Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ފިޔަފަތް 7

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
July 23, 2020 6 Mins Read
9 Comments

* ހެއިލަންއަށް ވެސް އެމަންޒަރު ފެނުނެވެ. “ހަމައެކަނި އަހަރެމެން ހަތަރު މީހުންގެ މެދުގައި އިތުބާރު އޮންނަ ވާހަކަ ބުނި ހަނދާން ވޭތަ..؟ ރައްކާތެރިކަން ލިބުނީމައި ވެގެން އުޅޭގޮތް ކިޔައިދޭނަން.. މި ވަގުތު ހެއިލްއަށް އިތުބާރު ކުރާނަމަ ހެޔޮނުވާނެ އަވަހަށް ކެފެޓޭރިއާއަށް ދުއްވައިގަނޭ..” ޒައިލީންގެ އަތުގައި ހިފަމުން ހެއިލަން ދުއްވައިގަތެވެ. ޒައިލީން ހެއިލަންގެ އަތުގައިހިފާ މަޑުމަޑުން ފަހަތް ބަލާލި ވަގުތު ހިތް ތެޅިގަތީ އެހެނެއް ބަލާފައެއް ނޫނެވެ. ދެލޯ ބޮޑު ކޮށްލައިގެން ހުރެ ކުޑަވަރެއްގެ އިފުރީތެއް ހެން އިޔާން އެދިމާލަށް އެ އަންނަނީ ބާރު ސްޕީޑެއްގައެވެ. *

ޒައިލީން ބިރުން ފިތްކަނޑައިގެން ނުދިޔައީ ކިރިޔާއެވެ. ހެއިލަންގެ އަތުގައި މަޑުމަޑުން ވިކައިގަނެވުނީ އެހެންވެގެންނެވެ. ނަމަވެސް އިޔާން އެކުދިން ހުރަސްކޮށް ގޮސް ކެފެޓޭރިއާއަށް ވަނެވެ. ޒައިލީންމެން ފެނުނު ހެންވެސް ހިޔެއް ނުވެއެވެ. “އޭތް ހިނގާ ދެން ރޫމަށް ދާން.. ބަނޑުހައިވިޔަސް ދެން ކެތް ކުރާނީ..” ޒައިދާން އަލްޔާގެ ކޮނޑުގައި ހިފާ ލިފްޓާއި ދިމާލަށް އަނބުރާލިއެވެ.

ރޫމާއި ހަމައަށް ދެވުނުއިރު ބަނޑުހައިވެގެން ޒައިލީންގެ ބަނޑުން އަޑު ކިޔައިފިއެވެ. ”ޖަސްޓް ވެއިޓް.. ހަމަ އިރުކޮޅަކަށް.. ގައިމުވެސް ސައުވީސް ގަޑިއިރު ވަންދެން އިޔާން އެތާކު ނުހުންނާނެ..” ހެއިލަން ބުނެލިއެވެ. “ވަރަށް ބަނޑުހައި އަސްލުވެސް..” ޒައިދާން އަލްޔާގެ އަތުން ތަޅުދަނޑި އަތުލާފައި ދޮރު ހުޅުވާލަމުން ބުނެލިއެވެ. އޭރު އަލްޔާ ކޮރެއާ ބަހުން ވަރަށް ބަނޑުހައިވެއްޖެޔޭ ބުނެލައިފިއެވެ.

“އަމްމް.. ހެއިލް.. ދޮންބޭ…” ޒައިލީން ރޫމްތެރެއަށް އިޝާރާތް ކޮށްލިއެވެ. އޭރު އެތަނުގެ ތެރޭގައި އިޔާން ކުރިން ވާހަކަ ދެއްކި ފިރިހެން މީހާގެ އިތުރުން ކޮންމެވެސް ދެމީހެއް ވެގެން ރޫމް ސުންނާފަތި ކުރަނީއެވެ. “މިމީހުންތަ ކުރިންވެސް އަހަރެމެންގެ ރޫމް ޚަރާބު ކުރީ..؟” ހެއިލަންއަށް އެހުނެވެ.

“ޝްޝްޝް.. އެމީހުންނަކަށް ނޭނގޭ އަދި އަހަރެމެން މިތަނުގައި ހުރިކަމެއް.. ދޭބަލަ ވަރަށް މަޑުން ގޮސް އަލްއާއި ޒައިގެ ބޭގް ހިފައިގެން ނުކުންނަން..” ހެއިލަންގެ ކަންފަތް ބުޑުގައި އަލްޔާ ބުނެލިއެވެ. ހެއިލަން އެތެރެއަށް ވަނެވެ. އެއެންމެން ހުރީ އެނދު ހަލާކު ކުރަންވެގެން ހެއިލަންއަށް ފުރަގަސްދީގެން ކަމުން އެއިން އެކަކަށްވެސް ހެއިލަންއެއް ނުފެނުނެވެ.

“އޯހް ޝޫޓް..!” ހެއިލަންއަށް އެރުނީ އަލްޔާ ގެންގުޅޭ ކުޑަ ޓެޑީ ބެއާރގެ މައްޗަށެވެ. އެ ޓެޑީއަކީ އަލްޔާ ބުނާގޮތުންނަމަ އޭނާގެ ‘ލަކީ ޗާރމް’އެވެ. އެ ޓެޑީބެއާރއަށް ފިއްތާލައިފިނަމަ ”އެވްރީތިން އިޒް ގޮއިން ޓު ބީ ފައިން”އޭ ބުނާ އަޑު އިވޭނެއެވެ.

އެ ބެއާރ އެހެން ބުނެލުމުން ޒައިލީން ބާރަށް ދުއްވައިގަތެވެ. ދަބަސް ހިފައިގެން ނުކުތް ހެއިލަންއަށް އެ ތަނުން އެކަކު ”އެކުދިން ކަނާތްފަޅިއަށް އަޅައިގެން ދުވެފައި ގޮސްފިޔޭ” ބުނި އަޑު އިވުނެވެ. “އަލްވެސް ދޯ.. ލަކީ ޗާރމް އެކޯ.. އެކަމަކު މިފަދަ ޑެސްޕަރޭޓް ގަޑިއެއްގައި ހުރިހާ ކަމެއް ޚަރާބު ކޮށްލީ..” ހެއިލަން ބުނެލިއެވެ. “ދެން އިޓްސް ނޮޓް އޮމްލެޓްސް ފޯލްޓް..” އަލްޔާ ބުނެލިއެވެ. “އަލްގެ ޓެޑީބެއާރގެ ނަމަކީ އޮމްލެޓްސް ތަ..؟” ޒައިދާން ހީނގަތެވެ. “މަލާމާތް ނުކޮށްބަލަ.. އޭތި ލިބުނުއިރު އަލްއަށްވީ އެންމެ ހަތް އަހަރު..” އަލްޔާ އަމިއްލަ ނަފްސު ދިފާއު ކުރިއެވެ.

އަނެއްކާވެސް ހަތަރު މީހުން ދިޔައީ ކެފެޓޭރިއާއަށެވެ. ނަމަވެސް އެތަނުގައި އިޔާން ފެންނާކަށެއް ނެތެވެ. “އަވަހަށް އިށީނދެބަލަ..” ހެއިލަން އިށީނދެ ވަށައިގެން ހޯދާލިއެވެ. ހީވީ ސީ.ސީ.ޓީ.ވީ ކެމެރާ އެއްހެންނެވެ. ހެއިލަން އެންމެ ރަނގަޅޭ ބުނަން އަނގަ ހުޅުވާލިތަނާ ބާރުބާރަށް ހިނގާލާފައި އިޔާން އެތެރެއަށް ވަނެވެ.

“އެންމެ ރަނގަޅު.. ޒައިލީން މިއަޅާ.. ޒައިދާން މީތި އަޅާ.. އަލްވެސް މިއަޅާ..” ހެއިލަންގެ ކޮނޑުގައި އަޅުވައިގެން އިން ދަބަހުގެ ތެރެއިން ޒައިލީންއަށް ފިރިހެން ވިގެއް ދިނެވެ. ޒައިދާންއަށް ދިނީ ހެޔޮވަރު ވަރެއްގެ ބޮޑު މަތިމަހެކެވެ. އަލްޔާ ގަދަޔަށް ރަތް ލިޕްސްޓިކް ޖައްސާލިއެވެ. ހެއިލަން ހަދާނެ ގޮތެއް ނޭނގިގެން އުޅެން ފެށުމުން ޒައިދާން އެންމެފަހުން ވަރަކަށް ލަގޭޖް ހާވާލާފައި ހެއިލަންގެ އަތަށް ކަޅު އައިނެއް ދިއްކޮށްލިއެވެ.

އިޔާން އެދިމާލަށް އަންނަތަން ފެނުމުން ހެއިލަންގެ ބަހަށް އެންމެން ފޯނާކުޅެން އިންކަމަށް ހެދުނެވެ. “އައްސަލާމުއަލައިކުމް.. އަޅުގަނޑަކީ އިޔާން.. މިސްކޫ…. ހޮޓެލަށް ޗުއްޓީ ހޭދަކުރަން އައިސްފައިވާ ކުދިންކޮޅެއްގެ ޑްރައިވަރު.. މިކުދިންތައް އެއްވެސް ތާކުން ދެކުނިންތޯ..؟” އިޔާން ހެއިލަންމެންގެ ގާތުގައި ހުއްޓިލާފައި ފޯނުން ޒައިލީންމެންގެ ފޮޓޯތައް ދައްކާލަމުން އަހާލައިފިއެވެ. “އާނ… ތި މަންޖެ މެން ދެންމެ މިތަނުގައި ދުވިއެއްނުދޯ..؟” ޒައިދާން އަލްޔާއަށް ދޯ ޖަހާލިއެވެ. “އާނ.. އެތަމުން އެއް ކުއްޖެއް ކިރިޔާ ނުވެއްޓުނީވެސް..” ޒައިލީން އާއި ދިމާލަށް ބަލާލަމުން އަލްޔާ ވަރަށް ތުއިއަޑަކުން ބުނެލިއެވެ. އޭރު ހެއިލަން ހުރީ އެއްބުމަ އަރުވާލައިގެންނެވެ. އަލްޔާ ހިމަ އަޑަކުން ވާހަކަ ދެއްކީމައެވެ. “އާ ހަމަ ކިރިޔާދޯ..؟” ބުނާނެ އެއްޗެއް ނޭނގިގެން ޒައިލީން ބުނެލިއެވެ. އަދި ހެއިލަންގެ މޫނަށް ބަލާލިއެވެ.

“ދެކުނިންތޯ..؟” އިޔާން ރުންކުރުވެގެން އެންމެފަހުން ބުނެލިއެވެ. “އޭ ދެކުނީމެއްނު އެކުދިން ލިފްޓުން އެރިތަން.. އެތަނުގައި ކަންނޭނގޭވީ..” އެންމެ ދުރުގައި ހުރި ލިފްޓަށް އިޝާރާތް ކޮށްލާފައި ޒައިދާން ބުނެލިއެވެ. “ޝުކުރިއްޔާ..” އިތުރަށް އެންމެ ބަހެއްވެސް ނުބުނަނީސް އިޔާން، އެއްކޮޅުން އަނެއްކޮޅަށް އެއްލި ބޯޅައެއް ހެންގޮސް ލިފްޓަށް އެރިއެވެ.

“އޭތް.. އަހަރެމެން ސޭފްޓީ ޔަގީން ކޮއްފައި ހެއިލްއަށް ވިސްނެނީ އެހެން ތަނަކަށް ބަދަލު ވާން.. މިތަން އެއްވެސް ވަރަކަށް ރައްކާތެރިއެއް ނޫން..” ހެއިލަން ބުނެލިއެވެ. ސައިބޮއި ނިމުނުހާ އަވަހަކަށް ބުކްކުރި ރޫމް ދޫކޮއްލިއެވެ. އަދި އެންމެންއެކީގައި ހޮޓެލް ގޯލްޑް ސްވާން އިން ނުކުމެގެން މިސްރާބު ޖެހީ އެތަނާއި މާދުރުނޫން ބަސް ސްޓޮޕަކަށެވެ. “ހިނގާ މިތަނުން މިހޮޓެލް ގައި އުޅެން..؟ މި ހޮޓެލްގައި ވަރަށް މީހުން ގިނަވާނެ.. އެތަނުން ގިނަ މީހުންނަކަށް އަހަރެމެންނެއް ނުވެސް އެނގޭނެ.. މިތަނަކީ ހޮޓެލް ސްވާން ޑްރީމްސް..” ހެއިލަން ބުނެލިއެވެ.

“ކީއްވެ ސިލްވަރ ސްވާން އެއްތަނަށް ކިޔާފައި ގޯލްޑް ސްވާން އަނެއް ތަނަށް ކިޔާފައި އޭގެ އަނެއް ތަނަށް ސްވާން ޑްރީމަސް ކިޔަނީ.. ދެން ހުރިހާ ހޮޓެލްއަކީވެސް ކޮންމެވެސް ސްވާންއެއް..” ޒައިލީން ބުނެލިއެވެ. “އަސްލު އެއީ ބިޒްނަސް ޕާޓްނަރުންތަކެއް ހިންގަމުންދާ ތަނެއް.. އެހެންވެ..” އަލްޔާ ބުނެލިއެވެ. “ދެޓް….. އެކްސްޕްލެއިންސް އެއްވައްތަރު ނަންތައް..” ޒައިދާން ބުނެލިއެވެ.

އިރުކޮޅެއްގެތެރޭގައި ބަސް ސްޓޮޕަށް އާދެވިއްޖެއެވެ. އެތާ ކައިރީ ގައި ހުރި ބޯޑްގައި ހަރުކޮއްފައިވާ ބަސް ޝެޑިއުލަށް ހެއިލަން ބަލާލިއެވެ. “އެގާރަގަޑި ބައިގައި އަންނަނީ ދެން އޮތް ބަސް.. އަދި ފަނަރަ މިނެޓް މަޑުކުރަން އެބަޖެހޭ..” ހެއިލަން ރަނގަޅަށް ޝެޑިއުލް ބަލާލަމުން ބުނެލިއެވެ. ”އެކަމަކު އެހެރަ އަންނަނީއެއް ނޫންތަ އެކިޔާ ބަސް..؟” ބާރު ދުވެލީގައި އެދިމާލަށް އަންނަމުންދާ ބަހަށް އިޝާރާތް ކުރަމުން ޒައިދާން ބުނެލިއެވެ. “ހާދަ ބާރަކަށޭ އެއަންނަނީ..” އެދިމާ ބަލާލަމުން ޒައިލީންއަށް ބުނެވުނެވެ. އެހެން ބުނެވުމާއި އެކީގައި އަލްޔާއާއި ޒައިލީންގެ ބޮލަށް ވަދެގަތީ އެއްކަލަ ރޭގަނޑުގެ ހާދިސާއެވެ. އެ ‘ޑްރަންކް’ ވެފައިވާ މީހާއެވެ. އެރޭގެ ފަހުން އަލްޔާ ނުވަތަ ޒައިލީންގެ ތެރެއިން އެކަކުވެސް އެއާއި ބެހޭގޮތުން އަނގަ ހުޅުވާވެސް ނުލައެވެ. “އޭ.. މިސާލަކަށް އޭތި އެކްސިޑެންޓެއްވާން އައީޔޯ..؟ އެހެންވެ ޒައި ލަފާދެން މި ތަނުން ތަންކޮޅެއް ދުރަށް ދުއްވައިގަތުމަށް..” ޒައިލީންގެ އެ ވާހަކަކޮޅުން އަލްޔާގެ ލޯ މުށަށް ނުވެއްޓުނީ ކިރިޔާއެވެ. ރޭހަކުން މޮޅުވާން ދުވާ އެތުލީޓަކަށްވުރެ ބާރަށް އަލްޔާ ޒައިލީން ގޮވައިގެން އެތަނުން ދުރަށް ދުއްވައިގަތެވެ.

ވާނުވާގައި އިނދެ ހެއިލަންއާއި ޒައިދާންވެސް ދުވެފައި އައެވެ. ވީ ޒައިލީން ހީކުރިގޮތަށެވެ. ބަސް ސްޓޮޕަށް މަޑުނުކޮށް ބަސް އެދިޔަގޮތަށް ގޮސް އެހެން ބަހަކާއި އެކްސިޑެންޓްވިއެވެ. ޒައިލީން މެން އަރަން ޖެހޭ ބަސް އެކޮޅުކޮޅުން ޖެހިގެން ދިޔައެވެ. ދެވަނަ ބަސް ދިޔައީ ވިއްސައިގެންނެވެ. ޒައިލީން ދިޔައީ ސިއްސައިގެންނެވެ. އޭނާ ހިތަށްއެރި ގޮތާއި އެހާ އެއްގޮތަށް ކަންތައްތައް ވެގެން ދިޔުމުންނެވެ. އެކޮޅުކޮޅުން ޖެހުނު ބަހުގައި އަލިފާން ރޯވިއެވެ. ބަހުގެ ތެރެއިން އެކޮޅުކޮޅުން އޮވެގެން ނަމަވެސް މީހުން ގަނޑު ފައިބައިގަތެވެ. އެމީހުންގެ ގައިގައިވަނީ އަލިފާން ރޯވެފައެވެ. ކުއްލިއަކަށް ހަމަ އެރޭގައި އެމީހާގެ ގައިން ނޫއަލި ނުކުތްހެން ބައިވަރު ނޫއަލިތަކެއް ނުކުތެވެ.

އަލިގަނޑު ފަނޑުވެގެން ދިޔަފަހުން އެއެންމެން ކަށިގަނޑުގަނޑަށް ބަދަލުވެގެން ވެއްޓުނެވެ. އޭރު އެތަނުގައި ތިބި މީހުންތައްވެސް ބިރުން ހަޅޭއްލަވަމުން ދުއްވައިގަނެފިއެވެ. ޒައިލީން ވަގުތުން ދުއްވައިގަތެވެ. އެތަނުން އަވަހަށް ދުރަށް ދިޔުމަށެވެ. ޒައިލީން ވަނީ އެތާނގައި އިން ހަނި ގޯޅިގަނޑަކަށެވެ. އެތާނގައި ވަނީ ވަރަށް ތަރުތީބުން ފިނިފެންމާ ގަސްތަކެއް އިންދާފައެވެ. މެދުގައި ގޮނޑިއެއް އިނެވެ.

ޒައިލީން ގޮނޑީގައި އިށީންތަނާހެން ގަޔަށް ފާޑެއްގެ ބާރުގަނޑެއް އެރިހެން ހީވިއެވެ. ޒައިލީންގެ ހަށިގަނޑުގެ ކޮންޓްރޯލްވަނީ އެހެން ފަރާތެއްގެ އަތުގައިހެން ހީވި ފަހަރެއްވެސް އައެވެ. ޒައިލީން ލޯ މެރެން ފެށިއެވެ. ޒައިލީން ގަދަކަމުން ލޯ ހުޅުވަން މަސައްކަތް ކުރަން ފެށިއެވެ.

ކުރިންވެސް ވީހެން ޒައިލީންގެ ލޮލަށް ހީވީ މީހަކު އިނގިލި ކޮށްޕާލިހެންނެވެ. ވީ ތަދުން ޒައިލީންއަށް އަމިއްލަ އިޚްތިޔާރުގައި ދެލޯ މަރާލެވުނެވެ.

ޒައިލީން ލޯހުޅުވާލިއިރުގައި ހުރެވުނީ އައުލްކީންގެ ގާތުގައެވެ. “އެގެއިން..؟ މިކުއްޖާ މީ ކާކުތަ..؟ އޭނައަށް އަހަރެން ގެނެސް ގެންގޮސް ހެދެނީ ކީއްވެގެންތަ..؟ މީ ކޮންތަނެއް..؟” އައުލްކީން ފެނުމުން ޒައިލީންގެ ހިތުގައިވާ ސުވާލުތައް ފުނިޖެހުނެވެ. އެ ސުވާލުތައް ކުރަން ޒައިލީން ހުޅުވާލި އަނގަ ލައްޕާލަން ޖެހުނީ އައުލްކީންގެ ކަރުނުން ފުރިފައިވާ ދެލޯ ފެނިފައެވެ. ހީވީ ޒައިލީންގެ ތުންފަތުގައި ޒިބު އެޅުވިހެންނެވެ.

“ދައްތާ.. އެހާ ކުއްލިގޮތަކަށް ގޮވަން ޖެހުނީތީ މާފަށް އެދެން.. އެމީހުން މިތަނުން ގޮސްފި.. އަހަރެން ސަލާމަތް ކޮއްދޭން ދައްތައަށް ފަސޭހަ ވާނީ މި ގަޑީގައި.. ހެޔޮނުވާނެ.. އަހަރެންމީ ނުބައި މީހެއް ނޫނޭ… އަހަރެން ދައްތައަށް އެއްވެސް ގޮތެއް ނުހަދާނަން..” އައުލްކީންގެ އެޖުމްލައިގެ މާނަ ޒައިލީންއަކަށް ނުވިސްނުނެވެ.

“ތިބުނީ..؟” ޒައިލީންއަށް އެހުނެވެ. “ފަހުން ކިޔާދޭނަން.. މިވަގުތު މުހިއްމީ މިތަނުން ސަލާމަތްވުން..” އައުލްކީން ބުނެލިއެވެ. ޒައިލީން އަތަށް ބާރުލާފައި އައުލްކީންގެ އަތުގައި އަޅާފައިވާ ޗޭނު ނައްޓާލެވޭތޯ މަސައްކަތް ކުރަންފެށިއެވެ. ޒައިލީން ބޮލުގައިވާ ދަތި ނައްޓާލަމުން އެ ޗޭނުގަނޑުގެ ތަޅުވަޅަށް ކޮއްޕާލިއެވެ. އެއް އަތް ސަލާމަތްވުމުން ޒައިލީން އަނެއް އަތުގައިވާ ޗޭނު ގަނޑު ނައްޓާލެވޭތޯ މަސައްކަތް ކުރަންފެށިއެވެ.

“ކޮބާ.. ކޮބާ.. މަ ބުނީމެއްނު..؟؟؟ އައުލްކީން އެ މަންޖެއެއް ގެންނާނެޔޭ.. މަށަށް ބޭރުގައި ހުރެގެން އިވުނީ އައުލްކީން އަމިއްލަ އަމިއްލައަށް ދެއްކި ވާހަކަތަކެއްނޫނޭ…؟؟ އެ ވާހަކަ ދެއްކިގޮތުން ވެސް އެނގޭ އައުލްކީން ވާހަކަދެއްކީ އެހެން މީހަކާކަން..” މީހެއްގެ ބަރު އަޑެއް ޖެހުމާއިއެކީގައި ޒައިލީން ދިޔައީ އެއްލިގެންނެވެ. ލިބުނު ސިހުމާއިއެކީ އަތުގައި އޮތް ދަތިވެސް އަތުން ދޫވެ އަނދިރި ގަނޑާއި ދިމާލަށް ފުރޮޅެމުން ދިޔައެވެ. އެތާނގައި ތަންކޮޅެއް ނިކަމެތިކޮށް ހުރި މީހަކާއި ބިޔަ އިއްޒަތްތެރިއެއް ހެން ހީވާ މީހެއް ހުއްޓެވެ. އެ އިއްޒަތްތެރި މީހާގެ ދެފަރާތުގައި ދެ މީހުން ހުއްޓެވެ. ބޮޑަށް ހީވަނީ އެ ދެމީހުންނަކީ އެމީހާގެ ފާރަވެރިން ހެންނެވެ.

އައުލްކީންގެ މޫނުމައްޗަށް އެރި ކުލަވަރުން އައުލްކީން ބިރުގަތީތޯ ނުވަތަ ރުޅިއައީތޯ ޒައިލީންއަށް ބުނާކަށް ނޭނގުނެވެ. “ދުއްވައިގަނޭ..” އައުލްކީން ހަޅޭއްލަވައިގަތެވެ. ހަދަންވީގޮތެއް ނޭނގިފައި ހުރުމަށްވުރެ ބާރަށް ދުއްވައިގަތުން މާ ރަނގަޅުވާނެކަމަށް ވިސްނާ ޒައިލީން ދެ ފަޔަށް ބާރުލާފައި ދުއްވައިގަތެވެ. ވަގުތުން އެދެ ފާރަވެރިންވެސް ދުއްވައިގަތެވެ. ޝާހީކޮށް ހުރި މީހާ ހިނިއައިސްފައި ބަލަން ހުރީއެވެ. ޒައިލީންއަށް އެމީހާ ފެންނަނީވެސް ކިރިޔާއެވެ. އަނދިރިކަމުންނެވެ. ޒައިލީން އެމީހާގެ ގާތުންލާފައި ދުއްވައިގަތްއިރު ޒައިލީންއަށް ކަމެއް ފާހަގަވިއެވެ. އެމީހާގެ ދެލޯހުރީ ބުޅަލެއްގެ ދެލޯ އަނދިރީގައި ހުންނަހެން ދިއްލިފައެވެ. އެނޫކުލައިގެ ދެލޮލުގައި ރަހުމެއް ހަމްދަރުދީއެއްގެ ކަންފުޅެއް ހުރިނަމަ ބަލާލަން ކެރުނީހެވެ. އެދެލޮލުގެ ފިނިކަމަށް ބަލާލާފައި އެކަނިވެސް ޒައިލީން ބިރުން ނުވިރުނީ ހަމަ ކިރިޔާއެވެ.

“ދިސް އިޒް ޖަސްޓް އަ ޑްރީމް..” ޒައިލީންއަށް ބުނެވުނެވެ. އެއީ ހުވަފެނަކަށް ވާނެނަމައޭ ޒައިލީންގެ ހިތަށް އެރިއެވެ.

ޒައިލީން ދުވަމުންގޮސް ގާކޮޅެއްފަދަ އެއްޗެއްގައި އަޅައިގަނެގެން ބިންމައްޗަށް އަނގަވަތަށް ވެއްޓުން ގޮތަށް އޮވެވުނީ އިތުރަށް ދުވާނެހާ ހިތްވަރެއް ނުލިބިގެންނެވެ. އޭރު ދުވެދުވެ ޒައިލީންގެ ދެފައިން ވަނީ ބާރު ގޮސްފައެވެ. ވެފައިވާ ވަރުބަލިން ޒައިލީންގެ ފެނުންވެސް ދިޔައީ ހިނދަކަށްވުރެ ހިނދެއް ފުސް ވަމުންނެވެ.

އިރުކޮޅަކުން މަތިން ވޫސް އަޅައިފައި އައި އެއްޗެއް އައިސް ޒައިލީން އަތްދަނޑި މައްޗަށް ނެގިއެވެ. އެ ނުލަފާ މީހުންނަށް ޒައިލީން އަތުލައިގަނެވުނީކަމަށް ހީކޮށް ޒައިލީން ތެޅިފޮޅިގަތެވެ. އެތެޅިފޮޅުމުން އެމީހަކަށް އުނދަގުލެއް ވިހެންނެއް ހިޔެއްނުވެއެވެ. ޒައިލީން އެހާ ބާރަށް ތެޅުނުއިރުވެސް އެ ބާރުގަދަ މުލައްދަނޑިން ޒައިލީން ނުވެއްޓުނުތަނާ ނުވެސް ކައްސައިލިއެވެ. އެންމެފަހުން ވަރުބަލި ވެގެން އަދި ބިރުގަތް ވަރުން ޒައިލީން ޚަބަރު ހުސްވެގެން އެއަތްދަނޑި މައްޗަށް ދެމުނެވެ.

ޒައިލީންއަށް ލޯ ހުޅުވާލެވުނުއިރު އަދިވެސް ތަންތަން ފެންނަނީ ފުސްކޮށެވެ. ޒައިލީން މަޑުމަޑުން ލޯ އުނގުޅާލިއެވެ. ކުޑަކޮށްވެސް ތަންތަން ސާފުވުމުން ޒައިލީން ބަލާލިއެވެ. އޭރު ޒައިލީންއާއި ވަރަށް ގާތުގައި ބިޔަ ހިޔަންޏެއް ހުއްޓެވެ. ނޫނީ އެ ތަން އަނދިރިކަމުން ޒައިލީންއަށް ހީވާގޮތެވެ.

އިރުކޮޅަކު އޮވެލުމަށްފަހު ތެދުވެފައި ލޯ އުނގުޅާލުމުން ޒައިލީންގެ ފެނުން ރަނގަޅުވިއެވެ. އޮވެވުނީ ލަކުޑިން ހަދާފައިވާ އަށިގަނޑެއްގެ މަތީގައިކަން އެނގުނީ މާ ފަހުންނެވެ. އެއީ އެންމެ ފުޅިބައްތިއަކުން ދިއްލިފައިވާ ތަނެކެވެ. އެ ފުޅިބައްތި ބަހައްޓާފައި ވަނީ ތިރި މޭޒުގަނޑެއްގެ މަތީގައެވެ. އެ މޭޒުގައި ދެތިން ބާވަތެއްގެ ކާއެއްޗެއް ހުއްޓެވެ. ޒައިލީންއަށް އެތަނުން ފާހަގަވީ އާފަލު އެކަންޏެވެ. ދެން އެކާއްޗެހީގެ ތެރެއިން ޒައިލީން ދަންނަ އެއްވެސް އެއްޗެއް ނުފެނުނެވެ. އެ ތަން ހީވަނީ ކުޑަ ގެ ގަނޑެއް ހެންނެވެ. އެތަންތެރެ ހޫނުކަމުން ޒައިލީންއަށް ހޫނުވާން ފެށިއެވެ.

ޒައިލީން ވަށައިގެން ހޯދާލިއެވެ. ކުރިން ޒައިލީންގެ ގާތުގައި ހުރި އެ ބިޔަ ހިޔަނި މަތިން ޒައިލީން ހަނދާންވީ ހަމަ ކިރިޔާއެވެ. އެ އެއްޗެއް ފެންނަން ނެތުމުން ޒައިލީން ވިސްނީ އަމިއްލަ ރައްކަލާއި ދޭތެރޭގައެވެ. ޒައިލީންގެ ޝައުގުވެރިކަން ދަމައިގަތީ އެ ފުޅި ބައްތިއެވެ. “ވާއު.. ހީވަނީ ޓީން ވުލްފް ގައި އެމީހުން ބޭނުންކުރާ ވައްތަރުގެ އެއްޗެއްހެން..” ޒައިލީން އެ ފުޅިބައްތީގައި ހިފިއެވެ. ފުޅިބައްތި ނަގާފައި ޒައިލީން އެކި ދިމަދިމާލަށް އަލި ކޮށްލިއެވެ. އެއްފަރާތުގައި ހުރި ދޮރު ފެނުމުން ޒައިލީންގެ އުންމީދުގެ ހުޅުކޮޅު ރޯވިއެވެ. ނަމަވެސް އެދޮރުގެ ދެ ތަޅުގައި ހިފާ ދެމިއިރު ވެސް އެދޮރު ހުޅުވޭގޮތެއް ނުވިއެވެ.

ކުއްލިއަކަށް ފުޅިބައްތީގެ ހުޅުކޮޅު ނިވުނެވެ. ޒައިލީން ހައިރާންވެފައި ފަހަތަށް ބަލާލީ މީހަކު ދިޔަހެން ހީވާތީއެވެ. އަނެއްކާވެސް ވައިސޫރިއެއްހެން ކޮންމެވެސް އެއްޗެއް ޒައިލީން ހުރަސްކޮށް އަނެއް ފަރާތަށް ދިޔައެވެ. ޒައިލީން އެނބުރި ފަރާތް ފަރާތް ހޯދިއިރު އެކަކުވެސް ފެންނާކަށް ނެތެވެ. ޒައިލީން ފައިން ދޮރުގައި ތަޅަން ފެށިއެވެ. ހާސްވެގެންނެވެ. މިއަނދިރި ހޮހޮޅައެއްފަދަ ތަނުގައި ހުރީ އޭނާ އެކަނި ނޫންހެން ހީވުމުންނެވެ.

ދޮރު ކުޑަކޮށް ހެލިލިއެވެ. އެއް ދޮރުފަތް ހުޅުވެން އުޅުނެވެ. ޒައިލީންގެ ލޮލުން ވިދައިގަތީ އުންމީދުގެ ކުލަވަރެވެ. އަވަހަށް އެދޮރުގައި ހިފާ ހުޅުވާލަން އުޅެނިކޮށް ޒައިލީންގެ އަތުގައި ނުހަނު ބާރުގަދަ އަތަކުން ހިފާ ދޮރާއި ވީހާވެސް ދުރަށް ލަތްކެއް ޖެހީ ޒައިލީން ވިސްނާވެސް ނުލާ ހުއްޓައެވެ. ޒައިލީން ވައިގެ ތެރޭގައި އުދުހިފައި ކަހަލަގޮތަކަށް އެދިމާލަށް ދިޔައިރު ޒައިލީންގެ ލޮލުގައިވަނީ ބިރުވެރިކަމުގެ އިންޒާރުދޭފަދަ ކުލަވަރެކެވެ.

ޒައިލީން އެ ދިޔަ ބާރުމިނުގައި ވެއްޓޭނެކަމަށް ހީކޮއްގެން ހުއްޓާ ބިމުގައި ފައި ޖެހުނީ ރީއްޗަށް ކޮޅަށް ހުއްޓައެވެ. ޒައިލީން ދެލޯ ހުޅުވާލަމުން އެދިމާލަށް ބަލާލިއެވެ. ތަންކޮޅެއް ދުރުގައި ޒައިލީންގެ މޫނަށް ބަލަން ހުރި ފިރިހެން ކުއްޖާ ފެނިފައި ޒައިލީންގެ ގައިން ހީބިހި ނަގައިގަތެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

ތިޔަލޯބިން ހިތް ފުރިއްޖޭ..
Previous

ތިޔަ ލޯބިން ހިތް ފުރިއްޖޭ.. (4)

Next

ނާމާން – 6

Next
July 23, 2020

ނާމާން – 6

Previews
July 23, 2020

ތިޔަ ލޯބިން ހިތް ފުރިއްޖޭ.. (4)

ތިޔަލޯބިން ހިތް ފުރިއްޖޭ..

9 Comments!

  1. no one says:
    July 23, 2020 at 7:19 am

    woooww varah reethi ???????
    enme fahun rwcikaan aee dhw?
    waiting for the nxt
    luv ya sissssoooo..♥️♥️♥️♥️
    t c and stay safe…??

    1. yooon yoooon says:
      July 26, 2020 at 6:54 pm

      Thnx No one ???? tc

  2. Eekko 11 says:
    July 23, 2020 at 8:25 am

    Alheyyy. So so awesome… Yoooon thyy hama best author. I love you so so so much Yoon….. Keep up the hard and good work…❤️❤️?

    1. yooon yoooon says:
      July 26, 2020 at 6:55 pm

      Awwwwnnnnnn ???? thnx so much Eekko 11 ?? I love u so so so so so much more dearrr ?? Insha Allah will always try my best ?? stay safe n TC dear

  3. Maasha says:
    July 23, 2020 at 11:05 am

    V. V. V. V reethi Maasha Allah ? aneh part maadhan tha genesdheny??? very curious for the next part ??

    1. yooon yoooon says:
      July 26, 2020 at 6:56 pm

      Thnxxxiessss Maasha ???? Thnx a lot ???? stay safe and take very good care dearlinggggg

  4. Yoon says:
    July 26, 2020 at 11:59 am

    Yooooooòooo4ooooooòoooooòooooooooñ

    1. yooon yoooon says:
      July 26, 2020 at 6:57 pm

      Labbbaaa dearr ??? kihineh v thrr ??? Anywayss Thnxx Yoon dear ?? stay safe n Tc

  5. yooon yoooon says:
    July 26, 2020 at 6:59 pm

    All my dearest readers ??? Rlly sorry for the late replies ? Was Vvvvv bixxy ? Still, hope u all enjoyed reading this part as well ?❤️? Have an amazinn day ?? Take good care and stay safe my dearlinggsss ?? Love u all vvvvvvvvvv much ? Keep on reading

Comments are closed.

Next Episodeފިޔަފަތް 8←


All Right Reserved!