Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގޭ!(14)

Yyass Level 110 Stories
July 21, 2020 4 Mins Read
0 Comments

ޒެނީޝް އޭގެ އަނެއްދުވަހު ރޭގަނޑު     ރީތިވާމޭޒު ކައިރީ އިށީދެލިއެވެ. ހިތުގައި      ނުތަނަވަސްކަން އުތުރި އަރަމުން ދިޔައެވެ.    ލައިގެން އިން ހުދުކުލައިގެ ހެދުމުގައި       އިރުއިރުކޮޅާ އަތްފޮހެލެވެނީ އަތްދިޔަލަމުން    ދާތީއެވެ. މާބޮޑު މޭކަޕެއް ކުރުމެއްނެތި       ކޮޓަރިން ނިކުތެވެ. އޭރު ދޮރުމަތީގައި      ދެޖީބަށް އަތްޖަހާލައިގެން އަވަން ހުއްޓެވެ.     ޒެނީޝް ދިޔައީ ސިއްސައިގެންނެވެ. ނިކުތް    ދޮރުގައި ބަން ލާފައި ޖެހުނެވެ. އަވަން      ހަށިގަނޑު ތެދުކޮލިއެވެ. “އަޅުގަނޑު މިދަނީ    ކާރު ނެރެން!” މި ބަސްތަކާއި އެކު އަވަން   ކޮރިޑޯއިން ލާފައި ބަގީޗާތެރެއައް ނިކުތެވެ.

ޒެނީޝް ދެފަރާތަށް ބޯހޫރާލަމުން ނިކުތެވެ.  އޭރު އަވަން ޒެނީޝް ބައްޕަ ކާރު    ގަރާޖުންނެރެގެން ގޭޓުކައިރީ        މަޑުކޮއްލިއެވެ. ޒެނީޝް ދުވެފައިގޮސް      ކާރައް އަރައި ހަމަޖެހިލިއެވެ. ވަގުތުން ކާރު ދުއްވާލިއެވެ. މި މަންޒަރު ބަލަން ބެލްކަނީ ކޮފީއެއް ހިފައިގެން  ހުރި އަޔާން ފުން   ނޭވާއެއް ދޫކޮށްލަމުން ކޮޓަރިއަށް ވަނެވެ.   ކާރު މިސްރާބު ހުރީ ޝިއާން ބުނި  “ފްލާވާރްސް ޕަބް”އަށެވެ. ކާރު    މަޑުކޮށްލުމާއެކު ޒެނީޝް ފޭބިއެވެ. ފަހަތުން  އަވަން ވެސް ނިކުތެވެ. ދެމީހުން އެކުގައި      އެތެރެއަށް ވަންއިރު ދެޖިންސުގެ މީހުން       ނަށަމުން ދިޔައެވެ. މުޅިތާގައި އެކިކުލަކުލައިގެ   ބޮކިތައް އެލުވައިފައި ވިއެވެ. ޒެނީޝް  ހިތްހަމައެއް ނުޖެހުނެވެ. މީ ސީރިއަސް ވާހަކައެއް ދައްކަން އަނަކަހަލަ ތަނެއްނޫނެވެ. ފިރެހެނުންނާ   އަންހެނުން ނިވާކަންކުޑަހެދުން           ތަކުގައި ގައިގޯޅިވާ މަންޒަރު ބަލަން ޒެނީޝް އަކަށް ނުހުރެވުނެވެ.

ޒެނީޝް ބާރު ހިނގުމުގައި ގޮސް ދުރު ސޯފާ އެއްގައި އިންޝިއާން              އަތުގައި ހިފާ ދަމަމުން އެތަނުން ނެރުނެވެ. “އޫޕްސް. ސޮރީ ސްވީޓީ! ހަދާންނެތުނީ ބޭބް މީހުންގިނަ ތަންތަނަށް ދާ ހިތްނުވާކަން!”      ބޭރުގައި ހުރި ގޮޑިއެއް ގައި އިށީންނަމުން  ޝިއާން ބުނެލި އެވެ. ޒެނީޝް ފޫހީގެ ގޮތަކަށް ދުރުބަލާލިއެވެ.

“ލެޓްސް ބްރޭކްއަޕް!” ޒެނީޝް އެންމެ ސިކުންތެއްވެސް އިތުރަށް މަޑުނުކޮއް     ބުނެލި އެވެ. ޝިއާން އަށް ކުޑަ ސިހުމެއް ލިބުނެވެ. ނަމަވެސް ވަގުތުން އެ މޫނަށް ހިނިތުންވުމެއް ގެނައެވެ. “އެއީ          ކީވެ؟ ބޭބް ރައްކާތެރި ކުރީމާ ރުޅިއައީތަ؟  ބޭބްތީ އަހަރެންގެ މީހެއް! އައި ލަވް ޔޫ ޑިއާރްލީ!” ޝިއާން ޒެނީޝް އަތްމަތީ އަތްބާވާލިއެވެ. އަވަން ދުރުގައި ހުރެފައި މި މަންޒަރު ފެނުމުން ބާރު ހިނގުމުގައި އައިސް ޝިޔާންގެ އަތް ފޮޅާލިއެވެ.

ޝިއާން ދެލޯ ބޮޑު ކޮށްލާ ފައި      އަވަންއައް ބަލާލިއެވެ.                ޒެނީޝް ހަށަން ބަދެލިއެވެ. “ހިނގާ   ކޮންޓްރެކްޓް އަކުން މިކަން ނިންމާލަން.” ޒެނީޝް އަވަންއާއި ދިމާއަށް ދޭށޭ ބުނާ ފަދަ އަކުން  އަތް ދިމާކޮއްލިއެވެ. އަވަން ވގުތުން ޒެނީޝް އަތަށް ލިޔުމެއް ދީނެވެ. ޒެނީޝް އެ ލިޔުން ކުރިމަތީގައި ހުރި މޭޒުމަތީ          ބާއްވާލިއެވެ.

“އަހަރެން ކޮންމެ މަހަކު މިދޭ 3 ހާސް ގެ  ޑަބަލް ދޭނަން….” ޒެނީޝް ޝިއާން އާއި ހަތަރުކަޅި ހަމަކޮއްލަމުން              ކޮންޓްރެކްޓްގައި އިނގިލި ޖައްސާލާފައި   ޝިއާން އާއި ގާތް ކޮއްލިއެއް.       ޝިއާން ހީލަމުން ގަލަން ނަގާ    ކޮންޓްރެކްޓްގައި ޖައްސާލިވަގުތު ޒެނީޝް    ވާހާކަ ދެއްކި އެވެ. އެކަމަކު މީގެ ފަހުން އަހަންނާ އަޔާންއާއި ގާތްވެގެން          ނުވާނެ.” ޒެނީޝް އެހެން ބުނުމުން    ޝިއާންހީލިއެވެ. އަދި ގަނޑުގައި ސޮއި  ކޮއްލިއެވެ. ޒެނީޝް ސިހުނެވެ.        ޝިއާން  އެހާ އަވަހަށް ޤަބޫލު ވީމައެވެ.   ޝިއާން އެގަނޑު ޒެނީޝް ކުރިމަތީ        ބާއްވާލަމުން ޕާބް ތެރެޔަށް ވަދެގެން ދިޔައެވެ.

ޒެނީޝް އެގަނޑު އަވަން އަތަށް ދީފައި ކާރަށް އަރިއެވެ. ނަމަވެސް އެ ހިތުގައި ވި   ހާޖާނުގަނޑު ދިޔައީ ބޮޑު ވަމުން ނެވެ.   ޝިއާން އެހާ ފަސޭހައިން ދޫކޮށްލީ ކީއްވެ    ބާ އެވެ؟ އޭނާ އެ މީހުންނާ            ކުޅެލާނީ ބާއެވެ؟ މިފަދަ އެތައް އެތައް    ސުވާލު ތަކެއް ތެރޭގައެވެ. އޭނާ ހީކުރި    މަހެއް ހައި ދުވަސް ޝިއާން ރުއްސަން      ނަގާނޭ ކަމަށެވެ. ނަމަވެސް ދުވަހެއް ވެސް ނުވިއެވެ. ޒެނީޝް ހިޔާލުތަކުން ދުރުވީ   އަވަން  ދެ ފަހަރަކު ގޮވާލުމުންނެވެ.       އޭރުވަނީ ގެޔަށްއާދެވިފައެވެ. ޒެނީޝް އިތުރު    އެއްޗެއް ނުބުނެ އަވަން އަށް ޝުކުރުއަދާކޮއްފައި ގޭތެރެއަށް ވާދުނެވެ.

މާބޮޑަށް ވިސްނާ ނުލާ ގޭތެރެއަށް  ވަން    ޒެނީޝް ޖެހުނީ ކޮޓަރިން ނިކުތް އަޔާން ގައި ގައެވެ. އަޔާން ޒެނީޝް އަށް ބަލާލީ        ސިހިފައެވެ. “ނީޝް ބަލާގެން ހިގާ ބަލަ!   ތިހެން ގޮސް ފާރުގަ ޖެހިއްޖެއްޔާއޯ!”  އަޔާން   ޒެނީޝް މޫނަށް ބަލަހައްޓައިގެން ހުރެ ބުނެލި  އެވެ. ޒެނީޝް މޫނު ރަތް ވެގެން ދިޔައެވެ.   ގަތް ލަދުން އަޔާން މޭގައި އަޅާ ކޮއްޕާ    ލިއެވެ. އަޔާން އަރިއަޅާލައިގެން ވެއްޓުނެވެ.        “ބޯފަޅާގެން ދާނެއްނުން ކޮންކަމެއް!”     ޒެނީޝް އަޔާން އާއި ދިމާލަށް ދޫނެރެލަމުން ބުނެލި އެވެ.

“އާން! މަހަދާން ނެތުނިއްޔޭ! ސިކުނޑިނެތް މީހުންގާތު ބަލާގެން ވިސްނާގެން އުޅޭށޭ   ބުންޏަސް ނޫޅެވޭނެކަން!” އަޔާން ތެދުވެ    ކޮޓަރި ތަޅުގައި ހިފަމުން ބުނެލި އެވެ.    ޒެނީޝް ރުޅިއައިސް އަޔާން             އަޔާން އާއި ގާތްވެލި އެވެ. “ކާކަށް  ސިކުނޑިނެތޭ ތިކިޔަނީ؟” ޒެނީޝް    ލޯއަޅާލަމުން ބުނެލިއެވެ. “ޢާއިޝަތުޒެނީޝްއައް”       އަޔާން ހެމުން ބުނެލި އެވެ. ޒެނީޝް އާއި ރުޅިން  އަޔާން ކަކުލުގައި ފައިން ޖެހި އެވެ. “އައޫޗޫ” ހެމުން                  ވީތަދުން ކޯރު ޖަހަމުން އަޔާން ކޮޓަރިއަށްވަދެ  ދޮރުލެއްޕިއެވެ. “ހަމްފް!!!” ޒެނީޝް        ދެކޯފުއްޕާލާފައި ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ. ވަގުތީގޮތުން އެ ސިކުޑިން             ވެސް ޝިއާން ފޮހެލިއެވެ. މިވަގުތު  އެހިޔާލުތަކުގައި ވެރިކަން ކުރަމުން          ދިޔައީ އަޔާން އެވެ.

ޒެނީޝް ނިދާ އެއްޗެހި ބަދަލު ކޮށްލައިގެން   ގޮސް ބެލްކަނި ދޮރު ހުޅުވާ ލިއެވެ. އެހެން ދުވަސް ދުވަހާއި ހިލާފަށް މިއަދު އޮތީ        ކަޅުވިލާތަކުން އުދަރެސް ބައްދާ ލާފައެވެ. ބާރުވައިރޯޅިތައް ހުރަހެއްނެތި           ޒެނީޝް ހަށިގަނޑުގައި ފިރުމާ ލުމުން   ހީގަނެގެން ދިޔައެވެ.  އޭރުވެސް އަޔާންގެ ކޮޓަރިން އިވުމުން ދިޔައީ އެއްކަލަ ހިތްގައިމު    މިއުޒިކެވެ. މި ފަހަކަށް އައިސް އަޔާން ކޮންމެ ރެޔަކުކުޅެއެވެ. އެހާ            ފިނިވަމުން ދިޔަ ނަމަވެސް ބެލްކަނި ދޮރު ހުޅުވާފައި ޒެނީޝް ގޮސް            އޮޝޯތެވެ. އޭސީ ކަނޑާލާފައި ހުރިނަމަވެސް ވަންނަމުން ދިޔަ ފިނި            ވައިރޯޅިން މުޅި ކޮޓަރި ފިނިވަމުން ދިޔައެވެ.    ޒެނީޝް އައް ނުހަނު އަރާމުކޮށް ނިދުނެވެ.

އަޔާން މިއުޒިކް ކުޅުން ހުއްޓާލީ ވާރޭ         ބޯކޮށް އޮއްސާލި އަޑުއިވުމުންނވެ. ގިޓާ       ބާއްވާފައި ގޮސް ދޮރު ހުޅުވާލުމުން        ހީވީ ވަޔާ ހޫރާލާފާނެހެންނެވެ. ބޮޑެތި        ތިކިތަށް ވަގުތުން އަޔާން ހަށިގަނޑު        އެތައް މިތަނަށް ހަމަލާދޭން ފެށިއެވެ.         އަޔާން އައް ޒެނީޝް ކޮޓަރިއަށް           ވާރޭވެހޭނެ ކަން އެގޭތީ ވަގުތުން           އެކޮޓަރި ބެލްކަންޏަށް ފުންމާލިއެވެ.         ބިންމަތީ ފެންހުރުމުން އަޔާން   ކައްސައިލާއިގެން އަނގަވަތަށް ވެއްޓުނެވެ.     ބާރު އަޑެއް އޖވުންނަމަވެސް ޒެނީޝް      ނަސީބަކުން އޮތީ ގަދަ ނިދީގައެވެ.

އަޔާން ތެދުވެލިޔެވެ. އޭރުމީހާއޮތި ތެމޭނެ      ވަރަކަށް ތެމިފައެވެ. އަޔާން ބެލްކަނި        ދޮރުލައްޕަން ގާތްވިއިރު ޒެނީޝް           އެދުމަތީ ނިދާފައި އޮތްތަން ފެނުނެވެ.       ބޯޅައެއްހެން ކުރުގެޅިގެން އޮތް           ޒެނީޝް އޮތީ ހިގަނެފަކާން އަޔާންއަށް       ޔަގީންވިއެވެ. ތެމިފައި ހުރެވެސް          ގޮސް ޒެނީޝް ގައިމަތީ ކުއެލިޓް އަޅައި       ދިނެވެ. އަދި ދުވެފައިގޮސް ފާހަނައިން       ބޮޑު ދެތުވާލި ގެނެސް އޮޅާލައިފައި         ބެލްކަނި ދޮރުމަތީ ބާއްވާލީ ފެންވަދުން       ހުއްޓުމަށެވެ.

“އަޔާން…..ޔާން” ޒެނީޝް ގޮވާލިއަނޑު       އިވުމުންް އަޔާން ހުއްޓުން އެރިއެވެ. ހޭލިކަމަށް     ހީވުމުން މުޅިމީހާ ފައިން ފެށިގެން        ބޮލަށް ގަނޑުވިއެވެ. އުދަގުލާއި އެކުގައި ޒެނީޝް      އާއަދިމާލަށް ބަލާލިއެވެ. ޒެނީޝް ފުރޮޅިލިއެވެ.      އަޔާން އެތެރޭން ހަޅޭއްލަވަމުން ދިޔައެވެ.       ނަމަވެސް ޒެނީޝް އޮތީގަދަނިދީގައެވެ.        އިރުކޮޅެއްވަންދެން ގުޑިވެސް ނުލާ ހުރެފައި       އަޔާން ބެލްކަންޏަށް ނިކުމެ ދޮރުލައްޕާލިއެވެ.    އެއަޑަށް ޒެނީޝް ފުންމައިގެން ތެދުވި އެވެ “އަޔާން!!!!!”

ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Yyass

Level 110 Stories

16 year old girl. Love to write story's. Even though my future is not depending on story writing, it's going to be a hobby for me. Thanks for reading and supporting ❤️

Other Articles

Previous

މަންޒިލް 5

Next

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..18

Next
July 21, 2020

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..18

Previews
July 20, 2020

މަންޒިލް 5



All Right Reserved!