Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އައިނާ (2) 19

Annna Level 510 Stories100 Comments100 Login
July 30, 2020 4 Mins Read
9 Comments

ނަވާރަވަނަބައި

“އެއީ.. އަހަރެން ހަމަ މިއަދު ކުއްލިއަކަށް ލާހިތްވީ..” އައިނާ ވާހަކަ އެއް ހަދާލިއެވެ. ނަމަވެސް އިސްރާ އަށް ހިނުތުން ވެވުނީ އައިނާގެ އިސްޖެހިފައި އިން މޫނު ފެނިފައެވެ. އަތުގެ އިނގިލި އަކާއި ކުޅެން އިން އައިނާ އަށް އިސްއުފުލާލަން ނުކެރުނީ އިސްރާ އަށް އެއްޗެއް އެނގިއްޖެކަން އޭނާ އަސްވެސް އެނގުމުން ލަދުގަތް ވަރުންނެވެ.

އައިނާ ލަދުގަތް ކަން އިސްރާގެ ތޫނު ސިކުނޑިއަށް ނަގައިގަނެވުނެވެ.

***

އިސްރާ މަޢުޟޫ ބަދަލުކޮށްލަންވެގެން އެތަނުން ހެދުމެއް ނެގިއެވެ. “މިހެދުން ކިނިނެތްވަނީ..” އިސްރާ އަތުގައި އޮތް ހެދުން ދައްކާލަމުން ބުނެލިއެވެ. “ތީތި ވަރަށް ބާރު ގަޔަށް..” އައިނާ އަށް އެހެދުން ކަމަކު ނުދިޔައެވެ.

“މިހެދުން..؟؟” އެހެން ހެދުމެއް ނަގަމުން އިސްރާ އަހާލިއެވެ. “ތިހެދުން ވަރަށް ކުރު..” އައިނާ އަށް އެހެދުންވެސް ކަމަކު ނުދިޔައެވެ. “ދެން މީތި..؟” އެހެން ހެދުމެއް ނަގަމުން އިސްރާ އަހާލިއެވެ. “ހުމްމް.. ތިއާއި މެޗުވާ ޖިންސެއް ނެތް..” އައިނާ އަށް އެހެދުންވެސް ކަމަކު ނުދިޔައެވެ.

ދެން ނެގި އެއްވެސް ހެދުމެއް އައިނާ އަކަށް ކަމަކު ނުދިޔައެވެ. މާއަތް ކުރުވީ އެވެ. ތަން ކޮޅެއް ދޫވީއެވެ. މާ ރޫ ގިނަ ވީއެވެ. ތަން ކޮޅެއް ދިގުވީއެވެ. މާ ސިމްޕަލް ވީއެވެ. އެހެން ނޫނީ މާގޮތް ބޮޑު ވީއެވެ.

“ދެން ނެތެއްނު ކަމުދާ ހެދުމެއް..” އިސްރާ ފުން ނޭވައެއް ލަމުން ބުނެލިއެވެ. އައިނާ ހާސްވެފައި އެނދުގައި އިށީނެވެ. “މަޑުކުރަ އިނގޭ.. މަންމަ މިގެންނަހެދުން ހަމަ ބަލާބަރުވާނެ.. އެން ޔޫ ކާންޓް ސޭ ނޯ..” އިސްރާ އަމުރުވެރި ރާގަކަށް ބުނެލިއެވެ.

އިސްރާ ހިފައިގެން އައި ހެދުން އައިނާ އަށް ވަރަށް ކަމުދިޔައެވެ. އައިނާ ހެދުން ލައިގެން އައުމުން ތައްޔާރު ކޮށްދިނީވެސް އިސްރާއެވެ. “މާޝާﷲ..” އިސްރާ އައިނާ އަށް ބަލާލަމުން ބުނެލިއެވެ. ކަޅުކުލައިގެ ފައިތިލައާއި ހަމައަށް އަރާ ސްކާޓް އާއި ޕާޕަލް ކުލައިގެ ދޫ ޓޮޕް ގައި އައިނާ ފެންނަނީ ވަރަށް ޗާލު ކޮށެވެ. ޓޮޕް ކޮޅު ސްކާޓް ދަށައް ޖަހައިފައި ހުރިއިރު ހެދުމުގެ އަތްހުރީ ދިގުކޮށެވެ. ބޮލުގެ އިސްތަށިގަނޑު ވެސް އޮތީ ދޫކޮށްލައިފައެވެ.

ތުންފަތުގައި މަޑުކުލައެއް ފަވާލާފައި ހުރުމުން އެދެތުންފަތް މާބޮޑު ކަމަށް ދައްކައެވެ. އަޅިކުލައި ބޯ އެސްފިޔަތައް ފަހަތުގައިވި ބޮޑުދެލޮލުގެ ވިދުން ގަދަވެފައި ވާހެން ހީވަނީ ވަށައިގެން ފަވާލާފައި ހުރި އައިލައިނާގެ ސަބަބުންނެވެ. އެސްފިޔަތަކުގައި ބޭނުންކޮށްފައި ހުރި މަސްކަރައިގެ ސަބަބުން އެސްފިޔަތައް ދިގުވެފައި ބޯކަމަށް ދައްކައެވެ.

އެހެދުން ފަޅުފިލުވާލަންވެގެން ބޭނުންކޮށްފައި ހުރީ ހަމައެކަނި ބޮޑެތި ރޫތަކެއް ޖައްސާފައެވެ. ގަހަނާއެއްގެ ގޮތުން ބޭނުންކޮށްފައި ހުރީ ކަރުގައި އޮތް ރިހި ކުލައިގެ ހާރެވެ. އަލިމަސް ބޭނުންކޮށްގެން ހަދާފައި އޮތް މި ހާރު ހީވަނީ ސީދާ އައިނާގެ ކަރަށް ހެޔޮވަރަށް ފަރުމާކުރެވިފައި އޮތް އެއްޗެއް ހެންނެވެ.

ތައްޔާރުވެގެން ނިކުތް އައިނާ ފެނި އަނީލް އަށް ހީވީ އިސްރާގެ ޒުވާން ދުވަސް ވަރުގެ ކާބަން ކޮޕީ ފެނުނު ހެންނެވެ. ވާނީވެސް އެހެންތާ އެވެ. އެއީ އިސްރާ އާއި އަނީލްގެ ކައިވެނި ކުރެވުނު ދުވަހު އަނީލް އިސްރާ އަސް ހަދިޔާ ކުރި ހެދުމެވެ. އެހާރަކީ އަނީލްގެ އަންހެނުނަށް ދޭންވެގެން ޚަދީޖާ ގަތް އެއްޗެކެވެ. އޭތި އެންމެ ކުރިންވެސް އޮންނަނީ އަނީލްގެ އަތުގައެވެ. ކައިވެނި ކުރެވެންދެނާ ހަމައަށެވެ.

އަނީލް އިސްރާ ދޫކޮށް ދިއުމަށްފަހު އަދި އަދައް ދާންދެއްވެސް އެއްވެސް މީހެއް އެހާރެއް ނާޅައެވެ. އައިނާ ފިޔަވައެވެ.

ފައިވާން ހަރުގަނޑުން ކުޑަކޮށް އުސްކޮށް އިން ފައިވާނެއް ނަގަމުން އައިނާ އެރިއެވެ. ނިކުތްއިރު ހިޝާންގެ ކާރު ބޭރުގައި އޮތެވެ. އައިނާ ކާރާއި ހަމައަށް ނޭރެނީސް ހިޝާން ޑްރައިވަރު ސީޓު ދޮރުހުޅުވާފައި ނިކުތެވެ.

ހިޝާން އަށް އައިނާ ފެނުމުން އެހެން ދިމާލަށް ނަޒަރު ވަކިކޮށްލުން ވީ ދަތިކަމަކަށެވެ. އެހާވެސް އައިނާ މިރޭ ފުރިހަމަ އެވެ. ފަރިހިނގުމެއްގައި އައި އައިނާ އަށްވެސް ހިޝާން ފެނުމުން އެހެން ދިމާލަކަށް ނަޒަރު ވަކިކުރަން އެދެލޯ ދެކޮޅުހެދިއެވެ.

ކަޅުކުލައިގެ ފަޓުލޫނަކާއި ޕާޕަލް ކުލައިގެ ގަމީހުގައި މަތިން ކަޅުކުލައިގެ ޖެކެޓެއް ލައިގެން އިން ހިޝާން މިރޭ އެހެން ރޭރެއަށް ވުރެއްވެސް ތަފާތެވެ. ބޮލުގެ އިސްތަށިގަނޑު ޖެލްލައި ހަރުކޮށްލާފައެވެ. ތުންފަތުގައި ވީ ފުރިހަމަ ހިނިތުންވުމުން އެ ފިރިހިންވަންތަ ކަން އިތުރުކޮށްދެއެވެ.

ހިޝާން އަށް އެއްވެސް އިޚުތިޔާރަކާއި ނުލައި އައިނާ އާއި ދިމާއަށް ފިޔަވަޅުތައް ނަގަމުން ދިޔައެވެ. އައިނާ އާއި އަރައި ހަމަ ކޮށްފައި އައިނާގެ ނިތްކުރީގައި އޭނާގެ ތުންފަތް ޖައްސާލިއެވެ. އައިނާވެސް ލިބުނު ހިތްހަމަ ޖެހުމަކުން އެދެލޯ މަރާލިއެވެ.

***

ބެލްކަނީގައި އިން އިސްރާ އަށް މިމަންޒަރު ފެނުމުން އެގުޅުން އިތުރު ސުވާލަކާއި ނުލައި ފަހުމް ވިއެވެ. އަދި ތުންފަތް މައްޗައް ވެރިވި ހިނިތުންވުމުން އެނގުނީ އެކަމާއި އޭނާ ނިކަން ހިތްހަމަ ޖެހޭކަމެވެ.

ހިޝާން އައިނާ އާއި ދުރުވެލިއެވެ. “ޔޫ ލުކް ގޯޖިއަސް..” ހިޝާން ކިރިޔާ އައިނާ އަށް އިވޭވަރަށް ބުނެލިއެވެ. “ޔޫ ޓޫ” އައިނާވެސް ބުނެލިއެވެ. ހިޝާން އައިނާ އަށް ކުރީ ސީޓު ދޮރު ހުޅުވާލަ ދިނެވެ. “އަޝޫ….” އައިނާ އަސް އަނގަ މތީގައި އަތްއަޅާ ލެވުނީ އެތެރޭގައި އަޝްހާ އިންނާނެކަން އެނގުމުންނެވެ.

“އަޝޫ އެއް ނެތޭ.. ތައްޔާރުވެ ނުނިމޭތީވެ ނުލައި މިއައީ.. އެހެން ނޫނަސް އަހަރެން ބޭނުންވީވެސް ލަވް ބަލައި އެކަނި އަންނަން..” ހިޝާން މިހެން ބުނުމުން އައިނާ އަސް ފުން ނޭވައެއް ދޫކށްލެވުނެވެ. އަޝްހާ އިންނަމަ އޭނާގެ އަނގައިން ރެކުމަކީ ނާދިރު ކަމެކެވެ.

“މާދަން ނޫން އަނެއް ދުވަހު ފުރަން އެނގޭ..” ހިޝާން ކާރު ދުއްވަން އިނދެގެން ބުނެލިއެވެ. “އެކީއްވެ ފުރަނީ.. ކޮންތާކަށް ދާން..” އައިނާ ސުވާލު މާރކެއްގެ ތެރޭގައި އިނދެ ބުނެލިއެވެ.

“ދެން އިތުރަށް ކިޔަވަން އަހަރެން ބޭނުންވާތީވެ… ދެން އިނގޭނު.. ދޯ..؟” ހިޝާން ބުނެލިއެވެ. “ހުމްމް.. ދެން ކޮންއިރަކު އަންނާނީ..” އައިނާ އަހާލިއެވެ.

“ނިމުނީމައެއްނު..؟” ސަމާސާ ރާގަކަށް ހިޝާން ބުނެލީ އައިނާ ދެރަވެފައި އިންކަން އެނގިގެންނެވެ. “ޕިސް.. ދެން ނޫޅެން.. ވަރަށް ފޫހިވޭ.. އަހަރެން އެހީ ކޮން އިރަކު ހޭ އަންނަނީ.. ކިހާ ދުވަހެއް ނަގާނެހޭ..” އައިނާ ހިތްހަމަ ނުޖެހޭ ރާގެއް އަޅުވާލަމުން ބުނެލިއެވެ.

“ހުމްމް.. ގާތް ގަނޑަކަށް ތްރީ އިޔާސް ވަރު..” ހިޝާން އަންދާސީ ހިސާބެއް ހަދާލަމުން ބުނެލިއެވެ. “ތްރީ އިޔާސް..!!!!! އަޅޭ.. އެއީ ހާދަ ބައިވަރު ދުވަހެކޭ ދޯ..”

ހިޝާން ގޮސް ކާރު ކްރިސްޓަލް ގޭގެ ދޮރުމަތީގައި މަޑުކޮށްލިއިރު އަޝްހާ ވެސް ނިކުންނަނީ އެވެ. އަޝްހާ ކައިރިއަށް އައިނާވެސް ފަހުން އެރީ ފަހަތަށެވެ. ކާރުގޮސް އެގެއެއްގެ ކުރިމަތީގައި މަޑުކޮށްލިއެވެ.

އައިނާ އާއި ހިޝާން އާއި އަޝްހާ ވަދެގެން ދިޔައިރު އެހެން ކުދިންވެސް ދަނީއެވެ. އަޝްހާ އަށް އެތަނުން ރައްޓެހި އެހެން ކުއްޖެއް ފެނިގެން މާކުރިން ވަދެގެން ދިޔައީ އައިނާ ގޮވަ ގޮވާ އޮއްވައެވެ.

“ހީވަނީ އެދިޔައީ އަހަރެމެންނަށް ޕްރައިވެޓް ވަގުތު ކޮޅެއް ދީފަހެން ދޯ..” ހިޝާން މިހެން ބުނުމުން އައިނާ ހިޝާންގެ އަތުގައި ޖަހާލިއެވެ. “ވަރަށް މަޖާ..” އައިނާ މިހެން ބުނެލީ ވަށައިގެންވި މާޙައުލަށް ލޯހިން ގާލަމުންނެވެ.

އެތެރެއަށް ވަންނަން ވެގެން ހިޝާން އައިނާ އާއި ދިމާއަށް އަތުގެ މުލައްދަނޑި ދިއްކޮށްލީ ހިފާށޭ ބުނާކަހަލަ ގޮތަކަށެވެ. އައިނާ ހިފަން ނުހިންފަން ކަހަލަ ގޮތަކަށް ހުރެފައި ވެސް ހިފިއެވެ. ދެމީހުން އެއްކޮށް ވަންނަން ދިއުމުން އެހެން ކުދިންގެ ލޯތައް އެދެމީހުންނަށް ހުއްޓެމުން ދިޔައެވެ.

އެދެމީހުންނަށް ނޭނގުނު ކަމަކީ އެމީހުންނަށް ކަޅިއަޅައިގެން އިން މީހެއް އަނދިރި ގޯޅިކަނޑު ތެރޭގައި އިންކަމެވެ. އެމީހެއްގެ އަތްތިލަވެސް ވަނީ މުށްކެވިފައި ކަމެވެ. ކޯކަށިގަނޑު ހަރަކާތް ކުރި ގޮތުން އެއިނީ ވަރަށް ރުޅި އައިސް ކަމެވެ.

އެޕާރޓީ އޮތީ އެގޭގެ ލިވިންގ ރޫމް ގައެވެ. ޖާގަ ތަނަވަސް އެލިވިންގ ރޫމް ވަނީ އެސީވެސް ކޮށްލާފައެވެ. އައިނާ އާއި ހިޝާން ވަދެގެން އައި ތަން ކޯކު ތައްޓެއް ނަގައިގެން އެނބުރުނު ނަޝްވާ އަށް ފެނުމުން ރުޅިން ފަޅައިގެން ދާވަރު ވިއެވެ. ނަމަވެސް އޭނާ މިރޭގައި ކަން ކުރާނެ ގޮތް ހިތައް އަރުވާލުމުން ތުންފަތައް ވެރިވީ ވިހަ ހިނިތުންވުމެކެވެ.

އެޕާރޓީ އަށް އެންމެ ފަހުން އާދެވުނީ ހިޝާން އާއި އެއްކުލާހެއްގައި ކިޔެވި ކުއްޖެއް ކަމަށްވާ ޔުއާލް އަށެވެ. އޭނާ ވަދެގެން ގޮސް ހިޝާން އާއި ދިމާއަށް ބަލާލައިފައި ގޮސް މަޑުކޮށްލީ ބުއިންތައް އަތުރާފައި ހުރި މޭޒުކައިރީގައެވެ. އަދި ކޯކުތައްޓެއްނަގައި ވަށައިގެންވި މާޙައުލަށް ނަޒަރު ހިންގާލިއެވެ.

އޭނާގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި ހީސަމާސާ ކޮށް އުޅުނު އައިނާ އާއި ހިޝާން އަށެވެ. ވަގުތުން އެދެލޮލުން ރުޅިވެރިކަން ފެނުނެވެ. “ވަރަށް ޖެލަސްވޭ ދޯ.. އަހަރެންވެސް..” މިމަންޒަރު ނަޝްވާ އަށް ފެނުމުން ގޮސް ޔުއާލް ކައިރީގައި މަޑުކޮށްލަމުން ބުނެލިއެވެ.

ޔުއާލް އުޅުނީ އެތަނުން ދާށެވެ. “ދޭ ބޯތް އާ އިން ރިލޭޝަންޝިޕް..” ނަމަވެސް ހުއްޓެން މަޖުބޫރުވީ ނަޝްވާ ބުނެލި ޖުމްލައަކުންނެވެ. “ޔެސް..” ޔުއާލްގެ މޫނު ފެނިފައި ޔަޤީން ކޮށްދޭނެ ވެގެން ނަޝްވާ ބުނެލިއެވެ.

ޔުއާލް އަށް ބަލާލެވުނީ ތަން ކޮޅެއް ދުރުގައި ތިބި ހިޝާން އާއި އައިނާ އަށެވެ. އެވަގުތު ވީ ހިޝާން އައިނާގެ ކަންފަތް ދޮށުގައި ވާހަކަ އެއްބުނަން ވެގެން ގުދުވެލި ވަގުތަށެވެ. ޔުއާލް ވަގުތުން މޫނު އަނެއް ފަރާތައް އަނބުރާލިއެވެ.

“ހާސްނުވޭ.. ބޭނުންވަނީ އައިނާ އެއްނު.. އަހަރެން ބުނާ ގޮތައް ކަން ކުރޭ…” ނަޝްވާ ހަރަމް ބަނދެލިއެވެ.

_ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

އެދުވަސްތައް އަނބުރާ ލިބޭނެ ނަމަ…

Next

އައިނާ (2) 20

Next
July 31, 2020

އައިނާ (2) 20

Previews
July 30, 2020

އެދުވަސްތައް އަނބުރާ ލިބޭނެ ނަމަ…

9 Comments!

  1. Nww-she says:
    July 30, 2020 at 9:35 pm

    Masha Allah, mi part vess varah reethi….
    Curiously waiting 4 the next part..
    N me first tha!!
    ❤❤❤❤❤❤❤❤❤❤❤

    1. A aaR says:
      July 31, 2020 at 3:30 am

      Jazaakallah khairan Nww-she.. ? yh ur first.. ❤?

  2. ?Ril? says:
    July 30, 2020 at 10:01 pm

    Mi part ves vrh Sali Masha Allah??????????????????
    Nashvaa is back dhw hayoo vrh foohi but keekuraanii dhww???? nashvaa euleny keekuranbaa??? and yuaal wants aaina kaleyney heheheh???
    Waitting for next ???
    Luv uu ❤️❤️❤️
    TC and stay safe❤️❤️❤️❤️
    EID MUBAARAK A AAR ???
    AND TO OTHER READERS???

    1. A aaR says:
      July 31, 2020 at 5:07 pm

      Jazaakallah khairan ril.. nsahwa foohi dhw

  3. ?Ril? says:
    July 30, 2020 at 10:06 pm

    Wow mi part ves vrh Sali Masha Allah
    Nashvaa is back hayooo but keekuraanii dhw ….??? And nashvaa euleny keekuranbaa ????Aley haadha curious ey ??and this yuaal euleny aainaa beynun vegen tha ??kaleyney dhw heheheh??
    Luv you ❤️❤️
    Stay safe ❤️
    EID MUBAARAK A AAR???
    AND TO ALL READERS???

    1. ?Ril? says:
      July 31, 2020 at 9:10 am

      Oppps double vefaa dhw sryy vrh bodah

    2. A aaR says:
      August 1, 2020 at 5:12 am

      Lyt.. stay safe.. TC

  4. A aaR says:
    July 31, 2020 at 3:34 am

    Here is the 19 th prt.. hope u guys loved it.. ? there is a surprise for my readers ingey.. keep waiting for it.. ?❤ next prt on tomorrow night insha Allah.. ?? stay safe.. tc.. Gud Night and EID MUBARAK..

    I wish you a very happy Eid Al-Al’ha.. enjoy..

    1. ?Ril? says:
      July 31, 2020 at 9:12 am

      Waiting for the suprise hehehe
      EID MUBAARAK TO U TOO

Comments are closed.

Next Episodeއައިނާ (2) 20←


All Right Reserved!