Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާދީނީލޯބި

ދިރިއުޅުން އަލިކޮށްދިން 4

kudhoo Level 310 Stories100 Comments
September 9, 2020 5 Mins Read
7 Comments

މިފަހަރު އިތުރު ބަހަނާއެއް ނުދައްކާ ހަނާ ސައިބޯން ދިޔައެވެ. ހަނާ އެތައް ފަހަރަކު ދީނާ ދެއްކިވާހަކަތަކާ މެދު ވިސްނިއެވެ. ދީނާ ދެއްކި އެއްވެސް ވާހަކައެއް ދޮގު ކުރެވޭކަށް ނެތެވެ. އޭނައާ އެކީ އެހެން އުޅުނު ކިތަންމެ އަންހެން ކުއްޖެއްވެސް މިހާރު ދިރިއުޅުމެއް ފައްޓައިގެން އުފާވެރި ކަމާއެކު އެބަ އުޅެއެވެ. ” ދެން މިއަދު ޑިއުޓީއަށް ނުދަންތަ؟.” ދީނާ އަހާލިއެވެ. ” އާނ! މިކޮޅަށް އައި މަގުމަތީ ސަލާން ބުނެފިން..” ހަނާ ބުންޏެވެ. ސައިބޮއިގެންވެސް ހަނާ ގެއަށް ދާކަށް ގަސްދެއް ނުކުރެއެވެ. ” އޯކޭތަ ނަސްރު ގެއަށް އަންނަންދެން އަހަރެން މިގޭގައި މަޑުކުރިޔަސް..އޭނަ އަންނަން ވާއިރަށް އަހަރެން ހިނގައިދާނަން..” ހަނާ އަހާލިއެވެ. ” ނަސްރު އަޔަސް ހަނާއަށް މިގޭގައި ހުރެވިދާނެ… ހަނާއަށް އަބަދުވެސް މިއެކުވެރިޔާ މަރުޙަބާ ކިޔާނެ..” ދީނާ ބުންޏެވެ. މެންދުރު ވީއިރުވެސް ޔުއާން އޭނާ ނެތިގެން ގުޅާނުލިތާގަ މެސެޖެއްވެސް ކޮށްނުލިއެވެ. އެކަމާވެސް ހަނާ އިންތިހާއަށް ދެރަވިއެވެ. އޭނާ ޑިއުޓީއަށް ނުދިއުމުންވެސް ޔުއާން ކަންބޮޑުވެސް ނުވީތާއެވެ.

މެންދުރަށް އެޅުނުއިރުވެސް ނާއިލާއަށް ބޯއަނބުރާތީ ބަދިގެއާ ހަމައަށް ވެސް ދެވޭ ވަރެއް ނުވިއެވެ. މަންމަ ސައިބޯން އަންނާށޭ ބުނުމުންވެސް ފަހުން ކަމުގައި ބުނެ ނުގޮސް ހުރީއެވެ. އެންމެ ފަހުން އިތުރަށް ހައިވާތީ ނުހުރެވިގެން ނާއިލާ އެނދުން ތެދުވިއެވެ. ތެދުވުނުތަނާ އޯކަށް ދެމެން ފެށިއެވެ. ފާޚާނާއަށް ވަދެވުނީވެސް ހަމަ ކިރިޔާއެވެ. ހޮޑުލެވުމުންވެސް ހަށިގަނޑަށް ލުޔެއް އިޙުސާސެއް ނުވިއެވެ. ފާޚާނާއިން ނިކުމެގެން ނާއިލާ ސައިބޯން ބަދިގެއަށް ވަންނަން ދިޔައެވެ. ނަމަވެސް މަންމަ މެންދުރައް ކައްކަން އުދައިގެން އުޅޭތީ އެވަހުންވެސް ނާއިލާއަށް އުނދަގޫވާން ފެށިއެވެ. ” މަންމާ ކޯއްޗެއްތަ ތި ކައްކަނީ؟..” ނާއިލާ އަހާލިއެވެ. ” މިއީ ދަރިފުޅަށް އެންމެ މީރު ފްރައިޑް ނޫޑްލްސް.. ދަރިފުޅު ބުނަމެއްނޫންތަ މީގެ ވަސްޖެހުނަސް ދަރިފުޅު ބަނޑު ފުރޭ ވާހަކަ.. އެހެންވެ ދަރިފުޅު ނުކައި އުޅޭތީ މަންމަ މި ތައްޔާރު ކޮށްލަނީ..” މަންމަވެސް އެބުނީ ތެދެކެވެ. އެއީ އަހަރެންނަށް އެންމެ މީރު ވަސްދުވާ ކާއެއްޗެވެ. ނަމަވެސް މިއަދު ދުވާ ވަހުންވެސް ބަދިގެއަށް ވަދެވޭ ވަރެއް ނުވެއެވެ. ނާއިލާ ނުވަންނަން ހުރެފަވެސް ހާއިވެފައި ހުރިވަރުން ވަނެވެ. ކޮފީއެއް ގިރައިލައިގެން އައިސް މޭޒު ދޮށުގައި އިށީދެ ކިރިޔާ ކޮފީތަށި ތުބުގައި ޖެހުނީއެވެ. އޯކަށް ދެމެން ފެށިއެވެ. މިފަހަރުވެސް ކިރޔާ ސިންކު ދޮށަށް ދެވުނީއެވެ. ” ދަރިފުޅާ..ތީ އެހާ ގިނައިރު ވަންދެން ނުކައި ހުރީމަ ވާގޮތޭ.. ދެންވެސް ކޮފީ ނުބޮއި އެއްޗެއް ކެވޭތޯ ބަލަމާ.. މިހުރީ ނޫޑްލްސް ކޮޅު ހެދިފަ..” މާރިޔާ ތައްޓަކަށް ނޫޑްލްސްއަޅާ އުލެއް ޖަހާފައި މޭޒުމަތީގައި ބެހެއްޓިއެވެ. ” މަންމަ މިދަނީ ނަމާދުކުރަން.. އަދި މިހުރީ ނަމާދުނުކޮށް..” މާރިޔާ ނަމާދު ކުރަން ދިޔުމުން ނާއިލާ އެތަށިން އެތިކޮޅެއް ކެވޭތޯ ބެލިއެވެ. ނަމަވެސް އޭގެ ވަހުންވެސް ނާއިލާއަށް އެކެވޭ ގޮތެއް ނުވިއެވެ. ތެދުވެ އައިސްއަލަމާރި ހުޅުވާފައި މެންދުރަށް ގިރާފައި ހުރި ފަނި ޖަގު ނެގިއެވެ. ވަސްބަލާލިއިރު ހުތްއަނބުން ގިރާފައި ހުރި އަނބު ފަނިއެވެ. ތައްޓަކަށް ފަނިއަޅައިގެން ބޯލުމުން އަނގަޔަށް ތަންކޮޅެއް ހެޔޮރަހައަކަށް ވެގެން ދިޔައެވެ. އެފަންޏާއެކު އިށީނދެ އެތިކޮޅެއް ކެވޭތޯ ބެލިއެވެ. މިފަހަރު ކާތަށި ހުސްނުވިނަމަވެސް އެންމެ ހެޔޮކޮށް ކާލެވުނެވެ. ސިންކު މަތީ ތަށި ބެހެއްޓުމަށްފަހު އަނެއްކާވެސް ނާއިލާ ކޮޓަރިއަށްވަނެވެ. ކުރުވަމުން ދިޔަ ވަރުބަލިކަމުގެ އިޙުސާސް ނުކެޑެއެވެ.

ތިނެއް ޖެހުމުން ހަނާގެއަށް ދިއުމަށްޓަކައި ނިކުތެވެ. އޭރުވެސް ސިކުނޑި ތެރޭގައިވަނީ މިއަދު އެތައް ފަހަރެއްގެ މަތިން ދީނާ ދެއްކިވާހަކަ ތަކެވެ. ދީނާގެ ގެއިން ނިކުމެގެން ބޮޑުމަގަށް އަޅާލި ހަނާއަށް ފެނުނު މަންޒަރުން ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވިއެވެ. ” ޔުއާން..” މަޑުމަޑުން ޔުއާންގެ ނަމުން ގޮވައިލެވުނެވެ. އެންމެ ފަހުގެ ފެޝަން ޖިންސަކާ  އަތްކުރު މަތިކޮޅެއް ލައިފައި ހުރި އަންހެން ކުއްޖެއްގެ ބުޑުގައި އަތްއަޅުވައިލައިގެން ފިހާރައަކަށް ވަންނަނީއެވެ. ހަމަޔަގީނުންވެސް އެއީ ޔުއާންގެ ފެމިލީ މީހަކަށް ނުވާނެއެވެ. ޔުއާންއަށް ނުފެންނަހެން ބޭރުގައި ހަނާ މަޑުކޮށްލިއެވެ. ފިހާރައިގެ ދޮރުން ނިކުތް ޔުއާންއަށް ލިބުނީ ސިހުމެކެވެ. ” ޔުއާން.. މީ ކޮންކަމެއްތަ؟..” ހަނާ އަހާލިއެވެ. އޭރުވެސް އެދޮލުން ވޭން ފެންނަން ހުއްޓެވެ. ” ތީ ކާކު؟.. އަހަރެންގެ ވާން އުޅޭ ފިރިމީހާއާ ބެހެން..” ޔުއާންގެ އަތުގެ މުލައްދަނޑީގައި އެލިގެން ހުރެ އެއަންހެން ކުއްޖާ ބުންޏެވެ. ނަމަވެސް އެއަޑު ހަނާއަށް އިވުނު ހެނެއް ހިއެއް ނުވެއެވެ. ” ސާރާ އިހަށް ގޮސް ކާރަށް އަރާ.. މަ އެބަ އަންނަން އިރުކޮޅަކުން..” އިތުރަށް އެތަނުގައި ކަންތައް ބޮޑުކުރަން ނުހުރެ ސާރާ އެތަނުން ދިޔައެވެ. ” މިއީ ހަނާ ބޭނުންވި ގޮތެއް ނޫންތަ.. ހަނާގެ މައިންބަފައިންނަށް އަހަރެން ކަމަކު ނުދާތީ ހަނާ ބޭނުންވަނީ އަބަދު އެ ޝަކުވާތައް އުފުލަން.. މިހާރު ނުޖެހޭނެއެއްނޫންތަ އެޝަކުވާތައް އުފުލާކަށް.. އެއީ ސާރާ އަހަރެންގެ ޖީއެފް.. މީގެ ފަހުން މަށާ ހަނާއާ ދެމެދު އެއްވެސް ގުޅުމެއް ނޯންނާނެ..” ހަނާ އެހުރިތަނަށް ދޫކޮށްލައިފައި ޔުއާން ދިޔައެވެ. ގިސްލެވޭ ހާލު ކުރާނެ ނުކުރާނެ ކަމެއް ހަނާއަކަށް ނުވިސްނުނެވެ. ކުއްލިއަކަށް ހިތައް ވަންނަމުން ދިޔައީ ދެންމެ ދީނާ ދެއްކި ވާހަކަ ތަކެވެ. މިހުރިހާ ދުވަހު ވަގުތު ބޭކާރުކޮށްލެވުނީއެވެ. އަތުގައި ހުރި ގަހަނާއެއް ވިއްޔާ ވިއްކާލެވުނީއެވެ. އޭގެ އަގުވަޒަން ކުރަން ޖެހުނު ދުވަހު ނުކުރެވުނީއެވެ. މިއަދު މިއޮތި އެދުވަސް އައިސް ޖެހިފައެވެ. ބޭނުންނެތުނީމަ އެއްލާލީއެވެ. ހިތުގައިވި އެތައްޝަކުވާތަކެއް ލޮލުތެރޭގައި ބަހައްޓައިގެން ގޮސް ގެއަށް ވަނެވެ.

” މަންމާ..އަހަރެންނަށް ރަގަޅު ކުއްޖަކު ފެނިއްޖެ.. އެކަމަކު އެއީ މަންމައަށް ކަމުދަންޏާ.. އެކުއްޖާގެ މައިންބަފައިންނެއް މިދުނިޔެއަކު ނެތް.. އުޅެނީ ބަޔަކަށް މަސައްކަތް ކޮށްދީގެން.. ” މުނާން ބުންޏެވެ. ޒުލޭޚާ އަށް މުނާން އެދެއްކީ ކޮންކުއްޖެއްގެ ވާހަކައެއްކަން ވަގުތުން އެނގިއްޖެއެވެ. ” ހާދަ ކައިރިން ދަރިފުޅު ތިހޯދީ..” ޒުލޭޚާ ބުންޏެވެ. ” މަންމަޔަށް ފަސޭހަވާނެއެއްނޫންތަ..މަންމަޔާ އެއްކޮށް އުޅޭ މަންމަޔަށް މިޒާޖު އެނގޭ މަންމަ ބޭނުންވާފަދަ ސިފަތަކެއް ހުރި މަންމަޔަށް ކިޔަމަންތެރި..” މުނާން ބުންޏެވެ. ” މަންމަގެ އެއްވެސް މައްސަލައެއްނެތް.. އެކަމަކު ތިކަމާ ލާނާ އެއްބަސްތަ؟..” ޒުލޭޚާ އަހާލިއެވެ. “ލާނާ އެއްބަސް ތޯ މަންމަ ބަލާ.. މަންމަ ބުނޭ ލާނާ ކައިރީގައި އަހަރެން އިންނަން ބޭނުންވާ ވާހަކަ.. އެކަމަކު ލާނާ އަށް މަޖުބޫރުކަމެއްނެތޭ.. ލާނާ ބޭނުން ގޮތެކޭ..” މުނާން ބުންޏެވެ. ” މަންމަ ތިވާހަކަ ދައްކާނަން..ލާނާއަކީ މިކޮޅަށް އައިރު އެއްވެސް އެއްޗެއް ނޭނގޭ ކުއްޖަކަށްވިޔަސް އިރާދަ ކުރެއްވީތީ އޭނައަށް އެހުރީ މާތްﷲ ތެދުމަގު ދައްކަވާފައި..މިހާރުވެސް މަސައްކަތް ކުރަމުން އެއަންނަނީ އެގޮތުގައި ދެމި ހުރެވޭތޯ..” ޒުލޭޚާ ބުންޏެވެ.

” ތިއްތީ އަހަރެން ކޮލެޖަށް ގެންގޮސްދޭން ހިނގާބާ.. މިއަދު ތިއްތި ލަދު ގަންނާކަށް ނުޖެހޭނެ..” މުނާން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭނަގެ ފެޝަން ކޮއްކޮ އެހުރީ ނޫކުލައިގެ ޝޯލްއެއްއަޅައި ކަޅުކުލައިގެ އަބާޔާއަކުން ޒީނަތްތެރިވެގެންނެވެ. އެހެން ދުވަސްދުވަހު މޫނުގައި ހާކައިފައި ހުންނަ ކުލަތަކެއްވެސް މިއަދަކު ނެތެވެ. ” ކިހިނެއްވީ ތިއްތީ..” ލުމާ އަހާލިއެވެ. ” ތިއްތިއަށް މިބެލެނީ ކާކުކަން ނޭނގިގެން… މާޝާﷲ އަދި ކިރިޔާއެއްނޫންތަ ޕަރީންގެ ރާނީ ގަނޑުވަރުން މިނިކުތީ..” ސަމާސާއެއް ކޮށްލުމުގެ ގޮތުން މުނާން ބުންޏެވެ. ” ދެން ހެވޭ ތިއްތިއަށް އެންމެ ކަމުދާ ގޮތެއްނޫންތަ މީކީ..” ލުމާ ބުންޏެވެ. ” އަސްލުވެސް ތިއްތީ ވަރަށް އުފާވެއްޖެ.. ވަރަށް ވަރަށް ރީތި މާޝާﷲ.. އަބަދުވެސް ތިއްތިގެ ލުމާކޮއްކޮއަށް ސީދާމަގު ދެއްކެވުން އެދި ދުޢާ ކޮށްދޭނަން..” މުނާން ބުންޏެވެ. ލުމާ ގަޑީ ޖެހޭތީ އަވަހަށް ލުމާލާން ދިއުމަށްޓަކައި ގަރާޖުން ކާރުނެރެން މުނާން ދިޔައެވެ.

ރޮއިރޮއި ވަރުބަލިވެފައިވާ ހަނާ އެންމެ ފަހުން ހިތްވަރުކޮށްފައި ތެދުވުނެވެ. ދީނާ ބުނިހެން މީ ހިތްވަރު އެލުވާލަންވީ ވަގުތެއްނޫނެވެ. ޝައިތާނާ ކިބައިން ސަލާމަށްވާން ލިބުނު ރަނުގެ ފުރުސަތެވެ. ތެދުވެ ފާޚާނާއަށްވަދެ ވުޟޫކޮށްލައިގެން ނިކުމެ ނަމާދުކޮށްލިއެވެ. ދީނާ ބުނިހެން ހާދަ ބޮޑު ލުޔެއް ލިބިގެން ދިޔައެވެ. ނަފްސުވެސް އެކަމަށް މަރުޙަބާ ކިޔެވެ. މޫނުމައްޗަށް ތާޒާކަން ގެނުވިއެވެ. ހަށި ފުރާ ނޭވާއެއްލުމަށްފަހު މީހާ ހަމައަކަށް އެޅި ހަނާ ކޮޓަރިން ނިކުމެ ކާގެއަށް ދިޔުމަށްޓަކައި މިސްރާބު ޖެހިއެވެ. ހަނާ ކާގެއަށް ވަންއިރު ފަލާޙާއާ ރޫމާން މޭޒުދޮށުގައި ތިއްބެވެ. ” ބައްޕާ މާދަމާއިން ފެށިގެން އަހަރެން އޮފީހަށް ނިކުންނާނަން… ހޮސްޕިޓަލުން ކެޑެން މާދަމާ އެކޮޅަށް ސިޓީ ލާނަން..” ހަނާ ބުންޏެވެ. ރޫމާން، ހަނާއަށް ބަލައިލީ ޤަބޫލުވެސް ނުކުރެވިފައި ހުރި ޙާލުގައެވެ. ” ބައްޕަ ހައިރާންވީތަ.. އަހަރެން ހޮސްޕިޓަލާ ޖޮއިން ކުރީ އެތާ އަބަދު އުޅޭކަށް ނޫނޭ..” ހަނާ ބުންޏެވެ. ރޫމާންއަށް އެތައް ގުނަ ހިތްހަމަޖެހުން ލިބުނެވެ. ” ބައްޕަ މާދަން ދަރިފުޅަށް ޚާއްސަ ރޫމެއް ހަމަޖައްސައިނަން..ދިޔުމަށްފަހު ދަރިފުޅު އިތުރު ބަދަލެއް ގެންނަން ބޭނުންވާނަމަ ބުނާތި..” ރޫމާން ބުންޏެވެ. އެތައް ޒަމާނެއް ކޮށްފައި ހަމަޖެހިލައިގެން ތިންބަފައިންނަށް ކާލެވުނެވެ.

” ފަލާޙާ އަހަރެން އެބަ އަންނަން އޮފީހަށް ވަދެލާފައި.. މާދަމާ ހަނާ ދާން ވާއިރަށް ތައްޔާރު ކުރުވާފަ..” ރޫމާން ބުންޏެވެ.ފަލާޙާ އާއެކޭ ބުނުމުން ރޫމާން ކޮޓަރިއަށްވަދެ އޭނަގެ ކާރުގެ ތަޅުދަނޑިނަގައިގެން ގެއިން ނިކުތެވެ. ސިޓިންގ ރޫމްގެ ސޯފާގައި ޓީވީ ހުޅުވައިލައިގެން އިން ހަނާ ކައިރީ ފަލާޙާ ގޮސް އިށީނެވެ. ” ދަރިފުޅާ ކިހިނެއްތަ ވީ ކުއްލިއަކަށް ތިކަހަލަ ނިންމުމެއް ނިންމީ..” މަންމަގެ ސުވާލަށް ތެދަށް ޖަވާބު ދޭކަށް ހަނާ ބޭނުމެއް ނުވިއެވެ. އަދި އޭނައާ ޔުއާން ވަކިވި ވާހަކަ ބުނަން އަދި މާ އަވަސްހެން ހަނާއަށް ހީވާތީއެވެ. ” ބައްޕަ އަބަދުވެސް ބޭނުންވާ ކަމަކަށް ވީމަ.. ހިތައް އެރީ ދެން ޗޭންޖުވެލަން.. ދެން އެދާއިރާއިންވެސް ކިޔަވާފަ ހުރީމަ އޭގެ ބޭނުންވެސް ހިފަން ޖެހޭނެތާ..” ހަނާ ބުންޏެވެ. ” ދަރިފުޅު ހޮސްޕިޓަލުން ކެނޑިގެން ބައްޕަގެ އޮފީހާ ގުޅެން ޔުއާން އަށް އޯކޭތަ؟..” ފަލާޙާ އަހާލިއެވެ. ” މަންމާ.. ޔުއާންގެ ހުއްދަ މިކަމުގައި ހޯދުން އަހަރެންނަށް އެހާ މުހިއްމެއްނޫން.. އަޅުގަނޑުގެ އާއިލާގެ ކަންތައް ކުރުމުގައި އަޅުގަނޑު ބޭނުންވާ ގޮތަކަށް ކުރާނީ..” ހަނާ ބޭނުންވާގޮތް ބުނުމުން ފަލާހާއަށް ހިތްހަމަޖެހުމެއް ލިބުނެވެ. މަންމަ ކޮޓަރިއަށް ދިޔުމުން ހަނާވެސް ޓީވީ ނިއްވައިލައިފައި ކޮޓަރިއަށް ވަނެވެ. ނަމަވެސް ސިނކުޑީގައި އެކި ހިޔާލްތައް ހުރުމުން ނިދޭ ގޮތެއް ނުވިއެވެ. ދީނާ ބުނިހެން ނިދުމުގެ ކުރިން އިރުކޮޅަކަށް ޤުރުއާން ކިޔަވަން އިށީދެލަން ވީއެވެ. ޤުރުއާނުގެ އެންމެ އަކުރެއްވެސް ނުކިޔޭތާ އެތައް ދުވަހެއްފަހުން ކިޔެވުމުންވެސް ހިތައް ހަމަޖެހުން ލިބިގެން ދިޔައެވެ. ކިޔަވަމުން ދިޔަ ހަނާގެ ހިތުތެރޭގައި ވަނީ ދެންމެ ކިޔުނު އާޔަތެވެ. يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ إِنَّ ٱللَّـهَ مَعَ ٱلصَّـٰبِرِينَ ﴿١٥٣﴾ (سورة البقرة ) :”އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ.” އަހަރެން އެފަދަ މީހުންގެ ތެރޭގައި ނުވާތާ ކިތައް ދުވަސްވެއްޖެހެއްޔެވެ. އެތައް ފަހަރެއްގެ މަތިން އޭނާއަށް ކެތްތެރިކަމާއި ޘާބިތުކަން ދެއްވުންއެދި ދުޢާ ކުރެވުނެވެ. މިނޫނީ މިފަހަކުންވެސް ހަނާއަށް އޭނާ ހެއްދިވި ފަރާތައް ދުޢާކުރެވުނު ހަނދާނެއްވެސް ނެތެވެ . ހިތްހަމަޖެހުމާއެކު އޮށޯތް ހަނާއަށް ދާދި ފަސޭހައިން ނިދާލެވިއްޖެއެވެ.

ނާއިލާއަށް މިއަދުވެސް ތެދުވަން އުނދަގޫވެއްޖެއެވެ. ވާ އުނދަގޫ ކުޑަވާ ގޮތެއް ނުވުމުން ހެނދުނު ޖޫސްތައްޓެއް ބޮއެގެން ހޮސްޕިޓަލަށް ދާން ނިކުތެވެ. ” ދަރިފުޅާ ކޮންތަނަކަށް..” މާރިޔާ އަހާލިއެވެ. ” މިދަނީ ރައްޓެހި ކުއްޖެއްގެ ގެއަށް..” ހޮސްޕިޓަލަށް ދާ ވާހަކަ ބުނުމުގެ ބަދަލުގައި ނާއިލާ ދޮގުހެދިއެވެ. އޭނާ ބަލިކަން މަންމަ މެނަށް އަންގާކަށް ބޭނުންނުވާތީއެވެ. ޑޮކްޓަރަށް ދެއްކުމުން ޓެސްޓްތަކެއް ހަދަން ދިނެވެ. އޭގެ ތެރޭގައި ޕްރެގްނެންސި ޓެސްޓް ހަދަން ދީފައި އޮތުމުން ނާއިލާ ވަރަށް ކަންތައް ބޮޑުވިއެވެ. މިކަހަލަ ކަމެއް ހެން ހީވިނަމަ މިތަނަށް އައުމުގެ ކުރިން ޓެސްޓް ކިޓެއް ގަނެގެން ގޭގަލާވެސް މިކަން ކުރެވިދާނެއެވެ. ނަމަވެސް މިހާރު ހޮސްޕިޓަލުގައި ހުރުމުން ލެބޯޓްރީއާ ދިމާލަށް ދިޔައެވެ. ޓެސްޓްގެ ނަތީޖާ ލިބޭނީ ހަވީރު ކަމުން ނާއިލާ އެނބުރި ގެއަށް އައެވެ. މެންދުރުވާން ވިއިރަށް މަންމަ ކައްކާފައި ހުއްޓެއް ކަމަކު ނާއިލާއަކަށް ނުކެވުނެވެ. އެއްކޮޅުން ކާއެއްޗެހީގައި ނުބައިވަސް ދުވަނީއެވެ. އަނެއްކޮޅުން ހިތްބިރުގެންފައި ހުންނަނީއެވެ. ހަވީރުވުމުން ހޮސްޕިޓަލަށް ދިޔަ ނާއިލާގެ މުޅި ދުނިޔެ އެނބުރެން ފެށިއެވެ. ގެއަށް ދިޔަޔަސް މައިންބަފައިންނާއި ކުރިމަތިލާނެ ހިތްވަރެއް ނެތެވެ. މިހުރިހާ ދުވަހު އެމީހުން ދެއްކިވާހަކަތަކަށް ބީރު ކަންފަތެއް ދިނުމުގެ ޝަޒާ މިއަދު ލިބުނީއެވެ. މިދުވަސް ޖެހުނުއިރު އެހާ ލޯބިން އުޅުނު ލޯބިވެރިޔާއެއްވެސް ނެތެވެ. ދަބަހުގެ ޒިބް ހުޅުވާލުމަށްފަހު ފޯނު ނަގައި ނަންބަރަކަށް ގުޅާލިއެވެ. ނަމަވެސް އެކޮޅުން ޖަވާބެއް ނައުމުން މެސެޖެއް ކޮށްލިއެވެ. ހަދާނެ ގޮތް ހުސްވެފައި ހުރެ ނާއިލާ އައިސް ގެއަށް ވަނެވެ. ދެން ކަންތައް ކުރާނެ ގޮތަކާމެދު ހާސްފަށުން ވިސްނައިފިއެވެ. ނަމަވެސް އަދިވެސް އެންމެ ރަގަޅު ގޮތެއް ނުވިސްނުނެވެ. ފޯނަށްވެސް އެތައް ފަހަރަކު ބެލެވިއްޖެއެވެ. ނަމަވެސް ޚަބަރެއް ނުވިއެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

އިންތިހާ – 3

Next

އަންނަންދެން ހުންނާނަން ލޯބިން 2

Next
September 10, 2020

އަންނަންދެން ހުންނާނަން ލޯބިން 2

Previews
September 9, 2020

އިންތިހާ – 3

7 Comments!

  1. Ram says:
    September 9, 2020 at 11:25 pm

    Maasha allah vvvvvv reethi mi vaahaka ❤❤❤❤❤????

    1. kudhoo says:
      September 10, 2020 at 8:00 am

      ??Thank you. Ram

  2. Noo_ra says:
    September 10, 2020 at 11:26 am

    Masha allah… Varah Varah reethi mi part ves ❤️❤️?

    1. kudhoo says:
      September 10, 2020 at 1:17 pm

      ??Thank you Noo_ra

  3. thiththaaa says:
    September 10, 2020 at 1:40 pm

    masha allah mi baives v. furihama

    1. kudhoo says:
      September 10, 2020 at 8:50 pm

      ??Thank you thiththaa

  4. Anonymous says:
    September 10, 2020 at 1:40 pm

    މިހެން

Comments are closed.

Next Episodeދިރިއުޅުން އަލިކޮށްދިން 5←


All Right Reserved!