Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޙިޔާލުގައި (3)

Nym Level 110 Stories
August 12, 2020 One Min Read
0 Comments

ދުރުގައި ހުރި ޔުއާން އައް ބަލާލަމުން ހީލެވުނެވެ. އެރެއައް ފަހު ޒާރާ އާއި ޔުއާން ގެ މެދުގައި މަދުމަދުން ވާހަކަ ދެކެވެން ފެށިއެވެ. މީހަކު ފެންނަން ނެތްނަމަ ޔުއާން ހެވިފައި ޒާރާ އާއި ވާހަކަ ދެއްކިނަމަވެސް މީހުން ތިބޭތަންތާގައި ޒާރާ އަކީ ޔުއާން ދަންނަ މީހެއް ހެންވެސް ހީނުވެއެވެ. ނިހާން އައް މިއިން އެއްވެސް ކަމެއްގެ ހިލަމެއްވެސް ނުވެއެވެ. ނަމަވެސް ހުރިހާކަމެއް ނުހާ އައް އެގެއެވެ. ދުވަސްތައް ފާއިތުވަމުންގޮސް އެއްމަސް ފާއިތުވި ގޮތްވެސް ނޭގެއެވެ.

“ދަރިފުޅުމެންގެ ޓިކެޓް ގަނެފިންތަ މިހާރު… “ސައިބޯން އިދެފައި ޒާހިދާ އަހާލިއެވެ.

“ޓިކެޓް ގަނެފިން… އެއްމެފަހުވަގުތު އުޅެގެން ނުވާނެއެއްނު… މިހާރުވެސް ޔުއާން ނައިސްގެން ޔުއާންގެ ބައްޕަ ޝަކުވާކޮއްފި… “ހީލަމުން ނިހާން ބުނެލިއެވެ.

“ދަރިފުޅާ… ކިހިނެއް ތިހެދީ…. “ކުއްލިއަކައް ޒާރާ ކެއްސަން ފެށުމުން ޒާހިދާ ހާސްވެފައި އަހާލިއެވެ. މޭޒުދަށުން ޒާރާގެ އަތުގައި ޔުއާން ހިފި މަންޒަރު އެއްވެސް މީހަކަށް ނުފެނުނެވެ. ހާސްވެފައި ޒާރާ އަށް ޔުއާންއާއި ދިމާލަށް ބަލައިލެވުނެވެ.

“ޒާރޫ…. ޔޫ އޯކޭ…”ނިހާން ވެސް ވާނުވާނޭގިއިދެ އަހާލިއެވެ.

“ނުވޭ ކަމެއް… އެބައަންނަން…”ގަދަކަމުން ޔުއާންގެ އަތުން އަތް ދަމައިގަންނަމުން ޒާރާ ތެދުވެގެން ދިޔައެވެ.  ބަދިގެއަށްވަދެ ސިންކް ދޮށުގައި މަޑުކޮއްލަމުން ފުންނޭވާއެއް ފާޒާތެރެއަށް ދޫކޮއްލީ އަވަސްވެފައިވާ ހިތް ހަމައަކަށް އެޅުވުމަށެވެ.

“ވާއު….. “ލޯމަރާލައިގެން ހުރި ޒާރާ ސިއްސައިގެން ދިޔައީ ކައިރިން ޔުއާންގެ އަޑު އިވުމުންނެވެ. ލޯހުޅުވާލުމާއެކު ކައިރިން ފެނުނު ޔުއާންގެ ލޮލުން ސިހުނު ނަމަވެސް އެހެން ދިމާލަކަށް ބަލާލުން ޒާރާ އަށް އުދަގޫވީއެވެ.  އެހާވަރަށް ޒާރާ ހުރީ ޔުއާންގެ ލޮލުގެ ޖާދޫގައި ޖެހިފައެވެ.

“ޔޫ ލުކް ބިއުޓިފުލް ވެން ޔޫ ބްލަޝް….”ޒާރާގެ ލޮލަށް ބަލަން ހުރެ ޔުއާން ބުނެލި ޖުމްލައިން ޒާރާއަށް ލަދުން އިސްޖަހާލެވުނެވެ. ޔުއާންގެ ކުރިމަތީގައި ހުރުމުން ހިތުގެ ތެޅުން އަވަސް ވެފައިވާވަރު ޒާރާއަށް އިހުސާސް ކުރެވުނެވެ. އަމިއްލަ މީހާއަށް އަންނަމުން ދިޔަ ބަދަލުތަކަށް ދޭންވީ ނަމެއް ޒާރާ އަށް ޔަގީން ނުވިއެވެ. ދުވެފައި ގޮސް ކޮޓަރިއަށް ވަނީ މިވަގުތު ޔުއާންގެ ނަޒަރުން ފިލަން ބޭނުންވުމުންނެވެ.

“އޯ މައި ގޯޑް…..” ޒާރާ ގެ އެދުމައްޗައް ޖެހިގަންނަމުން ނުހާ ބާރާއް ބުނެލިއެވެ. އެއާއެކު ޒާރާވެސް ކޮޅައް ޖެހުނެވެ.

“ނުހާގަޑާ… ސިއްސައިގެންނޭ ދިޔައީ… “ބާލީހުން ނުހާގައިގަ ތަޅައިގަންނަމުން ޒާރާ ބުނެލިއެވެ.

“ސިއްސައިގެންނޭ ދާނީ… އަހަރެން މިތަނައް އައިސް އެހާ އިރު ހުރިއިރުވެސް މަޑަމް އަށް ވާ ކަމެއްވެސް ނޫން… ހޭލާ އޮވެވެސް ހުވަފެންބަލާފަ ހެނީ ވިއްޔާ…. އެކަމަކު އަދިވެސް އެއްބަސް ނުވާތި…..”ނުހާވެސް ޒާރާގައިގަ ޖަހާލަމުން ދިމާކޮއްލިއެވެ.

“އެއްކަލަ ނުހާ.. އަހަރެން ކޮންކަމަކަށްތަ އެއްބަސް ނުވީ…..”ނިޔަފަތި ހަފަން ފަށަމުން ޒާރާ ބުނެލިއެވެ.

“ތިކަން ނުކޮއް ޒާރާ އަށް ދޮގެއްވެސް ނުހެދޭނެ…. އިޑިއަޓް ޔޫ ލަވް ހިމް…..”އަގައަށް ލައިގެން އިން ޒާރާގެ އަތް ދަމައިގަންނަމުން ނުހާ ބުނެލިއެވެ.

“އަހަރެން ނުވޭ ޔުއާންދެކެ ލޯތްބެއް… ހީއިޒް ޖަސްޓް އަ ފްރެންޑް….” ޒާރާ އަދިވެސް އެއްބަސް ވާކައް ބޭނުމެއް ނުވިއެވެ.

“ޒާރާ… ދީބަލަ ފަސްޓް އެއިޑް ބޮކްސް….. ޔުއާން ގެ ފައި ވަރައް ބޮޑައް ހަލާކުވެގެން….”އެވަގުތު ކޮޓަރިއައް ވަތް ނިހާން ބުނެލި ޖުމްލަ ނުނިމެނީސް ޒާރާ ބޭރައް ދުއްވައިގަތެވެ.

“ޔުއާން….. ކިހިނެއް… ކިހިނެއްވީ… ފައި.. ކީއްވެ ކޮޅައް ތިހުރީ …. އިށީދެބަލަ ….”ޔުއާން އަތުގަ ހިފާ އެދުގަ ބައިންދާފައި ޒާރާ ޔުއާންގެ ފައިނަގާ އުގައްލިއެވެ.

“ޒާ…. ކީއްތިކުރަނީ…. “ޒާރާ އުޅޭގޮތުން ހައިރާންވެފައި އިދެ ޔުއާން އަހާލިއެވެ. ކަރުނުން ފުރިފައިވާ ލޮލަކުން ޔުއާން އަށް ބަލާލަމުން ޒާރާ ދެން ބަލާލީ ދޮރުމަތީގައި ހެވިފައި ތިބި ނިހާން އާއި ނުހާ އަށެވެ. ޒާރާ ބަލާލުމާއެކު ދެމީހުން ހިނިގަޑެއް ޖަހާލަމުން ބޭރައް ދިޔައެވެ.  އެއާއެކު ވީގޮތް ޒާރާއަށް ވިސްނުނެވެ. މީ އެދެމީހުންގެ ރޭވުމެއްކަންވެސް އެގުނެވެ. މިކަމުގައި ނިހާން ބައިވެރިވިކަން އެގުމުން ޒާރާ ހައިރާން ވިޔަސް ނުހާ ހުރިހާވާހައެއް ކިޔާދިނީކަން އެގުމުން ޒާރާ ހިތާ ހިތުން ނުހާއަށް އެއްޗިހި ކިޔާލިއެވެ.

“ހޭއި ….. ކިހިނެއްތަ މިވަނީ…. ކީއްވެ އެދެމީހުން ހެމުން އެދިޔައީ… އެންޑް މީ…” ޒާރާގެ ކޮލުގައި ދެމިފައިވި ކަރުނަތައް ޔުއާން ފޮހެލިއެވެ.

“ސޮރީ….”ޒާރާ އުޅުނީ އަވަސް އަަހައް އެތަނުން ތެދުވެގެން ދާށެވެ.  ނަމަވެސް ކުރިއައް އެޅުނީ އެއްމެ ފިޔަވަޅެކެވެ. ޔުއާން ޒާރާގެ އަތުގަ ހިފާ ހުއްޓުވިއެވެ.

“ޒާ އައި…. އައި ލަވް ޔޫ….. “ކުއްލިއަކައް ޔުއާން ބުނެލިއެވެ. ޒާރާ ފަސްއެބުރި ޔުއާން އައް ބަލާލިއެވެ. އެވަގުތު ޒާރާގެ ލޮލުގައިވި ހައިރާންކަން ޔުއާންއަށް ނަގައިގަނެވުނެވެ. ޒާރާގެ އަތުގަ ހިފާ އެދުގަ ބައިންދާފައި ޔުއާން ވާހަކަ ދައްކަން ފެށިއެވެ.

“އަހަރެން މަންމަ…. މަރުވިފަހުން އަހަރެން ހިނިތުންވާން ބޭނުމެއް ނުވި…. އުފާތަކާ ދުރައް އަހަރެން ދިޔައީ އުމުރުން ބާރަ އަހަރުގަ…. ބިރު ގަންނަނީ… ހިތައްއަރަނީ އެއްވެސް ކަމަކާ މާ ބޮޑައް އުފާވެއްޖެއްޔާ އެކަމަކުން އަހަރެން މަހުރޫމް ވާނެޔޭ…. އެންމެންގެ ތެރޭގައި އަހަރެން ލޭބަލްވެފައި އިންނަނީ ވަރައް ރޫޑް މީހެއް ގޮތުގަ…. ބަޓް އައި އޭމް ނޮޓް…. ޒާ އަށް މިހާރު އެކަން އެގޭނެ…. ފުރަތަމަ ޒާ އާ ދިމާވިދުހުވެސް ނޭގޭކަހަލަ ފީލް އެއް ވީ…. ނިހާން ކަމައް ހީކޮއް ޒާ އަހަރެން ގައިގަ ހަގް ކޮއްލި ވަގުތު މަންމަ މަތިން ވަރައް މިސްވި…. ސޯ ފީލްވީ ޔޫ އާ ދަވަން…. އެވަގުތުން ފެށިގެން ތީ އަހަރެންގެ ދުނިޔެއަށް ވެގެން ދިޔައީ…. ޔޫ މީންސް ދަ ވޯލްޑް ޓުމީ….. ބޭނުމެއް ނޫން އެއްމެ ދުވަހަކައްވެސް ޒާއާ ދުރުގަ ހުންނާކައް.. އެކަމަކު ޒާ އާ މެދު އުފެދުނު އެކުވެރިކަން ގެއްލިދާނެކަމުގެ ބިރައް…. އަހަރެން ހިތުގަ އެ ލޯބި ފޮރުވައިގެން ހުރީ…… އެކަމަކު މިއަދު އެއްވެސް ރީޒަންއަކާ ނުލާ ޒާ ތިއައިގޮތުން.. އެންޑް ތި ލޮލުން ފޭބި ކަރުނަ އެއްކަމެއް އަހަންނައް ޔަގީން ކޮއްދީފި…. ޔޫ ލަވް މީ ޓޫ…. އެއްބަސް ނުވިޔަސް އޯކޭ….”ޒާރާގެ އަތުގަ ހިފައިގެން އިދެ ޔުއާން ހިތް ޒާރާގެ ކުރިމަތީގައި ހުޅުވާލިއެވެ.

“އައި ލަވް ޔޫ ޓޫ… “އުފަލުން ޒާރާއަށް ޔުއާންގައިގަ ބައްދާލެވުނެވެ. އަލަތު ލޯބި ހިތުގައި ވިންދުޖަހާ އެލޯބި ކާމިޔާބު ވުމުން ޒާރާގެ ހިތް އެފަލުން ނަށާލިއެވެ.

“އަބަދުވެސް ޒާ އާއެކުގަ ވާނަން …. އައި ވިލް ނެވާ ލީވް ޔޫ އަލޯން…..”ޔުއާންގެ ދެ އަތްވެސް ޒާރާ ވަށާލިއެވެ.

****************************************************************

ބަޑައް އެރި ކުއްލި ތަދާއެކު ޒާރާ ހިޔާލީ ދުނިޔެއިން ބޭރުވިއެވެ.

“ނުވާވަރުގެ ކަމަކައް ޕްރޮމިސް ކުރީ ކީއްވެ…. އެއްމެ ބޭނުންވީ ވަގުތު ކީއްވެ އަހަންނައް ޔުއާންގެ އެހީ ނުލިބުނީ… އެންމެން އަހަރެން ބާކީ ކޮއްލިއިރު ކީއްވެ ޔުއާން އަހަރެންގެ އަތުގަ ހިފަން ނައީ….. “ޒާރާގެ ހިތް ޝަކުވާއިން ފުރެމުން ދިޔައެވެ. ނަމަވެސް މިއަދު އެ ޝަކުވާތައް އަޑުއަހާނެ މީހަކު ނެތެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nym

Level 110 Stories

I LOVE READING AND WRITING STORY...

Other Articles

Previous

އަހަރެންގެ ނަސީބު 1

Next

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..23

Next
August 12, 2020

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..23

Previews
August 12, 2020

އަހަރެންގެ ނަސީބު 1



All Right Reserved!