Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންމަޖާލޯބި

ޝަހަރު 27ވަނަބައި

kudhoo Level 310 Stories100 Comments
August 2, 2020 4 Mins Read
4 Comments

” އަހަރެމެންގެ ގުޅުމަކަށް އާއިލާއިން ނަފްރަތެއް ނުކުރާނެ.. އެކަމަކު ތިބުނިހެން ރާވިންއަށް ކުރާނެ… އެކަމަކު ރާވިންއަށްވެސް އެނގޭނެ ދޯ ލޯތްބަކީ ގަސްދުގައި ވާ އެއްޗެއް ނޫންކަން؟…” މަލާއިން ބުންޏެވެ. ކޮންމެއަކަސް ދެމީހުންވެސް ގުޅުން ކުރިޔަށް ގެންދަން ބޭނުންވަނީ އާއިލާގެ އެހެންމީހުނަށް އަންގައިގެންނެވެ. ” އިހަށް ހިނގާ ރާވިންއާ ވާހަކަ ދައްކާލަން…އޭރުންދޯ ރާވިން ދެން ކަންތައް ކުރާނެ ގޮތެއްވެސް އެނގޭނީ..” ހާތިބު ބުންޏެވެ. ” އޭނަ އަހަރެމެން ދައްކާ ވާހަކައެއް އަޑެއް ނާހާނެ.. އެއީ އެއަށްވުރެ ބޯހަރު މީހެއް..” މަލާއިން ބުންޏެވެ.  މަލާއިން އެހެން ބުނިކަމުގައި ވިޔަސް ހާތިބު ބޭނުންވަނީ ރާވިންއާއި ވާހަކަ ދައްކާލުމަށެވެ.

ރޭގަނޑުގެ ކެއުމުގައި ހާތިބުއާ ރާވިން އަދި މަލާއިންވެސް ބައިވެރިވިއެވެ. ނަމަވެސް އެތިންމީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ ތަފާތު މަންޒަރެކެވެ. ރާވިންއަކަށް ކެއުމާއިގެން ކުރިއަކަށް ނުގެންދެވުނެވެ. އޭނާގެ ސިކުނޑި ހީވަނީ ފަޅައިގެން ދަނީ ހެންނެވެ.  އެހެންރޭތަކާ ޚިލާފަށް ރާވިން ގޮންޑިން ތެދުވުނެވެ. އޭނަ ބޮލަށް ތަދުވާ ކަމުގައި ބުނެ ބޭރަށް ނިކުތެވެ. ރާވިން ނިކުތްތަން ބަލަހައްޓައިގެން ހުރި ހާތިބުވެސް އިރުކޮޅެއް ކޮށްފައި ބޭރަށް ނިކުތެވެ. ބޭރުން ރާވިން ފެންނަން ނެތުމުން ފަރާތްފަރާތް ހޯދައިލިއެވެ. އޭރު ކައިރީ ހުރި ގަހެއްގެ އޮފިގަނޑެއްގައި ރާވިން އޮށޯވެލައިގެން އޮތެވެ. ” ރާވިން…” ގަސްދޮށަށް އައިސް ހާތިބު ރާވިންއަށް ގޮވާލިއެވެ. ރާވިން އޮށޯވެގެން އޮތް ގޮފިގަނޑުން ތެދުވެ ފަރާތް ފަރާތް ހޯދާލިއެވެ. އެއަށްފަހު ތިރިއަށް ފައިބާ މަޑުވެސް ކޮށް ނުލާ ފުރަތަމައަށްވެސް ހާތިބުގެ ކަންފަތްމަތީ ޖަހާފިއެވެ. ކިތަންމެ ތަދުވިޔަސް ހާތިބު ރާވިންއަށް އޭގެ ބަދަލު ދޭކަށް ގަސްދެއް ނުކުރިއެވެ. އެފަދަ ދެތިން ހަމަލައެއް ހާތިބުގެ މޫނުމައްޗަށް ދިނެވެ. ނަމަވެސް ހުރި ތަނުން ހާތިބު ގުޑައެއްވެސް ނުލައެވެ. ރާވިން ހިތްހަމަޖެހޭ ވަރު ވަންދެން ހުރީއެވެ.

” ކަލޭ މިތަނަށް އައީ ތިކަމުގައިތަ؟… ކަލޭ އައިސް އަހަރެންގެ އުފާވެރިކަން ނަގައިގެންފި…. އަހަރެން އެންމެ ކުޑަ އިރުއްސުރެ އިންތިޒާރު ކުރަމުން އައި ކަންތައް ކަލޭ މުޅިން ހަލާކު ކޮށްލައިފި… އަހަރެންގެ އުންމީދުތައް ލޫޓުވައިގެންފި… ” ކަރުނައާ ރުޅިވެރިކަން އެކުލެވިގެންވީ އަޑަކުން ރާވިން ވާހަކަ ދައްކަމުން ދިޔައެވެ. ” ރާވިން އަހަރެންނަށް މާފުކުރޭ… އަހަރެން މިތަނަށް އައީ ރާވިންއަށް ދެރައެއް ދޭކަށް ނޫން… އަދި އަހަރެންނާ މަލާއިންއާ ދޭތެރޭ ތިދެކޭފަދަ ގުޅުމެއް ނުއުފައްދަން… ނަމަވެސް އަހަރެމެން ދެމީހުން ދެތަނެއްގައި ތިއްބަސް ވަރަށް ކުޑައިރުއްސުރެން ދެމީހުންވަނީ ގުޅިފަ… މީ ތަގުދީރު… ބަދަލުކުރަން އުޅުނަސް ވާނެ ހެނެއް ހިޔެއް ނުވޭ… މަލާއިންވެސް ބޭނުންވަނީ އަހަރެންނާ ގުޅެން… މިކަމުގައި ރާވިންގެ ހިތަށް ދެރައެއް ދެވޭތީ ވަރަށް ދެރަވެސް ވޭ… އަހަރެންނާ ފުރަތަމަވެސް ރާވިން ވާހަކަ ދެއްކި ހިސާބުންވެސް އަހަރެން ދެކެނީ ރާވިން ތީ އަހަރެންގެ ގާތް އެކުވެރިއެއް ގޮތުގައި… އެއްވެސް ކަމެއްގެ ސަބަބުން އަހަރެމެންގެ އެކުވެރިކަމަށް ބަދަލެއް ނާންނާނެ ކަމުގައި އުންމީދުކުރަން… އަދި މަލާއިންވެސް ކުޑައިރުއްސުރެ އޭނާއާއެއްކޮށް އުޅުނު އޭނަގެ އެންމެ ގާތް އެކުވެރިޔާ ބޭނުންވޭ… ” ހާތިބު ބުނަން ބޭނުންވި ވާހަކަ ބުނުމަށްފަހު އެތަނުން ދިޔައެވެ.

ހާތިބު ދިޔަތަން ބަލަން ހުރި ރާވިންއަށް ދެންވެސް ކަންތައް ކުރަންވީގޮތެއް ނުވިސްނުނެވެ. އޭނަގެ ހިތުގައި ހާތިބުއަށް ވަނީ ހަސަދަވެރިކަމާ ރުޅިވެރިކަން އުފެދިފައެވެ. އޭނަ މިދުނިޔެއިން އެންމެ ލޯބިވި ކުއްޖާ ފޭރިގަތް މީހަކަށް އޭނާގެ ހިތްހެޔޮވާނީ ކިހިނެއް ހެއްޔެވެ. ރާވިންއަށް ރަގަޅަށް އެއްވެސް އެއްޗެއް ވިސްނޭ ގޮތެއް ނުވިއެވެ. ރާވިންގެ ހިތުން އޭނަގެ ހިތާ ސިކުނޑި ބުނަމުން ދިޔައީ އެންމެ ރަގަޅު ގޮތެވެ.

ފަހު ދުވަހު ހެނދުނު ސައިގައިވެސް ރާވިން ބައިވެރިއެއް ނުވެއެވެ. އެކަމާ ބެހޭ ގޮތުން ހިލާލު ސުވާލުކުރުމުން ރާވިން ވަރަށް ފަތިހާ ބޭރަށް ދިޔަކަމަށް ގޭގައި ގެންގުޅޭ މަސައްކަތު މީހެއް ބުންޏޭވެ. އާންމުކޮށް ރާވިން ދާ ތަންތަން މަލާއިންއަށް އެނގެއެވެ. އެހެންކަމުން މަލާއިން ސައިބޮއިގެން ނިކުތީ ރާވިން ހުންނާނެ ތަނަކާ ދިމާލަށެވެ. މަލާއިން ދިޔައީ އޭނާއަށް ޚާއްސަކޮށްގެން ހައްދައިފައިވާ ބަގީޗާއަށެވެ. ” ރާވިން… ” މޫދު ފެންނާނެހެން ހިތުގެ ބައްޓަމަށް ހައްދާފައިވާ ގަހުގެ މޫގަނޑުމަތީ ރާއިން އިށީދެލައިގެން ހުއްޓެވެ. މަލާއިން ގޮވާލި އަޑު އިވުމުންވެސް ބަލާކަށް ނޫޅުނެވެ. އެއަށްވުރެ އޭނަގެ ހިތައް ކޮށްފައިވާ އަސަރު މާބޮޑެވެ. ތަކުރާރުކޮށް މަލާއިން ގޮވުމުންވެސް ރާވިން އަނގަޔަކުން ނުބުންޏެވެ. މަލާއިން ގޮސް ރާވިންއާ ކުރިމަތިވާނެހެން އަނެއްފަރާތުގައި އިށީނެވެ. ” އަހަރެންނާ އަނގައިންވެސް ނުބުނަން ހުވާ ކޮށްގެންތަ ތިހުރީ… އިނގޭ ރާވިން ދެރަވާނެކަން… އެކަމަކު ރާވިންއަށްވެސް އިނގެއެއްނޫ ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫންކަން… އަހަރެންނަށް ހާތިބު ހަމަލޮލަށް ފެނުމުގެ ކުރިންވެސް ވަނީ އޭނަދެކެ ލޯބިވެވިފަ… އަހަރެން މިވާހަކަ މާފަހުން ބުނެވުނީތީ މާފަށް އެދެން… އަހަރެން ބުނަމެންނު އަހަރެންނަށް ހުވަފެނެއް ފެންނަ ވާހަކަ… އަބަދުވެސް ފެންނަ އެއްގޮތަކަށް ފެންނަ ވާހަކަ.. އެކަމަކު ހުވަފެނުގައި ވާގޮތެއް ކިޔައި ދޭށޭ ބުނުމުންވެސް ކިޔައި ނުދެމެންނޫ..އެއީ އަހަރެންނަށް ހުވަފެނުގައި ފިރިހެން ކުއްޖަކު ފެންނަމުން ދާތީ… އެކުއްޖަކީ ހާތިބު… ރާވިން އަހަރެންނަށް މާފުކުރޭ ނޭނގި ނަމަވެސް ރާވިންގެ ހިތައް ތަދުކުރެވޭތީ… އަހަރެން އަބަދުވެސް ބޭނުން އަހަރެންނާއެއްކޮށް އަބަދުވެސް އުޅެމުންއަންނަ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ… އުންމީދުކުރަން އެއެކުވެރިޔާ އަނބުރާ އަހަރެންގެ ހަޔާތަށް ހަމަ އެގޮތުގައި އަންނާނެ ކަމަށް…” އަސަރުން ފުރިފައިވި އަޑަކުން މަލާއިން ވާހަކަ ދައްކަމުން ދިޔައެވެ. ރާވިންގެ ލޮލުން ފެންނަމުން ދިޔަ ހިތްދަތިކަމާހުރެ މަލާއިންގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. އެމަންޒަރު ފެނުމުން ބޮޑު ހައިޖާނެއް އުފެދިފައިވާ ރާވިންގެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ދިޔައެވެ. ނަމަވެސް މަލާއިންއާ ކުރިމާތިލާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. މަލާއިން ވާހަކަ ދައްދައްކާ ބަހެއް ނުބުނުމުން އިރުކޮޅެއްވަންދެންވެސް ރާވިން ބަހެއް ބުނޭތޯ މަޑުކުރިއެވެ. ނަމަވެސް ރާވިން އަނގަޔަކުން ނުބުންޏެވެ.

ރާވިން އަނގައިން ނުބުނުމުން މަލާއިން ތެދުވެގެން ދުރަށް ހިނގައިގަތެވެ. މަލާއިން ދާތަން ބަލަން ހުރި ރާވިންގެ ހިތުގައިވަނީ ޝަކުވާއެވެ. “އަހަރެންމީ މަލާކުޑައިރުއްސުރެ އެންމެ އެއްކޮށް އުޅުނުމީހާ… ކީއްވެ މަލާއަށް އަހަރެންގެ ހިތުގެ ހާލު ނޭނގެންވީ…އަހަރެން މަލާ ދެކެ މިވާލޯބި އަންދާޒާ ކޮށްލެވޭނަމަ މަލާ ތިހެން ނުބުނީސް… އަހަރެންނަށް މަލާ ކައިރީ ބުނެވުނީ ވަގުތު ފާއިތުވީފަހުންތަ؟.. ނޫން މަލާ އަހަރެންނަށް ތިހެން ނަހަދާ…. އަހަރެން ލޯބިވީ މަލާ ދެކެ… ސާފު ތެދުވެރި ލޯބެއް.. އަހަރެންނަށް މަލާ ނޫން މީހަކާއެކު ދިރިއުޅުމެއް ނުފެއްޓޭނެ…” ރާވިން އަމިއްލައަށް އޭނާގެ ހިތާ ވާހަކަ ދައްކަމުން ދިޔައެވެ. އަދި ހާތިބާ މެދުވެސް ކަންތައް ކުރާނެ ގޮތަކާމެދު ވިސްނަމުން ދިޔައެވެ. އެދުވަހުގެ މެންދުރުގެ ކެއުމުގައި ރާވިންވެސް ބައިވެރިވިއެވެ. ކެއުން ކުރިއަށް ދަނިކޮށް މަލާއިން އޭނަ ބޭނުންވާ ކަންތައްތައް އިއްވާލިއެވެ. އެއްބައިމީހުންނަށް އެކަންތައް ވެގެންދިޔައީ ތަނުގައި ގޮއްވާލި ކުޑަވަރެއްގެ ބޮމަކަށެވެ. ރާވިންއަށް ވެސް ވީ އެފަދައިންނެވެ. އޭނަ ހީކުރިވަރަށް ވުރެން އަވަހަށް އެވާހަކަ ބޮޑުފަރާތްތަކާ ހަމައަށް ދިޔައީއެވެ. ވަރުދާންއަށްވެސް ލިބުނީ ހައިރާންކަމެކެވެ. އެންމެންވެސް ބަލަމުން ދިޔައީ ހާތިބާ މަލާއިންގެ މޫނަށެވެ. މަލާއިން ބުނިވާހަކައަށް ބާރު ދިނުމުގެ ގޮތުން ހާތިބު ވެސް ބޭނުންވަނީ އެފަދައިން ކަން އިއްވާލިއެވެ. އެއްވެސް ކަމެއް ނޭނގި ތިބި ރާވިންގެ އާއިލާ އެކަން އުފަލުން ބަލައިގަތެވެ. ނަމަވެސް ވަރުދާން އެކަމާއެއްވެސް އެއްޗެކޭ ނުބުންޏެވެ.

ވަރުދާން އެއްޗެކޭ ނުބުނެ ހުރުމުން ހާތިބުއަށް ހީވަމުން ދިޔައީ ބައްޕަ އެކަމާ ހިތްހަމަ ނުޖެހުނީހެންނެވެ. ނަމަވެސް ބައްޕަގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުކުރެއެވެ. މޭޒު ދޮށުގައި ތިބި އެންމެން އެކަމާ އުފާކުރަމުން ދިޔައިރު ރާވިން ހުރީ ނެގި މަޑުވެފައެވެ. މުޅި އާއިލާއަށް އެމީހުންގެ ގުޅުން އަންގާފިއެވެ. ދެން އޭނަ ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ.

ކެއުން ނިންމާފައި ހާތިބު ނިކުތީ އޭނާގެ ބައްޕަޔާއެކު ބޭރަށެވެ. ” ދަރިފުޅު ބައްޕަ ކައިރީ ނުވެސް ބުނެ ހާދަ ބޮޑު ކަމެއް ތި ނިންމާލީ… މަލާއިންގެ ހަޤީގަތް ދަރިފުޅަށް އެނގޭތަ؟..” ވަރުދާން އަހާލިއެވެ. ” ލައްބަ ބައްޕާ.. މަލާއަކީ ކިހިނެއް އައިސްފައި ހުރި ކުއްޖެއްކަން އެނގޭ.. ބައްޕަ މި ގުޅުމާ ނުރުހެނީތޯ؟..” ހާތިބު އަހާލިއެވެ. ” ނޫން.. ބައްޕަގެ ހިތައް މިއަރަނީ ދަރިފުޅު ހާދަ އަވަހަކަށް ނިންމި ކަމެކޭ…” ވަރުދާން ބުންޏެވެ. ” ބައްޕަ ކައިރީ ބުނީމެއް ނޫން ހުވަފެނެއްގެ ވާހަކަ… އަޅުގަނޑު ބައްޕަޔަކަށް އެ ހުވަފެނގެ އެއްބައި ކިޔައި ނުދެން… އެހުވަފެނުގެ އަނެއް ބައިން އަބަދުވެސް ފެންނަމުން އައީ މަލާއިން.. އެނގޭ މީ ގަބޫލު ކުރެވޭނެ ފަދަ ވާހަކައެއްވެސް ނޫންކަން… އަޅުގަނޑާ މަލާއިންއާ ދިމާވެގެން ދެއްކި ވާހަކައިން އެނގުނީ މަލާއިން އަށްވެސް ހަމ މިހުވަފެން ފެންނަމުން ދާކަން…” ހިތްހަމަޖެހުން އެކުލެވިގެންވީ ރާގެއްގައި ހާތިބު ބުންޏެވެ. ” ދަރިފުޅުގެ މޫނުމަތިންވެސް ތިވާހަކައިގެ ތެދުކަން ސާބިތުއެބަވޭ… ތި ހިނިތުންވުމަކަށް ބަދަލެއް ނާދޭތޯ ބައްޕަ އަބަދުވެސް ދުޢާ ކުރާނަން…” ވަރުދާން އޭނާގެ ހުރި ފިރިހެން ދަރިފުޅުގެ އުފަލުގައި ބައިވެރިވަމުން ބުންޏެވެ. ބައްޕަ ރުހޭ ކަން އެނގުމުން ހާތިބަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ.

ދެބަފައިން ހަމަޖެހިލާގެން ވާހަކަ ދައްކަން ތިބުމަށްފަހު އެނބުރި ގަނޑުވަރަށް ވަނެވެ. ވަރުދާން ކޮޓަރިއަށް ވަނުމުން ހާތިބު ނިކުތީ ބޭރަށެވެ. އޭރު މަލާއިންގެ ބޭރު މޭޒު ކައިރީ ރާވިން އިށީދެގެން ހުއްޓެވެ. ” ރާވިން ތީ އަހަރެމެންގެ އެކުވެރިއެއް އުންމީދުކުރަން ރާވިން އަހރެމެންގެ ގުޅުން ބަލައިގަންނާނެ ކަމަށް… ރާވިން މަލާއާ ދުރުވެއްޖެ ނަމަ ތީ އޭނާއަށް ގެއްލިގެންދާ އާއިލާގައި ހުރި އެންމެ ގާތް އެކަކު…” ރާވިން ކައިރިއަށް އައިސް ހާތިބު ބުންޏެވެ. ” ކަލޭމެން އެންމެނަށް ދޯ އަހަރެން ކަންތައް ކުރާނެ ގޮތެއް އެނގެނީ… ކަލެއަށްވެސް އެނގުނީ މަގޭ ލޯބިވެރިޔާ ޖަހާގަންނަން… ކަލޭ މިތަނަށް އައި ބޭނުން ކަލެއަށް ވެއްޖެއެއް ނޫން.. ދެން ދާކަށް ނުވޭތަ؟..” ރާވިން ރުޅިން ފަޅައިގެންދާވަރުވިއެވެ. ހާތިބަށް ވިސްނުނީ މިވަގުތަށް ރާވިންއާ ދުރުން އުޅުމަށެވެ. އެހެންނޫނީ ރާވިންއަށް ހެޔޮކޮށް ވިސްނާނޭ ފުރުސަތެއް ނުލިބޭނެހެން ހީވާތީ ހާތިބު އެތަނުން ދިޔައެވެ.

ހާތިބު ދިޔަ ދިމާލަށް ބަލަން ހުރި ރާވިންގެ ހިތުގައި އެތައް ކަމެއް ހިނގާލިއެވެ. ރާވިން ދިޔައި ހިތްހަމަޖައްސާލުމަށްޓަކައި އުނދޯލިތައް ތިބި ދިމާލަށެވެ. ހާތިބަށް އުނދޯލީގައި ނުއިށީ ދެވެނީސް އޭނާއާ ދިމާލަށް ބާރެއް އަންނަކަމުގެ އިހުސާސެއް ވިއެވެ. އެހެންކަމުން އެއަންނަ ދިމާލަށް ވަރަށް ފަރުވާތެރިވެގެން ހުއްޓެވެ. ހާތިބު އިނގިލިން ކޮށްލި އިޝާރާތާއެކު ބާރު މިނުގައި ހާތިބުއާ ދިމާލަށް އައި ދަނޑިބުރި ބިންމައްޗަށް ވެއްޓުނެވެ. އަނެއްކާވެސް ދެވަނަ ހަމަލާއެއްއައެވެ. ނަމަވެސް ހާތިބުއާ ހަމައަށް ނުފޯރަނީސް ވެއްޓިއްޖެއެވެ. ރާވިން ދިން ހަމަލާ އެއްވެސް އެއްޗަކަށް ނުވުމުން ދެވަނަކަމެއް ކުރުމަށް ވިސްނަމުން ދިޔައެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

އައިނާ (2) 21

Next

ފިޔަފަތް 12

Next
August 2, 2020

ފިޔަފަތް 12

Previews
August 2, 2020

އައިނާ (2) 21

4 Comments!

  1. Ram says:
    August 2, 2020 at 12:00 pm

    VVV salhi mibaivess ???????maasha allah

    1. kudhoo says:
      August 2, 2020 at 1:06 pm

      ??? Thank you Ram ??

  2. thiththa says:
    August 3, 2020 at 9:51 am

    masha allah …mibaives v vv reethi

    1. kudhoo says:
      August 4, 2020 at 7:46 am

      ??? thank you thiththa ???

Comments are closed.

Next Episodeޝަހަރު 28ވަނަބައި←


All Right Reserved!