Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 3

BONDAY Level 210 Stories
May 1, 2015 3 Mins Read
14 Comments

ދުވެފައި ގޮސް ބަދިގެއިން ނިކުމެގެން އައި މުނީރާ ގައިގައި ބައްދައިލުމަށްފަހު ވަޒީފާ ހަމަޖެހުނު ވާހަކަ ބުނެލި އިރުވެސް މައިޝާއަށް ހުރެވުނީ ފުންމަ ފުންމައެވެ.

މެންދުރު ފަހު ދޭއް ޖެހިއިރު މައިޝާ ހުރީ ޓުރައި ހިލްސް އޮފީސް ތެރޭގައެވެ.މައިޝާ ރިޝެޕްޝަނުގައި އިން އަންހެން ކުއްޖާ ކައިރީގައި އޭނަގެ ނަން ބުނެލުމުން އެ އަންހެން ކުއްޖާ އެޗް.އާރު މެނޭޖަރ ސިރާޖު އިރުކޮޅަކުން އަންނާނެ ވާހަކަ ބުނެފައި މައިޝާ ކައިރިން މަޑުކޮއްލަން އެނދުނެވެ. މީގެ ކުރިން މައިޝާއާއި ސިރާޖު ބައްދަލްވެފައި އޮތުމުން މައިޝާގެ ހިތުގައި އޮތް ބިރުވެރިކަން ކުޑަކޮއް ފިލައިގެން ދިޔައެވެ. މާގިނަ އިރުތަކެއް ނުވަނީސް ސިރާޖު އައިސް މައިޝާ ގޮވައިގެން އޭނަގެ ކެބިންއަށް ދިޔައީ އޮފީހުގެ ކަންތައްތަކާ ބެހޭގޮތުން ވާހަކަ ދައްކާލުމަށެވެ.

” މީ މިކުންފުނީގެ މައި އޮފީސް… މިކުންފުނީގެ ހުރިހާ ވިޔަފާރިއެއްވެސް ބަލަހައްޓާނީ މިއޮފީހުން… އެހެންވެ ފުދޭ ވަރަކަށް ގިނަ ސުޓާފުން އުޅޭނެ މިއޮފީހުގައި… ދެން އިސްކޮއް ތިބޭ ހުރިހާ އެންމެންވެސް ވަރަށް ފުރެންޑުލީ ވާނެ… ހާއްސަކޮއް މައިޝާގެ ބޮސް އެންމެންނާވެސް ވަރަށް ފުރެންޑުލީ ވާނެ…! ” ސިރާޖު އޮފީހާއި ބެހޭގޮތުން ވަރަށް ގިނަ ވާހަކަ މައިޝާއަށް ކިޔައިދިނެވެ. އެގޮތުން މައިޝާ އެންމެ އުފާވީ ރަނގަޅަށް މަސެއްކަތްކުރާ ސުޓާފުންނަން އެކުންފުނީގެ ހަރަދުގައި ކިޔަވައިދޭ ވާހަކަ ބުނުމުންނެވެ. އަދި އޭގެ އިތުރުން ފޮރޮމޯޝަންތަކުގެ ވާހަކަވެސް ސިރާޖު ކިޔައިދިނެވެ. ވީއެންމެ އަވަހަކަށް ވަޒީފާއަށް ނިކުތުމަށް މައިޝާ ގާތުގައި ބުނެފައި ސިރާޖު ދިޔައީ މައިޝާއަށް އޮފީސް ތެރެ ކުޑަކޮއް ދައްކާލުމަށެވެ. އޮފިސް ތެރެއިން ދިމާވި ހުރިހާ ސްޓާފުންވެސް މައިޝާއާއި ވާހަކަ ދެއްކިލެއް ގާތްކަމުން ހީވަނީ ދެކެފަރިތަ މީހެއްހެނެވެ. އޮފީސް ތެރޭގައި އުޅުނު ބައެއް ފިރިހެން ކުދިންގެ ލޯތަށް މައިޝާއަށް ހުއްޓިފައި ހުރެއެވެ. ޖެހިގެން އައި ދުވަހު މައިޝާ ވަޒީފާއަށް ނިކުތެވެ. އޮފީހުގައި އުޅޭ އެންމެންވެސް ވަރަށް ހިތްހެޔޮވެފައި ރަނގަޅެވެ. ނަމަވެސް މައިޝާ ހީކުރި ވަރަށްވުރެ އޮފީހުގައި އުޅެންޖެހުނީ ބުރަކޮށެވެ. ނަމަވެސް މައިޝާގެ ބޮޑުމީހާ އައުމުން ލުއިވާނެކަމަށް ސިރާޖުވަނީ މައިޝާ ގާތުގައި ބުނެފައެވެ.

ފާޒިންއާއި އާމިރު ޗައިނާގައި އުޅެފައި ރާއްޖެއައީ  ތިން ހަފްތާ ވީފަހުންނެވެ. ދިގު ދަތުރެއް ކޮއްލާފައި އައުމުން އެދުވަހު އޮފީހަށް ދާން ހިޔާލް ނުކޮއް ފާޒިން ގޭގައި މަޑުކޮއްލީ އަރާމް ކޮއްލުމަށެވެ. އާދައިގެ މަތިން ފާޒިން ތައްޔާރު ވެލައިގެން އޮފީހަށް ދިއުމައްޓަކައި ނިކުތްއިރު އާމިރު ވަނީ އޮފީހަށް ގޮހޮއެވެ. އޮފީހަށްގޮސް އޭނަގެ ކެބިންތެރެއަށް ވަދެ ގޮނޑީގައި ޖައްސާލުމަށްފަހު ފާޒިން ގުޅާލާފައި ސިރާޖުކުރެން އޭނަގެ ކެބިނަށް އައުމަށް އެދުނެވެ.

” ކޮބާ ކިހިނެއް ދަތުރު ދިޔައީ…؟ ” ސިރާޖު ގޮސް ފާޒިންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންދެލަމުން ބުނެލިއެވެ. އަދި އޭނަގެ އަތުގައި އޮތް މައިޝާގެ ފައިލް ނަގާ ފާޒިންއާއި ދިމާލަށް ދިއްކޮއްލިއެވެ. ފައިލް ހުޅުވާލުމުން އޭނަގެ ދެލޯބޮޑުވެގެން ދިޔަ ގޮތުން ސިރާޖައްވެސް ސަމާލުވެލެވުނެވެ.

” މައިޝާ..!!! މީތަ ނެގި ކުއްޖަކީ…؟ ” ފާޒިން ސިރާޖުގެ މޫނަށް ބަލާލަމުން އަހައިލެވުނީ ކުޑަކޮއް ހައިރާންވެ އިނދެއެވެ.

” ކިހިނެއްވީ…؟ ކަމުނުދަނީތަ…؟ ” ފާޒިން ބުނިގޮތުން ސިރާޖައް އަހައިލެވުނެވެ. ހަގީގަތުގައިވެސް ސިރާޖަށް ހީވީ ފާޒިންއަށް މައިޝާ ކަމުނުގޮސްގެން އެހިހެންނެވެ.

” ނޫން..! ވަރަށް ސަޅި….! ” ފައިލަށް ބަލަހައްޓައިގެން އިނދެ ބުނެލެވުނީ ބޭއިހްތިޔާރުގައެވެ.

” ފާޒިން ދަންނަން ދޯ މައިޝާ…! ” ސިރާޖު އިރުކޮޅެއް ވަންދެން ފާޒިންއަށް ބަލަހައްޓައިގެން އިނދެފައި އެންމެ ފަހުން އަހާލީ އޭނައަށްވެސް ޝައްކެއްވެގެންނެވެ.

” ކުޑަކޮއް ދަންނަން…އަނެއްހެން މާބޮޑަކަށް ނޭގެ…! ” ފާޒިން ތެދަށް ބުންޏެވެ.

” މައިޝާއަށް ގޮވަންތަ…! ” ސިރާޖު ދޮރާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ.

” ނޫނޭ… މިހާރު ގޮވާނެ ކަމެއްނެތް…. އަހަރެން ފަހުން ބައްދަލުކޮއްލަފާނަން… ” ފާޒިން އެވަގުތު މައިޝާއާއި ބައްދަލްކުރާކަށް ބޭނުމެއްނުވިއެވެ.

” ކިހާ ދުވަހެއް ވެއްޖެ މައިޝާ ވަޒީފާއަށް ނިކުންނަން ފެށިތާ …! ” އިރުކޮޅެއް ވަންދެން މައިޝާގެ ފޮޓޯއަށް ބަލަހައްޓައިގެން އިނދެފައި ފާޒިން ސިރާޖު ކުރެން އަހައިލިއެވެ.

” އަދި ހަފްތާއެއްނުވާނެ….! ” ފޯނާ ކުޅެމުން ސިރާޖު ބުނެލިއެވެ. ސިރާޖު ކައިރީގައި ދިޔަސް އެންމެ ރަނގަޅުކަމަށް ބުނުމުން ސިރާޖު ނިކުމެގެން ދިޔައެވެ. ކަންތައްވެފައި އޮތްގޮތުން ކޮންމެ ދުވަހަކުވެސް މައިޝާއާއި ބައްދަލުވާނެތީ ފާޒިން ހިތާހިތުން ވަރަށް އުފާކުރިއެވެ. ނަމަވެސް ކަންތައް މިވީގޮތުން މައިޝާގެ ކުރިމައްޗައް އަރަން ފާޒިންގެ ހިތް ބިރުގަންނަނީ ކީއްވެކަމެއް ހުދު ފާޒިން އަކައްވެސް ނޭގެއެވެ. ހަމަ ޖެހިލުންވަނީއެވެ.

” ހާދަ ބުރަކޮއްލައިގެން…! ” މަސައްކަތައް ގެއްލިފައި އިން މައިޝާ ސިހުނީ ޒީނާގެ އަޑަށެވެ. އޭރު ޒީނާ އައިސް މައިޝާގެ ކެބިންގެ ދޮރުމަތީގައި ހުއްޓިލައިގެން ހުއްޓެވެ. މައިޝާ ބަލާލާފައި ހިނިތުންވެލިއެވެ. ޒީނާ އަކީ އެއޮފީހުގެ ސީނިއަރ ސުޓާފެކެވެ.

“ހިނގާ ކޮފީއެއް ބޯންދާން…! ” ޒީނާ އައިސް މޭޒުކައިރީގައި ހުއްޓި މައިޝާ ކުރަން އިން މަސެއްކަތަށް ބަލާލިއެވެ.

” މިނިންމާލާފައި ދެވޭނީ…! ބޮސް އަންނަންވާއިރައް ނިންމާށޭ ކިޔާފަ އެޗް.އާރް ހަވާލުކޮއްފައި އޮތް މަސައްކަތެއްމީ..! ” ޒީނާއަށް ބަލާލަމުން މައިޝާ ބުނެލިއެވެ.

” ބޮސް ވަރުގެ ކޫލް މީހެއް މިއޮފީހުގަވެސް ނުހުންނާނެ…! އެކަމް ދެން ބޮސްގެ ދަށުން ތިމަސައްކަތްކުރާ ބައެއް މީހުން އުޅޭނެ ވަރަށް މަބޮޑުވެގެން…! އަދި މައިޝާ ބޮސް ނުވެސް ދެކެމެއްނު. ” މޭޒުމަތީގައި ވާސްއަކަށް ޖަހާފައި ހުރި ރަބަރު މަލަކާ ކުޅެލަމުން ޒީނާ ބުނެލިއެވެ.

” ބޮސް ބޭރައްގޮއްސަ އަދި ނާދެއެއްނު…! ” މައިޝާ ގޮޑިން ތެދުވެ ހިންދެމިލިގޮތުންވެސް އޭނަ ހުރީ ވަރުބަލިވެފައިކަން އެނގެއެވެ.

” މިއަދު އޮފީހުންވެސް އަހަރެން ދެކުނިން ބޮސް…! އިނގޭތަ..!! ބޮސް ވަރަށް ސަޅިވާނެ…. އެހާރީތި ފިރިހެނެއް މިމާލޭގައިވެސް ހިޔެއްނުވޭ ހުންނާނެހެނެއް…. ފުރަތަމަ އަހަރެން ހީކުރީ އެހާ ރީތި ވީމަ ވަރަށް ފޮނިވާނޭ…. އެކަމު ވަރަށް ހިތްހެޔޮވެސް ވާނެ….! ” ޒީނާ ފާޒިންއަށް ތައުރީފް ކުރަމުންދިޔައެވެ.

” ފާޒިން ހާރީއްޗެއް ނުވާނެ… ” މައިޝާއައް ހިތާހިތުން ބުނެލެވުނެވެ. ކުރަންހުރި މަސައްކަތް ބަހައްޓާފައި ޒީނާއާއި އެކު ކޮފީއެއް ބޯލަން ނިކުތީ ކޮންމެވެސް ވަރަކައް ބަނޑުފައިވެފަ ހުރުމުންނެވެ. ކޮފީ މޭޒު ހުންނަނީ ފާޒިންގެ ކެބިންގެ ކުރިމަތީގައި ކަމުން އެތަނައްދާމީހުން ވަރައް ރީތިކޮއް ފާޒިންއައް ފެނެވެ. ދޮރާ އަރާ ހަމަވުމުގެ ކުރިން ފާޒިން އޮފީހުގައި އެބައިންކަން ޒީނާ އަތުގެ އިށާރާތުން މައިޝާއަށް އަންގާލިއެވެ. ދޮރާ އަރާހަމަވުމުން މައިޝާ ކެބިންތެރެއަށް ބަލާލި އިރު ފާޒިން ފައިލެއް ހޯދުމައްޓަކައި ގޮނޑި އަނެއްފަރާތައް އަނބުރައިލައިގެން ހަރުގަނޑައް ބަލަހައްޓައިގެން އިނެވެ. ފުރަގަހުން ފެނުމުންވެސް މައިޝާއައް ފާޒިންއާއި އޭނަގެ ބޮސް ވައްތަރުވިއެވެ. ނަމަވެސް އެކަމާ މައިޝާ އެވަރަށް ނުވިސްނީ ފާޒިން އޭނަގެ ބޮޑުމީހާއަށް ވެދާނެކަމަށް ގަބޫލް ނުކުރެވޭތީއެވެ. އެދުވަހު ކުއްލިގޮތަކަށް ރިޒޯޓައް ދާންޖެހިގެން ފާޒިންވެސް އޮފީހުން ނިކުމެގެން ދިޔަތާ މާގިނަ އިރުތަކެއްނުވަނީސް މައިޝާމެންވެސް ކޮފީ ބޮއެ ނިންމާލައިގެންނިކުތެވެ. މިފަހަރުވެސް މައިޝާ ސިއްރު ސިއްރުން ފާޒިންގެ ކެބިންއަށް ބަލާލިއިރު އެއްވެސް މީހަކު އެތަނުގައި ނެތުމުން އަޅާނުލާ މަސައްކަތް ނިންމުމައްޓަކައި ދިޔައީއެވެ.

 ރިޒޯޓައް ގޮސްފައި ފާޒިންއަށް މާލެ އާދެވުނު އިރު އިރުއޮއްސި ހަތެއްޖަހައިފިއެވެ. ވަރުބަލިވެފައި ހުރި ވަރުން އަވަހައް ގެއަށް ދިއުމައްޓަކައި ސައިކަލައްއަރާ ދުއްވާލީ ފުދޭ ވަރަކަށް ބާރަށެވެ. ނަމަވެސް މަގުމަތީގެ ބާރު ބޮޑުކަމުން މާބަރައް ސައިކަލު ދުއްވޭ ގޮތެއް ނުވިއެވެ. ގެ ކައިރީގައި އޮތް ގޯޅިގަނޑަކަށް ފާޒިން ސައިކަލު ވައްދާލީ ތަންކޮޅެއް އަވަހައް ގެއަށް ދިއުމުގެ ބޭނުމުގައެވެ. ހަނި ގޯޅިގަނޑެއް ކަމުން ދުއްވާ އެއްޗެހީގެ އިތުރުން މީހުންވެސް އެވަގުތު އޮތީ ވަރަށް މަދުކޮށެވެ. ބާރު ސުޕީޑުގައި ދިޔަ ފާޒިންއައް ސައިކަލުގެ ދެބުރައްކަތް އެއްފަހަރާ ފިތާލެވުނީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

ހިތަކުން ނުފިލާނެ 2

Next

އިންތިޒާރު 26

Next
May 2, 2015

އިންތިޒާރު 26

Previews
April 30, 2015

ހިތަކުން ނުފިލާނެ 2

14 Comments!

  1. iraa says:
    May 1, 2015 at 5:05 pm

    nice..

  2. flower says:
    May 1, 2015 at 5:05 pm

    Haadha hih thalhuvaalaafa thi nimaaly….varah rythi vaahaka eh hen hyvey..mi part vess v kiyaa hithun mi kiyaaly..waiting for de next part

  3. shammi says:
    May 1, 2015 at 5:38 pm

    V reethi mipart ves..waiting for the next part

  4. iba says:
    May 1, 2015 at 5:47 pm

    V reethi.than kohlheh ginain genesh dheebala..plx.kon irakun next part up kohlanee..plx plx plx avahah up kohlaache…

  5. naj says:
    May 1, 2015 at 8:04 pm

    Vara reethi…..so nice….u must be a gud writer

  6. shifa says:
    May 1, 2015 at 8:51 pm

    Nice… 🙂

  7. Eye-shaa says:
    May 1, 2015 at 8:53 pm

    Vvvvvv nice mi part vx… bt thankolhehhh kury genx dheylehhh… avahahh nxt part up kohh dhehhchey nge… love dis story… ❤

  8. same says:
    May 1, 2015 at 10:16 pm

    Love stry… thihaa awahah genes dhey thyve v happy….. thnkx…

  9. neygey says:
    May 2, 2015 at 3:13 am

    Mi site ge admin kobaatha.. loabeege vaahaka noon vaahakaeh hama neyngeny tha miulhey meehunnah liyan. Liyaa ehvahtharehge vaahaka liyunyma thiya thibee dhn dhas vefa vaahaka liyan.. thafaathu kohlabala.. mihaaru 3 mas vany biruveri vaahakaeh genes dheyshey kiyaathaa.. loabi valhulaafa birugannuvabala.. thihen ulhegen kihineh vaahaka liyan dhas vaany

    1. admin says:
      May 2, 2015 at 10:04 am

      admin is here… ekam admin theega keeh kuraanee.. biruveri vaahaka viyas loabeege vaahaka viyas liyan thibee hama liyun therin.. ebunaahen nehh tha heyovaruge biruveri vaahaka eh liyelaane kujjehh?

  10. nishy says:
    May 2, 2015 at 8:07 am

    V reethi mi vaahaka…. Kn irakun aneh part genesdheynee

  11. xaaa says:
    May 2, 2015 at 10:41 am

    ummmah.. hih thalhu waalafa e ninmaaly.vvv nice l. Waiting for next part.m

  12. july says:
    May 2, 2015 at 6:43 pm

    v nice….keep it up☺☺☺☺☺

  13. fath'u says:
    May 6, 2015 at 2:45 pm

    wow salhi. Aisha ge vaahakaa aves vathare nun . Aisha ge vaahaka ah vure maa salhi.

Comments are closed.

Next Episodeހިތަކުން ނުފިލާނެ 4←


All Right Reserved!