އައިނާ (2) 29
އޮނަތިރީސްވަނަބައި
އެހެން ކަމުން އަޝްހާ ފުރަގަސްދީ ހިޝާން އެތަނުން ދާން ހިނގައިގަތެވެ.
***
“ނޫން.. އޭގައި އޮތީ އެހެނެއްނޫން.. އޭގައި އޮތީ އޭނާ އަށް ހިޝާންބެ ހަނދާން ނައްތާ ނުލެވުނު ވާހަކަ.. އެންމެ ފަހު ވާހަކަ އަކަށް އޮތީ އޭނާގެ ހިތް ބަދަލުވެސް ނުކުރެވުނު ވާހަކަ.. އޭގައި އޮތީ އަނާ އަދިވެސް ހިޝާންބެ ދެކެ ލޯބިވާ ވާހަކަ..” އަޝްހާގެ މިބަސްތަކުން ހިޝާންގެ ހިނގުން ހުއްޓުނެވެ. ހީވީ ދެފައިގައި މީހަކު ހިފެހެއްޓިހެންނެވެ.
ހައިރާން ވެފައި އޭނާ އެނބުރުނެވެ. އޭނާ އަޝްހާ އާއި ދިމާއަށް ބަލައިލީ ހައިރާން ކަމުގެ ނަޒަރުންނެވެ. “އަޝޫ ތިއުޅެނީ އަހަރެންނަށް ފޯލްސް އުންމީދެއް ދެންތަ..؟” ހިޝާން އަޑު ކުރެހުނެވެ. “ނޫން ހިޝާންބޭ.. އައި ޕްރޮމިސް.. އަހަރެން އެއްވެސް މީހަކަށް ފޯލްސް އުންމީދެއް ނުދޭނަން..” އަޝްހާ ސާބިތުކަންމަތީގައި މިހެން ބުނުމުން ހިޝާން ޖެހުނީ ގަބޫލު ކުރާށެވެ.
އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން ހިޝާން އެނދުގައި އިށީންދެލިއެވެ. އިސްޖަހާލީ އޭނާގެ ސިކުނޑިއަށް އެއްވެސް ކަމެއް ނުވަނުމުންނެވެ.
“ބަޓް ސްޓިލް.. ޝީ އިޒް ބްރޯކެން..” ހިޝާންގެ ކައިރީގައި އިށީންދެ އޭނާގެ ކޮނޑުގައި އަތް ބާއްވާލަމުން އަޝްހާ ބުނެލިއެވެ.
“އައި ނޯ.. އެއީ އަހަރެންގެ މައްސަލަ.. އަޝޫ.. އަހަރެން އަދިވެސް އައިނާ ބޭނުން.. އަދިވެސް ބޭނުން.. އެކަމް އައިނާ ދުވަހަކުވެސް އަހަރެންނަށް މާފުކުރާނެތަ..؟ އަހަރެންނަށް އެނގޭނީ އައިނާ އަހަރެންދެކެ އަދިވެސް ލޯބިވާތީވެ އަހަރެންގެ ހިތް އުފަލުން ނަށާވަރު.. އެކަމް.. އައިނާ އެއްބަހެއް ނުވާނެ އަހަރެންނާއި ވާހަކަ ދައްކާކަށްވެސް.. އަޝޫ.. ހެލްޕް މީ..” ހިޝާން މާޔޫސީ ރާގަކަށް ބުނެލިއެވެ.
“ދެޓްސް ވަޓް އައި ސެޑް.. ހިޝާންބެ މަސައްކަތް ކުރާށޭ.. އެކަމް އަހަރެން ހެލްޕް ވެދޭނަން.. އެހެން ވީމާ އީ ދެން ވީ ތިދެމީހުން ވާހަކަ ދެއްކޭ ގޮތެއް ހަދަންދޯ.. އަމްމް.. މާދަން ރޭ ނުލައި އޭގެ އަނެއްރެއަށް ހިޝާންބެ ޑޮމެސިސް ރެސްޓޯރަންޓްގެ ވީ.އައި.ޕީ ބައި އެއްކޮށް ބުކް ކޮށްބަ.. އެނގޭ..” އެރި ފޯރި އާއެކީ އަޝްހާ އަށް ބުނެވުނެވެ.
ހިޝާން ދެލޯ ބޮޑުކޮށްފައި އަޝްހާ އާއި ދިމާއަށް ބަލާލިއެވެ. “އޯހް ކަމޯން ހިޝާންބޭ.. ދެއަތް އުރާލައިގެން ހުއްޓަކަސް އަނާ އެއް ނުރުއްސޭނެ ދޯ..” އަޝްހާ ބުނެލިއެވެ.
“ތި ޕްލޭން ސަޅިއޭ.. އެކަމް.. އައިނާ އައިސްދާނެތަ..؟” ހިޝާން ޔަޤީން ނުކުރެވިފައި އެހިއެވެ. “ޕިސް ޕިސް ޕިސް.. ކެންސަލް ކުރަނީ.. ތިހާ ޖެހިލުން ވެގެން މިކަމެއް ނުވާނެ.. އަންހެނެކޭ އެއްވަރު ވިއްޔަ..” އަޝްހާ ހިތްހަމަ ނުޖެހޭކަން ދައްކަމުން ބުނެލިއެވެ.
“ނޫން.. ޑޯންޓް ކެންސަލް.. އެކަމް މާދަންރޭނު އަނެއްރޭ ވީމަ ހައްތަހާވެސް ލަސްވާހެން ހީވާތީވެ..” ހިޝާން ކުޑަކޮށް ޖުމްލަ ލަސްކޮށް ބުނެލިއެވެ.
“ހާދަ ކެތްތެރިކަމެއް ނެތޭދޯ.. އެހެން ވީރު މާދަން ރެއަށް.. އޯކޭ..” އަޝްހާ އަނެއްކާވެސް ބުނެލިއެވެ. ހިޝާން ވެސް ބަދަލުގައި ހިނިތުން ވުމެއް ހަދިޔާކުރިއެވެ. “އައިނާ ކިހިނެތް ގެންނާނީ…” ދޮރުން ނިކުންނަން ދިޔަ އަޝްހާ އާއި މުޚާތަބުކޮށް ހިޝާން ބުނެލިއެވެ.
“ލީވް ދެޓް ޓުމީ..” ރީތި ހިނިތުންވުމެއް ހިޝާން އަށް ހަދިޔާ ކޮށްފައި އަޝްހާ ބުނެލިއެވެ. އަޝްހާ ދޮރުލައްޕާލައިފައި ދިޔުމުން ހިޝާން އެނދު މައްޗައް ވެއްޓި ގަތެވެ. އަދި ލޯމަރާލައިފައި ފުންނޭވައެއް ދޫކޮށްލިއެވެ.
ހިޝާންގެ ލޯމައްޗައް ސިފަވަނީ އައިނާ އުފަލުން ހުރެ ހިޝާންގެ ގައިގައި ބައްދާލާތަނެވެ. ހިޝާން އަށް އެވަގުތު ހިނިތުންވެލެވުނެވެ.
***
އަޝްހާ ކޮޓަރިއަށް ވަދެ އޭނާގެ ފޯނުނަގައިފައި އައިނާ އަށް ގުޅަން ފެށިއެވެ. ތިންވަރަކަށް ރިންގަށްފަހު އައިނާ ފޯނުނެގިއެވެ. “އަދިވެސް ނިދަނީތަ..؟” އަޝްހާ ބުނެލިއެވެ. “ނޫން ތެދުވިތާ އިރުކޮޅެއް ވެއްޖެ..”
އައިނާ އޭރުވެސް ދިޔައީ މުޅި ކޮޓަރި ހާވަމުންނެވެ. “އަޝޫ ދޮގު ނަހަދާ ބުނޭ.. މިއަދު މިގެއަށް އައިންތަ..؟” އައިނާ ސީރިއަސް ވެލަމުން އެހިއެވެ.
“އެ.. އޭނ.. ކީކޭ ތިކިޔަނީ.. އެހެން ނޫނަސް އަހަރެން މިގުޅީވެސް ތިގެއަށް ދާވާހަކަ ބުނާށޭ.. އެއިޓް އަށް ތައްޔާރު ވާތި.. ހިނގާލަން.. ބައި..” އަޝްހާ ވަގުތުން ކޯލް ކަނޑާލިއެވެ.
އައިނާ އިނީ ގަނޑު އަރާފައެވެ. “ހުއް ވަރަށް ފޫހިވޭ.. އަޅޭ.. ކޮބާތަ އެފޮތް..” އައިނާ އަނެއްކާވެސް އެހޯދަން މަސައްކަތް ކުރަމުން ބުނެލިއެވެ.
އަށެއް ޖަހަން ފަނަރަ މިނިޓަށް ވިއިރު އައިނާ އިނީ ޝޯލް ރީތިގޮތަކަށް އަޅާށެވެ. އަޅިކުލައިގެ ކުދި މާތަކެއް ޖަހާފައި ހުރި ބުރުގާ ފޮތީގެ ކަކުލާއި ހަމައަށް އަރާ ހެދުމަކާއި ހަމަ އަޅި ކުލައިގެ ޖިންސެއްގައި އައިނާ ފެންނަނީ ނުހަނު ޗާލުކޮށެވެ. އަޅަނީވެސް އެއާއި ގުޅޭ ޝޯލް އެކެވެ. އަޑިން ހުދުކުލައިގެ ބޮޑީޝޫޓް އެއް ލައިގެން ހުރިއިރު ހެދުމުގެ މަތިން ބަންދެއް ގޮތަށް ފޮތިކޮޅެއް އައްސާފައި އޮތެވެ.
އެންމެ ފަހުޕިން ޖަހާލައިފައި އައިނާ ގެންގުޅޭ ސެންޓުފުޅި މުޅިގަޔަށް ބުރުވާލައިފައި ކޮލޯން ކޮޅެއް އަތުގައި ހާކާލީ އަތުން މީރުވަސް ދުއްވާލާށެވެ. އައިނާ އޭނާގެ ގެންގުޅޭ ގަޑި ކަނާއަތުގައި އަޅާލައިފައި އަތުގައި އަޅާ ކެވެލިކޮޅެއް ވައަތުގައި އަޅާލިއެވެ.
ހިތްހަމަ ޖެހޭވަރު ވުމުން އައިނާ ކޮތަރިން ނިކުތީ އޭނާގެ ފޯނާއި އަތްދަބަސް ހިފައިގެންނެވެ. އޭރު އަރިން ކާގޭގައި ކާން އިނެވެ. “ދޮންތީ.. ކޮންތާކަށް..؟” ފެންފޮދެއް ބޯން އިން އައިނާ ރީތިވެގެން ހުރުމުން އަރިން އެހިއެވެ.
“މިދަނީ.. ކޫ އާއި އެއްކޮށް ހިނގާލަން..” އައިނާ އަރިން އަށް ބަލާލަމުން ބުނެލިއެވެ. “އަރިން ވެސް ބޭނުން ދާން..” އަރިން ބޮޑާ ހާކާލިއެވެ. “ނޯ އަރިން.. ރިން ނިދާގަޑި ޖެހުނީއޭ.. މާދަން މަންމި އާއި ބައްޕި އާއި ދޮންތި ދާނީ ޑްރައިވް އަކަށް.. މިރޭ ނިދަން ހިނގާ..” އަރިންގެ ބޮލުގައި ފިރުމާލަމުން ކައިރީގައި އިން އިސްރާ ބުނެލިއެވެ.
އައިނާވެސް އަރިންގެ ނިތުގައި ބޮސްދީފައި ނިކުމެ ބޫޓު ހަރުގަނޑު ކައިރީގައި މަޑުކޮށްލިއެވެ. އަދި އޭގެއިން ހުދު ސްނިކާސް ބޫޓެއް ނަގައި ފަޔަށް ހެޔޮވަރު ކޮށްލިއެވެ. އައިނާ ނިކުންނަމުން އިސްރާ އަށް ގިވާލައިފައި ދަނީއޭ ބުނެލިއެވެ.
“އޯކޭ.. އަވަހަށްދޭ.. ބަސްއަހައްޗޭ އައިނާ..” ގެއިން ނިކުންނަމުން ދިޔަ އައިނާ އަށް އިސްރާ ގޮވާލި އަޑު އިވުނެވެ. އިސްރާ އެހެން ބުނުމުން އައިނާ ކުރީގެ ހަނދާނެއް އާވިއެވެ. އަޝްހާ އާއި އެއްކޮށް އެގެއަށް ދާންށޭ ބުނުމުން ގެއިން ނިކުންނަށް ދިޔަ ވަގުތު މަންމަ ބުނެލި ގޮތެވެ. އައިނާ އަށް އޭރު އަދި އޭނާގެ ބައްޕަ އަކީ ކާކުކަމެއް ވެސް ނޭނގެއޭ ހިތަށް އެރިއެވެ.
އައިނާ ނިކުތް އިރު ހިޝާން އޭރުގައި އާންމުކޮށް ދުއްވާ ކާރު ގޭކުރިމަތީގައި އޮތުމުން އައިނާ ހައިރާންވިއެވެ. އަދި އެހިސާބަށް ދާން ޖެހިލުން ވިއެވެ.
_ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.




Here is the 29th episode readers.. 🙂 do you guys think that it’s hishan? Do leave a ingey readers.. ly TC n stay safe
Omg finally i got to read this part and i am first too this part was awesome good job sis?????
Jazaakallah khairan faiherr.. yh ur first.. 🙂
Masha Allah❤️❤️❤️ varah salhi mi baii ves… When nxt … Thankolheh avahah nxt part genesdhyybah❤️❤️❤️✌️… Please… ???? Stay safe❤️❤️❤️
Jazaakallah khairan imkko.. next is submitted..
Vrh sali Mi part ves
Masha Allah keep it up
Waiting for the next
Luv uuu
Stay saf
Jazaakallah khairan ril.. lyt stay safe..
Finally
Yh dhw..
Alhey haadha avahakah ninmaaly……dhn oiba ahnaane ireh ves neynge
Next miah vure thankolheh kuruvaane adhi.. 500 words eyga iny.. :(:):)dhen oi Bai mihaaru vaany submit kurevifa
Mi part ves vrh salhi…… Whn next??
Jazaakallah khairan eem.. 🙂 midhuves kiyaalan libidhaane.. alhugandu vaany vaahaka submit kohlaafa..
Salhi ❤️❤️❤️
Mii edhemeehun first dhw☺️☺️
Masha Allah varah reethi ♥️♥️♥️
🙂 Jazakallah khairan shabkko..
Joke eh bunan thr
Alhugandu ethah garunu masahkai kohgen hedhi car ge geers kolhu hus vehje?
Aalif ??
Varah majaaaa???
Heheheh thx