ފިޔަފަތް 2
* “ސާބަހޭ ޒައީ.. އިންޓަނެޓްއިން ސަރޗް ކޮއްބަލަ މިސްކޫލްގެ ހިސްޓަރީ.. މިއީ ވަރަށް އޯލްޑް ތަނެއް އަލުން ހަދާފައި.. މިހާރު މިތަނުން ކިޔެވި މީހުންވެސް މުސްކުޅި ވެގެން މަރުވެފައިވާކަމަށްވެސް ބުނޭ…” ޒައިދާން ކިޔައިދިނެވެ. “އެހެންތަ…؟ ޒައި ފަހުން ބަލާލާނަން…” ޒައިލީން އެހެން ބުނެފައި ދޮރާ ދިމާލަށް ބަލާލެވުނީ މީހަކު ހުރިހެން ހީވެގެންނެވެ. *
“އޯވްހް.. ކާކަށް ގުޅައިގެން..؟ ސްޕެޝަލް ފްރެންޑްތަ..؟” އަލްޔާ ލާނެތް ހިނިތުންވުމަކާއި އެކީ ލޯ ހަނި ކޮއްލަމުން އައިސް ޒައިލީން ގާތު އިށީނެވެ. “އޭނ..؟ ނޫނޭ ނޫނޭ.. އެއީ ޒައިގެ ދޮންބެޔޭ..” ޒައިލީން ހީގަނެފައި ބުނެލިއެވެ. “އެހެންތަ..؟” ހަމަ އެހުރިގޮތަށް އިނދެ އަލްޔާ އެއްސެވެ. “ނޫނޭ.. އިންޓަނެޓްއިން ބަލާބަލަ މިހާރުވެސް ކުދިންގެ ލިސްޓް.. އަހުމަދު ޒައިދާން..” ޒައިލީން ބުނެލިއެވެ. އަލްޔާ ލިސްޓަށް ގޮސްފައި ޒައިދާންގެ ފޮޓޯއަށް ބަލާލިއެވެ.
“މީ ޒައިގެ ދޮންބެއަކީ..؟ ފުދޭވަރަކަށް ވައްތަރު..” އަލްޔާ ހީލައިގެން އިނދެ ބުނެލިއެވެ. “އަލްޔާ ކޮން ކްލަބެއް..؟ ދޮންބެ ބުނީ ކޮންމެވެސް ހެއިލަންއަކާ ދޮންބެޔާ ޒައިއާއި އުޅެނީ އާރޓް ކްލަބުގަޔޯ.. އަލްޔާ..؟” ޒައިލީން އެއްސެވެ. “ޒައިވެސް އާރޓް ކްލަބްތަ..؟ އަލްޔާވެސް އާރޓް ކްލަބްގައި..” އަލްޔާ ބުނެލިއެވެ. “ވަރަށް އުފާވެއްޖެ.. ރޫބީއާއި ލައުރާއޯ..؟” ޒައިލީންއަށް އެހުނެވެ.
”އެދެމީހުން އުޅެނީ އިންވަޔަރޮމެންޓް ކްލަބްގައި.. ނައިކެންއާއި އައިދިންއާއިއެކީ.. އަސްލު ޒައިއަށް އެނގޭތަ މިވާނުވާ..؟ އަލްޔާމެންނާއި ޒައިގެ ދޮންބެއާއި ހެއިލަންއަކީ ޓީމްއެއް.. އެގޮތަށް އައިދިން ނައިކެން އަދި ރޫބީއާއި ލައުރާއަކީ ޓީމްއެއް.. އެގޮތަށް އަހަރެމެން މިސްކޫލްގައި ކޮންމެކްލަބެއް ކޮންމެ ކްލަބަކާއި ވާދަ ކުރާނީ ކޮންމެ އަހަރަކު.. ދެން މޮޅުވާ ބަޔަކަށް އިނާމެއް ދެވޭނެ.. އެގޮތަށް ދިޔައިމަ ބައިވަރު ފައިޓްތައް ވެސް ހިނގި.. އަހަރެމެންގެ ސީނިއަރސް އެކަހަލަ ފައިޓަކަށްފަހު އެކަކު އަނެކަކާއި އަނގައިން ބުނެވެސް ނުލާ..” އަލްޔާ ކިޔައިދިނެވެ. “އަލްޔާ ޒައިއަށް ކިޔައިދޭންވީނު މިތަނުގެ ހިސްޓްރީ އާއި އެހުރިހާ އެއްޗެހި.. ލައިކް ރޫލްސް އެންޑް ރެގިއުލޭޝަންތައް އަދި ޓްރެޑިޝަންތައް.؟” ޒައިލީން އެދުނެވެ. އަލްޔާ ކިޔައިދޭންފެށިއެވެ. އޭރު ގަޑިން މެންދުރު ބާރަ ޖަހަނީއެވެ.
ޒައިލީންގެ ފޯނުން ބަންގި ގޮވަންފެށި އަޑަށް ދެކުދިންވެސް ދިޔައީ ސިއްސައިގެންނެވެ. ”ނަމާދު ކުރަން މިދަނީ.. އަލްޔާ ނަމާދު ނުކުރަންތަ..؟” ޒައިލީން ތެދުވަމުން އެއްސެވެ. “ނޫން.. ނަމާދުކުރަމޭ.. ޒައި ހީކުރީ މުސްލިމުން އުޅެނީ ރާއްޖޭގައި އެކަނިކަމަށްދޯ..؟” އަލްޔާ ތެދުވަމުން ބުނެލިއެވެ. ”ނޫނޭ މެލޭޝިޔާ ގައިވެސް މުސްލިމުން އުޅޭ..” ޒައިލީން ފާޚާނާއަށް ވަނުމުން އަލްޔާ ކޮޓަރިން ނުކުތެވެ. ޒައިލީން ވުޟޫކޮއްލައިގެން އައިސް މެންދުރު ނަމާދުކުރިއެވެ.
އޭރު ބޭރުން ނޫޑްލްސްގެ ވަސްގަނޑު އަރަމުން ދިޔައެވެ. ޒައިލީން ނުކުމެފައި އަލްޔާ ގާތަށް ޖެހިލިއެވެ. އޭރު އަލްޔާ ނޫޑްލްސް ކައްކަނީއެވެ. “ޒައިވެސް ބޭނުން ކައްކަން..” ޒައިލީން ބުނެލިއެވެ. “ތެންކިއު.. ހެލްޕެއް ދޭތީވެގެން.. ކުރިން ތިން މީހުން ހުންނައިރު ގިނައިން އަލްޔާ އެކަނި ކައްކާފައި ކަނީ.. އެއީ ރޫބީއާއި ލައުރާ ކްލަބަކަށްވީމައި.. ޔޫ ނޯ..؟ ބައެއްފަހަރު ވަރަށް ދުރުކޮށް އުޅޭނީ.. ދެން ޒައި އައީމަ އަލްޔާއަށްވެސް ޕާޓްނަރއެއް ލިބުނީނު..” އަލްޔާ ބުނެލިއެވެ. “ހްމްމް..” ޒައިލީން މިރުސް ނަގާފައި ކޮށަމުން ބުނެލިއެވެ. މުޅި އެޕާޓްމެންޓް ތެރޭގައި އެނޫޑްލްސްގެ މީރު ވަސްގަނޑު ފެތުރެމުން ދިޔައެވެ. އިރުކޮޅަކުން ދެކުދިން ތަފާތު ވާހަކަތައް ދައްކަމުން ކައްކައި ނިންމާލިއެވެ.
“އޯކޭ.. ޒައި ނޫޑްލްސް ތަށިތައް މޭޒުމައްޗަށް ލާނަން.. އަލްޔާ ގެނެސްދޭތި އުލާއި ސަމްސާތައް..” ޒައިލީން ބުނެލިއެވެ. “ޒައި ކޮންތާކަށް ތިދަނީ..؟” އަލްޔާ އެހެން އެހީ ޒައިލީން އެހެން ބުނެލި ރާގުންނެވެ. “އެބަ އަންނަން ކޮޓަރިއަށް ގޮސްފައި..” ޒައިލީން ކުރަންދާ ކަމެއް ނުބުނެ ކޮޓަރިއަށް ވަނެވެ. އަދި ފާޚާނާއަށް ވަދެފައި އައިސް އަލްޔާއާއިއެކީގައި ކައި ނިންމާލިއެވެ. އޭރު ގަޑިން ތިނެއް ޖަހަނީއެވެ.
“މިއަދު ޒައި ދާންވާނެ އަލްޔާއާއިއެކީގައި ޝޮޕިންއަށް..” އަލްޔާ ބުނެލިއެވެ. “އޯކޭ.. ކޮންއިރަކުން ދަނީ..؟” ޒައިލީން އެއްސެވެ. “އިރުކޮޅެއް ފަހުން..” އަލްޔާ ޖަވާބުދީފައި ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ.
ޒައިލީންވެސް ކޮޓަރިއަށް ގޮސްފައި ހެދުން ބަދަލު ކުރިއެވެ. އަދި މާދަމާ ސްކޫލަށް ދާންވާއިރަށް ފޮތްތައް ތައްޔާރު ކުރިއެވެ. ފުދޭވަރަކަށް ވަރުބަލިވެފައި ހުރުމުން ޒައިލީން ބޭނުންވީ އިރުކޮޅަކަށް ނިދާލާށެވެ. ޒައިލީން ފޯނު އެލާމަށްލަމުން އެނދުގައި އޮށޯތްއިރުގައި ދެގަޑި ބައިވަނީއެވެ. އެނދުގައި ޖައްސައިލިތަނާ އިރުކޮޅެއް ނުވަނީސް ޒައިލީންއަށް ނިދުނެވެ.
“ޒައިލީން..؟ ޝޮޕިންއަކަށް ނުދާނަންތަ..؟” ޒައިލީންއަށް ލޯ ހުޅުވާލެވުނީ އަލްޔާ އޭނާއަށް ގޮވާ އަޑަށެވެ. “ނޫނޭ.. ނޫނޭ.. ގަޑިން ކިހާވަރެއް ވެއްޖެތަ..؟” ޒައިލީން މޯޅިއަކަށް ދެމިލަމުން އެއްސެވެ. “ހަތަރެއް ޖަހައިގެން ގޮސްފި..” އަލްޔާ އެހެން ބުނެލުމާއިއެކީގައި ޒައިލީން ދިޔައީ ސިއްސައިގެންނެވެ. “އޭނ..؟؟؟ މިހުރިހާއިރު ނިދުނީތަ..؟” ޒައިލީން ފޯނަށް ބަލާލިއިރު ޒައިދާންގެ ދެތިން މިސްކޯލްވެސް އެބައޮތެވެ. “އޯކޭ.. އަލްޔާ ބޭރުގައި މަޑުކޮއްލާ.. ޒައިލީން ރެޑީވެގެން ނުކުންނާނަން..” ޒައިލީން ބުނެލިއެވެ. އަލްޔާ ނުކުތުމުން ޒައިލީން ފެންވެރިއެވެ.
އަދި އަލަމާރިން ނޫކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ޖެކެޓެއް ނަގައި ލިއެވެ. އަދި ހައިވެއިސްޓެއް ލުމަށްފަހުގައި ކަރުގައި ސްކާފެއް އޮޅާލިއެވެ. ކޮޓަރީގައި އިން ކުޑަދޮރުން ޒައިލީން ބޭރު ބަލާލިއެވެ. އަދިވެސް ސްނޯވެހެމުން ދިޔައެވެ. ޒައިލީން ބޭރަށް ނުކުތްއިރުގައި އަލްޔާވެސް ހުރީ ރީތިވެގެންނެވެ. ފެހި ޓީޝާޓަކާއިއެކީގައި އަޅިކޯޓެއް ލައިގެން އަދި ހުރީ އަޅިކުލައިގެ ޖިންސެއް ލައިގެންނެވެ. އަލްޔާ އެތަނުން ކުޑައެއް ނަގަމުން ޒައިލީން އަންނާށޭ ބުނަމުން ހަނާއަޅާލިއެވެ. ޒައިލީން ރޫމްގެ ދޮރު ހުޅުވާލަމުން ނުކުތެވެ.
ލިފްޓަށް ދާ ދިމާލުގައި މީހުންތަކެއް މާ ގަސްތަކެއް އިންދާފައިވާ ޕޮޓްތަކެއް ގެންދަންފެށިއެވެ. އެމާގަސް ތަކުގައި ގާކޮޅުތަކެއް ހުއްޓެވެ. އެތަނުން މީހަކު ޕޮޓެއް ގެންދަނިކޮށް ގާކޮޅެއް ވެއްޓުނެވެ. އަލްޔާ އަށް ކުއްލިއަކަށް އެ ގާކޮޅަށް އެރިފައި ވެއްޓެން ދިޔައެވެ. ޒައިލީން ހަޅޭއްލަވައިގަނެފައި އަލްޔާ ސަލާމަތް ކުރަން ދުއްވައިގަތެވެ. ނަމަވެސް ޒައިލީންއަށް އަލްޔާ ހިފޭއްޓުމުގެ ކުރިން އަލްޔާ އޮތީ ޒައިދާންގެ އަތުތެރޭގައެވެ. “ތޭންކްސް ދޮންބޭ..” އަލްޔާ ޝުކުރު އަދާކުރުމުގެ ކުރިން ޒައިލީން ބުނެލިއެވެ.
ޒައިދާން އަލްޔާ ކޮޅަށް ނެގިއެވެ. “ތަދުވިތަ..؟؟؟” ޒައިދާން އެއްސެވެ. “ނޫން..” އަލްޔާ ބުނެލިއެވެ. “ދެންވެސް ބަލައިގެން އުޅޭތި.. ކިރިޔާއެއްނު ދެންމެ ނުވެއްޓުނީ.. އަބަދަކު ޒައިގެ ދޮންބެ.. މިބުނީ ޒައިދާންއެއް ނުހުންނާނެއްނު ހިފާކަށް..” ޒައިދާން މަޑުމަޑުން ބުނެލިއެވެ. “ހްމްމް.. ތޭންކްސް…” އަލްޔާ ބުނެލިއެވެ.
“ކޮންތާކަށް ޒައިމެން ތިދަނީ..؟” ޒައިދާން ގޮވާލިއެވެ. ޒައިލީން އެނބުރި ބަލާލާފައި ހީނލިއެވެ. ”ޝޮޕިންއަށް.. ދޮންބެ ކޮންތާކަށް ދާން ތިއުޅެނީ.؟” ޒައިލީން ފުންނޭވާއެއް ލަމުން އެއްސެވެ. “ވީއެއްޗަކީ.. ދޮންބެމެންގެ ފްލޯރގައި އިން ވެންޑިން މެޝިންގައި ހުރި ޗިޕްސް ޕެކެޓްތައް ހުސްވީ.. އެހެންވެ މި ފްލޯރއިން ޗިޕްސް ނަގަން މިއައީ..” ބޯ ކަހަމުން ހެވިފައި އިނދެ ޒައިދާން ކިޔައިދިނެވެ. “އޯކޭ.. ސޭފް ޝޮޕިން ޒައި އަދި ފްރެންޑް..” ޒައިދާން އަތްހޫރުވާލަމުން އެންމެ ގާތުގައިވާ ވެންޑިން މެޝިންގާތުގައި މަޑުކޮއްލިއެވެ.
“ގޯޑް..!” އަލްޔާ ލިފްޓަށް އަރަމުން ބުނެލިއެވެ. “ކިހިނެތްވީ..؟” ޒައިލީން އެއްސެވެ. “ލަދުގަތީނު..” އަލްޔާ ބުނެލިއެވެ. “އޯކޭ.. އެވަރުކަމެއް ނޫނޭ.. ދެން ހިނގާ ދާން..” ތިރިއަށް ފޭބުމުން ޒައިލީން ބުނެލިއެވެ.
އަލްޔާއާއި ޒައިލީން އެތާހުރި ޝޮޕިންމޯލަކަށްވަދެ ބައިވަރު އެއްޗެހި ގަނެގެން ދިޔައީ އެތަނުގެ ގާތުގައި ހުރި ޕާކަކަށެވެ. ސްނޯ ވެހޭތީ އެތަނުގައި އެހާ ބައިވަރު މީހުންނެއް ނެތެވެ. އެތަނުގައި އައިސްކްރީމް ބޮއި ކޮޓަން ކޭންޑީފަދަ އެއްޗެހި ކައިފައި މަޖާކޮށް ފޮޓޯ ނަގާފައި އަލްޔާ އާއި ޒައިލީން އުޅުނެވެ. އެހާ ފިނި ވަގުތެއްގައި އައިސްކްރީމް ބުއިމުން އިތުރަށް ފިނިގަދަ ވިހެން ހީވިއެވެ. ސަކަރާތް ޖަހަޖަހާފައި އަލްޔާ އާއި ޒައިލީން އުޅުނުގޮތުން އެއީ މިއަދު ދިމާވި ދެކުދިންނޭ އެކަކުވެސް ނުބުނާނެއެވެ. ރޭގަނޑު ވާން ކައިރި ވުމުން ހޮޓެލްއަށް ދާންވެގެން ދެކުދިން ކާރަކަށް އެރިއިރު އަށްގަޑި ބައިވަނީއެވެ.
“ވަރުބަލިވެއްޖެ.. ޒައި އޯކޭދޯ ވެންޑިން މެޝިންއިން މިރޭ ކައިގެން ނިދިއްޔާ..؟” ކާރަށް އަރަމުން އަލްޔާ އެއްސެވެ. “އޯކޭ.. ކައިގެން ޒައި އަދި އެހާ ނިދާހިތެއް ނުވޭ.. މޫވީއެއް ބަލަން އަލްޔާ ބޭނުންތަ..؟” ޒައިލީން އެހާވަރަށް މަޖާކޮއްލާފައި އައިއިރުވެސް ފުދޭވަރެއް ނުވިއެވެ. “އޯކޭ.. އެކަމަކު އެގާރަގަޑި ބައިގެ ކުރިން އަހަރެމެން ޖެހޭނެ ނިދަން.. ހޮޓެލްގެ ލައިޓްތައް ނިއްވާލާނީ އެގަޑީގައި.. ލައިޓް ދިއްލާފައި ހުންނާނީ ކައުންޓަރއާއި ދިމާލަށް ހިނގާމަގުގަޔާއި ކައުންޓަރ ތެރޭގައި.. އަނދިރި ވީމައި ރޫމްތެރޭގައި ބޮކި ދިއްލާފައި ހުންނަނަމަ ވަރަށް ފަސޭހައިން އެނގޭނެ..” އަލްޔާ ކިޔައިދިނެވެ. “އަލްޔާ މިތާ ކިޔަވާތާ ކިތަށް ދުވަސް ވެއްޖެ..؟” ޒައިލީން އެއްސެވެ. “އެއް އަހަރު.. މި އަހަރު ނިމުނީމަ އަލްޔާ ކިޔަވާ ނިމޭނެ..” ހީލަމުން އަލްޔާ ބުނެލިއެވެ.
“ހޮޓެލް ސިލްވަރ ސްވާންއަށް…” ކާރު ދުއްވަން އިން މީހާ ނުބައި މަގަކުން އަޅާތީ ވެގެން އަލްޔާއަށް ބުނެވުނެވެ. އެމީހާ ކާރު ދުއްވާގޮތުން ދެވޭނީ ހޮޓެލްއާއި ވީހާވެސް ދުރަށެވެ. “ސަރ..؟” ޒައިލީން ގޮވާލިއެވެ. އެމީހާ ބަލާލިއެވެ.
ޒައިލީންއާއި އަލްޔާއަށް އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަނެވުނެވެ. “އެމީހާ.. ހީ އިސް ޑްރަންކް..!” ޒައިލީން ހަޅޭއްލަވައިގަތެވެ. “ޒައިލީން.. އަހަރެމެން ހަމަމިހާރު ކާރުން ފައިބަން އެބަޖެހޭ..” އަލްޔާއަށް ބުނެވުނެވެ. އޭރު އަރިއަރިއަކަށް އެމީހާ ކާރު ދުއްވަމުން ދިޔައިރު އެއްފަރާތުގައި ހުރި ގަހުގައި ޖެހެން ދިމާވިއެވެ. ”އެއުޅެނީ އެގަހުގައި ޖެހެން.. ފުންމާލާ..!” ޒައިލީން ހިތްވަރުކޮއްފައި ކާރުގެ ދޮރުފަތް ހުޅުވާލިގޮތަށް ފުންމާލިއެވެ. ބިންމަތީ ޖެހުނުގޮތުން ޒައިލީންގެ ކަކުލަށް ވަރަށް ތަދުވިއެވެ. އަލްޔާވެސް ފުންމާލިއެވެ. އަދި އެތަނުން ދުރަށް ދެވޭތޯ އަޅާ އިތިކޮށް ދުއްވައިގަތެވެ.
ކާރު އެގަހުގައިޖެހި އެކްސިޑެންޓްވިއެވެ. އެކޮޅުކޮޅުން ގޮސް ކާރު ބިމުގައި ޖެހުނެވެ. އިވުނުއަޑުން ދުވުން ހުއްޓާލާފައި ޒައިލީންއަށް ދެ ކަންފަތުގައި އަތް އަޅާލެވުނެވެ. އަދި ފަހަތަށް ބަލާލެވުނެވެ. ނަމަވެސް އެކާރު ދުއްވަން އިންމީހާ ހާލަކުން ކާރުން ބޭރަށް ނުކުތެވެ. ޒައިލީން އަނގަނަގައިގެން އެ މަންޒަރު ބަލަން އިނީ އެވަރުގެ ބޮޑު އެކްސިޑެންޓެއް ހިނގިއިރު އެ މީހާ ހޭވެސް ނުނެތި ނޫނީ މަރުވެސް ނުވެ ބޭރަށް ނުކުތުމުންނެވެ. އޭރުވެސް އެމީހާގެ ގައިގައި އަލިފާން ރޯވެފައި ވެއެވެ. އަލްޔާ ފޯނު ނެގީ ޕޮލިހަށް ގުޅާށެވެ.
ފެނުނު މަންޒަރުން ޒައިލީންއަށް އަލްޔާގެ އަތުގައި ވަރަށް ބާރަށް ވިކައިގަނެވުނެވެ. އެމީހާގެ ގައިން ނޫ ކުލައިގެ އަލިގަނޑެއް އެރިއެވެ. އެއަލިގަނޑު މައްޗަށް އަރާ ގެއްލުނެވެ. ޒައިލީން ދުއްވައިގަތެވެ. ނޫކުލައިގެ އަލިގަނޑު ގެއްލުނުތަނާ އެމީހާގެ ހަށިގަނޑު ބަންޑުން ވެއްޓުނެވެ. ޒައިލީން ގޮސްފައި ދެލޯ މަރާލާފައި އެމީހާ އުއްޑުން ފުރޮޅައިލިއެވެ. ދެލޯ ހުޅުވާލާފައި ޒައިލީންއަށް ހަޅޭއްލަވައިގަނެވުނީ ކާރުތެރޭގައި ހުރެގެން ވެސް ހަޅޭއްނުލެވުނުހާ ބާރަށެވެ. އެއީ މިހާރު މީހެއް ނޫނެވެ. އެއީ މީހެއްގެ ކަށިގަނޑެކެވެ. ގަތްބިރުން ޒައިލީން ދެފަޔަށް ބާރުލީގޮތަށް އައިކޮޅަށް ދުއްވައިގަތެވެ. އަލްޔާގެ އަތުގައި ހިފައިގެން ޒައިލީން ދުއްވައިގަތުމުން އަލްޔާ ގަތީ އަމަށަކު ބިރެއްނޫނެވެ. އެކަކު އަނެކަކާއި އަނގައިން ވެސް ބުނެނުލާ ހޮޓެލް ސިލްވަރ ސްވާންއަށް ވަނެވެ. އޭރުވެސް މާނޭވާލެވެމުންދިޔައެވެ.
ޒައިލީންއަށާއި އަލްޔާއަށް ހަމަޖެހުމުގެ ނޭވާއެއްވެސްލާކަށް ވަގުތެއް ނުލިބުނެވެ. އެކަށިގަނޑު ފަހަތުން އާދޭތޯ ދެކުދިންވެސް ދޭތެރެ ދޭތެރެއިން ފަހަތް ބަލާލައެވެ. އެހެން އިރުކޮޅަކުން ތިބުމަށްފަހު ލިފްޓަށް އަރަން ދެކުދިންވެސް ދުއްވައިގަތެވެ. އަދި ލިފްޓް ހުޅުވުމުން އެތެރޭގައި ތިބި މީހުންނަށް ވެސް ބަލާލުމެއްނެތި އެތެރެއަށް ދެމިގަތެވެ. ފަނަރަވަނަ ފްލޯރއަށްދާން ފިތާލާފައި ދެކުދިންވެސް ހަމަޖެހުމުގެ ނޭވާއެއްލިއެވެ.
އަދި އިރުކޮޅެއް ވަންދެން އެތާ ތިބުމަށްފަހުގައި އެތެރެއަށް ބަލާލިއެވެ. “ހައި ނައިކް..” އަލްޔާ އަޑެއް ލައްވާލަމުން އަތް ހޫރުވާލިއެވެ. އެތާތެރޭގައި ހައިރާންވެފައި ހުރެ ބަލަން ހުރި ދެފިރިހެން ކުދިންނަށް ޒައިލީން ބަލާލިއެވެ. ”ހައި.. އަލްޔީ މިހާރު ވާހަކަވެސް ދައްކާނުލާ..” ނައިކްއޭ ކިޔާފައި އަލްޔާ ގޮވި ފިރިހެންކުއްޖާ ބުނެލިއެވެ. “އެޑިން ކިހިނެތްތަ..؟ ކްލާހުގައި ބަސްނާހާވަރުން އަލްޔާއަށް ކިރިޔާ ނުހެވި ހުންނަނީ..” އަލްޔާ ބުނެލިއެވެ. “ނަސީބެއްނު…” ޖެހިގެންހުރި ފިރިހެން ކުއްޖާ ބުނެލިއެވެ. “މީ ޒައިލީން.. މައި ޕާޓްނަރ.. އަލަށް އައި ކުއްޖެއް.” އަލްޔާ ޒައިލީން ތައާރަފް ކޮއްދިނެވެ.
“ޒައި.. މިއީ ރޫބީއާއި ލައުރާގެ ކްލަބްގެ ދެ ފިރިހެން ދެކުދިން.. ނައިކެން އާއި އައިދިން..” އަލްޔާ ބުނެލިއެވެ. “އޯވްހް..” ޒައިލީންއަށް ބުނެވުނެވެ. “ނައިސް ޓު މީޓް ޔޫ..” އައިދިން ސަލާމަށް އަތް ދިއްކޮއްލިއެވެ. ޒައިލީން ހީލަމުން ސަލާމް ކޮއްލިއެވެ. “ތިއީ ޒައިދާންގެ ކޮއްކޮތަ..؟” އިރުކޮޅެއް ވަންދެން ޒައިލީންއާއި ދިމާލަށް ބަލަން ހުރުމަށް ފަހުގައި ނައިކެން އެއްސެވެ. “ހްމްމް..” ޒައިލީން ބުނެލިއެވެ. “ޔޫ އާރ ވެރީ ޕްރީޓީ..” ނައިކެން ބުނެލިއެވެ. އެ ޖުމްލަ އަހާފައި ޒައިލީން ކުޑަކޮށް ރަކިވިއެވެ. “ޒައިލީން ރީތިވެއްޖިއްޔާ ދޮންބެވެސް ރީތިވާން ޖެހޭނެއްނު..؟” ޒައިލީން ބުނެލިއެވެ. “އެ ވާހަކަ ޒައިދާންގެ ގާތު އެޑިން ބުނެލިއޭ.. އަނެއް ބޯއިބޯއި ގޮތަކަށެއް ނޫން.. އެކަމަކު އެކަމަކީ ފުދޭވަރަކަށް ޔުނިކް ކަމަކަށްވާތީ.. ޒައިދާން ޖަހާލީ ހިނިގަނޑެއް…” ނައިކެން ބުނެލިއެވެ.
”މި އާދެވުނީ.. ސީޔޫ ލޭޓަރ ބޯއީސް..” އަލްޔާ އެހެން ބުނެލާފައި ލިފްޓުން ފޭބިއެވެ. ޒައިލީން ނުކުމެފައި އެދެކުދިންނަށް އަތް ހޫރުވާލިއެވެ. “އަލްޔީ.. މަޑުކޮއްބަލަ..” އައިދިން ގޮވާލިއެވެ. “ކީކޭ..؟” އަލްޔާ އެއްސެވެ. “ރޫބީ ގާތު ބުނައްޗޭ މާދަމާ ޕެންޑްރައިވް ގެނެސެދެއްޗޭ.. ޕެންޑްރައިވްއޭ ބުނީމަ އޭނައަށް އެނގޭނެ..” އައިދިން ބުނެލިއެވެ. “އޯކީ ވިލް ޑޫ..” އަލްޔާ ބުނެލިއެވެ. ދެކުދިން ގޮސް ރޫމަށް ވަނެވެ.
”އޭ ކާން އަންނަންވީނު.؟” އަލްޔާ ބުނެލިއެވެ. “ކޯއްޗެއް ކާންވީ..؟ މިހުރީ ވެންޑިން މެޝިންއިން ވާވަރަށް ކައިގެން..” ރޫބީ ޖަވާބުދޭން އަނގަ ހުޅުވާލިތަނާ ލައުރާ ފައްޗަކަށް އަމުނާލިއެވެ. “އޯކޭ.. އައިދިން ބުނި ކޮންމެވެސް ޕެންޑްރައިވްއެއް ގެންނާށޯ…” އަލްޔާ ބުނެލިއެވެ. ރޫބީ ބޯ ޖަހަމުން ލައުރާއާއި ކޮންމެވެސް ވާހަކަތަކެއް ދައްކަމުން ކޮޓަރިއަށްވަނެވެ. “ޒައި ކާން އަންނަންވީނު.؟” އަލްޔާ އެއްސެވެ.
“އޯކޭ..” ޒައިލީން ބުނެލިއެވެ. “ހޮޓެލް ކެންޓީންއަށް އޯޑަރު އިނގޭ މިދެނީ.. ކަންނެތް ވެއްޖެ އަމިއްލައަށް ދާން..” އަލްޔާ އެހެން ބުނެލުމުން ޒައިލީން ބޯ ޖަހާލިއެވެ. އަލްޔާ ފާރުގައި ހަރުކޮއްފައިވާ ޓެލެފޯން ނަގާފައި އޯޑަރު ދިނެވެ. ޗިޕްސްއަށާއި ޗިލީ ސޯސްއަށެވެ. ބޯން ދެ ޖޫސް ޕެކެޓެވެ. އޯޑަރު އަންނަންދެން ދެކުދިން ސޯފާގައި އިށީނެވެ.
އިރުކޮޅަކުން އޯޑަރު ގެނެސް ދީފިއެވެ. އަލްޔާ އެމީހާ ދިން ގަނޑުގައި ސޮއި ކޮއްލުމަށް ފަހުގައި އެތެރެ އަށްވަނެވެ. ޒައިލީން ކޮތަޅުން ކާއެއްޗެހި ނެގުމަށް ފަހުގައި ކާމޭޒުދޮށުން ގޮނޑިއެއް ދަމާލުމަށްފަހު އިށީނެވެ. “މާދަމާ ސްކޫލަށް ދާންވާނެ.. އޭތް.. އަދި ހެތެނީސް އެލްފޯމޭނިޔާގެތެރެއަށް ޒައި ނުވެސް ވަންނަމެއްނު..؟” އަލްޔާ ބުނެލިއެވެ. “ޒައި ކިޔަވާ މާއްދާތައް އޮންނަ ގަޑިއާއި އަލްޔާ ކިޔަވާ މާއްދާ ތައް އޮންނަ ގަޑި ދިމާ ނުވެދާނެ..” އަލްޔާ އިތުރުކޮއްލިއެވެ. “މާނައަކީ..؟” ޒައިލީން އެއްސެވެ. “މާނައަކީ ޒައިއަށް އެކި ތަންތަން ކިޔައިދޭން އަލްޔާއެއް ނުހުންނާނެޔޭ…” އަލްޔާ ބުނެލިއެވެ. “ޒައި ހެތެނީސް އެލްފޯމޭނިޔާގެ އޮފިޝަލް ޕޭޖަށް ގޮސްފައި ސްކޫލް މެޕް ސޭވްކޮއްލާ..” އަލްޔާ ކިޔައިދިނެވެ. “އޯކޭ..” ޒައިލީން ޗިޕްސް ޕެކެޓް ކަނޑާލަމުން ސޯސް ކުޑަ ތައްޓަކަށް އެޅިއެވެ. އަދި ދެކުދިންއެކީގައި ކާންފެށީ ތަފާތު ވާހަކަތައް ދައްކަމުންނެވެ.
ކައިނިމުމުން ޒައިލީން ތަށިދޮވެލާފައި ކޮޓަރިއަށްވަނީ ފިލްމް އަޅާފައި އިންނަ ޕެންޑްރައިވް ހިފައިގެން މި އަންނަނީއޭ އަލްޔާގާތު ބުނަމުންނެވެ. ޒައިލީން ކޮޓަރިއަށްވަދެ އޮންލައިންވެލިއެވެ. ޒައިދާންގެ މެސެޖް ތަކަށް ބަލާލިއެވެ.
ޒައިދާން ބައިވަރު ފޮޓޯ ފޮނުވާފައިވެއެވެ. ގިނަ ފޮޓޯތަކުގައިވަނީ ޒައިދާން އެކަންޏެވެ. ނަމަވެސް ޒައިލީންގެ ލޮލުގައި އަޅައިގަތީ ލޯމަތީގައި އަތް އަޅައިގެން އިން ފިރިހެން ކުއްޖެއްގެ ފޮޓޯއެކެވެ. އެ ކުއްޖާގެ ބްލޮންޑް އިސްތަށިގަނޑު ފެނިފައި އެއީ ކުރިން ފެނުނު އިސްތަށިގަނޑެއް ކަން ޒައިލީންއަށް އެނގުނެވެ. ނަމަވެސް ހަނދާނަކަށް ނައެވެ.
ޒައިދާންއަށް ހިތެއް ކުރަހާފައިވާ ސްޓިކަރއެއް ފޮނުވާލަމުން ޒައިލީން ޝެލްފްތެރެ ހާވާލުމަށް ފަހުގައި އެފިޔާތޮށި ޕެންޑްރައިވް ނަގައިގެން ނުކުތެވެ. އެރު އަލްޔާ ތައްޓަކަށް ޕޮޕްކޯން އަޅައިގެން ހުއްޓެވެ. “މޫވީއެއް ޕޮޕްކޯންއާއި ނުލާ ފުރިހަމަ އެއް ނުވާނެއްނު..؟” އަލްޔާ ބުނެލިއެވެ. ޒައިލީން ގޮސް ޓީވީއަށް ޕެންޑްރައިވް ޖަހާލާފައި އައިސް ރިމޯޓް ނެގިއެވެ. އަދި އެބައި ހުޅުވާލިއެވެ. “މިއޮތީ މޫވީތައް… ބޭނުން މޫވީއެއް ބުނޭ..” އަލްޔާ ބުނެލިއެވެ. “ހިނގާ ބިރުވެރި މޫވީއެއް ބަލަން.. ބަލާނީ…..؟ ދަ ނުން..” އެތާ އިން މޫވީއަކަށް އިޝާރާތް ކޮއްލަމުން އަލްޔާ ބުނެލިއެވެ. ޒައިލީން އެމޫވީ ފެށިފަހުން ވަގުތުދިޔަ ގޮތްވެސް އެތަނުން އެކަކަށްވެސް ނޭނގުނެވެ. ދެކުދިންނަށްވެސް ހޭވެރިކަމެއްވީ ހޮޓެލްގެ ލައިޓްތައް ނިއްވާލައިގެން ރޫމްތެރެ އަނދިރި ވުމުންނެވެ.
“ނިދަންދަމާ..؟ މޫވީ މާދަމާ ރޭ ނިންމާލާނީ..” އަލްޔާ އެހެން ބުނެލުމުން ޒައިލީން ޕެންޑްރައިވް ހިފައިގެން ޓީވީ ނިއްވާލުމަށްފަހުގައި ކޮޓަރިއަށްވަނެވެ. ވަރުބަލިވެފައިވުމުން އިތުރަށް ފޯނު ނުހުޅުވާ ޒައިލީން ނިދާހެދުން ލައިގެން އެނދަށް ވެއްޓިގަތެވެ. އޭސީގެ ފިނިކަން މަޑުކޮއްލުމަށްފަހުގައި ކުޑަ ދޮރުގެ ދޮރުފޮތިތައް ދަމާލުމުގެ ކުރިން ޒައިލީން ބޭރުބަލާލިއެވެ. ހަނދުވަރުގެ އަލިން ސިލްވަރ ސްވާންގެ ތިރީގައިވާ ފެންގަނޑު ވިދަމުންދިޔައެވެ. އޭރުވެސް ސްނޯވެހެމުންދިޔައެވެ. ދޮރުފޮތިތައް ދަމާލަމުން ޒައިލީން އޮށޯތްތަނާ އިރުކޮޅެއް ނުވަނީސް ނިދުނެވެ.
ފޯނު ރިންގުވާންފެށި އަޑަށް ޒައިލީންއަށް ހޭލެވުނެވެ. “ޒައި.. ގަޑި ނުޖެހެނީސް އަވަހަށް ދައްޗޭ..” ފޯނަށް ބަލާލަމުން ޒައިލީން ފޯނު ނެގިތަނާހެން ޒައިދާން ބުނެލިއެވެ. “އޯކޭ.. ދޮންބެ އެކަނިތަ ދަނީ.؟” ޒައިލީން އެއްސެވެ. “ޒައިގެ ފުރަތަމައަށް އޮތީ ކޮންގަޑިއެއް..؟” ޒައިދާން އެއްސެވެ. “ހިސްޓްރީ.. ކިހިނެތްވީ..؟” ޒައިލީން އެއްސެވެ. “ކަޑައޭ.. ދޮންބެގެ އޮތީ މެތްސް.. ކޮބާތަ ޒައިއާއިއެކީގައި އުޅުން އަންހެންކުއްޖާ..؟ އެކުއްޖާއާއި އެކީގައިދޭ.. ޝެޑިއުލް ދިނީމައި ދޮންބެ ޒައިއާއި އެއްގަޑިއެއް ގައި ހުންނަ ދުވަހަކުން ދާނަން އިނގޭ.. ދޮންބެ މިދަނީ ހެއިލަންއާއިއެކީ.. މަޑުކޮއްބަލަ..” ޒައިދާން ބުނެލިއެވެ. ޒައިދާން އެ ހެއިލަންއެއް ގާތުގައި ކޮންމެވެސް ވާހަކައެއް ބުނިއަޑުވެސް އިވުނެވެ.
“ދޮންބެ އެކަނި ދާންވާނީ.. ހެއިލަންވެސް އެގަޑީގައި ހިސްޓްރީ ކްލާސް އޮތީ.. ޕްރިންސިޕަލް ބުނީ އޮންލައިންކޮށް ޝެޑިއުލް ބަލާށޯ..” ޒައިދާން ބުނެލިއެވެ. ޒައިލީން ފޯނުކަނޑާލާފައި ޝެޑިއުލް ބަލާލަމުން ފޯނު އެނދުމަތީގައި ބާއްވަމުން ފާޚާނާއަށްވަނެވެ. ފެންވަރައިގެން ނުކުމެ ޒައިލީން ހުދުކުލައިގެ ހޫޑީއަކާއި ކަޅު ހައިވެއިސްޓެއްލިއެވެ. އަދި އިސްތަށިގަނޑު ވަރަށް ރީއްޗަށް ފުނާ އަޅާފައި ހުދުކުލައިގެ ކުޑަކުޑަ ‘ބޯ ޓައީ’އެއް ހަރުކޮއްފައިވާ ދައްޗެއް ބޮލުގައި ޖެއްސެވެ. ކުޑަ މެރުން ލިޕްސްޓިކެއް ތުންފަތުގައި ޖައްސާފައި ގަޔަށް ހިތްހަމަޖެހޭވަރަށް ސެންޓް ބުރުވާލަމުން ޒައިލީން ދަބަސް ކޮނޑުގައި އަޅުވައިގެން ކޮޓަރިން ނުކުތެވެ.
ޒައިލީންއަށް ސިޓިންގރޫމަށް ނުކުމެވުނުއިރު އަލްޔާ ރޫމްއިން ނުކުމެފައި ދޮރު ލައްޕަނީއެވެ. ޒައިލީން ބޫޓު ހަރުގަނޑުން ހުދުކުލައިން ޑިޒައިން ކޮއްފައިވާ ކަޅުކުލައިގެ އެންކަލް ބޫޓެއް ނެގިއެވެ. އަދި އެއަށް އަރައިގެން ޒައިލީން ރޫމްއިން ނުކުމެ ލިފްޓަށް އެރިއެވެ. ޒައިލީން ފައިބައިގެން ހެތެނީސް އެލްފޯމޭނިޔާއާއި ދިމާލަށް މިސްރާބު ޖެއްސެވެ.
ޒައިލީން އަލްޔާ ފެނޭތޯ ދެކޮޅަށް ހޯދާ ބަލާލިއިރު އަލްޔާއެއް ނުފެނުނެވެ. ޒައިލީން ފޯނުނަގާ ގަޑި ބަލާލި އިރުގައި ހަތެއް ޖަހަން އަދި ހަތް މިނެޓް އެބަހުއްޓެވެ. ޒައިލީން ސްކޫލަށް ވަނެވެ. އަދި މެޕްއަށް ބަލަމުން ހިސްޓްރީ ކްލާސް ހުންނަތަން ހޯދިއެވެ.
އޭރުވެސް ކުދިންތައް ކްލާސްތެރޭގައި ހުއްޓެވެ. ޒައިލީން އިށީންނާނެ ހުސް ގޮނޑިއެއް ނުފެނިގެން ފަރާތް ފަރާތައް އެނބުރުނެވެ. ޖަހާލި ރަނގަބީލާއި އެކީގައި ކްލާހަށް ހިސްޓްރީ ޓީޗަރު ވަނެވެ. “ކޮބާ..؟ އިށީންނާނެ ގޮނޑިއެއް ނުފެނުނީތަ..؟” އެޓީޗަރު އެއްސެވެ. ޒައިލީން މަޑުމަޑުން ބޯޖަހާލިއެވެ. “އެތާ އިށީނދޭ..” ކްލާހުގެ ކަނާތްފަޅީގައި އިން ބަރީގެ ތިންވަނަ ގޮނޑި ދައްކާލަމުން ޓީޗަރު ބުނެލިއެވެ. ޒައިލީން އެދިމާއަށް ރަނގަޅަށް ބަލާލެވުނީ ކިރިޔާއެވެ. އެކްލާހުގައި އިނީ ތިންބަރިއެވެ. ކޮންމެ ބަރިއެއްގައިވެސް ދެމޭޒު ދެމޭޒު ގާތް ގާތުގައި ބަހައްޓައިފައިވެއެވެ. އެގޮތަށް ބަލާނަމަ ކޮންމެ ބަރިއެއް ގައި ހުރީ ފަސްމޭޒެވެ.
ޒައިލީން މަޑުމަޑުންގޮސް ޒައިލީންއަށް ދެއްކި މޭޒުގެ ގޮނޑީގައި އިށީނެވެ. ޒައިލީންއާއި ޖެހިގެން އިނީ އެއްކަލަ ދުވަހު ޒައިލީން ސަލާމަތްކޮއްދިން ކުއްޖާއެވެ. ހަމަ އެބްލޮންޑަކަށްދާ އިސްތަށިގަނޑާއި އަޅިލޮލެވެ. ކުދިންތައް ޒައިލީންއާއި ދިމާލަށް އިނގިލި ދިއްކޮއްފައި ސިއްރު ސިއްރުން ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް އެއީ ކީއްވެގެންކަމެއް ޒައިލީންއަކަށް ނޭނގުނެވެ. ދަބަސް ގޮނޑީގައި އަޅުވާލަމުން ޒައިލީން ސިއްރުސިއްރުން ވާހަކަ ދައްކަމުން ދިޔަ ކުދިންނަށް ބަލާލިއެވެ. ކުޑަކޮށް ހީލާފައި ޒައިލީން ޖެހިގެން ހުރި އެ ބްލޮންޑް އިސްތަށިގަނޑުލީ ކުއްޖާއަށް ބަލާލިއެވެ. ޒައިލީންއަށް ކުޑަކޮށް ބުމަ އަރުވާލެވުނީ އެ ފިރިހެން ކުއްޖަ ކަޅިޖަހާނުލާ ޒައިލީންގެ މޫނަށް ބަލަން އިނުމުންނެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.





maasha allah ??
mi bai ves v reethi????????????????????????????????????????????????????????????
Thanks chummy ???
yaaaaay I am the first one???????
Yesshh you first chimmy ??? sorry wrote the wrong name furathama ?? thanx
cannot wait for the next part???????
Oh ✨?? Thnxxies will upload soon ?? thx again chimmy
Varah reethi mi part ves curiously waiting for the next part ☺️☺️☺️☺️
Thnk u so so so much starlight vixx ?✨?? Insha Allah will upload soon ?✨? Lysm
Fist of all I apologize for not commenting to the last part…… I’m really sorry for that Yoon dear……..and this part is Hama vvvvvvvvvvvvvv nice…… Curiously waiting for the next……….lysm my fav auther……tcg……….
Alheiiiii Een ?✨✨ issoke ?? I feel rlly happy because I know that ur still reading this story ✨? Thank you so much Een that’s so sweet ?✨?? Insha Allah will upload soon
♥️♥️♥️?????????????
Thnx again Een ?✨?? love you more dearrrr ?? Take care
Mi part ves varah Sali . Amazing Hama ?????and keeve tha kudhin egen sirun vaahaka dhakanee .?? Varah balaahie veje keevethoo???
Btw waiting for the next part ??
Love u ????
TC ???❤️❤️
Stay safe ❤️❤️❤️??
Alhei thanx Too dearrrrrr ?✨? love u more and take gud care ? stay safe
Varah reethi mi part ves …♥️♥️♥️??
Thanks No one ??✨ so happy ??. Lysm and take care
Wowwww…❤️❤️❤️. Dear it’s awesome…. I waited so long for your part…. Lyssssm and tc… ❤️????
Varah reethi mi part
Alhey thanks Eekko 11 ??✨ thanks so much ??? lym and tc
I just started reading this story… It’s soooooo nice…… ☺️☺️☺️☺️??This part also very ???very???? very ???nice….
And Story dhigu veema maa bodah ves salhi…….??? Oh there is snow tooooo……❄️❄️❄️ This is the type of the story I most wanted…??? In another country for education which has winter, summer, autumn and spring season… I Love it very much… ????????
Keep it up… ✌️✌️✌️✌️✌️✌️
Luuuuvvvv uuuuuuu…. ❤️❤️❤️❤️?????❣️❣️❣️❣️❣️?????????????????????????????
TC