Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގޭ!(13)

Yyass Level 110 Stories
June 25, 2020 3 Mins Read
1 Comment

“ޝިއާން!” ޒެނީޝް ލޯބޮޑުކޮއްލަމުން      ބުނެލިއެވެ. ނާއިފް ހިތްހަމަ ނުޖެހިފައި އިދެ    ބޯޖަހާލިއެވެ. “ތި އުޅުމެއް ނެތް ފިރެހެނަކާ     ހެދި އަޔާންދޫކޮއް ރުޅިމޫނު ހަދައިގެން       ތިއުޅެނީ؟ ބަލަ އަޔާން އެއީ ޒެނީޝްގެ        ވާންހުރި ފިރިމީހާއޭ!” ނާއިފް ޒެނީޝްގެ މޫނަށް    ބަލާލަމުން ބުނެލިއެވެ. ޒެނީޝް އިސްޖަހާލިއެވެ.  “އަ..އަޅުގަނޑާ ޝިއާން ބްރޭކްއަޕްވާން މިއުޅެނީ!”  ޒެނީޝް އަމިއްލަ އިގިލި ތަކާއި ކުޅެމުން       ބުނެލިއެވެ.

“ކޮންއިރަކުން؟ ޒެނީޝް ކާވެނި      ކުރާދުވަހުން؟ ދަރިންލިބޭ ދުވަހުން؟” ނާއިފް   ރުޅިއައިސް ގޮޑިން ތެދުވަމުން ބުނެލިއެވެ.    ޒެނީޝް އިސްޖަހާލިއެވެ. “އަޔާންއަށް އެގިއްޖެއްޔާ  ކީކޭ ބުނާނީ؟ އަޔާން މަންމަމެން ނޯ؟ ބައްޕަމެންގެ ނަމެއްނުން ހަޑިވާނީ!” ޒެނީޝް     އެއްޗެއް ނުބުނުމުން ނާއިފް ކުރިއަށް ގެންދިޔައެވެ. “ބައްޕާ! މީހުންގެ ނަޒަރާ      ބަސްތަކަކީ އެހާމުހިންމު އެއްޗެއްތައް؟ ނޫނީ   އެބަސްތަކާ ނަޒަރުތަށް ދެކެ އެހާވެސް      ބިރުގަނޭތައް؟ މިއީ ދުނިޔެ މަތީކަމެއް. ގިޔާމަތް   ދުވަހުގައި ނުބަލާނެ މުސަންޖަކައް ނޫނީ      ފަގީރަކަށް. ނުބަލާނެ މީހުން ބުނި ބަހަކަށް     ނުވަތަ ނަޒަރަކަށް. އަޅުގަނޑު ގަބޫލުކުރަން    މިފަހަރު އަޅުގަނޑަށް ހިޔާރުކުރެވުނީ ރަނގަޅު    ކުއްޖެއް ނޫންކަން. އެހެންވެ އަޅުގަނޑު މިނިންމަނީ ޝިއާންއާއި ބްރޭކްއަފް ވާން. އަޔާންއަށް ވެސް     މިކަންތައް އެނގޭނެ.” ޒެނީޝް ތެދުވެލަމުން     ބުނެލިއެވެ.

ނާއިފް ފުންނޭވާއެއް ދޫކޮށްލާފައި     ސޯފާގައި އިށީނެވެ. “އެހެންވެއްޖެއްޔާ މިއަދުން  މިއަދައް ތިކަންނިންމާ! އަޔާންމެންގެ އާއަިލާއައް   ނޭގެނީސް!” ޒެނީޝް އާއި ހަތަރުކަޅި ހަމަކޮށް ލަމުން ނާއިފް ބުނެލިއެވެ. އަދި ތެދުވެގެން     ގޮސް ނިކުންނަން ދޮރުގެ ތަޅުގައި ހިފަމުން    ހުއްޓިލިޔެވެ. ” ހަދާންނެތުނީ! މިފެށޭ ރޯދަމަސް  ނިމުނީމަ އީދައް މިއުޅެނީ އަޔާންމަންމަ ރަށަށް  ދާން! ތައްޔާރުވާތި!” ނާއިފް އެހެންބުނުމުން    ޒެނީޝް ތެދުވެލިޔެވެ.

“ބައްޕާ! އަޅުގަނޑު ކަމެއްނިންމާލަން    މިކޮޅުގަ މަޑުކުރިޔަދީ!” ޒެނީޝް ބުނެލިއެވެ.      “ކޮންކަމެއް؟” ނާއިފް ހިތްހަމަ ނުޖެހިފައި    އެނބުރިލަމުން ދެޖީބަށް އަތްޖަހާލިއެވެ. “ޝިއާންގެ  ކަންތައްތަ!” ޒެނީޝް ޖެހިލުން ވެފައި ބުނެލިއެވެ.  “ޒެނީޝް ނިންމަން ޖެހޭނެ މާ ބޮޑު ކަމެއް      ނޫންކަންނޭގެ އެއީ! ފޯނުން ގުޅާލާފައި ވެސް    ތިކުރާކަމެއް ކުރެވިދާނެ!” ހިތްހަމަ        ނުޖެހިފައި ބުނެލިއެވެ. ޒެނީޝް ވާހަކަ ކުރިއައް    ގެންދާނެ ގޮތެއް ނޭގިފައި ހުރެވުނެވެ.        ނާއިފް ޒެނީޝް ހުރިގޮތުން އަދިވެސް ކަމެއް       ސިއްރު ކުރާކަން އެގުނެވެ.

“ނުހުރެވޭނެ! މިފެށޭ ރޯދަމަހު ދާގޮތަށް    އަވަސް ކުރާނީދެން ހުނަން ބުނެފިއްޔާ!”      ޒެނީޝް ބުނާއެއްޗެއް ބަލަން ނާއިފް ބުނެލިއެވެ.    ޒެނީޝް ލޯބޮޑުކޮއްލަމުން ނާއިފްއައް ބަލިއެވެ.    ރޯދަމަސް ފެށެން އޮތީ އެންމެ ހަފްތާއެކެވ.    އެހަފްތާތެރޭގައި ޝިއާން އާ އެއްބަސްވުމަކަށް    ދިއުމަކީ ނާދިރު ކަމެކެވެ.

“ބައްޕާ! ޝިއާން….. ޝިއާން އަޔާންއައް    އެހެންހެދި! އަދި ކޮންމެ މަހަކު 3 ހާސް      ދޭން އަޅުގަނޑު ވައުދުވީން. އެހުރިހާކަމެއް    އެންމެ ހަފްތާއަކުން ހަމަޔަކަށް އަޅުވާނީ ކިހިނެއް؟” ޒެނީޝް އިސްޖަހާލަމުން        ކިޔާދިނެވެ. ނާއިފް ދެލޯބޮޑުވެގެން ދިޔައެވެ.    “ކީކޭ! ދަރިފުޅު މިހާބޮޑު ކަންތައްތައް ވަމުންދާ އިރު ބައްޕަ ގާތު ނުބުނީ ކީއްވެ؟” ދެރަވެލާފައި ނާއިފް ބުނެެލިއެވެ.

“ޒެނީޝް ލޮލަށް ކަރުނަ ޖަމާވަމުން      ދިޔައެވެ. “ބައްޕަ އާއި މަންމަ އުޅެނީ ވަރަށް   ބިޒީކޮށް! އަމިއްލަ މައްސަލަތަކުގައި އާއި     އޮފީސް މައްސަލަ ތަކުގަ! އަޅުގަނޑުގެ މައްސަލަތށްވެސް ބައްޕަ އާއި މަންމަގެ ބޮލަށް ލީމަ ވަނީ ކިހިނެއް. އަޅުގަނޑަށް އެގޭ އަމިއްލަ މައްސަލަތަކުގައި ސްޓްރެސ  ވާވަރު. މަންމައާއި ބައްޕަގެ ވޭނަށް ވުރެން ކުޑަވެދާނެ. ނަމަވެސް   އެއީ ވަރަށް ބޮޑުކަމެއް އަޅުގަނޑަށް!!” ޒެނީޝްގެ   ބަސްތައް އަޑު އިވުމުން ނާއިފް          ދެރަވިއެވެ.

“ބައްޕަ އާއި މަންމަ އަބަދުވެސް      މައްސަލަ ޖައްސާނެ ކުޑައިރު ކިޔެވުމަށް      މާގިނައިރު ހޭދަނުކުރާތީ! އަޅުގަނޑަށް އެއީ      މާބޮޑު ކަމެއް ނޫން. ގެޓުވިމަ އަޅުގަނޑަށް     ފުދޭނެ ފާސްވާން. އެކަމް އެންމެން އެއްގޮތެއް  ނުވާނެ. އެފޮތަށް ބަލަހައްޓައިގެން          އިންނައިރު ބައެއްފަރު ހަޔާތުގެ ހިތާމަތަކށް     ވިސްނޭނޭ. އެއީ ވިސްނަން ބޭނުންވާތީކީ     ނޫން. އެކަމް ޝައުގުވެރިކަން ހުންނަ ކަމެއް  ކުރުމުން އެހިޔާލު ތަކުން ދުރުވެވޭނެ.” ޒެނީޝް    އިސްޖަހާލައިގެން ހުރެ ކިޔާދިނެވެ.             “އެކަމް ެެެެސް ބުނަން ވާނެއްނެއްނުން      ތިހާބޮޑެތި ކަންކަން ވާއިރު ނުބުނެ ހުރެގެން    ވާގެއްލުން މާ ބޮޑު ވާނެ.” ނާއިފް         ވިސްނައިދިނެވެ. ޒެނީޝް ބޯޖަހާލިއެވެ.        ” ނުބުނެ ނުވާވަރުވީމަ ބުނެދެވިދާނެ. އެކަމް އަޅުގަނޑަކަށް ކެތެއްނުކުރެވޭނެ  ބައްޕައާއި  މަންމަ ތިގޮތަށް އުޅެމުން  އަޅުގަނޑުގެ ބުރަ  އުފުލާކަށް. އަޅުގަނޑު     މީ މިހާރު ކުޑަކުއްޖެއްނޫން. ބައްޕާ   އަޅުގަނޑު މިކަން ނިންމަން ފުރުސަތުދީ!    އީދައް ގޮސްފާނަން!” ޒެނީޝް ހިނިތުން   ވެލަމުން ބުނެލިއެވެ. “އެހެންވީރު         ޝިއާންއާއި ބައްދަލް ކުރަން ދާއިރު        އަވަން ގޮވައިގެންދޭ!” ޒެނީޝް ބޯޖަހާލިއެވެ.     އަދި ބައްޕަ ކުރިމަތީ ފޯނުނަގާ ޝިއާން      ނަންބަރަށް ޑައިލް ކޮއްލިއެވެ.

ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިއރުކޮޅަކު ރިންގުވިތަން ޝިއާން       ފޯނުނެގިއެވެ. “ކީކޭ ބޭބް؟ ވިސްނުނީދޯ!     ވަރަށް ބިޒީކޮށް މިއުޅެނީ. މާފައް އެދެން     ބޭނުމިއްޔާ އަވަސް ކޮއްލާ!” ޝިއާން        އަޑު ޖެހުމުން އެހެން ފަހަރު ފަހަރާ ހިލާފަށް    ޒެނީޝްއައް ރުޅި އާދެވުނެވެ. “ޝިއާން! ހިގާ     މިޓްކުރަން!”

 

ަަާަަާަަާަަާަަާަަާަަާަަާަަާަަާަަާަަާަަާަަާަަާަަ ަަާަ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Yyass

Level 110 Stories

16 year old girl. Love to write story's. Even though my future is not depending on story writing, it's going to be a hobby for me. Thanks for reading and supporting ❤️

Other Articles

Previous

އީޝަލް (15ވަނަ ބައި)

Next

ނޭނގި ހިތޭތިއަތުލީ 37

Next
June 26, 2020

ނޭނގި ހިތޭތިއަތުލީ 37

Previews
June 25, 2020

އީޝަލް (15ވަނަ ބައި)

One Comment

  1. Anonymous says:
    June 28, 2020 at 9:29 pm

    Hurihaa readers ah v boda sry. Mifaharu schl feshuniima ulhen jeheeleh buxy kamun yaas ah nuliyevunii in sha Allah kithanme buxy as vaguthu VIII varakun Hama up kohdeenan. Thanks for all my readers for sincerely waiting for the stry. Plx feel free to comment and point out mistakes. Love u all for the support ❤️???

Comments are closed.

Next Episodeނޭނގޭ!(14)←


All Right Reserved!