ނޭނގޭ!(15)
“ޔާން!!!” ޒެނީޝް ގޮވި އަޑު އިވުމުން އަޔާން ސިހިގެންދިޔައެވެ. މިފަހަރު އެގޮވީ ނިދީގައި ނޫންކަން އެނގުމުން މީހާ ހާސްވިއެވެ. ޒެނީޝް އައް ބެލްކަނީގައި ހުރެފައި ތެޅިގަން އަޔާން މާރީޗައްވެސް ފެނުނެވެ. ރުޅިއައިސް ރަތްވެފައި ހުރި ޒެނީޝް އަންނަމަންޒަރު ފެނުމުން އަޔާން ދުއްވައިގަތީ ދާށެވެ. ނަމަވެސް އޭނާ ލައިގެން ހުރި ގަމީހުގެ އެއްބައި ވަނީ ދޮރާލާފިތިފައެވެ. ޒެނީޝް އައިގޮތަށް އައިސް ދޮރު ހުޅެވުމާއެކުހެން އަޔާން ދުއްވައިގަތެވެ. ޓައިޓޭނިކްގެ ޖެކް ފުންމާލާ ފަދައިން ފުންމާލަން ބެލްކަނި ރެއިލިންގައި ހިފި އަޔާން އަނގަވަތަށް ބެލްކަނި ތެރެއަށް ވެއްޓުނީ ޒެނީޝް ހުށިޔާރުކަމާއެކީ އޭނާ ފައިގައި ހިފާ ދަމާގަތީމައެވެ.
އަޔާން ދެން ފިލަން ނުދެވޭނެ ކަން އެގޭތީ ޒެނީޝްއާއި ކުރިމަތި ލިއެވެ. ޒެނީޝް އައް ބެލުމެކޭ ހުޅުބޮޑު އަލިފާންގަނޑަށް ބެލުމެކޭ އެއްފަދައެވެ. “އަ…..އަ……އަހަރެން ް ގޯސްކަމެއްް ނުކުރަން…..ސީ….. ސީރިއަސް ކޮއް!” ކޮށިއަރާމުން ކަހަލަ ގޮތަކަށް އަޔާން ބުނެލިއެވެ. އޭރު ވާރޭވަނީ އެކީހެން ހުއްޓިފައެވެ. ރެއިލިންގް އިން ބެލްކަނި ތެރޭވާ ފެންގަނޑު ތެރެޔަށް ޖެހުމުންދިޔަ ފެންތިކިތަކުން އުފެދޭ މަޑު ރާގާއި ޖެހެމުން ދިޔަ ވައި ވެސް ހީވަނީ އެ ހުޅުގަޑު ބޮޑު ކުރަން އުޅޭހެންނެވެ.
ޒެނީޝް މޫނުމަތީ ހުރި ރުޅިވެރިކަން ލަދުވެތިކަަމަށް ބަދަލުވެގެން ދިޔައީ ކޮންމެވެސް ވަރަަކަށް އެޅިފައި ހުރި އަލިން އަޔާން ރީއްޗަށް ފެނުމުންނެވެ. އަބަދުވެސް ވަކިގޮތަކަށް ހަދާފައި އޮންނަ އިސްތަށިގަނޑު މިއަދު އޮތީ ތެމިގެން ނިތްކުރި މައްޗަށް ފައިބާފައެވެ. އެރީތި މޫނުގައި ފެތިކިތައް ސަބްނަމް ތިކިތަކެއް ފަދައިން ވިދަމުން ދިޔައެވެ. ލައިގެންހުރި ހުދުކުލައިގެ ގަމީސް ވަނީ ތެމިގެން ގަޔަށް ހިފާފައެވެ. އެކަސްރަތީ ހަށިގަނޑު އަންހެންކުދިން މޮޔަކުރާނެއެވެ.
“ތިވަރަށް ނުބަލާދޯ…ހަޑިވެދާނެ!” އަޔާން ޒެނީޝް އޭނާގެ ހަށިގަނޑަށް ބަލަމުން ދާގޮތް ފެނުމުން ހިނިއައިސްފައި ބުނެލިއެވެ. ޒެނީޝް މޫނު އިހުނަށްވުރެ ރަތްގަދަ ވެގެން ދިޔައެވެ. ވަގުތުން އެނެއްފާރާތަށް އެނބުރުނެވެ. “ހުއް.. ކާކު ތި ހަތަރެސްކަން ހަށިގަނޑަށް ބަލާނީ؟ މަ ނޫޅެން!” ޒެނީޝް އަވަހަށް ބުނެލިއެވެ. އަޔާންއައް ހޭންފެށުނެވެ. އަދި ތެދުވެލިޔެވެ. “އެހެން” އަޔާން ދިގު ފިޔަވަޅެއް އަޅައި ޒެނީޝް ކުރިމަތީ ހުއްޓިލިޔެވެ. ދެމިހުންގެ ދުރުމިނުގައި އިންޗިއެއްހާ ހިސާބު ހުންނަވަރަށެވެ. ޒެނީޝް އަޔާންއަށް ނުބަލާން ހުރެފައި އަޔާން މޭގައި އަޅާ ކޮއްޕާލިއެވެ. ނަމަވެސް އެއަތުގައި މަޑު ތުރުތުރެއް ހުއްޓެވެ. އެހެންނޫނީ ކޮއްޕާލާވަރަށްވުރެން މަޑެވެ. އަޔާން ހޭންފެށިއެވެ. މުޅިފަޒާގައި އެ ރީތި މަސްތީ އަޑު ގުގުމާލިއެވެ. ޒެނީޝް ހިތް ހިމޭކަމެއްނައިސް ތެޅެމުން ދިޔައެވެ. އަވަސްއަވަހަށް އަޔާން އާއި ފުރަގަސްދިނީ އެހިތުގެ އަޑު އިވިދާނެޔަތީއެވެ. ޒެނީޝް އައް ނޭގުނީ އަޔާން އައް މިހާރު އެ ހިތުގެ ރާގު އެގޭކަމެވެ. އެހިތުގެ ވެރިޔާ އަކީ އަޔާންކަން އެގޭކަމެވެ.
ނާއިފްއައް ރޭގަނޑު ތެދުވެވުނީ ފެންބޮވައިގެނެގެންނެވެ. މަޑު ހިނގުމުގައި ގޮސް އައިސްއަލަމާރި ހުޅުވާލާފައި ފެންފުޅިއެއް ނަގާ ކަރުތެރެ ފިނި ކޮއްލިއެވެ. އެޔޮއް ފިނިވަގުތުވެސް ހިތައްވަމުންދިޔަ އުދަގޫ ހުއްޓުވަން ކަހަލައެވެ. ޒަހުވާއައިސް ނާއިފް ކުރިމަތީ އިށީދެލިަެވެ. “މިރޭ ހާދަ ނުގަޑިއެއްގަ ފެންބޯން ތިނިކުތީ!” ހިނިއައިސްފައި ޒޯޔާ ބުނެލިއެވެ. “އާން މެޔައް ހޫނުވާތީ އެއްކަލަ ގޮތަށް!” ނާއިފް ބުނި އެއްޗަކުން ޒޯޔާ ހިނިއައެވެ. “މިޔޮއް ދަންވަރު؟” ޒަހުވާ ނާއިފް ނެގި ފެންފުޅި އަލުން އަލަމާރިއަށް ލަމުން އަހާލިއެވެ. “ޒެނީޝް ކުރީފަހަރު ވެސް އަނިޔާއެއް ލިބެނިކޮައް ސަލާމަތް ކުރީމެއްނުން. އެދުހުވެސް މިހެންވިޔޭ!” ނާއިފް ބުނެލިއެވެ.
ޒަހުވާ ހީލިއެވެ. “މާބޮޑަށް ވިސްނަނީތީ!” ނާއިފް އަކަށް އެކަމެއް ގަބޫލެއް ނުކުރެވުނެވެ. ވިއްސާރަ ހުއްޓާލާފައި ވާތީ މުޅި ގޭތެރެ އޮތީ ހަމަހިމޭން ވެފައެވެ. “ހެވޭ! ހިގާބަލަ ޒެނީޝް ކޮޓަރި ބަލާލަން! ޖަސްޓް އިންކޭސް!” ނާއިފް ބުނެލިއެވެ. ޒަހުވާ އެއްބަސްވީ ނާއިފް ގޮތްދޫނުކުރާނެކަން އެގޭތީއެވެ.
އަޔާން ޒެނީޝްއާއި ގާތައް ޖެހިލިއެވެ. ފުރަގަސް ދީގެން ހުރި ޒެނީޝްގެ މަޑު އަތްތިލާގައި ހިފާލިއެވެ. ޒެނީޝް ސިހިފައި އަޔާން އާއި ދިމާލަށް ބަލާލިއެވެ. އެ ލޮލުގައި ވަނީ ލޯތްބެވެ. އެހިނިތުން ވުމުގައި ވަނީ ހިތްހެޔޮކަމާ ރައްކާތެރި ކަމެވެ. ޒެނީޝްއައް ހީވީ އޭނާގެ ހިތުތެރޭގައި އެތައް ހާސް މާތަކެއް ފޮޅިގެން ދިޔަހެންނެވެ. މުޅިމީހާ ފިނިވެގެން ދިޔައެވެ. އަޔާން ޒެނީޝްއާއި ދާދި ގާތައް ޖެހި އެ ތުނި ހަށިގަނޑުގައި ބައްދާލިއެވެ. ހީޓަރަކުން ލިބޭ ހޫނަށްވުރެން އަރާމުވެފައި ބާލީހަކައި ދާދި އެއްގޮތް ވުމުން ޒެނީޝްއައްވެސް އަޔާން ގައިގައި ބައްދާލެވުނެވެ.
“ނީޝް! އަހަންނަށް އެގޭ ނީޝް ނޫންކަން އެދުވަހު އެހެންހެދި! ޝިއާން ކަން!” އަޔާން އިރުކޮޅަކު ަަެަަެަަެަަެަަެަަެަަެަަެް އެހެންހުރެފައި ބުނެލިއެވެ. ޒެނީޝް ސިހުނެވެ. އަދި އަޔާން އަތުތެރޭން ދެމިގަނެގެން ދުރައް ޖެހިލިއެވެ. “ނޭނގޭނެ!” ޒެނީޝް އިސް ޖަހާލަމުން ބުނެލިއެވެ. ޒެނީޝް ތުރުތުރުއަޅަމުން ދާއަތުން އަނެއްއަތު އުޅަބޮށީގައި ހިފާލިއެވެ. އަދި އެ ލޮލުން ކަރުނަ އައުން ހުއްޓުވުމަށް އަތުގައި ވިކަމުން ދިޔައެވެ. “ނޫން ނީޝް! އަހަންނަށް އެގޭ. ނީޝް އެހެން ބުނީ އެދުވަހު އަހަންނަށް ވިގޮތުން ގިލްޓީ ފިލްވިމަނުން. އަހަރެން ރައްކާތެރި ކުރާކަށް ނުން. ލުކް. ޔާން މިހާރު ބަރާބަރު. ސޯ ޑޯންޓް ފީލް ގިލްޓީ އެނީމޯރް ޕިރްސަސް!” އަޔާން ޒެނީޝް ވިކަމުން ދިޔައަތުގައި ހިފާ އޭނާގެ އަތުތެރޭ ފޮރުވާލަމުން ބުނެލިއެވެ. “އެންޑް… އަދި އެކަތި އެގޭ!” ލާނެތް ގޮތަކަށް ހީލަމުން އަޔާން ބުނެލިއެވެ. ޒެނީޝް ހައިރާންވެފައި އިސް އުފުލިއެވެ. ތުނިތުނިކޮށް ވާރޭ ވެހެން ފެށީ އެވަގުތެވެ.
އަޔާން ޒެނީޝް އަތުގައި ހިފާ ދަމައިގަތެވެ. އެއްވެސް ހުރަހެއް ނެތި ޒެނީޝް އައިގޮތަށް ޖެހުނީ އަޔާން ގައިގައެވެ. އަޔާން އަނެއް އަތުން ޒެނީޝްގެ ތުނި ހަށިގަނޑުވަށާލިއެވެ. ޒެނީޝްގެ މޫނަށް ޖަންބު ކުލަ އަރާގެން ދިޔައެވެ. ހިތްތުގައި އަގަޔެއްވާނަމަ މިހާރު ނުލާހިކު ބާރަށް ހަޅޭލެވިހެވެ. “އައި ނޯ ނީޝް އަހަރެން ދެކެ ލައިކްވާކަން. މިހާރު ތީ ޝިއާންގެ މީހެއްނޫން!. ދެން ކޭންޔޫބީ….މައިން!” އަޔާންގެ ބަސްތައް ހީވީ ޒެނީޝް ކަންފަތުގައި ކުޅެލި ރާގެއްހެންނެވެ.
ޒެނީޝް ހިތުގެ ތެޅުން ހުއްޓުނުކަހަލައެވެ. މުޅިމީހާގައިން ހީބިހިނަންގުވާލިއެވެ. އަޔާންގެ ރީތި ދެލޯ އެހާގާތުން ފެނުމުން ޒެނީޝް ބޭނުންވީ އެ ދެލޮލުގެ ތެރެޔަށް ގަރަގު ވެގެންދާށެވެ. އަޔާން މަޑުމަޑުން ޒެނީޝް ކުޑަ މޫނުގައި ދެއަތުން ހިފާލިއެވެ. އަދި އެ ނިތްކުރީގައި ބޮސްދިނެވެ. ނުހަނުލޯބިންނެވެ. ޒެނީޝް އައް ލޯމަރާލެވުނީ އުފަލުންނެވެ. ޝިއާން އާއި ރައްޓެހިވިއިރު މިކަހަލަ ލޯތްބެއް ޒެނީޝް ނުދަނެއެވެ. މީ ފޮނިފޮނި ލޯތްބެކެވެ. އިންސާނުންގެ ހިތަކީ ދުވަހަކު ވެސް ފުރޭނެ އެއްޗެއް ނޫނެވެ. ނަމަވެސް އެ ދެހިތުގައި އިތުރު އެއްކަމަވެސް ނެތެވެ. އެ ދެހިތް ލޯބިން ފުރިގެން ދިޔައެވެ.
އަޔާން ޒެނީޝް އާއި ދުރަށް ޖެހިލައި އެ ތުނި ހަށިގަނޑުގައި ދެއަތް ވަށާލިއެވެ. “ނީޝް!! އައި…. ލަވް….” އަޔާންގެ ބަސްތައް ހުއްޓުނީ ބަޑިއެއްގެ ވަޒަނެއް އައިހާ ހަލުވިކޮއް އައި ނާއިފް ފެނުމުންނެވެ. ދެމިހުންގެ ދެމެދުން ވައެއް ދަތުރުކޮއްލާނެ ތަންވެސް ނެތި ތިބިލެއްގާތްކަން ފެނުމުން ނާއިފް ގައިގައި ހީވީ ހުޅުރޯވިހެންނެވެ. އައިގޮތަށް އައިސް އަޔާންގެ ގަމީހު ފަހަތު ގިރުވާނުގައި ހިފާ ދަމަމުން އެކޮޓަރިން ނެރުނެވެ.
ޒޯޔާ ހެމުން އައިސް ޒެނީޝް ކުރި މަތީ ހުއްޓިލިޔެވެ. ޒެނީޝް އައްވެސް ހެވުނެވެ.
ަަަަަ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

