Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންމަޖާލޯބި

ޝަހަރު 21ވަނަބައި

kudhoo Level 310 Stories100 Comments
July 16, 2020 4 Mins Read
4 Comments

ދެބަފައިންނަށް ތަންކޮޅަކަށްވެސް ނުދެވެނީސް ވަރުދާންމެންގެ އުމުރުގެ ބަޔަކާ ދިމާވެއްޖެއެވެ. އެމީހުންވެސް ދުރުން ފެންނަމުން ދިޔައީ ހިޔަނިތަކެއްހެންނެވެ. އެކަމަކު ކައިރިއަށް އާދެވުމުން އެމީހުންގެ ސިފަ ޖެހުނެވެ. އެމީހުންވެސް ހާތިބުމެންގެ ސިފަޔާ މާބޮޑު ތަފާތެއް ނެތެވެ. އެއީ އެޝަހަރުގެ ގަނޑުވަރުގައި އުޅެމުން އަންނަ ބަޔެކެވެ. އެމީހުނަށް ވަރުދާން ފެނުމާއެކު އެނގުނީއެވެ. ” ވަރުދާން ހާދަ ޒަމާނެއް ފަހުން… ވަރުދާންގެ ދަރިފުޅުތަ؟.. ހަމަ ހީވަނީ ވަރުދާންގެ ޒުވާން ދުވަސްވަރުހެން…” ހެމީ ބުންޏެވެ. ވަރުދާން ބޯޖަހާލުމުން އެރަށަށް އައިސް އެމީހުންނާ ބައްދަލް ކުރަން ނުގޮސް ހުރީ ކީއްވެގެންތޯ އަހާލިއެވެ. ” ދެންމެ މިއައީ… މިދަނީ ތިކޮޅަށް ދާން..” ވަރުދާން ބުންޏެވެ. ” އަވަހަށް ހިނގާ!.. ރަސްގެފާނަށް އެތައް ޒަމާނެއްފަހުން ވަރުދާން ފެނުމުން ވަރަށް އުފާވާނެ..” ހެމީ ބުންޏެވެ. ހެމީ އަކީ ކުރިންވެސް ވަރުދާން މިރަށަށް އައިސްފިނަމަ ވަރަށް އެއްކޮށް އުޅޭ މީހެކެވެ.

މުޅި ގަނޑުވަރު ފެންނަމުން ދިޔައީ މުށިކުލައިންނެވެ. އެއީވެސް ބޮޑު އިމާރާތެއް ގޮތަށް ހުރި ބޮޑު މަޝްރޫމެކެވެ. އެތަން ވަތްތަރީ ބޮޑު ޕެލެސްއަކާއެވެ. މަތިންވެސް ބައިބަޔަށް އެކިތަންތަން ފެންނަން ހުރި އިރު އެއްފަރާތުން ހާމަ ފެންޑާއެއްވެސް ހުއްޓެވެ. ގަނޑުވަރަށް ވަންނަންދާ މަގުވަނީ ވަކިން ފާހަގަ ވާނޭހެން ގާ އަޅާފައެވެ. ދެފަރާތުގައި ބޮޑެތި ގަސްތައް ހުރެފައި ގާތަކުގެ ކައިރީގައި ފަތްދިގުކޮށް ހެދިފައިވާ ނިރުތަކެއް ހުއްޓެވެ. މުޅި މާހައުލަށް ބަލައި ލުމުން ހިތްހަމަޖެހުން ލިބެއެވެ. ގަނޑުވަރަށް ބަލައިލުމުން އެއީ އިއްޒަތްތެރިންގެ ތަނެއްކަން އެގެއެވެ.

ގަނޑުވަރަށް ވަންނަން ހުރި މަގުވަނީ ދެ ބަޔަކަށެވެ. އަނެއްކާވެސް ގަނޑުވަރުގެ އެއްފަރާތުގައި ވަރަށް ރީތިކޮށް ހަދައިފައިވާ އެފަދަ ބޮޑު ގެއެއް ހުއްޓެވެ. އެގޭގެ ބޭރުގައި ސައިބޯން ހަދާފައިވާ ވަތް މޭޒަކާއި ގޮނޑިތަކެއް ބަހައްޓާފައި ހުއްޓެވެ. އެބަޔަށް ވަކިން ބަލައިލިޔަސް ތަނުގެ ހައިބަތާއި ތަނުގެ ސާފުތާހިރުކަމާ ފަރުމާކޮށް އަތުރާލެވިފައިވާ ފުރިހަމަކަން ފެނިގެންދެއެވެ. އެތަންތަން ފެންނަން ފެށުމުން ހާތިބުގެ ހަށިގަނޑުން އޭނާގެ ހިތްދޫވެ އެތަނަށް ވަރަށް ބޮޑަށް ހިތްޖެހިއްޖެއެވެ. ދެފަރާތުގައި ތިބި ފާރަވެރިން ދޮރުހުޅުވާލުމުން އެންމެން އެތެރެއަށް ވަނެވެ. ބޭރުން ފެންނަ ވަރަށް ވުރެވެސް އެތެރޭގެ މާހައުލު ފުޅާވެފައި ޗާލެވެ. އިންސާނުންގެ އުޅުން ނަކަލަކަށް ބަލައިފައިވާހެންވެސް ހީވެއެވެ. ފަރުމާކުރުންތައް މުޅިންވެސް ހުރީ އެފަދަ ގޮތަކަށެވެ. ގަނޑުވަރުގެ ދޮރު ހުޅުވޭއިރު ވަންނަ ދޮރާދިމާލަށް ބޮޑު ގޮނޑިއެއް ބަހައްޓާފައި ހުއްޓެވެ. ގޮނޑިއަށް ބަލާލުމުންވެސް އެއީ ރަސްގެފާނަށް ޚާއްސަ ގޮނޑިކަން އެގެއެވެ. އެއްފަރާތަކަށް ވާގޮތަށް ހުރި ގޮނޑިތަކެއް ގައި އިށީނުމަށް ބުނެފައި ހެމީ އެންމެ ކައިރިން ވަނދެވެން ހުރި ދޮރުގައި ޓަކިޖަހާލައިފައި ހުޅުވާލިއެވެ. އަދި އެތެރެއަށް ވަދެފައި އިރުކޮޅަކުން ނިކުއްއިރު ހައިބަތު ބޮޑު މެދު އުމުރުގެ މީހަކު ހެމީގެ ކުރީގައި ހުރެގެން ނިކުތެވެ. އަޅާފައިވާ ހެދުމުން ހީވަނީ އެންމެ ފަހުގެ ފެޝަންތައްވެސް އައިސްގެން އުޅެނީވެސް މިތަނަށް ހެނެވެ. އިންސާނުންގެ ހެދުން އެޅުމުގެ ވައްޓަފާޅި ހުއްޓެވެ. ދިގުކޮށްފައިތިލައާ ހަމައަށް ފެހިކުލައިގެ ހެދުމުގެ މަތިން ހަމަ އެހާ ދިގު ރަތްކުލައިގެ ޖެކެޓެއް ލައިފައި ހުއްޓެވެ. އިތުރަތް ރީތި ކުރުމަށްޓަކައި ކައިރީގައި ރަންކުލައިގެ ރޭނދާތަކެއްވެސް އަޅާފައި ހުއްޓެވެ.

ރަސްގެފާނުގެ މޫނުމަތިން ފެންނަ ހިނިތުންވުން ސާދަވިލޭރޭގެ ހަނދުހާ ފުރިހަމައެވެ. ހީވާގޮތުން އޭނާއަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެން އައިސްފައިވާ ނުފިލާފަދަ ހިނިތުންވުމެކެވެ. ރަސްގެފާނު ހިލާލަށް އައިސްފައިވާ ބަދަލު ފެނުމުން ވަރުދާންވެސް ހުރީ ހައިރާންކަމެއްގައެވެ. އެހާބޮޑު ބަދަލެއް އައިސްފައިވަނީ ކިހިނެއްވެގެންތޯ ހިތުގައި ސުވާލުތައް އުފެދެމުން ދިޔައެވެ. ” ވަރުދާން ހާލު ކިހިނެއްތަ؟… އެންމެ ފަހުން ވަރުދާންއާ ބައްދަލުވީ ވަރުދާންގެ ޒުވާންއިރުގައި؟..” މޫނުމައްޗަށް ވެރިވަމުން އައި ހިނިތުންވުން ފުންކުރަމުން ހިލާލު އަހާލިއެވެ. ވަރުދާން އޭނަ ރަގަޅު ކަމުގައި ބުނަމުން ބޯޖަހާލިއެވެ. ބައްޕަގެ ފަރާތުން ރަސްގެފާނަށް ކުރަމުންދިޔަ ޤަދަރާ އިހުތިރާމުން އެއީ ވަރުދާންއަށް ވަރަށް ޚާއްސަ މީހެއްކަން ހާތިބުގެ ހަރު ސިނކުޑިއަށް ނަގައިގަނެވުނެވެ.

” ތިހާވަރަށް ހައިރާންކަން މޫނުމައްޗަށް ނުގެނަޔަސް ބުނެދީފާނަމޭ އައިސްގެން އުޅޭ ބަދަލު.. އަހަރެންނަށް އަދިވެސް ވަރުދާން ސިފަވަނީ އަހަރެންގެ އުފަން ދަރިއެއްހެން…” ހިލާލު ބުންޏެވެ. ކުރިން އާސިޔާމެންގެ ރަށަށް އަންނައިރު ވަރުދާން ވަރަށް ގިނައިން މި ޝަހަރަށް އައިސް އުޅެއެވެ. ރަސްގެފާނަށް އެއީ ވާބިސްގެ ދަރިއެއްކަން އެނގޭތީ ވަރުދާންއާ ވަރަށް ގާތް ގުޅުމެއް ބާއްވައެވެ. ވާބިސްއަކީ ހިލާލުއާ ވަރަށް ގާތް ކޮށް އުޅުނު އޭނާގެ އެކުވެރިޔެކެވެ. ” މީ ވަރަށް ދިގުވާހަކައެއް.. ފަހުން ކިޔައި ދޭނީ… ހިނގާ އިހަށް އެއްޗެއް ބޯލަމާ…” ހިލާލު ބުންޏެވެ. ހިލާލުގެ ވާހަކަތައް ފަހަށް ބަހައްޓާފައި ހެމީއަށް ގޮވާ ސުފުރާމަތި ތައްޔާރު ކުރުވުމަށް ބުންޏެވެ. އަދި އޭނާގެ އާއިލާގެ އެހެން މެންބަރުންނަށްވެސް މެހުމާނަކު އައިސްހުރިވާހަކަ އެންގުމަށް ބުންޏެވެ. ހާތިބަށް އެންމެ ބޮޑަށް ފާހަގަ ވެގެން ދިޔައީ ރަސްކަމުގައި ހުރި ހަރުދަނާކަމާއި މީހުންނާ ބާ ގާތްގުޅުމެވެ. އެއީ ހާތިބުވެސް އެންމެ ލޯބި ކުރާ ކަންތަކެވެ. މާގިނަ އިރެއް ނުވެ އާއިލާގެ އެހެންމެންބަރުން އެތަނަށް ހާޟިރުވިއެވެ. ހިލާލުގެ އަނބިކަބަލުންނަށް ވަރުދާން ފެނުމާއެކު އެނގިއްޖެއެވެ. އަދި ވަރުދާން އެހާ ދުވަސްކޮށްފައި ފެނުމުން އުފާވާ ކަމުގައި ބުނެ ވަރުދާން އެހާ ހިސާބަށް އައިސްގެން އުޅެނީ ކީއްކުރަންތޯ ސުވާލުކުރިއެވެ. ވަރުދާން އައި ބޭނުން ބުނުމަށްފަހު އެމީހުންނާ ބައްދަލު ވީތީވެސް ވަރަށް އުފާވާކަމުގައި ބުންޏެވެ. ހިލާލުގެ އެންމެ ދޮށީ އަންހެން ދަރިފުޅު ނައިނާ އަކީ ވަރުދާންއާ އެއްއުމުރުގެ މީހެކެވެ. އޭނަގެ ވެސް ހާތިބުއަށްވުރެ ތިންއަހަރު ދޮށި ފިރިހެން ކުއްޖަކާ އެއަށްވުރެ ފަސްއަހަރު ހަގު ފިރިހެން ކުއްޖެއް ހުއްޓެވެ. ނައިނާގެ ކޮއްކޮ ޒަފާލްގެ ވެސް ފިރިހެން ދެބެއިންނާ އަންހެން ކުއްޖެއް ހުއްޓެވެ. އާއިލާގެ ހުރިހާމެންބަރުން ތަޢާރަފުވެލުމަށްފަހު ސުފުރާދޮށަށް ދިޔައެވެ. ކެއުމަށްޓަކައި ތައްޔާރުކޮށްފައިވާ ކާކޮޓަރިވެސް ހީވަނީ އިންސާނުން އުޅޭ ތަނުގެ ނަކަލެއް ހެއްނެވެ. ފާރުގައި ބަދިގެއާ ގުޅޭ ގޮތަށް ތަފާތު ކުރެހުންތަކުގެ ފޮޓޯ ފުރޭމުތައް ހަރުކޮށްފައިވާއިރު ކެއުމަށްޓަކައި އިށީންނަން ހުރި ދިގު މޭޒުގެ ވަށައިގެން ފަނަރަވަރަކަށް ގޮނޑި ބަހައްޓާފައި ހުއްޓެވެ. ސުފުރާމަތި ވަނީ ތަފާތު ކެއުންތަކުން ފުރާލެވިފައެވެ. އެކިއެއްޗެހީގެވަސް އެއްވުމުން ހާތިބަށް އިހުސާސް ކުރެވުނީ އިންސާނުން އުޅޭ ތަނެއްގައި ހުރެވުނީހެންނެވެ.

ކެއުމަށްވެސް އައިސްފައިވާ ބޮޑު ބަދަލު ފެނުމުންވެސް ވަރުދާންއަށް ވަނީ ވަރަށް ބޮޑު ހައިރާންކަމެއް ލިބިފައެވެ. މިހާ ބޮޑު ބަދަލެއް އަންނަން ޖެހުމުގެ ފަހަތުގައި ވަނީ ކޮންކަމެއްތޯ އޭނަގެ ހިތާ އެތައް ފަހަރަކު ސުވާލު ކުރެވިއްޖެއެވެ. އެންމެން އިށީދެ ކެއުމާ އިންސާފުކުރުމުގައި ވަގުތްތައް ގުނަމުން ދިޔައެވެ. ކައިނިމުމުން ނައިނާގެ ދޮށީ ފިރިހެން ދަރިފުޅު ބޭނުންވީ ހާތިބުއާ ގާތް ގުޅުމެއް ބޭއްވުމަށްޓަކައި އެކުވެރިވާށެވެ. އެހެންކަމުން ދެމީހުން ހަމަޖެހިލާގެން ވާހަކަ ދައްކާލުމަށްޓަކައި ނިކުތީ ބޭރަށެވެ. ރާވިން ހާތިބު ގޮވައިގެން ދިޔައީ އެއްފަރާތުގައި ހަދައިފައިވާ ގޭގެ ބޭރު މޭޒު ދޮށަށެވެ. ގޭގެ އެހެންމީހުން ވަރުދާންމެނަށް ފުރުސަތު ދީފައި އެމީހަކު ދިޔައީ އެމީހަކު އުޅޭ ކޮޓަރިއަށެވެ. ” މާޝާﷲ ހިލާލްބެގެ އާއިލާ މިހާ ބޮޑުވެފައިވާތަން ފެނުމުން އަސްލު ވަރަށް އުފާވެއްޖެ… އެތައް ޒަމާނެއްފަހުން ފެނުނު އިރު ރަށަށްވެސް އަދި ހުރިހާކަމަކަށްވެސް ބަދަލު އައިސްފައި މިވަނީ….” ވަރުދާން އޭނާގެ ހިތުގައި އުފެދެމުން އަންނަ ސުވާލު ތަކުގެ ޖަވާބު ހޯދުމަށްޓަކައި ބުންޏެވެ. ” އެވާހަކަތައް ކިޔައި ދޭންވީ ދޯ އެނގޭ ތިހުރީ ވަރަށް ބޮޑަށް އެނގެން ބޭނުންވެފައިކަން.. އެއީ ވަރުދާން އާސިޔާއާ ކައިވެނިކޮށްގެން ދިޔަތާ ފަސްއަހަރު ފަހުން ދިމާވި ހާދިސާއެއް..” ހިލާލު ކިޔައި ދޭން ފެށިއެވެ.

ރަވާހިބުއަކީ ހިލާލުމެނާއެކު އުޅޭ އެމީހުންގެ ވަރަށް ގާތް އެކުވެރިއެކެވެ. ބުނާނަމަ އެއީ އެއްއަތްފަދަ ރަހުމަތްތެރިއެކެވެ. ވަރަށް ގިނަ ކަންކަމުގައި ހިލާލަށް އެހީތެރިވަމުން އަންނަ މީހެކެވެ. އޭނައަކީ ހިލާލުމެން ގޮތަށް ދާއިމަށް ހިކިފަސްތަނެއްގައި އުޅެވޭފަދަ މީހެއް ނޫނެވެ. އޭނަ އުޅެމުން އަންނަނީ ކަނޑުގައެވެ. އޭނަގެ ބައްޕަގެ ހަނގުރާމައިގެ ލަޝްކަރާ ހަވާލުވެގެން ހުންނަ އެލަޝްކަރުގެ ވެރިޔާއެވެ. ލަޝްކަރަށް ޓްރެއިނިން ދިނުމަށްޓަކައި ލަޝްކަރު ގޮވައިގެން ރަވާހިބު އެކި ސަރަހައްދަށް ދެއެވެ. އެގޮތުން އެއްފަހަރެއްގައި އިންސާނުން އުޅޭ ހިސާބަކަށް ލަޝްކަރު ގޮވައިގެން ދިޔަފަހަރެކެވެ. ލަޝްކަރުގެ ޓްރެއިނިންތައް އެދުވަހަށް ނިންމުމަށްފަހު ރަވާހިބު އެރީ އެއްގަމަށެވެ. އިންސާނުން އުޅޭ ތަނަކަށް ވާތީ އޭނާވެސް ބޭނުންވީ އިންސާނެއްގެ ސިފަ ޖެހިގެން އެތާގައި އުޅެލުމަށެވެ. އެގޮތުން އިންސާނެއްގެ ސިފަޔަށް ބަދަލުވެގެން އައިސް އިށީނީ ވެއްޓިފައިވާ ރުކެއްގެ ބުޑުމަތީގައެވެ. އެއީ ދުވާލުގެ ހަވީރުގެ ވަގުތުކަމުން އެސަރަހައްދަށް ވަރަށް ގިނަ މީހުންތައް އަންނަމުން ދިޔައެވެ. އިންސާނުންގެ ހުރި ރީތި ސިފަތަކާ އެމީހުންގެ އެހުންނަ މަޖާ ވައްޓަފާޅިތައް ފެނުމުން ރަވާހިބުވެސް ކުޑަހިނދުކޮޅެއްގެ ތެރޭގައި އެތަނަށް ލޯބިޖެހުނެވެ.

އިރު އޮތްސެންގާތްވެފައި ހުއްޓާ އެތަނަށް ކޮނޑާ ހަމަޔަށް އޮތް ފަން އިސްތަށިގަނޑެއްގެ މީހަކު އަންނަނިކޮށްފެނުނެވެ. ލާފައިވާ ކުރު ސޯޓުން ފައިގެ ބޮޑުބައެއްވެސް ފެންނަން ހުއްޓެވެ. މަތިންލާފައިވާ ޓޮޕްކޮޅުވެސް އެހާ ކުރެވެ. އޭނަ ލާން ގެންގުޅޭ ތުނި ފައިވާނު އޭނާގެ އަތުގައި އޮތެވެ. ކޮނޑުގެ އެއްފަރާތަކަށް ވާގޮތަށް އަޅައިގެން ހުރި އަތްދަބަހުގެ ދިގުމިން އުނަގަނޑަށްވުރެ ތިރިއަށް ހުއްޓެވެ. ދޮންކަމުންވެސް އެހާދޮނެވެ. ހޫނު އަތްވެއް ދޭ ދުވަހެއްގައި ހަމަ ޔަގީނުންވެސް އޭނަޔަކަށް އެތާކު ނޫޅެވޭނެއެވެ. ފިނި ކަމެއް ލިބިފައިވާ ގައުމެއްކަމުން މަދުން މީހަކު ނޫނީ އެގޮތަށް ހުއްޓާ ނުފެނެއެވެ. ކޮންމެއަކަސް ރަވާހިބުގެ ހިތުގައި އެއަންހެން ކުއްޖާއަށް ޚާއްސަ ދަރަޖައެއް އުފެދިއްޖެއެވެ. ރަވާހިބުގެ ލޮލުގައިވާ ނޫކުލައިގެ ކަޅި އިތުރަށް ކުލަ ގަދަވަމުން ދިޔައެވެ. ޗިންކާ ހިނގަމުން އަންނަނިކޮށް ކުރިމަތިން ފިރިހެން ގުރޫޕެއް ދިމާކޮށްލައިފިއެވެ. ބަލާކަށް ނުތިބެ ޗިންކާގެ ދަބަސް އަތުލާގެން ދުއްވާގަތެވެ. އެމީހުންގެ ފަހަތުން އިރުކޮޅެއް ވަންދެން ޗިންކާވެސް ދުވިއެވެ. ނަމަވެސް އެމީހުން އަތުލެވޭ ގޮތެއް ނުވިއެވެ. އޭނަގެ ދަބަސް ފޭރިގެން ދަނީ ކަމުގައި ބުނެ އަޑުނެތްކޮޅަށް ހަޅޭ ލަވައިގަތެވެ. މިމަންޒަރު ބަލަން ހުރި ރަވާހިބު އަޅާ އިތިކޮށްފައި ދުމެއްޖަހާފަ ދުއްވާއިގެންފިޔެވެ. އޭނަ މާދުރަކަށް ދުވާކަށް ނުޖެހުނެވެ. ދަބަސް ހިފައިގެން ހުރި މީހާގެ ބުރަކަށީގައި އެތިފަހަރެއް އަޅުވާ ބިންމައްޗަށް ވައްޓާލައިފިއެވެ. އޭނަ ވެއްޓުމާއެކު އޭނަގެ އަތުގައި އޮތްދަބަސް ރަވާހިބު ނެގިއެވެ. ފަހަތުން ދެންތިބި މީހުންތައް ރަވާހިބާ ދިމާކޮށްލައިފިއެވެ.ދެކޮޅުން ތަޅަންފެށުމުން އެތަނަށް ވަރަށް ގިނަ މީހުންތައްވެސް ޖަމާވިއެވެ. ރަވާހިބު އޭނާގެ އަސްލު ބާރު ދައްކާކަށް ބޭނުމެއް ނުވިއެވެ. އެމީހުންގެ ފަރާތުން މަދުން ނަމަވެސް ހަމަލާތައް އަމިއްލައަށް ހޯދައިގެން އެމީހުން ބިންމައްޗަށް ތިރިކޮށްލައިފިއެވެ. ދަބަސް ހިފައިގެން އެނބުރި އައިސް އެއަންހެންކުއްޖާގެ އަތަށް ދިނެވެ. ޗިންކާ ރަވާހިބުއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރިއެވެ. އަދި އިރުކޮޅެއް ވާންދެން އެތާގައި ވާހަކަ ދައްކާން ހުއްޓެވެ. ޗިންކާއަށް ރަވާހިބުގެ ހުރިހާ ސިފަތަކެއް ކަމުދިޔައެވެ. އޭނާއަށް ރަވާހިބު ސިފަވެގެން ދިޔައީ ހީރޯއެއްގެ ގޮތުގައެވެ. އޭނާއަށް ކޮށްދިން ކަންތަކުގެ ބަދަލު ދިނުމުގެ ގޮތުން ޗިންކާއެދުނީ އޭނާއާއެކު ކައިރީގައި ހުރި ކެފޭއަކަށް ކޮފީ ބުއިމަށް ދާށެވެ. ރަވާހިބު ފުރަތަމަ އެކަމަށް ދެކޮޅު ހެދިއެވެ. ނަމަވެސް ޗިންކާ އެހާ ވަރަށް ކިޔާތީ އޭނާއާ އެކު ދިޔައެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

” މިދެލޯ ފުހެލަ ދޭށޭ ލޯބިން ” ކިޔުންތެރިންގެ ސަމާލުކަމަށް!

Next

ނުވާނެމޭ ބަދަލެއް ހުވާޔާރާ…(10)

Next
July 16, 2020

ނުވާނެމޭ ބަދަލެއް ހުވާޔާރާ…(10)

Previews
July 16, 2020

” މިދެލޯ ފުހެލަ ދޭށޭ ލޯބިން ” ކިޔުންތެރިންގެ ސަމާލުކަމަށް!

4 Comments!

  1. thiththa says:
    July 16, 2020 at 8:48 pm

    masha allah kudhu…..great job…..it was interesting ….and adventurous …cant wait for next part <3

    1. kudhoo says:
      July 17, 2020 at 6:14 am

      ???Thank you thiththa….

  2. Ram says:
    July 16, 2020 at 11:43 pm

    Maasha allah haadha reehchy???

    1. kudhoo says:
      July 17, 2020 at 6:15 am

      ??? Thank you Ram????

Comments are closed.

Next Episodeޝަހަރު 22ވަނަބައި←


All Right Reserved!