މާޒްގެ އަތްމައްޗަށް ހުރަސްވެފައިވާ މަލަކްގެ ދިގުއިސްތަށިގަނޑު ރޫޅިގެން ތިރިއަށްފޭބުމާއެކު ވައިރޯޅީގެ އެހީގައި އެއިސްތަށިގަނޑު ވިހުރިލަ ވިހުރިލާ އޮތް މަންޒަރަކީ ފެންނަމީހުން އަޖާއިބު ކުރުވާފަދަ ރީތި މަންޒަރެކެވެ. މަރާލެވިފައިވާ ދިގުއެސްފިޔަތަކުގައި އުފެދިފައިވާ ތުރުތުރާއިއެކު މަލަކްގެ ދޮންމޫނުން ފާޅުވޭވޭ ހުރި ބިރުވެރިކަމަކުން އޭނާ ވަކިން ރީތިހެންހީވެއެވެ. މަލަކް މޫނާއިދިމާއަށް ގުދުވެގެން އޮވެ އެހާކައިރިން އެމޫނަށް ނަޒަރު ހުއްޓާލެވުނު ވަގުތު މާޒްގެ މެޔަށްވެސް ފިނިވެގެން ދިޔައެވެ. ފުރަތަމަ ފަހަރަށް މަލަކްގެ ރީތިކަން ގަބޫލުކުރަން އޭނާއަށް މަޖުބޫރުވި ވަގުތުކޮޅަކީވެސް އެއީއެވެ.
” މަލަކް.. ޔޫއާރ ފައިން. ލޯހުޅުވާލާފަ ބަލާބަލަ! އަހަރެން މިހުރީ މަލަކް ވެއްޓުނަނުދީ ހިފަހައްޓައިގެން. ” ސަލާމަތުން އޮތް އަތުން މަލަކްގެ ކޯތާފަތުގައި މަޑުމަޑުން ޖަހާލާފައި މާޒް ވާހަކަދެއްކިއެވެ. މަލަކްގެ ކަންފަތުގައި އެއަޑުޖެހުމާއިއެކު އޭނާ ލޯހުޅުވާލީ ކުއްލިއަކަށެވެ. “ތެންކްސް މާޒް” މަލަކް ނަގާ ސިޑީގެ ހަރުފަތްމަތީގައި ބެހެއްޓުމާއެކު އޭނާ ބުނެލިއެވެ. މާޒްއަށް އަދިވެސް މަލަކްގެ އުނަގަނޑުން ދޫކޮށްނުލެވޭކަން އޭނާއަށް އިހްސާސްވީ މަލަކް އެހެންބުނީމައެވެ. “އަވަހަށް ހިނގާ ދަމާ!” މަލަކް ބުނެލިއެވެ.
ރެސްޓޯރަންޓްގައި އިން އިރު މާޒްގެ ސަމާލުކަން ހުސްވެފައިވަނީ އޭނާގެ ފޯނަށެވެ. މަލަކް އިނީ ވާހަކައިގައެވެ. މާޒްގެ ފޯނު ޖީބަށްލީ ކާއެއްޗެހި ގެނައުމުންނެވެ. މާޒްގެ ސަމާލުކަން މަލަކަށް ނުދިންކަމުގައިވިޔަސް މަލަކް ޝަކުވާއެއް ނުކުރެއެވެ. މާޒަށް އެވަގުތު ފުރަތަމަ ފަހަރަށް ވިސްނާލެވުނެވެ. މާޒް ފުރަތަމަ ފެނުނިއްސުރެ މަލަކް އޭނާ ދެކެ ވާލޯތްބަކަށް ބަދަލެއް ނާދައެވެ. މާޒް އޭނާދެކެ ލޯބިނުވީކަމުގައިވިޔަސް މަލަކް މާޒަށް އަޅާލައެވެ. މާޒްވެސް މަލަކްގެ ވާހަކައިގައި ބައިވެރިވެލިއެވެ. ދެމީހުންވެސް ކެއުން ނިންމުމަށްފަހު އަވަހަށް ގެއަށް ދިޔައީ ޖެހިގެން އަންނަދުވަހު ކޮމްޕެނީއަށް ނިކުންނަން ޖެހޭނެތީއެވެ.
******
ފިލްމު ބަލަން އޮތްވާ އީޝަލްއަށް ނިދުން އިރެއްވެސް ނޭނގުނެވެ. މަޑުމަޑުން ދެލޯ ހުޅުވާލީ ފޯނުގެ އެލާމްގެ އަޑަށެވެ. އެލާމް ކަނޑާލުމަށްފަހު މޫނު މަތީ ބާލިސް އަޅާ ބާރުކޮށްލީ އަދިވެސް ފަސް މިނެޓު ނިދާލަން ބޭނުންވާތީއެވެ. އަނެއްކާވެސް ފޯނު އެލާމްވާން ފެށިއެވެ. މިފަހަރު އީޝަލް ކަންނެތްކަމާއިއެކު ތެދުވެއްޖެއެވެ. ހޭވިފައިވާ ފަން އިސްތަށިގަނޑުގައި ހުޅިއެއްޖަހާ އިސްތަށިތައް ހައްޔަރުކޮށްލިއެވެ.
ކައިރީގައި ހުރި އެނދާދިމާ ބަލާލިއިރު އެއެނދުގައި އާލިޔާއެއް ނެތެވެ. އީޝަލްއަށް ރަނގަޅަށް ގަޑިއަށް ބަލާލެވުނީ އެވަގުތެވެ. ގަޑިން 8 ޖެހީއެވެ. އަވަހަށް ފާޚާނާއާ ދިމާއަށް ދުއްވައިގަތީ ތައްޔާރުވުމަށެވެ. ކާގެއަށް ދިޔައިރު އެންމެން ތިބީ ހެނދުނުގެ ސައިބޯށެވެ. “ދޮންތައަށް ވަރަށް ގޮވިން. މިތެދުވަނީއޭ ބުނީމަ ފަހުން ނުގޮވީވެސް!” އީޝަލް އަންނަތަން ފެނުމުން ސައިބޯންއިން އާލިޔާ ވާހަކަދެއްކިއެވެ. “އަހަރެން މިދަނީ ..މިހާރު ގަޑިވެސް ޖެހެނީ !” އީޝަލް ދޮރާއި ދިމާއަށް ދުވެފާ ދަމުން ބާރަށް ބުނެލިއެވެ. “އެތަނުން ރަނގަޅަށް ކާތި!” އީޝަލްއަށް އިވޭނެ ވަރަށް ހުމޭރާ ބުނެލިއެވެ. އީޝަލްއަށް މަންމަގެ އަޑު އިވުމުން ތުންފަތަށް ވެރިވީ ލުއި ލުއި ހިނިތުންވުމެކެވެ.
އީޝަލްއަށް ސިހުމެއްލިބުނީ ދޮރުހުޅުވާލުމާއިއެކު ދޮރު ކުރިމަތީގައި އޮތް ރަތްކުލައިގެ ފިނިފެންމާ ފެނުމުންނެވެ. ފިނިފެންމާ ނެގުމަށްފަހު ވަށައިގެން ނަޒަރު ހިންގާލީ ކާކު ދިން އެއްޗެއްތޯ ބެލުމަށެވެ. އީޝަލްގެ ލޮލުގައި ދެން އަޅައިގަތީ އޭގައިވާ ނޯޓްކޮޅެއެވެ. ” އީޝަލްއަށް، އުފާވެރި ދުވަހަކަށް އެދެން.” އޭގައި ލިޔެފައިވަނީ މިހެންނެވެ. އީޝަލްއަށް އެއްގޮތަކަށްވެސް އެދިންމީހެއް ނޭނގުނެވެ. އީޝަލްއަކީ ހުރިހާ ވައްތަރެއްގެ މާ ދެކެވެސް ލޯބިވާ މީހެއް ކަމުން އޭނާއަށް އެމާ އެއްލާލާކަށް ނުކުރުނެވެ. “އާލިޔާ! އާލިޔާ” އީޝަލްގެ އަޑަށް ސައިބޯންއިން އާލިޔާދުވެފައި ދޮރު ކައިރިއަށް ދިޔައެވެ. “މި ރޯސް ކޮޓަރީގަ ބާންދާ.” އާލިޔާ އަތަށް ފިނިފެންމާ ދިނުމަށްފަހު އީޝަލް ދުއްވާގަތީ ލަސްވާތީއެވެ.
“ކޮންމަލެއް” ރިދްވާނަށް އާލިޔާގެ އަތުގައި އޮތް ފިނިފެންމާ ފެނުމުން ސުވާލުކޮށްލިއެވެ. “ނޭނގެ! ދޮންތަ ބުނީ ކޮޓަރިގައި ބައިންދާށޭ.” އާލިޔާ އޭގައި އިން ނޯޓްކޮޅު ކިޔަމުން ރިދްވާނަށް ޖަވާބު ދިނެވެ. “ތިވާނީ ކޮންމެވެސް ފިރިހެންކުއްޖެއް ދިން އެއްޗަކަށް.” ރިދްވާން ބުނެލިއެވެ.
********
މޫސުމް ރީއްޗަށް އޮވެފައި ވާރޭ އޮއްސާލީ އީޝަލްއަށް ޓޭކްސީއެއްވެސް ނުލިބި އުޅެނިކޮށެވެ. އަވަހަށްދުވެފައި ގޮސް ގެއެއްގެ އަސްކަނިދޮށުގައި މަޑުކޮށްލީ ބޯކޮށް ވެހެންފެށި ވާރޭން ސަލާމަތްވުމަށެވެ. އެވަރުންވެސް މީހާ ކޮންމެސް ވަރަކަށް ހުރީ ތެމިފައެވެ. ކޮންމެ ގޮތެއްވިޔަސް ދެން އޮފީހަށް ދެވޭނީ ގަޑިޖެހިގެންކަން އީޝަލްއަށް އެނގެއެވެ. އަޔާނަށް މެސެޖް ކުރަން އުޅެފައިވެސް، ނުކުރީ އަޔާން އެއީ މިހާރު އެތަނުގެ ބޮޑުމީހާ ނޫންވީމައެވެ. ދެޚިޔާލެއްގައި ހުރެފައި އަޔާނަށް އީޝަލް މެސެޖްކޮށްލިއެވެ. މެސެޖްފޮނުވިތާ އިރުކޮޅެއްވެސް ނުވަނީސް އަޔާންގެ މެސެޖެއް އައިސްފިއެވެ. އެމެސެޖްގައިވަނީ ކޮންތާކުހޭ އަހާފައެވެ. އީޝަލްއެޔަށް ޖަވާބެއް ނުދެއެވެ. އަޔާން މިހާރު އީޝަލްއަށް ދެތިން ފަހަރަކު ގުޅާވެސް ފިއެވެ. ގުޅާ ކޮންމެ ފަހަރަކު އީޝަލް ފޯނު ކަނޑާލައެވެ.
މިހާރު އަސްކަނި ދަށުގައި ހުންނަތާ ގާތްގަނޑަކަށް 20 ވަރަކަށް މިނެޓްވީއެވެ. އަދިވެސް ވާރޭ ތުނިކޮށްލާކަށް ނޫޅެއެވެ. އީޝަލްހުރީ ހީވެސް ގަނެފައެވެ. މިފަދަ ދަޑިވަޅެއްގައި ޓެކްސީއެއްވެސް ލިބުން ކަމަކަށް ނުވިއެވެ. ކާރުގެ ބަރުގޮނުގެ އަޑަށް އީޝަލްގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. ބަރުގޮނުގެ އަޑު އިވުނީ ކުރިމަތީގައި އޮތް ކާރުންނެވެ. އޭނާއަށް ވަގުތުން އެއީ އަޔާންގެ ކާރުކަން އެނގިގެންދިޔައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.



Haadha kurey
Yeah.. Dhigu kollinama…. Dhn oi bai vvvvvvvvv avahah up kolladhehchey.. Ingeyyyy…… Please… ???????☺️?
Dhn oiy bai dhigukohlaanan?
Oops…. Name jahan ves handhaaneh nuvi…. ???????
vvvvvv reethi .. unmeedhu kuran dhn anna bai vx reethi vaane kamah .. dhn anna bai dhigu kohlachey ingey
Up kuraaleh haadha lahey dhw
Bunymehnnu 19,20 ehkoshey nereny ☺️
Sorry everyone busy kamun adhi up nukohlevigen ?dhn in bai varah avahah up kohlaanan ?
Please avahah neriba Hama mihunnane kehmadhuvefa?
ނެކްސްޓް ޕާޓް އަޕްވާނީ ކޮންއިރަކުންތަ؟؟؟ ވަރަށް ރީތި މި ޕާޓްވެސް
Plz plz plz Avahah up kohladheeba.. Can’t wait. Please
Plz plz plz plz Next part avahah up kohladheeba. Can’t wait. Please
Yeah…. Varah avahah up kohbala dhen oi bai….. ☺️☺️☺️
Wow ?