Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

“އެސް ސީ އޭ ގެ ޝިކާރަވެރިޔާ 6”

Anusha Mohamed Level 110 Stories100 Login
July 15, 2020 2 Mins Read
0 Comments

އިރުގަނޑެއްފަހެވެ. ހާވަމުން ދިޔަ ކަބަޑެއްގެ ތެރެއިން ނޫކުލައިގެ ފައިލެއް ލޮލުގައި އަޅައިގަތެވެ. ފައިލުގެ ބޭރުގައި އެހެން ފައިލުތަކާއި ޚިލާފަށް ރަތް ކުލައިން “ސޮޕައިނޮސެރެބެއްލާ އެޓެކްސިޔާ (އެސް ސީ އޭ ) ކޭސެސް އެންޑް ސްޓަޑީސް” ޖަހާފައިވެއެވެ.އަވަހަށް ކަބަޑުތެރެ ރީތި ކޮށްލާފައި މަންމައަންނަން ވާއިރަށް ކޮޓަރިން ނުކުމެ ތަޅުލާފައި އެ ފައިލު ހިފައިގެން އަހަރެންގެ ކޮޓަރިއަށް ދިޔައީމެވެ.

ފައިލުގައި ހުރީ ބުކްލެޓް ތަކެކެވެ. ކޮންމެ ބުކްލެޓެއްގެވެސް ފުރަތަމަ ގަނޑު ވަނީ ލެމިނެޓް ކޮށްފައެވެ. އަހަރެން ފުރަތަމަ ނެގި ބުކްލެޓްގައި ވަނީ “އެސް ސީ އޭ 8 (އައި އޯ އެސް ސީ އޭ) ” މިގޮތަށް ލިޔެފައި އޭގެ ތިރީގައި ހާޝިމް ޖަހާފައި ވެއެވެ. އަހަރެން ބުކްލެޓްގެ ދެން އިން ޞަފްޙާ ކިޔަން ފެށީމެވެ.  “ސީމްޕްޓޮމްސް” މި ސުރުޚީ ގެ ދަށުގައި ލިޔެފައިވަނީ ހިނގަން އުނދަގޫވުމާއި، ކާން އުނދަގޫވުމާއި، ހަށިގަނޑު ބެލެންސް ކުރުމަށް އުނދަގޫވުމާއި، ވާހަކަ ދައްކަން އުނދަގޫ ވުމާއި، ހަށިގަނޑުގެ އެކި ގުނަވަންތައް މަސައްކަތް ކުރުމަށް އުނދަގޫވުމާއި މިނޫންވެސް، އެ ބަލި ޖެހުމުން ދިމާވާ އެކިއެކި ކަންތައްތަކެވެ. މި ބުކްލެޓްގެ އެންމެ ފަހަތު ޞަފްޙާގައި ހާޝިމް މިހާރު ވަނީ ރީހަބަށް ފޮނުވާލާފައި ކަމަށް އޭގައި ލިޔެފައި އޮތެވެ. އަހަރެން އެހެން ބުކްލެޓް އެއްނެގީމެވެ. މީގައި ބޭރުގަނޑު ވަނީ ރަތް ކުލައިގައެވެ. ލިޔެފައިވަނީ “އެސް ސީ އޭ 10” މިހެންނެވެ. އަހަރެން އަވަހަށް ފުރަތަމަ ޞަފުޙާ ހުޅުވީމެވެ. އަހަރެންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ޕޭޝަންޓް މާހިން ޖަހައިފައި އިންތަން ފެނުމުންނެވެ. ގައިން ހީބިހި ނަގައިފިއެވެ. މުޅި މީހާ ދާހިއްލާ ފޯވެއްޖެއެވެ. ހިތްގަނޑު އަނގައަށް އަންނަ ކަހަލައެވެ. އަތާއިފައި ތުރުތުރު އަޅަން ފެށިއެވެ. އަވަސް އަވަހަށް ލިޔުން ކިޔައި ނިންމައިފީމެވެ. ލެޕްޓޮޕް ނަގާފައި “އެސް ސީ އޭ 10″ ޖަހާފައި ގޫގަލް އިން ސާޗް ކުރީމެވެ.

” ސޮޕައިނޮސެރެބެއްލާ އެޓެކްސިޔާ ” ނަމަކަށް ކިޔާ މިބައްޔަކީ މިހައިތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ ބައްޔެކެވެ. މި ބަލި ޖެހޭމީހުން އެކި ސްޓޭޖްތަކަށް ބަހައިލައިފައި ވެއެވެ. ނިކަމެތި މާހިން ގެ ކޭހުން ފެނިގެންދަނީ އެސް ސީ އޭ 10 ގެ އަލާމާތްތަކެވެ. 9 އަހަރަށް ދިގުދެމިގެންދާ މިބައްޔަށް އިތުރު އެއްވެސް ފަރުވާއެއް ނެތްކަމެވެ. މިގޮތަށް މި ފައިލް ކިޔަންއިންދައި އަހަންނަށް ކުއްލި ސިހުމެއް ލިބުނީ މަންމަ ކޮޓަރި ދޮރުގައި ޓަކިޖެހި އަޑަށެވެ. އަހަރެން ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފޮހެލަމުން ތެދުވީމެވެ. އަދި ފައިލަށް ހުރިހައި ގަނޑުތަކެއް އެޅުމަށްފަހު އަލަމާރިއަށް ލައި ފޮރުވީމެވެ. ދޮރު ހުޅުވާފައި ކިހިނެތްވީތޯ މަންމަ ގާތު އެހުމުން “ދަރިފުޅު ލޯ ހާދަ ދުޅަޔޭ! ބަލީތަ؟ އަދިވެސް ނުނިދަންދޯ؟ މަންމަ އަހަންނާ ސުވާލު ކުރަމުން ދިޔައެވެ. “ފިލްމު ބަލަން އޮއްވާ ނިދުނީ.. އެހެންވެގެން ކަންނޭގެ..” އަހަރެން މަންމަ ކައިރީ ވީގޮތް ނުބުނަން ހުރީމެވެ. މަންމަ ދިއުމުން ލޮލުގައި ހިފެހެއްޓިފައިވާ ކަރުނަތައް ބޭއިޚްތިޔާރުގައި ފައިބަން ފެށިއެވެ. ބޮލު ތެރޭ އެނބުރެމުން ދިޔަ ސުވާލުތަކާ ދޭތެރޭ ވިސްނަން އޮއްވާ އަހަންނަށް ނިދިއްޖެއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anusha Mohamed

Level 110 Stories100 Login

<21 writer

Other Articles

Previous

އިމްތިޙާން 16

Next

“އެސް ސީ އޭ ގެ ޝިކާރަވެރިޔާ 7”

Next
July 15, 2020

“އެސް ސީ އޭ ގެ ޝިކާރަވެރިޔާ 7”

Previews
July 15, 2020

އިމްތިޙާން 16



All Right Reserved!