Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ނޭނގި ވެވުނީ ލޯތްބޭ- 24

Raaya Level 210 Stories100 Comments
August 15, 2020 5 Mins Read
13 Comments

“ސޭވް ދި ސްމައިލް ފޯ ލޭޓާރ! ޔޫ ވިލް ނީޑް އިޓް ބޭޑްލީ!” ރީމް ވަރަށް ޔަގީންކަމާއި އެކު ބުނެލިއެވެ. ލަމްނާ ފަހަތަށް އެނބުރިލައިފައި ބޯއަރިކޮށްލަމުން އެއްބުމަ މައްޗަށް އަރުވައިލިއެވެ.

“ސީރިއަސްލީ؟” ހިނިގަނޑެއް ޖަހައިލަމުން ލަމްނާ ބުނެލިއެވެ. ޖަވާބުދާރީ ވުމުގެ ގޮތުން ރީމް ބޯޖަހައިލައިފައި އެތަނުން ދާން ހިނގައިގަތެވެ.

“ހަދާ އަވަހަކަށް ދާން ތިއުޅެނީ؟” ލަމްނާ ހުރީ ޒުވާބުކޮށްލަން ބޭނުންވެފައެވެ.

“އަހަރެން މިތާ މާގިނަ އިރުމަޑުކޮށްފިއްޔާ ހަމަ ލަމްނާއަށް ކެތްނުވާނީ!” ވަރަށް ފުރިހަމަކަމާއި އެކު ރީމް ޖަވާބު ދިނެވެ. ލަމްނާގެ އަތް މުށްކެވި ދަތްކުނޑިވިކައިގެން ދިޔައެވެ. ތުންއަނބުރައިލުމަށްފަހު ލަމްނާ އެތަނުން ދާން ހިނގައިގަތެވެ.

“އައްދެ! ހާދަ އަވަހަކަށް ދާން ތިއުޅެނީ؟” ރީމްވެސް ލަމްނާ ކޮށްލި ސުވާލު ކޮށްލިއެވެ.

“އޮހް… އިޓްސް ވެރީ ހޮޓް! އެހެންވެގެން!” އުޑުމައްޗަށް ނަޒަރު ހިންގާލަމުން ލަމްނާ ބުނެލިއެވެ. އަދި އަނެއްކާވެސް ހިނގައިގަތެވެ.

“ހަކުރު ބަސްތާ!” ރީމް ވައި އަޑަކުން ބުނެލައި މޫނަށް ވައްތަރެއް ޖައްސައިލުމަށްފަހު ހިނގައިގަތެވެ.

ޔޫޝައުއާއި ނާއިފް ފެންފުޅިތަކުގެ އިތުރުން ލުއި ކާނާކޮޅެއް ހިފައިގެން އައެވެ. އެވަގުތު ހުރިހާ އަންހެން ކުދިންތަށް ސަކަރާތް ޖަހަޖަހާފައި ފޮޓޯ ނަގަނީއެވެ. ލަމްނާވެސް އެމީހުންނާއި ބައިވެރިވެ ތިބުމުން ޔޫޝައުގެ އިތުރުން ނާއިފްވެސް ހުރީ ގަބޫލު ކުރަން ދަތިވެފައެވެ. ދިއްގާގަހުގެ ހިޔަލުގެ ދަށުގައި އެންމެން ތިބެގެން ހީސަކަރާތް ޖަހަނީއެވެ.

“އޭ! އަހަރެން އަޑުއެހިން ފޮއްތެޔޮއަކީ ނާމާން ރަށެކޭ! އެއީ ތެދެއްތަ؟” ޒިއުނީ އަހައިލިއެވެ.

“އެހެން ކިޔަނީ ދޯ! އަހަރެން އަދިއެއް ނުދަން! މީހުން އޯވާނައިޓަށްވެސް ދޭ އެރަށައް! ވަރަށް ރީތި ބީޗެއްވެސް އޮވެޔޯ އެތާ!” ޔޫޝައު ބުނެލިއެވެ.

“ރީމް ގޮވައިގެން ދާން އެންމެ ފައްކާތަން އެއީ!” ހުދާ މަޖަލަކަށް ބުނެލިއެވެ.

“އެ ކީއްވެ؟ ފުރޭތައަކާ ހަވާލު ކުރަންތަ؟” ލަމްނާ އަހާލީ ލާނެތް ފާޑަކަށެވެ. ވައްކަޅިން ރީމް ލަމްނާއާއި ދިމާލަށް ބަލަން ފެށިއެވެ. މީހަކަށް ނުފެނުނަސް އެދެމީހުން އެދަނީ ލޮލުން އެތަކެއް ހަނގުރާމައެއް ކުރަމުންނެވެ.

“އުހުނ! ރީމް ބިރުގަންނަވަރުން! އޭރަކަންނު އެއްކަލަ ރޭ ވީހެން ވާނީވެސް! އަހަރެން އަތު އެބައޮތް ވީޑިއޯވެސް… މިއޮތީ!” ފަހުން ވާނެ ކަމަކާއި ދޭތެރޭ ނުވިސްނާ ޒިއުނީ އެވީޑިއޯ ދައްކައިލިއެވެ. ރީމް ކިތަންމެ ވަރަކަށް ޒިއުނީއަށް ލޮލުން އިޝާރާތް ކުރިއެއް ކަމަކު ޒިއުނީއަށް ފެނުންހެން ހިއެއް ނުވެއެވެ. ވީޑިއޯ ބަލާފައި ލަމްނާ މޫނަށް އަރައިފޭބި ކުލަވަރު އެއްމެނަށްވެސް ފެންނާނެއެވެ. އެހިތުގައި ރީމްއަށް ޓަކައި ވާ ހަސަދަވެރިކަން އިތުރުވެ ނަފްރަތުގެ ހުޅުގަނޑަށް ބޮޑުވަމުން ދިޔައެވެ.

“ހައު ޑެއަރ ޔޫ ރީމް؟!” ލަމްނާއަށް ވަރަށް ބާރަށް ބުނެވުނެވެ. މިކަހަލަ ކަމެއްވާނެކަން އިނގޭތީ ރީމްއަށް އޭނާގެ ލޯ މަރައިލެވުނެވެ. “އިނގޭދޯ ހީ އިސް އޮންލީ މައިންކަން! ދެން ކީއްކުރަން އޭނައާ އެހާ ކައިރިވާންވީ؟!” ލަމްނާ އޭނާގެ ހިތުގެ ޝަކުވާތަށް ބަންޑުންކޮށްލިއެވެ.

“ލަމްނާ! މިގަޑީގެ މޫޑު ސްޕޮއިލް ނުކުރޭ!” މިހެން ބުނެ ރީމް އެތަނުން ދާން ހިނގައިގަތެވެ. ފަހަތުން ލަމްނާވެސް ހިނގައިގަތެވެ.

“ޒިއުނީ! ހަމަ ޖެހޭތަ އެ ދައްކަން!؟” އައިނާ ނުރުހުންވެ އިނދެ ބުނެލިއެވެ. “ދެންވެސް ހިނގާދާން! އެލަމްނާ ނޭނގެ މިހާރު ރީމް ގަޔަށް ބޮލަށް އެރިކަމެއްވެސް!” ގައިގައި ހުރި ވެލިކޮޅު ފޮޅާލަމުން އައިނާ ބުނެލިއެވެ.

“އޭ ރީމް! ސްޓޭ އިން ޔުއަރ ލިމިޓްސް އިނގޭ!” ލަމްނާ ހަޅޭއްލަވައިގަތެވެ. ރީމްގެ ފިޔަވުޅު ތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އޭނައަށް ލަމްނާއަކީ ނެތް މީހެއް ފަދައެވެ.

“އޭ! އޭ! ބީރުތަ؟” ރީމްއާއި އެއްވަރު ކުރަމުން ލަމްނާ ބުނެލިއެވެ. ރީމް އޭރުވެސް ދުރަށް ބަލަމުން ހިނގަނީއެވެ. ރީމްގެ މިޢަމަލުގެ ސަބަބުން ލަމްނާ އިތުރަށް ހިތްހަމަ ނުޖެހުނެވެ. އެންމެ ފަހުން ލަމްނާ ރީމްގެ ބުރަކަށީގައި ޖަހައި ކުރިއަށް ކޮއްޕައިލިއެވެ. ރީމް ނުވެއްޓުނީ ހަމަކިރިޔާއެވެ. ހަމައަކަށް އެޅި ރީމް ފަހަތަށް ބަލައިލީ އިރު އޭނަގެ މޫނުން ދޭހަވާ އެއްޗެހީގެ މާނަ ނަގައިގަންނަން ވަރަށް އުނދަގުލެވެ.

“ލަމްނާ މޮޔަވަނީތަ؟” ރީމްއަށް އަހައިލެވުނީ ހައިރާންވެ ހުރެއެވެ. ލަމްނާ އޭނާގެ ފަޔަށް ލެވުންހައި ބާރެއް ލައިފައި ރީމްއާއި ދިމާލަށް ހިނގައިގަތުމުގެ ކުރިން އައިނާއާއި ހުދާ އައިސް އޭނަގެ އަތުގައި ހިފޭއްޓިއެވެ. ދުރުންއައި ޔޫޝައުއާއި ނާއިފްގެ ފިޔަވަޅުތަށް ބާރުވެގެން ދިޔައީ ދެނެވެ. އައިނާމެން އައިސް ލަމްނާ ނުހިފޭއްޓިނަމަ މިހާރު ލަމްނާ ރީމް ގަޔަށް ބޮލަށް އެރިތާ އެހާ ގިނައިރެއް ނުވީހެވެ. އަތުން ދޫކޫރާށޭ ކިޔާ ބާރަށް ހަޅޭއްލަވަމުން ދިޔަ ލަމްނާ ހީވަނީ ރޯމަހެއް މަރަށް ތެޅޭހެންނެވެ. އައިނާއާއި ހުދާއަށް ލަމްނާ ނުހިފޭއްޓިގެން އެންމެ ފަހުން ނާއިފްވެސް އައިސް ލަމްނާ ގައިގައި ހިފޭއްޓިއެވެ. ޔޫޝައުއަށް ޖެހުނީ ރީމްއާއި ލަމްނާ ދޭތެރެއަށް ވަންނާށެވެ.

“ލަމްނާ! ލަމްނާ! ހަމަޖެހިބަލަ!” ޔޫޝައު ލަމްނާއަށް ވިސްނައިދެމުން ދިޔައެވެ.

“ރީމް ގާތު ބުނޭ ޔޫޝައުއާ ދުރަށް ޖެހޭށޭ! ކޮންމެހެން އަހަރެންގެ ޔޫޝައު ގައިތެރެއަށް ވަދެ އިންނަން ޖެހޭނެތަ؟” ލަމްނާ އެވަގުތު އުޅުނު ގޮތުން ހީވީ އޭނައަކީ ޖިންނި މޮޔަވެފައި ހުރި މީހެއްހެންނެވެ.

“ފުރަތަމަ ހަމަޖެހިބަލަ!” ދުވަހަކު ނުބުނާހާ ބާރަށް ޔޫޝައު ބުނެލިއިރަށް ލަމްނާ އެއްކޮށް ހުއްޓުން އެރިއެވެ. “އިތުރު ވާހަކައެއް ދައްކައިގެން ނުވާނެ! އެންމެންވެސް ހިނގާ މަންމަމެން ތިބި ދިމާލަށް ދާން!” ޔޫޝައު ހަރުކަށި އަޑަކުން ބުނެލިއެވެ. ލަމްނާއާއި ނާއިފް ފިޔަވައި އެންމެންވެސް ހިނގައިގަތެވެ. ނާއިފް އަދިވެސް ލަމްނާގެ އަތުގައި ހިފައްޓައިގެން ހުރީ އަނެއްކާ ލަމްނާ މީހަކަށް ހަމަލާއެއް ދީފާނެތީއެވެ.

“ރީމް! ރީމްއާ ހެދި ޔޫޝައު އަހަރެންނާއި ދިމާލަށް ހަޅޭއްލަވައިގަތީ! ޔޫ އާ ޑަން ރީމް! ޔޫ އާ ޑަން!” މައިނޭވޭލެވޭ ހާލު ދަތްތަކަށް ބާރުކޮށްގެން ހުރެ ލަމްނާ ބުންޏެވެ.

“ކީކޭ؟!” ލަމްނާ އަތުން ދޫކޮށްލައި އޭނަ ކުރިމައްޗަށް އަރަމުން ނާއިފް އެހިއެވެ. “ލަމްނާ! ކޮންކަމެއް ކުރަން ތިއުޅެނީ؟” ނާއިފަށް ޝައްކު ވެގެން އެހިއެވެ.

“ނާއިފްއާ ބެހޭ ކަމެއް ނޫން!” ލަމްނާ ބުނެލިއެވެ.

“އޭ ލަމްނާ! މާ ފޮނި ނުވައްޗޭ! އަހަރެން މި އަހަނީ ކީއްކުރަންހޭ ތިއުޅެނީ!” ނާއިފް އަމުރުވެރި ރާގަކަށް ބުނެލިއެވެ.

“އެއްބައި ވާނަންތަ؟” ލާނެތް ފާޑަކަށް ލަމްނާ އަހައިލިއެވެ.

“އަދިވެސް ލަމްނާ ހީކުރަނީ އަހަރެން ލަމްނާ ބުނާހާ ގޮތެއް ހަދައިގެން ހުންނަމޭ ތަ؟ ތިހީކުރީ މުޅިން ގޯސްކޮށް! ދެނެއް ދުވަހަކުވެސް ލަމްނާއާ އެއްބައިވެގެން އެއްވެސް ކަމެއް ނުކުރާނަން! މިހާރު އަހަރެން ހިތަށް އަރާ ނަސީބެކޭ އަހަރެން ލަމްނާއާ ރައްޓެހިވެވުންކަން! އެހެންނޫނީ ލަމްނާގެ ތިސިފަވާނީ ވަންހަނާ ކުރެވިފަ! އަޑުއަހަމެންނު ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަކަށޭ ދޯ؟ އަހަރެން ލަމްނާއާއި ރައްޓެހި ނުވިނަމަ ޔޫޝައުއަކަށް ރީމްއެއް ނުލިބުނީސް!” ނާއިފް ބުނެލިއެވެ.

“ޔޫޝައު އިސް އޮންލީ މައިން! ރީމް ބަލަ ބަލަ ހުއްޓާ އަހަރެން ޔޫޝައު ގެންދާނީ! ރީމްއަކީ އަހަންނަށް ޔޫޝައު ހާސިލްކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް! ހަނދާން ކުރާތި! އަހަންނަކީ އަހަރެން ބޭނުންވާ އެއްޗެއް ހަސިލް ކުރުމަށް ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ މީހެއް! އެހެންމަ ރަނގަޅުވާނީ ނާއިފް މިދޭތެރެއަށް ނުވަދުނިއްޔާ!” ލަމްނާ އޭނާގެ އިންޒާރު އިއްވާލިއެވެ.

“ލަމްނާ ހަނދާން ނެތުނީތަ އަހަރެން ޔޫޝައު ގާތު މިހުރިހާ ވާހަކައެއް ބުނެފިއްޔާ ވާނެ ގޮތް؟” ނާއިފް އެހިއެވެ.

“ހަހަހަ! އޭނަ އެންމެ ފުރަތަމަވެސް ރުޅި އަންނާނީ ނާއިފްދެކެ! އެންޑް އައި ޑޯންޓް ކެއަރ އަސްލު! އަދި ގޮތެއް ހުހެއް ނުވެޔޭ!” ހަގީގަތުގައި ބިރު ގަންނަމަވެސް ލަމްނާ ބެލީ އެކަން ނާއިފަށް ނުދައްކާ ވޭތޯއެވެ. ލަމްނާ އަވަސް އަވަހަށް އެތަނުން ދާން ހިނގައިގަތީ ފަހުން ޔޫޝައުގެ ސުވާލުތަކާއި ކުރިމަތިލާން ޖެހޭނެތީއެވެ. ނާއިފް ރަށުގެ އަނެއްފަރާތަށް ދިއުމަށް ޙިޔާރު ކުރީ އެހެން މަގެކެވެ. އެހެންކަމުން ގަސްތަކުގެ ތެރެއިންލައިފައި ނާއިފްވެސް ހިނގައިގަތީ އާއިލާގެ ބާކީ މީހުން ތިބި ތަނާއި ދިމާލަށެވެ.

ހެނދުނު ހިތްގައިމުކަން ކެނޑި މެންދުރުގެ ދިލަހޫނުކަމުން މުޅި ރަށް ވަނީ ދިއްލާލައިފައެވެ. ބޮޑު ދިއްގާގަހުގެ ހިޔަލުގެ ދަށުގައި އެންމެން ތިބީ މެންދުރުގެ ކެއުމަށް އިންސާފު ކުރާށެވެ. ކުޅި ނޫޑުލީހާއި ކޯކާއި ސްޕްރައިޓެވެ. ކައިގެން ހަމަޖެހިލުމަށްފަހު އެންމެންވެސް ނިންމީ މޫދަށް އެރެން ދިއުމަށެވެ. އެހެންކަމުން އެންމެންވެސް މިސްރާބު ޖެހީ ރަށު ތުނޑިއާއި ދިމާލަށެވެ. ތަނުގެ ހޫނުމިން ކިތަންމެ މަތިވިޔަސް އެހޫނުކަން ކަނޑުވައިދެނީ މޫދުގެ ފިނި ފެނާއި ޖެހޭ މަޑުވައިރޯޅިތަކެވެ. މޫދުގައި ތިބެ އެންމެންވެސް އެކިކަހަލަ ކުޅިވަރު ކުޅެ މަޖާކުރަނީއެވެ.

އެންމެނާއި ތިންވަރަކަށް ފޫޓު ދުރުގައި ހުރި ލަމްނާގެ މޫނުމަތީގައިވަނި ނުލަފާ ހިނިތުންވުމެކެވެ. މަޑުމަޑުން މޫދުތެރޭގައި ހިނގާލުމަށްފަހު އެންމެންގެ ތެރެއަށް އޭނަވަނެވެ.

“ހިނގާބަލަ ތަންކޮޅެއް ދުރަށް ގޮސްލަން! ވަރަށް ރީތިވާނެހެން ހީވަނީ!” ލަމްނާ ބުނެލިއެވެ. ލަމްނާއާއި ދިމާލަށް ފާޑަކަށް ބަލަން ހުރި ނާއިފަށް އޭނަ ބަދަލު ކޮށްލީ ރުޅިވެރި ނަޒަރެކެވެ.

“ނޫނޭ… އަހަންނަކަށް ނުފެނޭ ދާކަށް! އެދިމާ ވަރަށް ފުންވާނެހެން ހީވަނީ!” ނާއިފް ބެލީ ލަމްނާ ބޭނުންވާގޮތް ވިޔަ ނުދޭށެވެ.

“ނާއިފް ހާދަ ފިނޑިއޭ ދޯ! އެހެންނޫނަކަސް އެއްގަމާއި ކިހާ ކައިރި!” ލަމްނާ އަވަހަށް ބުނެލިއެވެ.

“އެކަމުވެސް… ހުސް އަންހެނުން ގޮވައިގެން ދޮ މިއުޅެނީ… އަދި އެންމެ ދެ ފިރިހެނުން މިދަނީ… ކަމެއް ދިމާވެއްޖިއްޔާ؟” ނާއިފް ހުރީ ހަމަރަނގަޅަށްވެސް ހާސްވެފައެވެ.

“އަހަރުމެންނަށް އިނގެޔޭ ފަތަން! ދެން ހިނގާބަލަ! އަހަރެންވެސް ބޭނުން ދާން! ބަލާލާފަ އަންނާނީއޭ އަވަހަށް!” ދާހިތްވާލެއް ބޮޑުކަމުން ޒިއުނީއަށް ނުބުނެ ނުހުރެވުނީއެވެ. ކަންތަށް ވެގެން ދިޔައީވެސް ލަމްނާ ބޭނުންވިގޮތަށެވެ. އެންމެންސް އެދިމާލަށް މިސްރާބުޖެހިއެވެ. މާސްކު އަޅައިގެން ރީމްވެސް އަޑިބަލައިލިއެވެ. އެކި ވައްތަރު ވައްތަރުގެ މުރަކަތާއި ކުލަކުލައިގެ މަސްތަކުން ނޫކުލައިން ވަށާލެވިފައިވާ މޫދު ބަލައި ފޫހި ނުވާނެކަން ޔަގީނެވެ. ހަމަ އެހާވެސް އެތަން ރީއްޗެވެ. ފަހަރަކު މީހަކު މާސްކު އަޅައި އެތަން ބެލުމަށްފަހު ނާއިފްއާއި ޔޫޝައު މާސްކު އަޅައިގެން ތަނުގައި ފީނަންފެށިއެވެ.

ލަމްނާ ކުޑަކޮށް ރީމްއާއި ގާތަށް ޖެހިލިއެވެ. އަދި ގަސްތުގައި ގެނބެން ފެށިއެވެ. ލަމްނާ އޭނާގެ އަތްއުކަމުން އުކަމުން ގޮސް ރީމް ލައިގެން ހުރި ޓީޝާޓަށް ވަރަށް ބާރަށް ދަމައިގެތެވެ. ފައިނުޖެހޭ ހިސާބުކަމުން ރީމްވެސް އަޑިއަށްދާން ފެށިއެވެ. ރީމްގެ އަނގައިން ބޯކިތަށް އަރަނީ އެޔެއް މިޔެއް ބަލާފައެއްނޫނެވެ. ނޭވާނުލެވިގެން މައްޗަށް އަރަން ރީމް އޭނާގެ އަތް މޫދުއަޑީގައި ތަޅުވަނީއެވެ. އެއަށްވުރެ ބާރަށް ލަމްނާ ހުރީ އޭނާ ލައިގެން ހުރި ހެދުމުގައި ހިފައްޓައިގެންނެވެ. މޫދުއަޑިން ރީމްއަށް ލަމްނާ އޭނާގެ ހެދުމުގައި ހިފައްޓައިގެން ހުރި ތަނާއި އޭނާގެ މޫނުމަތީގައިވާ މަކުރުގަދަ ހިނިތުންވުން ފެނުނެވެ. އިރުކޮޅެއް ފަހުން ލަމްނާ ރީމްގެ ހެދުން ދޫކޮށްލައި މައްޗަށް އެރިއެވެ. ތެޅުވުނުހާ ބާރަކަށް ރީމް އޭނަގެ އަތް ތަޅުވަމުން ވަރަށް ހާލުން މައްޗަށް އެރިއެވެ. މައިނޭވާލެވޭހާލު ރީމް ބެލީ ހަޅޭއްލެވޭތޯއެވެ. ނަމަވެސް އެކަމަށް ހުރަސްއެޅީ އޭނައަށް ލޮނު ބޮވުމުގެ ސަބަބުންނެވެ. ފަޅިސިކުންތެއް ތެރޭ ލަމްނާ ރީމްގެ ކޮނޑުގައި ހިފައި އަޑިއަށް ގަންބާލައިފައި ދުރަށްކޮއްޕާލިއެވެ. ލަމްނާއަކީ ހާދަހާވާ ހިތްހަރު މީހެއްހެއްޔެވެ. އެހާ ރަހަމުކުޑަކޮށް މީހަކަށް އެހެން ހަނދަން އޭނައަށް ކެރުންކަމީވެސް ހައިރާންވާންޖެހޭ ކަމެކެވެ. ރީމް މަތީގައި އޮންނަން އެކުރާ މަސައްކަތަށް ނުބަލައި ލަމްނާ އަވަހަށް ބެލީ އެހެން އެންމެނާއި ގާތްވެވޭތޯއެވެ.

“ޔޫޝައު!” ވޭނީ އަޑަކަން ރީމް ގޮވައިލީ ބަކަތަޅަމުންނެވެ. މިއަޑަށް އެއްގަމުގައި ތިބި އެންމެނާއި އާއިނާއާއި ޒިއުނީގެ އިތުރުން ހުދާގެ ސަމާލުކަންވެސް ލިބުނެވެ.

“ރީމް!” ރީމް ގެނބޭތަން ފެނި އެންމެންކަހަލަ ގޮތަކަށް ހަޅޭއްލަވައިގަތެވެ. ވަރަށް ނޫންކަމަށް ހަދައިފައި ލަމްނާވެސް އެކަމުގައި ބައިވެރިވިއެވެ. އަޑީގައި ފީނަން އޮތް ޔޫޝައުއަށާއި ނާއިފަށް ބަޔަކު ހަޅޭއްލަވާހެން ހީވާތި މައްޗަށް އަރައި ބަލައިލިއިރު ކަމަކު ދާކަށް ނެތެވެ. ރީމް ގެނބެނީއެވެ. ބަލާކަށް ނުހުރެ ދެމީހުންވެސް އެދިމާލަށް ފަތަން ފެށިއެވެ. ނާހިލްއަށްވެސް މި މަންޒަރު ފެނި އޭނަވެސް މޫދަށް އެރެން ދުއްވައިގެތެވެ. މަރިޔަމްވެސް ދުވަމުން ތެޅެމުން ފޮޅެމުން އައިސް ރީމްއާއި ދިމާލަށް ދާން އުޅުނެވެ. ނަމަވެސް އައިނާމެން އޭނަ ހިފޭއްޓިއެވެ.

“މަގޭ ދަރިފުޅު! އެއޮށް ގެނބެނީ! ސަލާމަތް ކުރޭ! ހެޔޮނުވާނެ!” މަރިޔަމަށް ރޮވެން ފެށުނެވެ. އައިނާމެންގެ ހާލަކީތޯއެވެ. ލަމްނާ ހިތާއި ހިތުން ދުޢާ ކުރަމުން ދިޔައީ ރީމް މަރުވެ ދިޔުމަށެވެ. ނަމަވެސް ރީމްވީ އެއަށްވުރެ ހިތްވަރުގަދަ މީހަކަށެވެ. ލޮނުބޮއެ ބަކަތަޅަމުން ވިޔަސް އޭނަ އެއޮތީ ފެންމަތީގަވިއްޔާއެވެ.

“ރީމް!” ރީމްއާއި ދިމާލަށް ފަތަމުން ދިޔަ ޔޫޝައު ގޮވައިލިއެވެ. “ހަމަޖެހެ ރީމް… ފްލޯޓު ކުރޭ! ފްލޯޓު ކުރޭ!” ޔޫޝައު ރީމް ސަލާމަތް ކުރުމަށްޓަކައި ރީމްއަށް އިރުޝާދުދޭން ފެށިއެވެ. އެއްސިކުންތެއްގައި ރީމް ފްލޯޓުކުރެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އަނެއްސިކުންތިގައި ނޭފަތަށް ފެންއެޅުމުގެ ސަބަބުން ރީމްއަށް ތެޅެގަނެވުނެވެ. އެއްލިއަތަކުން ޔޫޝައު ލައިގެން ހުރި ޓީޝާޓުގެ ގިރުވާން ބައިގައި ރީމްއަށް ހިފުނެވެ. އެމަންޒަރު އެއީ ފެންނާނެ ކޮންމެ މީހެއްވެސް ރޮއްވާލާނެހާ ބިރުވެރި، ހިތާމަވެރި މަންޒަރެކެވެ.
-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Raaya

Level 210 Stories100 Comments

Other Articles

Previous

އައިނާ (2) 28

Next

ލޯބިލޯބި ނުހާ

Next
August 15, 2020

ލޯބިލޯބި ނުހާ

Previews
August 15, 2020

އައިނާ (2) 28

13 Comments!

  1. Starlight vixx says:
    August 15, 2020 at 8:10 pm

    me first tha anyways varah reethi mi part ves curiously waiting for the next part

    1. Raaya says:
      August 16, 2020 at 12:01 pm

      yes! you are first starlight! thank you soo much dear! in sha allah varah avahah 25 vana bai genesdheynan 🙂 <3

  2. RYO says:
    August 16, 2020 at 7:12 am

    Couriously waiting for the nxt paet
    Vvvvvv nice raayaa dear

    1. Raaya says:
      August 16, 2020 at 12:05 pm

      vrh bodah shukuriyya RYO dear! in sha allah vrh avahah genesdheynan 🙂 <3

  3. Shaima shaee says:
    August 16, 2020 at 8:18 am

    Vrrreeeethi. Curiously waiting for the next part ??????????

    1. Raaya says:
      August 16, 2020 at 12:06 pm

      thansk shaima shaee! 🙂 in sha allah mirey submit kohlaanan! <3

  4. Nafu✨ says:
    August 16, 2020 at 11:45 am

    masha allah.. vr vr vr rythi mi bai vs.. vr curious dhn vaane gothakaa medhu.. alheyy rym ah dhera gotheh nahadhahchey… waiting

    1. Raaya says:
      August 16, 2020 at 12:09 pm

      thank you so so so much nafu!! hehe let’s see dhw! in sha allah mirey submit kohlaanan

  5. Eekko says:
    August 17, 2020 at 10:14 am

    Masha allah vrh reethi im waiting for the next part!! Its so amazing keep it up ❤️?

    1. Raaya says:
      August 17, 2020 at 12:10 pm

      Thanks Eekko??? reyga submit kohlin! In sha allah miadhu kiyaalan libeyne???

  6. ?kookie? says:
    August 17, 2020 at 7:37 pm

    Sis mibai ves vara salhi ?????

    1. Raaya says:
      August 17, 2020 at 9:24 pm

      Thank you sooo much kookie???

  7. Lam ? says:
    August 19, 2020 at 7:35 pm

    V v reethi mi part… ❤️❤️❤️❤️❤️❤️❤️❤️

Comments are closed.

Next Episodeނޭނގި ވެވުނީ ލޯތްބޭ- 25& 26←


All Right Reserved!