އައިނާ (2) 25
ފަންސަވީސްވަނަބައި
ބޯޑިން ޕާސް ދިއްކޮށްލައިފައި އަދިވެސް އެއްފަހަރު ހިޝާން އެދޮރާއި ދިމާއަށް ބަލާލީ އުންމީދުގެ ހުޅުކޮޅު ދިއްލިފައި ހުރުމުންނެވެ.
***
ސެކިއުރިޓީ ބޯޑިން ޕާސް ދިއްކޮށްލައި އެތެރެއަށް ވަންނަން އިޝާރާތް ކުރުމުން ހިޝާންގެ ބައްތީގެ ހުޅުކޮޅު ނިވެން ކައިރިވިއެވެ. ދެލޯ މަރައި ބާރު ކޮށްލީ ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވެފައި ހުރުމުންނެވެ. އަދި ވެސް އެއްފަހަރު ދޮރާއި ދިމާ އަށް ބަލައިލީ އައިނާ އަންނާނެ ކަމަށް ހީކޮށެވެ.
ނަމަވެސް، ހިޝާން އެތެރެއަށް ވަދެގެން ދިޔައިރުވެސް އައިނާ އެއް ނައެވެ. ހިޝާންގެ ހިތަށް ތަދުވާވަރުން ހިތާއި ވީދިމާލުގައި ފިރުމައިވެސް ލެވުނެވެ.
މާގިނައިރު މަޑުކުރާކަށް ނުޖެހި ބޯޓައް އަރަންވެސް ގޮވައިފިއެވެ. ހިޝާން ފަހަތްވެސް ބަލައިނުލާ އެދޮރުންވެސް ނިކުމެގެން ބޯޓަށް އަރަން މިސްރާބު ޖެހިއެވެ. ދިހަވަރަކަށް މިނިޓުތެރޭ އެބޯޓު ވައިގެތެރެއަށް އުދިހެން ގޮއްސިއެވެ.
***
އެނދުމަތީގައި ނުނިދިފައި އޮތް އައިނާ އޮތީ ފިކުރު ބޮޑުވެފައެވެ. އޭނާގެ ހިތައް މިހާރު އެބައަރައެވެ. އަނެއްކާ ހިޝާން ދެއްކީ ތެދުވާހަކަ ތަކެއް ބާވައެވެ. ނަޝްވާ ހިޝާން އޭނާގެ މަޅިގައި ބަނދެލީ ހެއްޔެވެ؟ ނޫނީ ހިޝާން އަށް އޮޅުވާލައިގެން ނަޝްވާ ކުރިކަމެއް ބާވައެވެ. ނޫނީ ރޭވުމެއް ބާވައެވެ.
ދެވަނަ ސިކުންތުގައި ބޯހޫރާލެވުނީ އެކަމަށް އެއްބަސް ނުވާށެވެ. އެހެން ކަމަށް ވަނީނަމަ ހިޝާން ނަޝްވާ އާއި އެކު ހުރީ ކީއްވެހެއްޔެވެ. ހަމަ ހުރެފައި ޔުއާލް އެކަހަލަ ވާހަކަ އެއް ދައްކަންވީ ކީއްވެހެއްޔެވެ. ނޫނީ އެކަހެރި މާޙައުލަކަށް ނަޝްވާ އާއި އެކީ ހިޝާން ދާންވީ ކީއްވެހެއްޔެވެ. އަނެއްކާ އައިނާ އަށް ފެނުނީ ވެސް ޔުއާލް ދެއްކި ވާހަކަ ގަބޫލު ކުރެވޭކަހަލަ މަންޒަރެކެވެ.
އެތަން ސިފަވުމުން އައިނާ އަށް އަނެއްކާވެސް ރޮވެން ފެށުނެވެ. އޭނާ އަށް މިހެން މިދިމާވީ ކީއްވެ ހެއްޔެވެ. އޭނާ އަށް އެހެން ހެދުމުގެ އެއްވެސް ހައްގެއް ހިޝާން އަކަށް ނޯންނާނޭ އައިނާގެ ހިތައް އެރިއެވެ. އެކަހަލަ މަންޒަރެއް ނުފެނުނު ނަމަވެސް އައިނާ ދެލޯ މަރާފައި ހިޝާން އަށް އިތުބާރު ކުރީހެވެ. ނަމަވެސް ދެން ކުރާނެ ކަމެއްނެތެވެ.
***
އައިނާގެ ލޮލުގައި އަނދުން އަޅުވަން ނަޝްވާ ރޭވި ރޭވުން ހަމަ މޮޅީއެވެ. އެއްވަނަ ދޭހާއި ވެޔޭ ހިޝާންގެ ހިތައް އެރިއެވެ. އެކަހަލަ މަޅިއެއްގައި ބެދޭނަމަ އޭނާ އެތަނަށް ނުދިޔައީސް އެވެ. ނަމަވެސް ގެއްލިއްޖެ ވަގުތަކީ އަނބުރައި ލިބޭނެ ވަގުތެއް ނޫނެވެ. ސީޓުގައި ހިޝާން ހަމަޖެހިލީ އާއަޒުމަކާއި ގެންނެވެ. ރަނގަޅައް ކިޔަވައި، މައިންބަފައި ފަޚުރުވެރި ވާނޭ ފަދަ ދަރިއަކަށް އޭނާ ވާން ބޭނުމެވެ. މާޔޫސްވެ އިނދެގެން އެއްވެސް ކަމެއް ނުވާނެއެވެ. ޖެހޭނީ އަމިއްލަ ނަފްސައް އިތުބާރު އޮންނާށެވެ.
***
އެނަދުން ތެދުވި އައިނާ ވެސް ހުރީ ނުގުޑާ ފަދަ އަޒުމެއްގައެވެ. ހިޝާންގެ ބޭވަފާ ތެރިކަމަށްފަހު އޭނާ ދިރިއުޅުން މަތިން ފޫހިވާކަށް އަދި ނުވެއެވެ. ހިޝާން ކަހަލަ އެތައް ހިޝާން އެއް އައިނާ އަށް ލިބިދާނެއޭ ހިތައް އެރިއެވެ. ދުވަހުގެ ފެށުން ފަތިސް ނަމާދުން އައިނާ ފެށީ އައު ހިތްވަރާކާއި އައު އަޒުމަކާ އެކީ އެވެ.
***
ހައަހަރުފަސް……
“ދަރިފުޅާ އަރިން އަވަސް ކޮށްބަލަ.. ގަޑީ ޖެހެނީ އޭ..” އަރިންގެ ޓީޝާޓަކާއި ޖިންސެއް އިސްތިރި ކުރަން ހުރި އިސްރާ ގޮވައިލީ ފާހާނައިގައި ފެންވަރަން ހުރި ހައަހަރުގެ އަރިން އަށެވެ. “ޔެސް މަންމާ..” ޖަވާބު ލިބުނީ ކުޑައިރުކޮޅެއް ފަހުންނެވެ.
“އިރާ.. ކޮބާ އަދިވެސް އެސޮރު ނުނިކުމޭތަ..؟ މިހާރު އެއޮތް ގަޑި ޖެހެނީ..” ލައިގެން ހުރި ކަޅު ކުލައިގެ ގަމީހުގެ ގޮށްތައް އަޅުވަމުން އަނީލް ބުނެލިއެވެ. “ކީއްކުރާނީ.. އަހަރެންވެސް ވަރަށް ގޮވައިފީމޭ..” އިސްރާ އަނީލްގެ ގަމީހުގެ ގިރުވާން ރަނގަޅުކޮށްލަމުން ބުނެލިއެވެ.
“ހޫމް.. އިރާހެން ހަމަ ތަތީ އޭ..” އަނީލް ސަމާސާ ކޮށްލިއެވެ. “ދެން ނީލް..” އިސްރާ އަނީލްގެ މޭގެތެރޭގައި މޫނު ފޮރުވާލަމުން ބުނެލިއެވެ. އިސްރާ އަށް ފަހަތް ބަލައިލެވުނީ އަރިންގެ ހުނުމުގެ އަޑު އިވުމުންނެވެ.
އިސްރާ މިސްރާބު ޖެހީ އަރިން އާއި ދިމާއަށެވެ. އުނުގައި ތުވާލި އޮޅާލައިގެން ހުރިއިރު ފަން އިސްތަށިކޮޅުން ފެނތިކި ތަޅައެވެ. އަނީލް އާއި ޚިލާފަށް އަރިން އަށް ލިބިފައި ވަނީ މަންމަގެ މަޑު މުށިކުލައިގެ ކަޅިއެވެ. ނަމަވެސް ޝަޚުސިއްޔަތު ހަމަ އަނީލް ހެންނެވެ. ޚަދީޖާ އަބަދުވެސް އަރިން ހީވަނީ އަނީލްގެ ކުޑައިރުގެ ކޮޕީއެކޭ ކިޔައެވެ.
“މަންމީ.. ދޮންތި އަންނަނީ ކިހާއިރަކުތަ..؟” އަރިން އިސްރާ ކުރެން އަހާލިއެވެ. ވާނީވެސް އެހެންތާއެވެ. މިއަދަކީ ފަސް އަހަރަށް ފަހު އައިނާ ރަށައް އަންނަ ދުވަހެވެ. ޑޮކްޓަރީ ފާސް ނަގައިގެންނެވެ. “ދޮންތިގެ ފްލައިޓް ލޭންޑް ކުރަން އުޅޭނެ މިހާރު.. ރިން ލަސްވީމަ ދޮންތި ވަރަށް ދެރަވާނެ.. އެހެންޏާ.. ފާހާނައަށް ވަދެފަ ރިން އެކޭ ގާލް އެކޭ ނުވޭ ވިއްޔަ ތަފާތެއް..” އިސްރާ އަރިންގެ ބޮލުގައި ފުނާ އަޅުވާލަދެމުން ބުނެލިއެވެ.
“މަންމީ.. ދޮންތި އަސްލަށް ފެންނައިރު ވަރަށް ދިގުވާނެތަ..؟” އަރިންގެ ޓީޝާޓު ލައްވަމުން ދިޔަ އިސްރާ އަށް ހެވުނީ އަރިންގެ މައުސޫމްކަން ފެނިފައެވެ. “ޔެސް ދޫނީ..” އިސްރާ އަރިންގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ. ވާނީވެސް އެހެންތާއެވެ. ހަމަ ލޮލުން އަދި އަރިން އަށް އައިނާ އެއް ނުފެނެއެވެ. ހައްތަހާވެސް ވީޑިއޯ ކޯލް ތަކުންނެވެ.
“ކޮބާ ކާރު ރެޑީ..” އަނީލް އަރިންގެ ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ.
އަރިން އާއި އިސްރާ ކުރީސީޓައް އަރުވާފައި އަނީލް މިސްރާބުޖެހީ ޑްރައިވާ ސީޓަށެވެ. ކާރަށް އަރައި ހަމަ ޖެހިލައިފައި އެތިން މީހުން މިސްރާބު ޖެހީ އައިނާ ބަލައި އެއާޕޯޓަށެވެ.
_ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.




Yey!! Mee first dhw… Anyways vhka kiyaalaafa comment kohlaanan?
yh
Vhka vrh reethi… Waiting for the nxt part??
jazaakallah khairan eem.. nxt submitted
vrh reethi mi part vx… Maasha Allah..Waitin 4 the nxt part
jazaakallah khairan unknown gurl.. next submitted
Varah Reethi curiously waiting for the next ✌️✌️stay home ves safe☺️☺️☺️✌️
jazaakallah khairan.. nxt submitted.. stay safe too..
varah reethi curiously waiting
TAke care
jazaakallah khairan starlight vixx tc
Nice waiting for next part
jazaakallah khairan aalif.. nxt submitted
Varah Reethi ❤️❤️ Masha Allah ??waiting for next part ??
jazaakallah khairan shabakko..
Kon iraku 26??❤️
submitted
here is the 25th!! readers ah heevany kihineh hen.. will aina change or will she be just like 6 years before.. i am sure you will get to know about this on 26th prt and its submitted!!.. tc stay safe readers
Wow this part is also amazing????
Masha Allah??????????
Aley so sad dhw hishaan ves dhiyaee
And 6 years later dhw hope aainaa bf eh nuhureythoo and hishaan ves aumugaa dhw euleny and nashvaamena ragalu ladeh dheythi ingey sis
Hope dhen avaha hurihaakameh ves ragaluvaanekmah????
Waiting for the next ♥️♥️♥️
Luv uu♥️♥️♥️
Stay safe♥️♥️♥️
Jazaakallah khairan Ril