait soooooo curiously dhw?!??
I think it’ll be that guy that saved her??????
Any ways vvvv salhi ♥️♥️♥️????
I am gud*
Happy Friday any way?
Thank you so much unknown queen♥️♥️?
Wow nice story and keep it up ingey????????????
Masha Allah ???
Curious for the next part ???
Ly ❤❤
Stay safe❤❤
Thanx Ril♥️
Stay safe ?
I am fine Insha Allah … How are you???☺️☺️?? Waiting so curiously for next part …. Mi part vx vrh reethi …. Lysm and tc … Stay safe dear???
I am fine.Thank you so much Eekko_11. Stay safe dear
vrh reethi…??