Skip to content
އެސްފިޔަ

ޒާޔާ (އަށާރަވަނަ ބައި)

ޖަމީލާ ހަޅޭއްލަވައިގަނެފައި ޖިނާނާއި ޒާޔާ ދުރުކުރުވިއެވެ. ޒާޔާ އަވަހަށް ޖަމީލާގެ ގައި ފަހަތަށް ވަނެވެ. ޖަމީލާ ޖިނާނާއި ދިމާލަށް އެއްޗެހި ގޮވަމުން ދިޔައިރު ޒާޔާއަށް ހުރީ ރޮވިފައެވެ. “ކަލޭ ދޭ މިތަނުން. ނުވާނެ ދެން މީނަ ފެންނަ ހިސާބަށް އައިސްގެނެއްވެސް. މީގެ ފަހުން ކަލޭ މީނަ އާ ބެހެން އުޅެފިއްޔާ ރަށު ކައުންސިލަށް އަންގާނަން.” ޖަމީލާގެ މޮޅު އެކްޓިންއަށް ސާބަސް ދޭވަރު ވެއެވެ. ޖިނާން އިސްޖަހައިލައިފައި އެތަނުން ދިޔައެވެ. ޖިނާން ދިއުމުން ޖަމީލާ ފަހަތަށް އެނބުރި ޒާޔާގެ ދެކޮލުގައި ހިފަހައްޓައިލިއެވެ. “ދަރިފުޅު ކީއްވެ މަންމައަށް ނުގޮވީ؟ ބިރުން ހަލާކުނުވީ ކިރިޔާއެއްނު.” ޒާޔާ ގައިގައި ބައްދައިލަމުން ޖަމީލާ ބުންޏެވެ. އެވަގުތު ޖަޒުބާތުގައި ޖެހިފައިވި ޒާޔާއަށް އަނެއްކާވެސް ރޮއެގަންނަމުން ޖަމީލާގެ ކޮނޑުގައި ބޯ އަޅައިލެވުނެވެ. “ޒާޔާ. ކަލޭ މިފަހަރު ސަލާމަތެއް ނުވީ ތި. ބަލަން ހުންނާތި. ކަލޭ މިދުނިޔެއަށް ބޭޒާރުވާކަށް މާކަ ގިނަ ދުވަހެއް ނެތް.” ނުލަފާ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން ހުރެ ޒާޔާގެ އިސްތަށިގަނޑުގައި ފިރުމަމުން ޖަމީލާ ހިތާހިތުން އެ ބަސްތައް ކިޔައިލިއެވެ.

ކޮންމެއަކަސް އިރުއޮއްސެންވީއިރަށް ދެމީހުނަށް ގެއަށް އާދެވިއްޖެއެވެ. ޒާޔާ ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނުމުން ޖަމީލާ ނުލަފާ ވައްތަރަކަށް ހެވިފައި ހުރެ ގޮސް ނިހާންގެ ކޮޓަރިއަށް ވަނެވެ. އޭނާ އެންމެ ދެރަވެފައިވީ އޭނާގެ ފޯނު ހަލާކުވުމުންނެވެ. ޒާޔާ ބޭޒާރުކުރަން ކުރާ މަސައްކަތުގައި ފޯނެއް މުހިންމުވާތީއެވެ. ދެން ޖަމީލާ ނިންމީ ނިހާންގެ ފޯނު ބޭނުންކުރުމަށެވެ. ފަހުން އެ ވާހަކަ ނިހާންއާއި ދައްކާނަމޭ ހިތައި ޖަމީލާ އެނދުގައި އޮށޯވެލިއެވެ.

ލިއަމް އިނީ އޭނާއަށް ލިބުނު ދިގު މެސެޖު ކިޔައިފައި ބުނާނެ އެއްޗެއް ނޭނގިފައެވެ. އެއްވެސް ކުށެއް ނެތް މައުސޫމް ކުއްޖެއް މުޅި ދުނިޔެއަށް ބޭޒާރުކޮށްލަން މިވަރު ކަމެއް ބަޔަކު ކޮށްފާނެކަމަކަށް ލިއަމް އެއްގޮތަކަށްވެސް ހިއެއް ނުކުރެއެވެ. ފޯނު ލޮކްކޮށް އެނދުމަތީ ބާއްވައިފައި ލިއަމް އެނދުގައި އޮށޯވެލިއެވެ. އެހެން އޮތްއިރު އޭނާއަށް އޭނާގެ ދިރިއުޅުމާއި ދޭތެރޭ ވިސްނައިލެވުނެވެ. ކުރިން ލިއަމްއަށް ގޯސްކޮށް އުޅެވުނަސް މި ރަށަށް އާދެވުނު ފަހުން އޭނާގެ އުޅުން އެތައް ތަނެއް ރަނގަޅުވެއްޖެކަމުގެ އިޙުސާސް އޭނާއަށް ކުރެވެން ފަށައިފައިވިއެވެ. ކުރިން ބަރާބަރަށް ނަމާދަށް ނުދާ މީހާ މި ރަށަށް އައިސް ވަޒީފާ އަދާކުރަން ފެށި ދުވަހުން ފެށިގެން ނަމާދަށް ސަމާލުކަން ދެވެން ފަށައިފައިވިއެވެ. ޒާޔާއާއި ދޭތެރޭ ލިއަމްގެ ހިތުގައިވި ނުބައި ނިޔަތް މަޑުމަޑުން ބަދަލުވާން ފަށައިފައިވިއެވެ. ކޮންމެއަކަސް ލިއަމް ނިންމީ މިހުރިހާ ވާހަކަތަކެއް ޒާޔާއަށް ކިޔައިދޭށެވެ. އަދި އޭނާއާއި ޖަމީލާއާއި ދެމެދު ދެކެވިފައި ހުރި ވާހަކަތައް ޒާޔާއަށް ދައްކާށެވެ.

ސްކޫލަށް ދާން ތައްޔާރުވެގެން ޒާޔާ ގެއިން ނުކުތްއިރު ނޫމާނާއި ހަސްނައިންއާއި ދިމާވެގެން އެދެމީހުނާއިއެކީ ފަވާޝަތު އަންނަންދެން ގޭދޮށުގައި މަޑުކޮށްލިއެވެ. އިރުކޮޅެއް ނުވެ ފަވާޝަތު އައުމުން ހަތަރު އެކުވެރިން އެކުއެކީ ސްކޫލާއި ދިމާލަށް ދާން ހިނގައިގަތެވެ.

ސްޓާފްރޫމުގައި މަސައްކަތު ކަރުދާހެއް ތައްޔާރުކުރަން އިން ލިއަމް އިނީ އެކަމަށް ސަމާލުކަންދެވޭވަރަށްވުރެ މާ ޙާލުދެރަކޮށޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ރޭގައި ލިބުނު ދިގު މެސެޖާއި ބެހޭގޮތުން ވިސްނާ ވިސްނާ އޭނާގެ ބޮލުގައި ރިއްސާ ހިސާބަށް ވަނީ ގޮއްސައެވެ. އެހެންނަމަވެސް ބޭސްގުޅައެއް ކައިލައިގެން ހަމަޖެހިލައިގެން ލިއަމް އެ ހަދަން އިނެވެ. އޭނާ ނިންމައިގެން އެއިނީ މިއަދުގެ ކިޔެވުން ނިމުނީމައި ޒާޔާއާއި ބައްދަލުކޮށް މި ދިމާވެގެން އުޅޭ މައްސަލައާއި ބެހޭގޮތުން ޒާޔާއާއި ވާހަކަ ދައްކާށެވެ.

ގަޑިއަކަށްފަހު ގަޑިއެއް ނިމެމުން ގޮސް އެންމެ ފަހުން ދުވަހުގެ ކިޔެވުން ނިމިއްޖެއެވެ. “ޒާޔާ މަޑުކޮށްލާފަ އެހެން ކުދިން އަވަހަށް ދޭ ގެއަށް.” ކްލާހުގައި ތިބި ކުދިންނަށް ހިނިތުންވެލައިފައި ލިއަމް ބުންޏެވެ. ލިއަމް އެ ޖުމުލަ ބުނެލުމާއިއެއްކޮށް ކްލާސް ހުރިހާ ކުދިންގެ ނަޒަރު ޒާޔާއަށް އަމާޒުވިއެވެ. ޒާޔާވެސް ހުރީ ލިއަމް އޭނާ ގާތުގައި މަޑުކުރަން ބުނުމުން އެކަމާއިމެދު ސުވާލު އުފެދިފައެވެ. އަނެއްކާ ކްލާހުގައި ނޫނީ ސްކޫލުގައި އޭނާއަށް ގޯސްކަމެއް ކުރެވުނީބާއެވެ؟ ފަވާޝަތު ޒާޔާ ބަހައްޓައިފައި ދާން ބޭނުންނުވިއެއްކަމަކު މުދައްރިސްގެ އަމުރަށް ކިޔަމަންވުމުގެ ބޭނުމުގައި ފަވާޝަތު ކްލާހުން ނުކުތެވެ. އަދި ސްކޫލް ގޯތިތެރޭ މަޑުކޮށްލީ ޒާޔާ ނުކުންނަންދެނެވެ.

ލިއަމް ޒާޔާ ގާތުގައި އިށީންނަން ބުނުމުން ޒާޔާ ކުޑަގޮތަކަށް ލިއަމް އަށް ބަލައިލައިފައި އޭނާ އިށީންނަން ހަމަޖެހިފައިވި ގޮނޑީގައި އިށީނެވެ. “ޒާޔާ. ބިރުނުގަންނައްޗޭ.. އަސްލު ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން މިއުޅެނީ. އެކުވެރިއެއް ކަމަށް ދެކިގެން ވާހަކަ ދައްކާލާ އިނގޭ. އޭރުން ޒާޔާއަށް ހަމަޖެހެވޭނީ.. މީތި ކިޔާލަބަލަ.” ލިއަމް އޭނާގެ ފޯނުން ޖަމީލާ އާއި އޭނާއާއި ދެމީހުންގެ ޗެޓްލޮގް ހުޅުވައިލަމުން ޒާޔާއަށް ފޯނު ދިއްކޮށްލިއެވެ. ސުވާލު އުފެދިފައި އިނދެ ތުރުތުރު އަޅައަޅައި އޮތް އަތަކުން ޒާޔާ ފޯނުގައި ހިފައި އޭގައި ފެންނަން އޮތް ދިގު މެސެޖު ކިޔަން ފެށިއެވެ.

ޒާޔާ އެ ލިޔުން ކިޔަމުން ދިޔަވަރަކަށް އޭނާގެ މޫނުމައްޗަށް އެކިއެކި ކުލަވަރުތައް އަރައި ފައިބަމުން ދިޔައެވެ. އެއްބައިފަހަރަށް ދެބުމަ ގޮށްޖެހޭއިރު އަނެއްބައިފަހަރަށް އޭނާއަށް ރޮވެންވެސް އުޅެއެވެ. ޒާޔާއަށް ފަރުވާތެރިކަމާއިއެކީ ބަލަހައްޓައިގެން އިން ލިއަމް އަށް އެ މޫނުމައްޗަށް އަރައި ފައިބަމުން ދިޔަ ކުލަވަރުތައް ވަރަށް ރަނގަޅަށް ފާހަގަކުރެވެމުން ދިޔައެވެ. ޒާޔާގެ މޫނަށް ބަލައިލިޔަސް މިއީ ޒާޔާ ކޮށްފައިވާނެ ކަމެއް ނޫންކަން ހަމަ ރަނގަޅަށްވެސް ސާފުވެގެން ދެއެވެ. ދޮންމަންމައަކު އޭނާގެ ދަރިއެއްފަދަ ކުއްޖަކަށް މިހާ ބޮޑު ލަނޑެއް ދޭން އުޅުނު ކަން އެނގުނީތީ ލިއަމްގެ ހިތުގައި ޒާޔާއާއި ދޭތެރޭ ޙަމްދަރުދީ އުފެދުނެވެ.

އެ ދިގު މެސެޖު ކިޔައި ނިންމައިލެވުނުތަނުން ޒާޔާއަށް އޭނާގެ އަނގަމަތީގައި އަތް އަޅައިލެވުނެވެ. ދެލޯ ފޫއަޅުވައިލައިފައި ކަރުނަތައް ފައިބައިގަތީ އެއްވެެސް އިޚުތިޔާރަކާއި ނުލައެވެ. އަދިވެސް ބައެއް މެސެޖުތައް ހުރުމުން ޒާޔާ އޭނާގެ ދެލޯ ފުހެލައިފައި ފޯނުގެ ސްކްރީނު މައްޗަށް ސްކްރޯލް ކުރަން ފެށިއެވެ. އެންމެ ފުރަތަމަ ޖަމީލާ އާއި ލިއަމް އާއި ދޭތެރޭ ދެކެވުނު ވާހަކައިން ފަށައިގެން އެއްކަލަ ދިގު މެސެޖާއި ހަމައަށް ހުރިހާ އެއްޗެއް ކިޔައިލެވުމުން ޒާޔާގެ އަތުން ފޯނު ދޫނުވީ ކިރިޔާއެވެ. ލިއަމްގެ އަތަށް ފޯނު ދީފައި ޒާޔާ އަށް އޭނާގެ މޫނުގައި އަތްއަޅައިލެވުނެވެ. ދެފަރާތަށް ބޯ ހޫރުވަހޫރުވައިފައި ޒާޔާ ނޫނެކޭ ކިޔައި ރޯން ފެއްޓިއެވެ. މި މަންޒަރު ބަލަން ކެތްނުވެގެން ލިއަމް އަށް އޭނާގެ އިޚްތިޔާރުން ބޭރުގައި ޒާޔާގެ ދެކޮނޑުގައި އަތް ޖައްސައިލެވުނެވެ. އެއާއިއެކު ޒާޔާގެ ގިސްލުމުގެ އަޑު ތަންކޮޅެއް މަޑުވިހެން ހީވިއެވެ. “ޒާޔާ. ވަރަށް ބޮޑަށް ސޮރީ. އަހަރެންވެސް އޭރު އުޅުނުލެއް ގޯސްކަމުން މިހެންމިވީ. ހިއެއްނުކުރަން މިކަހަލަ ކަމެއް ވެދާނެކަމަކަށް. މިކަންތައް ފަޅާ އަރައިފިއްޔާ ޒާޔާ ބަދުނާމުވެދާނެ. އަހަރެންވެސް…. އެހެންމަ މިކަން ސިއްރެއްގެ ގޮތުގަ ބާއްވާނީ ދޯ!” ލިއަމް ބެލީ ޒާޔާ ހިތްހަމަޖައްސައި ދެވޭތޯއެވެ. ޒާޔާ އޭނާގެ މޫނުން ދެއަތްތިލަ ދޫކޮށްލުމުން ލިއަމް ޒާޔާގެ ކޮނޑުން އޭނާގެ އަތް ދޫކޮށްލިއެވެ. “ތޭންކްސް ސަރ.” ކަރުނަ ފުހެލައިފައި ލުއި ހިނިތުންވުމެއް ލިއަމް އަށް ހަދިޔާކޮށްލަމުން ޒާޔާ ކްލާހުން ނުކުތެވެ. ޒާޔާ ނުކުތުމުން ލިއަމްވެސް އޭނާގެ އެއްޗެހި ހިފައިގެން ކްލާހުން ނުކުތެވެ.

ސްކޫލް ގޯތިތެރެއަށް ނުކުތް އިރު ފަވާޝަތު ނެތުމުން ފަވާޝަތު ދިޔައީކަން ޒާޔާއަށް އެނގުނެވެ. ފަވާޝަތަށްވެސް އެހާ ގިނައިރުވަންދެން މަޑެއްނުކުރެވޭނެކަން ޒާޔާއަށް އެނގެއެވެ. ޒާޔާ މަޑުމަޑުން ގެއާއި ދިމާލަށް ދާން ހިނގައިގަތެވެ. އަޅާ ކޮންމެ ފިޔަވަޅަކާއިއެކީ އޭނާގެ ދެލޮލުން ކަރުނަތިއްކެއް ވެއްޓެއެވެ. ހީވަނީ އޭނާ އަޅާ ފިޔަވަޅުތަކުގެ ފަސްފަހަތުން ހުރިހާ ހިތާމަތަކެއް އަންނަހެނެވެ. މަގުމަތީގައި ހިނގައިބިގައިވެ އުޅޭ ބަޔަކަށް ނުބަަލައި ޒާޔާ އަމިއްލަ ދުނިޔެއެއްގައި ހުރެ ހިނގަމުން ދިޔައެވެ. މިއަދު އޭނާގެ ދިރިއުޅުން ޒަލްޒަލާއަކަށްވި ފަދައެވެ. އޭނާގެ ދިރިއުޅުން މިއަދު އެއްކޮށް ހަލާކުވީކަމުގެ އިޙުސާސް ކުރެވެން ފެށިއެވެ. ދިރިއުޅުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށް އޭނާގެ ސިކުނޑިއާއި ހިތް ބުނަން ފެށިއެވެ. އޭނާއަށް އެންމެ ހެޔޮއެދެންޖެހޭ، އެންމެ އަޅައިލަން ޖެހޭ މީހާ އޭނާއަށް ލަނޑު ދިނީއެވެ. މުޅި ދުނިޔެއަށް ބޭޒާރުކޮށްލަން މަސައްކަތް ކުރީއެވެ. އެ ހުރިހާ ކަމަކާ ކުރިމަތިލާނެ ހިތްވަރު ޒާޔާއަށް ލިބިދާނެބާވައެވެ؟ ނޫނީ އެއްވެސް ކަމަކާ ކުރިމަތިނުލައި ޒާޔާ ހަނުހުންނާނީ ބާވައެވެ؟

ގެއަށް ވަތްގޮތަށް އެއްވެސް މީހަކާއި ދިމާލަށް ބަަލައިވެސްނުލައި ޒާޔާ އެ ދިޔަގޮތަށް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ގޯތިތެރޭ ހުރި ބޮޑު އުނދޯލީގައި އިން ނިހާން އެކަން މާކަ ބޮޑުކަމަކަށް ނުހެދީ އެއީ ޒާޔާ ކުޑަކޮށް ވަރުބަލިވެފައި ހުރުމުން ކަމަށް ހީކުރެވުމުންނެވެ. ނިހާން އަށް ނޭނގުނު ކަމަކީ ޒާޔާ އެހުރީ އޭނާ ހީކުރިވަރަށްވުރެ ބޮޑަށްވެސް ވަރުބަލިވެފައިކަމެވެ.

ފޮތްދަބަސް ލިޔާ މޭޒުމަތީ ބަހައްޓައިފައި އައިސް ޒާޔާ ޔުނީފޯރމް ބަދަލުކޮށްލައިގެން އެނދުގައި އިށީނެވެ. އިށީނުމާއިއެއްކޮށް ލިއަމް އާއި ޖަމީލާ އާއި ދެމެދު ދެކެވިފައި ހުރި ވާހަކަތައް އޭނާގެ ސިކުނޑީގައި އެނބުރެން ފެށިއެވެ. ޖަމީލާގެ އަސްލު ޙަޤީޤަތް އޭނާއަށް މި އެނގުނީ މިއަދުއެވެ. އިޞްލާޙުވިކަމަށް ހެދިގެން އޭނާގެ ބައްޕަ ކައިރިއަށް މި އައީ މިކަމެއް ކުރަންތާއެވެ. ޒާޔާ ވީ ދެރައިން އެނދުގައި އޮށޯވެލިއެވެ. ދުވަހަކުވެސް ޖަމީލާ އޭނާއަށް މިވަރުގެ ބޮޑު ލަނޑެއް ދޭން އުޅެފާނެކަމަކަށް ޒާޔާއަށް ހީކުރެވިފައެއް ނެތެވެ. ޒާޔާ މި ވާހަކަތައް އޭނާގެ ބައްޕައާއި ޚިއްޞާ ކުރަން ބޭނުންވިއެވެ. އެކަމަކު ފަހުން ވެދާނެގޮތަކާއިދޭތެރޭ ވިސްނޭވަރުން ޒާޔާ އެ ވާހަކަ އޭނާގެ ބައްޕައާއި ޚިއްޞާކުރަން ފަސްޖެހުނެވެ. އަނެއްކޮޅުން ލިއަމްވެސް ބުނެފައިވަނީ އެ ވާހަކަތައް ސިއްރެއްގެ ގޮތުގައި ބާއްވައިފިނުމަށް ބުނެފައެވެ. އަދި އެވާހަކަތައް ކިޔައިދިނުމުން ބޭޒާރުވާނީ ޒާޔާކަން ލިއަމް ބުނެފައިވި ގޮތުން އޭނާ އަމުދުން އެވާހަކަ ޚިއްޞާ ކުރަން ޖެހިލުންވިއެވެ.

ހަވީރު ނިހާން ޑިއުޓީއަށް ދިޔުމުން ޖަމީލާ ޒާޔާގެ ކޮޓަރި ދޮރުމައްޗަށް ހުއްޓުނެވެ. ދެތިން ފަހަަރަށް ޓަކި ޖަހައިލިއިރުވެސް ޒާޔާ ދޮރުނުހުޅުވުމުން ޖަމީލާ ކުރިއަށްވުރެ ތަންކޮޅެއް ބާރަށް ދޮރުގައި ޓަކި ޖެހިއެވެ. ޒާޔާ ދޮރުހުޅުވީ އޭނާއަށް ދިހަވަރަކަށް ފަހަރު ދޮރުގައި ޖެހުމުންނެވެ. “ކީއްވީ؟” އެއްވެސް އަސަރެއް ނެތްގޮތަކަށް ޒާޔާ އެހިއެވެ. އޭނާ މިހާރު އެއްގޮތަކަށްވެސް ޖަމީލާއާއި ވާހަކަ ދައްކާ ހިތެއް ނުވެއެވެ. ޖަމީލާގެ ސޫރަ ފެނުނަސް އޭނާއަށް މިހާރު ކުރިއަށްވުރެވެސް ބޮޑަށް އުނދަގޫވެއެވެ. “ޒާޔާ ފޯނު ދީބަލަ. މަންމަ މީހަކަށް ގުޅާލަންވެގެން.” ކިތަންމެ ދޭ ހިތްނުވިޔަސް ޒާޔާ މަޑުމަޑުން ހިނގައިލައިފައި ގޮސް އެނދުމަތިން އޭނާގެ ފޯނު ނަގައިގެން އައިސް ޖަމީލާއަށް ދިނެވެ. “މަންމަ މީނީ ކޮޓަރީގަ އިނގޭ. ކޯލް ނިންމާލާފަ ގެނެސްދޭނަން.” ޖަމީލާ ދިޔުމުން ޒާޔާ ކޮޓަރި ދޮރު ލައްޕައިފައި ތަޅުލިއެވެ.

ޖަމީލާ ކޮޓަރިއަށް ވަދެ ތަޅުލައިފައި އައިސް މަތީންގެ ނަމްބަރަށް ގުޅައިލިއެވެ. ދެތިން ރިންގަށްފަހު މަތީން ނަޞީބަކުން ފޯނު ނަގައިފިއެވެ. “އައްސަލާމް ޢަލައިކުމް. ކާކުތޯ؟” ނުދަންނަ ނަމްބަރަކުން ގުޅުމުން މަތީން އަދަބުވެރިކަމާއިއެކީ ވާހަކަދެއްކިއެވެ. “ހެލޯ. މަތީން. މީ އަހަންނޭ. ކަމެއް ކޮށްދެވިދާނެތަ؟” ނިކަން ހާސްވެފައި ހުރެ ޖަމީލާ އެހިއެވެ. “އޯ. ޖަމީލާ ދޯ. ކިހިނެތް ހަދާދޭންވީ؟” ވަރަށް ގަޔާވެފައި އިނދެ މަތީން އެހިއެވެ. “ކަލޭ ކޮށްދޭންވީ ކަމަކީ ލިއަމްގެ ފޯނުގަ އަހަންނާ ލިއަމް އާ ދެމީހުން ދައްކާފަ ހުރި ވާހަކަތައް ސްކްރީންޝޮޓް ކޮށްފަ ކަލޭ ފޯނަށް ފޮނުވާލަންވީ. އިނގޭ. ދެން އަހަންނަށް ފޯނެއް ލިބުނީމަ އަހަންނާ އެއެއްޗެހި ހަވާލުކޮށްލާ.” ޖަމީލާ ކުރަން ޖެހޭ ކަންތައް ކިޔައިދިނުމުން މަތީން ތިއީ އެއްވެސް ކަމެއް ނޫންކަމަށް ބުނެލައިފިއެވެ. “ތޭންކްސް އިނގޭ. ވީހާވެސް އަވަހަކަށް.. އަދި ބުނަން… ސްކްރީންޝޮޓްތައް ބަހައްޓާނީ ހަމައެކަނި މަތީން އަތުގަ އިނގޭ. އަދި އެ ބަހައިނުލާތި. އިނގޭ.” މަތީން އެކަމަށް އެއްބަސްވުމުން ޖަމީލާ ފޯނު ކަނޑައިލިއެވެ. އަދި ޒާޔާގެ ފޯނުން ކޯލް ހިސްޓްރީ އަށް ވަދެ މަތީންގެ ނަމްބަރު ފުހެލިއެވެ.

ފަވާޝަތު ތައްޔާރުވަމުން ދިޔައީ އަފްލާހުއާއިއެކީ ސައިކަލު ބުރެއް ޖަހައިލަން ދިޔުމަށެވެ. އިސްތަށިގަނޑަށް ރީތިގޮތެއް ހަދައިލުމަށްފަހު ހެދުމުގެ ފަސްބައި ރީތިކޮށްލައިފައި ފަވާޝަތު ކޮޓަރިން ނުކުތެވެ. އޭރު އަފްލާހް އިނީ ތައްޔާރުވެގެން ނުކުމެއެވެ. “ތިހާ ރީތިވާކަށް ނުވާނެ. މޭބީ ސަމްތިންގް ރޯންގެ މޭ ހެޕެން.. ހެހެ.. އެކަމަކުވެސް ވަރަށް ރީތި އިނގޭ!” އަފްލާހް އެ ކޮށްލި ކުޑަކުޑަ ތަޢުރީފަށް ފަވާޝަތު އެއްވެސް އެއްޗެކޭ ނުބުނެއެވެ. ހަމައެކަނި ހިނިތުންވެލީއެވެ. “ޔޫ އަރ ދެއަރ ޓު ސޭވް މީ އެއްނު ފްރޮމް ދޯސް ރޯންގް ތިންގްސް ދޯ!” އަފްލާހު ކައިރިއަށް އައިސް އިށީންނަމުން ފަވާޝަތު ބުންޏެވެ. “ޔެސް އިންޝާﷲ… ހިނގަ ދާން ދޯ.” ފަވާޝަތު އަތުގައި ހިފައިގެން އަފްލާހު ގެއިން ނުކުތެވެ. ދެކުދިން ގެއިން ނުކުތް މަންޒަރު ބަލަން އާލިޔާ ދުރުގައި ހުއްޓެވެ. އޭނާ ހުރީ ރުޅިން ރަތްވެފައެވެ. އަފްލާހު ރަށަށް އައުމުން ފަވާޝަތުގެ ތުންފަތުން އެންމެ ދުވަހަކުވެސް ހިނިތުންވުން ފިލައި ނުދެއެވެ. އޭނާ ދުވަހަކުވެސް ފަވާޝަތު އުފަލުގައި ހުންނާކަށް ނޭދެއެވެ. އަފްލާހު ރަށުން ފުރައިގެން ދިޔުމުން ކުރާނެ ރަނގަޅު ކަމަކާ ދޭތެރޭ ވިސްނައިލަން އާލިޔާ ބޭނުންވިއެވެ.

އާލިޔާ ކޮޓަރިއަށް ވަދެ އެންމެ ފުރަތަމަވެސް ވިސްނައިލީ ކުރާނެ މޮޅު ކަމަކާއި ބެހޭގޮތުންނެވެ. އޭނާއަށް ކިރިޔާވެސް ރަނގަޅު ޚިޔާލެއް ލިބުނީ ވިސްނަން އިންތާ ފަނަރަވަރަކަށް މިނެޓް ފާއިތުވިފަހުންނެވެ. އޭނާ ވިސްނީ ޖަމީލާ އެ ކުޅޭ ކުޅިގަނޑުގެ ބައެއް އޭނާވެސް ފުރިހަމަ ކޮށްލާށެވެ. އެގޮތުން އިހަކަށް ދުވަހު ޒާޔާ އާއި ޖިނާންގެ ފޮޓޯތަކެއް ނެގި ގޮތަށް މަތީން ލައްވާ ފަވާޝަތާއި އަފްލާހުގެ ފޮޓޯތަކެއްވެސް ނަގަން އާލިޔާ ނިންމިއެވެ. އަދި އެހުރިހާ ކަމެއްގެ ޢިލްޒާމް ޒާޔާގެ ބޮލުގައި އަޅުވައި ފަވާޝަތާއި ޒާޔާއާއި ދެމެދު އޮތް ރަޙުމަތްތެރިކަމުގެ ވަރުގަދަ ގުޅުން އެއްކޮށް ނިމެން އާލިޔާ ބޭނުންވިއެވެ. ގާތް ދެ އެކުވެރިއަކު ދުރުކުރުމަށް މިއަށްވުރެ މާ މޮޅުގޮތެއް އޮވެދާނެހެނެއް އާލިޔާއަކަށް އެއްގޮތަކަށްވެސް ހިއެއް ނުވެއެވެ. އޭނާ އެންމެ ފުރަތަމަވެސް އެ މަސައްކަތް ފަށައިގަތުމުގެ ބޭނުމުގައި މަތީނަށް ގުޅައިލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (25)

  1. UNKNOWN GURL ?

    VRH REETHI MI PART VX ?❤ WAITINN 4 THE NXT PART??? TC???

    1. Dhonthy
      UNKNOWN GURL ?

      UNKNOWN GURL 🙂 🙂 🙂 vv bodau thank you. Next episode liyevunihaa avahakau submit kolladheynan inge 🙂 🙂 🙂 🙂 😀 😀 Take care 🙂 <3 <3 <3

  2. Dhonthy

    Salaam dear readers. Miothee ashaaravana bai upload vefa. Unmeedhukuran hurihaa kiyuntherinnau es kamudhaanekamau 🙂 🙂 🙂 🙂 Aanmukou liyaavarauvure mi episode kurukou genesdhevuneethee maafau edhen. Miadhu submit kollaanamey bunevifa ineema i just wrote and submitted. Ekm dhen in part submit kollaanee hama liyevunuhaa avahakau Insha Allah 😀 😀 🙂 🙂 🙂 🙂 🙂 🙂 So, enjoy reading and leave a comment! Love you all <3 <3 <3 <3 <3 <3 <3 <3

  3. ހިތް ދެރަ

    hindhee drama thakekey dhivehi vaahaka thakekey ehɡoiyy abadhuves nubaibaikulhey meehun molhuvaanee nimeyru ekani kaamiyaabee libwynee raɡalhu kolhah ei dhen foohi ɡotheh

    1. Dhonthy
      ހިތް ދެރަ

      Mulhin rangalhu vaahakaeiy thi bunee 🙂 🙂 🙂 Ekm mi vaahaka v thafaathukolleveythoa v masakkaiy kuran eba 🙂 Dhevvi khiyaalau v bodau shukuriyyaa 😀 😀 🙂

  4. maasha

    Baakee kithah part inee???????!!!!!!!!!!!!?

    1. Dhonthy
      maasha

      maasha 🙂 🙂 🙂 Baakee innaanee kithau part kameiy bunaakau neynge. Eiy adhi es story prepare kuramun dhaatheeve. 😀 😀 😀 😀 🙂 🙂 🙂

  5. Dhonthy

    Thank you so much Rash. It really means a lot.
    And i want to tell you something. Story au comment kuraairuga story au base kou comment kurun enme rangalhuwaanee. Ehenihen vaahakathau dhekkun ehaa rangalheiy noonhen dhonthi au heevanee 🙂 🙂 🙂 So, i hope you will not repeat this okay 🙂 🙂 🙂 And Facebook use nukuran dhonthi eiy. 🙂

  6. ?

    Ey mee public ingey… ehennoonas story writers aa thikahala vaahaka dhekkun ehaa rangalheh noon ingey rash… so plx stop it

  7. mary

    alhey dhonthigadaa mi part ves varah habeys

    1. Dhonthy
      mary

      Mary 🙂 🙂 🙂 Thank you so much dear 😀 😀

  8. Maash

    V. V. V. V. Reethi Maasha Allah ??
    When is the next part ?☺️

    1. Dhonthy
      Maash

      Maash 🙂 🙂 🙂 Thank you so much dear 😀 Next part iraadhakurevviyyaa liyevunuhaa avahakau upload kolladheynan inge 🙂 🙂 🙂 🙂 <3 <3 <3

  9. Alayn

    Woow!! Vv reethi mipart vxx.?? U are so talented dhonthi! I really enjoy reading ur stories.?? lyssm❤?

    1. Dhonthy
      Alayn

      Alayn 🙂 🙂 🙂 Thank you so much dear. It really means a lot 😀 😀 Love you too Alayn <3 <3 <3

  10. Sadha

    Alhey aaliyaa mn haadha goahey dhw… i hate them… btw dhonthy mi stry vrh vrh vrh vrh vrh vrh vrh vrh vrh rythi ma sha allah… mi part vx hama habeys?… love you …stay safe ingeyyyy..
    ?

    1. Dhonthy
      Sadha

      Sadha 🙂 🙂 🙂 Thank you so much dear. Yes dear what to do? 🙁 🙁 Aaliyaamenau rangalhu lan’deiy dheyn waanee dhw 😀 😀 😀 Haha! Once again thank you so much Sadha. Love you too and stay safe <3 <3 <3 <3 <3 <3 <3

  11. Sadha

    Haan vrh bodu lan’deh dheythi… btw malaika is the best… i wish i was malaika kuda dhuvaskolhakah??‍♀️?‍♀️

    1. Dhonthy
      Sadha

      Aha. 😀 😀 😀 V beynunwey dhw Malaikaa au waan. Hehe! 🙂 Maybe you can. In your dreams 😉 Dhw!! 😀 😀
      Hmm!!! Aaliyaa au varugadha lan’deiy dheyn thayyaaruwaan jehunee mi ehenveema 😀 😀 😀

  12. Unnu

    19th vana bai avahah lahcheyy … im so curious about that, Mashaallah varah reethi vaahakaeh , stay safe ?

    1. Dhonthy
      Unnu

      Unnu 🙂 🙂 🙂 19 vana bai liyevunuhaa avahakau submit kollaanan inge. Adhi es liyamun mi gendhanee e bai. 😀 😀 Btw Thank you so much dear and stay safe <3 <3 <3 <3

  13. Cutie??❤️

    Heyyy mageyyyy loabi loabi dhonthyy??????? I am just speechless a seriouslyyy this is just awesome ❤️ I luv it ??????by the way dhonthiiiiii he haalu kihineh tha????????

    1. Dhonthy
      Cutie??❤️

      Heyy Cutie 😀 😀 🙂 Thank you inge <3 <3 <3 It really means a lot <3 Dhonthige haalu Alhamdhulillah hama v rangalhu! Cutie ge haalu kihineiy?? Unmeedhukuranee rangalhuwaane kamau 🙂 🙂 🙂

  14. Kairaa

    heyyy dhonthy??
    varah varah reethi mi bai vx??
    cmnt nukureveny mi dhuvas kolhu kuda koh bxy veema????
    ekm vx kiyan hurihaa baeh vx??
    MISS U bodukoh??
    STAY SAFE SISS
    LYSMMMM❤️❤️❤️

    1. Dhonthy
      Kairaa

      Heyyy Kairaa 😀 😀 😀 Haadha dhuvaheh kollaafa! vvv ufaavejje anekkaa es Kai ge comment eiy fenuneema 😀 😀 That’s not a prob. Busy viyas okay 😀 Dhonthi es busy kamun vaahaka es genesdhevun lasmivanee 🙁 🙁 Btw Thank you so much Kairaa 😀 😀 It really means a lot. Stay safe and love you too dear <3 <3 <3 <3 <3 <3 <3 <3 <3

Comments are closed.