Skip to content
އެސްފިޔަ

އައިނާ (2) 21

އެކާވީސްވަނަބައި

“އިނގޭ އަހަރެން ބުނީމައި ގަބޫލު ނުކުރެވޭނެ ކަން.. އެކަމު އެންމެ ފަހަރަކުވެސް އަހަރެން ދައްކާ ވާހަކަ އެއް އަޑު އަހާބަލަ.. ހިޝާން އަކީ ދެފަހަރު ދެއަންހެން ކުދިން ގެން ގުޅޭ މީހެއް.. އަހަރެންގެ ވާހަކަ އެއް ގަބޫލު ކުރަންޏާ ޓެރަސް އަށް ގޮސް ބަލާބަލަ.. ގައިމުވެސް އޭރުން އެނގޭނެ..” ޔުއާލް ނިކަން ކުޅަދާނައެވެ.

ތުންފަތް މައްޗައް ވެރިވި ވިހަ ހިނިތުންވުން އައިނާ އަށް ނުފެނުނީ އޭނާ ފުރަގަސް ދިނުމުންނެވެ.

***

އައިނާ މިސްރާބުޖެހީ ޓެރަސް އަށެވެ. ހިޝާން އެކަހަލަ ކަމެއް ނުކުރާކަން ސާބިތުކޮށްދޭން އައިނާ ބޭނުންވިއެވެ. ނަމަވެސް ތަޤުދީރުގައި ލިޔެވިފައި ވަނީ އެހެން އެއްޗެކެވެ.

“އަހަރެން މިއައީ ހިޝާންގެ ގާތައް އަދި އެއްފަހަރު ބުނަން.. ޕްލީސް އަހަރެންނާއި ގުޅެން އެއްބަސް ވެދީބަ… ހިޝާން އާދޭސް ކުރަން.. އަހަރެން ވެސް ބޭނުމޭ ހިޝާންގެ ލޯބި.. އެއައިނާއެއްގެ ނެތް ކޮން ސިފައެއްތަ އަހަރެންގެ ނެތީ.. އަހަރެން މާރީތިވާނެ މިހާރުވެސް އައިނާ އަށްވުރެ.. ބުނެބަލަ.. އަހަރެންގެ ކޮންސިފައެއްތަ ހުތުރީ..”

ނަޝްވާ ހަމަ ހުރެފައި ދައްކަން ފެށި ވާހަކަ އަކުން ހިޝާންގެ ބޮލުގައި ރިއްސައިގަތެވެ. “ތީދެން ކޮންވާހަކަ އެއް.. ތިވާހަކަ ދައްކަން އައި ކަމުގައި ވަންޏާ އަހަރެން ދަނީ..” ހިޝާން ދާން އެނބުރުމުން ނަޝްވާ ހިޝާންގެ ގަމީހުގައި ހިފައި އޭނާގެ ގާތައް ދަމާލިއެވެ. ކޮންޓްރޯލް ކުރަންވެގެން ހިޝާން އަށް ހިފަހައްޓައި ލެވުނީ ނަޝްވާގެ ދެފަރާތުން ރެއިލިންގައެވެ.

އެވަގުތުވީ އައިނާ އަށް ދޮރުހުޅުވާލައިފައި ޓެރަސް އަށް ނިކުމެވުނު ވަގުތަށެވެ. އައިނާ އަށް އަނގަމަތީގައި އަތް އަޅާލެވުނީ ހިޝާން އާއި ނަޝްވާ ތިބިގޮތް ފެނުމުންނެވެ. ވަގުތުން އައިނާގެ ލޮލަށް ކަރުނަ ޖަމާ ވިއެވެ.

ކުއްލިއަކަށް އެތަނުން އައިނާ ފެނުމުން ހިޝާން ގަނޑުވިއެވެ. އެކަހަލަ ވަގުތަކު އައިނާ އައިސްދާނެ ކަމަށް އޭނާ އަށް ހީކުރެވިފައި ނެތީއެވެ. “އައިނާ..” ހިޝާންގެ ދުލުން ބޭރުވީ އިޚުތިޔާރަކައި ނުލައެވެ.

ނަޝްވާގެ ތުންފަތް މައްޗައް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. އެންމެ ފަހުން ޕްލޭން ކާމިޔާބުވީއެވެ. ދެން އެނިމުނީއެވެ. އައިނާގެ މޫނުމަތިން ފެނުނީ ނަޝްވާ އެންމެ ދެކެން ބޭނުންވި ކުލަތަކެވެ.

ދެފަރާތައް ބޯހޫރުވަމުން އައިނާ ފައިބައިގެން ދިޔައެވެ. ބާރަކަށް އައިނާ ފައިބައިގެން ދިޔައީ އެތަނުއެތެރޭގައި ވެސް ނޭވައި ހާސްވާހެން ހީވުމުންނެވެ.

ހިޝާންވެސް ނަޝްވާއަށް ރުޅިވެރި ބެލުމަކުން ބަލާލައިފައި ނަޝްވާގެ އަތް ބާރަކަށް ނައްޓުވާލި ގޮތުން ނަޝްވާގެ އަތައްވެސް ތަދު ކަމެއް އިހުސާން ކުރެވުނެވެ. ނަމަވެސް ހިނިތުންވެވުނީ އެދެމީހުންގެ ސާފު ތެދުވެރި ލޯތްބައް ކުނިކޮޅެއް ވަނުމުންނެވެ.

އައިނާ ދުވެފައި އެގެއިންވެސް ނިކުމެގެން މިސްރާބުޖެހީ އަމިއްލަ ގެއާއި ދިމާއަށެވެ. ފަހަތުން ނިކުތް ހިޝާން އަށް މަގުމައްޗައް ނިކުމެވުނު އިރު އައިނާ ޖެހުނުތާ ލަކުނު ވެސް ނެތެވެ. އިސްތަށިގަނޑު ތެރެއަށް އަތް މަހާލެވުނީ ހާސްވީ ވަރުންނެވެ. ހުރިހާ ވަރެއްބޭލުނީ ކައިރީގައި އިން ފާރަށެވެ. ގޮށްމުށުން އަތުގެ ބާރު ހަމަލާއެއް ހިޝާން ފާރަށް ޖެހިއެވެ.

ހިޝާން ދުއްވައިގަތީ ކާރާއިވީ ދިމާއަށެވެ. އޭރު އަޝްހާވެސް އެދެމީހުން ނުފެނިގެން ކާރާއި އަރައި ހަމަވަނީއެވެ . “ހިޝާންބެ ވަޓްސް ރޯންގް..؟” ހިޝާން ހުރިގޮތުން ކޮންމެވެސް ކަމެއް ވެއްޖެކަން އަޝްހާ އަށް އެނގުނެވެ. “ކޮބާ އަނާ..؟” ހިޝާން އާއި އެއްކޮށް އައިނާ ނެތުމުން އަޝްހާ ސުވާލުކުރިއެވެ.

އޭގެއިން އެއްވެސް ސުވާލެއް ހިޝާންގެ ކަންފަތާއި ހަމައަށް ނުފޯރައެވެ. އަވަހަށް އަރައި ކާރު ސްޓާޓް ކޮށްލީ އަޝްހާކައިރީވެސް އަރަން ބުނެފައެވެ. ހިޝާން ނައްޓާލުމުގެ ކުރިން ކިރިޔާ އަޝްހާ އަށް އެރުނީއެވެ. އަޝްހާ ގެއަށް ބާލުވާފައި ހިޝާން މިސްރާބުޖެހީ އައިނާގެ ގެއާއި ވީ ދިމާއަށެވެ. ހިޝާންކާރު ޕާކުކޮށްފައި ބެލީ އައިނާގެ ކޮޓަރި އާއި ދިމާއަށެވެ. ބެލްކަނީގެ ދޮރުފޮތިގަނޑުގެ އެތެރެއިން ނިދާބޮކީގެ ފަނޑު އަލިކަން ހުރުމުން ހިޝާންއަށް ފުންނޭވައެއް ދޫކޮށްލެވުނީ އައިނާ ގޭގައި ހުރުމުންނެވެ.

***

ދުވެފައި ބޮޑުދޮރުން ވަދެގެން އައި އައިނާ އަށް ހިތްހަމަ ޖެހުނީ މަންމަ އާއި ބައްޕަ ފެންނަ ހިސާބުގައި ނެތީމައެވެ. އެއީ އޭނާގެ ވޭނީ ކަރުނަތައް އެއިން މީހަކަށް ފެންނަން ނޭދޭތީއެވެ. ކޮޓަރިއަށް ވަތްގޮތައް ނިދާ ބޮކި ޖައްސާފައި އޭނާ އެނދު މައްޗައް ބަނޑުން ވެއްޓިގަނެވުނީ ހިތައް ތަދުވާވަރުންނެވެ. އޭނާ މިހާރު ބޭނުންވަނީ ހިތްފުރޭވަރަށް ރޯލާށެވެ. ހިޝާން އެހެން ހެދުމުން އައިނާގެ ހިތައްވަނީ ވަރަށް ތަދުވެފައެވެ.

***

ބޭރުގައި އިން ހިޝާން ފޯނުނަގައި އައިނާގެ ނަންބަރަށް ގުޅާލިއެވެ. ރިންގް ވޭވޭ ގޮސް ކެނޑުނު އިރުވެސް އައިނާ ފޯނު ނުނެގުމުން ހިޝާން ކަންބޮޑު ވިއެވެ. އެހެންޏާ އައިނާ އަކީ އޭނާގެ ކޯލް ތަކަށް ޖަވާބުދޭ މީހެކެވެ.

އެނދުމަތީގައި އޮތް އައިނާ ފޯނަށް ބަލާލީ ރިންގްގެ އަޑު އިވުމުންނެވެ. ހިޝާންގެ ނަން އަރާފައި އޮތުމުން އައިނާގެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. “ވައި ހިޝާން ވައި.. ކީއްވެ އަހަރެންނަށް ތިހެން ތިހެދީ…؟” އައިނާ ފޯނު ނުނަގައި ބާއްވާފައި ގިސްލަމުން ބުނެލިއެވެ. އޭގެ ފަހުން ފޯނަށް ބައިވަރު ފަހަރު ގުޅިއިރުވެސް އައިނާ ނަގާ ހިޔާލެއް ނުކުރިއެވެ. އެރޭގައި އައިނާ ވަރަށް ދަންވަންދެން އެނދުމަތީގައި ހިތްދަތިކަމާއެކު ކަރުނައަޅައި ރޯން އޮތެވެ.

***

އައިނާގެ ފޯނަށް އެތައް ފަހަރަކު ގުޅުމުންވެސް ނުނެގުމުން ހިޝާން ކަރު އެލުވާލިއެވެ. މާޔޫސް ކަމާ އެކީ ހިޝާން އެނބުރި ގެއަށް ދިޔައެވެ. ގޭތެރެއިން ހިޝާން އަށް މަރުޙަބާ ކިއީ ކަނު އަނދިރިކަމާއި ހިމޭން ކަމެވެ. ލަސް ފިޔަވަޅު ތަކެއްގައި ހިޝާން ގޮސް ކޮޓަރިއަށް ވަތްއިރު ހީވަނީ މަރުވެފައިވާ މައްޔިތެއް ހެންނެވެ.

***

ކޮޓަރި ތެރޭގައި ދެކޮޅައް ހިނގަ ހިނގާ ހުރި އަޝްހާ އިނީ ކަންބޮޑުވެފައެވެ. ހިޝާން އާއި އައިނާގެ ދެމީހުންނަށް ވަރަށް ބޮޑު ކަމެއް ވެއްޖެކަން އަޝްހާ އަށް އެނގެއެވެ. އައިނާގެ ފަރާތުން ޖަވާބެއް ނުލިބުމުން އަޝްހާ ވަކިން ކަންބޮޑުވިއެވެ.

އެނދައް އަރައި ހަމަޖެހިލީ ހެނދުނުން އެގެއަށް އައިނާ ކައިރިއަށް ދާން ނިންމައިގެންނެވެ.

***

ކޮޓަރިއަށް ވަތްގޮތައް ހިޝާން ބޮކި ޖައްސާލަންވެސް ހަނދާން ނެތުނު ކަހަލަ އެވެ. ދޮރުކައިރިއަށް ހުރިތަނަށް ތިރި ވެވުނެވެ. ދޮރުގައި ލެގިލައިފައި ހިޝާން ބޮލުގެ އިސްތަށިގަނޑޫގެ ތެރެއަށް އަތް މަހާލީ ހަނދާނެ ގޮތް ހުސްވެފައިވާ މީހެއް ފަދައިންނެވެ.

ހިޝާން އަށް ކޮލުގައި އަތް ޖައްސާލެވުނީ ތެތްކަމެއް އިހުސާސް ކުރެވުމުންނެވެ. ރޮވޭކަންވެސް އެނގުނީ ދެނެވެ. ބޮޑުވެފައިވާ ފިރިހެނެއްކަމަކު ހިތްދަތިވުމުން ރޮވެނީއެވެ. އިހުސާސް ތަކާއި ކަރުނަ ހުންނަނީ ހަމައެކަނި އަންހެނުން އަތުގައި ނޫންކަން ހިޝާން ސާބިތު ކޮށްދީފިއެވެ. ފޯނުގައި އިން އައިނާ އާއި އެދެމީހުންގެ ތަސްވީރައް ބަލަން ގެއްލިފައި ހިޝާން އަށް ހުރެވުނީ ކިހައި އިރަކު ކަމެއްވެސް ނޭނގެއެވެ.

އެރޭ ހަތަރު ދަމު އައިނާ އަށް އޮވެވުނީ ރޯށެވެ. ފަތިސް ވާން ކައިރި ވަނިކޮށް ވަރުބަލިވެގެން އައިނާގެ ދެލޯ މެރުނެވެ. އޭރުވެސް މުޅި ކުއްޖާއަށް ގިސްލެވެމުން ދިޔައެވެ. ދެލޯ ކައިރީގައި ތާޒާ ކަރުނަ ނުހިކި ހުއްޓެވެ.

_ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (15)

  1. ?Ril?

    Wow mi part ves vrh Sali???????
    Keep it up???????????
    Haadha emotional ey dhw mipart .?????????????? Nashvaa dheke mihaaru ehenmeeheh deke nuvaavarah foohi veje ????????????????????foni koeh noontha????
    A aaR. But aainaaa aa hishaan ge gulun ragalu kohladheychey plssssxxxx.????????????????❤️❤️❤️❤️
    Waitting for the next????
    Luv uuuu❤️❤️❤️❤️❤️

    1. A aaR
      ?Ril?

      Jazaakallah khairan Ril.. lyt

  2. ?Ril?

    Mee first dhw ??????

    1. A aaR
      ?Ril?

      Yh

  3. A aaR

    Miothy 21st prt.. hope u loved it.. next prt v avahah submit kohlaanan.. ?

  4. I-sherth

    vrh reethi mi part vx… curiously waitinn 4 the nxt part… tc…luv yaa..

    1. A aaR
      I-sherth

      Jazaakallah khairan I sherth

  5. aalif

    Nice vrh salhi.A aar do u use fb

    1. A aaR
      aalif

      Jazaakallah khairan Aalif… No I dnt use

  6. aalif

    Ok

    1. A aaR
      aalif

      ?

  7. aalif

    Waiting for the next part hope I can get a chance to read next part very soon

    1. A aaR
      aalif

      Its submitted

  8. R gurl

    whn nxt…. vrh curious vejje… vrh salhi mi part vx… yuaal n nashwa haadha nulafaey dhw… Aina n hishaan gulhuvahchey adhi…

    1. A aaR
      R gurl

      Jazaakallah khairan r gurl

Comments are closed.