ފިޔަފަތް 12
* ޒައިލީންއަށް ހެވިފައި ހުރެވުނީ ރަވިކާން އެކުރަނީ ސަމާސާއެއްހެން ހީވުމުންނެވެ. ނަމަވެސް އެ ދެލޯ ވިދާލި ގޮތުންނާއި ޒައިލީންއާއި ގާތަށް ފިޔަވަޅު އަޅަން ފެށިގޮތުން ޒައިލީންއަށް ދެލޯ ބޮޑު ކޮށްލެވުނެވެ. *
“ރަވިކާން ސަމާސާ ނުކޮށްބަލަ.. ޖިންނިއެއްހެން ހެދިގެން ނޫޅެބަލަ..” ޒައިލީން ހަގީގަތަށްވެސް ބިރު ގަނެގެން ބުނެލިއެވެ. ”އަހަރެން މީ ޖިންނިއެއް.. ދެން އަހަރެން ކިހިނެތްތަ ޖިންނިއެއްހެން ނޫޅޭނީ..؟” ރަވިކާން ރަނގަޅު ޖަވާބެއް ދީފައި ބަނޑުހައިވެފައި ހުރި މީހެއް ފަދައިން ދޫ ނެރެލިގޮތުން ހީވަނީ މީރު ކާއެއްޗެއް ފެނިގެން ކުޅު ދިޔާވިހެންނެވެ.
ޒައިލީން ދުއްވައިގަންނަން އުޅުމުން ރަވިކާން ދެވަރަ ހުޅުވާލަމުން މަގު ބައްދާލިއެވެ. ރަވިކާންގެ ވަރަ ބޮޑުކަމުންނާއި އެކޮޓަރި ހަނިކަމުން ރަވިކާން ގެ ވަރަ ފާރުގައި ކޭއްތެއެވެ.
ގަދަ ވަޔާއެކީ ވާރޭ ވެހެން ފެށިއެވެ. ސިކުންތުކޮޅަކަށް ނަމަވެސް ޒައިލީންއަށް ބޭރު ބަލާލެވުނީ މިތަނަށް ވެސް ވާރޭ ވެހޭބާވައޭ ހިތަށް އެރުމުންނެވެ. އޭރު އެތަނުގައި ޖަހާފައިވާ ތޭރިތަކުގެ ތެރެއިން ގަސްގަހުން ފައިބާފައިވާ ހިކިފަތްތައް އެތެރެއަށް ވަންނަން ފެށިއެވެ. ވިދާ ގުގުރަން ފެށުމުން ޒައިލީންގެ ބިރު ދެގުނައަށް އިތުރުވިއެވެ. ވައިޖެހޭ ކޮންމެ ވަގުތެއްގައި އެތެރެއަށް ފެން ވިއްސެން ފެށިއެވެ. އެތަނުގެ ތެރޭގައި ހުރި ހަމައެކަނި އަލިކަން ކަމަށްވާ ފުޅި ބައްތިވެސް ނިވިގެން ދިޔައީ ކުއްލިއަކަށެވެ. ޔޫ.އެސްގައި ބެލި ބިރުވެރި މޫވީތައް މަތިން ޒައިލީން ހަނދާން ވާން ފެށީ އެފަދަ މޫވީ ތަކުގައިވެސް މިހާ ބިރުވެރި ތަންތަންކޮޅު އަންނާތީއެވެ.
އަނދިރީގެ ތެރޭގައި ރަވިކާންގެ ރީނދޫ ދެލޯ ދިއްލެމުން ދިޔައެވެ. ޒައިލީން ބިރުން ގޮސް ރޫރޫ އަޅަން ފެށިއެވެ. ބިރުގަނެފައި ހުރި ވަރުންނެވެ. ބޭރުން އަންނަ ވައިރޯޅީގެ ފިނިކަން ޒައިލީންގެ ގައިގައި ބީހިލާފައި ދާއިރު އެ ފިނިކަންވެސް ވަކި ކުޑައެއްނޫނެވެ.
“ނޫން…” ޒައިލީންއަށް ބުނެވުނެވެ. “ޏަމް..!! ތިއީ އަހަރެންގެ ރޭގަނޑުގެ ކެއުމަށް ވެގެންދާނެ..” ރަވިކާން ބުނެލިއެވެ. ޒައިލީންއަށް ރޮވުނެވެ. ޒައިލީން ފަހަތަށް އަޅާ ކޮންމެ ފިޔަވަޅަކަށް ރަވިކާން ކުރިއަށް ފިޔަވަޅެއް އަޅައެވެ. ޒައިލީންގެ ބުރަކަށި ތޭރިތަކުގައި ޖެހުނެވެ. ދެން ފަހަތަށް ފިޔަވަޅެއް ނޭޅޭނެކަން އެނގުމުން ޒައިލީންއަށް ރަވިކާންގެ މޫނަށް ބަލާލެވުނެވެ.
ޒައިލީން ރަނގަޅަށް ބިރުގަތްކަން އެނގުމުން ރަވިކާން ހުއްޓާލީ ހިނިގަނޑެއް ޖަހާލަމުންނެވެ. ”އިންސި ކުއްޖާ.. ތިހާ ބިރުނުގަނެބަލަ.. މިހާއިރު ވަންދެން އެކީގައި އުޅެއުޅެފައި ދެން ކާލާނީ ކިހިނެތްތަ..؟ އަހަރެން ބޭނުން ނަމަ އެންމެ ފުރަތަމަ ފާރަވެރިން އަހަރެން ހޯދަން އައި ގަޑީގައި ދާނީ އިންސި ކުއްޖާ އަނގަޔަށް ލައިގެން…” ރަވިކާން ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ގަނެފައިވާ ބިރެއްގެ ސަބަބުންނާއި އައި ރުޅީގެ ސަބަބުން ރަވިކާންއާއި ދިމާލަށް ބަލާލަންވެސް ޒައިލީން އިންކާރު ކުރިއެވެ.
“އެއްފަރާތްވޭ..!” ކުރިންވެސް ހެދިހެން ރަވިކާން ޒައިލީން ގެނެސް ގަޔާލާ ބޮނޑިކޮށްލީ އިންޒާރެއް ވެސް ނުދީއެވެ. ޒައިލީންއަށް ނޭނގުނީ މިފަހަރު ރަވިކާން އެހެން އެހެދީ ޒައިލީން ރައްކާތެރިކުރަން ނޫންކަމެވެ.
ރަވިކާން އެހެން ހުރުމުން އުނދަގޫގޮތަކަށް ޒައިލީން އަތް ނަގާފައި ރަވިކާންގެ ވަރައިން ދެ ފަތް އެކީ އުފުރާލިއެވެ. ”އައު.. ރުޅި އާއި ބިރު ފިލަންދެން ވަރައިން ފަތްކޮޅުތައް އުފުރާ ހުސްކޮއްލާ..” ރަވިކާން ބުނެލިއެވެ. ޒައިލީން މަޑުމަޑުން ފަތް އުފުރާލި ތަނުގައި ފިރުމާލުމުން ރަވިކާން ސިހިފައި ޒައިލީން އާއި ދުރަށް ޖެހުނެވެ.
ތިތަނުން އެއްފަރާތްވޭ.. އެނޫނީ އަނެއްކާވެސް އެހެން ހަމަލާއެއް އައިސްފާނެ..” ޒައިލީން ވައިއަޑަކުން އެހެން ބުނެލާފައި އެނދުގައި އިށީނދެ ފާރުގައި ލެނގިލިއެވެ. ރަވިކާންވެސް ގޮސް އިށީނީ ޒައިލީން އާއި ޖެހިގެންނެވެ. “ސޮރީ.. ރަވިކާން ޖައްސާލި ކުޑަ އެކްޓަކަށް އޯވަރ ރިއޭކްޓް ކުރެވުނީމައި…” ޒައިލީން ބުނެލިއެވެ. ބުނެލި ދެތިން ބަހުގެ މާނަ ނޭނގުނަސް ޒައިލީން އެދުނީ މާފަށްކަން ރަވިކާންއަށް އެނގުމުން ރަވިކާން މަޑުމަޑުން ބޯ ޖަހާލިއެވެ.
މިނެޓަކަށްފަހު މިނެޓަކުން ވާރޭ ދިޔައީ ބޯކުރަމުންނެވެ. ކުޑަދޮރުން ފަތް ވަދެވަދެ ހީވަނީ އެ ކޮޓަރި ތެރޭގައި ބޮޑު ފަތްފުންޏެއް ޖަހާފައި ވާހެންނެވެ. ވާރެއާއެކީ ފިނިގަދަވަމުން ދިޔަވަރަކަށް ޒައިލީން ވެސް ތުރުތުރު އަޅަމުން ދިޔައެވެ. “އައިމް ކޯލްޑް…” ޒައިލީންއަށް ބުނެވުނެވެ. ރަވިކާން އެއް ބުމަ މައްޗަށް އަރުވާލުމުން ޒައިލީން އެބުނި ޖުމްލައިގެ މާނަ ރަވިކަންއަށް ދޭހަނުވިކަން ދައްކުވައިދިނެވެ. “ފިނިވަނީ..” އަޑު ކެނޑެމުން ކެނޑެމުންދިޔަ ހާލެއްގައި ޒައިލީންއަށް ބުނެވުނެވެ. ރަވިކާންގެ އޭނާގެ ވަރަ ޒައިލީންގެ ގައިގައި އޮޅާލިއެވެ. އެކަމުން ކުޑަކޮށް ހީކެރުވުމަށް ލުޔެއް ލިބުނެވެ. އެރޭއެކީ ފާއިތު ވެގެން ދިޔައީ އެކަހަލަ ގޮތަކަށެވެ.
އިރުގެ އަލިކަން މޫނަށް އެޅެން ފެށުމުން ޒައިލީންއަށް ލޯ ހުޅުވާލެވުނެވެ. އޭރު ޒައިލީންއަށް އިނދެވުނީ ރަވިކާންގެ ކޮނޑުގައި ބޯ އަޅައިގެންނެވެ. އެކަމާއި ލަދުން ޒައިލީންއަށް އަވަހަށް އެނދުން ފޭބިއެވެ. އޭރުވެސް ރަވިކާން އޮތީ ގަދަ ނިދީގައި ނިދާލާފައެވެ. ރަވިކާންއަށް އުނދަގޫކުރަން ނުހަދާ ޒައިލީން ހިނގައިގަތެވެ. ފާޚާނާއަށް ވަންނަމުން ޒައިލީން ބަލާލީ ތަފާތެއް ފާހަގަ ކުރެވިގެންނެވެ. އިއްޔެރޭ އެ ތަނަށް އެތެރެވިހާ ފަތެއް ފެންނާކަށް ނެތެވެ. ނަމަވެސް ފާޚާނާގެ ކުރިމަތީގައި ބޮޑު ފަތެއް އޮތުމުން ޒައިލީން އެފަތް ނެގީ އެއްލާލަން ކަމަށެވެ. ނަމަވެސް ރަތް ކުލައިން އޭގައި އެއްޗެއް ލިޔެވިފައި ވާތީ ޒައިލީންއަށް މަޑު ކޮށްލެވުނެވެ.
“މިއަދު މިތަނުން ސަލާމަތްވާން ޖެހޭނެ.. އިންސިކުއްޖާ.. އަވަސްކުރޭ.. މަސައްކަތް ފަށާނީ ރޭގަނޑު.. މިތާ އަބަދަކު ނުހުރެވޭނެ.. އިންސިކުއްޖާއަށް ކޮންމެގޮތެއްވެސް ހެދުމުގެ ބާރު ބާރީއަށް ލިބިފައިވާނެ.. އަހަރެން ވެސް މަރާލާނެ.. އެހެންވެ އޭނައަށް ޝައްކުވާ ގޮތަށް އެންމެ ހަރަކާތެއް ނުކުރާތި.. ކޮއްފިނަމަ އަހަރެމެންގެ ދުވަސް ދިޔައީ… އަހަރެން މިތަނުން ސަލާމަތްވާނެ މަގު ހޯދައިފިން… އޭތް..!! ސުވާލު ގިނަ ނުކުރާތި..!!” ނޯޓު ނިންމާލަމުން ޒައިލީން ތުން އަނބުރާލިއެވެ. އިންސިކުއްޖާއޭ ލިޔެފައި އަދި ނިންމާލަމުން އަމުރެއް ކޮއްފައިވުމުން އެއީ ރަވިކާންގެ ނޯޓެއްކަން އެނގެން ޒައިލީންއަށް ނެގީ ފަޅި ސިކުންތެކެވެ.
ޒައިލީން ފެންވަރައިގެން ކަޅު ގައުންއެއް ލިއެވެ. އަދި އިސްތަށިގަނޑު ރަނގަޅަށް ފުނާ އަޅާ ރީތި ކޮއްލުމަށްފަހު ޒައިލީން ލޯގަނޑު ކުރިމައްޗަށް ހުއްޓި ހިތްހަމަޖެހެންދެން އަމިއްލަ ސޫރައަށް ބަލަން އިނެވެ. ހިތްފުރޭވަރުވުމުން ޒައިލީން ކަޅު ބޫޓަކަށް އަރާ ރަވިކާން ހޭލަންދެން އެނދުގައި އިށީނެވެ.
ރަވިކާން ލޯހުޅުވާލީ އޭގެ އިރުކޮޅެއްގެ ފަހުންނެވެ. ފެންވަރައިގެން ރަވިކާން އަލަމާރި ހާވަން ފެށިއެވެ. ކަޅު ކުލައިގެ ހެދުމެއް ނަގާފައިވެސް ރަވިކާން ލީ ދަނބުކުލައިގެ ގަމީހެއް ވައްތަރަކަށް ފަރުމާ ކޮއްފައިވާ އެއްޗެކެވެ. ޒައިލީންވެސް ކަޅުކުލައިގެ ހެދުމެއް ލައިގެން ހުރުމުން އެއްގޮތް ނުވާން ތޯއްޗެކެވެ. ދެން ރަވިކާން ތިރިން ލީ ޖިންސެއްގޮތަށް ފިޓްކޮށް ހުރި ކަޅު އެއްޗެކެވެ. އިސްތަށި ގަނޑު ކުޑަކޮށް ރީތި ކޮއްލަމުން ރަވިކާން ބޫޓަށް އެރިއެވެ. އާދައިގެމަތިން ވަރައިގެ ފަތްތައް އޮމާން ކުރިއެވެ. ޒައިލީންއަށް ކަޅިއަޅާލަމުން ރަވިކާން އެނދުގައި އިށީނެވެ.
ޒައިލީންގެ ގާތަށް އައީ ހިންޏެވެ. ޒައިލީން ރުޅިއަންނަ ކޮންމެ ފަހަރަކު ރަވިކާން ހެނީ ކީއްވެކަން ޒައިލީންއަށް އެނގުނެވެ. ކަމަކުން ކަމަކާއިނުލާ ރުޅިއައިސް ކަޅި އަޅާނަމަ އެންމެންނަށްވެސް ހެވޭނެއެވެ. އެއީ ދުނިޔޭގެ އެންމެ ރުޅިގަދަމީހާގެ މެޑެލްދީފައިވާ މީހާކަމުގައި ވިޔަސްވެސްމެއެވެ.
އިރުކޮޅަކުން ފާރަވެރިޔަކު ދޮރުހުޅުވާލިއެވެ. “ހެނދުނުގެ ސަޔަށް ރަވިކާން އާއި މި އިންސި އައުމަށް ވަނީ ހަމަޖެހިފައި.. އަވަހަށް އަހަރެންގެ ފަހަތުން އާދޭ..” ފާރަވެރިޔާ ބުނެލިއެވެ. ރަވިކާން އާދައިގެ ރުޅިމޫނު ހަދާލަމުން ފާރަވެރިޔާގެ ފަހަތުން ހިނގައިގަތެވެ. ޒައިލީންވެސް އަމިއްލަ ހިތްހެޔޮ ގޮތްގަނޑު ފޮރުވާލަމުން ހިނގައިގަތެވެ. ކުއްލިއަކަށް ‘ދޮންބެ ފާރަވެރިޔާ’ އައިސް ޒައިލީންމެންނާއި އެއްވަރަކަށް ހިނގަން ފެށިއެވެ. “ދޮންބޭ…” ޒައިލީން އެހެން ބުނެލީ އެ ފާރަވެރިޔާއަށް އިވޭނެ ކަމަކަށެއްނޫނެވެ. ނަމަވެސް ‘ދޮންބެ ފާރަވެރިޔާ’ ލޯ އަޅާލާފައި ޒައިލީންއަށް ކުޑަކޮށް ހީނލިއެވެ. ޒައިލީންވެސް ކުޑަކުޑަ ހިނިތުންވުމެއް ދޮންބެ ފާރަވެރިޔާއަށް ދިނެވެ.
ޒައިލީންމެން ގެންދިޔައީ އިއްޔެވެސް ގެންދިޔަ ތަނަށެވެ. އޭރު ބާރީ އެތާނގައި ހުއްޓެވެ. ޖެހިގެންވެސް ކުއްޖެއް ހުއްޓެވެ. އެކުއްޖާގެ މޫނު ނޭނގޭގޮތަށް ފޮތި އައްސާފައި ވުމުން އެއީ ކާކުކަމެއް ނޭނގުނެވެ.
“އިށީނދޭ..” ބާރީ ބުނެލިއެވެ. ބާރީ ތަންކޮޅެއް މޫޑު ރަނގަޅު ދުވަހެއް ކަންނޭނގެއެވެ. ވާހަކަ ދެއްކީ ވެސް ރީއްޗަށް މަޑުންނެވެ. ޒައިލީންއާއި ރަވިކާން އިށީނުމުން ބާރީގެ މޫޑު ބަދަލު ވެއްޖެއެވެ. “އޭ އިންސިއާ.. އެ މުސްކުޅިޔާ ކަލޭ ރީތިކުރިއިރު ކަލޭގެ ވާތު ލޮލުކޮޅަށް ޖަހާދިން ތަރި ކޮބާ…؟؟” ބާރީ އެއްސެވެ. ތަންކޮޅެއް ބާރަށެވެ. ބާރީގެ މަގުސަދު ނޭނގޭތީ ޒައިލީން ނިންމީ އޮޅުވާލުމަށެވެ. “އެ އެއްލާލައިފިން..” ޒައިލީން ޖަވާބުދިނެވެ.
ހީވީ އަލިފާންގަނޑަކަށް ޕެޓްރޯލް ހަމެއް އަޅާލިހެންނެވެ. ”ކަލޭ..!! ކަލެއަށް ހީވަނީތަ މިތަނުގައި ކަލޭ ބޭނުންހާގޮތަކަށް އުޅެވޭނޭ..؟ މީ މަ ރަސްކަންކުރާ ތަން.. މިތާ ހިނގާނީ މަގޭ ބާރު.. އެނގިއްޖެ..؟ ކަލޭ ދެންދޯ.. ބޭނުންހާ ގޮތަކަށް ތިއުޅެނީ..” ބާރީ ހަޅޭއްލަވައިގަތެވެ. “އަހަރެން މިއީ އިންސިއެއް.. ކޮންމެ މީހަކު ރަސްކަންކުރާ ތަނަކަށް އަހަރެންނަށް ދެވުނަކަސް އަހަރެން ނޫޅެން އެމީހަކަށް ތަބާވާކަށް އެނގިއްޖެ..؟ އަހަރެންގެ އަމިއްލަ ނަފުސު ކޮންޓުރޯލުން ނުނެއްޓޭހާ ހިނދަކު ބާރީ ތިއީ އަހަރެންގެ މައްޗަށް ރަސްކަންކުރާނެ މީހެއްނޫން..” ޒައިލީން އެއަށްވުރެ ބާރަށް ހަޅޭއްލަވައިގަތެވެ.
ބާރީ ތެދުވިގޮތަށް މޭޒުގައި ޖެހިއެވެ. “ކަލޭވެސް…! ހްމްމް.. އަހަރެންގެ މަގުގައިވާ ކުޑަކުޑަ ހުރަހެއް އެބަވޭ.. އެއީ ކަލޭ.. އަހަރެން ފުރަތަމަކަމަކަށް ކަލޭ މަރާލާނީ..” ބާރީ ނާމާން ހުނުމަކުން ހީގަންނަމުން ހަޅޭއްލަވައިގަތެވެ. ޒައިލީންގަތީ އަމަށަކު ބިރެއް ނޫނެވެ. ނުވެސް ދަންނަ ތަނެއްގައި އޭނާގެ މަރު އޭނާގެ އަތުގައި ހިފާލަނީއެވެ. މަންމަމެންނާ ލޯބިވާ ބޭބެ ޒައިދާން އާއި އެކުވެރިންކޮޅާއި ބައްދަލުވެސް ނުވެ މި ދުނިޔެ އާއި އަލްވަދާއު ކިޔަން ޖެހެނީ ހެއްޔެވެ.؟ އޭނާ އުޅޭތަނަށް ނުވެސް ދެވެނީސް އޭނާގެ އަޖަލު ހަމަވަނީ ހެއްޔެވެ.؟ ވީ ދެރައިން ޒައިލީންއަށް ކަރުނަތައް ކޮންޓްރޯލްއެއް ނުކުރެވުނެވެ. ނަމަވެސް ގަދަ ބާރުން ތުންފަތް ކަނޑައިގެންދާހާ ބާރަށް ތުންފަތުގައި ދަތް އަޅާލަމުން ކަރުނަތަކަށް ކޯތާފަތް މަތިން އޮހެން ފުރުސަތެއް ނުދީ ޒައިލީން ކަރުނަތައް ފޮހެލިއެވެ.
“މަޑުކުރޭ.. އަދި އަހަރެންނާއި ކުރިމަތިވެސް ނުލަމެއްނު..؟ އިންސިކުއްޖާގެ މަރު އަހަރެންގެ މަރަށް ވުރެ ކުރިން އައުމަކީ އެއްގޮތަކަށްވެސް އަހަރެން ރުހޭނެކަމެއްނޫން.. އިންސިކުއްޖާ މަރުވަންޏާ މަރުވާނީ އަހަރެން މަރުވުމަށްފަހު.. އިންސިކުއްޖާ މަރާލެވޭނީ އަހަރެން ބަލިކޮއްގެން…” ރަވިކާން ބުނެލިއެވެ. އާދައިގެ ގޮތަކަށެވެ. ބާރީގެ އަނގަ ހީވީ މީހަކު ގަދަކަމުން ހުޅުވާލިހެންނެވެ. “ރަވިކާން ކަލޭ.. ކަލޭ ތިއީ އަނެއްކާ ރަވިކާންތަ..؟” ބާރީ އެހެން އެހުމުން ޒައިލީންއަށް މޫނަށް ގޮތެއް ހަދާލެވުނެވެ.
“އަހަރެންނަށް އޮޅިއްޖެ..! ރަވިކާންއަކީ މީހަކު ސަލާމަތްކުރުމަށް އުޅޭނެ މީހެއް ނޫން.. އަދި ޚާއްސަ ކޮށް ބަލި އިންސިގަނޑެއް ސަލާމަތް ކުރާނެ މީހެއް ނޫން.. އޭގެ ބަދަލުގައި އޭނާގެ އަމިއްލަ ނަފުސު ސަލާމަތް ކުރަން އެހެން މީހުން އަނދަވަޅަކަށް ވައްޓާލާފައި ދާނެހާ ކުޅަދާނަ މީހެއް..” ބާރީ ބުނެލިއެވެ. ޒައިލީން އާއި ދިމާލަށް ރަވިކާންއަށް ބަލާލެވުނުއިރު ޒައިލީން ހުރީ ރަވިކާންއާއި ދިމާލަށް ބަލާށެވެ. އެއީ ހަމަތެދެއްހޭ އެ ބެލުމުން އަހާ ފަދައެވެ.
ރަވިކާން ތެދުވިއެވެ. “ބަދަލުވުމަކީ ގޯސްކަމެއްތަ..؟ ” ރަވިކާން ބާރީއާއި ދިމާލަށް އިނގިލި މަޅާލަމުން އެއްސެވެ. ”އެހެންނެއް ނުބުނަން.. ކަލޭތީ ސަލްވިޔާގެ ދަރިފުޅު..” ބާރީ ބުނެލިއެވެ. “ކޮންމެ ކަމަކާއި އަހަރެންގެ މަންމައާއި ނުގުޅުވަބަލަ.. އެންމެ ރަނގަޅު.. އަހަރެން މީ ކުރިން ކަލޭމެން އެންމެން ދުށް ރަވިކާންއަށް ނުވެދާނެ.. އެކަމަކު އަހަރެންނަށް އަހަރެންގެ ނަފުސު އޮޅުވައެއްނުލެވޭނެ.. ބަދަލުވާން ޖެހިއްޖެ ހާލަތެއްގައި އަހަރެން ބަދަލުވާނަން.. އެނގިއްޖެތަ..؟!؟!؟” ރުޅިގަދަވެގެން ރަވިކާން ބާރީއާއި ދިމާލަށް ހަޅޭއްލަވައިގަތެވެ.
“ރަވިކާން..!!! ކަލޭ..!” ބާރީއައީ އަމަށަކު ރުޅިއެއްނޫނެވެ. އަދި އިރުކޮޅެއް ވަންދެން ވިސްނާލިއެވެ. “މި އިންސި މަރާލާނީއެއްނޫން.. މިއިންސި އުޅެންޖެހޭ ތަނަށް ފޮނުވާލާނީ… އޭރުން މަށަށް މާފަސޭހަ ވާނެ.. މި ރަވިކާންއާއި ކުރިމަތިލާއިރު އަހަރެންގެ މަގަށް ހުރަސްއަޅާނެ މީހަކު ނުހުންނާނެ..” ބާރީ ބުނެލިއެވެ.
“ނޫން.. މިއަދުން މިއަދަށް އަހަރެން ރަވިކަންގެ ކަންކަން ނިންމާލާނަން.. އެކަން ނިމެން ދެން މިއިންސި ހުންނާނީ އަހަރެންގެ އެންމެ ގާތް ދެފާރަވެރިންގެ ގާތުގައި..” ބާރީ ބުނެލިއެވެ.
“އަހަރެން މިތާ ހުންނަން އެއްބަސްވީ ރަވިކާން ސަލާމަތްކޮއްދޭ މަތިން.. އެކަން ހަނދާން ނައްތާ ނުލާ..” ޒައިލީން ވަގުތުން ބުނެލިއެވެ. އޭރު ޒައިލީންގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އަނެއްކާ އެހެން އެވަނީ ޒައިދާންމެން ގާތަށް ދެވޭނެކަމުގެ އުންމީދު ލިބުނީމައިކަމެއް ނޫނީ ރަވިކާން މަރާލަފާނެތީ އެކަމާއި ދެރަ ވެގެންކަމެއް ޒައިލީންއަކަށް ނޭނގުނެވެ.
“ރަވިކާންގެ ދުވަސް ދުއްވާލާފައި އަހަރެން ކަލޭ އަނބުރާ ފޮނުވާނަމޭ… އެންމެ ރަނގަޅެއްނު އެ ގޮތް..؟ އަހަރެންގެ ދެ މަގުސަދުވެސް ހާސިލުވީދޯ..؟” ޖެހިގެން އިން ފާރަވެރިޔާއަށް ދޯދެމުން ބާރީ ހިނިގަނޑެއް ޖަހާލިއެވެ. “ތީ އެއްވެސް އިންސާފެއްނޫން..” ޒައިލީންއަށް ބުނެވިއްޖެއެވެ. “ރަނގަޅޭ.. އަހަރެން މިއީ އިންސާފުވެރި ރަސްކަލެއްނޫނޭ.. މިތަނުގައި ކަން ހިނގާނީ އަހަރެން ބޭނުންވާގޮތަށް އަހަރެން ބުނާމީހަކު އަހަރެން ބުނާގޮތަށް އަހަރެން ބުނާއިރަކު..” ބާރީ ނިންމީ ޒައިލީންގެ ލޮލުން ކަރުނަ އޮހެން ދޫކޮއްލިފަދަ ނިންމުމެކެވެ.
“ނޫން.. ކަލޭމެން ރަވިކާން މަރައިގެން ނުވާނެ..” ޒައިލީން ބުނެލިއެވެ. “ބަލާ.. ކަލޭމެންނަށް މަޖަލެއް ނުވޭތަ..؟ ހީވަނީ އާރެއް ބާރެއްނެތް ކުޑަކުޑަ މަދިރިއެއް ބޮޑު ސިންގާއަކާއި ހަނގުރާމަ ކުރާހެން..” ބާރީ ބުނެލިއެވެ. “އެކަމަކު މިމަދިރި ހަމަ ތިގޮތެއްފޮތެއް ނެތް ސިންގާ ބަލިކުރާނީ..” ޒައިލީން އެހެން ބުނެލިއިރު ހީވަނީ ރަވިކާން ސަލާމަތްކުރަން ކޮންމެފަދަކަމެއްވެސް ކޮއްފާނެހެންނެވެ. ”ހައްހައްހާ..!!! ކަލޭމެން ގޮސް އެއިންސިއަށް އޭނާގެ ދަރަޖަ ބުނެދީ..” ބާރީ ތިން ފާރަވެރިޔަކަށް އިޝާރާތް ކޮއްލުމުން އެ ފާރަވެރިން ޒައިލީން އާއި ދިމާލަށް މިސްރާބު ޖެއްސެވެ.
ގަންނާ ކުރެއްވި ބިރުން ޒައިލީންއަށް ވަދެވުނީ ރަވިކާންގެ ފަހަތަށެވެ. ”ފެނޭތަ..؟ މިހިރަ އިންސިއަށް ފާރަވެރިން ބަލި ނުކުރެވޭނަމަ އަހަރެންނާއި ކުރިމަތިލާން ހުވަފެން ދެކޭނީވެސް ކިހިނެތްބާވައޭ އަހަރެން ހިތަށްއަރާ..” ބާރީ ހުރީ ފަޚުރުވެރިވެފައެވެ.
“އެހެންތަ..؟” ރަވިކާން އެއްސެވެ. ”އައުލްކީން.. ދަރިފުޅު މިމަންޒަރު ބަލަން ބޭނުވާނެ..” ބާރީ ބުނެލިއެވެ. އަދި ގާތުގައި ހުރި ކުއްޖާގެ މޫނުގައި އަޅާފައިވާ ފޮތިގަނޑު ދަމައިގަތެވެ. އެއީ ހަމަ އައުލްކީންއެވެ. އޭނާގެ އަތުގައި އެއްވެސް ޗޭނެއްކަހަލަ އެއްޗެއްނެތެވެ. އައުލްކީން އޭނާގެ ދެވަރަ ހުޅުވާލަމުން އިށީނެވެ. ނަމަވެސް އުދުއްސައިގަންނާކަށް ނޫޅުނެވެ.
ފާރަވެރިން ރަވިކާންއާއި ދިމާލަށް ދުއްވައިގަތެވެ. އެކަކު ރަވިކާންގެ ގައިގައި ހިފައިގަތެވެ. އަނެކަކު ޒައިލީން ފަހަތުން ދުއްވައިގަތެވެ. ދިވެހިރާއްޖޭގައި އެތްލެޓިކްސްގައި ބައިވެރިވެގެން އެތަނުން ދަސް ކުރެވުނުހާ އެއްޗެއްގެ ބޭނުން ޒައިލީން ހިފިއެވެ. ދެފަޔަށް ލެވުނުހާބާރެއްލަމުން ޒައިލީން ދުވަން ފެށިއެވެ. އެތްލެޓިކްސް ގައި ބައިވެރިވެގެން އެކިވަނަ ހޯދާފައިވި ނަމަވެސް ޒައިލީންގެ ފަހަތުން ދުވަމުން އައި ފާރަވެރިޔާ ހިނދަކަށް ފަހު ހިނދެއް އައީ ގާތްވަމުންނެވެ. ޒައިލީން ދުވަނިކޮށް އެއްޗެއް މަތިން ހަނދާންވިއެވެ. ވަގުތުން އިސްތަށިގަނޑު ނިއުޅުވާލަމުން ރަވިކާންގެ ވަރައިން ނައްޓާލި ފަތެއް ނެގިއެވެ. އެކަކަށްވެސް ނޭނގޭހާ ސިއްރުން ޒައިލީން އެފަތްވަނީ ފޮރުވާފައެވެ.
ޒައިލީން ދުވަނިކޮށް އެފަތް ދޫވެގެންގޮސް އެފާރަވެރިޔާގެ ނޭފަތުގައި ޖެހުނެވެ. އެފާރަވެރިޔާގެ ދުވުން ހުއްޓުމަކަށް އައީ ހުއްޓުމެއް ނެތްފަދަ ކިނބިހިތަކެއް އެޅެން ފެށުމުންނެވެ. ޒައިލީން މަޑު ކޮއްލިއެވެ. އޭރު ރަވިކާން އަނެއް ފާރަވެރިޔާ ބަލިކޮއްފިއެވެ. އޭރު އެހެން ފާރަވެރިއެއް ޒައިލީން އާއި ދިމާލަށް އަންނަން ވެގެން ދުވަނީއެވެ. “ކަލޭ މަޑުކުރޭ..” ކުއްލިއަކަށް ދޮންބެ ފާރަވެރިޔާ ޒައިލީންއާއި ދިމާލަށް ދާންއުޅޭ ފާރަވެރިޔާ އާއި ތަޅާފޮޅައިގަތެވެ. ”އަހަރެން އެތައް ދުވަހެއް ވަންދެން މިތަނުގައި އުޅުނުއިރު އެކަކު ވެސް އަހަރެންނާއި ދިމާލަށް އެފަދަ ގާތް ނަމަކުން ނުގޮވާ… އެހެންވެ އަހަރެން އެއިންސި ސަލާމަތް ކުރާނަން..” ދޮންބެ ފާރަވެރިޔާ އެހެން ބުނެލުމުން ޒައިލީންއަށް ހިނިތުންވެވުނެވެ.
ކުއްލިއަކަށް މުޅިތަން އަނދިރިވިއެވެ. އެ ހޯލްތެރެ ހީވީ ނާމާން ކަށްވަޅެއް ހެންނެވެ. އެކަކު އަނެކަކުގެ ލޮލަށް އިނގިލި ކޮއްޕާލިއަސް ނޭނގޭފަދަ އަނދިރިކަމެއް ފެތުރިގެން ދިޔައީ ސިކުންތުކޮޅެއްގެ ތެރޭގައެވެ.
ޒައިލީންގެ އަނގަމަތީގައި މީހަކު ބާރަށް އަތްއެޅިއެވެ. އެމީހަކު ޒައިލީންގެ އުނަގަނޑުގައި ހިފާ ބިމުން މައްޗަށް ހިއްލާލިއެވެ. އަނދިރީގެތެރޭގައި ޒައިލީންއަށް އެކައްޗެއްވެސް ނުފެނުނެވެ. ހަޅޭއްލަވަން ބޭނުންވިޔެއް ކަމަކު ޒައިލީންގެ އަޑުބޭރެއްނުވިއެވެ. ނަމަވެސް ޒައިލީންގެ އަނގައިން ރަވިކާންގެ ނަން ބޭރުވިއަޑު ވަރަށް ރީއްޗަށް އިވުނެވެ.
ބާރަށް ދުވެފައިދިޔަ މީހެއްކަން ޒައިލީންއަށް ވިސްނުނީ ގައިގައި ވައިއަޅުވަން ފެށުމުންނެވެ. އެމީހަކު ދުވުން ހުއްޓާނުލާ ދުވިއެވެ. އެމީހަކަށް ހުއްޓާލަން އެނގުނުއިރު ދެގަޑިއިރަށްވުރެ ގިނައިރުވެއްޖެއެވެ. ބިރުން ލޯ ހުޅުވާލަން ނޭނގިފައި ޒައިލީންއަށް އޮވެވުނީ ކިހާއިރަކުކަމެއް ނޭނގެއެވެ. ލޯ ހުޅުވާލިއިރު ކުރިމަތީގައި ނޫ އައްޔެއް އަރަމުންދިޔަ ވަޅެއް ހުއްޓެވެ. އެއީ ކުރީ ޒަމާނުގައި މީހުން ހަދާހެން ގާ ބޭނުންކޮއްގެން ހަދާފައިވާ ވަޅެކެވެ. ރާއްޖޭގައި ޒައިނާގެ މަންމަ، ޒައިލީންގެ މާމަ ގޭގައި ހުންނަ ގިފިލީގައި ހުންނަ ވައްތަރުގެ ވަޅެކެވެ.
“އިންސިކުއްޖާ އަދިވެސް އަހަރެން މިއީ ކާކުކަން ނޭނގެނީތަ..؟ އަދިވެސް އަހަރެންދެކެ ބިރުގަނޭތަ.؟ ދެން އަޅެފަހެ ހީވޭތަ އަހަރެން ފާރަވެރިއެއްގެ އަތްމައްޗަށް އިންސިކުއްޖާ ދޫކޮއްލާފައި ދާނެހެން..؟” ރަވިކާން ހީގަންނަމުން އެއްސެވެ.
“ޒައިލީން ގޮވައިގެން ދެންމެ ދިޔައީ ރަވިކާންތަ..؟” ލިބިފައިވާ ޝޮކު ނުކެނޑިގެން ޒައިލީންއަށް އެހުނެވެ. “ހޫމް…” ރަވިކާން ބޯހޫރުވާލިއެވެ. “މިއީ ކޮން ވަޅެއް..؟” ޒައިލީން އެއްސެވެ. “މިއީ ނެއިލޮންގެ އާއިލާ މީހެއް އަޅައިދިން އެއްޗެއް.. މިތަނުން އަހަރެމެންގެ ތަނުން އިންސި ކުއްޖާ އުޅޭ ތަނަށް ދެވޭނެ.. ކޮންމެ ޖިންނިއަކަށްވެސް މިތަނުން ދަތުރުކުރުމުގެ ބާރު ލިބިފައިވޭ.. އެކަމަކު ކޮންމެ ޖިންނިއަކަށް މިތަން ހުރަސް ކޮށް ދެވޭނީ ތިންފަހަރު.. ތިންވަނަފަހަރު ޖިންނިއެއް އިންސިންގެ ތެރެއަށް ގޮސްފިނަމަ އަނބުރައެއް ނާދެވޭނެ..” ރަވިކާން ބުނެލިއެވެ. “ރަވިކާންގެ އަދި ތިންފަހަރު އޮންނާނެ އެއްނު..؟” ޒައިލީން ބުނެލިއެވެ. “ނޫން.. އަހަރެންގެ އޮންނާނީ އެންމެ ފަހަރެއް.. ތިންފަހަރު މި ވަޅު ބޭނުންކޮށްގެން ހުރަސް ކުރެވޭނީ ވަކިވަރަކަށް އަހަރެމެންގެ އުމުރު އެރީމައި… އަހަރެންގެ އުމުރު އަދިވެސް އެވަރަކަށް ނާރާ.. އެހެންވެ އެންމެ ފަހަރަކު ބޭނުން ކުރެވޭނީ..” ރަވިކާން ބުންޏެވެ.
“ދެން ޒައިލީންއަށް އަމިއްލައަށް މިތަނަށް ވަދެވޭނެއްނު.؟ އޭރުން ރަވިކާން ނުޖެހޭނެ ޒައިލީން ފަހަތުން އަންނާކަށް…” ޒައިލީން ބުނެލިއެވެ. “އިންސިއަކަށް ޖިންނިއެއްގެ ބާރާއިނުލާ ނުދެވޭނެ.” ރަވިކާން ބުނެލިއެވެ. “މާނައަކީ..؟” ޒައިލީން އެއްސެވެ. “މާނައަކީ އިންސި ކުއްޖާއަށް އިންސިންގެ ގާތަށް ދެވޭނީ އަހަރެންގެ އެހީއާއި އެކީގައޭ..” ރަވިކާން ޖުމްލަ ފުރިހަމަކޮއްލިއެވެ. “އޭރުން..؟ ރަވި…..” ޒައިލީންގެ ޖުމްލައެއް ފުރިހަމައެއް ނުވިއެވެ. ވުސް ޖަހާފައި އައިއެއްޗެއް އެވަޅަށް ފުންމާލިއެވެ. އޭތި ފުންމާލިފަހުން ޒައިލީންގެ މޫނުގައި އެއްޗެއް ތަތްވިއެވެ.
ޒައިލީން އެނަގާ ރަނގަޅަށް ބަލާލިއެވެ. “ފަތެއް…” ޒައިލީންއަށް މޫނުމަތިން ނެގުނީ ހުދުކުލައިގެ ފަތެކެވެ. “ސުބުހާނައްﷲ..” ޒައިލީންއަށް ބުނެވުނެވެ. “އައުލްކީން ސަލާމަތްވީ..” ރަވިކާންއަށް ހަޅޭއްލަވައިގަނެވުނެވެ. “އައުލްކީންގެ މަސައްކަތް ވަގުތުން ފެށޭނެ.. އަހަރެމެން ދެމީހުންގެ ދުވަސް ދިޔައީ..” ޒައިލީންއަށް ބުނެވުނެވެ.
“ބަލާ.. އިންސިކުއްޖާއާއި ހެދިއޭ މިހެންވީ…” ރަވިކާން ބުނެލިއެވެ. “ޒައިލީން ބޭނުން ވެގެންނެއްނޫން މި ތަނަށް އައީކީ.. އައުލްކީން ގެނައީ..” ޒައިލީން ބުނެލިއެވެ. ”އައުލްކީން ކަހަލަ ނުބައި މީހަކާއި ކީއްކުރަން ވާހަކަ ދެއްކީ..؟” ރަވިކާން އެއްސެވެ. “އޭރު ކިހިނެތް އެނގެނީ އެއީ ނުބައި މީހެއް ކަން..؟” ޒައިލީން ރުޅިއަންނަގޮތްވިއެވެ. “ދެން ހެވެއްނު.. ވީކަމެއްވީމައި ދެން ހަޅޭއްލެވިޔަސް ކުރާނެ ކަމެއް ނެތް..” ރަވިކާން ބުނެލިއެވެ. “އެންމެ ރަނގަޅު.. ރަވިކާން ނުވާނެ ދެން ފަހަތުން އެންމެ ފިޔަވަޅެއް ވެސް އަޅައިގެންނެއް..” ޒައިލީން ބުނެލިއެވެ. “މާފު… އެކަމަކު ކުރާނީ ކީއް..؟” ރަވިކާންގެ އެޖުމްލައިގެ މާނައެއް ޒައިލީންއަކަށް ނުވިސްނުނެވެ.
ވިސްނާކަށް މިނެޓެއްވެސް ރަވިކާންއެއް ނުދިނެވެ. ޒައިލީންގެ ދެކޮނޑުގައި ހިފާ ރަވިކާން ވަޅުގެ ތެރެއަށް ޒައިލީން ކޮއްޕާލިއެވެ. ވެއްޓެމުންދިޔަ ޒައިލީންއަށް ހިފުނީ ރަވިކާންގެ ކުޑަވާ އިނގިލީގައެވެ. “ހާސްނުވޭ.. އަހަރެންވެސް އެބަ އަންނަމޭ..” މަލާމާތް ކޮއްލަމުން ރަވިކާން ވަޅަށް ފުންމާލިއެވެ.
އަރައިގެން ދިޔައީ ވަރުގަދަ އައްޔެކެވެ. ލޯހުޅުވާލަން ދަތިވެގެން ޒައިލީން ލޯމަރާލިއެވެ. “ޒައި..؟ ޒައި…!!” ކަންފަތުގައި ޖެހުނީ ޒައިދާންގެ އަޑެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.





ending ah comment dhiya yas ok kamah hykoh mi comment kurany
Alhey! Story hama mi thanah nimeetha?
Rawikaan ok tha?
???Varah reethi maashaa allah. Keep it up
Thnxxies Rose ??? Lysm dear
This is the best story ever ?????? Love this so much yoon ❤️ Love u so much n more adhi stay safe ?? Keep up the good work ? Saranghae ????????? take care
Thank you so so much ?Jin???B.T.S? Love you more and more dear ?? N also Saranghae ?? Stay safe and take care
Wow my lwbigandoo this part is also awesome as always ?? And omg did zaileen go to Zaidhaan ?? Thats a great news asluves… She is gonna meet Heilan again.. Then what about Ravikaan ???? ? Can’t wait to know
Thank u Hafu lwbigandoo ??? Lets see dhw dear ✨✨ Keep waiting.. ? Lysm ?? tgc
alhey sissssoooo mi prt ves haadha reechey…???
i love this story… haadha salhi eh ..?????
Hama habeys ??
it’s so beautiful and amazing..??
a meehun a aee dhw insin ulhey thanah…
wooooooooooooooooooowwwww ??
hama asluves varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah reeeeeethiiiiiiii ♥️♥️♥️♥️♥️♥️♥️♥️♥️♥️
curiously waiting for the next part..???
luv u a lots..???
??stay home ?
??stay safe and sound?
??take care gey sissssoooo?
saranghae sissie..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????????????♥️♥️♥️♥️♥️♥️♥️♥️♥️??????????????????♥️♥️♥️????
Thanxxies No one ✨?? vrh happyyy vejje?✨ Keep waitin ?? Love you so much more ingeiii No one dear ??? You stay safe too ✨?✨ Take good care ingeiiii No one
Wow mi part ves vrh sali ?????
Amazing ????????
Zaileen aa ravikaan aa haadha cute ey dhw heheheh?????
Aulkyn salaamah veetha Hama egen ??
And dhen rawikaan akah aburaanaadeveyne dhw eyna ukeythanakah ….??. But now zaileenn aa rawikaan aa vrh guley hehheh??????
Waiting for next ???
Plxxx avaha up kohladheychey ??
Luv uu???
Thankssss Ril dearlin ??✨ Hehe asluvxx dhw rawikan n Zai ?Zaikan=Rawilyn? The 1st better dhw second ah wure ?? Thnkx again dearlin Ril ?? Love u more ✨✨ Tc
Wow nice ship name heheh
Hehe Thnxx Ril dear 🙂 Xai n Rawikan ulhey gothun ship nukkolla yoon ah vxx nuhurevunyy 🙂
I think ❤️Zaikan❤️ is best ? Love u Yoon
Thank u Dear ?? honestly I think it’s best too aslu ?☺️ lovess
soooooo soooo goooood this part too..alheyyy masha allah soo reethi igey…dhoonyaa when next,, hope next part vx mihaa nice vaane kamah. stay home stay safe yoonyyy n everyone..
Thnx thnx thnx a lot luciyaa ??? Will always try my best ?? Next vx vrh avahah up kolla dheweythww balaann ingeii dhoonyaa ???✨ You stay safe too Lucyyyyyy ???? Tc
The best fictional story i have read so far 🙂 Keep it up yoon your an amazing person.. I am just wondering what will happen next.. Did they make it 🙁 Do feel bad for Ravikaan as he cannot Go back to his home again.. He must Love Zaileen a lot.. Altho he does not admit.. Waiting for the next part.. Lysm Yoon stay safe..:) Love this
Vrhhhh happy vejje ARU dear ??? Let’s see dhww dhn ?? Hehe dhww ??✨ Keep waiting ingeii ??? Love u more dearlingss ? you Stay safe too
Wow mi bai ves varah reethi.. Next kon irakun tha..?? Love u like a lovebird
Thanxxies love bird ??✨?? Nxt vrh avahah up kolla dheweythww balanan ingeii ??✨ Love u more lovebirdie ??? tc
even if this story is different from others, its as amazing or better than other stories.. one of the best frictional story i hv ever read..
yaay!! finally zaileen human wrld ah dhanyy dhww..??i think rawikaan loves zaileen?❤️..
whn next part?? plxx avaha uo kohlacheyy.. im not good at waiting.. hehe
Alheyyy so so cute….. Zaileen and kawikaan ge Bai varah vx furihama ?❤️?? waiting for next part…. lyssssm and tc
Thanxxies Eekko 11 ???? love you more dear n take care ??? stay safe
I seriously Love Dhonbe Faaraveriyaa ?? And Finally Xai is able to go to her brother and friends ❤❤ But Aulkeen also escaped ???? Cant wait to find out what happens next….. love you yoon ❤❤❤❤ Stay safe and sound…. Keep moving your fingers and writing amazing stories ❤❤❤ Btw you will keep writing to this site as long as you live right ???? ??? You know what i mean…… ? Keep it coming fast and lovely
Love your stories ❤️❤️❤️❤️ this part also vvvv nice ??? when next ???? Cux I can’t wait
Rlly rlly happy to know ?? Thnxx dear ?? I submitted part 13 yesterday ? but adhi admin approval nulibythee it’s not up yet ☺️☺️ Insha Allah tmrw up waane kanneynge ?? thnnxxx so much Izi_izI ?? Lysm dearlin
I’ll keep waiting for the next part of this though ??❤️❤️ hope to read it soon
Keep waiting ?☺️?? Insha Allah won’t be that long ??? Lysm dear n also be safe