އާދުވަހަކަށް އިރު އަރައިގެން އައި އިރު އައިވިން ތައްޔާރުވަމުން ދިޔައީ ރަށު އޮފީހަށް ދިޔުމަށެވެ. ކޯޓު ލުމަށްފަހު ޓައީ ރީތިކޮށްލި ވަޤުތު ކޮޓަރީގެ ދޮރުގައި ޓަކިޖެހި އަޑު އިވިގެން ދިޔައެވެ. ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ސޫރަ ބަލާލުމަށްފަހު އައިވިން އޭނާގެ ފޯނާއި ވޮލެޓު ޖީބަށް ލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
ކޮޓަރި ދޮރު ހުޅުވާލުމާއެކު ކުރިމަތީގައި ހުރި އޭނާގެ ބޮޑީގަރޑް ޓެކްސީ އޮތީ ތައްޔާރަށް ކަމަށް ބުނެލިއެވެ. އައިވިން ބޯ ޖަހާލަމުން ހިނގައިގަތުމުން ބޮޑީގަރޑް ވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ.
ގެސްޓް ހައުސްއިން ނިކުމެވުމާއެކު އައިވިން މިސްރާބު ޖެހީ ޓެކްސީއާ ދިމާއަށެވެ. ގޭކައިރީ ހައްދާފައި ހުރި ގަސްތަކައް ފެންދޭން ހުރި ޒޯޔާ އަށް މަގާ ދިމާއަށް އެނބުރެލެވުނީ ފެންދޫކޮށްގެން ހުރި ހޮޅީގެ އިސްކޫރު ބާރުނުކޮށެވެ. އެވަޤުތު ހޮޅީގެ ފެންތައް މިސްރާބުވީ މަގުގެ އެހިސާބާ އަރާ ހަމަވި އައިވިންގެ ގަޔަށެވެ.
އައި ނައިތަނެއް ނޭނގި ގަޔަށް ފެންތައް ބުރައިގެން ދިޔުމުން އައިވިން އަށް ލިބުނީ ކުއްލި ސިހުމެކެވެ. ފަހަތުގައި ހުރި އޭނާގެ ބޮޑީގަރޑް ވެސް އަވަސް އަވަހަށް އައިވިންގެ ކުރިމައްޗަށް އެރީ އެފަދަ އެހެން ހަމަލާއަކުން އައިވިން ދިފާޢު ކުރުމަށެވެ.
ބޮމަ ގޮށްޖެހިފައި ހުރި އައިވިން ފަރާތް ފަރާތައް ބަލާލީ އެ އަމަލު ހިންގީ ކާކުކަން ހޯދުމަށެވެ. އެއްލި ކަޅިއަކުން ދެލޯ ބޮޑުވެފައި ހުރި ޒޯޔާ އައިވިންގެ ލޮލުގައި އަޅައިގަތެވެ. އައިވިން ބަލާލުމާއެކު ޒޯޔާއަށް އިސްޖަހާލެވުނެވެ. އައިވިންގެ ރުޅިވެރި ނަޒަރު ފެނުމުން ޒޯޔާގެ ހިތްތެޅެން ފެށީ އެޔެއް މިޔެއް ބަލާފައެއްނޫނެވެ. އައިވިން އަކީ ކޮން ފެންވަރެއްގެ ކާކުކަމެއް ޒޯޔާއަށް އޮޅިފައެއްނުވެއެވެ. ދެން އޭނާ ކަންތައްކުރާނެ ގޮތަކާމެދު ޒޯޔާ ޖެހިލުންވިއެވެ.
އިސްޖަހާލައިގެން ހުރި ޒޯޔާއަށް ބަލަންހުރި އައިވިން ގެ ދަތްކުނޑި ވިކާލެވުނެވެ. ފުރަތަމަ ސިކުންތުގައި އެއަންހެންކުއްޖާގެ ކުރިމައްޗަށް ގޮސް ހަޅޭއްލަވައިގަންނަން ބޭނުންވިއެވެ. އެހެނަސް ޒޯޔާއަކީ ޒަފަރްގެ އަނބިމީހާކަން ހަނދާންވެ އައިވިން ހުއްޓުން އަރާގޮތްވިއެވެ. ޒަފަރްގެ ބާރުގައިވާ އެއްޗަކާ ބެހެން އުޅުމަކީ އަލިފާނަށް ޕެޓްރޯލް އެޅުމަށްވުރެ ވެސް ނުރައްކާތެރިވާނެ ކަމެއްކަން އައިވިން އަށް އެނގެއެވެ.
އައިވިންގެ ބޮޑީގަރޑް ކައިރީ އެތާ މަޑުކުރުމަށް ބުނުމަށްފަހު ބާރު ފިޔަވަޅުތަކުގައި އޭނާ ހިނގައިގަތީ ގެސްޓް ހައުސްގެ ތެރެއަށެވެ. އެމަންޒަރު ބަލަން ހުރި ޒޯޔާއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނީ އޭނާ ހީކުރިފަދައިން ކަންތައް ނުވުމުންނެވެ. އެހެނަސް ދެވަނަ ސިކުންތުގައި ޒޯޔާގެ ހިތަށް ނުތަނަވަސްކަން ވެރިވީ އައިވިން އަކީ ޒަފަރް ދަންނަ މީހަކަށް ވުމުންނެވެ. ދެންމެ ހިނގާދިޔަ ހާދިސާ އައިވިން ޒަފަރް ކައިރީ ބުނެފިނަމަ އޭނާއަށް ދޭނީ ކޮންކަހަލަ އަދަބެއްކަމެއްވެސް ނޭނގެއެވެ.
ކޮޓަރިއަށް ވަދެވުމާއެކު އައިވިން އަވަސް އަވަހަށް އޭނާގެ ގަމީހުގެ ގޮށްތައް ނައްޓަން ފެށިއެވެ. މިވީގޮތުން އޭނާއަށް ގަޑިޖެހިގެން ނޫނީ އޮފީހަށް ނުދެވޭނެކަން ޔަޤީނެވެ. އެހެންމީހުންގެ ކުރިމަތީ އޭނާގެ ޤަދަރު ދައްވެގެންދާނެ ކިތަންމެ ކުޑަ ކަމެއް ވުމަކީވެސް އައިވިންއަށް ބަރުދާސްތު ކުރެވޭނޭ ކަމެއްނޫނެވެ. ހައްތަހާ ޒޯޔާ އާމެދު އޭނާގެ ހިތުގައި އޮތް ފޫހިކަން އިތުރުވެގެން ދިޔައެވެ.
*******
ހެނދުނުގެ ސައި މޭޒުމައްޗަށް ލަމުން ދިޔަ ޒޯޔާ ދޮރު ހުޅުވުނު އަޑަށް ހިންދެމިލިއެވެ. ދޮރުން ވަދެގެން އައި ޒަފަރް ފެނުމުން އަވަސް އަވަހަށް ކޮފީތަށި ގެނެސް މޭޒުމަތީގައި ބަހައްޓަމުން ކާތަށްޓެއް ޒަފަރް އިށީން ގޮނޑިއާ ވީފަޅީ މޭޒުގައި ބޭނދިއެވެ. ޒޯޔާއަށް ފަރުވާކުޑަގޮތަކަށް ބަލާލުމަށްފަހު ގަމީހުގެ އަތުކުރި އޮޅާލަމުން ޒަފަރް ކެޔުމަށް އިންސާފުކުރަންފެށިއެވެ. މޭޒުގެ އެއްކަނެއްގައި އަތްވިއްދާލައިގެން ޒޯޔާ ކޮށްޅަށްހުރީ ޒަފަރް އެއްޗެއްބޭނުންވެދާނެތީއެވެ.
ކާއެއްޗެހީގެ މަތިތައް ނަގަމުން ދިޔަ ޒަފަރް ހުއްޓުނީ މައްސުނި ތަށި ފެނުމުންނެވެ.
“މިއަދުވެސް މައްސުނިތަ..؟” ޒޯޔާއަށް ދެލޯ އަޅާލަމުން ޒަފަރް ސުވާލުކުރިއެވެ.
“ލައިގެން ކާނެ އެއްޗެއް ހަދަން ބެލިއިރު ގެޔަކު ނެތް މަސްދަޅު ނޫން އެއްޗެއް..ޒަފަރް ގޭގަ ނޫޅޭތީ ރުފިޔާއެއް ނެތް އެހެން އެއްޗެއް ގަންނާކަށް..” ޒޯޔާ އިސްޖަހާލަމުން ބުނެލިއެވެ. ގޭގެ ހުރިހާކަމެއް ކޮށް ހަދަނީ ޒޯޔާ ކަމުގައިވީނަމަވެސް ގޭގެ ޚަރަދުތައް ބެލެހެއްޓުމަށްވެސް ޒަފަރް ޒޯޔާއަކަށް ފައިސާދީއެއް ނަހަަދައެވެ. އަނބިމީހާއަށް ޚަރަދުކޮށް ބަލަހައްޓަން ޖެހޭ ފަރާތަކީ ފިރިމީހާކަން ޒަފަރް ނުދަންނަފަދައެވެ.
“އަދި އޮންނާނެ ބިސްގަނޑަކާއި ޕާނާއި ޖޭމްވެސް..” ޒޯޔާ އަަވަސް އަވަހަށް ދެންހުރި ތަށިތަކުގެ މަތިތައް ނެގީ ޒަފަރްގެ ރުޅި ފިނިވާނެކަމަށް އުންމީދުކޮށެވެ.
“ކޮންމެ އެއްޗެއްހުއްޓަސް ހެވެންނު..ރޮށްޓާ ޖައްސައިގެނެ ކާން މިހިރީ ހަމައެކައްޗެއްވިއްޔަ..އިއްޔެވެސް މައްސުނި..މިއަދުވެސް!!” މައްސުނިތަށި އަތުކޮޅަށް ހޫރާލަމުން ޒަފަރް ހަޅޭއްލަވައިގަތެވެ. ޒޯޔާއަށް ސިހިފައި ދެތިން ފިޔަވަޅު މޭޒާ ދުރަށް އަޅާލެވުނެވެ. އޭރު ޒޯޔާގެ ދެލޯ ބޮޑުވެފައިވާ އިރު ދެއަތުން ބަނޑުގައި އަތް އަޅާ ފޮރުވާލެވުނެވެ. އޭނާއަށް ލިބޭ އެއްވެސް ހަމަލާއަކުން އެދަރިފުޅަށް ކިތަންމެ ކުޑަވެސް ހާނިއްކައެއް ލިބުމަކީ އޭނާއަށް ކެތްވާނެވަރުގެ ކަމެއްނޫނެވެ.
“ރުފިޔާނެތްވާހަކަވެސް ނުބުނެވެން ތި އަނގައިގަ ވާގި ނެތީތަ ..” ޒަފަރް އައިގޮތަށް އައިސް ހިފީ ޒޯޔާގެ ކޮލުގައެެެވެ. ދެކޯ ފިތިގެންދިޔައިރު ޒޯޔާއަށް ދެލޯމަރާ ލެވުނީ ޒަފަރްގެ ރުޅިވެރި ނަޒަރު ބަލަން ބޭނުންނުވާތީއެވެ.
“އަހަންނަށް އިނގޭ ތިވެގެން އުޅޭގޮތް.. ގޭގެ ހުރިހާ މަސައްކަތެއް ތިދެއަތުން ކުރަންޖެހޭތީ ބޮޑު ކަމަކަށްވެގެންނެންނު ތިއުޅެނީ.. ތިހެން އަހަންނަށް ލަނޑުދީގެން މޮޅުތަކެއްވާނެ ކަމަށް ހީނުކުރައްޗޭ..މިގޭގެ ހުރިހާ މަސައްކަތެއްވެސް ކުރަންޖެހޭނީ ހަމަ ކަލޭ.. އަވަސް ކުރޭ.. ދޭ ވެއްޓުނު ތަށި ނަގާ އެތަން ސާފު ކުރަން..” ތަށި ތަޅައިގެންގޮސް މައްސުނިތައް ވެރިފައި ހުރި ދިމާއަށް ޒޯޔާ ކޮށްޕާލަމުން ޒަފަރް ބުނެލިއެވެ.
ބާރުހިނގުމުގައި ޒަފަރް ގޮސް ގެއިން ނިކުމެ ދޮރު ލައްޕާލިއަޑު ޒޯޔާއަށް އިވިގެންދިޔައެވެ. މަޑު މަޑުން ޒޯޔާ އުޑަފަައިން އިށީންދެ ތެޅިފައިވާ ތަށީގެ ބައިތައް ނަގަމުން ދިޔައެވެ. ލަސްލަހުން ތަށީގެ ބައިތައް އަތަށް ނަގަމުންގޮސް ޒޯޔާ ހުއްޓުން އެރިއެވެ. އަތުގައި އޮތް ތަށީގެ ބައިތައް މުށިގަނޑު މައްޗަށް އަނބުރާ ވެރުނު އިރު ޒޯޔާއަށް ގިސްލެވެން ފެށުނެވެ. އޭރު އޭނާގެ މުޅި ހަށިގަނޑުންވެސް މަޑު ތުރުތުރު އެޅުމެއްގެ އަސަރު ފާޅުވަމުން ދިޔައެވެ.
********
ވޯކްޝޮޕް ފެށިގެން ކުރިއަށްދިޔަ އިރު އައިވިން ވެގެން ދިޔައީ ޖަލްސާގެ ޝަރަފުވެރި މެހެމާނަށެވެ. އަތޮޅުގެ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ވޯކްޝޮޕްގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ޒުވާނުން އެކި ރަށްރަށުން އެއްތަނަކަށް ޖަމާވެފައިވެއެވެ. ދުވަހުގެ ތާވަލަށް ރޭވިފައިވާ ކަންތައްތައް ނިމުނު އިރު ހުރީ ހަވީރުވެފައެވެ. ވެފައިހުރި ވަރުބަލީގެ ސަބަބުން އޭނާގެ ބޮޑީގަރޑް އަށް އިޝާރާތްކުރަމުން އައިވިން އެދުނީ އަވަހަށް ގެސްޓު ހައުސްއަށް ދިޔުމަށެވެ.
*******
” އޭ ޒޯ.. ކޮބާތަ މިރަށަށް އައިސްގެން އުޅޭ މަޖިލިސް މެންބަރު.. އަޑު އެހިން މި ގެސްޓު ހައުސްގައޭ އުޅެނީ..” ފޮތެއް ހިފައިގެން ޖޯލިފަތީގައިން އިން ޒޯޔާ ކައިރީ އިށީނީ އޭނާގެ ދެރަޙުމަތްތެރިންކަމަށްވާ ނަޔާ އާއި ޝިބާ އެވެ.
“އާން..މި ގެސްޓު ހައުސްގަ ހުންނަނީ..” މިއަދު ހެނދުނުވީ ކަންތައް ހިތަށް އެރުމުން އައިވިންގެ ވާހަކައާއި ޒޯޔާ މާ ގަޔާވާގޮތެއްނުވިއެވެ.
“އޭ ތެދެއް އޭނަ ހަމަ އެހާ ސްމާޓް ތަ؟ މިރަށު އެންމެން މިހާރު ދައްކަނީ އޭނާގެ ވާހަކަ..” ނަޔާ ސުވާލު ކުރިއެވެ.
“ނަޔާ އަށް ރީތިވެދާނެ..އެކަމަކު ރީތިވިއްޔާ ވާނީ ކޮންކަމެއް.. ތި ހުރިހާ މަޖިލިސް މެންބަރުންނަކީވެސް އެއްކަހަލަ ބަޔެއް.. ވޯޓު ހޯދަންވީމަ ހީވާނެ އެހެންފަދަ ކަމެއްހެން..މިވެނި ކަމެއް ކޮށްދޭނަމޭ އެވެނި ތަނެއް ހަދާނަމޭ ކިޔާނެ..އެކަމަކު މަޖިލީހަށް ހޮވުނީމަ ރައްޔިތުން ފެންނަކަމަށްވެސް ނަހަދާނެ.. އެމީހުންނަށް ކުރަން އިނގޭނެހާވެސް ކަމަކީ މަޖިލީހުގެ ގޮނޑި ހޫނުކުރުން..” ޒޯޔާ އޭނާގެ އެކުވެރިންގެ ކައިރީ އޭނާގެ ޝުޢޫރު ފާޅުކޮށްލިއެވެ. އެއީ އަބަދުވެސް އެތިން އެކުވެރިންގެ އާދައެވެ. އެކަކަށް ފެންން ޚިޔާލެއް އަނެކަކަށް ފާޅުކުރަނީ އެއްވެސް ފަސްޖެހުމެއް ނެތިއެވެ. ޒޯޔާގެ ޙަޔާތަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބިގެންދަނީ އެދެ އެކުވެރިންގެ ފަރާތުންނެވެ.
“ނޫންތަ؟ މީ ދޮގެއްތަ؟” ވީކަމެއް ނޭނގި ދެއެކުވެރިން ބަސްހުއްޓިފައި ތިބުމުން ފަހަރަކު މީހެއްގެ މޫނަށް ބަލާލަމުން ޒޯޔާ ބުނެލިއެވެ. އެވަޤުތު ޝަބާ ގެސްޓް ހައުސް އާއި އެގެޔާ ދެމެދު އިންދާފައި ހުރި ގަސްތަކާއި ދިމާއަށް އަވަސް ނަޒަރެއް ދެމުން އިސްޖަހާލިއެވެ. ވާނުވާގައި އިން ޒޯޔާ ޝަބާ ބަލައިލި ދިމާއަށް އެނބުރިލިއެވެ. އެވަޤުތު ގަސްތައްކައިރީ ދެޖީބަށް އަތްޖަހާލައިގެން ހުއްޓި ހުރި އައިވިން ފެނުމުން ޒޯޔާގެ ދެލޯ ބޮޑުވެ އަތްފައި ފިނިވެގެން ދިޔައެވެ. ޒޯޔާ އާ ދިމާއަށް ބަލަހައްޓައިގެން ހުރި އައިވިންގެ މޫނުމަތިން ފާޅުވަމުން ދިޔައީ ދޭހަކުރަން އުނދަގޫ އަސަރުތަކެކެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







Vvvvvvvvv reethi masha allah…n whn nxt prt??
thank u soo much Cupcake. v ufaavejje dear ah mi part kamudhiyaeema.. n if im not wrong it’s ur first comment right? so Happy to receive a comment from a new reader.. Next part In sha Allah v avahah up kohla dheynan?❤
Oh no?♀️?♀️?♀️?♀️ Zoyaa?♀️?♀️?♀️?♀️?? Hevijje,? ekam zoya ah vaane goi hithah araafa?????? Haha Wonder haadha molhey?????????❤️❤️❤️
مشاء الله?❤️?❤️?❤️?❤️?❤️?❤️
Mi part ves varah varah varah varah loabi ?????????????
Tc & stay safe?
Hahahahahaaa zooyaaaaa ?????heehee halaaku vehjje. Haadha landekey Zoya ah dhw ?????Alhey zafar Hurebala nikan Zoya gaiga aiy liyas nimuni dhen???pis pis pis Zoya Ebuny hama bodu thedheh ?Aivin Akas zafarakas membarakah v ma bodu gondeega thibeynii ??Aivin ah kithah aharu thr?N zafar ah vx? Zoyaaa ekamaku Vaa dhww???Aivin vx dhen ehaa izzathuga ulhengnaa vaany thihen ?Zafar ah mashuni vx nukevey thr ?????stay safe lwbi gandu ♥️♥️♥️♥️lysssssssssssssmmmmmmmmmmmmm
????mymmmmm ssmmmm and ssssmmm
Zafar gandu hithekey kiyaa ehcheh ves nethee tha Alhe ???? haadha foossei veyy ??????btw mi part Varah Varah Varah Varah Varah reethi ❤️❤️❤️❤️
Maa sha Allah ❤️?❤️?❤️?❤️?❤️?
Curiously waiting waiting waiting for the next part ❤️?❤️?❤️?❤️?❤️?❤️?❤️
Love you wonder ❤️?❤️? take care ❤️?
❤️?❤️Stay home and stay safe ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
Varah nice…… Masha allah…… ❤️❤️❤️❤️if you don’t mind can u tell me ur name… I’m Raniya…. 16 yrs old…..
Swry not your name……. Age…..
Halui house Raniya dhw???rah Nubunan vegen Mihen Mibuny
Hahaha haha…… Yp….. Thii A dad aky rz thr… Dhigukoh nubunan mihen mibuny…… HAhahahahah
Hahahahahaaa hmm????